ލިބިދޭތޯ އިންނާނަން ލޯބިން-4
މިއަދަކީ މާޔާގެ ވަޒީފާގެ ފުރަތަމަ ދުވަހެވެ. މާޔާ ލޯގަޑު ކުރިމަތީ ހުރެ ތައްޔާރުވަމުން ދިޔައެވެ. ގަދަ މުށިކުލައިގެ ކަކުލާ ހަމައަށް އަންނަވަރުގެ ހެދުމަކާއި ކަޅު ށޯލްއެއްގައި އޭނާ ފެންނަން ހުރީރު ރީއްޗެވެ. ގަޔަށް ސެންޓްކޮޅެއް ޖަހާލުމަށްފަހު މާޔާ ކޮޓަރިން ނިކުތެވެ.
“ދަރިފުޅާ، ކާކާ އެކީ ދަނީ..؟” އިނާސާ ގޯތިތެރޭ ހުރެ އަހާލިއެވެ. “މިގުޅަނީ ރީހަމް އައް، ހިޔެއްނުވޭ އޭނަ ފޯނު ނަގާނެ ހެންނެއް..” މާޔާ ދޮރާށިން ބޭރަށް ނިކުންނަމުން ބުނެލިއެވެ.
މާޔާ ހިގަމުން ދިޔައީ އޭނާ އަށް އިނގޭ މަގަކުންނެވެ. ހޮސްޕިޓަލަށް ދާމަގު އޭނާ އަށް ކުޑަކޮށް އޮޅެއެވެ. ހިސާބަކަށް ދެވުނު ތަނާހެން މާޔާ އަށް ހަމަރަގަނޅަށް ވެސް އޮޅިއްޖެވެ. އަނެއްކާ މިދެވެނީ ރަގަނޅު މަގަކުނޭވެސް ހިތަށްއެރިއެވެ. މާޔާ ބިރުގަންނަން ފެށިއެވެ. އޭނާގެ ފުރަތަމަ ދުވަހު ގަޑިޖެހިގެން ދާކަށް ބޭނުމެއްނޫނެވެ. ބާކީއިނީ ދިހަވަރަކަށް މިނެޓެވެ. ނާއިލް އާއި ގުޅާލަންވީއޭ ވެސް ހިތައްއެރިއެވެ.
“ހެލޯ..” ނާއިލް ނިދިއަޑަކުން ގޮވާލިއެވެ. “ނާލް، އަހަރެންނަށް ކަމެއްކޮށްދެވިދާނެތަ..؟” މާޔާގެ އަޑުގައި ހާސްކަންވިއެވެ. “ކޮންކަމެއް..؟” “މީ ޔާމްގެ ފަސްޓް ދޭ އޮފް ޖޮބް.. ދެން، އައިމް ލޮސްޓް، ބާކީ އިނީ ވަރަށް މަދު މިނެޓް ކޮޅެއް.. ސޯ.. ކޭން ޔޫ ކަމް ޕިކްމީއަޕް..” މާޔާ ލަދުން ހުރެ އަހާލިއެވެ. “ކޮންތާކު ތީނީ..؟” ކިތަށްމެ ނިދިއައިސް ހުއްޓަސް ނާއިލް ތެދުވިއެވެ. “ހީވާގޮތުންނަމަ، ސަންރައިސް ކެފޭ ކައިރީގަ..” މާޔާ ބުނެލިއެވެ. ނާއިލް ވަގުތުން ރީތި ވެލައިގެން ސައިކަލުގައި ނައްޓާލިއެވެ.
މާޔާ އަށް އިރުއިރު ކޮޅާ ގަޑިޔަށް ބަލާލެވެއެވެ. މަގައްވެސް ބެލެއެވެ. އިރުކޮޅަކުން ނާއިލް އަންނަތަން ފެނުނެވެ. ބޭއިހްތިޔާރުގައި މާޔާ އައް ހިނިތުންވެވުނެވެ. “އަށްގަޑި ބަޔަށް ދޯ ދާން ޖެހެނީ..؟” ނާއިލް ދުއްވާލަމުން އެހިއެވެ. “އާން..” މާޔާ އިނީ ލަދުންނެވެ. ފުރަތަމަ ފަހަރަށް ނާއިލް އާއި އެކު ސައިކަލަށް އެރުމުން އޭނާގެ ވިންދު ވަނީ އެތަށް ގުނަ އެއް އިތުރުވެފަ އެވެ. “ނެއިމްގެނިސް އެކަނި ދާން އުޅެންޔާ ވާނީ ތިހެން..” ނާއިލް މަލާ މާތުގެ ރާގަކަށް ބުނެލިއެވެ. “އަހަރެން ރީހަމް އަށް ގުޅީމަ އޭނަ ފޯނެއް ނުނެގި އެހެންވެގެން އެކަނި އައީ..” މާޔާ ތުންދަމާލިއެވެ. ސައިކަލުގެ ލޯގަޑުން މާޔާގެ މޫނު ފެނުމުން ނާއިލް އަށް ހެވުނެވެ. “ބައިދި ވޭ، ތި ރީހަމް އަކީ ކާކުތަ..؟” ނާއިލް ވަރަށް ނޫންކަމަށް ހެދިފައި އަހާލިއެެވެ. “ކަޒިން އެއް..” މާޔާގެ ޖަވާބު އަހައިފައި ނާއިލް ފުންނޭވާ އެއް ބޭރު ކޮށްލިއެވެ.
