Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 26

Annora Level 610 Stories100 Login100 Comments100 Stories
March 27, 2025 13 Mins Read
20 Comments

“ޑޮކިއުމަންޓްގަ ކުންފުނީގެ ވެރިޔާގެ ނަމަކަށް މި އިނީ އެފް އެސް..އެހެންވީމަ އޭގެ މާނަ އަކީ އެފް އެސް އަކީ ފާތިމަތި ސާރާ އޭ.. އޯހް ޔެސް ..ޔެސް..ބަޓް ހޫ އިޒް ދިސް” ފޯނަށް ބަލަން ހުރި އިރު ޒެވިއަލްގެ މޫނުމައްޗަށް އަރާފައިބަމުން ދިޔައީ ހައިރާންކަމުގެ ކުލަތަކެވެ.
***
ގެއަށް ދާން އުޅެފައިވެސް އެވަގުތު އޭނާ ނިންމީ ކަޔާންއާއި ބައްދަލް ކުރާށެވެ. އަރްކާންވީ އޮފީހުގައިކަން އެނގޭތީ އެހަބަރު ދޭކަށް ޒެވިއަލް ބޭނުމެއް ނުވިއެވެ. ބާރު ދެވެލީގައި ކާރު ދުއްވާލާފައި ޒެވިއަލް މަޑުކޮށްލީ “ރެޑްބީން” ރެސްޓޯރެންޓްގެ ކުރިމައްޗަށެވެ. ޓެރެހުގައި ވާރޭގެ އަސަރު ނުކުރާނެ ފަދަގޮތަކަށް ހަދާފައިވާ ހަޓްތަކުން ހަޓެއްގައި އޭނާ ޖައްސާލީ ކަޔާން އަންނަން ދެނެވެ. އެހެން އިންދާ މާގިނައިރެއް ނުވަނީސް ކަޔާން އައިސްފިއެވެ.
“ބްރޯ މޮޔަވީ ތަ.. މި އޮތް ވިއްސާރާގަ އަންނަ ބުނި ގޮތުން މަ ހީކުރީ ތާކު ރޯވީ ކަމަށް” ލައިގެން ހުރި ޕްރިޒަން ޔުނީފޯމުގައި ކަޔާން ފެންނަލެއް ނުހަނު ރީއްޗެވެ. އަޅާފައިވާ ތޮފި މޭޒުގެ މަތީގައި ބާއްވާފައި އޭނާ އިށީނެވެ.
“ކަމަކާއޭ މިގެނައީ.. ކުޑަކޮން ބޮލުގަ ރިއްސާ ގަނެގެން.. އައިޑިއާ އެއް ބޭނުން ވެގެންނާއި އެއްކޮން” ޒެވިއަލްގެ އަޑުގައި އެކުލެވޭ ސީރިއަސްކަން އޭނާގެ މޫނުމަތީގައިވެސް ވިއެވެ.
“ކިހިނެތް ވީ.. ވެގެން އުޅޭ ގޮތެއް ނިކަން ކިއައިދީ ބަލަ” ކަޔާން ނިތް އަރުވާލިއެވެ.
ޒެވިއަލް ކިއައިދޭން ފެށީ އޭނާގެ މައިންބަފައިންގެ މަރުގެ ވާހަކައެވެ. އެ ވާހަކަ ކުރުގޮތަކަށް ކަޔާންއަށް އެނގޭ ނަމަވެސް އެ ވާހަކަ އަލުން ޒެވިއަލް ކިއަދިނެވެ. ކުށްވެރިން މުޅި އުމުރަށް ހައްޔަރުކުރެވިފައި ތިއްބާ ހަތް އަހަރުވާން ކައިރިވެފައި ވަނިކޮން އެމީހުން މިނިވަންވި ވާހަކަ އާއި މަގުމަތިން އެމީހުން ފެނުނު ގޮތް ބުނެދިނެވެ. ދެން އޭގެ ފަހުން ކަންތައް ވި ގޮތާއި “ސެން އެން ވީ” ފައިލްގައި ވާ އެޑްރެސް އަށް ދިޔުމުން ކަންތައް ވީ ގޮތް ކިއައިދިނެވެ. ޒެވިއަލް ވާހަކަ ނިމުނު އިރު ކަޔާން އިނީ ފާޑަކަށް އަނގަ ހުޅުވައިގެންނެވެ.
“ބްރޯ އަރްކާން އާއި ވާހަކަ ދެއްކީ އޭތަ ތިބުނީ” ހައިރާން ކަންމަތީގައި ހުރެފައި ކަޔާން އަހައިލިއެވެ. ކަޔާން އިނީ ގަބޫލް ކުރަން ދަތިވެފައެވެ. އެމިހަކާއި ހެދި ގިނަ އަހަރު ތަކެއް ވަންދެން ކުށެއް ނެތި ޒެވިއަލްއަށް ޖަލުގައި ހޭދަ ކުރަން ޖެހުނު މީހާއާއި ވާހަކަ ދެއްކުމުން ކަޔާން އިނީ ކޮސްވެފައެވެ.
“މަ މިއޮތް ހުރިހާ ވާހަކަ ދެއްކީމަ ވެސް މި ސޮރަށް ފާހަގަ ވީ އެ ޖުމްލަތަ..ސީރިއަސްލީ” ވެއިޓަރު ގެނެސްދިން ކޮފީ ތަށީގައި ހިފަމުން ޒެވިއަލް ބުނެލިއެވެ.
“ހައިރާން ވާނެތާ.. ތިހިރީ ވިއްޔަ ދިން ހަބަރު.. މަ ނަމަ އަނގައިން ބުނުން އެއީ ނުވާނެ ކަމެއް.. ހަހް…. މްމްމް އެހެން ވީމަ ތި ބަޔަކު ޖަލުން މިނިވަން ކުރި ބަޔަކެއްނު ހޯދަންވީ.. އެއަށްފަހު ކަންނޭގެ ތިޔަ ސާރާ އެއް ވެސް ހޯދަންވީ” ކަޔާން މޭޒުމަތީގައި އަތުގެ އިނގިލިތަކުން ތަޅައިލީ ވިސްނާލާ ފަދަ ގޮތަކަށެވެ.
“އެހެންވެ ތި އިނީ ގެނެސްފަ” ޒެވިއަލް ރައްދުދިނެވެ.
“އެދުމެއް ނެތި ވެދުމެއް ނުވާނެ..ހަހައްހަހް” ކަޔާން ފެށީ ހޭށެވެ.
“ދެރަ ކަމެއް ނު.. މަށައް އެނގޭ.. ރައީގެ އިންފޯމޭޝަން ކޮޅެއް އަނެއްކާ ވެސް ބޭނުންވީ ކަން… އާން މަ ހަވާލް.. މިކަމާ އުޅޭ ދެން” ޒެވިއަލްގެ ޖަވާބު އަހާފައި ކަޔާން އަނެއްކާ ވެސް ހޭންފެށިއެވެ. މޭޒުމަތީގައި ޓިޝޫފޮށިން ނެގި ޓީޝޫ އެއް ބޮނޑިކޮށްލާފައި ކަޔާންއާއި ދިމާލަށް ޒެވިއަލް އެއްލިއެވެ.
” ތިހާ ވަރެއް އަރަންޏާ ވަލީ ލިބޭތޯ ޝާފިއުބެ ކައިރިއަށް ދާން މަށައް ފެންނަނީ”
“މަ ވެސް ބޭނުމޭ.. މަ އެގެއަށް ދާތަނުން އެގޭ އެންމެނަށް ހާޓްއެޓޭކެއް ޖެހިދާނެތީ ބިރުން މިހުންނަނީ.. ކީއްކުރާނީ ނިކަމެތި މިއަޅާ މިޖެހެނީ ހިތްކުދިކުދި ވެގެން ދުރުގައި ހުރެ މަންޒަރު ބަލަން ވިއްޔަ” މޭގައި އަތް އަޅާލައިގެން ހުރެ ވައްތަރެއް ޖައްސާލާފައި ކަޔާން ބުނެލިއެވެ. ޒެވިއަލް ފެށީ ހޭށެވެ.
“މަ ބްރޭކް ނިމިގެން ގޮސްފަ އެންމެ ފުރަތަމަ ވެސް އުޅޭނީ ތިކަމާ އެނގޭ.. ޓައިމް ބޭނުން ވާނެ މިކަހަލަ ކަންކަމުގަ” ކޮފީ ޖޯޑުން އެތިފޮދެއް ބޯލަމުން ކަޔާން ބުނެލިއެވެ. ޒެވިއަލް ބަލައިލީ ޝުކުރުވެރިކަމާއި އެކުއެވެ.

