ލިބިދޭތޯ އިންނާނަން ލޯބިން-5
ރަފްޝާ ދިޔަފަހުން އެގެޔަށް ޖިޔާން އައެވެ. އޭނާގެ މޫނު އެހެންދުވަސް ދުވަހާ ހިލާފަށް އައްޔެވެ. “ހާދަ އުފާވެފަހެން ހިވެއޭ..” ނާއިލް އެހެން ބުނެލީރު އިނީ މަޖާވެފައެވެ. “ކަލޯ އިގޭތަ..މިއަދު ޑިއުޓީ އައް ގޮސް އިންނަން ޖެހުނީ ވަރަސް ރީތި މަންޖެއެއް ކައިރީގަ.. އޭނާގެ ޕާރޓްނާ އެއް ގޮތުގަ މަ މަސަތްކަށް ކުރަންޖެހެނީ..” ޖިޔާން ހުވަފެނީ ރާގަކަށް ކިޔާދިނެވެ. ނާއިލް އަށް އެއީ ޖިޔާންގެ މިޒާޖު ހުރިގޮތްކަން އިގުމުން އަޅައެއް ނުލައެވެ. އެކަމަކު އޭނާ ޖިޔާން އަށް މާޔާ ލިބޭނެ އެންމެ ފުރުސަތެއްވެސް ނުދޭނެއެވެ. “ދެން ކީއްކުރަށޯ ތިވިސްނަނީ..” ނާއިލް ކުޑަކޮށް ލޯއަޅާލިއެވެ. “ދެން މިވިސްނަނީ އޭނާ އައް ކުޑަކޮށް ކްލޯސް ވެލަން..” ޖިޔާން ހުރީ އުފަލުންނެވެ.
ދެއެކުވެރިންވެސް އިރުކޮޅާކު ވާހަކަދައްކާލަން ތިބެފައި މަޣްރިބްނަމާދު ބަންގިގޮވުމުން ދިޔައީ މިސްކިތަށެވެ. އިޝާނަމާދައް ފަހުު ޖިޔާން ކެފޭއަށް ދާންބުނުމުން ނާއިލް މަނާވެގަތެވެ. ޖިޔާން މާބޮޑުކަމަކަށް ނަހަދާ ދިޔައީ އެވެ.
ރޭގަނޑު ކެއުމައްފަހު މާޔާ ނިކުތީ ގޯތިތެރެއަށެވެ. ގޯތިތެރޭއިން އޮރެންޖް ބޮކިން ފަނޑުއައްޔެއް ވެއެވެ. މާޔާ އޮދޯލީގައި އޮތީރު ހިޔާލު ކުރެވެމުން ދިޔައީ ނާއިލް އާއި މެދުއެވެ. “އަޅެ ކިހިނެއްތަ މިވަނީ.. ވައި އޭމް އައި އޯލްވޭޒް ތިންކިން އެބައުޓް ހިމް..” މާޔާ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. މާޔާ އަށް ހިޔާލުތަކުން ބޭރުވެވުނީ ފޯނު ރިންގްވާން ފެށުމުންނެވެ. ބަލާލީރު ނާއިލް އެވެ.
“ހެލޯ.. ކިހިނެއްވީ..؟” މާޔާ ކަންފަތުގައި ފޯނުޖައްސާލަމުން ގޮވާލިއެވެ. “ކަމެއްނުވޭ، ފޫހިވެގެން ގުޅާލީ..” ނާއިލް ބުނެލިއެވެ. “އަހަރެންވެސް.. ވަރަށް ފޫހި.. ކުރާނެ ކަމެއްނެތް..”މާޔާވެސް އެއްބަސް ވިއެވެ. “ޔާމް.. މަ މާދަން ދާނަން އިގޭ ޔާމް ބަލާ..” ނާއިލް ބުނެލިއެއްޗަކުން މާޔާ ސިހުނެވެ. “ކޮންތާކަށް ދާން..؟” މާޔާ އައް އަހާލެވުނެވެ. “ޖޮބްއަށް ލައިދޭން ދާން..” “އޭރުން މީހުން ހިތަތް އަރާނީ ކީކޭތަ..” މާޔާ އައް ބުނެލެވުނެވެ. “ބަލަ ބެސްޓީސް ސައިކަލުގަ ގޮސް ޖޮބްއަށް ލައިދިނީމަ ކޮބާތަ އޭގެން މައްސަލައަކީ..؟” ނާއިލް އަހާލިއެވެ. މާޔާ އިނީ ބުނާނެ އެއްޗެއް ނެއިންގިފަ އެވެ. ދެމީހުންވެސް އެތަށްއިރަކު ވާހަކަދައްކަން ތިބެފަ ފޯނުބޭވީރު 12:30 ވެއްޖެވެ.
