އިވްލީންގެ ހިތަށް ވެސް ފުން އަސަރުތަކެއް ކުރުވައިފިއެވެ. ޒެއިން ނިޝްރީންދެކެ ވާ މާތް މަތިވެރި ލޯބި ފެނުމުން ހަމްދަރުދީން އިވްލީންގެ ހިތް ފުރުނެވެ. މިހާވަރު ވީއިރު ޒިލާލް މީ ކޮންކަހަލަ މީހެއް ބާއެވެ؟ ދުވަހެއްގެ ކޮޅުންވެސް އިވްލީންގެ ހިތް ޒިލާލްއާއި މެދު ރަނގަޅަށް ދެކެވޭނެ ބާއެވެ؟ އެރެއަކީ އެއްބަޔަކަށް ފޮނި އެހެނަސް އަނެއް ބަޔަކަށް އެހާމެ ހިތި ރެއެކެވެ.
* * * * * * * * *
ރާއިލް ސައިބޯންވެގެން އިން އިރު މަންމަގެ ފަރާތުން ތަފާތު ކަމެއް ފާހަގަ ކުރެވުމާއި އެހެން ދުވަސްތަކާއި ޚިލާފަށް އުފާވެފައި ހުރިކަން އެ މޫނުމަތިން ފެންނަމުން ދިޔައެވެ.” ދަރިފުޅަށް އެނގޭތަ.. މަންމަ މިއުޅެނީ މިއަދު ކުއްޖަކު ހަވީރު ސަޔަށް ގެންނަން އެއީ ވަރަށް ރަނގަޅު ކުއްޖެއް އޭނަ މަންމައާއި ބައްޕައެއް ނުހުރޭ ބޮޑުދައިތަޔޯ އޭނަ ބެލީ ބޮޑުދައިތަގެ ދަރި ވަރަށް ރަނގަޅޯ މަންމައަށް ދެއްކި ފޮޓޮލެއް ވެސް…” ރަޝީދާ އުފަލުން ފޮޅިފައި ހުރުމުން ރާއިލްގެ ގާތަށް ފާޑަކަށް ހިނި ވެސް އަޔެވެ.” އަންހެން ކުއްޖެއްތަ؟” މާކަށް ބޮޑަށް ސަމާލުކަމެއް ނުދިން ކަމުގައި ވިޔަސްވެސް ރާއިލް ރަޝީދާ އާއި ސުވާލު ކުރީ ޝައުގުވެރިވާކަމަށް ހެދެމުންނެވެ. ޖަވާބުގައި ރަޝީދާ ވެސް ބޯ ޖަހައިލިއެވެ. އެންމެރަނގަޅޭ ބުނުމަށްފަހު ރާއިލް ބޭރަށް ނިކުތެވެ.މިއަދަކީ ޒިލާލް އަންނަ ދުވަސްކަން ޒުބޭރުގެ ފަރާތުން އެނގިފައިވުމުން އިވްލީން ކޮޓަރި ތެރެ ސާފުކުރަމުން ދިޔައެވެ. އަންނަގޮތަށް އެއްޗިހި ވެސް ގޮވާލަފާނެއެވެ.ނޫނީ އައިސް އަރާ ނިދާ ވެސް ފާނެއެވެ. ޒިލާލްގެ މޫސުމެއް ނޭނގޭނެއެވެ. ހިތުން އިވްލީން ދިޔައީ ޒިލާލްއާއި ދިމާއަށް ކުދިކިޔަމުންނެވެ. ހިތުގައި އެޅިފައިވާ ކޫރުމަށް އިތުރު ކޫރުމެއް އެޅެނީ ޒިލާލް ގޮވަމުން ދާ އެއްޗެހީގެ ސަބަބުންނެވެ. ހިތުގައި ނުފިލާނެ ޒަޚަމެއް ވިޔަސް އިވްލީން މިއަދު ދިރިއުޅެނީ މަޖުބޫރުވެގެންނެވެ. އަރީކާ ނަސޭހަތް ދިން ފަދައިން ކޮންމެ ހާލެއްގައި ނަމަވެސް އިވްލީންގެ ފަރާތުން އަދާ ކޮށްދޭންޖެހޭ ޒިންމާތައް އަދާކޮށްދޭނަމެވެ. އޭނަ އަދާކޮށްދޭން ޖެހޭ ޒިންމާތައް އަދާކުރުމާއި ނުކުރުން އެއީ އޭނަގެ ކަމެއް ނޫންހެއްޔެވެ؟ އިވްލީންއަށްވާ ކޮން ބެހޭކަމެއް ހެއްޔެވެ؟މެންދުރުގެ ވަގުތު ގޮސް ހަވީރު އަތަށް އެޅި އިރު އިވްލީން އުޅުނީ ބަދިގެތެރޭގައި އެއްޗެއް ކައްކާށެވެ. ޒިލާލްމެން މާލެ އައުމަށް ލާންޗު ފުރިއެވެ. ޒިލާލްއަށް ޝޮކް ޖެހޭގޮތްވީ ނޯރާ ބުނެލި އެއްޗަކުންނެވެ. ޒިލާލްގެ ދެލޯ ވެސް ދިޔައީ މުތުނަށް އަރައިގެންނެވެ.”