ވާނަމޭ އުމުރަށް އެކީ ޖާނާ………9
“މާއްޓެ…ކަލޭ ގަދަ އިނގޭ. މަހީކުރީ ޒައި ކަމަށް!”ވާނުވާގައި ހުރެ ޔަޢީޝް އަހާލިއެވެ.”މަށަށް ވަރަށް ފެނޭ ކުދިން ކުދިން ލޮލުން މާފޮޅުވާތަން.އެކަމު އެކުދިން އަމިއްލައަށް ބުނަންދެން މަހުރީ”ޝައިމް އެންމެ ފަހުން ބުނެލިއެވެ.”އޭ އެހެންމަ ޒައި ދޯ؟ކަލޭ ހާދަ ގަދަކޮށްފިއޭ ދޯ؟ކީކޭ ޒޭން ބުނަނީ؟”ޔަޢީޝް އަހާލިއެވެ.”މާއްޓެ ވިއްޔާ.މަށަސް ހެޔޮ ޒައިއަށް ދެރަ ގޮތެއް ނަހަދަންޏާ.”ޒައިން ބުނެލިއެވެ.ދެން ފެށުނީ އެންމެންގެ ދިމާކުރުންތަކެވެ.
އާ ދުވަހަކަށް އިރު އަރައިގެން އައީ އެކި މީހުންގެ ހަޔާތުގައި އެކި ކުލަ ޖައްސަމުންނެވެ.މާލޭގެ ބަނދަރުމަތީގައި ހުރި އައިކާގެ މޫނުމަތިން ފެންނަމުން ދިޔައީ މަކަރުވެރި ހިނިތުނެވުމެކެވެ.ފޯންނަގައި ކަންފަތުގައި ޖަހާލަމުން އޭނާ ވަށައިގެންވީ މާޙައުލަށް ނަޒަރު ހިންގާލިއެވެ.ޒަމާނާ އެއްގޮތަށް ތަރައްޤީގެ ކުލަވަރުތަށް ބަލާލިކޮންމެ ދިމާލަކުން ފެންނަމުން ދިޔައެވެ.”އޭ!ކޮބާ ކައޭ؟މިހާރު މަ މިތާ ހުންނަތާ ބައިގަޑީރުވީ”ނުރުހުން އެކުލެވިގެންވީ އަޑަކުން އައިކާ ބުނެލިއެވެ.”މިކައިރި ކުރީއޭ!”އެކޮޅުން ބުނި ޖަވާބާއެކު އައިކާ ފޯނުކަނޑާލިއެވެ.
“ޒައި..ޔޫލް..ކޮލެޖަށް ދާ ގަޑި ޖެހެނީ.”ސާޖިދާ އައިސް ޒައިނާގެ ކޮޓަރީގައި ޓަކިޖަހާލަމުން ބުނެލިއެވެ.”ލައްބަ މަންމާ.ހޭލައިފީމޭ.”އެތެރެއިން ޒައިނާގެ އަޑުއިވުމުން ސާޖިދާ އެނބުރި ބަދިގެއަށް ދިޔައެވެ.”ޔޫލްގެ ފަސްޓް ޑޭ ދޯ؟”ޒައިނާ ލޯގަނޑު ކުރިމަތީހުރެ ގަޔަށް ސެންޓްކޮޅެއް ބުރުވާލަމުން އަހާލިއެވެ.”ޔާ.ވަރަށް ނާވަސް”ޔޫލީ ފުނާއަޅަމުން ޖަވާބުދިނެވެ.ދެމީހުން ތައްޔާރުވެގެން ނުކުތް އިރު ކާމޭޒު ދޮށުގައި ޔަޢީޝްއާއި ޒައިން ތިއްބެވެ.”ދޮންބެ ކާރުގަ ދާނަން ދޯ ޒައިމެން ލައިދޭން؟”ގޮނދިއެއް ދަމާލާފައި އިށީންނަމުން ޒައިނާ އަހާލިއެވެ.”ހުމްމްމްމް”ފާޑަކަށް ދަމާލަމުން ޒައިން ބުނެލިއެވެ.”ބައިދަވޭ…ދޮންބެ ކޮން ޖޮބަކަށް ދާން ތި ވިސްނަނީ؟”ޒައިނާ އަހާލިއެވެ.”އަދި ފައިނަލްއެއް ނުކުރަން.”ޖަވާބުގައި ޒައިން ބުނެލިއެވެ.
