އަހުޝަމް ނުނިކުމެ އިރުކޮޅެއް ވުމުން ރިވާ އައެވެ. އޭނާ ކުޑަކޮށް ހައިރާންވި ނަމަ ވެސް އަހުޝަމް އެވަރަށް ފޮޓޯ އެ ނަގަނީ ކޮން އެއްޗެއްތޯ ބަލައިލަން ކައިރިވެލިއެވެ. އެހިނދު އޭނާގެ ޑައިރީ އަހުޝަމްގެ އަތުގައި އޮތް ތަން ފެނި އެ އަތުލުމަށް އަތް ދަމާލިއެވެ. ރިވާ ފެނި އަހުޝަމް ސިއްސައިގެން ދިޔައީ ވެސް އެވަގުތެވެ.
…
“މި މި މިތާ އޮތީމަ..” އަޅަ އަޅައިގަންނަމުން އަހުޝަމް ބުންޏެވެ. އޭރު ރިވާ އެ ފޮތް ދަމައިވެސް ގަނެފިއެވެ. އަވަހަށް އެތަނުން ދާން ވެގެން އަހުޝަމް ތެދުވިއެވެ. އަދި ކޮޓަރި ތެރެއަށް ހިނގައިގަތެވެ. “ކީއްވެ މި ފޮތް ފޮޓޯ ތި ނެގީ” ސުވާލުން ފުރިގެންވީ ޙާލު ރިވާ އަހާލިއެވެ. އެވަގުތު އަހުޝަމް ހުރި ފިޔަވަޅު މަތީ ހުއްޓުނެވެ. އަދި މަޑު މަޑުން ފަސް އެނބުރި ބަލައިލި އެވެ. އޭނާގެ ހިތުގައިވެސް ޖަވާބު ބޭނުންވާ އެތަށް ސުވާލެއް އެބަހުއްޓެވެ. “ތީ ރިވާގެ ފޮތެއްތަ” އަހުޝަމް އަހާލިއެވެ. އެހިނދު މަޑު މަޑުން ރިވާ ބޯ ޖަހާލިއެވެ. އަހުޝަމްގެ ބަސް ހުއްޓުނެވެ. ބުނާނެ އެއްޗެއް ނެނގުނެވެ. މިއޮއް ހުރިހާ ދުވަހު އޭނާގެ ހިތާ ސިކުނޑިއަށް އުނދަގޫ ކުރި ކަރުދާސްކޮޅު ލިޔެފައިވާ ފަރާތަކީ ރިވާ ހެއްޔެވެ. ފުން ނޭވާއެއް ދޫކޮއްލުމަށްފަހު ރިވާކުރެން އަހުޝަމް އެދުނީ މިރޭ ވަކިން އޭނާ އާ ބައްދަލު ކޮއްލުމަށެވެ. ރިވާ ގަޑިއެއް ކިޔުމުން އެގެއިން އަހުޝަމް ނިކުތީ ތަފާތު ހިތްހަމަޖެހުމެއް ލިބިގެންނެވެ.
ރިޔާޝް ގެއަށް ލުމަށްފަހު ރިއާޝް މިސްރާބު ޖެހީ އަހުޝަމްމެން ގެއަށެވެ. އޭނާގެ ހިތަށް ލުޔެއް ހޯދައި ދިނުމަށެވެ. ރަނާގެ ދުލުން ބުނި ބަސްތައް އަދިވެސް އޭނާގެ ކަންފަތު ހިނދުރީގައި ގުގުމަނީ އެވެ. ވަކި ހިސާބަކަށް ގޮސް އޭނާގެ ހިޔާލު ބަދަލުވީ ރަނާމެންގެ ގެއަށް ދިއުމަށެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާ އެ ގެއަށް ވަނުން މަނާ ކުރާނެ މީހަކު ނުހުންނާނެ އެވެ.
ރަނާ އުޅުނީ އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ އަކާއި އެކު ވާރެއާ ތެމޭށެވެ. ގެ ހުންނަ ގޯޅިގަނޑުގެ އެތެރެ ނިވާވެފައި ވާނީ ބޮޑު ހުވަނދުމާ ގަހަކުންނެވެ. އެ ގަހުގެ ފުރަގަހުގައި ވާ ހުސް ޖާގަ އޮންނާނީ މަތި ހިޔާ ނުކޮށް ހާމައަށެވެ. އެއީ ރަނާ ވަރަށް ގިނައިން ގޯތި ތެރޭ ކުދިންނާއި އެކު ތެމެން އަންނަ ތަނެކެވެ.
