ވާނަމޭ އުމުރަށް އެކީ ޖާނާ………10
“ލަމް؟”ހައިރާންވެފައި ހުރެ ޔަޤީންކޮށްލުމުގެ ގޮތުން ޔޫލީ ގޮވާލިއެވެ.”ޔޫލް؟”ލަމްހާ ވެސް ހަމަ އެރާގުގައި ގޮވާލިއެވެ.ދެން ފެނުނީ ދެމީހުން އެކަކު އަނެކަކު ގައިގައި އޮޅުލާގަތް ތަނެވެ.”ވެއިޓް!ތި ދެމީހުން ދަންނަންތަ؟”ވާނުވާގައި ހުރެ ޔަޢީޝް އަހާލިއެވެ.”އަމްމްމް.އަހަރުމެން މީ ކުރީގަ ބެސްޓީޒް.ދެން ލަމް ބަދަލުވީ އެހެން ރަށަކަށް.ސޯ ވީ ލޮސްޓް ދި ކަނެކްޝަން”ޔޫލީ ކިޔައިދިނެވެ.
ބާބަކިއު ހެދުމުގައި ޒައިންމެން އުޅެމުން ދިޔައިރު ހަތަރު އަންހެން ކުދިން އުޅުނީ ތަންތައްޔަރުކުރުމުގައެވެ.އެހެން އުޅުމުގެ ތެރެއިން ޒައިނާއަށް އެއްލި ކަޅިއަކުން މާއިޝް އޭނާއާ ދިމާލަށް ބަލަންހުއްޓަފެނުނެވެ.އޭނާ ބަލާލުމުން މާއިޝް ލޮލުން އިޝާރާތް ކޮށްލިއެވެ.ލަދުން ޒައިނާ އިސްޖަހާލިއެވެ.”އައްދޭ!ކުދިން ކުދިން ހާދަވަރަކަށޭ މާފޮޅުވަނީ..”ޝައިމްއަށް ނުހުރެވިގެން ބުނެލިއެވެ.”އެބަ އަންނަން.”ލަމްހާމެންގާތު ބުނެލުމަށްފަހު ޒައިނާ ދުރަށް ހިނގާގަތެވެ.ޒައިނާ ދިޔަތަން ބަލަން ހުރެފައި ސިއްރުން މާއިޝް ވެސް ހިނގާގަތެވެ.
“ޕޮއް”ފަހަތުން އައިސް ޒައިނާގެ އުނަގަނޑުގައި އަތްވަށާލަމުން މާއިޝް ބުނެލިއެވެ.”މާޝް އައީމަ ދޮންބެމެން ހީކުރާނީ ކީކޭ؟.”މާޢިޝްގެ އަތް މަތީގައި އަތްބާއްވާލަމުން ޒައިނާ އަހާލިއެވެ.”ޑޯންޓް ވޮރީ!ހީ ނޮވްސް.”މާޢިޝް ބުނެލިއެވެ.”ވަޓް؟؟”މާޢިޝްގެ ޖަވާބާއެކީ ޒައިނާއަށް ހީވީ ހުތް އެއްޗެއް ކެވުނު ހެނެވެ.”ޔާ.ރޭގަ ބުނީ.”މާޢިޝް ބުނެލިއެވެ.”ދެންންންން…ކީއްވެ ނުބުނީ.އަޅެ އެހެންވެ ދޯ ދޮންބެ މާޝްގެ ނަން މާ ދަމާފަ ކިޔަނީ..ވަރަށް ފޫހިވޭ.”ތުން އޫ ކޮށްލަމުން ޒައިނާ ބުނެލިއެވެ.”ހެހެހެ.އަދި ނެތެއްނު ނުބުނެވިފައެއް.”މާޢިޝް ޒައިނާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.
“ކޮބާތަ އެ މާއްޓެ؟ގައިމު ދެންމެ މިތާހުރި.”ޔަޢީޝް ވަށައިގެން ހޯދާލަމުން އަހާލިއެވެ.”އޭނާވެއްޖެ މާފޮޅުވަން ގޮސް.މިހާރު އެނޫން ކަމެއް އޭނައަށް އޮވޭތަ؟”ޝައިމް ބުނެލިއެވެ.”ދޮގެއްވާނޫން”ޒައިން ވެސް ޝައިމްގެ ބަހަށް ތާޢިދު ކުރުމުގެ ގޮތުން ބުނެލިއެވެ.
