Skip to content
އެސްފިޔަ

ތީ އޭ ހަނދަކީ 30

ރިއާޝްގެ ހަރަކާތްތަކަށް ބަލަން އިން ރަނާގެ ފިނިފެންމަލެއް ފަދަ ތުންފަތް ދެމިލީ ފަރި ހިނިތުންވުމަކުންނެވެ. އޭނާގެ ދޫ ހަރަކާތް ނުކުރިޔަސް، އާނ އެކޭ ބުނުމަށް އެދި ހިތް ގޮވަންފެށިއެވެ. ރިއާޝްއާ ދިމާއަށް ބެލުން ނޫން ކަމެއް އޭނާއަކަށް ނުކުރެވުނެވެ. ކުޑަމިނުން ރިއާޝް ދިއްކޮއްލައިގެން ހުރި މާ ކޯޅިއަކު ވެސް އޭނާއަކަށް ނުހިފުނެވެ.

“އޯކޭ އޭ ވިސްނާލަން ދުވަސްކޮޅެއް ނެގިޔަސް. ބަޓް ޑޯންޓް ޖަސްޓެ ސޭ ނޯ ޕްލީޒް” ނެގިމަޑުވަމުން ދިޔަ ހިތް ހަމަ ޖައްސަން މަސައްކަތް ކުރަމުން ރިއާޝް އާދޭހުގެ ރާގަކަށް ބުންޏެވެ. ރަނާއަށް ކުޑަ ހިތް ވަރެއް ލިބުނީ ދެނެވެ. މަޑު މަޑުން އޭނާގެ ކަނދުރާ ހަރަކާތް ކޮއްލިއެވެ. އާނ އެކޭ ބުނާ ފަދައިންނެވެ. “ތިބުނީ މަށާ ރައްޓިހި ވާނަމޭ ތަ” އެކަމުން ނަގަންވީ މާނައެއް ފަހުމް ނުވުމުން ރިއާޝް އަހާލިއެވެ. އެހިނދު ރަނާ އަނެއްކާވެސް ބޯ ޖަހާލިއެވެ. ރިއާޝްއަށް ދޫކޮއްލެވުނީ ފުންނޭވާ އެކެވެ. ރަނާއަށްޓަކައި ހިތުގައި ލޯބި ސިއްރު ކޮއްގެން އުޅޭތާ ހާދަހާ ދުވަހެއް ވެއްޖެ އެވެ. އެންމެފަހުން އޭނާގެ ހިތަށް ލުޔެއް ލިބިއްޖެ އެވެ. އުފަލުން އޭނާ ރަނާގެ ދެއަތްތިލައިގައި ހިފާ އެ ދެ އަތަށް ބޮސްދިނެވެ. ރިއާޝްގެ ތުންފަތުގެ ބީހިލުން އިހުސާސް ވުމާއި އެކު ރަނާގެ ގައިން ހީބިހި ނަގައިގަތެވެ. އަދި ރިއާޝް އޭނާގެ އުނގުގައި ބޯ އަޅާލުމުން ރިއާޝްގެ އިސްތަށުގަނޑުގެ ތެރެއަށް އޭނާގެ އަތް މަހާލައި ފިރުމާލިއެވެ.

އަހުޝަމް އިނީ ރިވާގެ އިންތިޒާރުގައި އެގޭ ތިރީގައެވެ. ސައިކަލު މަތީ ވަގުތު ގުނާލަ ގުނާލައެވެ. އަތުގައި އޮތް ގަޑީގެ ސުކުންތު ކަށްޓައް އިރު އިރު ކޮޅާ އޭނާގެ ނަޒަރު ހުއްޓެއެވެ. ދެން އޭނާގެ ނަޒަރު ދަތުރު ކުރަނީ ރިވާ ނުކުމޭތޯ އެގޭގެ ދޮރޯއްޓަށެވެ. އެދެ އެއްޗަށް ބަލައިލަ ބަލައިލާ އޭނާ އެތާ އިންނަތާ މިހާރު 7 މިނެޓު ހިނގައިފިއެވެ. ރިވާ ނުކުންނަން ބުނި ގަޑި ޖެހެން ބާކީ އަދި ތިން މިނެޓު އެބަ އޮތެވެ.

