Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ތީ އޭ ހަނދަކީ 28

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
March 21, 2025 4 Mins Read
11 Comments

ޝަރީފް ގެއަށް ވަން ވަގުތު ދިމާވީ ރީޝާގެ ފޯނު ކޯލެއްގައި ހުރެ ރިވާ ކޮޓަރިން ނިކުން ވަގުތާއެވެ. ރީޝާ އަދިވެސް މީހަކާ ވާހަކަ ދައްކާ މޫޑު ނެތުމުން ރިވާ ހިމޭނުމް ހުރެ ނިކުތީ ބެލްކަންޏަށެވެ. ބައްޕަ މެންނަށް ރީޝާގެ ޙާލު ކިޔައިދީ ހަދަނީ އޭނައެވެ. އެއް ފަހަރު ފޯނުން ވަސީމާ އަދި ޝަރީފްއާއި ރީޝާ ވާހަކަ ދެއްކި އެވެ. އޭގެ ފަހުން ވެސް ވޭތުވެދިޔަ ތިން ހަފްތާ ތެރޭ ހަތަރު ފަހަރު ވަސީމާއަށް ރީޝާ ގުޅިއެވެ. ނަމަވެސް މާގިނަ ވާހަކަތަކެއް ދެއްކޭ ވަރެއް ނުވެ އެވެ. ވަކި ހިސާބަކުން ރީޝާއަށް އަދިވެސް ރޮވޭތީއެވެ. ރިވާގެ އެކްސިޑެންޓްގެ ވާހަކަ ރީޝާ އަށް އޮތީ އެނގިފައެވެ. ނަމަވެސް ރިވާއަކީ ވިސާމާއާއި ޝަރީފްގެ ދަރިފުޅު ކަމެއް ރީޝާއަކަށް ނޭނގެ އެވެ. ހަޤީޤަތުގައި އެކަން ރީޝާއަށް އެނގޭނަމަ އޭނާ މާ އުފާވީހެވެ. އެހެނީ މަންމަ އާއި ބައްޕަގެ އުފަލަކީ އޭނާގެ ވެސް އުފަލެވެ.

 

“ރީޝް ދޮންތިއަށް ފެންނަނީ ތިތާ ނުހުރެ ދެން އަންނަން. ސީދާ މާލެ އަށް ނަޔަސް ރާއްޖެ އާދެބަލަ. ގޮސް ކައިރި ރަށެއްގައި ހިތްހަމަ ޖެހެންދެން ހުރެލިޔަސް އޯކޭ ވާނޭ! ތިހެން ރިޔާޝް އަށް ފިލަން ދުވެގެން ކޮން ކަމެއް ރީޝްއަށް ހާސިލް ކުރެވޭނީ” ރިވާ އަބަދުވެސް ހުންނަނީ ރީޝާއާ މެދު ކަންބޮޑުވެފައެވެ. “ދޮންތީ! ރީޝް މިތަނަށް މިއައީ ހަދާނެ ގޮތެއް ނޭނގިގެން. އަދި އެނބުރި ދާނީ ކުރިޔަށްވުރެ މާ ވަރުގަދަ ހިތަކާއިގެން. މުޅިން ޗޭންޖް ވެގެން… ދެން އިހަށް ބާއްވަނީ. މަންމަ އާއި ބައްޕަ އަށް ސަލާމް” ރިވާއަށް އެއްޗެއް ބުނަން ފުރުސަތެއް ނުދީ ރީޝާ ފޯނު ކަނޑާލިއެވެ. އަނެއްކާވެސް އޭނާއަށް މަޖުބޫރުވީ ވިސްނާށެވެ.

 

ރީޝާގެ ކޮޓަރި ތަރުތީބު ކޮއްލުމަށްފަހު ރިވާ އޭނާގެ ކޮޓަރި އަށް ދިޔައީ ދޮވެ ހިއްކާފައިވާ އަންނައުނުތައް ފަތްޖަހާށެވެ. އެ މަސައްކަތް ނިމި އަލަމާރިއަށް ހެދުންތައް އަޅަން އުުޅުމުގެ ތެރެއިން އޭނާގެ ލޮލުގައި އަޅައިގަތީ ބަނޑަވެރި ގަނޑު ނެއްޓިފައިވާ ފޮތެކެވެ. ފޮތުގައިވާ ހުދު ކަރުދާސްތައްް ވަނީ ކަތުރުފަނި ކާން ފަށާފައެވެ. ހުދު ކުލަ މަޑު މަޑުން މުށިކުލަޔަށް ބަދަލު ވާން ފަށާފައެވެ. އެ ފޮތް ހިފައިގެން އޭނާ ނިކުތީ ރީޝާގެ ކޮޓަރީގެ ބެލްކަންޏަށެވެ. އެ ކޮޓަރީގައި ހުރި ކޮމްޕިއުޓަރުން ރީތި ލަވައެއް އަޅުވާލުމައްފަހު ބެލްކަނީގައި އިން އުނދޯލީގައި ރިވާ އިށީނދެލިއެވެ. އަދި ފޮތް ހުޅުވާ އޭގެ ޞަފްޙާތައް އުކަންފެށިއެވެ.