ރަނާމެންގެ ގެ ހުންނަ ގޯޅީގައި ސައިކަލު ޕާކު ކުރުމަށްފަހު ހިނގައިގަތް ރިއާޝް އަށް ދެ އަންހެން ކުދިން ހީ ސަކަރާތްޖަހަ އަޑު އިވުނެވެ. އެ އަޑުތަކުގެ ތެރެއިން ފުރޭނިގެން އޭނާގެ ކަންފަތުގައި ޖެހިލީ ރަނާގެ ރަން އަޑެވެ. އެހިނދު އެ އަޑާއި ދިމާއަށް ރިއާޝްއަށް ދުއްވައިގަނެވުނެވެ. ވެހެމުންދިޔަ ވާރޭ ބޯކުރަމުން ދިޔަ ވަރަކަށް މަންޒަރު ވެސް ދިޔައީ ފުސް ވަމުންނެވެ. ހުވަނދުމާގަހުގެ ދިގު ވެފައިވާ ގޮފި ތައް އެއް އަތުން އެއް ފަރާތް ކުރަމުން ހުސް ޖާގަ އަށް ވަން ރިއާޝް އަށް ފެނުނީ ވާރޭގެ ތެރޭ ދުވަމުން ދިޔަ މަހިނޫރެކެވެ. އޭނާގެ ހިތުގެ ރާނީ އެވެ. ރަނާ ލައިގެން ހުރި ހުދު ކުރުތާ ގައިގައި ތަތް ލަވާފައި ވާއިރު އަޅައިގެން ހުރި ޝޯލްގެ، ކޮނޑުމަތިން އެއްލާފައި އޮތް ބައި ވާރޭ ތެރޭ ވިހުރެމުން ދިޔަ މަންޒަރު ވަރަށް ވެސް ހިތް ގައިމެވެ. އޭރު ރިއާޝްގެ ހިތް ނެގި ނެގިފައި ތެޅެމުން ދިޔައެވެ. އޭނާގެ އަތުން އެވަނީ އެ ޕަރީ ދޫވެފައެވެ. ނަމަވެސް އޭނާގެ ހިތުގައި އަބަދަށް ވެސް ވާނީ ރަނާ އެވެ.
ނިއަމްގެ ފަހަތުން ދުވަމުން ދިޔަ ރަނާ ކުއްލިއަކަށް ހުއްޓުނީ ބޭބޭ އޭ ކިޔާ ނިއަމް ހަޅޭއްލަވައި އަތް ޖަހާލުމުންނެވެ. އެހިނދު މަޖުނޫނެއްހެން އޭނާ އާ ދިމާއަށް ބަލަހައްޓައިގެން ހުރި ރިއާޝް ރަނާ އަށް ފެނުނެވެ. ކަޅު ފަޓުލޫނަކާއި އެކު ލައިގެން ހުރީ ހުދު އަތް ދިގު ގަމީހެކެވެ. ރިއާޝްގެ ގަމީސް އޭނާގެ ގައިގައި ތަތްލަވާފައި ހުރި އިރު އެ ކަސްރަތީ ހަށިގަނޑު ހުރީ ހާމަވާށެވެ. އަތް ކުރި އުޅަނބޮއްޓަށް ވުރެ ތިރިއަށް އޮޅާފައި ވާއިރު އިސްތަށިގަނޑު އޮތީ ތެމި، ނިތް މައްޗަށް ވެއްޓިފައެވެ. “ބޭބޭ ހިނގާ އަތްލާ ކުޅެން” 4 އަހަރުގެ ނިއަމް ދުވެލާފައި އައިސް ރިއާޝްގެ ބޮޑުވައި އިނގިލީގައި ހިފާލަމުން ބުނެލިއެވެ. ރިއާޝް ވަގުތުން ބޯ ޖަހާލިއެވެ. އަދި 1 2 3 ކިޔައި ނިއަމް ދުއްވައި ގަތުމުން ރިއާޝް ނިއަމްގެ ފަހަތުން ދުއްވައިގަތެވެ. ރަނާ ވެސް ރިއާޝްގެ އަތު ނުޖެހެން ވެގެން ދުއްވައިގަތެވެ. ރިއާޝް ހީކުރި ވަރަށްވުރެ ނިއަމް ދުވާލެއް ބާރެވެ. އެހެންވެ ދެން އޭނާގެ މިސްރާބު ބަދަލު ކޮއްލީ ރަނާއާ ދިމާއަށެވެ. ރިއާޝް ނިއަމްގެ ފަހަތުން ދުވަމުން ދާތީ ރަނާ ދުވަމުން ދިޔައީ މަޑުންނެވެ. އޭނާ މަޑުން ދުވެ ދުވެ ހުއްޓާ ރިއާޝް ބާރު ބާރަށް ފުރަގަހުން އައިސް ރަނާގެ ބަނޑުގައި ދެއަތް ވަށާލައި އުފުއްލާލިއެވެ. އަދި ހަމަ އެ ބާރު މިނުގައި ރަނާ އުރައިގެން ހުރެ އެނބުރިލިއެވެ. “ކޮބަ. މިއޮތީ އައިމިނަބީ އަތުލާފައި. ދެން މަންޖެގެ ހުސޭނަކަށްވެސް ނުލިބޭނެ” ރިއާޝް އެހެން ބުނީ ދެމާނަ އެކުލެވޭ ގޮތަށެވެ. ސަމާސާ ގޮތަކަށް ބުންޏަސް އޭނާ އެބުނީ ހަމަ އޭނާގެ ހިތުގައި އޮތް ގޮތެވެ. އެބުނާ ހުސޭނަކަށް ރަނާ ދޭކަށް އޭނާ އެއްވެސް ގޮތަކަށް ބޭނުމެއް ނުވެ އެވެ. “ސާބަހޭ. ދެން މަ ތިރީގައި ބަހައްޓަބަލަ އާޝްޝް…” ތޫލި އަޑަކުން ހަޅޭއްލަވައިގަންނަމުން ރަނާ ރިއާޝްގެ އަތުގައި ތަޅައިގަތެވެ. ރަނާ އެހާ ލޯބިން އާޝް އޭ ބުނެ ގޮވާލުމުން ރިއާޝް އިތުރަށް ރަނާ އޭނާގެ ދެ އަތުގެ ތެރޭ ހައްޔަރު ކޮއްލިއެވެ. އެ ހިނދު ރަނާގެ ބަނޑުގައި ކޮކާ އުދުހި ގަތެވެ. ބުނާނެ އެއްޗެއް ނޭނގި އޭނާގެ ދުލުގައި ތަޅު އެޅުވުނެވެ. ފަހުން ފަހުން އައިސް އޭނާއަށް މިވާ ގޮތްތަކުން އޭނާއަށް ޝައްކު ތަކެއް ދަނީ ވަމުންނެވެ. އަނެއްކާ އޭނާއަށް ރިއާޝްދެކެ ލޯބިވެވުނީ ބާއޭ ރަނާގެ ހިތަށް އެރީ އެވަގުތުއެވެ. ރަނާ އިތުރު އެއްޗެއް ނުބުނުމުން ރިއާޝް އަށް މަޖާވިއެވެ. އަދި ކުޑަ ކުޑަ ނިއަމް ވެސް ހީހީފައި ގޭތެރެއަށް ވަންނަން ދިއުމުން ފުރުސަތުގެ ބޭނުން ހިފަން ރިއާޝް ބޭނުންވިއެވެ. ރަނާ ތިރީގައި ބެހެއްޓުމަށް ފަހު ލަވައެއް ކިޔަން ފެށިއެވެ.
އަންނާށޭ ސާހިބާ
ފޮރުވޭށޭ މޭ ތެރޭ
އަތުގައި މަގޭ ހިފާ
ރަނާގެ ވަށައިިގެން ލަވައަށް ފައިހަމަ ކުރަމުން އޭނާގެ ކަނާ އަތް ރަނާއަށް ދިއްކޮއްލި އެވެ. ރަނާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އެތައް ސުވާލެއް އޭނާގެ ސިކުނޑި ތެރޭ އެނބުރެމުން ދިޔައެވެ. އޭނާގެ ހިތުގައި އުފެދެމުން މިދަނީ ލޯބީގެ ޖަޒުބާތު ތަކެއް ހެއްޔެވެ.