އެންމެ ފަހު ކަމަކަށް ނިތްގަނޑުމައްޗަށް ވެއްޓިފައިވައި އިސްތަށިކޮޅުގައި ފުނާ ކާއްތާލަމުން ރީތިވާމޭޒު ދޮށުން ރިވާ ތެދުވިއެވެ. އަދި އެނދުމަތީގައި އޮތް ފޮތް ދަބަހަށް ލުމަށްފަހު އަވަހަށް ގެއިން ނުކުންނަން ހިނގައިގަތެވެ. ގެއިން ނުކުން އިރު އަހުޝަމް އިންތިޒާރުގައި އިންތަން ފެނުމުން އޭނާއަށް ހެވުނެވެ. އަދި އަވަސް އަވަހަށް ގޮސް ސަލާން ގޮވާލިއެވެ.

ސިހިފައި ފަހަތް ބަލައިލި އަހުޝަމްގެ މޫނު ގޮސް ރިވާގެ މޫނުގައި ނުޖެހުނީ ކިރިޔާއެވެ. އެވަގުތު އޭނާ ގަޑި ބަލައިލި އިރު ބަރާބަރު އަށްގަޑި ސުންމިނެޓެވެ. “ހާދަ ގަޑިޔަށް ސަމާލޭ ދޯ. ސަންތިމަރިޔަނބާ ދިމާ އިދިކޮޅު. ތިކަހަލަ މީހުން ގޮވައިގެން އުޅެވިދާނެ. އަވަހަށް އަރާ” އަހުޝަމް އިނީ ހަމަ އަސްލަށްވެސް އާޝޯޚު ވެފައެވެ. ރިވާ ގަޑިއަށް ސަމާލުވާ މިންވަރުގެ ބޮޑު ކަމުންނެވެ. އޭނާއާއި އެކީގައި އުޅޭ އެކަކު ވެސް ގަޑިއަކަށް ތައްޔާރެއް ނުވާނެ އެވެ. ވަކިން ޚާއްސަކޮށް ނަޔާ އާއި ރީޝާއެވެ. ރިއާޝްގެ ކަންތައް އަދި އެއަށްވުރެ ބޮޑު ވާނެއެވެ. އެކި މީހުންގެ ލަސް ކަމާއި ތަތް ކަމުގެ ވާހަކަ ދައްކަމުން އަހުޝަމް އޭނާގެ މިސްރާބު ބެހެއްޓީ އާޓިފިޝަލް ބީޗަށެވެ.

މޫދު ފެންނަ ހިސާބެއްގައި ހުރި ބެންޗެއްގައި އަހުޝަމްއާއި ރިވާ އިށީނެވެ. އެއަށްފަހު ރިވާ އޭނާގެ އަތް ދަބަހުން ޑައިރީ ނަގައި އަހުޝަމްއަށް ދިއްކޮއްލިއެވެ. އޭނާއަށް ފޮޓޯ ނުނެގިފައި ހުރި ސަފްހާތަށް އަހުޝަމް ކިޔަންފެށިއެވެ. ރިވާ ބަލައި އަންނަ ގަޑި ޖެހެންދެން އޭނާ ވަގުތު ހޭދަ ކުރީ އޭނާ ފޮޓޯނެގި ސަފްހާތައް ކިޔުމުގައެވެ. އެފޮތުގައި ވަނީ ހުސް ރިވާ ކަޑައްތު ކުރި ހިތްދަތި ދިގު ރާސްތާގެ ވާހަކަ އެވެ. އެއިން ބައެއް ޞަފްޙާތައް ތަފްސީލް ކޮއްދެމުން ދިޔައިރު ރިވާއަށް ރޮވެމުން ދިޔައެވެ. އަދި އެންމެ ހިތްދަތި ބަޔަކަށްވީ އޭނާއަށް މައެއްގެ ލޯބި އެހުރިހާ ދުވަހު ދިން މަންމަ ނުކުޅެދޭ މީހަކަށްވެ އެނދު ތަންމަތިވި ދުވަހުގެ ވާހަކައެވެ. އެވާހަކަތައް ރިވާގެ ދުލުން ބެރު ކުރަމުން ދިޔައިރު ރިވާއަށް ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ. އަހުޝަމްގެ ހިތަށް ކެތް ނުވުމުން އޭނާގެ ކަނާއަތް ރިވާގެ ކޮނޑުގައި ވަށާލާއި އޭނާގެ ގަޔާ ކައިރި ކޮއްލިއެވެ. އަދި ރިވާ އަހުޝަމްގެ ކޮނޑުގައި ބޯއަޅައިގެން އޮވެ ރޮމުން ދިޔައީ އެތައް ދުވަހެއްގެ ކަރުނަތައް އެއްފަހަރާ އޮހޮރާލާ ފަދައަކުންނެވެ. އޭނާގެ ޙާލާމެދު އެންމެ ފުރަތަމަވެސް ސުވާލުކޮއްލި މީހަކީ އަހުޝަމެވެ. އޭނާގެ ޙާލާ މެދު ހަމްދަރުދީވެ ހިމާޔަތުގެ އަތެއް ދިން ހަމައެކަނި ފިރެހެނަކީ އަހުޝަމެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތުގައި އަހުޝަމަށްޓަކައި ޚާއްޞަ މަގާމެއް ދެވުނެވެ. ނޭނގޭ ހިތްހަމަ ޖެހުމަކާއި ތަސައްލީއެއް އޭނާއަށް މިރޭ ލިބިއްޖެއެވެ.

