Skip to content
އެސްފިޔަ

ބަދަލް…. 5

ދޮރު ހުޅުވާލާފައި މަޑުމަޑުން އެތެރެއަށް ވަނުމާއެކު ރަޔަންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ލޯމެރިފައިއޮތް ޒައިޝާންއެވެ. ޒައިޝާންގެ މޫނުމަތިން ފެންނަމުންދިޔައީ ވޭނީ އަސަރުތަކެވެ. ހީވަނީ ދިރުންނެތިފައިވާ މީހެއް ފެނުނުހެންނެވެ. އެމޫނު ފެނުމުން ރަޔަންއަށް ސިފަވަމުންދިޔައީ ޒައިޝާން ނޭވާނުލެވިގެން ތެޅިފޮޅުނު މަންޒަރެވެ. މުޅި ކޮޓަރިތެރެއަށް ވެރިވެފައިވާ މަރުފަދަ ހިމޭންކަން ފޫއަޅުވާލާ، އިވެމުންދިޔައީ ޒައިޝާން ގަޔަށް ގުޅުވާފައިވާ މެޝިނުތަކުގެ އެކަންޏެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް އެކި ޒާތްޒާތުގެ މެޝިނު ގުޅުވާފައިވާއިރު، އެ ފިރިހެންވަންތަ ހަށިގަނޑުވަނީ އެއްކޮށް ވަރުދެރަވެ، ބަލިކަށިވެފައެވެ. ޒައިޝާން އޮތް ހާލުފެނި ރަޔަންގެ ހިތަށް ދިލަތަދެއް އަރައިގެންދިޔައެވެ. އަދި ކޮންމެސް މޮޅުވާހަކައެއް ދައްކާ ޒައިޝާން ހޭއަރުވަންވެސް ހިތަށްއެރިއެވެ. ތުރުތުރުއަޅައަޅާ ހުރިހާލު، ރަޔަން ވަރަށް ހިތްވަރުކޮށް އައިސް ޒައިޝާން އެނދުކައިރި ހުރި ގޮނޑީގައި އިށީނެވެ. ނަމަވެސް، ރަޔަންއަށް ނޭނގުނު ތަންކޮޅަކީ މިއޮށް ހުރިހާއިރު ޒައިޝާންއޮތީ ހޭލާކަމެވެ. ހަޤީޤަތަކީ، ޑޮކްޓަރު އެތަނުން ނިކުތުމުގެ ދިހަވަރަކަށް މިނެޓުކުރިން އޭނާ ހޭއަރައިފިއެވެ. ޗެކަޕްކޮށް ނިމިގެން، މީހަކަށް ގޮވަން ޑޮކްޓަރު އެދުމުންވެސް އިންކާރުކުރީ ރަޔަންގެ ހަރަކާތްތައް ހުންނާނެގޮތެއް ބަލާލާހިތުންނެވެ. ރަޔަންއަށް ވަމުންދިޔަ ހުރިހާގޮތެއް އޭނާދިޔައީ ވަރަށް ރަނގަޅަށް ބަލަމުންނެވެ. އަދި ރަޔަން އުޅެމުންދިޔަ ފިނޑި ގޮތްގަނޑުފެނި ހިނިގަނޑު މަތަކޮށްލެވެނީވެސް ކިރިޔާއެވެ.

