Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލިބިދޭތޯ އިންނާނަން ލޯބިން-7

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 29, 2025 2 Mins Read
3 Comments

ނާއިލް އެދުމަތީ އޮތީރު ސިކުނޑިތެރޭ އެތަކެއްކަމެއް ހިގަމުން ދިޔައެވެ. މާޔާގެ ހަތަރު ފަސް މިސްކޯލް އައިސް ހުރިތަން ފެނުނުނަމަވެސް ނާއިލް އަޅައެއްނުލުއެވެ. ނާއިލް ހިތަތް އެރިއެވެ. ދެން އެއްމެ ރަގަނޅުވާނީ މާޔާ އަމިއްލައައް އުޅެން ދޫކޮށްލިއްޔާ އެވެ. މިހެން އުޅެގެން ދެވަނަފަހަރައް ވެސް އޭނާގެ ހިތް ހަލާކުވެދާނެއެވެ. އެކަމު ނާއިލް އައް ނެއިންގޭ ކަމަކީ މާޔާވެސް ނާއިލް އާއި ގަޔާވާ ކަމެވެ. ނާއިލް އައް އެރޭ ނިދުނީވެސް ވަރަށް ދަންވިފަހުންނެވެ.

ހެދުނުގެ ވަގުތެވެ. ކެބިންގައި އިނީރު އިރު އިރު ކޮޅާ ފޯނައް ބަލާލެވެއެވެ. އޭނާ އިނީ ނާއިލްގެ މެސެޖް އެއްގެ އިންތިޒާރުގަ އެވެ. ޖިޔާން އަށް މާޔާގެ މާޔޫސް ވެފައިވާ މޫނު ފެނި އަހާލިއެވެ. “ހާދަ ކަންބޮޑު ވެފަހެންހީވެއޭ..”   “ކަމެއްނުވޭ.. ނާއިލް ދެކުނިންތަ..؟” މާޔާ އަހާލީ ޖިޔާން އައް އިގޭނެ ކަމައް ހީކޮށެވެ. “އުހުން.. އިއްޔެއިން ފެށިގެން އަދިނުފެނެ.. ކިހިނެއްވީ..؟” ޖިޔާން އެތާހުރި ގަނޑުތަކެއް ހިފައިގެން އައިސް އިށީނެވެ. “އޭނާ ފޯނެއްވެސް ނުނަގަ.. މެސެޖް އެއް ސީންވެސް ކޮށްނުލާ..” މާޔާ ދައްދޮޅީގައި އަތް ވިއްދާލައިގެން ހުރީރު އޭނާ ކަންބޮޑުވެފައިވާވަރު އިނގިދެއެވެ. “އެހެންތަ.. ވެދާނު އޭނަ މާބޮޑަށް ބިޒީވީކަމައް..” ޖިޔާން އޭނާ ހީވާގޮތް ބުނެލިއެވެ. މާޔާ އައްވެސް އެގޮތް ގަބޫލުކުރެވުނެވެ.

މިއަދުވެސް ދިޔައީ ނާއިލްގެ އެއްވެސް ހަބަރެއްނުވެ އެވެ. މާޔާ ދެރަވިއެވެ. އަނެއްކާ ނާއިލް އޭނާ ދޫކޮށްލާފައި ދާންއުޅެނީ ހެއްޔެވެ؟ އޭނާ މާޔާ ދެކެ ފޫހިވީހެއްޔެވެ؟ އެކަހަލަ ހިޔާލުތައް ކޮށްފައި އޭނާއައް ރޮވުނެވެ.

ޑިއުޓީ ގަޑިއެވެ. މާޔާ ކޮންޕިއުޓަރާ ކުޅެން އިދެފައި ހިޔާލަކަށް ގެއްލުނެވެ. ޖިޔާން އައް މާޔާ ހުއްޓުން އަރައިފައި އިންތަން ފެނުމުން ކައިރިއައް އައެވެ. “އޭތް! ކިހިނެއްވެފަ ތީނީ..؟” ޖިޔާން މާޔާގެ މޫނުމަތީ އަތްހޫރައިލިއެވެ. މާޔާ ސިހިފައި ހިޔާލުތަކުން ބޭރުވެވުނެވެ. “ކަމެއްނުވޭ.. އަނެއްޕޭޝަންޓް ވައްދަން އުޅޭ..” މާޔާ އެދުނެވެ. މިއަދު މާޔާގެ މަސަތްކަތް ހުރިގޮތުން ކަމެއްގޯސް ވެއްޖެކަން ޖިޔާން އައް އިގުނެވެ. ނަަމަވެސް އޭނާ ނާހާ މަޑުން ހުރީއެވެ.

ކެފެޓީރިއާގައި އިނީރު މާޔާ އައް ކެވޭގޮތެއް ނުވެއެވެ. އޭނާ ބަތްތަށި ހާވައިލަ ހާވައިލަ އިނީއެވެ. “ޖިޔާން.. އިނގޭތަ ނާއިލް ވީތަނެއް..؟” މާޔާ އަހާލިއެވެ. “ދެން މަށަކަށް ނޭންގެ.. ގޭގަ އެއްނު..” ޖިޔާން ބުނެލިއެވެ. މާޔާ ދެރަވިއެެވެ. ނާއިލް ގަސްތުގައި އޭނާ ދެރަކޮށްލަން އުޅެނީހެއްޔެވެ. ބާކީ އޮތް ގަޑިތަކުގައިވެސް މާޔާ އައް މަސަތްކަތް ކުރެވޭގޮތެއް ނުވެއެވެ. އޭނާ އަބަދުވެސް ކޮންމެވެސް ހިޔާލަކަށް ގެއްލިދެއެވެ. އެހެންކަމުން ހުރިހާ ކަމެއްކުރަން ޖެހުނީ ޖިޔާން އަށެވެ. މާޔާ އައް އައިބަދަލު ފެނި ޖިޔާންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. “މާޔާ.. މަ މިއަދު މާޔާ ގެޔަށް ލައިދޭން ދާނަން.. ހީވަނީ ބަލިވެފަ އިންނަހެން.. ކަމަކ ސްޓެސްވީތަ..؟” ޖިޔާން ސައިންއޮފް ވެލަމުން ހިގައިގަތެވެ. “އޯކޭ..” މާޔާ އެއްބަސް ވުމުގެ ގޮތުންބުނެލިއެވެ.