“ސޯ މީ އައިކާ..ދެން މީ ލަމްހާ.ދޮންބެގެ ޖީއެފް.”ޔޫލީ ދެމީހުން ތަޢާރަފް ކޮށްދިނެވެ.ތަން ތައްޔާރުކުރުމަށްފަހު އައިކާ ދިޔައީ އަތްދޮވެލާށެވެ.އޭރު ޔޫލީއާއި ލަމްހާވެސް ތިބީ ވާހަކަ ދައްކާށެވެ.
ޒައިންމެންނާއި ވާހަކަ ދައްކަން ހުރި ޝައިމްގެ ލޮލުގައި ދުރގައި އަތްދޮންނަން ހުރި އައިކާ އަޅާގަތީ އެވަގުތުގައެވެ.އެބައަންނަމޭ ބުނެލުމަށްފަހު އޭނާ އައިކާ އާއި ދިމާލަށް ހިނގާގަތެވެ.
“ޔަޤީނޭ އެގޮލާ އުޅެނީ އައި އާކަން.”ޝައިމް ދާތަން ބަލަން ހުރުމަށްފަހު ޒައިން ޔަޢީޝްއަށް ބުނެލިއެވެ.”އާނ.މަށަށް ވެސް ހީވޭ އެބަ ތިހެން”ޔަޢީޝްވެސް ޒައިން އާއި އެއްބައިވެލިއެވެ.
“އެހެމް..އެހެމް.އައި މަދަންނަ ކަމަށްވެސް ނަހަދައޭ ދޯ.”ޝައިމް ގޮސް އައިކާ ކައިރީ ހުއްޓިލަމުން ބުނެލިއެވެ.”ނޫނޭ.އެހެނެއް ނޫން.އަދި ޓޯކް ކޮށްލަން ޓައިމް ނުލިބޭތީ ދޯ.”ލަދުރަކި ގޮތަކަށް ޝައިމްއަށް ބަލާލަމުން އައިކާ ބުނެލިއެވެ.”ޔޫ ލުކް ޕްރިޓީ ޓުނައިޓް.”އައިކާގެ މޫނަށް ބަލާލަމުން ޝައިމް ބުނެލިއެވެ.”ތޭންކްސް.”ލަދުން ގޮސް އައިކާ އިސްޖަހާލިއެވެ.
ލަމްހާ އާއި ވާހަކަ ދައްކަން ހުރި ޔޫލީގެ ލޮލުގައި ދުރުގައި ތިބި ޝާއިމް އާއި އައިކާ އަޅާގަތެވެ.ޝައިމް އެހާވެފައި އައިކާ އާއި ވާހަކަ ދައްކަން ހުރިތަން ފެނި ޔޫލީއަށް ހީވީ މީހަކު އޭނާގެ ހިތްމައްޗަށް އަރައި ޗިސް ކޮށްލިހެންނެވެ.ވަގުތުން އޭނާގެ މޫނުމަތިން މާޔޫސްކަން ފާޅުވެގެންދިޔައެވެ.”ވަޓްސް ރޯންގް.؟”ޔޫލީއަށް އައި ބަދަލު ފެނި ލަމްހާ އަހާލިއެވެ.”ޝެއަރ ކޮއްލީމަ ހިތްހަމަ ޖެހޭނީވެސް.””ފައިން.އައި ލައިކް ޝައިމް.ބަޓް އައިކާ ވެސް ލައިކް ވަނީ ޝައިމް.އެން މަށަށް ހިއެއްނުވޭ އައިކާ އުޅެނީކީ ރަނގަޅު މަޤްސަދެއްގަ ހެނެއް.އިނގެއެއްނު އޭނަ އަބަދުވެސް މަށާ އެންޓިކަން.އެކަމް ޒައިމެން އައިތަނުން މަށާ ވަރަށް ގާތްވެގަނެގެން އައިސް ޒައިމެން ނާ ފްރެންޑް ވީ.ދެން ނުކެރޭނެ ދޯ ޒައި ކައިރީ ބުނާކަށެއް.”ޔޫލީ ވަގުތުން އޭނާގެ ހިތުގައި ވީ ހުރިހާ އެއްޗެއް ބޭރުކުރަން ފެށިއެވެ.”އަހަރެން ހިތަށް އަރާ އައިކާ އެއުޅެނީ ރަނގަޅު ކަމަކު ނޫނޭ.އައި ފީލް ދެޓް.އެކަމް ދެން ވާގޮތް ބަލަމާ ދޯ.!”ޔޫލީ ބުނެލިއެވެ.ޔޫލީއާ އެއްބައިވުމުގެ ގޮތުން ލަމްހާ ބޯޖަހާލިއެވެ.
