Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

އިންސާފު ލިބޭނެބާ – 32

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
March 31, 2025 5 Mins Read
16 Comments

މިޔާ ދާން ނުދާން ހުރެފައި އެންމެ ފަހުން. ދާރިއަންގެ ގާތަށް ދިޔައެވެ. އޭނަ ދާރިއަން އެނދު ކައިރީ ހުރި ގޮޑީގައި އިށީންނުމުން ދާރިއަންގެ މޫނަށް އަލިކަމެއްވެރިވެގެން ދިޔައެވެ. “ލިޔާ ކޭސްގެ ކަންތަކުގަ އުޅޭތީ ނާދެވުނީ.. ބުނި ދޮންބެ ކައިރީގަ ސޮރީ ބުނާށޭ..” ދާލިޔާ ބުނި ވާހަކަ ހޫރީން ބުންޏެވެ. ދާރިއަން ބޯޖަހައިލިއެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ މިޔާގެ މޫނަށްށެވެ. “ރެޕަންޒިލް އަހަރެންނަށް ލަވައިދޭންވީނުން.. އަހަރެންގެ ގައިގަ ވަރަށް ރިއްސާ އެބަ.. އަދި އަތުން ކެވޭކަށް އަތުގަ ނިޔަފަށްޗެއްވެސް ނެތް..” ވޭނުގައި އުޅޭކަމަށް އެކްޓްކޮށްލަމުން ދާރިއަން ބުންޏެވެ. ދާރިއަންގެ އެނދުމާއިއެކު ފެން ކުލައިގެ ފިއްސަކުން މިޔާގެ ކޮލުގައި ޖަންބުކުލަ ޖައްސާލި ފަދައެވެ.

***ޕާޓް 32***

މިޔާއަށްވާ ގޮތުން ދާރިއަންގެ އިތުރުން މާވިން އަދި ހޫރީންގެ ގާތަށްވެސް ހިނިއައެވެ. “އައްދޭ މީހުން ކާއެއްޗެހި ކަނީ ނިޔަފަތިން ކަމެއް އަދި އަހަރެން ނުދެނަހުރިން..” ލާނެތް ރާގަކަށް ހޫރީން ބުންޏެވެ. ހޫރީންއާ ދިމާލަށް ދާރިއަން ލޯ އަޅައިލިއެވެ. “މާވިން ކަލޭގެ މަންޖެގެ އަނގަ މައިތިރިކޮށްގެން ހުރެބަލަ.. މަ ޖައްސާހާ ޕިކްއަޕް ލައިންއަކަށް ފާޑު ކިޔައޭ އެބަ..” މާވިންއާ ދިމާލަށް ބަލައިލަމުން ދާރިއަން ބުންޏެވެ. “މިއޮތީ މަ އޮތް ހާލު.. މަށަށް ކީތް ކުރެވޭނީ ތިކަމަށްދެން؟” ހިނިގަނޑެއް ޖަހައިލަމުން ދާރިއަން އޭނާގެ އަމިއްލަ ނަފްސަށް މަލާމާތް ކުރާ ފަދައަކުން ބުންޏެވެ. “އަދި ރަނގަޅު ވާނެ ހުރިހާ ކަމެއްވެސް އިރާދަ ކުރެއްވިއްޔާ.. މިހާރު އެ ގޭންގުގައި އުޅޭ އެންމެ ބޮޑެތި މީހުންވެސް ހައްޔަރު ކުރެވުނީ…” މާވިން ބުންޏެވެ. މާވިންގެ ބަހަށް މިޔާ އާއި ހޫރީން އެއްބަސްވިއެވެ.

“ރެޕަންޒިލް ކިހިނެތްތަ މިހާރު؟ ކިޔަވާކަށް ނުފަށަންތަ؟” މިޔާއަށް ބަލައިލަމުން ދާރިއަން ވަރަށް ލޯބިން އަހައިލިއެވެ. “އަހަރެން ރަނގަޅު.. ކިޔަވަން ފަށާނަން މި އަހަރު..” ރަކިވެފައި އިނދެ މިޔާ ބުންޏެވެ. “ކޮއްކޮ ކިޔަވަން ބޭނުންވަނީ ކޮން ދާއިރާއަކުންކަން ވިސްނައިލާފިންތަ؟” މިޔާއަށް ބަލައިލަމުން މާވިން އަހައިލިއެވެ. “ފުރަތަމަ ދެން އޯލެވެލް ނިންމާފައެއްނުން ތިކަހަލަ ކަމަކާ އުޅެވޭނީ..” މިޔާ އޭނަގެ ފަން އިސްތަށިކޮޅާ ކުޅެލަމުން ބުންޏެވެ. “ރެޕަންޒިލް ކުޑައިރުއްސުރެ ކިޔަވަން ބޭނުންވާ ދާއިރާއެއް ނެތްތަ؟ ނޫނީ ވާން ބޭނުންވާ މީހެއްވެސް؟” ދާރިއަން ޝައުގުވެރިކަމާއިއެކު ސުވާލުކޮށްލިއެވެ.

“މަގޭ ކޮއްކޮއަށް ކޮން މޮޔައެއްވެގެންތަ ރެޕަންޒިލް ތި ކިޔަނީ؟؟” ދާރިއަން މިޔާއަށް ‘ރެޕަންޒިލް’ގެ ނަމުން މުހާތަބު ކުރާތީ މާވިން އަހައިލިއެވެ. “މަގޭ ރެޕަަންޒިލްއަށްވީމަ ކިޔާނީ އެހެންދޯ.. އަހަރެން ވިއްޔަ އޭނަ އެތާ ތާށިވެފަ ހުއްޓަ ސަލާމަތް ކޮށްދިނީ އެހެންވީމަ އަހަރެން ވާނީ ފްލިން ރައިޑާރއަކަށްނުން..” ދާރިއަން ފޮނިވެލާފައި ބުންޏެވެ. ހޫރީންއަށް ދިޔައީ އެމީހުންގެ ކޯޅުމުގެ ސަބަބުން ހެވެމުންނެވެ. “ކަލެއަށް ކިތައް އަހަރުތަ؟” ކަޅި އަނބުރައިލަމުން މާވިން އަހައިލިއެވެ. “ތޭވީސް އަހަރު މަށަށް.. މަގޭ އުމުރާ ކީއްވެ މިހާރު ތިބެހެނީ؟” ދާރިއަން އެއްބުމަ އަރުވައިލަމުން އަހައިލިއެވެ. “ކާޓޫނު ބަލާތީއެއްނުން ތި އުމުރުގަވެސް.. އެނީވޭސް ކޮއްކޮ ފިޔުޗާގަ ކޮން ކެރިއާރ އެއް ޗޫޒް ކުރަން ތިއުޅެނީ؟..” މާވިން އަހައިލިއެވެ. މާވިންގެ ފުރަތަމަ ޖުމުލައިން ދާރިއަން ހުރީ އަނގަ ޗޭވެފައެވެ. “އަހަރެންވެސް ދޮންބެއާއެކީ އެމް.ވީ.އެސް.އޭއަށް ގުޅޭނީ… އައިޓީއަށް މޮޅުވީމަ އެ ފީލްޑްއަށް ގުޅެން މި ވިސްނަނީ..” މިޔާގެ ވާހަކައިން މާވިންގެ ދެލޯ ބޮޑުވިއެވެ.