އަހުޝަމްގެ ހިތް ވިރިގެން ފައިބާ ކަހަލައެވެ. މީގެ ކުރިން ދުވަހަކު ވެސް އަންހެން ކުއްޖަކު އެހާ މައުސޫމު ކޮށް އޭނާގެ ދެއަތުގެ ތެރޭ އޮވެ ރޮއެފައެއް ނުވެއެވެ. މިހާ އަސަރުގަދަ ޙަޔާތު ނާމާއެއް އޭނާ އަޑު އަހާފައެއް ނެތެވެ. އޭނާ ބޭނުންވީ ނިމުމެއް ނުވާ އުފާ ރިވާއަށް ދޭށެވެ. ރިވާގެ އުނގު ލޮއެއްބާ އުފަލުން ފުރާލަދޭށެވެ. ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އޭނާގެ ހިތުގައި ގޮތްނޭނގޭ މީހަކާ މެދު ކުލުނާއި ހަމްދަރުދީ އުފެދުނު ފަރާތަކީ ރިވާ ކަމަށް ވީ އިރު އޭނާގެ ހިތުގައި ވީ ކުލުނާއި ހަމްދަރުދީ ލޮއެއްބަށް ބަދަލުވާކަށް ގިނަ އިރު ތަކެއް ނުނެގިއެވެ. “ރިވާ ދެން ހުއްޓާލާ! އަހަރެން ރިވާ އިތުރަށް ދެރަވިޔަކަ ނުދޭނަން. ރިވާ އަހަންނަށް ފުރުސަތެއް ދީފިއްޔާ މުޅި އުމުރު ރިވާގެ ޚިދުމަތުގައި އަހަރެން ހޭދަކުރަން މިހުރީ ތައްޔާރަށް. ރިވާއަށް ހުސްނުވާ ވަރަށް ލޮއެއްބާއި އަޅާލުންދޭން އަހަރެން މިހުރީ ތައްޔާރަށް!” އަހުޝަމްގެ ދުލުން އެބަސްތައް ބޭރުވީ ޚުދު އޭނާގެ އިޚުތިޔާރަކާއި ނުލައެވެ. އެކަމާ އޭނާ ވެސް ހައިރާން ވިއެވެ.

އަހުޝަމް ބުނި ބަސްތަކުން ނަގަންވީ މާނައެއް ނޭނގުމުން ރިވާ ހަށިގަނޑު ސީދާ ކޮއްލުމަށްފަހު އަހުޝަމްގެ މޫނަށް ބަލައިލިއެވެ. އެހިނދު އަހުޝަމްގެ ދެލޮލުން އޭނާއަށް ފެނުނީ ނިމުމެއް ނުވާ ލޮއެއްބާއި ކުލުނެވެ. އިންތިހާ ދަރަޖައިގެ އާދޭހާއި ހަމްދަރުދީއެވެ. “ކީކޭ ތިބުނީ” ވާނުވާ ނޭނގޭ ޙާލު ރިވާ އަހާލިއެވެ. “މިބުނީ… ރިވާ އާނއެކޭ ބުނެފިނަމަ މުޅި އުމުރަށް ރިވާ އަހަރެންގެ މީހަކަށް ހަދައިގެން ލޯބިން ގެންގުޅޭނަމޭ” އަނެއްކާވެސް އަހުޝަމްއަށް އެހެން ބުނެވުނީ އިޚްތިޔާރުން ބޭރުގައެވެ. ނަމަވެސް އޭނާގެ ހިތުގެ އަޑިން ދިޔައީ ރިވާ އޭނާގެ ޙައްޤަކަށް ހެދުމަށް އެދި ގޮވަމުންނެވެ. ރިވާ ދޭނޭ ޖަވާބެއްގެ އިންތިޒާރުގައި ރިވާގެ ދެލޮލަށް ނަޒަރު ސީދާ ކޮއްލައިގެން އަހުޝަމް އިނެވެ. “އަމްމް ވިސްނާލަން ޖެހޭނީ..” އަހުޝަމްއަށް ދޭނޭ ޖަވާބެއް ނޭނގުމުން ރިވާ އިސްދަށަށް ޖަހާލަމުން ބުނެލިއެވެ. އެވަރުން ވެސް އަހުޝަމްގެ ހިތް ހަމަ ޖެހުނެވެ.