“އަދި އެބައޮތް ވާހަކަ އެއް..”
“ކޮން ވާހަކަ އެއް މިފަހަރު” ކަޔާންގެ މޫނުން ސީރިއަސްކަން ފެނިގެން ޒެވިއަލް އަހައިލިއެވެ.
“ކުރީ ދުވަހު މިކަމާ އޭ މަ ދިޔައީ..ލިއާ އާ ބައްދަލްވެގެން މާ ސަޅިކޮންނެއް ނޫން ދިޔައީ އެއް.. ދެން މި ވާހަކަ ދެއްކޭގޮތް ނުވެގެން ގެއަށް އައީ..އަހަންނަކަށް ހިއެއް ނުވޭ މާ ބައިވަރު ވާހަކަ މިކަމާއި ގުޅޭގޮތުން ދައްކަން އޮންނާނެ ހެންނެއް..” ކަޔާން ބުންޏެވެ.
“މާ ބޭކާރު ވާހަކަ ގިނަ ނުކޮށް ތިބުނަށް އުޅޭ އެއްޗެއް ބުނެބަލާ” ކަޔާން މާ ގިނަ ވާހަކަ ދައްކާތި ޒެވިއަލްއަކަށް މަޑަކުންނެއް ނީނދެވުނެވެ. ކަޔާންގެ މޫނުމަތި ހުރިގޮތުން ބުނަން އުޅެނީ އާދައިގެ ވާހަކަ އެއް ނޫންކަން އެނގި ޒެވިއަލް އިނީ އަޑުއަހާ ހިތްވެފައެވެ.
“ޒެވް..ޝަވަން އިޒް ޗީޓިންގ އޮން އަލާ..” ކަޔާންގެ ޖުމްލައިން ޒެވިއަލްގެ ދެލޯ ހަނިވެގެން ދިޔައެވެ. ކަޔާން ކިއައިދިނީ ސޯފިއާ އެގެއަށް އައި ވާހަކަ އެވެ. އޭނާ ފޮނުވި ފޮޓޯތައް ވެސް ދެއްކިއެވެ. ޒެވިއަލްގެ މޫނުމައްޗަކުން ހައިރާން ކަމެއް ނުފެނެއެވެ. ކުރިން ވެސް އޭނާއަށް އޮތީ ޝައްކުވެފައިއެވެ. އިތުރަށް ޔަގީން މިވީ އެ ފޮޓޯތައް ފެނިފައެވެ. އަލާރާއާއި މެދު ވިސްނާލެވުނު ހިނދު އޭނާގެ މެޔަށް ވެސް އުނދަގުވެލިއެވެ.
ޒެވިއަލްގެ ހިތައް ހައިރާންކަން ވެރިވެގެން ދިޔައީ ސޯފިއާ އެ ފޮޓޯތައް ދެއްކި ވާހަކަ ކަޔާން ބުނުމުންނެވެ. އޭނާ ހީކޮށްގެން ހުރީ ސިއްރު ގުޅުމެއް ޝަވަން ބާއްވަމުންދަނީ ސޯފިއާ އާއި އެކު ކަމަށެވެ. ނަމަވެސް ނިމިގެން ދިޔައީ ހީކުރި ގޮތަކަށް ނޫނެވެ. އެކަންތައް ވެސް ވީ ޝަވަންއާއި މެދު އިތުރު ޝައްކުތަކެއް ޒެވިއަލްގެ ހިތުގައި ހިލިގެން ދިޔަ ކަމަކަށެވެ. އެ ފޮޓޯތަކުގައި ވާ އަންހެންކުއްޖާގެ މޫނު ފެންނަން ނެތް ނަމަވެސް އެ ފޮޓޯ ތަކާއި ކޮންމެވެސް ގޮތަކުން ސޯފިއާއާއި ވެސް ގުޅުމެއް ހުރި ކަމަށް އޭނާގެ ހިތް ބުނަމުންދިޔައެވެ.
****
އޮފީހުން އައި ގޮތައް ނިދާފައި ލިއާނާއަށް ހޭލެވުނީ ހަތަރެއް ޖެހިފަހުންނެވެ. ކޮޓަރިން ނުކުމަތް އިރު ޒެވިއަލް ފެންނަން ނެތުމުން އޭނާ ވާނީ އަލާރާގެ ކައިރީގައި ކަން ލިއާނާއަށް އެނގުނެވެ. އަދިވެސް ޒެވިއަލްދެކެ އައިސްހުރި ރުޅި ފިނިނުވާތީ އަލާރާ ކައިރިއަށް ދާން ހިތުލާފައިވެސް އެ ހިޔާލް ދޫކޮށްލިއެވެ. ވިއްސާރަ ދުވަސް ކޮޅެއްކަމުން ގެއިން ބޭރަށް ވެސް ދާހިތެއް އޭނާ ނުވެއެވެ. ރައިހާ ވެސް މިހާރު ޑިއުޓީ ނިމިގެން ގެއަށްދާނެއޭ ހިތާ ދުންދަމައިލެވުނެވެ. ފޫހިވެގެން ގޮސް ޓީވީ ހުޅުވާލައިގެން ޖައްސާލީ ސޯފާގައިއެވެ. ކުޑަ ދޮރުގެ ކާޓެއިންތައް ކަހާލާފައި ހުރުމުން ބޭރަށް ވާރޭ ވެހެމުންދިޔަ މަންޒަރު ރީތިކޮން ފެނެއެވެ. މާހައުލުގައިވެސް ވަނީ ފިނިކަން ހިފާލާފައެވެ.
” މިއޮތް ފިނީގަ ވެސް ދޮންބެ އެދިޔައީ އޭސީ ޖައްސާލާފަ ރިމޯޓް ވެސް ތާކަށް ލާފަ.. އަދި ރުޅި އައިސް ހުރިކަން އެނގިއްޔާ އިތުރަށް ރުޅި އަރުވާލާނެ ގޮތެއް ހޯދާނެ..ސަހާދަތް” ފިނިގަދަ ވެގެން ރޫރޫ އަޅަމުން ދާންފެށުމުން އޭސީ ނިއްވާލަން ބަލާލި އިރު ފެންނަން ނެތުމުން ލިއާނާއަށް ކުދި ކިއައިގަނެވުނެވެ. އެ ވާނީ ޒެވިއަލްގެ ކޮޓަރީގައި ކަން އެނގުމުން ބަލާދާން މަސައްކަތައް ސޯފާގައި އޮތްގޮތައް އޮތެވެ. އެހެން އޮވެފައި ބަނޑުހައި ވާންފެށުމުން އޭނާ ބަދިގެއަށް ވަދެ ކޮންމެވެސް އެއްޗެއް ކެއްކޭތޯ އުޅެންފެށިއެވެ.
” ޗިކަން ބިރިޔާނީ ކާ ހިތް ވަނީ….ޔެސް ޗިކެން އެބަހުރި..އެންޑް ކުރީ ދުވަހު ރައި އާއި އެއްކޮން ކައްކަން ގެނަ އިންގްރިޑިއެންޓްސްގެ ބާކީ ބައި ވެސް މިހުރީ ދޯ.. އެކަމަކު ގޭގަ ކެއްކި ކަން އެނގިއްޖެޔާ ދިނާ ދައްތަ އަހަރެން މަރާނެ.. ވަގަށް މި ކައްކަން ޖެހޭނީ..” އަނގަޔަށް އިނގިލި ހަރައިގެން ހުރެ ލިއާނާ ވާހަކަ ދައްކަމުން ދިޔައެވެ.
“އޯކޭ ވާނެ.. އޯކޭ ނުވެއްޖެޔާ ދައްތަ ހައްދާލާފައި އޯކޭ ކޮއްލާނީ” ދެކޮނޑު އަރުވާލަމުން ލިއާނާ ކައްކަން ފެށީ ބަނޑުހައިވެގެން ގޮސް ބަނޑުން އަޑުކިޔަން ފެށުމުންނެވެ. ބިރިއާނީ ކައްކަން ފެށިއިރު އޭނާގެ މޫޑްވެސް ރަނގަޅު ވެއްޖެއެވެ. މުޅި ގޭތެރެ އެއްވަސް ވެފައިވަނީ ކުކުޅު ބިރިޔާނީގެ މީރު ވަހުންނެވެ. ކައްކާ ނިމިގެން މޭޒުމައްޗަށް ކާން ނަގާފައި އެންމެ ފުރަތަމަ ވެސް އޭނާ ޒެވިއަލްއަށް ގުޅިއެވެ. ޒެވިއަލްދެކެ ހިތްހަމަ ނުޖެހިފައި ހުއްޓަސް އޭނާއަށް ނުދީ ކާކަށް ލިއާނާ ބޭނުމެއް ނުވިއެވެ. ޒެވިއަލް ފޯނު ނުނެގުމުން ބިޒީ ކަމަށް ބަލާފައި ކާން އިއްތިތަނާ ކޮންމެ ވެސް މީހަކު ބެލްއަޅަން ފެށިއެވެ. އޭނާ ހީކުރީ ޒެވިއަލް އައީކަމަށެވެ.
“މި ދޮންބެ އަތުގަ ގައިމު ކީ ވެސް އޮންނާނެ” ފާޑަކަށް އަނގަހަދާލައިގެން ހުރެ ލިއާނާ ދޮރުހުޅުވާލިއެވެ. “ދޮންބެ ގުޅީމަ ފޯ.” ލިއާނާ ބުނެ ބުނެ ހުރެ ޖުމްލަ މެދުކަނޑައިލަން ޖެހުނީ ކުރިމަތީގައި ހުރި އަރްކާން ފެނިފައެވެ. ވަގުތުން އަނގަ ސަކަރާތްވިއެވެ.
ކުއްލިއަކަށް ލިއާނާ ފެނުމުން އަރްކާން ވެސް ދިޔައީ ސިއްސައިގެންނެވެ. އޭނާ ހީކުރީ ދޮރުހުޅުވާނީ ޒެވިއަލް ކަމަށެވެ. ޒެވިއަލް އަތައް ދިނުމަށް ގެނައި ފައިލްއެއް ވެސް އޭނާގެ އަތުގައި އޮތެވެ.