ވޭނާ އުދާހޭ ލިބޭ މީ
އިޝްގެއް ނުވީމާ އެ ހާސިލް
އިތުބާރުކޮށް ލޯބި ވީމާ
ގެއްލިޖެޔޭ ހޯދި މަންޒިލް
ކިޔާދޭނަމޭ އޭ އަހާށޭ
ލޯބީގެ ވޭނީ ފަސާނާ
ފަސްދީ ދަނީހޭ ހިތާއޭ
ދިނުމުން ހިތާ މޭ މި ޖަނާ
ލަވައިގެ އެހިސާބަށް ދިޔައިރު ރިއާޝްގެ ލޮލުން ކަރުނަ ފައިބަން ފަށައިފިއެވެ. އޭނާގެ މޫނުމަތިން ފިރުކިލާފައި ފައިބަމުންދިޔަ ވާރޭގެ ޝަބްނަމް ތިކިތަކާއި އެކުވެގެން އެ ކަރުނަތައް ވެސް ފައިބަމުން ދިޔައެވެ. މާނޭވާ ލަމުން ބަރު ފިޔަވަޅު ތަކެއްގައި އައިސް އޭނާ ރަނާގެ ކުރިމަތީ ހުއްޓިލިއެވެ. މަޑު ތުރު ތުރެއް އޭނާގެ ތުންފަތުގައި ވީ އިރު އޭނާގެ ދެލޮލުން ހުރިހާ އިހުސާސެއް ބުނެދެމުން ދިޔައެވެ.
ރިއާޝް ކިޔާލި ލަވައިގެ ކޮންމެ ކަޑި އެއް ރަނާގެ ހިތުގެ އެންމެ ފުންމިނަށް ދަތުރު ކުރިއެވެ. އެ އަޑުގައި ވާ ރިހުމާއި އާދޭސް އަންދާޒާ ކޮއްލެވުނެވެ. އަދި މަޑު މަޑުން އައިސް އޭނާގެ ކުރިމަތީ ރިއާޝް ހުއްޓުނު ވަގުތު ރަނާގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅެން ފެށިއެވެ. ރިއާޝްގެ ދެ ތުންފަތް ފޫ އަޅުވާފައި ނުކުންނާނޭ ލަފްޒެއް އަހާލުމަށްޓަކައި އޭނާގެ ހިތް ބޭޤަރާރު ވަމުން ދިޔައެވެ.
“ލޯބި…” ފުންނޭވާއަކަށްފަހު ރިއާޝްގެ ދުލުން ނުކުތީ އެ ލަފްޒެވެ. އެހިނދު ރަނާގެ ދެލޯ ބޮޑުވިއެވެ. “އަހ އައި ލަވް ޔޫ..” ދެ ކަކޫ މައްޗަށް ތިރި ވަމުން ރިއާޝް އަށް ބުނެވުނެވެ. ރަނާއަށް އަނގަ މަތީ އަތް އަޅާލެވުނު އިރު އޭނާ އަށް ރިއާޝްގެ ކުރިމަތީގައި ހުންނަން ވެސަ އުނދަގޫ ވިއެވެ. މަޑު ތުރު ތުރަކާއި އެކު ރަނާއަށް ރިއާޝްގެ ނަން ކިޔާލެވުނެވެ. އިސް އުފުލާލާފައި ރިއާޝް ރަނާގެ ދެލޮލަށް ބަލާލިއެވެ. އަދި ތެދުވެ ވާހަކަ ދައްކަން ފެށިއެވެ. ” ރައްނު މަށަށް އެނގޭ ގަބޫލެއް ވެސް ނުކުރެވޭނެކަން. އެކަމު ކިތަންމެ ދުވަހެއް ވެއްޖެ މަ ރައްނު ދެކެ ލޯބިވަމުން އަންނަތާ. ރައްނު ލައިކް ވާ މީހަކު ހުންނަ ކން ވެސް އެނގޭ. އެ ހުސޭނަކީ ވަރަށް ނަސީބުވެސް ގަދަ މީހެއް. އެކަމު ވެސް. އެކަމުވެސް.. މަ ވެސް ރައްނު ދެކެ ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ…” މަޑު ގިސްލުމަކާއި އެކު އެންމެ ފަހުން ރިއާޝް އޭނާގެ ހިތުގައިވާ ބަސްތައް ދުލާއި ހަމައަށް ގެނައެވެ. “އަ އާޝް.. ކޮން ހުސޭނެއް” ކުޑަކޮއް ހިނި އައިސް ހުރެ ރަނާ އަހާލިއެވެ. “ރަނާއެއް ނޫންތަ ބުނީ ކަމުދާ މީހަކު ފެނިއްޖޭ އޭނައަށް ކިޔަނީ ހުސޭނޭ” ރިއާޝް ހައިރާންވެ ހުރެ ބުނެލިއެވެ. އެހިނދު ރަނާއަށް ހެވުނެވެ. “ތިބުނީ އިއްޔެތަ. ހެހެހެ އެއީ އަހުއްޓި މެން ގޮއްވަން ބުނި އެއްޗެކޭ އަޅޭ” ހެމުން ހެމުން އެހެނަ ބުން ގޮސް ގަސް ތަކު ތެރޭ ހުރި ފާރުބުރިއެއް މަތީ ރަނާ އިށީނެވެ. ފަހަތުން ރިއާޝް ގޮސް ރަނާގެ ކުރިމަތީ އެއްފައި މައްޗަށް އިށީނދެލިއެވެ. އަދި ހުވަނދު މާ ކޯޅި އެއް ބިނދެލައި ދެތިންފަހަރު ކަރު ކެހިލާފައި އަހާލިއެވެ. “އެހެންވީރު މަގޭ ހައްޤަކަށް ވެދޭނަންތަ” މާކޯޅި ރަނާއަށް ދިއްކޮއްލައިގެން އިނދެ އޭނާގެ ފިރެހެނަވަންތަ އަޑުން ރިއާޝް އަހާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




Haadha unexpected konney riaash aa ranaa ge bai midhiyaee hehe hama vrh reethi mi part vc masha allah 😘
Dhw😄 vrh unexpected
Thank you so much dear🥰
Aww this part is amazing..