“ބްރޯ… ދެން ހޭލަންއުޅެބަ، މިހާރު މާގިނައިރު މިހެން ކެތްކުރެވިއްޖެއޭ ޕްލީޒް…. އައިވިލް ޑޫ ވަޓްއެވާ ޔޫ ވޯންޓް.” ޒައިޝާން އަތުގައިހިފާ ތަޅުވަމުން، ކުރަކިވެފައިވާ އަޑަކުން ރަޔަން ކިޔަމުންދިޔައެވެ. “އޭ ރަޔަން ތިހާ ޑްރާމާ ބޮޑުކަމެއް އަދި މަ ނުދެނަހުރީމޭ، އެންޑް އަވަހަށް ރެޑީވޭ މަ ބުނާކަމެއްކުރަން.” ރަޔަން އެހެންބުނުމުން މާގިނައިރު ކެތްނުކުރެވިގެން ޒައިޝާން ބުނެލިއެވެ. ޒައިޝާންގެ ފަރާތުން އެހާ އަވަހަށް ޖަވާބެއް އައުމުން ރަޔަން ހަމަ ރަނގަޅަށްވެސް އަންތަރީސްވިއެވެ. “ތޭންކް ގޯޑް މޭން…… އައި އޮނެސްޓްލީ ތޯޓް އައިވޯޒް ގޮއިންގް ޓު ލޫޒް ޔޫ.” ފެންކަޅިވެފައިހުރެ ޒައިޝާން ގައިގައި ބައްދައިގަންނަމުން ރަޔަން ބުނެލިއެވެ. ރަޔަންގެ މި އަމަލުން ޒައިޝާންއަށް ވަރަށް އަސަރުކުރުވިއެވެ. އޭނާދެކެ މީހާ ލޯބިވާ، މިހާ އަޅާލާ ރަހުމަތްތެރިއެއް ލިބުނީތީ ހާސްފަހަރު ޝުކުރުކުރިއެވެ. މިޒަމާނުގައި މިކަހަލަ ރަނގަޅު ރަހުމަތްތެރިއެއް ލިބުމަކީ ނުވާނެކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އާނމުކޮށް އެންމެ ގާތް މިތުރުންވާނީ އެންމެ ނުރައްކާތެރި ހަތުރުންނަށެވެ. ހުރިހާކަމެއް އެނގިހުރެ ހަރާލާނީ ވަޅިއެވެ. ނުވަތަ ދަތްއަޅާނީ ކާންދޭއަތުގައެވެ. މިއީ މިއަދުގެ ހާލަތެވެ. ކިތަންމެ ހެޔޮވިޔަސް ލިބޭނީ ތެޔޮހަމެކެވެ. “ޔެއާ މޭން….. ރަޔަންއާ ހެދީ މަރު ތަންމަތީގަވެސް ނޯވެވޭނެ ކަންނޭގެ… ޑޮކް ދިޔައިރުވެސް މަ އޮތީ ހޭލައޭ، ދެން ސަޕްރައިޒް ކޮއްލީ، އެކަމް ތިހާ ޑްރާމާ ބޮޑުވާނެކަމަކަށް ހީނުކުރަން، ބަޓް ތޭންކްސް މޭން، ފޯ ކެއަރިންގް ސޯ މަޗް.” “ޔެޕް އެނީޓައިމް ބްރޯ، ދެން ހިނގާ ކާން، އެއްވެސް ގޮތަކަށް ނުކައެއްނު ތިއޮތީ.” “ނޯ…. ދެން މާދަން ހެނދުނު ކާނީ، މޯމްއަށްވެސް އުނދަގޫވާނެ މިގަޑީގަ އެއްޗެއް ހަދަންވެސް.” ޒައިޝާން ނުކާން އުޅުމުންވެސް ރަޔަންއަށް އެގޮތް ކަމަކުނުދިޔައެވެ. އެހެންކަމުން، ޒިވިޔަންއަށް ގުޅަން ނިންމިއެވެ. ނަސީބަކުން ދެތިންފަހަރު ރިންގްވުމުން ޒިވިޔަންވެސް ފޯނުނެގިއެވެ. “ހެލޯ ޑާލިން….. ކިހިނެއްވީ މިއޮއް ދަންވަރު.” ޒިވިޔަންގެ އަޑުން އޭނާ ހާސްވެފައިހުރިވަރު ހާމަވެއެވެ. “މިއުޅެނީ ޝާން ހޭއަރައިގެން، އޭނަ ނުކައި އޮތީމަ، ކެންޓީން ހުންނާނީ ބަންދުކޮށްފަ ޒީނައްތަވެސް ވަރަށް ދަންވިފަހުން ގެއަށް ދިޔައީ، ޒިވް ކޮންމެސް އެއްޗެއް ގެނެސްދޭންވީއެއްނު އުނދަގޫ ނުވަންޏާ.” “އޯކޭ، ނޯ ޕްރޮބްސް…. ޒިވަ ދާނަން އިރުކޮޅަކުން ސޫޕް ހިފައިގެން.” ޒިވިޔަން އެހެން ބުނުމުން ރަޔަން ނުހަނު ހިތްހަމަޖެހުނެވެ. “ބަލާ އަންނަންވީމަ ލެޓްމީ ނޯ.” “ނޫނޭ، ޒިވް ގޮސްދާނަން ސައިކުގަ، އޯކޭ ބާއި ފޯ ނައު، ލަވް ޔޫ.” ރަޔަންވެސް ލަވް ޔޫ ޓޫ އޭބުނެފައި ފޯނުބޭއްވިއެވެ.