“ދެން ހިނގާ ދާން.މިހާރު ޔޫލްމެން ހޮދާނެ.ޒައި މީ މިއަންނަނީ އޭ ކިޔާފަ އައި މީހެއް.”މާޢިޝްގެ އަތުގައި ހިފައިގެން ހުރެ ޒައިނާ ބުނެލިއެވެ.އެދެމީހުނަށް ޒައިންމެން ތިބި ހިސާބަށް ދެވުނު އިރު ކުކުޅު ފިހެ ނިމިއްޖެއެވެ.”އައްދޭ!މިއޮއް އައީ މިއަހަރުގެ ރޯމިއޯ އެން ޖޫލިއެޓް.”ޒައިނާ އާއި މައިޝް ފެނިފައި ޔަޢީޝް ބުނެލިއެވެ.”އާނއެކޭ.ކަލޭމެނަކަށް ނުވިއެއްނު؟”މާޢިޝްވެސް ދެރަ ނުވާންވެގެން ބުނެލިއެވެ.”ހޮއެހޮއޭ.އަހަރުމެން ނޫޅެމޭ އެވަރަކުންނެއް.”ޒައިން ބުނެލިއެވެ.”އޭ.ޝައިއްޓެއަށް ވެސް ގޮވާ.އެންމެން ކާން އާދޭ.”ޒައިން ގޮވާލިއެވެ.ކެއުމުގެ ތެރެއިން އެތަކެއް ސަކަރާތެއް އެމީހުން ޖެހިއެވެ.
އަރައިގެން އައި އިރައެކު މުޅިމާލޭ ތެރޭގައި ކާރާއި ސައިކަލުފަދަ ތަކެތީގެ އަޑުން ގުގުމަންފެށިއެވެ.”ހުވާ މިބުނީ މީހަކަށް ހަމަޖެހިލައިގެން ނިދާކަށްވެސް ނޯވެވޭނެ.”ކަންފަތް މަތީގައި ބާލިސް އަޅަމުން ޒައިން ބެލީ އިތުރަށް ނިދޭތޯއެވެ.އެވަގުތު އޭނާގެ ފޯން ރިންގް ވާން ފެށިއެވެ.ސްކްރީންއަށް އަރައިފައިވާ އެސްއެން ކޮމްޕެނީގެ ނަން ފެނި ޒައިންގެ ލޮލުގައި ހުރި ނިދިކޮޅުވެސް ފިލައިގެން ދިޔަކަހަަލައެވެ.”އައްސަލާމުޢަލައިކުމް”ފޯނުނަގާ ކަންފަތުގައި ޖަހާލަމުން އޭނާ ސަލާމް ގޮވާލިއެވެ.ވާހަކަ ދައްކާ ނިންމުމަށްފަހު އެނާ ފޯނުބޭއްވީރު މޫނުމަތީގައި ވަނީ އުފާވެރިކަމެވެ.”އޭ އޭ…ގެސް ވަޓް؟’ކައިރީގައި ނިދާފައި އޮތް ޔަޢީޝްގެ ގައިގައި ހިފައިގަންނަމުން ޒައިން ހަޅޭއްލަވައިގަތެެވެ.”ސާބަހޭ.ތާކު ރޯވީތަ؟”މަޑުމަޑުން ލޯހުޅުވާލަމުން ޔަޢީޝް އަހާލިއެވެ.”އެރި އިރައެކީ މަލޭ ރައްޔިތުން އެއްކުރަން ދޯ ތިއުޅެނީ؟”ފޯނުނަގައި ގަޑި ބަލާލަމުން އަނެއްކާވެސް ޔަޢީޝް ސުވާލުކުރިއެވެ.”ތިކަން ވެސް ކުރަންވީ.އެސްއެން އިން ގުޅައިފި މަށަށް އިންޓަވިއުއަށް.”ޔަޢީޝްއަށް ބަލާލަމުން ޒައިން ޖަވާބުދިނެވެ.”ވޯވް ބުރޯ.ސަޅި.”ޔަޢިޝްގެ ލޮލުންވެސް ނިދިކޮޅު ފިލަދިޔަކަހަލައެވެ.
