Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުން

އެކްޓަރ (ޕާޓް 4)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
March 31, 2025 3 Mins Read
6 Comments

’އާނ ރެޑީގަ ހަމަ…ކައެ ގުޅަންދެން މިހުންނަނީ. ހާދަ ރަނގަޅު ގަޑިއެއްގައި ތިގުޅާލީ… އޭ ބޭރުގަތަ؟ އޭ ކައެ ކޮންތާކު؟!‘ އެކޮޅުން ވާހަކަ ދެއްކީ އަހަރެންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އަނޫކެވެ.އަހަރެންގެ ދިރިއުޅުމުގެ ވަރަށް ގިނަ ސިއްރުތަކެއް އެނގޭ ރަހުމަތްތެރިއެކެވެ.އޭނާއަކީ ޕޮލިހުގައި މަސައްކަތްކުރާ ޒުވާނެކެވެ.

’ބުރިޖް ވިއު ކައިރީގައި‘ އަހަރެން ބުނެލީމެވެ.’ކަލޭ؟ ބުރިޖް ވިއު ކައިރީ؟ މިއޮއް ފަދަ ގަޑީގަ؟ކައެ އަކާ ނުވެސް ގުޅޭ…ކަލޯ ކައެއަށްވެސް އެ އިޝްގީ ބަލިގަނޑު ލައްވައިލީތަ؟ހެހެހެ…‘ އަނޫކަކީ ސަމާސާ ބޮޑު މީހެކެވެ.’ތީ އެންމެ ރަނގަޅަށް މިކަންތައް އެނގޭނެ މީހާ. މިހާރު މިއޮތީ މަށާ ޖެހިފައި… މަށަށް ވާ މަޑުން ހުރެވިއްޖެެއެއްނުދޯ..ދެން ނުހުރެވޭނެ!،‘ އަނޫކުއާއި ވިއްދައި އަހަރެން ބުނެލީމެވެ.

****

އަހަރެން އެކޯލު ކުރުކޮށްލީ އަނޫކްގެ ފަރާތުން އަހަރެން ބޭނުންވި ޔަގީންކަން ލިބުމުންނެވެ.އޭނާއަކީ އިތުބާރު ހިފޭ މީހެކެވެ.ކިތަންމެ ސަކަކޮށް އުޅުނަސް ސީރިޔަސް ވާންޖެހޭ ތަނުގައި ސީރިޔަސް ވާނެއެވެ.

****

އެންމެ ރެއެއްގެ ހަމަ ނިދި ނަގައިލީމާ އޭގެ ’ހަސްކާ‘ މިއޮއްގެން ފެންނަނީއެވެ.މިއަދު އެ ބޮވުނީ ފަސް ވަނަ ކޮފީ އެވެ.އަދިވެސް ބޮލަށް ހުންނަނީ ބަރުވެފައެވެ.ކުރަން ހުރި މަސައްކަތްތަކަށް ސަމާލުކަން ދޭންވެސް އަހަންނަށް ވީ އުނދަގޫ ކަމަކަށެވެ.

ޑިއުޓީ ނިމެން ކައިރިވެފައި ހުއްޓައި އަނޫކްގެ ކޯލެއް އައެވެ.އަހަރެން ބުނި ކަންތައް ހަމަޖައްސައި ދީފައި ބައްދަލު ކުރާނެ ތަނަކާއި ގަޑި އޭނާ އެންގި އެވެ. މިހާރު މި އުޅޭ މީހުންހެން ކޮށްދޭނަމޭ ކިޔައި ދިގު ދަންމާކަށް އޭނައެއް ނުހުންނާނެއެވެ. އެއީ އޭނާގެ ވަރަށް ސަޅި ތަންކޮޅެކެވެ.

އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.ދެން އޮތީ އަހަރެންގެ އަމިއްލަ ނަފްސު ’މެންޓަލީ‘ މިކަމަށް ތައްޔާރު ކުރުމެވެ.ވަރަށް ދިގު އިންތިޒާރެއްގެ ނިމުން އަންނަނީއެވެ.

****

އަނޫކް ހަމަޖައްސައިދިން އެބައްދަލުވުމަށްފަހު އަހަރެންގެ ބޯމަތިން ހީވީ ބޮޑު ބަރެއް ނެނގުނުހެންނެވެ. ސިކުނޑިއަށް ލުޔެއް ލިބިގެން ދިޔައެވެ.ދެން ގިނަ ދުވަހެއް ނުވެ ހުރިހާ ކަމެއްވެސް ސާފުވެދާނެއެވެ.ކަމެއް ބޮއްސުން ލައިގެން ދިޔަ ނުދިނުމަށްޓަކައި އަހަރެންް މިއެޅީ ސަލާމަތީ ފިޔަވަޅެކެވެ.ދެން ވާގޮތް ނިކަން ބަލަން ހުންނާށެވެ.