އޭނަ ކުރާ ފަދަ ނުރައްކާތެރި މަސައްކަތުގައި ކޮއްކޮ ބައިވެރިކުރަން އޭނަގެ ޒަމީރު އެއްބަހެއްނުވިއެވެ. މިޔާ އަނިޔާވެރިކަމުގެ އަތްތަކެއްގެ ދަށުން ސަލާމަތްވީ އެއްޔެ ފަދަ ގޮތަކަށްށެވެ. “ދޮންބެ އެހާ ގަބޫލެއްނޫން ތި ކަމަކާ ކޮއްކޯ.. މިއީ ވަރަށް ޑޭންޖަރަސް ކަމެއްނުން.. އަނެއްކާ ކޮއްކޮ އިހަށް ދުވަހަކު ތި ސަލާމަތްވީ އެ ގޭންގު ކައިރިން…” މިޔާއަށް ބަލައިލަމުން ވިސްނާދޭފަދަ ރާގަކަށް މާވިން ބުންޏެވެ. “ދޮންބޭ ބިރަށް ބަލައިގެން ލައިފްގަ ކުރިއަށް ދާނީ ކިހިނެތް؟ އެހެންނޫނަސް އަހަރެން ކުރަން މިއުޅެނީ ސްކްރީންގެ ފަހަތުގަ ހުރެގެން ކުރަން އުޅޭ މަސަތްކަތެއްނުން..” މިޔާ އާދޭހުގެ ރާގަކަށް އެކަމަށް އެއްބަސް ވެދޭށޭ ބުނާ ފަދައަކުން ބުންޏެވެ. މާވިންއަށް ބުނާނެ އެއްޗެއް ނޭންގުމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

***

ފުންނޭވާއަކާއިއެކު ކިނާންއަށް ބަލައިލެވުނީ ކުރިމަތީގައި ހުރި އުކައިލްއާއި ދިމާލަށްށެވެ. “އުކައިލް އަހަރެންނަށްވެސް އެނގޭ އަހަން ފަސޭހަ ވާހަކައެއްނޫންކަން މިއީކީ އެކަމަކުވެސް ޝަކީލްއަކީ ޔޫތް މިނިސްޓަރ.. އެކަހަލަ މީހުން އަމިއްލަ އަނގައިން އެއްބަސް ވީމަ ނޫނީ އަހަރެމެންނަށް ހައްޔަރުގަ ނުބެހެއްޓޭނެ.. ސައުވީސް ގަޑިއިރަށް ހައްޔަރު ކުރީތީވެ މިދިޔަ ހަފްތާގަވެސް މާރާމާރިއެއް އެ ހިންގާލީ.. މިހާރު އޭނަ އެހުރީ އެމް.ވީ.އެސް.އޭގެ ބެލުމުގެ ދަށުގަ.. އެކަހަލަ މީހުންގެ ދަށުގަ އަހަރުންނަކީ ރާޒުވާ ކުޅި ބައެއް ކަހަލަ ބަޔެއް..” ކިނާން އުކައިލްއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އުކައިލްއަށް ހުރެވުނީ ހިތްހަމަ ނުޖެހިފައެވެ. އޭނަގެ އެކުވެރިޔާ މަރާ ހަނގުރާމަކޮށް ހެކި ހޯދި ނަމަވެސް އެއީ އެއްވެސް އެއްޗެއްހެން ހިޔެއްނުވެއެވެ.

“އެކަމަކު ސާރ.. ދާރިއަން ހާދަ ބޮޑު ގުރުބާނީއެއް ވެގެންނޭ އެހާ ވަރަށް ހެކި ލިބުނީ.. ދެން ސާރގެ ވާހަކަ ހުރި ގޮތުން ހީވަނީ ދާރިއަން އެކުރީ އެއްވެސް މާނައެއް ނެތް ކަމެއްހެން.. ޝަކީލް އަމިއްލަ އަނގައިން އެއްބަސްވެފަ އެހުރީ އެ ރިކޯޑިންގަ.. ހާދިން އަމިއްލަ އަނގައިން އެއްބަސްވީ އޭނަ ކަމަށް އަހަރެންގެ މަންމަ މަރައިލީ އަދި އޭނަ ކަމަށް އަހަރެންގެ ގޭގަވެސް އަލިފާންޖެހީ.. ތިއީ އަހަރެންގެ މަންމައަށް އެއްވެސް އިންސާފެއް ނޫން..” އުކައިލް ހިތްހަމަނުޖެހިފައި ހުރެ ކިނާން އާއި ދިމާލަށް ބުންޏެވެ. ކިނާން އިސްޖަހައިގެން އުކައިލްގެ ވާހަކަ އަޑުއަހަން ހުއްޓެވެ. އޭނައަށްވެސް އެކަން ވެގެންދަނީ އިންސާފުން ނޫންކަން އެނގެއެވެ.