ކޮލެޖަށް ވަތް ދެއަންހެން ކުދިންއަށް އެތައް ކުދިންނެއްގެ ލޯތައް އަމާޒުވަމުންދިޔައެވެ.މިއިންކަމަކަށް ސަމާލުކަން ނުދީ އެދެކުދިން ގޮސް ވަނީ ކުލާހަށެވެ.”ހޯލަށް ވަންނައިރަށް ކުދިންތައް ހީވަނީ ސެލެބްރިޓީއެއް ފެނިގެން އުޅޭހެން.ހުވާމިބުނީ.”ޔޫލީ ގޮސް ގޮނޑީގަ އިށިންނަމުން ޝަކުވާކޮށްލިއެވެ.”ޔާ.ޔޫ ވިލް ގެޓް ޔޫޒް ޓު އިޓް.”ޒައިނާ ޔޫލީ ހިތްހަމަޖައްސާލުމުގެ ގޮތުން ބުނެލިއެވެ.
ބާރުހިނގުމުގައި”ސީސައިޑް’ކޮމްޕެނީއަށް ވަދެގެން ދިޔަ ޒުވާނާއަށް ތަނުގައި ތިބި އެންމެންގެ ލޯތައް އަމާޒުވަމުން ދިޔައެވެ.ވާނީވެސް އެހެންތާއެވެ!ހަންގަނޑު އަލިވެފައި އިސްކޮޅުންދިގެވެ.ކަޅުކަންގަދަ ފަން އިސްތަށިގަނޑު ސްޓައިލް ކޮށްލާފައި ހުރި އިރު މޮޑެލް އަކަށް ދޫނުކުރާނެއެވެ.މޫނުމަތިން ފެންނަން ހުރި ސީރިއަސް ކަން އެޒުވާނާ އިތުރަށް ފުރިހަމަ ކޮށްދޭކަހަލައެވެ.ލައިގެން ހުރި ކަޅުކުލައިގެ ކޯޓް އާއި ފަޓުލޫނުގައި އޭނާ ނުލާހިކު ހިތްގައިމެވެ.އޭނާ އަޅައިގެން ހުރި “ރޭބަން”ބްރޭންޑްގެ އަވިއައިނުން އެތޫނު ދެލޯ ވަނީ ފޮރުވަލެވިފައެވެ.މިއިން ކަމަކަށް ފަރުވާލެއް ނެތި އެޒުވާނާގޮސް ވަނީ އޭނާއަށް ޙާއްސަކުރެވިފައިވީ ކޮޓަރިއަށެވެ.”ސަރ.ބޮސް ބުނުއްވީ އޮފިޝިއަލްކޮށް މިއަދު މީ ސަރގެ ފަސްޓް ޑޭވީމަ ކުޑަކޮށްކިޔާލަދޭށޭ.”މާޢިޝް ކޮޓަރިއަށް ވަތް އިރަށް އޭނާގެ ޕީއޭ ރުހައިލް ބުނެލިއެވެ.”ހޫމްމް.ކުރިއަށް ގެންދޭ”މާޢިޝް ގޮސް ގޮނޑީގައި ހަމަޖެހިލަމުން ބުނެލިއެވެ.”ސޯ … ޓެންގަ އެބައިން ބްލޫސް ކޮމްޕެނީއާއެކީ އިން މީޓިން އެއް.ދެޓްސް އޯލް ފޯ ޓުޑޭ.މާދަމާއިން ފެށިގެން ސަރ ގެ ވޯކްސްތައް ގިނަވާނެ.”ރުހައިލް ކިޔައިދިނެވެ.
މާޢިޝް އަކީ “ސީސައިޑް” ކޮމްޕެނީގެ ވެރިޔާ، މުއާޒްގެ ހުރި ހަމައެކަނި ދަރިފުޅެވެ.މާޢިޝް ކިޔަވާ ނިމުމުން މުޢާޒް ބޭނުންވި ފަދައިން ކޮމްޕެނިގެ ހިންގުމާއި ހަވާލުވީއެވެ.