އެދުވަހު މާޔާ ގެޔަށް ދިޔައީ ޖިޔާން އާއި އެކުގައެވެ. ޖިޔާން ކިތަތްމެ އަނގަ ގަދައަކަސް މިހާރު އެދެމީހުން ދޭތެރޭ އެކުވެރިކަން އުފެދުނެވެ. “ދަރިފުޅާ.. ކިހިނެއްވެފަ ތީނީ..؟ ދެރަވެފަތަ..؟” އިނާސާ އައް މާޔާ ފެނުމުން އަހާލެވުނެވެ. “ކަމެއްނުވޭ.. މާބޮޑަށް ވަރުބަލި ވެފަހުރީމަ ކަންނެއިންގެ ދޯ؟” މާޔާ ގަދަކަމުން ހިނިތުންވެލިއެވެ. ހަގީގަތުގަވެސް ނާއިލް މިހަދާގޮތުން މާޔާގެ ހިތުގެ އެއްމެ ހިމަ ނާރައްވެސް އަަސަރުކޮށްފިއެވެ. މާޔާ ގުޅުމުން ވެސް ފޯނެއް ނުނަގަ އެވެ. އެއްމެފަހުން މާޔާ ނިއްމީ ނުގުޅުމަށެވެ. އޭނާއާހެދި ނާއިލް އައް އުނދަގޫ ވެދާނެތީއެވެ. ވީގޮތެއްނުބުނަންޔާ ހަދާނެގޮތެއްވެސް ނެއިންގޭ ނޫން ހެއްޔެވެ.

“އޭ، ކޮބާތަ ކަލޭގެ މަންޖެ..؟” މާއިޝް އައިސް ނާއިލްގެ ކޮނޑުގައި ޖަހާލަިފައި އެހިއެވެ. ނާއިލްގެ މޫނުމަތީ ކުލަ ވަގުތުން ބަދަލްވިއެެވެ. ނާއިލްގެ ހިތުގައި ރިއްސާލިއެވެ. ނާއިލް މާޔާ އާއި ވަކިވީ ބޭނުންވެގެނެއް ނޫނެވެ. މަޖުބޫރު ވެގެންނެވެ. މާޔާ ނުލިބޭނެކަން އިގޭތީ އެވެ. “ނޭންގެ..” ނާއިލް ކުރުޖަވާބެއް ދީފައި ދުރުބަލާލިއެވެ.

ހަވީރުގެ ވަގުތެވެ. މާޔާ ހޮސްޕިޓަލައް އައީ ކުޑަމަސަތްކަތެއް އޮތުމުންނެވެ. އޭރު ޖިޔާން ވެސް އައިސް އުޅެއެވެ. ކެބިންގައި އިނީރު އޭނާގެ މުޅި “ފޯކަސް” އިނީ ކޮންޕިއުޓަރަށެވެ. ޖިޔާން ކެބިން އަށް ވަނީރު މާޔާ އިންތަން ފެނުމުން އައިސް އިށީނެވެ. “ކޮބާ، މިހާރު ކިހިނެއް..؟” ޖިޔާންގެ އަޑު އިވުމުން މާޔާ ދިޔައީ ސިއްސައިގެންނެވެ. މާޔާ ވަކިއެއްޗެއް ނުބުނެ ގަދަކަމުން ހީލީ އެވެ. “ހިގާބަ ކެފޭއައް ޖައްސާލަން..” ޖިޔާން ގޮޑީގައި ހަމަޖެހިލަމުން ބުނެލިއެވެ. “އެއްމެ ރަގަނޅު..” މާޔާ ރައްދުގައި ބުނެލިއެވެ.

ދެމީހުންވެސް ހޮސްޕިޓަލުން ނިކުތީރު ފަހެއްޖެހީރު އެވެ. ޖިޔާން ސައިކަލު މަޑުކޮށްލީ “ސަންރައިސް” ކެފޭ ކައިރީގަ އެވެ. ދެމީހުންވެސް ގޮސް މަތީފަންގި ފިލައަށް އެރި އެވެ. ހާމައަށް އުޑުފެންނަން އޮތީރު ހިޔާކޮށްފައި އޮތް ބައެއްވެސް އޮތެވެ. މަދުބަޔަކު އުޅެއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 27

Next

ދުރުވާން ޖެހުނަސް 11

Next
March 29, 2025

ދުރުވާން ޖެހުނަސް 11

Previews
March 29, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 27

3 Comments!

  1. Aalerrr says:
    March 29, 2025 at 5:11 pm

    Masha Allah mi part vx vrh reethi ❤️💯

  2. baby girl 🙈 says:
    March 29, 2025 at 5:22 pm

    Mi part vx vrh reethi Masha Allah 💗
    btw devil thankx for uploading the parts thihaa avahah
    when next part?

  3. dhaantte says:
    March 30, 2025 at 3:56 pm

    broski mi part vx hessa salhi ingey

Comments are closed.

Next Episodeލިބިދޭތޯ އަންނާނަން ލޯބިން-8←


All Right Reserved!