ޒިއްލު ދެން އުޅިބަ މަންމަމެން ކައިރި ބުނަން!” އެވަގުތު މާޔާގެ ތުންފަތް މައްޗައް މަކަރުވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައޖރު އެއްވެސް މީހަކަށް އެކަމެއް ފާހަގަ އެއް ނުވިއެވެ.” އަދި މާ އަވަހޭ ސްވިޓީ ކެތްތެރިވާން ދަސްކޮށްބަލަ..” ޒިލާލްގެ މޭގަނޑު އަނގަޔަށް ނައީ ވެސް ކިރިޔާއެވެ. މާގިނައިރު ތަކެއް ނުވެ މާލެއަށް ލާންޗު ގާތްކުރެވުނެވެ. ޔުމްނާ ތަނަކަށް ދާން ރީތިވާހެން ހީވުމުން ހަމްދާން ޔުމްނާއާއި ދޭތެރެ ދޭތެރެއިން ދިމާކޮށްލައެވެ. ބަލާދާންވީހޭ ހަމްދާން އެހުމުން ޔުމްނާ އާނއެކޭ ބުންޏެވެ. ސޯފާގައި ރާއިލް އިން އިރު ކާގެއާއި ސިޓިންރޫމް ފެންނަގޮތަށް ހުންނާތީ ރަޝީދާ ސައި ތައްޔާރު ކުރަމުންދިޔަ މަންޒަރު ފެނުނެވެ. ފޯނުން ސީރީޒްއެއް އަޅުވައިގެން އޮތުމުން ތަނުގައި ތިބީ ކިތައް މީހުން ކަމެއްވެސް ރާއިލް އަކަށް ނޭނގުނެވެ. ފޯނަށް ގެއްލި ހުސްވެފައި އޮތުމުން އިތުރު ދިމާއަކަށް ރާއިލްގެ ލޯ ދަތުރުވެސް ނުކުރެއެވެ. ނަމަވެސް އެއްލި ކަޅިއަކުން މޭޒުކައިރީ އިށީންނަން ދިޔަ ޔުމްނާ ރާއިލްގެ ލޮލުގައި އަޅައިގަތެވެ. ދެން ރާއިލްއަށް ވިސްނައިލެވުނީ މިއަދު މަންމަ ދެއްކި ވާހަކައަށްށެވެ. އެހެންވީމާ މަންމަގެ ހިނިތުންވުމުގެ ފަހަތުގައި މިވަނީ މީނަތާއެވެ؟ ޔުމްނާއަށް ވެސް އެއްލި ކަޅިއަކުން ސޯފާގައި އޮތް ރާއިލް ފެނުނެވެ. ދާން ވެގެން ތެދުވަން އުޅެނިކޮށް ރަޝީދާ ވާހަކަ ދައްކަން ފެށުމުން މަޑުކުރަން މަޖުބޫރުވީއެވެ. “ދަރިފުޅާ ރާއިލް އާދޭ ސައިބޯން.. މީނީއޭ މަންމަ ބުނި ކުއްޖާ ޔުމްނާ.. ޔުމްނާ މީ ދައްތަގެ ހުރި ހަމައެކަނި ފިރިހެން ދަރި ރާއިލް” ރަޝީދާ މިހެން ބުނުމުން ހިނިތުންވުމެއް ރަޝީދާއަށް ދެމުން ޔުމްނާ އިސްދަށަށް ޖަހައިލިއެވެ. މިތާނގައި އިންދާ އައިސް ޔުމްނާ ކައިރި އިން ގޮނޑީގައި ރާއިލް އިށީންނާނޭ ބުނާނީ ކާކުހެއްޔެވެ؟ އެހައި ވެސް އޭނަ ޔުމްނާއަށް ނަފްރަތު ކުރާއިރު މި ފެންނަމުން ދަނީ ކޮންކަހަލަ މަންޒަރުތަކެއް ހެއްޔެވެ؟ އަދި ކުޅިގަނޑު ފެށުން އޮތީ ފަހުން ކަމަށް ވެސް ވެދާނެއެވެ. ރަޝީދާ ބަދިގެތެރެއަށް ވަނުމުން ރާއިލް ޔުމްނާއަށް ބަލައިލިއެވެ. ތިން އަހަރުގެ ދިގު މުއްދަތަކަށް ފަހު އެމޫނު މިހާ ކައިރިން ބަލާލަން ލިބުމުން އުފާވި އެއް ކަމަކު ޔުމްނާއާއި ކުރިމަތިލުން ރާއިލްއަށް ވެގެން ދިޔައީ ވަރަށްވެސް އުނދަގޫކަމަކަށެވެ. ތިން އަހަރު ވަންދެން ޔުމްނާއަށް ހިތްދަތިކަމާއި ހިތާމަ ދެވިއްޖެވެ. ވީއިރު ޔުމްނާއާއި ރާއިލް ވާހަކަ ދައްކާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟
” ދައްތާ ހުރިހާ އެއްޗެއް ވެސް ވަރަށް މީރު ފަހުން ދިމާވެވޭނެ ކަމުގައި ހީއްކުރަން ވަރަށް ބޮޑަށް ޝުކުރިއްޔާ މި ސަޔަށް ދެން ދަނީ” ރާއިލްއަށް ރޭކޭލީ ވެސް ޔުމްނާގެ މޫނު ގެއްލުނު ހިސާބުންނެވެ. ދެން ގެންނަންވީ ހަރަކާތްތެއް ވެސް ނޭނގިފައި ރާއިލްއަށް ހަމަ އިނދެވުނީއެވެ. ގޭން ނުކުންނަން ދިޔަ ޔުމްނާގެ ފިޔަވަޅު މަޑުޖައްސާލަން ޖެހުނީ ތިން އަހަރު ވަންދެން އެއަޑަކަށް ބޭޣަރާރުވަމުން ދިޔަ އެ ފިރިހެންވަންތަ އަޑުން ޔުމްނާއަށް ގޮވާލުމުންނެވެ. ހިތުގައި އަތްއަޅާލަމުން ލޯމަރާލި ހިނދު ޔުމްނާގެ ހިތަށް އަރަމުންދިޔައީ ދެން ފިޔަވަޅު އަޅަންވީ ކުރިއަށްބާއެވެ؟ ނުވަތަ ފަހަތަށް ބާއެވެ؟ އެހައި ދިގު އިންތިޒާރެއްގެ ނިމުން ގެންނާނެ ގޮތުގެ ބާރު މިވަގުތު ވަނީ ޔުމްނާގެ އަތުތެރޭގައެވެ. މިހައި ދިގު އިންތިޒާރެއްގެ ނިމުން އައުމުން ޔުމްނާ ފަސްއެނބުރި ދާންވީހެއްޔެވެ؟ ނުވަތަ ކެރިހުރެ މިކަމާއި ކުރިމަތިލާން ވީ ހެއްޔެވެ؟ ޔުމްނާ ގެންނާނެ ހަރަކާތެއް ނޭނގޭތީ ރާއިލްގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅިފޮޅެމުންނެވެ. ހަގީގަތުގައި އަސްލު ރާއިލްއަކަށް ޔުމްނާގެ މައާފު ހައްގެއް ވެސް ނޫނެވެ. އެކަމަކު ގައިގައި ނެތް ހިތްވަރެއް ނެރިގެން ނަމަވެސް ޔުމްނާ ނުލިބުނު ކަމުގައިވިއަސް ޔުމްނާގެ މައާފު ރާއިލް ބޭނުމެވެ. މިހާރު އެއް ފަހަރު ރާއިލްގެ އަތުން ޔުމްނާ ބީވެގެން ހިނގައްޖެއެވެ. ނުވިތާކަށް އިވްލީން ވެސް ބީވެގެން ހިނގައްޖެއެވެ. ދެވަނަ ފުރުޞަތެއް ލިބިފައި އޮއްވާ އަނެއްކާވެސް ޔުމްނާ ރާއިލްގެ އަތުން ބީވެގެން ދިޔުމަކަށް ނޭދެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.





alheyy Lim Mi part vx vrh reethi Masha Allah 💗
hurihaa parteh vx kiyan ingey baraabarah comment nukuriyas…
thankolheh busy v ma kiyaalaafa baindhanee….
vrh interesting ingey…
the names are just omg so nice girl…
i really really like it 🙊
after reading each part I wonder what will happen on the next part….
it is that perfect….
You are really talented girl….
hama bunaane ehcheh vx neyngifa meenee 🤤
hama ehaa vx furihama…
btw gotta go brother ah kakka dheyn…
bye..
take care 💖
lysssm Lim sis 😘
Thank yu leeshaa❤️
Vrh ufaa vejje mi comment fenuneema story kamudhaathee adhi maabodah happy idk what to say but I want to give a big reply to this lovely comment 😊
Vhk ga huri names thah kamudhaathy vrh hiy hama vx jehijje 🫶🏻thank yu thank yu Soo much ❤️ and mi comment ga alhugandah lim kiyaafa hureema it’s too good 😊 vrh bodah happy vejje next ep mirey inshallah ❤️ mi comment kiyaafa ufaa vaavarun miulhenee feelings thah beyru kuraane gotheh ves neyngeythee hehe ..mi comment aa eku next ep avx vumakee ves ekasheegenvaa Kameh hama… leesha yk yu make me feel really happy 😁 reading this comment I’m going crazy now….
Bye….
Tc❤️
Luv yu more 🥹🥰🫶🏻
When’s the next part
Ly❤️
Thank yu anonymous ❤️
Next ep up kohlan vee dho… Eba visnan kudakoh dhigukoh liyelan so it might be late
I luv yu more 🥰