އުކައިލް ހިތްހަމަނުޖެހިފައި ހުރެ އެތަނުން ދާން ހިނގައިގަތެވެ. އުކައިލް ހުއްޓުވުމެއްނެތި ކިނާން އިސްޖަހައިގެން ހުއްޓެވެ. އުކައިލްގެ މަންމައަށް ކިތަންމެ އިންސާފު ހޯދައިދޭން ބޭނުންވި ނަމަވެސް އަދުގެ މުޖުތަމައުގައި ފައިސާއަށް ވިކޭ ނަޒާހާތްތެރި މީހުން މަދު އިރު، އެހީއަކަށް އެދި އިތުބާރު ކުރަންވީ މީހެއް އޭނައަކަށް ނޭންގެއެވެ. ފަޒީންގެ ސަބަބުން އޭނާގެ އެކުވެރިންގެ ގޮތުގައި ހިޔާރު ކުރާ މީހުންނަށް ދެވަނަ ފަހަރަށް ވިސްނާލަންޖެހެއެވެ. ކިނާން އޭނަގެ ގާތުގައި ހުރި ގޮޑިއަށް ވެއްޓިގަތެވެ.

މާލޭގެ އެންމެ ބޮޑު އެއް ގޭންގުގެ ހުރިހާ ބޮޑުން އެއްކޮށް ހިފެއްޓުމުން މާލެ ތެރެއަށް ސުނާމީއެއް އަރައިގެން އުޅޭ ފަދައެވެ. އިރުއިރުކޮޅާ ކޮންމެސް ތަނެއް ފަޅާއިލައިގެން ނުވަތަ މާރާމާރިއެއްގެ ސަބަބުން އަނިޔާވެގެން ކުރާ ރިޕޯޓުތައް އާދެއެވެ. ބޮޑުން ހައްޔަރު ކުރުމުން އެމީހުންގެ ދަށުން ތިބި މީހުން ހީވަނީ މޮޔަވެގެން އުޅޭ ބައެއްހެންނެވެ. އެހާ ވަފާތެރި މީހުން ގޭންގުތަކުން ހޯދަނީ ކިހިނެތްބާއޭ ކިނާންގެ ހިތަށް އެރިއެވެ. އެކަމަކު އޭގެ ޖަވާބާއި މެދު ވިސްނައިލުމުން އޭނައަށް ޖަވާބު ލިބުނެވެ. އެއީ ފައިސާގެ ސަބަބުންނެވެ. ރިޝްވަތާއި އެފަދަ ފާފަތަކަށް ވިކިފަ ތިބޭ މީހުން ގިނަވުމުންނެވެ. ކުށްތަކަށް ހައްގު އަދަބުދީ އިންސާފު ހޯދަން އުޅޭ ޒުވާނުން މަދުވުމުންނެވެ.

މި ހުރިހާ ކަމެއްގެ ފެށުން ކަމުގައި ގިނަފަހަރުވަނީ ކުޑަކުޑަ ސިގިރޭޓެކެވެ. އެއަށްފަހު ބަގުރަލެވެ. ދެން ޑްރަގް އާއި މަސްތުވާތަކެއްޗަށް ‘ޓްރައި’އެއް ދެއެވެ. އޭގެ ފަހުން އޭގެ އެއްޗަކާއިނުލައި ދިރިއުޅެން އުނދަގޫވެއެވެ. ދެން އެ އެއްޗެހި އަބަދު ގަތުމުގެ ސަބަބުން ފައިސާ ހުސްވެގެންދެއެވެ. މިކަމުގެ ސަބަބުން ވައްކަންތަކަށް ހުށައެޅިގެންދެއެވެ. މަސްތުގައި ހުރެގެން މީހުނަށް އަނިޔާކޮށް އަންހެންކުދިންގެ އިތްފަތްތެރިކަން ފޭރިގަންނަ ހިސާބަށްވެސްދެއެވެ. މިއީ ގިނަ ޒުވާނުންގެ ހަގީގަތެވެ. ދިވެހި ރާއްޖެއިންވެސް ނައްތާލަން ޖެހޭ ބޮޑު ވަބާއެއް ކަމަށްވާ މަސްތުވާތަކެތީގެ ސަބަބުން ޒުވާނުންނަށް ކުރާ އަސަރުތަކެވެ. މި އެއްޗެހި ނައްތަލުމަކީ އުނދަގޫ ކަމެއްކަން ކިނާންއަށް އެނގެއެވެ. އެކަމަށް އޭނައަށްވުރެ މަގާމުގެ ގޮތުން ބޮޑެތި އެތަކެއް ބައެއްގެ އެހީތެރިކަން ބޭނުންވެއެވެ. ނަމަވެސް ދެރައަކީ އެމީހުންވެސް ވިސްނަނީ ދުނިޔެވީ އެނދުމަށް ކަމަށްވާތީއެވެ. ފައިސާއަށް ކަމަށްވާތީއެވެ.