ގަޑި ނުޖެހި އާދެވުމުން މާޔާ ނާއިލް އަށް ޝުކުރު އަދާކުރިއެވެ. މާޔާ ހިގައިގަތުމުން ނާއިލް ގޮވައިިލިއެވެ. މާޔާ ބަލައިލިއިރު ނާއިލް ލޯބި ގޮތަކަށް ބަލަން ހުއްޓެވެ. “ކަމެއް ނުވޭ..” ނާއިލް ހިނިތުން ވެލިއެވެ. ނާއިލް ދިޔަތަން ބަލަން އިދެފައި މާޔާ ހޮސްޕިޓަލް އަށް ވަނެވެ. މާޔާ ފެނުމަ އެކު އޭނާގެ އިންތިޒާރުގައިން ކުއްޖާ އަވަހައް އައުމަށް އެދުނެވެ.
މާޔާ ގޮސް ވަނީ އޭނާ އަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށެވެ. ފުދޭވަރަކަށް ބޮޑު ކޮޓަރިއެކެެވެ. މޭޒުކައިރީގައި ފުރޮޅުލީ ގޮޑިޔެއް އިނީރު ބައިވަރެއް ފައިލް ތަކެއްގެ އިތުރަށް ކޮންޕިއުޓަރެއް ހުއްޓެވެ. އޭސީ ޖައްސައިފައި ހުރުމުން ފުދޭވަރަކަށް ފިނިވެއެވެ. “މީ މާޔާގެ ރޫމް.. އަދި މާޔާގެ އެސިސްޓެންޓް ވެސް އަންނާނެ އިނގޭ.. މިއަދުވެސް ޕެއިޝެންޓްސްއާ ހަވާލު ވާން ޖެހޭނެ..” އެކުއްޖާ އޮޅުންފިލުވައިދިނެވެ. މާޔާ ބޯޖަހާލައިފައި ގޮސް ގޮޑީގައި އިޝީނެވެ. ހޭންޑް ބޭގް ކައިރީގައި ބައިންދައިފައި އޭނާ ނޯޓްފޮތް ނެގިއެވެ. “މާޔާ ދިސް އިޒް ޔޯރ ޕާރޓްނާ، ޖިޔާން..” އެކުއްޖާ އާއި އެއްކޮށް ވަދެގެން އައީ އިސްކޮޅުން ދިގު ފިރިހެނެކެވެ. އޭނާގެ އިސްތަށިގަޑު އޮތީ ތުނިކޮށް ކޮށާލެވިފައެވެ. ދޮން މޫނެކެވެ. ރީތި ދެލޮލެކެވެ. އޭނާ މާޔާ އަށް ބަލާލައިފައި ހިނިތުން ވެލިއެވެ.
އެކުއްޖާ ދިއުމުން ޖިޔާން އައިސް ގޮޑީގައި އިށީނެވެ. މާޔާ އިނީ މަޑުންނެވެ. “ނިއު ހިއަރް..؟” ޖިޔާން އަހާލިއެވެ. “ލައްބަ..” މާޔާ ކުރުޖަވާމެއް ދިނެވެ. “ވަރަށް ގިނަދުވަސް ވެއްޖެ އެތެރެ ހަށީ ޑަކްޓަރެއް ނުލިބިގެން އުޅޭތާ.. އެންމެފަހުން މިއޮށްތީ އަތު ޖެހިފަ..” ޖިޔާން ގޮޑީގައި ލެގިލައިގެން އިދެ ވާހަކަ ދެއްކިއެވެ. މާޔާ ޖިޔާން ކިޔާ ކޮންމެ އެއްޗަކަށް ބޯޖަހާލައެވެ. މީނާ އަނގަ ހުއްޓާލާނީ ކޮންއިރަކުންތޯ މާޔާ ހިތަތް އެރިއެވެ.