****

ޑިއުޓީ ނިންމާލައިފައި އައިސް ތާޒާ ވެލައިގެން ކުޑަކޮށް އަރާމުކޮށްލުމަށް ޓަކައި ޖައްސައިލީމެވެ.ހަމަ ނިދި ނުލިބިހުރުމާއި، ވިސްނަންޖެހޭ ކަންތަކުން ބައެއް އުނިވީމަޔާ ތޯއްޗެކެވެ.ވަރަށް ފަސޭހައިން އަހަންނަށް ނިދިއްޖެއެވެ.

****

އަހަންނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަމުން ދިޔަ މީހާގެ ނަން ފެނުމާއި އެކު އަހަރެންގެ ނިދިވެސް އިސާހިތަކު ފިލައިފިއެވެ. ވީ ފޫއްސެއް ގެ ބޮޑުކަމުން ނިތައް ރޫ ގިނަކޮށްލެވުމާއިކު ތުންވެސް އަނބުރައިލެވިއްޖެއެވެ. އަހަންނަށް އެ ގުޅަނީ އުސައިދުއެވެ. އޭނާގެ ނިޔަތް އަހަންނަށް އެނގެއެވެ. އެކަމަކު ދުވަހެއްގެ ކޮޅުންވެސް އޭނާއަކަށް އެކަން ކާމިޔާބެއް ނުވާނެއެވެ.ނުނަގަން ހުރެފައިވެސް ފޯނު ނަގައިފީމެވެ.

’ދޮންކަލޯ ކޮންތާކު؟ އާދެބަލަ ޓެރަސްއަށް….އުސައިދުބޭ އެބަ ޖެހޭ ދޮންކަލޯ ގާތުގައި ވާހަކައެއް ދައްކައިލަން.‘ އަހަރެންް ފޯނު ނެގިހާއިރުން އެބޭގަނޑު ބުނެލި އެވެ.

ފުރަތަމަ ކަމަކަށް ވިހައިގެން ހަތް ދުވަސްވީ ދުވަހު އަހަރެންގެ ނަމަކަށް ކީ ’ދޮންކަލޯ‘ އެއް ނޫނެވެ. އޭނާ އެހެން ކިޔައިފައި އަހަރެންނަށް ގޮވާތީ އަހަރެން ހާދަހާ ރުޅިއެއް އާދެއެވެ. އެކަމަކު ގޭގެ އެންމެ ބަސް އަހާ މީހާގެ ގޮތުގައި ނަން ހަރުކޮށްފައި އޮންނާތީ ހިފަހައްޓަން ޖެހޭ މިންގަނޑުތަކެއް އޮވެއެވެ.އެހެން ނޫންނަމަ މިހާރު އަހަރެން މޫނަކަށް ނުބަލައި، އެ ބޭގަނޑަށް ’ހެޓަކަށް‘ ބަވާލައިފީމުހެވެ.

****

އަހަރެން ޓެރަހަށް ދާން އެއްބަސް ވީ ހަމަ އެންމެ ބޭނުމަކުއެވެ.އުސައިދު ރުއްސުން މިހާރު އަހަންނަށް މުހިންމުވީމައެވެ.ފެންމަތިވެގެން މި އުޅޭ ކަންތައް ގަނޑު މައިތިރި ކުރެވޭނީ އޭނާގެވެސް ހާޒިރުގައި ކަމަށްވާތީއެވެ.

އަހަރެން ޓެރަހަށް ދިޔައިރު އެތަނުގައި އުސައިދުގެ އިތުރުން މަންމަވެސް އިންދާ ފެނުނެވެ. އަހަންނަށް ނިތް އަރުވައިލެވުނެވެ.ދެއަތް ދެއަތާ މޮޑެލަ މޮޑެލާ އިން ގޮތުން މަންމަ އިނީ ވަރަށް ހާސްވެފައި ކަން އަހަންނަށް އެނގުނެވެ. އުސައިދުވެސް ހުރީ ވަރަށް ސީރިޔަސްވެފައެވެ.

’ދޮންކަލޯ މިތާ އިށީނދެ ބަލަ.‘ އުސައިދުއާއި ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑިއަށް އިޝާރާތް ކޮށްލަމުން އޭނާ ބުނެލިއެވެ. ބަހަކުން ބަހެއް ނުބުނެ ހުރެ ފޯނާއި ކުޅެމުން އައިސް ޗާބީ ދީފައިވާ ބުދެއް ފަދައިން އަހަރެން އެ ގޮނޑީގައި އިށީނދެއްޖައީމެވެ.

އެހެނަސް އުސައިދުގެ ވާހަކަ  ކުރިއަށް ގެންދެވޭ ވަރެއްނުވިއެވެ. ޓެރަހަށް އަރައިގެން އަންނަތަން ފެނުނީ ބައްޕައެވެ. އެމަންޒަރު ފެނި ވަގުތުން އުސައިދުގެ ދޫ ބަންދުވެއްޖެ އެވެ.އެ މޫނުގައި ހުރި ސީރިޔަސް ކުލަވަރު ބަދަލުކޮށްލީ ސިކުންތެއްގެ ތެރޭގައެވެ.ބޯވައެއްވެސް އެހާ ކުޅަދާނަވާނެ ކަމެއް ނޭނގެއެވެ.