އުކައިލް އޭނަގެ ބޯހާސްކަން ފިލުވައިލުމަށްޓަކައި ވަދުނީ ދާލިޔާގެ އޮފީހަށްށެވެ. އޭރު ދާލިޔާ ދިޔައީ ކޮމްޕިޔުޓަރުން ކޮންމެސް ކަމެއް ކުރަމުންނެވެ. އުކައިލް އައިސްފައި ކައިރީގައި ހުރި ގޮޑިއަކަށް ވެއްޓިގަތުމުން އޭނަ ދިޔައީ ސިއްސައިގެންނެވެ. “ހޭއި ކިހިނެއްވެފަ؟” ދާލިޔާ މަޑުމަޑުން ސުވާލުކޮށްލިއެވެ. އުކައިލް އެއްޗެކޭ ނުބުނެ އޮތުމުން ދާލިޔާ މަޑުމަޑުން ތެދުވެގެން އައިސް އުކައިލގެ ފަހަތުގައި ހުއްޓި މަޑުމަޑުން އުކައިލްގެ ބޯ މޮޑެދޭން ފެށިއެވެ. އުކައިލްއަށްވީ އަރާމުން ލޯ މަރައިލެވުނެވެ. އޭނާގެ ހަށިގަނޑަށް ވެރިވެފައިވި ހާސް ކަމާއި ނުތަނަވަސްކަން އަރައިގެން ދިޔަ ދިމާލެއް ނޭނގުނެވެ. ދާލިޔާގެ ހިމަ ފިނި އިނގިލިތަކުގެ އިހްސާސް ކުރެވުމުން އޭނަގެ ސިކުނޑިއަށް އާރާމް އިހްސާސްކުރެވުނެވެ.

“އަހަރެންނަށްވެސް ތި ސިކުނޑީގައިވާ އެއްޗެއް ޝެއާރކޮށްލަބަ” ދާލިޔާ ލޯބިން ބުނެލިއެވެ. “ދާޔާ އަހަރެންދެކެ ރުޅިއައިސްފާނެ..” އުކައިލް ލޯމަރައިގެންހުރެ ބުންޏެވެ. އޭރު އޭނަގެ އަޑަށްވަނީ ބަރުކަމެއް ވެރިވެފައެވެ. “އަހަރެން ކީއްވެ ރުޅިއަންނަންވީ.. ލެލް ބުނާ ވާހަކައަކުން އަހަރެންނެއް ރުޅިއެއް ނާންނާނަމޭ..” ދާލިޔާ ބުންޏެވެ. އުކައިލްއަށް އަމިއްލައަށް ކިޔުނު ‘ނިކްނޭމް’އެއްގެ ސަބަބުން އޭނާގެ ކޯތާފަތަށް ހޫނުކަމެއް އިހްސާސް ކުރެވުނެވެ. ދާލިޔާ އޭނައަށް ކީ ނަން އިވުމުން އުކައިލްއަށް އެއްކޮލުން ހީލެވުނެވެ. “އަހަރެން ބިރުގަނޭ ދާޔާ ރުޅިއައިސްދާނެތީ.. އާނ އެންމެފަހުންވެސް ރުޅިއައި ފަހަރު އަހަރެންނަށް ވަރުގަދައަށް އެޓޭކްއެއް ދިނީމެއްނުން.. ކައިރީގަ ހުރިއްޔާ ހުރި އެއްޗެއް އަހަރެންނާ ދިމާލަށް އުކިވިއްޔާ.. އަނެއްކާ މި ގަޑި މިތާ ހުރި ކޮމްޕާ އެއްޗެހި އުކާފަ ބުނެދާނެ ލެލް ރުޅި އެރުވީމައޭ އެހެން ހެދީ.. ލެލް އޭ ޖެހޭނީ ކޮމްޕަށް ޒިންމާވާން..” ދާލިޔާ ބުނި ފަދައިން ‘ލެލް’ ކިޔާފަ އުކައިލް ވާހަކަ ދެއްކިއެވެ. އެކައިލްގެ ވާހަކައިން ދާލިޔާ ރަކިވެގެން ދިޔައެވެ. އުކައިލްގެ ބޮލުގެ ފުއްކިބައިގަ ޖަހާލިއެވެ.