އޭގެ ފަނަރަވަރަކަށް މިނެޓު ފަހުން ޒިވިޔަން ޖޫސްފުޅިއަކާއި ސޫޕްތައްޓެއް ހިފައިގެން ހޮސްޕިޓަލަށް އައެވެ. ރަޔަންވެސް ހުރީ މުޅިދުވަހު ނުކައި ކަމުން ޒިވިޔަން ގެނައީ ރަޔަންވެސް ލައިގެންނެވެ. “އޯ އެމް ޖީ ޝާން…. ޔޫ އާ ފައިނަލީ އަ ވޭކް، މި ރަޔަންވެސް މިއަދު ހަތަރުދަމު ނުކައި އެހެރީ ޝާން ބަލިވީމަ، ދެން ހިނގާ އަވަހަށް ކާން.” ޒިވިޔަން އައިސް ޒައިޝާން ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “ނޫނޭ، މަ ގެއަށް ގޮއްސަ ކުޑަގޮތެއް ހަދައިގެން މިހިރީ، ދެން މާދަން ކާނީ.” ރަޔަންއަށް، ޒިވިޔަން ކައްކާ އެއްޗިހި ވަރަށް މީރެވެ. ނަމަވެސް ނިދިއައިސްފައި ހުރުމުން ކާހިތެއް ނުވިއެވެ. “އޯ ވާއު ޒިވް…. ދިސް ސޫޕް އިސް ސޯ ގުޑް، ޒިވް މަށަށް މި ގިނައިން ހަދައިދޭނަންދޯ އަދި.” “އޮފް ކޯޒް، ޝާން ބޭނުންވަރަކަށް ހަދައިދޭނަން، އެންޑް ތޭންކްސް އަ ލޮޓް.” ޒައިޝާން ކަމުންދިޔައިރު ޒިވިޔަންއާއި ރަޔަން ތިބީ ބަލަހައްޓައިގެންނެވެ. ޒިވިޔަން، ޒައިޝާން އޮތް އެނދުގެ ކޮޅުގައި އިންއިރު ރަޔަން އޮތީ ޒިވިޔަންގެ ފައިގައި ބޯ އަޅާލައިގެންނެވެ. އެހެން އިންއިރު ޒިވިޔަންވެސް ދިޔައީ ޒައިޝާންއަށް ރަނގަޅުވީތީ ޝުކުރުކުރަމުންނެވެ.

އަނެއްދުވަހު، އިރުގެ ރަންދޯދިތަކުން މުޅި ދުނިޔެ އަލިކޮށްލީ ރަޔަން، ޒައިޝާން ބާއްވާފައި އޮތް ޕްރައިވެޓް ރޫމްގެ ބޮޑު ކުޑަދޮރުކައިރި ހުއްޓައެވެ. ރޭގައި އެއްވެސް ގޮތަކަށް ނުނިދުމުގެ ސަބަބުން އޭނާހުރީ ވަރަށް ވަރުބަލިވެ، ބޮލުގައި ރިއްސައިގަނެފައެވެ. އެހެންކަމުން ރަޔަން ނިންމީ ޑޮކްޓަރު އައިސް ޒައިޝާން ޗެކްކުރުުމުން ޒީނާއާއި ޒިޔާންއަށް ގުޅާފައި ގެއަށް ގޮސް ނިދާލާށެވެ. އެވަގުތު ޒައިޝާންއޮތީ ނިދާފައިކަމުން އޭނާ އިނީ ފޫހިވެެގެންގޮސް ހަލާކުވާވަރު ވެފައެވެ. ދެތިންފަހަރު ޒިވިޔަންއަށްވެސް ގުޅުމުން ބުނީ ފޯނު ނިއްވާލާފައިކަމަށެވެ. ޒިވިޔަންވެސް ރޭގައި ގެއަށްދިޔައިރު ފަތިސްނަމާދަށްވެސް ގޮވާފާނެއެވެ.

ރަޔަން އެހެން ފޯނާކުޅެން އިންނަތާ ގާތްގަނޑަކަށް ފަނަރަ މިނެޓުފަހުން ޑޮކްޓަރު އައިސް ޒައިޝާނަ ޗެކްކުރިއެވެ. “އެވްރިތިންގް ސީމްސް ފައިން، ހީކުރިވަރަށްވުރެ ރަނގަޅު…. ދެން ރިޒަލްޓްސް އަންނާނެ މާދަމާ ހިސާބު އެ ބަލާފަ ގެއަށް ދޫކުރެވޭނީ، އިތުރު މައްސަލައެއްނޫޅެންޏާ ދޫކޮށްލަދޭނަން.” ރަޔަން ބޯޖަހާލާފައި ޒީނާއަށް ގުޅާ ހުރިހާ ވާހަކައެއްކިޔައިދިނެވެ. ނަސީބަކުން މިއަންނަނީއޭބުނެ ފޯނުބޭއްވިތާ އިރުކޮޅެއްނުވެ ޒީނާއާއި ޒިޔާން ހޮސްޕިޓަލަށް އައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. leekko

    alheyy rayan kahala rahttehsseh vikka bala manjey 😅
    agu bunelahchey yageeney vrh agu bodu vaanekan…
    ekm keeh kuraanee mihaaru rayan kahala rangalhu rahttehin madhuvaane…
    gina vaanee dhoakaa dhey meehun viyya…
    btw Mi part vx vrh reethi 💗
    nubunyas enge ehnu dhn loabivaakan dhw 😘😘😘

    1. UNKNOWN_07
      leekko

      RAYAN KAHALA RAHTEHINN ULHENY AIY NUFORAA VARAH EXPENSIVE KOHHHH
      RANGALHU VAAHAKA EHH, CANNOT TRUST ANYONE NOWADAYSSSSS
      GLADD YOU LIKEDDD ITTTTTTTT
      DHEN HINGAA DHWWW VAAGOTHEH BALAMAAA
      EHEHE MIHAARU HITHUDHASVEJJE LWBIVAA KANNN
      LOVEEE YOUUUU MOREEEEE GURRRLLLL
      THANKSSS FOR COMMENTINGGGG

Comments are closed.