“އާދެވިއްޖެ ދޯ؟”ކާރަށް އަރާ ހަމަޖެހިލަމުން އައިކާ އަހާލިއެވެ.”ކުޑަކަމަކު އުޅެނިކޮށޭ ހުމޭ ގުޅީ!ދެން ކޮންއިރަކުންނޯ މަސަތްކަތް ފަށަނީ؟”ރިލްވާން ކާރުދުއްވާލަމުން ބުނެލިއެވެ.”މިރޭ އެމީހުން ކައިރީ ބުނާނަން މަ މިހުރީ މާލޭގައޭ.”އައިކާ ޖަވާބުދިނެވެ.’ހްމްމްމް..ހުމޭ ހާދަ ވަރަކަށޭ އެ މަންޖެ ލިބޭތޯ އެއުޅެނީ.އަނެއްކާ ޕާސްޓެއް އޮތީތަ އެދެމީހުންގެ؟”ރިލްވާން އަނެއްކާވެސް އަހާލިއެވެ.”އާނ.އެއީ ހުމޭގެ ފުރަތަމަ ޗިކޯ.އޭނަދެކެ ހުމޭ ހެސްކިޔާފަ ލޯބިވެގެން އުޅުނު.އެކަމް އެ މަންޖެ ފަހުން ހުމޭ ދޫކޮށްލީ.ސަބަބެއް ވެސް އެންމެ ކުޑަމިނުން އެކުއްޖާ ބުނެނުދޭ.ދެން ހުމޭ ކިހާ ހާރޑުވާނެ.”އައިކާ ކިޔައިދިނެވެ.”މިހާރު އެކަމް ތިމަންނަ ލޯތްބެއް ނުވެޔޯ.ހަމަ ބަދަލު ހިފާލާ ހިތުންނޯ މިއުޅެނީ.”އައިކާ އިތުރަށް ބުނެލިއެވެ.”މަށަށް ހީވެއްޖޭ.އޭނާ އަންހެން ކުއްޖަކަށް އެހާ ސީރިއަސް ވެގެން އެއުޅެނީ އަލަށްވިއްޔާ.”ރިލްވާން ބުނެލިއެވެ.
ޒައިނާމެން ކޮލެޖަށް ލުމަށްފަހު ޒައިންމެން ދިޔައީ ކެފޭއަށެވެ.”ކޮބާ ކަމެއްނެތްތަ؟”ގޮނޑީގަ އިށީންދެ ހަމަޖެހިލަމުން ޝައިމް އަހާލިއެވެ.”ނޫނޭ.ހިނގާ މިރޭ ބާބަކިއުއެއް ހަދާލަން.ޔަޢިއްޓެެގެ މަންޖެވެސް ގޮވައިގެން.”މާޢިޝް ޙިޔާލުދިނެވެ.”އާނ.ތީ ސަޅި ގޮތެއް”ޒައިން ވެސް އެކަމަށް ތާޢިދުކުރުމުގެ ގޮތުން ބުނެލިއެވެ.
“އޭ.އައި މެސެޖު ކޮށްފި ތިމަންނަ މިހުރީ މާލޭގަޔޯ”ގޮނޑީގަ އިށީންދެ ހަމަޖެހިލަމުން ޒައިނާ ބުނެލިއެވެ.”އޮހް.”ޔޫލީ ހަމައެކަނި ބުނެލީ އެހެންނެވެ.”އޭ ބައިދިވޭ….އަމްމްމް…މާޢިޝް އާސްކްޑް މީ އައުޓް. އެން އައި ސެއިޑް ޔެސް..””ވޯވް.ޔޫ ޑިޑިންޓް އީވެން ޓެލް މީ…”ޔޫލީ ތުން އަނބުރާލަމުން ބުނެލިއެވެ.”ސޮރީއޭ.އެކަމް ދޮންބެ ކައިރިއަކު ނުބުނަން..”ޒައިނާ ބުނެލިއެވެ.”ކޭ ކޭ..”ޔޫލީ ޖަވާބުދިނެވެ.ލެކްޗަރާ އައުމުން ދެމީހުން ވާހަކަ ދެއްކުން ހުއްޓާލުމަށްފަހު ކިޔެވުމަށް ސަމާލުކަން ދިނެވެ.