އޭގެ އަނެއް ދުވަހު ސްޓީޑިއޯގެ ތެރޭގައި ހީވަނީ ދެ ޢީދު އެއްފަހަރާ ލައިގެން އުޅޭ ހެންނެވެ. ރިއާޝްއާއި ރަނާ ގުޅުމުންނެވެ. އެ ޚަބަރު ރޭގައި ރިއާޝް ވައިބަރ ގުރޫޕުގައި ޖަހާފައި އޮތުމުން އެންމެން ވަނީ މިއަދު ސައެއް ތައްޔާރު ކުރުމުގެ ތައްޔާރީތައް ރެއިން ސުރެން ފަށްޓާފައެވެ. ނަޔާ މެން ކޭކާއި ސޮސެޖު ފިހެގެން ގެނައެވެ. އަހުޝަމް އައީ ދަޅު ކޭހެއް ހިފައިގެންނެވެ. އަދި އެކުދިންގެ އުފަލުގައި ރިވާ އާއި ރިޔާޝް ވެސް ސްޓޫޑިއޯ އަށް އައިސް އުޅެއެވެ. ނަޔާމެން މާފަތި ހަދައިގެން ރަނާއާއި ރިއާޝްގެ ކަރުގައި އެޅުވިއެވެ. އެ ސަކަރާތްގަނޑުގެ ތެރެއިން ދެން އިވުނީ ރިވާ އަހުޝަމްގެ ލޯބި ގަބޫލު ކުރިކަމުގެ އުފާވެރި ޚަބަރެވެ. އަހުޝަމް ހުރިތާނގައި ހުއްޓުނު އިރު އޭނާ އަނގަޔަށް އަޅާލި ކޯކު ފޮދު ވެސް ވީ އަނގައިން ބޭރެވެ. އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައިރު ރިވާ އައިސް އަހުޝަމަށް ޓިޝޫ އެއް ދިއްކޮއްލިއެވެ. އެންމެން ވާ ވާ އޭ ކިޔާ ހަޅޭއްލަވައިގެން ވަގުތު އަހުޝަމް ލަދުން މޫނު މަތީ އަތް އަޅާ އަނެއް ފަރާތަށް އެނބުރުނެވެ. “އިލާހީ ބަލާބަލަ އެންމެ އަންހެނުންނާ ދުރު މީހާ ހިއްލާލި މަންޖެ. ކަލޭ ކޮންއިރަކު ފެށި ކަމެއް. ރިވާއަށް ގޮވާލަންށޭ ކިޔާފައި އެ ގެއަށް އަބަދު ގޮސް މީ ދޯ މީނަ ގަންނަ ގަނޑަކީ” ރިއާޝް ގޮސް އޭނާގެ ކަރުގައި އޮތް މާ ފަތި އަހުޝަމްގެ ކަރުގައި އަޅުވަމުން ދިމާ ކުރަން ފެށިއެވެ. “އެންމެ ފަހުން ބިޓެއް ނުލިބުނު މީހާއަށް ބިޓެއް ވެސް މިއޮއްވީނު” ރަނާ ވެސް ހަމަ އެފޯރީގައި ގޮސް އޭނާގެ މާފަތި ރިވާގެ ކަރުގައި އަޅުވަމުން ބުނެލިއެވެ. ދެން ކުރިއަށް ދިޔައީ އެކަކު އަނެކަކަށް ސަލާން ގަލާން ކުރުމެވެ. ރިޔާޝް ވެސް ފޯރީގައި އެ ސަކަރާތުގައި ބައިވެރި ވަމުން ދިޔައެވެ. ނަމަ ވެސް އޭނާގެ ހިތުގައީ ވީ ފަޅު ކަމަކަށް ނިމުމެއް ނައެވެ.