“ކޮބާ ޒެވިއަލް” އަރްކާން ލިއާނާގެ މޫނައް ބަލައިލިއެވެ. އެހެންޏާ އޭނާ ފެނުމުން އަބަދުހެން ހަނގުރާމަ އިއުލާނުކޮށްގެން ހުންނަ ކުއްޖާގެ މޫނުމަތިން ޒާތެއްގެ ލަދުރަކި ކަމެއް ފެންނަން ހުއްޓެވެ. އަރްކާންގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ. ލިއާނާގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގާލިއެވެ. ބާރުކޮން ހުރި ކަޅުކުލައިގެ ޓައިޓްއަކާއި ކަކުލާއި ހަމައަށް ދޫކޮށް ހުރި ސްވެޓްޝާޓްގައި ލިއާނާ ފެންނަލެއް ތަފާތު ނަމަވެސް ނުހަނު ލޯތްބެވެ. އަރްކާންގެ ހިތައް އެ ރީތިކަން އެނގުންވެލިއެވެ.
“މި..މި ދޮންބެ..ވީ ތިބަޔަކު ނޫންތަ” އަރްކާން އޭނާގެ މޫނަށް ބަލަހައްޓާއިގެން ހުރުމުން ވާހަކަ ދައްކަން ވެސް ލިއާނާއަށް ވީ ބޮޑު ވޭނަކަށެވެ. އަދި ހީވަނީ އޭނާގެ މުޅި ހަށިގަނޑު އެކްސްރޭ ކޮށްލިހެންނެވެ. އިއްޔެ ކާރު ތެރޭގައި ހިނގި ހާދިސާއަށް ފަހު އަރްކާން އެފެނުނީ އެވެ. މިއަދު އަރްކާން އޮފީހަށް ނުދާތީ އެކަމާއި އުފާވެފަ ހުއްޓާ އެންމެ ފަހުން އޭނާ މިއައީ ގެޔަށެވެ. ލިއާނާގެ މޫނު ރަތްވަމުން ދިޔަކަން އަމިއްލަ އަށް ވެސް އިޙްސާސްވިއެވެ.
“މްމްމް.. އެހެންތަ.. ހާދަ ވަސް ރަނގަޅޭ.. އިންވައިޓް އެއް ވެސް ނުކުރާނަން ތަ” އަރްކާން ބުނެލި ޖުމްލައިން ލިއާނާގެ ދެލޯ ހަނިވިއެވެ. އޭނާ އަރްކާންއަށް ދައުވަތު ދޭންވީ ކޮން ހައިސިއްޔަތުން ބާއޭ ހިތައް އެރިއެވެ. ގައިމު ރައްޓެހިންނަކަށް ނުވެއެވެ. ކުރިން ނުވާ ތަފާތު ގޮތެއް އަރްކާން ފެނުމުން ވީ ނަމަވެސް އަދިވެސް އެއީ އޭނާގެ އެންމެ ބޮޑު ދުޝްމަނެވެ. އޭނައާއި އަރްކާންއާއި ދެމެދު އޮތީ އާދަޔާއި ހިލާފް ގުޅުމެކެވެ.
އިރުކޮޅަކު ވިސްނަން ހުރެފައި ލިއާނާ އެންމެފަހުން އަރްކާން ވަންނަން ތަން ދެއްކިއެވެ. ދުޝްމަނަކަށް ވިއަސް އަމިއްލައަށް އެދިގެން ބުނުމުން އެކަމާއި ދެކޮޅު ހަދާފައި މޫނުމައްޗަށް ދޮރު ޖަހާކަށް ލިއާނާ ބޭނުމެއް ނުވެއެވެ. އެއީ އޭނާގެ މިޒާޖެއް ނޫނެވެ.
“އިށީންދެ… ޖޫސްތަ ކޯކް ތަ..” އަރްކާން ގޮނޑީގައި އިށީނުމުން ބަތް އެޅުމަށްފަހު އަރްކާން ބުނެދިން ފަދައިން ކޯކު އަޅައިދިނެވެ. އޭރުވެސް ކަޅި ޖަހައި ނުލާ އަރްކާން ބަލަމުން ދިޔަ ގޮތުން ލިއާނާ ގަނެފައި ހުރި ލަދު ހައްތަހާ ވީ އިތުރެވެ.
” މޭކް ޔޯ ސެލްފް އެޓް ހޯމް” ތައްޓަކަށް ބަތް އަޅައިގެން ލިއާނާ އިއްތާލި އިރު އަރްކާން ފޯނު ނަގައިގެން އިނެވެ.
“ޔެސް ވައި ނޮޓް.. މައި ކިއުޓް އެނިމީގެ ފަސްޓް ހަދިޔާ ސޯ މަސްޓް އެންނު އެންޖޯއީ ކުރަން” ފޯނަށް ނަޒަރު ހުއްޓާލައިގެން އިނދެ ދިން ޖަވާބު ލިއާނާއަށް ލޯ ބޮޑުކޮށްލެވުނެވެ. އަނގަޔަށް އެޅި ބަތް ކޮޅާއި އެއްކޮން ކޮށި ނޭރީވެސް ކިރިއާއެވެ.
“ކީއްވެ ކާން ނުފަށާ ތި އިނީ” ލިއާނާގެ ތަށި މެދާއި ހަމައަށް ހުސްވި އިރުވެސް އަރްކާން ނުފަށާއި އިނުމުން އަހައިލިއެވެ. އަރްކާން އެއްޗެއް ނުބުނެ ލިއާނާގެ މޫނަށް ބަލަހައްޓައިގެން އިނދެ ހީލިއެވެ. އެއިން ނަގަންވީ މާނައެއް ނޭގިފައި އިނދެ ލިއާނާ ތަށި ހުސްކޮށްލިއެވެ.
“ބިރު ނުގަނޭ.. އައި ޔޫޝުއަލީ ޑޯންޓް އީޓް ދިސް މަޗް ބަޓް ސިންސް ދިސް އިޒް ބިރިއާނީ.. އައި ހޭވް ނޯ ޗޮއިސް ބަޓް ޓު އީޓް އެންޑް ދެން… މަދީ އެންމެ އެއްޗެއް އެ ލިބެނިކޮން ދެން ހެޔޮ އެހެން ކާ އެއްޗެއް ނުލިބުނަސް”ލިއާނާ އެތަށި ހުސްވެގެން ދެވަނަ ބުރަށް އެޅިއިރު އަރްކާން ބަލަހައްޓާއިގެން އިންގޮތުން ފާޑަކަށް އަނގަ ހަދައިގެން އިނދެ ބުނެލައިފިއެވެ.
އަރްކާން އެއްޗެއް ނުބުނެ އިނެއްކަމަކު ލިއާނާގެ އެ ޖަވާބުން ހިނި އަންނަ ގޮތްވިއެވެ. އިރުކޮޅެއްނުވެ ގޭގެ ބެލް އެޅުމުން އަރްކާން އިންތަނުން ތެދުވެ ދޮރާއި ދިމާލަށް ދިޔައެވެ.
“ކާކު ތަ އެއައީ.. ދޮންބެ ތަ”
“ނޫނޭ.. އިޓްސް އޭން އޯޑާރ” ލިއާނާއަށް ޖަވާބު ދެމުން އަރްކާން އައިސް ހުއްޓުނީ ލިއާނާގެ ފަހަތުގައިއެވެ.
” ކޮން އެއްޗެއް” ފަހަތައް އެނބުރުނު ލިއާނާ ދިޔައީ ސިހިގެންނެވެ. އަރްކާންގެ އަތުގައި ކޮތަޅެއްގެ އިތުރުން ރަތްކުލައިގެ ބޮޑު ފިނިފެންމާ ބުކޭއެއް އޮތެވެ. ލިއާނާ ދެލޯ ބޮޑުވެފައި ހުރި އިރު އަރްކާންގެ މޫނަށް ބަލައިލެވުނެވެ. އެ މޫނުމަތީގައި ވަނީ ބަޔާން ކުރަން ދަތި ކުލައެކެވެ. “މި..މި” ބުނަން އުޅުނު ޖުމްލަ ވެސް ލިއާނާއަށް ބުނެވޭ ވަރުނުވިއެވެ.
“މި ކަނޑާފަ ބަލާބަ” އަރްކާން ކޮތަޅު ދިއްކޮށްލަމުން ލިއާނާ އެ ހުޅުވާފައި ބަލައިލިއެވެ. އޭގައިވާ ސްޓްރޯބެރީ ޗީޒްކޭކް ފެނި އިހުނަށްވުރެން އޭނާގެ ދެލޯ ބޮޑުވިއެވެ. ދެވަނަ ސިކުންތުގައި ލިއާނާގެ ތުންފަތައް ވެރިވީ ހިނިތުންވުމެކެވެ. ކޮތަޅުގެ ބޭރުގައިވާ ލޯގޯ އަށް ބަލައިލި ހިނދު އުފަލުން ފޮޅިއްޖެއެވެ. އެއީ އޭނާއަށް ޗީޒްކޭކް އެންމެ މީރުވި ބޭކާރީގެ ކޭކްއެކެވެ. އަރްކާންއަށް އެނގުނީ ކިހިނެތްބާއޭ ލިއާނާގެ ހިތައް އެރިއެވެ.