އުކައިލް ސަކަރާތް ޖެހުން ހުއްޓާލާފައި ސީރިއަސްވެގެންހުރެ ކިނާންއާއިއެކު ދެއްކި ވާހަކަތައް ދާލިޔާއަށް ކިޔައިދިނެވެ. އޭނައަށް ދާލިޔާއަކީ މަޑުން ހުއްޓަސް ވިސްނުން ތޫނު ކުއްޖެއްކަން އެނގެއެވެ. އެހެންކަމުން އެކަމުގައި ދާލިޔާގެ ހިޔާލެއް ހޯދަން ބޭނުންވިއެވެ. “ކިނާން ސާރ ބުނީ ދޮގެއްނޫން އެކަމަކު ދާޔާމެންނަށް އެބައިން ހޯދި ހެކިތަކުގެ ތެދުކަން ސާބިތު ކުރެވޭނެ ގޮތެއް.. ދާޔާ މިއުޅެނީ މި ފުޓޭޖްތައް މިއީ ޓޭމްޕާރކޮށްފަ ހުރި އެއްޗެއް ނޫންކަން އަންގައި ދެވޭ ގޮތެއް ހަދަން އޭރުން އެމީހުންގެ ނުހުންނާނެ އެއްވެސް ޗޮއިސްއެއް މި ގަބޫލު ކުރުން ނޫނީ.. އަދި މާވިންއާ ދޮންބެ ރަނގަޅުވީމަ އެމީހުންނަށް ހެކިބަސްވެސް ދެވޭނެ.. އެމީހުންނަށް ލިބިފަ ހުރި އަނިޔާތައްވެސް ހިމެނޭ ގޮތަށް އެ ގޭންގު މީހުން ބަންދުކޮށްލެވޭނެ..” ދާލިޔާ ވިސްނުންތެރި ކަމާއިއެކު ބުންޏެވެ.

ދާލިޔާ ގާތު ސުވާލުކޮށްލެވުނުކަމުގެ ނަސީބު އުކައިލް ހިތަށްއެރިއެވެ. އޭނައަށް ވުރެ ކުރިން ދާލިޔާ އެހުރީ ހުރިހާ ކަމަކާއި މެދު ވިސްނާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ދުރާލާ ވިސްނާފައެވެ. “އެކަމަކު އަހަރުންގެ ވަޒީފާގަވެސް ކުއްވެރިންނަށް އަހަރުމެން ހައްޔަރު ކުރި އިރު ލިބުނު އިމޯޝަނަލް އަނިޔާތަކާ ހުރިހާ އެއްޗަކަށް ބަލާނެ.. ހެޔޮވާނެ އެމީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އަހަރުންގެ މީހަކު މަރާ ހަނގުރާމަ ކުރަންޖެހުނަސް އެމީހުންގެ ހައްގުތައް މާ ގިނަ ވާނެ..” އުކައިލް ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ. ދާލިޔާވެސް ފުންނޭވާއެއް ދޫކޮށްލާފައި ބޯޖަހައިލީ ތެދެކޭ ބުނާ ފަދައަކުންނެވެ.