މިފަހަރު ހިޔަޅު ބުއްދިއަކީ އަހަރެންްނޭ ބުނެވިދާނެކަންނޭނގެއެވެ.ބައްޕަ ގޭގައި އުޅޭ ވަގުތެއް ކަން އެނގޭތީވެ ބައްޕަ ގާތުގައި ޓެރަސްއަށް އައުމަށް އެދިފައި އަހަރެން މެސެޖު ކުރީއެވެ.އެހާ އަވަހަށް  ބައްޕަ އެ އައީ އެހެންވެގެންނެވެ. އަހަންނަށް މިއީ ރަނގަޅު ދަނޑިވަޅެއްކަން ވިސްނުނީއެވެ.ދެން  އެ އުޅޭ ތިން މީހުންގެ ހިލަމެއްވެސް ނެތުމާއި އެކުއެވެ.

’އެކްޗުއަލީ އަޅުގަނޑު އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފައި.ބައްޕަ އިށީނދެބަލަ.‘އަހަރެންގެ ކައިރީގައި ހުރި ގޮނޑި ބައްޕައާއި ކައިރިކޮށްލުމުން ބައްޕަ އައިސް އިށީނެވެ. އުސައިދުގެ ނިތައް ރޫ ގިނަވެލިއެވެ.މަންމަވެސް އިނީ ފާޑަކަށެވެ.އަހަރެން ފޯނު ޖީބަށް ލަމުން އުސައިދުގެ މޫނަށް ނަޒަރު ހުއްޓައިލީމެވެ.މިވަނީ ކިހިނެއްހޭ އަހައިލާފަދަ ގޮތަކަށް އޭނާ ނިތް އަރުވައިލިއެވެ.

’މިހާރު މި ވެގެން އުޅޭ ގޮތަކީ މީހަކު އެބަ  މަސައްކަތް ކުރޭ ބައްޕަގެ ބިޒްނަސް ފްރޯޑް އެކޭ ކިޔާފައި ފުރޭމްކޮށްލަން.ސީދާ ޕާރސަނަލް ވެންޑެޓާއެއް.އަސްލު މިވާހަކަ ފެށްޓުމުގެ ކުރިން އަޅުގަނޑު ސުވާލެއް ކޮށްލަން ބޭނުން އުސައިދުބެއާ.‘އަހަރެން ވަރަށް ކެރިގެން ބުނީމެވެ. ’ޒައިފް ކީކޭތަ ތި ކިޔަނީ؟ ކިހިނެއްތަ ވެގެން މި އުޅެނީ.؟‘ މަންމަގެ ހާސްކަން އިންތިހާއަށް ގޮސްފިއެވެ.އެހެނަސް އަހަރެންގެ ތުންފަތް ދެމިލީ އެ ނުތަނަވަސްކަމުން ހިތްހަމަޖެހުން ލިބިގަތް ފަދައަކުންނެވެ.

’ކަމުގެ އަސްލު އޮޅުވާލައިގެން ބައްޕަގެ ބިޒްނަސް އަަށް  ގެއްލުންދޭން އުޅޭ ވާހަކަ މިބުނީ މަންމާ…..އަސްލު އެކަންޏެއް ވެސް ނޫން ދޯ…ނަސްލުވެސް އޮޅުވާލެވުނުކަން ހަނދާން އެބަހުރިތަ މަންމާ؟!‘ މަންމައާއި ހަތަރުކަޅި ހަމަކޮށްގެން ހުރެ އަހަރެން އަހާލީމެވެ.

(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

އިންސާފު ލިބޭނެބާ – 32

Next

ކިމޭ އަލްވަދާޢު [5 ވަނަ ބައި]

Next
March 31, 2025

ކިމޭ އަލްވަދާޢު [5 ވަނަ ބައި]

Previews
March 31, 2025

އިންސާފު ލިބޭނެބާ – 32

6 Comments!

  1. Vampire girl says:
    March 31, 2025 at 3:45 pm

    Wowew maashaa Allah mi part vx varah varah reethi….
    Usaidh and said ge manma kanneyge e kanthah e kurany..
    When next??

    1. Lamtty Lamtty says:
      March 31, 2025 at 4:18 pm

      Thank you Vampire girl! ❤️ Let’s see what happens next. ☺️
      Next part very soon!

  2. Me says:
    March 31, 2025 at 4:19 pm

    This is very interesting 😀

    1. Lamtty Lamtty says:
      March 31, 2025 at 4:29 pm

      Thank you! 😊

  3. Ham says:
    April 4, 2025 at 1:06 am

    Wow! Getting interesting

    1. Lamtty Lamtty says:
      April 4, 2025 at 9:10 pm

      Thank you Ham ❤️

Comments are closed.

Next Episodeއެކްޓަރ( ޕާޓް 6)←


All Right Reserved!