“ހައު ޑިޑް ޔޫ ނޯ އެބައުޓް ދިސް.. ޖަސްޓްނައު އައި ޖަސްޓް ސެއިޑް އެކަތި މަދޭ.. އައި ނެވާ މެން މެންޝަންޑް ނޭމް.. ހައު.. އައި މީން…ކިހިނެތް އެނގުނީ.. އެވެސް ސްޓްރޯބެރީ” ކޭކް ލާފަ އިން ކުޑަ ފޮށި މޭގަ ޖައްސާލައިގެން ހުރެ އަހައިލިއެވެ.
“ހަމަ އެނގުނީ.. އެ ވާހަކަ ބާއްވަމާ.. އެންޑް ދިސް.. އިޓްސް އޭން އެޕޮލޮޖީ ގިފްޓް އެންޑް އޯލްސޯ ތޭންކިއު ގިފްޓް ކާން އިންވައިޓް ކުރީމަ.. ލެޓްސް އީޓް..ބުނީމެންނު އަދިވެސް ކާނަމޭ.. ސޯ މަށާއި އެއްކޮން އެއް ރައުންޑް ޖައްސަން ވާނެ” ފިނިފެންމާ ބުކޭ މޭޒުމަތީގައި ބޭއްވުމަށްފަހު ލިއާނާ ގެ އަތުން ކޭކު އަތުލާފައި އެވެސް މޭޒުމަތީގައި އަރްކާން ބޭންދިއެވެ.
“އެޕޮލޮޖީ ގިފްޓް އޭ..އެ ކޮންކަމަކަށް.. އަނެއްކާ އަހަރެން ޖޮބްއިން ވަކިކުރަނީތަ” ލިއާނާ ކޭކް ބޭންދުމަށް އިތުރު ތައްޓެއް ހިފައިގެން އައި ވަގުތު އަރްކާން ފޯނު ދިއްކޮށްގެން ހުރުމުން ނިތް އަރުވާލެވުނެވެ. ދެބުމަ ހިއްލާލުމުން އަރްކާން ހަމަ އެކަނި ހީލުމަކުން ފުއްދާލިއެވެ.
“މި ކޮން އެޕޮލޮޖީ އެއްކަން ކައި ނިމުނީމަ ބުނާނަން.. ޖޮބްއިން ވަކިވާން ބޭނުންވޭތަ.. ހިއެއް ނުވޭ އަހަރެމެން ދެމީހުން ކުރެން އެކަކު ވެސް މިހާރު ބޭނުންވާނެ ހެންނެތް ލިއާ ޖޮބް އިން ވަކިކުރާކަށް.. އޭމް އައި ރޯންގް” އެންމެން ‘ލިއާ’ގެ ނަމުން ގޮވި ނަމަވެސް އަރްކާން އެ ނަމުން މުހާތަބު ކުރީ އަލަށެވެ. އަރްކާންގެ ފިރިހެން ވަންތަ އަޑުން ބުނެލާ ކޮންމެ ޖުމްލައެއް ވެސް ލިއާނާގެ ހިތުގައި ފެވެމުންދިޔައެވެ. އެހާ މަޑުން އެއަޑު އިވޭ ގޮތަކުން ވެސް ގައިން ހީބިހި ހަލުވާލައެވެ.
“މްމް.. ކާން ފަށާބަ” ލިއާނާ ލަދު ގަތުމުން ބެލީ އަވަހަށް ކެވޭތޯއެވެ.
އަރްކާން ވެސް ހިނިތުންވެފައި އިނދެ ކާންފެށިއެވެ. އަނގަޔަށް ލީ ފުރަތަމަ ބަތް ސަމްސަލުން ވެސް ދެލޯ މެރުނެވެ. އެހާ މީރު ބިރިއާނީ އެއް ދުވަހަކުވެސް ކެވިފައެއް ނެތެވެ. ހަވީރު ރަނގަޅަށް ސައިބޮއިގެން ހުރިނަމަވެސް އެހެންޏާ ނުކާހާ ގިނައިން އޭނާއަށް ކެވުނެވެ. ކައިގެން ތެދުވި ތަނާ އޭނާއަށް ބަލަހައްޓައިގެން ހުރި ލިއާނާ ފެނި ނިތްއަރުވާލެވުނެވެ.
“މީރު ތަ..”
” އެއްޗެއް ނެތްތާކަށް ދެން އޯކޭ..ފާޑަކަށް އޯކޭ އީ ވެސް” އަރްކާންގެ ޖަވާބު އިވި ލިއާނާ ދަތްކުނޑި ވިކައިގަތެވެ.
“އޯހް އެހެންތަ.. ދެން ދުވަހަކު ވެސް މިކަހަލަ ޗާންސެއް ނުލިބޭނެ.. ފަސްޓް ޕާސަން ތީ އަހަރެންގެ ކެއްކުންގަނޑު ނުބައޭ ބުނި..ސޯ ޔޫ ހޭވް އަ ވެރީ ބޭޑް ޓޭސްޓް.. ރީތި ހަޑި އަދި މީރު ނުބައި ވަކި ނުވާނެ މާ ފޮނި ބޮޑު މީހުންނަކަށް…މަގޭ އަތުން ދޫ ލަނޑެއް ނުލިބެނީސް ދާންވީ މިތަނުން” އަރްކާންގެ ޖަވާބު އިވި އައި ރުޅިގަނޑުގައި ލިއާނާ ބުނެލިއެވެ.
“އޯހްހް.. އެހެންވީމަ ލައްކަ މީހުންނަށް މި ފުރުސަތުވެސް ދީފިންތާ ދޯ.. އެހެންނޫނަސް ބަޓޫކް ހާދަ އަވަހަކަށޭ ދޯ ތިޔަ ރުޅިގަނޑު އަންނަނީ..ރުޅިގަދަ ކުދިން އަވަހަށް މުސްކުޅި ވާނެކަމަށް ދިރާސާތަކުން ދައްކަނީ” އަރްކާން ބެލީ އިތުރަށް ލިއާނާ ރުޅި އަރުވާލެވޭތޯ އެވެ.
” ނޫނޭ މަ ރުޅި މަޑޭ.. ތިއީ ހިސާބަށް ވުރެން ލަކީ ވީމަ އަރްކާންއަށް ލިބުނު ޗާންސެއް.. މަގޭ ކެއްކުންތައް ކާން ލިބޭނީ ވަރަށް ސްޕެޝިއަލް މީހުންނަށް.. ކޮންމެ ކޮންމެ މީހަކަށް ނުލިބޭނެ.. ގެޓް ލޮސްޓް ބުލޫ ބޮކްސާ”
ލިއާނާ ގޮވާލީ އޭނާ އެންމެ ހީ ނުކުރި ނަމުންނެވެ. އަރްކާން އަނގަ ރަކިވެފައި ހުރި ނަމަވެސް ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.
“އެހެންވީމަ މަ ވެސް މީ ވަރަށް ސްޕެޝިއަލް މީހެއް ދޯ.. އެންޑް ހާދަ ހީވެއޭ ބްލޫ ބޮކްސާ އެއް ނުފެނިގެން އުޅޭހެން.. ނަސީބަކުން އަހަރެންގެ އަތަކު ނެތް މިހާރު އެކުލަ އެއް”
“ޗީ ދައްކާ ވާހަކަ…އަހަރެންގެ އަތުން ވަރުގަދަ ބޮނޑިއެއް މީނައަށް އަދި ލިބޭނެ” ދެލޯ އަޅާލައިގެން ހުރެ އަރްކާންގެ އަތުގައި ހިފައި ދަމައިގަތީ ގެއިން ބޭރު ކޮށްލާށެވެ. ނަމަވެސް އަރްކާން އެއަށް ވުރެން ހުށިޔާރެވެ. ލިއާނާގެ އަތުގައި ހިފާ ދަމައިގަނެ ބައްދާލީއެވެ. ހީ ނުކޮށް ހުއްޓާ އަރްކާން އެ ކޮށްލި ކަމަކުން ލިއާނާއަށް ހުއްޓުން އެރިއެވެ. އެހާ ބާރަށް ބައްދާލުމުން ހީވީ ކަށިތައް ވެސް މުގުރެން އުޅުނުހެންނެވެ. އަރްކާންއަށް އިހްސާސްވީ ކަންނޭގެއެވެ. ތަންކޮޅެއް ދޫ ދިނެވެ. ނަމަވެސް ގައިން ދޫ ނުކޮށްލާ ހުރިގޮތައް ހުއްޓެވެ. އޭނާ ގެ ބާރު ލިއާނާއަށް އިހްސާސް ވެގެން ދިޔައިރު ހިތާއި ހަށިގަނޑުގައި ތޫފާނެއް އުފެދިފައިވާ ކަހަލައެވެ. ހިތުގެ ތެޅުން ބާރުވި އިރު އެއަޑު އަރްކާންއަށް ނީވޭނެކަމެއް ވެސް ނޭނގެއެވެ.
“އަރް..އަރްކާން” ދެތުންފަތް ތެރެއިން ފުރޭނިގެން ލިއާނާގެ އަޑު ނުކުތެވެ.
“މްމް.. ޔޫ ޑޯންޓް ލައިކް އިޓް… އައި ލަވް އަސް ބިއިންގ ލައިކް ދިސް.. ވައި ޔޯ ހާޓް އިޒް ބީޓިންގ ޓޫ ފާސްޓް” އަރްކާންގެ ޖުމްލަ ކަންފަތައް އިވިލި ހިނދު ލިއާނާއަށް ދެލޯ މަރާލެވުނެވެ. އަމިއްލަ މީހާ ބޭޒާރުވެގެން ދިޔުމުން ލިއާނާއަށް އެ މޭގައި ބޮނޑިވެލެވުނެވެ. ނަމަވެސް ކުރެވުނު ކަންތައް ފަހްމްވެގެން ދެވަނަ ސިކުންތުގައި އޭނާ ދުރުވާން ތެޅިގަތެވެ. އަރްކާން ވެސް ނުހުއްޓުވާ ލިއާނާ ދޫކޮށްލިއެވެ. ލިއާނާ އިސްޖަހައިގެން ހުރި ގޮތުން ލަދުގަނެފައި ހުރި ވަރު ހާމަވެއެވެ.