“ދެން މިހާރު މާރާމާރި ހިންގާ މީހުނާ އެހެންކަންކަން ކުރާ މީހުން ހައްޔަރު ކުރާނީ.. ކުދިވެރިން ހައްޔަރު ކުރަން ބޮޑެތި މީހުން ޖަލުގަ ތިބީމަ ވަރަށް ފަސޭހަވާނެ.. އެމީހުން ނެރޭނެ ބައެއް ނުވާނެ..” ދާލިޔާ ބުންޏެވެ. ދާލިޔާގެ ބަހަށް އުކައިލް އެއްބަސްވިއެވެ. “އެހެންވީމަ ކިނާން ސާރ ކައިރިން ހުއްދަ ނަގާ.. ކިތަންމެ ކުޑަ ކުށެއް ކުރަނިކޮށްވެސް ގޭންގު މީހެއް ފެނިއްޖެއްޔާ ހައްޔަރު ކުރާނީ.. ދެން އެމީހަކު އަދިއަދަށްދާންދެން ކޮށްފަހުރި ކުށްތައް ރަނގަޅަށް ބެލުމަށްފަހު އޭގެ އަދަބު ދޭނީ.. އެކަމަކު ފުރަތަމަ އުޅޭ އެ އުނދަގޫބޮޑު ލޯޔަރުގަނޑު ހައްޔަރު ކުރަން..” އުކައިލް ބުންޏެވެ. “އޭނަ ބައްދާލާފަ ހުރި ކޭސްތައް އަލުން ހުޅުވަން ލޯޔަރއެއް އަހަރުމެން ހަޔާރ ކުރަންވީ..” ދާލިޔާ އޭނަގެ ހިޔާލު ފާޅުކުރިއެވެ. ”މާވިންގެ އެކުވެރިން ތިބެދާނެ.. އެމް.ވީ.އެސް.އޭގެ މީހުންގެ ތެރެއިން އޭނަ މީހަކު ހޯދާލަފާނެ..” އުކައިލް އޭނަގެ ތުނިކޮށްފަޅާފައި ހުރި ތުބުޅީގައި އަތްކާތްތާލަމުން ބުންޏެވެ.

( ނުނިމޭ )

ފިތުރު އީދުގެ ތަހުނިއްޔާ އާއި މުބާރަކްބާދީ އެންމެހައި ކިޔުންތެރިންނަށް އަރިސްކުރަން.. ހުރިހާ ކުދިންނަށްވެސް އީދު މުބާރަކް🌙

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ލިބިދޭތޯ އަންނާނަން ލޯބިން-8

Next

އެކްޓަރ (ޕާޓް 4)

Next
March 31, 2025

އެކްޓަރ (ޕާޓް 4)

Previews
March 31, 2025

ލިބިދޭތޯ އަންނާނަން ލޯބިން-8

16 Comments!

  1. Shhhhh says:
    March 31, 2025 at 2:46 pm

    Alhey haadha dheraey! Miihun hayyaru kurevunas no use! Mahchah thibey miihunge nufooz hahathaaavesssss

    1. Maash Maash says:
      March 31, 2025 at 3:43 pm

      Yes dhogehnoon thibuny🙂

  2. Shhhhh says:
    March 31, 2025 at 4:13 pm

    Dhen maash kommx gotheh hadhaafa emiihun hayyaru kollan viinu story thereah vadhegn namaves hihi

    1. Maash Maash says:
      March 31, 2025 at 5:27 pm

      Hehe let’s see dhww dhen vaagoi💜🦋

  3. Your fav bab says:
    March 31, 2025 at 6:17 pm

    Eid Mubarak Maash💗💗💗💗💗
    Varah furihma mi part ves!! Maashaa allah👏👏
    Bro proof ves libijjennu??
    You should give them all a huge punishment Maash!!
    hayyaru kurevunas eii hama ekani “hayyaru kurevunu” kamuge tag eh!!.Like omg!!
    When next???
    Lyssssssm💗💗💗
    Tc😁