ޑިއުޓީ ނިމުނީރު ތިނެއް ޖަހާފިއެވެ. މާޔާ ގެޔައްގޮސް ތާޒާވެ ހަދައިގެން ބޭރަށް ނިކުތެވެ. “ކިހިނެއް މިއަދު..؟” ރޭޑިއޯ އިން އަންނަވާހަކަ އަޑުއަހަން އޮވެފައި އިނާސާ އެހިއެވެ. “ރަގަނޅު.. ފުދޭވަރަކަށް ފުލްކޮށް ދިޔައީ.. އިގޭތަ އަޅުގަނޑުގެ ޕާރޓްނާ އެއް ގޮތުގަ މަސައްކަށް ކުރާމީހާ ހާދަ އަގަ ގަދަޔޭ..” މާޔާ ވެސް ޖޯލީގައި އޮށޯތެވެ. “ހެހެ.. އެދެން ބައެއްމީހުންގެ ގޮތްދޯ..” އިނާސާ ބުންޔެވެ.
ކައިހަދައިގެން އައިސް މާޔާ އެދުގައި ޖައްސާލި ތަނާހެން ނާއިލް ގުޅިއެވެ. “ހެލޯ..” މާޔާގެ އަޑުގައި ނިދީގެ އަސަރު ހުއްޓެވެ. “ކޮބާ ކިހިނެއް..؟” ނާއިލް އެހިއެވެ. “ލޮޑު ކޮއްލާފި.. އަދި އިގޭތަ އަހަރެންގެ ޕާރޓްނާ އެއްގޮތުގަ އިން ސޮރު، ޖިޔާން ކިޔަނީ، އަނގަ ހުއްޓާނުލަ..” މާޔާ އޭނާގެ ދުވަސް ދިޔަގޮތް ކިޔައިދިނެވެ. “މަށަށް އިގޭ ތިޖިޔާން އެއް.. ފްރެންޑް ގޮލައެއް..” “އަސްލުތަ؟ އޭނަ ހަމަ އެހާ އަގަ ގަދަތަ..؟” މާޔާ އަހާލިއެވެ. “އުހުން އެހާ އެއްނޫން..” ނާއިލް ހީލިއެވެ. އޭނާ އިނީ ގޯތިތެރޭ އިން ޖޯއްޔެއްގައެވެ. “ނާލް ވަރަށް ނިދި އާދޭ އެބަ..” މާޔާ އޮތީ ތާއްޔާޖެހޭ ހާލުއެވެ. “ދެން އެހެން ވީރު ރެސްޓް ކޮށްލާ އެނގޭ.. ބާޔް..” ނާއިލް ފޯނު ކަޑާލިއެެވެ.
ނާއިލް އެހެން އޮވެ ލޯމަރާލިއެވެ. ލޯމަރާލުމާ އެކު ސިފަވީ މާޔާ އެވެ. އެ ރީތި ހިނިތުންވުން ތަކާއި ބަލައިލާ ގޮތެވެ. ލޮލުގައިވީ ތޫނުކަމެވެ. ނާއިލް އަށް ހެވުނެވެ. “ދަރިފުޅާ އެކަނިއޮވެ ތިހެނީ ކީއްވެތަ..؟” ރަފަޝާ އަށް ނުހުރެވިގެން އަހާލިއެވެ. “ކަމެއްނުވޭ.. އެދެން މަޖާ ކަމެއް ހަދާންވެގެން..” ނާއިލް އޮޅުވައިލިއެވެ.
ރަފްޝާ ދިޔަފަހުން އެގެއަށް އައީ ޖިޔާން އެވެ. އޭނާގެ މޫނުމަތި އެހެން ދުވަސް ދުވަހާ ހިލާފަށް އައްޔެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Masha Allah mi part vx vrh reethi
When’s next part??
Curiously waiting for the next part
Thank you!
devil mi part vx vrh reethi Masha Allah 💗
when next part??
avahah up kohdheeba 😭
Thank you baby girl!
ok dhen anna part avas kohladheynan!
broski mi part vx vrh reethi ingey
hama habbu
bro ge haalu rangalhu tha?
dhn oii bayah inthizaaruga mi othee 🙌
Thank you dhaantte!
Hama gadha fadha!
vrh furihama vhk eh Masha Allah 💗
dhonthi vrh loabi vaa kuhjjeh theee
Aww thank you!