“އެ އެޕޮލޮޖީ މީން ކުރީ އަވާރ ފަސްޓް ކިސްއަށް.. އަމް ސޮރީ ފޯރ ދެޓް… އެކަމަށް އަދިވެސް ޕްރޮޕާ ކޮން މާފަށް ނޭދެވިފަ ހުއްޓަ ދެވަނަ ފަހަރުވެސް..އެ”
“އެ ވާހަކަ ބައްވަމާ..ސެކަންޑް ޓައިމް އިޓްސް މައި ފޯލްޓް.. ނޮޓް ޔޯސް” ލިއާނާ އެހުރިގޮތައް ހުރެ ބުނެލި ގޮތުން ހީވީ އެވާހަކަ ދައްކަން ބޭނުން ނުވެފައި ހުރި ހެންނެވެ.
“ޑޯންޓް ޔޫ ރިގްރެޓް އިޓް” އަރްކާން އަހައިލުމުން މިފަހަރު އެއަށް ޖަވާބުދޭކަށް ލިއާނާއަކަށް ނުކެރުނެވެ. ފުރަތަމަ ފަހަރު ރުޅިއައި ނަމަވެސް ފަހުން އެކަން ހަނދުމަ ވެ އޭނާއަށް ފާޑެއްގެ އުފަލެއް ވިއެވެ. އެ ވާހަކަ އޭނާ ބުނާނީ ވެސް ކިހިނެތް ހެއްޔެވެ.
ލިއާނާ ޖަވާބެއް ނުދީ ހުރުމުން އަރްކާން ގެޔަށް ދާން ނުކުންނަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ދޮރާއި ހިސާބަށް ލިއާނާވެސް އައެވެ.
“ގުޑް ނައިޓް” ލަދުގަނެފައި ހުރި ނަމަވެސް އަދި އެއްފަހަރު އަރްކާންގެ ފިރިހެންވަންތަ އަޑު އަހާލުމުގެ ނިޔަތުގައި ލިއާނާ ބުނެލިއެވެ.
ލިފްޓް އަންނަންދެން މަޑުކޮށްލައިގެން ހުރި އަރްކާން ފަސް އެނބުރި ހީލިއެވެ.
“ގުޑް ނައިޓް.. ސީ ޔޫ ޓްމޯރޯ…އެންޑް ލިއާ..އައި ޑޯންޓް ރިގްރެޓް އެނީ ތިންގް ދެޓް ހެޕެންޑް ބިޓްވީން އަސް..އައި މީން ދޯސް ކިސެސް އެންޑް ދި ހަގް” ލިފްޓް އައުމުން އެތެރެއަށް ވަދެ ވަދެ ހުރެފައި އަރްކާން ބުނެލިއެވެ.
ލިފްޓްގެ ދޮރު ލެއްޕިގެން ދިޔައިރު ވެސް ލިއާނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެންމެ ފަހުން ގެޔަށް ވަންނަން ހިނގައިން އިރު އޭނާގެ މޫނު މައްޗަށް ވަނީ ހިނިތުންވުމެއް ވެރިވެފައެވެ.
***
ލިއާނާ ގެއަށް ވައިންކަން ޔަގީންވެގެން ފިލާ ހުރި ތަނުން ނުކުމަތް ދިނާޔާ ހުރީ އަނގަމަތީގައި ގައި އަތް އަތްއަޅާއިގެންނެވެ. ދެލޯ ބޮޑުވެފައި ހުރި އިރު އޭނާގެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. ދިނާޔާ އައި ލިއާނާ ސައިބޯން ނުދިޔަތާ ކާން ވެސް ނުގޮސްގެން ވީ ގޮތެއް ބަލާލާށެވެ. ބަލިވީ ކަމަށް ހަދާފައި އޭނާ ހުރީވެސް ނިކަން ކަންބޮޑުވެފައެވެ. ލިފްޓުން ނުކުމެފައި ހިނގައިގަންނަން އުޅުނު ހިނދު އެ ބައިން ނުކުމައިން އަރްކާން ފެނި އޭނާ ވަގުތުން ހުއްޓުން އެރިއެވެ. އެ ބައިގާ ޒެވިއަލް މިވަގުތު ނޫޅޭކަން އޭޏާއަށް އެނގެއެވެ. ބޮޑު ޝޮކެއް ލިބިފައި ހުރި ދިނާޔާ ކޮރިޑޯގެ ތެރެއަށް ވަދެ ފިލީއެވެ. ދަރިންގެ ކަންކަމަށް ފާރަވެރިވެ ޖާސޫސްކުރުން އެއީ އޭނާ ކުރާ ކަންކަމަށް ނުވިނަމަވެސް އަރްކާން އަށް ވީތީ ހައިރާންވެގެން އޭނާއަށް މިއަދު އެކަން ވެސް ކުރެވުނެވެ.
އޭނާއަކީ ވެސް ކިޔަވައިގެން ހުރި މީހަކަށް ވުމުން އިނގިރޭސިން އެ ބުނެލި ބަސްތައް ވެސް އެނގެއެވެ. އަރްކާން އާއި ލިއާނާއާ ދެމެދު ދެކެވިގެންދިއަ ވާހަކަ ތައް އިވި ދިނާޔާއަށް ކަންފަތުގައި އަތްއަޅާލަން ވެސް ޖެހުނެވެ.
“މި ހަބަރު ހިފައިގެން ދާންވީ އަޒީޒް ކައިރިއަށް.. އަހަރެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވާކަން މާގިނަ ދުވަހެއް ނެތް ކަންނޭގެ އިންޝާ ﷲ” ދިނާޔާ ހިނިއައިސް ހުރިވަރުން ދަތްތައް ވެސް ފެނެއެވެ.
***
“ކަޔާން.. އެއީ އާދައިގެ ބައެއް ނޫން.. ތިބުނާ ދެފަރާތް އަނިޔާވެރި ގޮތަކަށް މަރާލި އާނިސް އާއި މައުރޫފް މިނިވަން ކުރި މީހަކީ ފާތިމަތު ސާރާ ކިޔާ ފަރާތެއް” ކަޔާން މަސައްކަތަކާއިގެން މައްސޫލްވެ އިންދާ އެތެރެއަށް ވަދެގެން އައި އޮފިސަރު މަދީހް ދިން ހަބަރުން އޭނާގެ ނިތައް ރޫ އަރައިގެން ދިޔައެވެ. މަދީހްއަކީ ކަޔާން މެންގެ ޝިފްޓްގެ ހެޑް އަކަށް ހުންނަ އޮފިސަރެވެ.
“ވަޓްޓް.. ފާތިމަތި ސާރާ އޭ..ސާރ އަށް ޔަގީންތަ” ޔަގީން ކުރަން ބޭނުންވެފައި ހުރެ ކަޔާން އަހައިލުމުން މަދީހް ބޯޖަހައިލިއެވެ. އޭނާ ދެން ދައްކާލި އަތުގައިވާ ފައިލްއެވެ. އޭގައި އެދެމީހުންގެ ފޮޓޯއާއި އައިޑީކާޑްގެ މައުލޫމާތު ހުރިއިރު ތިރީގައި ދެމީހުން މިނިވަން ވިއިރު ހަވާލްވި މީހަކަށް އިނީ ފަތިމަތު ސާރާ ކިޔާ ފަރާތެއްގެ ނަމެވެ. ނަން ފިޔަވައި އިތުރު އެއްޗެއް ވެސް ނެތެވެ. އެންމެ ކުޑަމިނުން އައިޑީކާޑް ނަމްބަރާއި ފޮޓޯއެއްހާ ހިސާބު ވެސް ނެތެވެ. ކަޔާން ވަގުތުން ހަނދާން ވީ ޒެވިއަލްގެ ވާހަކަތައް މަތިންނެވެ.
“އެމީހުން ދިޔަ ވޭން ރެޖިސްޓާރ ކޮށްފައިވާ ކޮމްޕެނީ އަކީ އެސް އެން ވީ.. އެތަނުގެ ވެރިފަޜާތަކަށް ވެސް ފާތިމަތި ސާރާ.. ދެން މިހާރު މިވެރިން ޖަލުން މިނިވަން ކުރީވެސް ފާތިމަތި ސާރާ.. ވަރެއްގެ ސާރާއެއްނު.. ކާކު ތަ މިއުޅެނީ…ހުރިހާ ތާކަށް ބޯ ކޮށްޕައިގެން” ކަޔާންއަށ ހިތާ ހިތުން ކިޔާލެވުނެވެ.
“ސާރ މީގެ ކޮޕީއެއް ލިބޭނެ ތޯ” ކަޔާން ފައިލް އަށް ބަލަން ހުރެ އަހައިލިއެވެ.