އަނެއްދުވަހުގެ ހެދުނެވެ. މާޔާ ސައިބުއިގެން ނިކުތެވެ. މާގިނައިރަކު އިންނާކައްވެސް ނުޖެހުނެވެ. ނާއިލް އައެވެ. އޭނާގެ މޫނުމަތި އަލިވެފަ އިސްތަށިގަޑު އޮތީ ތަރުތީބެއް ނެތި ހޭވިފައެވެ. މާޔާ އައް އެގޮތްވަރަށް ކަމުދިޔައެވެ. ދަތުރުހޭދަވެގެން ދިޔައީ ދެމީހުންކުރެ އެކަކުވެސް އަގައިން ނުބުނެއެވެ. ނާއިލް އައް ސައިކަލު މަޑުކޮށްލެވުނީ ޖިޔާން ކުރިމައްޗަށެވެ. ޖިޔާންގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. “ދަންނަ ކުއްޖެއްތަ..؟” ޖިޔާން މާޔާ އައް އިޝާރާތްކޮށްލަމުން އެހިއެވެ. ނާއިލް ހޫމް އަޅުވައިލިއެވެ. “ކިހާރެއްވާރު ނިމެނީ..؟” ނާއިލް ދާންއުޅެފައިވެސް ހަދާންވެގެން އެހިއެވެ. “ހަތަރެއްޖަހާރު..” މާޔާ ހީލިއެވެ. ނާއިލް ދިޔަތަން ބަލަން އިދެފައި އޭނާ ހޮސްޕިޓަލައް ވަންނަން ހިގައިގަތުމުން ޖިޔާންވެސް ފަހަތުން އައެވެ.
“ކިހިނެއްތަ ނާއިލް އާއި ރިލޭޓްވަނީ..؟ ބީއެފްތަ..؟” ޖިޔާން ލިފްޓައް އަރާފައި ވާހަކަދެއްކިއެވެ. “ނޯ، ފްރެންޑް އެއް.. އަނެއްހެން ބުނަންޔާ ބެސްޓް ފްރެންޑް..” މާޔާ ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. “އެހެންދޯ.. އިގޭތަ މަވެސްމީ ނާއިލްގެ ފްރެންޑް އެއް..”ޖިޔާން ބުންޔެވެ. މާޔާ ބޯޖަހާލީ އިގެއޭ ބުނުމުގެ ގޮތުންނެވެ.
ދެމީހުންވެސް ފްލޯރ އަށް ދިޔައިރު އެތައްގިނަބަޔަކު ތިއްބެވެ. މާޔާ އަވަހައް ރޫމް އައް ގޮސް ރެޑީ ވެލިއެވެ. ބާކީ އޮތްގަޑިއިރުތަކުގައެއް ޖިޔާން އެއް މާޔާ އަކާއި ވާހަކައެއް ނުދައްކައެވެ.
ހަތަރު ވަރަކަށް ގަޑިއިރުފަހުން ބްރޭކް ލިބުނެވެ. މާޔާ އާއި އެކު ޖިޔާން ވެސް ކެންޓީނަށް ދިޔައެވެ. އޭނާ އަމިއްލަ އައް އޭނާގެ ހަޔާތުގެ ވާހަކަތަށް މާޔާ އަށް ކިޔައިދިނެވެ. ބަހެއްބުނުމެއްނެތި މާޔާ ވެސް “ފޭކް” ހިނިތުންވުމަކާއި އެކު ޖިޔާން ކިޔަމުންދިޔަ ކޮންމެއެއްޗަކަށް ބޯޖަހަމުން ދިޔައެވެ. ފަހުންގޮސް ވެސް ޖިޔާން އަގަ ހުއްޓާނުލައެވެ. އޭނާ ކުރަމުންދިޔަ ސުވާލުތަކަށް މާޔާ “އާއެކޭ.. ނޫނެކޭ..” ކިޔަމުން ދިޔައިރު އިނީ ބޮލައްއުނދަގޫ ވެފައެެވެ.
ގަޑިޖެހުމުން ޖިޔާން އާރޖެންޓްއޭ ކިޔައިފައި ދިޔައެވެ. މާޔާ ވެސް ފެންފުޅިއާއި ނޯޓް ފޮތް ހިފައިގެން ނިކުތެވެ. އޭރުވެސް އަވިގަދައެވެ. ނަމަވެސް ހަވީރު އަތަށް އަޅާފައިހުރުމުން އިރުގެ ހޫނުންވެސް އަރާމު ލިބެއެވެ. މާޔާ އެތާއިން ތަބަކަށް ލެގިލައިފައި ލޯމަރާލިއެެވެ. “ހާދަ ވަރުބަލިހެން ހީވެއޭ..” ކުއްލިއަކަށް ނާއިލްގެ އަޑު އިވުމުން މާޔާ ދިޔައީ ސިއްސައިގެންނެވެ. ބަލައިލީރު ރީތި ހިނިތުންވުމަކާއި އެކު އޭނާ އިނީ ތަބައްލެގިލައިގެންނެވެ. އެރީތި ކަޅުދެލޯ ފޮރުވާލުމުގެ ގޮތުން އަވިއައިނެއް އަޅާފައި ވިއެވެ. މާޔާ ނާއިލް އައް ނުބަލަން ވެގެން އަނެއްދިމާއައް މޫނު އަބުރާލިއެވެ. ނާއިލް ހައިރާން ވިއެވެ. މާޔާ އަނެއްކާ އޭނާދެކެ ރުޅިއައީ ހެއްޔެވެ. މާޔާ އޭނާދެކެ ރުޅިއައިސްގެން ވާހަކަނުދައްކާ ހުރެއްޖިއްޔާ ނާއިލްއަކައް ކެތެއް ނުކުރެވޭނެއެވެ. އެހެންކަމުން އަވަހައް މަޢާފައް އެދުނެވެ.