“މާއްޓެއަކަށް ނާދެވެޔޯ.އޭނަގެ ފަސްޓް ޑޭވިީމަ.”ޒައިން އައި ގޮނޑީގައި އިށީންދެ ކޮފީފޮދެއް ބޮލަމުން ބުނެލިއެވެ.”މަވެސް ދެން ވާނީ އެވަރު ތޯއްޗެއް.މިއުޅެނީ އެމްއެންޑީއެފްއަށް ފޯމްލައިގެން.”ޝައިމް ބުނެލިއެވެ.”ވާވާ.މަށަށް ވެސް އެސްއެން އިން އިންޓަވިއުއަށް ގުޅައިފި.”ޒައިން ބުނެލިއެވެ.”ދެން ކަލޭ؟”ޔަޢީޝްއަށް ބަލާލަމުން ޝައިމް އަހާލިއެވެ.”މަ ދޯ؟މަ ގުޅޭނީ ޓްރީޓޮޕާ.”ބޯ ކަހާލަމުން ޔަޢީޝް ބުނެލިއެވެ.”ދެން އަހަރުމެން ބިޒީ މޭންސްއަށް ވަނީދޯ.އަދި އިހަށް ދުވަހުހެން ހީވަނީ ކުޅެން ދުވުނީ.”ޝައިމް ބުނެލިއެވެ.ޝައިމްގެ ބަހަށް އެއްބަސްވުމުގެ ގޮތުން ޔަޢީޝް އާއި ޒައިން ބޯޖަހާލިއެވެ.
“އޭ!ނީ އެބަ އާދޭ.ކޮލެޖު ނިންމާފަ ހިނގާ ނީ ބަލާދާން.އޭރަށް ލޯންޗު ލަފާނެ ހެން ހީވަނީ.”ޒައިނާ ބްރޭކް ގަޑީގައި ކާންތިބެފައި ބުނެލިއެވެ.”ޔޭ.އޭރުން ދެން ޒައިގެ ދޮންބެއާ ނީގެ ޑްރާމާ ބެލޭނެޔޯ.”ޔޫލީ ހިނިއައިސްފައި ބުނެލިއެވެ.ޒައިނާ ފޯންނަގައި މިއަދު ބަލާ ނަޔަސް ހެޔޮކަމަށް ޒައިންއަށް މެސެޖު ކޮށްލިއެވެ.
“ކޮބާ؟ކިހާވަރަކަށް މަސަތްކަތް ހިނގައްޖެ؟”އައިކާ ފޯނު ނެގުމާއެކުން ހުމޭދު ބުނެލިއެވެ.”ކަލޭ ހަމަޖެހިބެއަ.އަދި ނެތެއްނު ނުވެފައެއް.މީ ވާ ސަހާދެ ކެއްނުލަވާ މީހެއް.”އައިކާ ބޯހޫރާލަމުން ބުނެލިއެވެ.”ކާކު؟ހުމޭތަ؟”ކާރު އާޓިފިޝަލް ބީޗަށް މަޑުކޮށްލަމުން ރިލްވާން އަހާލިއެވެ.”އާނ.އޭނަ ބުނާހެން އެސްފިޔަ ޖަހާލާހާ އަވަހަކަށް މިކަމެއް ނުވާނެ ދޯ؟”އައިކާ ބުނެލިއެވެ.”ކޭ.މަ ކަނޑާލީ.އަވަހަށް އެކަން ނިންމާތި.”ހުމޭދު ފޯންކަނޑާލަމުން ބުނެލިއެވެ.
ހަވީރުގެ ހިތަގައިމު ވަގުތެވެ.ޒައިނާ އާއި ޔޫލީ ތައްޔާރު ވަމުން ދިޔައީ ނިހާ އާއި އެކު ބޭރަށް ދިއުމަށެވެ.”ކޮންތާކަށް ދާން ތިއުޅެނީ؟”ޒައިނާ ކޮޓަރިން ނުކުތް ތަނުން ސޯފާގައި އިން ޒައިން އަހާލިއެވެ.”އަމްމްމްމް..ނީ އައިސްގެން އެހެންވެ ނީ އާއެކީ ބޭރަށް ދާން މިއުޅެނީ.”ޒައިނާ ޖަވަބުދިނެވެ.”ބައި ދި ވޭ.ދޮންބެއަށް ދޮންބެގެ ޑްރީމް ކޮމްޕެނީ އިން އިންޓަވިއު އަށް ދާން ލިބިއްޖެ.”ޒައިން ބުނެލިއެވެ.”ވާވް.އައި އޭމް ސޯ ޕްރައުޑް އޮފް ޔޫ.”ޒައިނާ އައިސް ޒައިން ގައިގައި އޮޅުލައިގަތެވެ.