“ނޫނޭ ކަޔާން.. މިއީ ކްލެސިފައިޑް ފައިލް އެއް.. ވަރަށް ސިއްރުން އުޅެގެން ސާރ ވެސް މިކަން މި ވީ.. މިއީ ސިއްރިއްޔާތުގަ ހިފެހެއްޓިފަ ހުންނަ މައުލޫމާތު.. ކޮންމެ ކޮންމެ އޮފިސަރަކަށް މިކަމެއް ނުވާނެ.. މިކަހަލަ މައުލޫމާތެއް އެއްތަނުން އަނެއްތަނަށް ދައުރުވެއްޖެކަން ފަޅާ އަރައިފިއްޔާ އެ އޮފިސަރެއް ޖޮބް އިން ވަކި ކޮށް ޖަލު ހުކުމެއް ވެސް ތަންފީޒް ކުރަން ޖެހިދާނެ..މިތަނަކު އެއްވެސް ކަމެއް ވަގަކަށް ނުވާނެ.. ޕްރިންޓް ކުރެވޭ ކޮންމެ އެއްޗެއްގެ މައުލޫމާތު ވެސް ސިސްޓަމް ތަކަށް ނަގައި ގަންނާނޭ.. މި ފައިލް ޕްރިންޓް ކޮށްފިއްޔާ އެނގޭނެ ވަގުތުން.. ދެން އޭރުން އެނގޭނެ ފައިލް ނެގީ ކާކުކަން.. ސޯ ދެންވާނެ ގޮތް އެނގެ އެންނު.. ސާރ ކަޔާން ވީމަ މިކަން މިކޮށް ދިނީ ވެސް” މަދީހް ކަޔާންގެ ބުރަކަށީގައި ޖަހާލާފަ ދިން ޖަވާބުން ކަޔާން މާޔޫސް ކޮށްލިއެވެ. ގާތް އެކުވެރިޔާއަށް އެހީ ވެދޭން އޭނަ އިންތިހާއަށް ބޭނުންވެއެވެ. ޒެވިއަލްއަށް މިކަމާއި އެކު ކުރިއަށް ދެވޭނީ ވެސް އެކަށީގެންވާ ހެއްކެއް ލިބިގެންނެވެ. ޒެވިއަލްއަށް ދެވެން އޮތް އެހީތެރިކަން ވެސް ނުދެވިދާނެ ކަމުގެ ބިރު ހިތުގައި ވަށާލިއެވެ. ކޮންމެ ގޮތެއް ވިއަސް މި ސާރާގެ ވާހަކަ ވީ އެންމެ އަވަހަށް ޒެވިއަލްއަށް އަންގަން ކަޠާން ބޭނުންވިއެވެ.
“އެކަމަކު އެބެއް ގޮތެއް.. ކަޔާން ބޭޏުން ވަންޏާ މި ފޮޓޯ ނަގާލެވިދާނެ.. އެކަމަކު ނަގާ ފޮޓޯތައް ލީކް ނުވާނެ ގޮތެއް ބަލަން ވާނެ” މަދީހް ދެން ބުނެލި ވާހަކައިން ކަޔާންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
***
ނަމާދު ކޮށްލާއިގެން ތެދުވެ މުސައްލަ މަތީގައި އިއްތާލި އިރު އަލާރާގެ މޫނުމަތީގައިވަނީ އުފާވެރިކަމެވެ. ބަރާބަރަށް ނަމާދުކުރަން ފެށިފަހުން އޭނާގެ ނަފްސަށް ތަފާތު ހިތްހަމަޖެހުމެއް ލިބޭކަން އަމިއްލައަށް ވެސް އިޙްސާސް ކުރެވެން ފެށިއެވެ. އުނދަގު ކުރަމުންދާ މީހުންގެ ފަރާތުން ނުތަނަވަސްކަމާއި ބިރުވެރިކަމާއި މާޔޫސްކަން ލިބެމުންދާ ކޮންމެ ފަހަރަކު އަހަމުންދިޔަ މިއުޒިކްގެ ބަދަލްގައި ލިއާނާ ފޮނުވަމުންދިޔަ ޤްރުއާންގެ ސޫރަތްތަކާއި ދީނީ ދަރުސްތައް އަޑު އަހަމުން ދާން ފެށުމުގެ ނަތީޖާއަކަށްވީ ހިތައް ބޮޑު ތަސައްލީއެއް އެކަމުން ލިބުމެވެ. މިއުޒިކް އަޑު އަހައިގެން ނުލިބުނު ހިތްހަމަ ޖެހުން އެކަމުން އޭނާއަށް ލިބެއެވެ.
ނަމާދުކޮށްގެން އަޅާފައި ހުރި ބުރުގާ ބޭލި ހިނދު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމުން ވަންނާށޭ ބުނެލި އިރުވެސް ތުންފަތައް ހިނިތުންވުމެއް ވެރިވެލިއެވެ. ޓަކި ޖަހާލި ގޮތުން އެއީ ޒެވިއަލްކަން އޭނާދެނެގަތެވެ.
“އިނގޭ ދޯ މަ ކަން”އެތެރެއަށް ވަދެފައި ޒެވިއަލް އެންމެ ފުރަތަމަ ވެސް ބުނެލިއެވެ. އަލާރާ ނަމާދުކުރާ މުސައްލަ މަތީގައި އިންތަން ފެނުމުން ޒެވިއަލްގެ ހިތައް ބަޔާންކުރަން ދަތި އުފަލެއް ލިބިގެންދިޔައެވެ. ކުރިން އެއްގޮތަކަށް ވެސް އަލާރާ ނަމާދު ކުރާތައް ނުފެންނާތީ އެކަމާއި ސުވާލް ކޮށްލަން ވެސް އޭނާގެ ހިތައް އެރިއެވެ. އެކަމަކު އެ ހިތްވަރު ކުރާކަށް އޭރު ނުކެރުނެވެ.
“ބެލިއްޖެތަ ވާވަރަށް” ލަދުރަކިކަން އަލާރާގެ މޫނުމަތީގައި ވެއެވެ. މުސައްލަ އޮޅާލާފައި ތެދުވެ ގޮސް ފަރިތަކަމާއި އެކު އަލަމާރި ހުރިތަނަށް ގޮސް ދޮރުހުޅުވާލާފައި މުސައްލަ ލިއެވެ. އަލާރާގެ ހަރަކާތްތަކަށް ބަލަން ހުރި ޒެވިއަލްގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުޅާވިއެވެ.
އެކަނިން ހިނގާ ބިނގާވެ އަލާރާ އުޅޭތަން ފެންނަ ކޮންމެ ފަހަރަކު ޒެވިއަލްގެ އުފާވެރިކަން ވަދެއެވެ.
“ހިތް ފުރޭނެތަ” އަލާރާއަށް ގެއްލި އިނދެ ޒެވިއަލްގެ އަނގައިން ބޭރުވި އިރުވެސް ނޭނގުނެވެ.
“ކީކޭ” ޒެވިއަލް އިނީ ސޯފާގައި ކަން އެނގޭތީ މަޑުމަޑުން ހިނގާލާފައި އައިސް ސޯފާގައި އިށީނެވެ.
“އާހް ނަތިންގ.. އައި ހޭވް ޓޫ ނިއުސް ފޯރ ޔޫ.. ވަން އިޒް ގުޑް އަނަދާރ ވަން އިޒް ބޭޑް.. ކޮން ނިއުސް އެއް ފުރަތަމަ އަޑު އަހާނީ.. ” ޒެވިއަލް ކަރުކެހިލަމުން ބުނެލިއެވެ.
“މްމް ފުރަތަމަ ގިވް މީ ގުޑް ނިއުސް” ޒެވިއަލްގެ ޖުމްލަ އިވުމާއި އެކު އަލާރާ އަވަހަކަށް ބުންޏެވެ. އަލާރާ އިށީއިންގޮތުން ދެމީހުންނަށް ތިބެވުނީ ޖެހި ފިތިގެން ކަހަލަ ގޮތަކަށެވެ. ޒެވިއަލްގެ ހިތުގެ ހަމަ ޖެހުން އަލާރާގެ އެ އަމަލުން ގެއްލުނެވެ. އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރަމުން މަޑުމަޑުން އޭނާ ދުރަށް ޖެހިލިއެވެ.
” އެ ޖެހުނީނު ދުރަށް”އަލާރާގެ ހިތާހިތުން ކިއައިލެވުނު އިރު އަނގަޔަށް ވައްތަރެއް ވެސް ޖައްސާލެވުނެވެ.