“ކޮންކަމަކާތަ ސޮރީ..؟” މާޔާ ބަލާލިއެވެ. “ރުޅިއައިސްތަ..؟” ނާއިލްވެސްް ކޮއްލީ ސުވާލެކެވެ. “އާން، ވަރަށް ބޮޑަށް އުދަގޫވެފަ..” މާޔާ މޭމަތީއަތް ހުރަސް ކޮށްލިއެވެ. “އެއީ..؟” ނާއިލް އެހިއެވެ. “ކޮބާ ސައިކަލު..؟” މާޔާ ވެސް އަހާލިއެވެ. “ދޮންތި ގޮއްސި ސައޮކަލުގަ..” ނާއިލް އިސްތަށިގަޑުގަ އަތްހިންގާލަމުން ބުންޔެވެ. “ނާލްގެ ދޮންތި އެބައުޅޭތަ..؟ ސަލާމް ބުނައްޗޭ..” މާޔާގެ މޫނުމައްޗައް ހިނިތުންވުމެއް ވެރިވިއެވެ. “އާން ދެން ކޮންކަމަކާ އޯ މާބޮލައް އުދަގޫވީ..؟” ނާއިލް އަނެއްކާވެސް އެހިއެވެ. “އެ ޖިޔާންގަޑު.. އަނގަހުއްޓާނުލަ.. ކެފެޓީރިއާ އައްގޮސްވެސް ހަމަ އަގަތަޅަނީ ހަމަ އަގަ ތަޅަނީ.. ހީވަނީ ބޮލިރަވައެއްހެން..” މާޔާ ތުންކޮޅު ހަދާލިއެވެ. ނާއިލް އިނީ މާޔާ އުޅޭ ގޮތުން ހިނިއައިސް އެވެ.
“ބަލާ އަންނައްޗޭ..” ގެޔާއަރާ ހަމަވެފައި މާޔާ ބުންޔެވެ. “އުހުން..” ނާއިލް އިންކާރު ކުރިއެވެ. “އެއީ..” މާޔާ ހައިރާންވިއެވެ. އަމިއްލަ އަށް މާޔާ ގެނެސް ލައިދޭން ބުނެފައި މިހާރު މަނާވެގަތީމަ އެވެ. އަޖައިބެކެވެ. “މިރޭ ބިޒީ..” ހަމައެހެން ބުނުމާއިއެކު ނާއިލްގެ ފޯނު ރިންގުވާން ފެށިއެވެ. އޭނާ ފޯނު ނަގައިގެން ހިގައިގަތެވެ. މާޔާ ހުރިފިޔަވަޅުމަތީ ނާއިލް ލޮލުކޮޅަށް ގެއްލެންދެން ބަލަން އިނެވެ. ހަވީރު އިނާސާ އާއި މަޔާން ވެސް ގެޔަކު ނޫޅެއެވެ. މާާޔާ އޮށޯވެލީ މިރޭ ދިއުމުގެ ކުރިޔަށް އަރާމު ކޮށްލެވޭތޯ އެވެ.
“ހަމަ މިރޭ ބިޒީ ވާން ޖެހޭތަ.. މިއޮށްފަދަ ރޭގަޑުވީ ދެންހިގާފަދާން.. ރީހަމްވެސް ރަށުގަ އުޅެނީކީ ނޫން.. ބައްޕަވެސް ފާޑެއްގެ މީޓިން އެއް އެބޯތޯ..” މާޔާ ބޮލުފުނާއަޅަން ލޯގަނޑު ކުރިމަތީ ހުރެ ކިޔަމުން ދިޔައެވެ. މާޔާ އަވަހަށް ގެއިންނިކުތީ ހިގައިފައިދާން ވަގުތުނަގާނެތީ އެވެ. ނިކުމެ ދޮރާށި ލައްޕާލިތަނާހެން ސިހުނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Masha Allah mi part vx vrh reethi
When’s next part
Curiously waiting for the next part
Thank you!
inshaallah maadhan!
Mi part vx vrh reethi Masha Allah 💗
maaya nd naail gulhuvahcheyy
they are meant to be together
when next? when next?
only 4 days left for me to hand out my phone 😭
hate the fact that I have o’level next month 😡
Thank you, baby girl! maadhan next part nikunnaane! Good luck with your exams!
heyy devil!
man mi part vx hama vrh habeys ingey
kobaa next part ulhenee kihaa hisaabehgga?
Thank you, dhaantte!
Maadhan next part up kohdhevey tho dhw!