“ދެން ކައޭ ކޮންމޮޔައެއް ވެގެން ޔޫލީއާ ދިމާކުރަން ތިއުޅެނީ؟”ރިލްވާނު އަހާލިއެވެ.”ސާބަސް ކަލެއަށް.މަ ވަރަށް ފޫހިވާ މީހެއް އެއީ.މަށަށް ލިބެންޖެހޭ ހުރިހާ އެއްޗެއް ލިބެނީ އޭނައަށް.ސުކޫލުގަ އުޅުނުއިރު ކުލާހުގެ ޓޮޕަރ އެއީ.ހުރިހާ ޓީޗާރސްގެ ފޭވް.އަބަދުވެސް އެއްވަނަ.ދެން އަނެއްކާ ޝައިމް.އޭނަ އުޅެނީ ޝައިމްއާ އަޅާގަނެގެން.މަވެސް ބޭނުން ޝައިމް.”އައިކާ ކިޔައިދިނެވެ.
“ހޭ.މިއުޅެނީ މިރޭ ބާބަކިއު ހަދަން.”ޒައިނާމެން ކޮލެޖުން ނުކުމެގެން އައިސް ކާރަށް އެރުމުން ޒައިން ބުނެލިއެވެ.”ވޯ.ނައިސް.”ޔޫލީ ޖަވާބުދިނެވެ.”ހްމްމްމް.މާއިޝްމެންނާއެކީ.”މާޢިޝްގެ ނަމަށް ބާރުލަމުން ޒައިން ބުނެލިއެވެ.”އޮހް”ޒައިނާ ޖަވާބުދިނެވެ.”އައިކާ ކައިރީ ބުނަންތަ؟”ޒައިނާ އަހާލިއެވެ.”ހްމްމް.ގުރޫޕު ބޮޑުވީމަ މަޖާ ވާނީ.”ޔަޢީޝް ބުނެލިއެވެ.ޒައިނާ ފޯނުނަގައި އައިކާއަށް މެސެޖެއް ކޮށްލިއެވެ.”ކޮބާ ކޮލެޖު ކިހިނެއް؟”ޒައިން ޔޫލީއަށް ބަލާލަމުން އަހާލިއެވެ.”ސަޅި”ޔޫލީ ޖަވާބުދިނެވެ.
ރޭގަނޑުގެ ވަގުތެވެ.ޖެހެމުން ދިޔަ ފިނިފިނި ރޯޅިތަކުން ސިކުނޑިތައް ތާޒާވާހާވެއެވެ.ޒައިންމެން އުޅުނީ ބާބަކިއު ހެދުމުގައެވެ.”އެއޮއް އައީ އައިކާ”ދުރުގައި ތިބި ޒައިނާ މެންނަށް އައިކާ ދައްކާލަމުން ޒައިން ބުނެލިއެވެ.ލަސްތަކެއް ނުވެ ލަމްހާވެސް އައެވެ.ލަމްހާ ފެނުމާއެކު ޔޫލީގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ނޯޓް:ވާހަކަ ލަސްވިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ.ކޮންމެ ހޮނިހިރު ދުވަހެއްގައި ވާހަކަ ނެރެވޭތޯ އަޅުގަނޑު މަސަތްކަތް ކުރާނަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.


When’s next part
INSHA ALLAH TOMMOROW KIYAALAN LIBEYNE
vrh vrh nice mi part ves … nxt ah inthizaaru kurevey eba vrh… u r may fav author dear.. keep up the good work.
THANKYOUUU SO MUCHHHHH JERRY!THAT MEANS A LOT TO ME…
vrh salhi mi part ves masha allah
keep up the good work devilqueen
next part than kolheh dhigu kohlahchey
THANKYOU SO MUCHHH TOMM.THE SUPPORT YOU ARE GIVING ME MAKES MY ENERGY BOOST .INSHA ALLAH DHN OI PART DHIGU KOHLEVEYTHO BALAANAN
alheyy mi part vx vrh reethi Masha Allah 💗
mi part kiyaalaafa hama meenee bas huhttifa….
yoolee and lamhaa i bet they have some crazy friendship in the past 🤔
anyways after reading this part mind ehkkoh refresh vehjje…
tc ❤️
lyssssssssm devilqueen 💋
THANKYOU AYAAN🥰
THAT MEANS A LOT TO MEE
LET’S SEE DHW YOOLEE AA LAMHAA AH V GOI!
TC❤
LUV YU TOOO
Varah reethi mi part vess
When next?
Varah avahah kiyaalan beynun😭
Keep up the good work ingey
You will always get my supportt my fav authorrr
Lysmmm
THANKYOU SO MUCHH😘😘
TOMMOROW INSHA ALLAH KIYAALAN LIBEYNE
AWWWN THAT MEANS A LOT TO ME BESTIEE😍💋
LUV YU TOO❤🥰😘
Varah gina dhuvas thakakah fahu ves Vaahaka kiyaalan libuneema varah ufaavey
Varah reethi, keep up the good work loabi