“މްމްމް..އަލާ.. އައި ވޮނަ ސޭ ސަމްތިންގް.. ޑޯންޓް ސޭ ނޯ ދިސް ޓައިމް.. އަނެއްކާ ވެސް ލޯ ދައްކާލަން ހިނގާށޭ ބުނާ ކޮންމެ ފަހަރަކު ޔޫ ވިލް އިގްނޯރ މީ. އަބަދުވެސް.. މިއީ މަ މި ޥާހަކަ ދައްކާ ދިހަ ވަނަ ފަހަރު.. އުއްމީދު ކުރަން ނޯ ނުޖަހާނެ ކަމަށް.. އަލާ… އަދި ނުވޭ އުންމީދު ކަނޑާލާކަށް.. އަދި އިޔާރ އެއް މިވަނީ ތިހެން ދިމާވި ފަހުން… އަލާ މަގު ގެއްލިފަ ހުރި މުސާފިރަކަށް އަމިއްލައަށް ވެގެން އުޅުނަސް އެހެން އެއްވެސް މީހަކު ގިވް އަޕް އެއް ނުކުރޭ.. އެންމެވެސް އުއްމީދުކުރަނީ އަލާ އަށް އަދި ފެންނާނެ ކަމަށް..އިޓް ވިލް ޓޭކް ޓައިމްސް ހުރިހާ ކަމެއް ހީލް ކުރަން ވެސް.. މްމްމް އަސްލު ބުނަން މިއުޅޭ ވާހަކައަކީ.. އިއްޔެ ރާއްޖެ އައިސްފި އަލާގެ ލޯ ޖާރމަނީ އިން އޮޕަރޭޝަން ކުރި ޑޮކްޓާރ.. ހީ ވިލް ސްޓޭ ހިއާރ ފަނަރަ ދުވަސް ވަންދެން.. އެންޑް އައި އޯލްރެޑީ ބޫކްޑް ޔޯ އެޕޮއިންޓްމަންޓް .. ޕްލީޒް ޑޯންޓް ސޭ ނޯ” ޒެވިއަލްގެ ވާހަކަ ފެށިގެން ނިމެންދެން އަޑުއަހަން އިން އިރު އަލާރާގެ މޫނުމަތިން ތަފާތު ޝުއޫރެއް ފާހަގަ އެއް ނުވެއެވެ. މޫނުމަތިން ފެންނަނީ ހުސްކަމެވެ. އެހެން އިނދެ ހީލިއެވެ.
“ލުކްސް ލައިކް މިއީ ވެސް ބޭޑް ނިއުސް އެއް ފޯރ މީ..ކޯޓު ވާން އުޅެނީބާ.” އަނގައިން ބަހެއް ނުބުނެ އިން އިރު އަލާރާ އިނީ ތުންފިއްތައިގެންނެވެ.
“އަލާ ސޭ ސަމްތިންގް” ޒެވިއަލް ގޮވާލިއެވެ.
“ތަންކޮޅެއް ލޯބިން ބުނެބަ…ތި ބުނި ގޮތުން ހީވީ އަމުރެއް ކޮށްލި ހެން..” އަލާރާ ތުންފިއްތާލިއެވެ.
އެ މައުސޫމް މޫނުކޮޅު ބަނަކޮށްލި ގޮތްވެސް ޒެވިއަލްގެ ހިތް ފުރިގެންއައެވެ. ހާދަ ރީއްޗެވެ.
“އަލާ ބުނެބަލަ ޔެސް އޭ” ހިނިއައިސްފައި އިނދެ ޒެވިއަލް ބުނެލުމުން މިފަހަރު ވެސް އަލާރާ އިންގޮތައް އިނެވެ.
“ނުދޭނަން އާންސާ އެއް.. މިހާރު ހީވަނީ ބެގް ކުރާ ހެން”
“ދެން ކިހިނެތް ބުނަންވީ ރޮއްވާލަން ވީ ތަ” އަލާރާ ތުން ދަމައިގެން އިންގޮތުން ޒެވިއަލް ބެލީ އަލާރާ އާއި ދިމާކޮށްލެވޭ ތޯއެވެ.
“ކަރުގަ ހިފާފަ އިންޒާރު ދޭން ވީ..އެހެންޏަ ދެން ” ސޯފާއިން ތެދުވެގެން އަލާރާ ހިނގައިގަތީ ދުރަށެވެ. ވަގުތުން ޒެވިއަލް އޭނާގެ އަތައް ދަމާލާފައި ގެނެސް ބެއިންދީ ކައިރީގައިއެވެ. އަލާރާއަށް އިށީންދެވުމާއިއެކު ހެން އަނެއްކާ ވެސް ޒެވިއަލް ކުޑަކޮން އޭނާއާއި ދުރަށް ޖެހިލިކަން އެނގުމުން އަލާރާއަށް އުނދަގުވިއެވެ. އެހެން އިނދެފައި އަލާރާގެ އަތުގައި ޒެވިއަލް ހިފާލުމުން ފާޑަކަށް ސިހުނެވެ.
“އަލާ ސޭ ޔެސް އޭ.. އެންޑް އައި ޕްރޮމިސް އައި ވިލް ސްޓޭ ވިތް ޔޫ އިންޝާﷲ.. ” ޒެވިއަލް މަޑުމަޑުން ބުނެލި އިރު އަލާރާގެ އަތައް ބާރުކޮށްލިއެވެ. އެއަޑުގައި ވި އަޅައިލުން އަލާރާއަށް އިހްސާސް ވިއެވެ. ޒެވިއަލްގެ އަތް އިޙްސާސްވެގެން ދިޔައިއިރު ހިތުގައި ދުވެލީ ފިނި އޮއެވަރެކެވެ.
”މްމް އޯކޭ.. ވެން އެޕޮއިންޓްމެންޓް އިނީ..” އަލާރާ އަހާލިއެވެ.
“ހަތަރު ދުވަސް ފަހުން.. މަންޑޭ ގަ” ޒެވިއަލް ޖަވާބު ދިނުމުން އަލާރާ ބޯޖަހައިލިއެވެ. އަލާރާގެ ޖަވާބުން ޒެވިއަލްއަށް ގަބޫލް ކުރަން ދަތިވެސް ވިއެވެ. ނަމަވެސް އެކަމާއި ވިއްދާފަ ވެސް އެއްޗެއް ބުނެފިއްޔާ އެ ކަމަށް އިންކާރު ކޮށްފާނެ ކަމުގެ ބިރަށް އޭނާ ހަނު ހުއްޓެވެ.
“ތި އިންނަނީ އަތުން ދޫ ނުކޮށްލަންތަ” ތުންފަތް ހަފާލަ ހަފާލަ އަލާރާ އިނެވެ.
އަލާރާގެ ޖުމްލަ އަޑު އިވި ޒެވިއަލްގެ ގާތައް އައީ ހިންޏެވެ. އަތުން ދޫކޮށްލުމުގެ ބަދަލްގައި ހައްތަޙާ ބާރަށް ހިފާލިއެވެ.
“ޑޯންޓް ޔޫ ވޯންޓް ދިސް.. ހިންޓް ދޭ ވަރުން އައި ތޯޓް ޔޫ މޭ ވޯންޓް ދިސް..އެންޑް އަލާ.. ޔޫ އާ ސޯ ޑިފަރެންޓް މިއަދު.. ތީ ހަމަ އަލާތަ.. ޑިޑް އައި މިސް ސަމްތިންގ” އަލާރާ މިއަދު ތަފާތުކަން ޒެވިއަލްއަށް ފާހަގަ ވިއެވެ. އައިސް ސޯފާގައި އިއްތާލީ ވެސް ޖެހި ފިތިގެން ކަހަލަ ގޮތަކަށެވެ. އޭނާ ދުރަށް ޖެހުމުން މޫނަށް ޖައްސާލި ވައްތަރު ވެސް ޒެވިއަލް އަށް ފެނުނެވެ. އަތުގައި ހިފުމުން މޫނަށް އެރި ރަތްކުލަ ވެސްމެއެވެ.
“ޔާހް ޒެވް.. އަހަރެން ތަފާތު ވާނެނު.. އަލާރާ މުހައްމަދު އަޒީޒް ކާލާފަ މިއަދު ހެނދުނު މިގެއަށް އެރި އިފުރީތެއް މި” ޒެވިއަލްގެ އަތް ދަމައިގަނެ ކުރިއަށް ވުރެން ދުރަށް އަލާރާ ޖެހި ގޮތުން ޒެވިއަލް އަށް ދިޔައީ ހެވެމުންނެވެ.
” ވަރެއްގެ ކުއްޖެއް .. ޑޯންޓް ބީ ޓޫ ކިއުޓް.. ކަމް ހިއާރ ޕަނިޝް ނުކުރަނިސް.. ޒެވިއަލް އަލާރާގެ އަތައް އަނެއްކާ ވެސް ދަމާލާފައި ގެނެސް ތަންކޮޅެއް ކައިރިކޮށްލިއެވެ.
“ކޮބާތަ ބޭޑް ނިއުސް އަކީ..” އަލާރާ އަހާލިއެވެ.
“މްމް .. ޝަވަން ނާންނަނީތަ މިހާރު” ޒެވިއަލް ބޭނުންވީ ޝަވަންގެ ނަން ބުނުމުން އަލާރާގެ މޫނުމައްޗަށް ވެރިވާ ކުލަވަރު ބަލާލާށެވެ.
“ޒެވް އިންޓްރެސްޓް އެއް އެބަހުރި އޭނަށް.. މިހާރު ނާންނަތާ ވީކްއެއް ވަނީ މިއޮތް އަނެއްކާ ވެސް.. ކިހިނެތް ވީ” ޝަވަންއޭ ބުނުމުން ވެސް އަލާރާ ވަނީ ފާޑެއްގެ ފޫއްސެކެވެ.
އޭނާ ބުނަން އުޅޭ ވާހަކަ ބުނުމުން އަލާރާއަށް ވާނެ ގޮތެއް ނޭނގޭތީ ޒެވިއަލް ހިސާބަކަށް ނުތަނަވަސް ވިއެވެ. ފެންނަ ފެނުމަށް ޝަވަންއާއި ހެދި ކުރިން އުޅުނުގޮތައް އަލާރާ ނޫޅުނު ނަމަވެސް އޭނާގެ ހިތް އޮތް ގޮތެއް ޒެވިއަލައަކަށް ނޭނގެއެވެ. ކޮންމެ ގޮތަކަށް އޭނާގެ ހިތް އޮތްނަމަވެސް ބުނަން ޒެވިއަލް ނިންމިއެވެ. އޭނާ ނުބުނި ނަމަވެސް ކޮންމެވެސް އެއްދުވަހަކު ޝަވަންގެ ފަތިފުށް އަލާރާއަށް ހާމަވާނެކަން އޭނާ ދަނެއެވެ. “ހީ އިޒް ޗީޓިން އޮން ޔޫ.. ޑިޑް ޔޫ ނޯ ދެޓް” ޒެވިއަލް އެ އިންގޮތައް އިނދެ ބުނެލިއިރު އަލާރާ ފާޑަކަށް ސިހުނެވެ.
***
(ނުނިމޭ)