އޭގެ ތިންމަސް ފަހެވެ. ރިވާ އާއި އަހުޝަމްގެ ކައިވެނީގެ ކަންތައްތައް ރޭވެމުން ދަނީ އެވެ. އަބޫބަކުރު ހޭވައްޓާލާފައި ކަންކަމުގައި އަވަދި ނެތި އުޅުނެވެ. ކައިވެނި ކުރެވޭ މާލަމަކަށް ކަނޑައެޅުނީ އެ ގޭ ޓެރަހެވެ. ހެދުންފަހާ ފޮތި ކޮތަޅުތައް އިރު އިރު ކޮޅާ އެގެއަށް އާދެ އެވެ. ގޭތެރެއިން މީހުން ހުސް ނުވެ އެވެ. ނަޔާއާއި ރިހުލާ އިރު އިރު ކޮޅާ ރިވާ ލަދު ގަންނަވައެވެ. ރިއާޝް ޖެއްސުން ކުރާ ވަރުން އަހުޝަމް ބޯފަޅައިގެންދާހާ ވެއެވެ. “ރިއާޝް ތިގޭގައި ހަރުގަނޑެއް ހުރިއްޔާ ގެނެސްދޭން ވީނު” ދޮރުފޮތި ގަނޑު ހަރުކުރަން ހުރެފައި ޝަރީފް ރިއާޝްއަށް ގޮވާލަމުން ބުނެލިއެވެ. އަދި އާނ އެކޭ ބުނެ އަވަސް އަރުވާލާފައި ރިއާޝް ގެއަށް ދިޔައީ ޝަރީފް އެދުނު ކަންތައް ކޮއްލައިދިނުމަށެވެ.

ފިނިފެންމާތަކަކުން ފިޔަ ނައްޓަން ތިބި ރިވާ އާއި ނަޔާ ސިހުނީ ގޭގެ ދޮރު ހުޅުވާލާފައި ސަލާމް ގޮވާލި އަޑު އިވުމުންނެވެ. އެދެމީހުންގެ ދެލޯ ބޮޑުވެ ކޮޅަށް ތެދުވެވުނެވެ. އެވަގުތު ރިއާޝްއަށް ގުޅަމުން އެދިމާލަށް އައި އަހުޝަމްއަށް ވެސް ވީ އެވަރެވެ. އަނގަ ހުޅުވި އެމީހަކާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. Yaa

    Ohh pls be reeshaa….love this part

    1. ReeshA CoronA
      Yaa

      Thank u 💓

  2. leeshaa

    emme fahun rivaa and ahusham vx gulhunee..
    dhn nugulhi meehaku huriyyaa e meehaku vx gulhuvaalahchey koyaa…
    hama bunaane ehcheh vx neyngifa mi inee 🤤
    mi vaahakaiga dhe thin season continue kuran feney…
    mihaaru o’level ah foii kiyumuge badhaluga mee kureyey kamakee..
    mamma kiyaa thi kiyaa vaahaka thakun hey testuga suvaalu annanee 😅
    ehnve ma bunee mamma kairi suvaalu kiyaa vaahakain nayakas haadha reethi sorun ulheyey vaahakaiga…
    mamma saabas dhey varakah vhk keema nimuneenu dhw
    ekm bappa nahttaigen aranee rulhi eh noon
    ma hithah araa parents mi thibee opposite koshey aharun men geyga
    ehn geygeyga mamma akee rulhi gadha meehaa ekm aharun men geyga mamma vrh cool
    maa bodah comment dhigu vejje dhw
    dhn nimmaalee ey
    vrh salaamey
    vrh loabiveyyyy dhn koyaa💗

    1. ReeshA CoronA
      leeshaa

      Kaleyney aan gulhavan huri meehaku viyyaa gulhuvaafa ninmaanee. Aslu ves dhethin season genna kahala dhw. Saabahey manjeyaa manjege manma ah ves vhk liyaa varu vehjje mihaaru

  3. Aalerrr

    Masha Allah mi part vx vrh reethi..
    When’s next part?
    Curiously waiting for the next part

    1. ReeshA CoronA
      Aalerrr

      Thank you
      Insha allah roadh mas nimumuge kurin next part

  4. Nayaa

    Koyaaaa saabaheyyy thi kuraa hivvarah!! ❤️
    Ey ma bunii mi ulhey ahutti ves haadha gadha kohfi ey dho psps thaaku huri bodu galhi boleh viyya ekam manje thi ulhenii manje dhahtha aa dhevan.. dhen avahah aash bro aa rannu aa gulhuvaafa reesh aa yaash dhonbe ves gulhuvaa brother
    Dhen varah salaamey
    Engeynu dhen nubunyyas loabi vaakan dho 😘😘😘😘😘😘😘

    1. ReeshA CoronA
      Nayaa

      Manje thiya dhey saabahah hama sukuriyyaa
      Ahutti gadha vaanehnu ma gadhaiyyaa. Kaley shukuru kohbala ahutti kaleyaa nudhevi kan
      Aan thi kee enmen gulhuvumuge masahkaiy kurevemun dhanee hama.
      Hoon ingeyey
      Ma ves juheyne dhw konme hen bunaakah. Engeynu dhen🥰😘😘😘😘😘

Comments are closed.