Thank you🥰
ey mi riaash ge boa vx harey dhw…
hama niam ge ah vanna irah avahehnu ranaa ah lava kiyaidheyn feshileh…
aharumen ge neii viyyaa ehaa loabin lava kiyaidheyne meeheh vx…
ehnve amihlla ah lava kiyan jehenee
aslu cmmnt las v ma srry ingey
loluga rihssaa varun screen ah nu vx beley
ma ekm thi riyaash ge duplicateh hoadhan eba jehey
btw mi part vx vrh reethi Masha Allah ❤️
ham vrh habeys ingey
ma hama bunaane ehcheh vx neyngifa mi inee
ey reeeshaaaaaa when next part?
vrh loabiveyyyy sis 💗
Heenukuraa gothah ulhey holaeh dhw riaash mee
Aan ekujjaa ethaa bahahtaigen nuvaanehnu loabi aruvaakah.
Dhww koyaaa aharumenge neh loabin lava kiyaidheyne meeheh
Saabahey manje cmnt las vegen sorry bunaakah nujeheynehnu
Shafakillah manjey
Thank u
Next part ves liyevunuhaa avahakah up kuraanan
Vrh loabivey❤️❤️
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Haadha curious kohlaafa thi nimaaly
I appreciate your hard work
Thank you dear😊
Here’s the paragraph:
ReeshA CoronA’s story is an absolute masterpiece that captivates readers from beginning to end with its compelling characters, intricate plot twists, and the emotional depth that resonates through every chapter. The way the narrative unfolds is both unpredictable and engaging, keeping the audience on the edge of their seats while offering moments of profound reflection and heartfelt emotion. What makes the story particularly impressive is the author’s ability to blend vivid world-building with character-driven storytelling, allowing readers to feel fully immersed in the universe while remaining deeply connected to the personal journeys of the protagonists. Each character is crafted with such nuance and authenticity that their struggles, triumphs, and growth feel entirely real, making it easy for readers to empathize with their experiences. The themes explored—such as friendship, loyalty, identity, and the battle between light and darkness—are presented with a fresh perspective that adds layers of complexity without ever feeling heavy-handed. Moreover, the pacing is expertly balanced, with moments of intense action seamlessly transitioning into quieter, reflective scenes that provide emotional depth and insight. The dialogue is sharp and realistic, perfectly capturing the unique voices and personalities of the characters while advancing the story in meaningful ways. What truly sets ReeshA CoronA’s story apart, however, is the emotional resonance it carries; it doesn’t just entertain—it leaves a lasting impact, encouraging readers to think deeply about the themes and relationships long after they’ve turned the final page. The story’s ability to blend heart-pounding excitement with genuine emotional vulnerability is a testament to the author’s storytelling prowess, ensuring that each twist and revelation feels both surprising and inevitable. The world itself is richly detailed, with a history and culture that feel fully realized, enhancing the sense of immersion and making every location feel like a living, breathing place. Furthermore, the narrative is filled with powerful moments of character development, where individuals are tested, broken, and ultimately transformed in ways that feel both organic and satisfying. Whether it’s the intensity of the climactic scenes, the quiet beauty of a heartfelt conversation, or the subtle foreshadowing that pays off in unexpected ways, every aspect of the story is crafted with care and purpose. It’s a rare kind of tale that manages to balance epic stakes with intimate, character-driven moments, creating a reading experience that is as emotionally fulfilling as it is thrilling. The depth of the lore, the richness of the relationships, and the sheer artistry of the prose make ReeshA CoronA’s story a truly unforgettable journey—one that lingers in the heart and mind long after the final words are read.