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ތިޔަ ލޯތްބަށް އެދެވޭތީ… 42 (ފަހުބައި)

Next

އަބަދުމެ ތި ސޫރަ މި ހިތުގައި ވާނޭ

Next
March 27, 2025

އަބަދުމެ ތި ސޫރަ މި ހިތުގައި ވާނޭ

Previews
March 26, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 42 (ފަހުބައި)

20 Comments!

  1. Aaly says:
    March 27, 2025 at 5:09 am

    Omg this is so good 😭❤️ i love it so much can’t wait for the next part
    Why does arkaan have to be that cute when he said he don’t regret 😍💯

  2. Alaa says:
    March 27, 2025 at 5:16 am

    Mi part vx varah reethi Masha Allah<3
    Arkaan and Liaa ge romance dhinaa dhattha ah enguny dhw ehaa sirrun ulhuny ma vx.. 🤭
    Alaa and Zev are sooo cute together…
    I think e Saara akee Sofia hen.. Name AA vx gulhe ennun….
    Anyways, Curiously Waiting for next part<33
    Lysm Annora <333

  3. Reesh says:
    March 27, 2025 at 7:08 am

    Blue boxer and batook my favorite couple
    Didn’t realize arkan was that romantic and soft
    He’s so my type
    His mother Saw them too, I wonder what would happen dhw when zev knows anout it
    He can’t be mad dhw he also has a thingy with alaa
    What does that mean by bust vani e
    Did ala get her eyesight back
    Sofia is so evil hurha dhima ah boa kohpain,rai and kayaan vx dhuru kuruvaafa
    E dhekudhin gulhuvahcey kayaan really love’s her
    And there’s eava kayaan AA hadain rai hurt kuran
    Really love arkan and lia ge romance feel’s like I’m the one
    Let all of them confess soon
    Ala is in love with zev too they’re perfect for each other
    Waiting for next

  4. Ghost girl 👻 says:
    March 27, 2025 at 7:58 am

    Masha Allah 😍 lia n arkaan Soo good blue boksaa n batook 🤣😂 asluga ves heevanee story thereyga ulhevey hen ehaa ves furihama 🔥 curiously waiting for the next part keep it up ❤️ LYSM annora 🥰

  5. Shayerrr 💞 says:
    March 27, 2025 at 11:44 am

    This is soo good
    Woww dhinaya saw everything 😳😳😳 and edhaa baarh minuga buneema azeez dhekudhinge wedding arrage kohdheyne nama 🥰🥰🥰 me and mh expeactatios are always high🥹🥹😂😂
    I wanna know batook and blue boxer story
    Did ala get her eye sight bavk????
    What she is hiding?
    🙈
    I wanna know
    Ahhhhhhh
    Cant wait
    Cant wait
    Cant wait🥰❤️❤️❤️

  6. Maishaan mohamed says:
    March 27, 2025 at 11:45 am

    Mihaarj dhiriulhumuge ehbayah mi vaahka vehje
    Keep up the good work
    Vvvv reethi mi part ves

  7. Maayuuur says:
    March 27, 2025 at 11:51 am

    Biriyani night with batook and blue boxer 😳😳💕💕
    Liyaa ge ehera anna rulhi gadeh
    Kaan dheefa bavaalii viyya😂😂😂😂🤣🤣🤣
    Heveny ekihja eulhey gothun
    Haadha majaley lia
    🥰🥰🥰
    Vvvvv salhi mi part ves…WHO IS SARAH ????!?!? Kayaan bunihen varugadha meeheh thaaa dhw😭😭😭
    Avahah up kohla dhehcheh…Next part… Hama cant wait
    This my fav story and uou are my fav author 🥰🥰❤️❤️❤️😘😘😘

  8. Aalerrr says:
    March 27, 2025 at 12:15 pm

    Masha Allah mi part vx vrh reethi ❤️
    When’s next part??
    Next part avahah up kohla dhehcheyy 🤍🕊️
    Can’t wait..

  9. Bassam says:
    March 27, 2025 at 12:32 pm

    Varah reeethi mi part ves
    Mashah liya 😘

  10. Kamana says:
    March 27, 2025 at 12:39 pm

    Blue boxer vs batook
    Salhi ey 😂😂😂
    Avahah next beynun

  11. Kudu says:
    March 27, 2025 at 1:07 pm

    When next
    Avas kurahcheyy😭😭😭
    Kehtherokan kolhun laifi mihaavess

  12. Malee says:
    March 27, 2025 at 1:22 pm

    “ޑޯންޓް ޔޫ ވޯންޓް ދިސް.. ހިންޓް ދޭ ވަރުން އައި ތޯޓް ޔޫ މޭ ވޯންޓް ދިސް..އެންޑް އަލާ.. ޔޫ އާ ސޯ ޑިފަރެންޓް މިއަދު.. ތީ ހަމަ އަލާތަ.. ޑިޑް އައި މިސް ސަމްތިންގ”

    Zev being zev
    He is si hotttt 🔥🥵
    Looks like ala is hidind something as well as😳❤️
    Sista avahah up kohla dhehchey next part

    Vvvvvvvvvvvvvvvaaaaaaarrrrraaaaahhhhhhh salhi ❤️❤️❤️❤️❤️

  13. gurrrrl says:
    March 27, 2025 at 6:35 pm

    Masha Allah vrh furihama mi part ves
    Btw bust v dhw dhiyaana aunt ahh arkaan n liyaa 🤣
    They are so cute
    Pls alaa n zev gulhuvahche liyaa n arkaan too
    So much love ❤️
    Keep it up
    Whn next?

  14. Malher says:
    March 27, 2025 at 7:43 pm

    Chaaa vvvvvsalhii
    Vvv reethi
    Vvvfurihama
    Avas kohladhee kuriyah oi e ❤️❤️

  15. Ahu says:
    March 27, 2025 at 8:53 pm

    V reethi mi part ves
    Ma sha allah
    Cant wait

  16. unknown gurll says:
    March 27, 2025 at 9:14 pm

    mi part ves vrh ves reethi masha allah whens next part cant wait

  17. Repunzil says:
    March 27, 2025 at 9:15 pm

    Alhey next part avas kohlabala 🥺🥺🥺🥺🥺🥺🥺🥺

  18. Anonymous says:
    March 27, 2025 at 11:16 pm

    Where do i find the first part ?

    1. Anonymous says:
      March 28, 2025 at 2:27 pm

      Just click to the follow me on near the author name and you will find all the episodes

  19. Na.ell says:
    March 28, 2025 at 2:48 am

    Omgg arkaan and liyaana eh dhw bust v eoh edhemeehun ulhun goeh kiyaafa hee hee halaaku vehjje 🤣🤣
    Dhn avahah alaara and zev gulhuvaba can’t wait 😭😭
    Anyway mi part ves vrh vrh reethi masha allah
    Can’t wait for the next part 😭❤️

Comments are closed.

Next Episodeނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 27←


All Right Reserved!