    1. Maash Maash says:
      April 2, 2025 at 12:37 am

      Eid Mubarak to you too Your fav bab💜
      Thank you darling, I’m happy u liked it🙂
      Yes let’s see dhw emeehunge punishment akey kobaa tho..
      Next part insha Allah Thursday ga submit kohlaanan..
      Love you moree darling💜💜
      Tc💜🦋

  4. Aara says:
    April 1, 2025 at 6:46 am

    Eid Mubarak 💗
    When’s the next part
    Ly💗

    1. Maash Maash says:
      April 2, 2025 at 12:38 am

      Eid Mubarak to you too Aara💜
      Next part insha allah thursdayga
      Love you more 💜🦋

  5. Oreo gurll says:
    April 1, 2025 at 1:54 pm

    Alheyyyy!
    Dhaarian and Miyaa dhww.. I should say. His pickup lines are not bad
    But aslu varah foohi.
    Maraa hanguraama kuraa varah aniyaa koffa oi meehaku fenunas, kuhverin ge kuh saabitheh nukurevey
    Amilla ah ehbas vefa recording ga heki saabithuve fennnan othas mi meehunah haqqu adhabu dhevey kamakah nuvey
    I’m soooo angry at them.
    And see? Bodah thibey meehun hayyaru kureema dhen thibi meehun hama aslah ves ulheynee moya govaigen
    I sure hope this will end without another person going to the ICU
    Anyways, varah reethi ingey mi episode
    When next??
    Ly marsh. Take care
    Best wishes from me … and Eid Mubaarak

    1. Maash Maash says:
      April 2, 2025 at 12:44 am

      Hehe dhaarian just need a little practice with his pick up lines.. I’m sure he’ll be a pro in no time lol😭
      Oreo gurll thibuny vrh bodu thedheh.. Maraa hanguraama kuriyas kuhverin nah adhabu libeney haalakun faharaku.. Let’s see she shakeel menah adhabu libeyne tho..
      Bodah thibey meehun hayyaru kureema dhen kudhi meehun ulheyny ehennun.. Faisa kolheh viyya gehluny e dhww..
      Thank you darling.. I’m happy that u like this part..
      Next part insha allah Thursday ga..
      Love you more darl.. You take care as well💜💜
      Eid Mubarak to u too 💜🦋

  6. Anonymous says:
    April 1, 2025 at 11:13 pm

    Hey maash
    I knew you…. but I don’t know you are so talented girl… 🤭🤭🤭
    I appreciate your hard work 😊😊😊
    When next??
    And this part is also amazing 😍😍

    1. Maash Maash says:
      April 2, 2025 at 12:47 am

      Hey anonymous
      You know me? Aww thank you for the compliment.. If u don’t mind me asking.. What’s ur name? I wanna know who is this person who know me hehe😅
      Thank you darling..
      Next part insha allah Thursday ga..
      Thank you.. I’m happy that u liked it💜🦋

    2. Vampire girl says:
      April 2, 2025 at 11:40 am

      Public v ma name eii nubunevey ne….
      Kurin anonymous ge name ga comment kurevifa eyny name nujahaa fihthunyma ingey…
      And adhi Social media vx use nukuran…
      Dhn thankolheii fahun name bunevidhaane….
      Hinteh dheefaanan….
      i’m From your island…. and same Quran claahah vx dhiyain…. but I don’t think you can guess me….
      Eyru alhugandu vrh kudavaane… but u n me vrh friend vaane…. u bodu vaane alhugandah thure….

  7. Maash Maash says:
    April 2, 2025 at 12:50 pm

    Are u in the same class with my brother? Eba ingeyhen heevey thi kon kujjeh kan.. I’m guessing grade 8 ah mi aharu dhiyaee? If I’m right I think I know who u are… Am I right?

    1. Vampire girl says:
      April 2, 2025 at 12:52 pm

      Yes ….
      Ingihje dhw mihaaru?

  8. Maash Maash says:
    April 2, 2025 at 2:04 pm

    Yes ingijje mihaaru💜

Comments are closed.

Next Episodeއިންސާފު ލިބޭނެބާ – 33←


All Right Reserved!