ތިން އަންހެން ކުދިން ހިނގަމުން ގޮސް މަޑުކޮއްލީ ޖޫގޯ ވިއްކާ ފިހާރައެއް ކައިރީއެވެ.”ސޯ….ކިހިނެއް ކަންތައްތައް؟”ނިހާ އަހާލިއެވެ.”އޯކޭ ދޯ’ޔޫލީ ބުނެލިއެވެ.
ޖެހިގެން އައި ދުވަހެވެ.ހެނދުނު ގަޑިން އަށެއް ޖެހިއިރު ޒައިން ހުރީ އެސްއެން ކޮމްޕެނީގެ ކުރިމަތީގައެވެ.އޭނާއަށް ކާމިޔާބު ދެއްވުންއެދި ﷲއަށް ދުޢާދެންނެވުމަށް ފަހު ޒައިން ގޮސް ކޮމްޕެނީގެ ތެރެއަށްވަނެވެ.އެވަގުތު އޭނާސިހުނީ މީހެއްގެ ގައިގައި އޭނާ ޖެހުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.


alhey… kaakutha e ee . i am so curious. devil queen nxt part ah inthizaaru kuran eba.. masha allah you are a great author.. luv you so much.❤️💖🥰😘
HEHE LET’S SEE DHW KAAKUTHO EII😊
NXT PART SATURDAYGA KIYAALAN LIBEYNE INSHA ALLAH🥰
AWWWWWN THANKYOU SO MUCHH JERRY😍
LUV YU TOOO😘💋
Mi part vx vrh reethi Masha Allah…
anehkkaa vx gossa nihaa gaiga baa mi jehunee 🙈
gud work loabs 💗
lysssm loabivaa 😘
THNX🥰
LET’S SEE DHW😉😂
vrh reethi mi part ves masha allah
vrh ufaa vey avas koh vaahaka neredheythy
keep up the good work devilqueen
i love u so much
THANKYOUUU🥰
HEHEHE DHN LIBEYNY KONME SATURDAY EHGA😂😂
LUV YU TOOOOOOOO🥰💋😘
princess cover page ga nan thakuge thireega in red line naaraa gothah beyndheema vrh salhi vaane
vrh salhi mi part vx
keep it up darl
ur my fav author loabs
vrh loabiveyyyy 💗
OKAIII NXT PARTGA EBAI CUT KOHLAAFA BAINDHAANAN INSHA ALLAH😊
THANKYOUU YAANU🥰
AWWWWWWWN THAT MEANS A LOT TO MEE
CURIOUS TO KNOW WHO U R😂😂
LUV YU TOO🥰😘💋😍
Mi part ves v reethi masha Allah
Shaim and yooly gulhuvachey
Maaish and Zaina
Zain and nihaa ves
Yaeesh and lam ves
They all are made for each other
I appreciate your hard work
Your my fav author ❤️
Haadha curious kohlaafa thi nimaaly
THANKYOUU CUTIE GIRL🥰
HEHE BALAMAA DHW VAA GOI
Omgggggg so curious
Alhe nihaa gaiga dhw e jehuny
Can’t wait for the nxt part 😩😩
U r my fav author 😘😍
Keep up the good work 😍
Luv yssssmmm😘😍
AWWWWWWN THANKYU ANONYMOUS
LUV YU TOOOOOOO❤🥰😍
Mi part vess varah reethi
Whattt zain gaiga e jehunee nihaa kanne alhe if it is she that would be sooo cuteee
I’m sooooo curios for next partt
When next???
Keep up the good work bestuuu
Lysmmm
This comment is from me inge aslu name nuliye submit kurevuneema bunelee
THANKYOU SOOO MUCHHH BESTIE😘🥰
HEHE LET’S SEE DHW KAAKU GAIGA THW JEHUNY😁😁
INSHA ALLAH WEDNESDAYGA SUBMIT KURAANAN
LUV YU TOOOOO MY PRECIOUS GURRL😉😘😍