 

ކޮމެޑީ ލޭންޑްގެ ސްޓޫޑިއޯގައި ހަރަކާތްތެރި ވަމުން ދިޔަ ނަޔާގެ ހަރަކާތްތައް އަވަހެވެ. މީގެ ކުރިން ތަތް ފަތަރާސިއެއް ކަހަލަ ކުއްޖާ ރީޝާ ފިޔަފަހުން މުރާލި ވެއްޖެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ސްޓޫޑިއޯ ކުނިކަހާ މޮޕުލައި ފޮޅާ ސާފު ކުރުމަކީ ރީޝާ އާދަކޮށް ކުރާ ކަމެކެވެ. ނަމަވެސް ރީޝާ ނެތުމުން އެކަން ކުރާނެ އިތުރު މީހަކު ނުވެއެވެ. އެންމެ ފަހުން ފަޔަށް އުނދަގޫ ވެގެން ނަޔާ ކޮންމެ ފަހަރަކު ކުނި ކަހާ މޮޕުލައެވެ. ނޯށަށް އުނދަގޫ ވީމާ އަހުޝަމް ނުވަތަ ރިއާޝް ލައްވާ ތަންތަން ފޮޅާ ސާފު ކުރުވައެވެ.

 

ނަޔާ އެމަސައްކަތުގައި އުޅެނިކޮށް ރިއާޝް އައިސް ވަނީ ޖަބުލާނީ ކޮތަޅެއް ހިފައިގެންނެވެ. ސިއްރު ސިއްރުން އޭނާ ގޮސް އެކޮތަޅު ފޮރުވިއެވެ. އަދި ކޮމްޕިއުޓަރު ކައިރީ ހަމަޖެހިލީ ސީދާ “ތުއްތުމަނިކުބޭ”ގެ ނަން ލިޔެވިފައިވާ ގޮނޑީގައި އިށީނދެފައެވެ. ރަނާ ގޮވައިގެން އަހުޝަމް ވެސް އައެވެ. އޭނާއަށް ނުގުޅާ އަހުޝަމްއާއެކު ރަނާ އައުމުން ރިއާޝް ފާޑަކަށް ރުޅި އައެވެ. “އޭ! ކައެ މެން ދެމީހުން ކޮންތާކުން ތިއައީ” ސީރިއަސް ގޮތަކަށް އޭނާ އެހެން ބުނި އިރު މޫނުމަތިން ވެސް ހިސާބަކަށް ހިތްހަމަ ނުޖެހިފައިވާކަން ފާޅުވަމުން ދިޔައެވެ. “ކީއްވީ. މަގޭ މިއައީ ގޭން. އައިމިނަބީ ވެސް އެއައީ ގޭން. ކަލޭ ހީކުރީ ކޯޓުން ކަމަށްތަ. ކަލޭ ބޭނުމިއްޔާ ކޯޓުން ކައިވެނި ކޮއްލައިގެންވެސް އައިސްފާނަން” އަހުޝަމް އެހެން ބުނީ ހަމަ ގަސްތުގައި ރިއާޝް ރުޅިއަރުވާލުމަށެވެ. ކަންވީ ވެސް އެފަދައިންނެވެ. ރިއާޝް ހަމަ ރަނގަޅަށްވެސް ރުޅި އައެވެ. “އަހުއްޓި ކައެ މޮޔަވީތަ. މަގޭ ދުނިޔޭގައި ހުއްޓާ ލާހިކެއް ނޫން މަގޭ އައި…” “އޭ ވާރޭ ވެހޭ އެބަ” ރިއާޝްގެ ދުލުކުރީގައި އެންމެ މުހިންމު ލަފްޒު އޮއްވާ ނަޔާ ހަޅެއްލަވައިގަތެވެ. އަހުޝަމް ކުރި ހުރިހމަސައްކަތެއް ފެނަށެވެ. ރިއާޝްގެ ދުލުން “މަގޭ އައިމިނަބީ” އޭ ބުނަންދެން ވާރޭ ނުވެހި މަޑުކޮއްލި ނަމައޭ އޭނާގެ ހިތަށް އެރިއެވެ. އޭރުން ހަމަ ގައިމުވެސް ރަނާއަށް ރިއާޝްގެ ހިތުގައި ވަނީ ކާކުކަން އެނގޭނެ އެވެ.

 

ނަޔާގެ ފަހަތުން ބެލްކަންޏަށް ނުކުން ރަނާއާ  ދިމާއަށް ރިއާޝް ބަލައިލީ ދުލު ކުރީގައި ދަތް އަޅައިގެން ހުރެ އެވެ. އެއަށްފަހު އޭނބަލައިލީ އަހުޝަމް އަށެވެ. ފާޑަކަށް ހެވިފައި އަހުޝަމް ހުރުމުން އޭނާގެ ފަހަތުން ދުއްވައިގަތެވެ. އެންމެ ފުރަތަމަ އަތުގައި ޖެހުނު ޓޭޕު ރޯލު ހިފައިގެންނެވެ. އަހުޝަމް ދުއްވައިގަތީ ރަނާ ކައިރިއަށެވެ. އަހުޝަމް ގޮސް ރަނާ ކައިރީ ހުއްޓުމުން ރިއާޝްއަށް ކުރިއަށް ދާކަށް ނޭނގުނެވެ. ހަމަ ގައިމިވެސް މިހާރު ރަނާއަށް އެނގޭނެއޭ އޭނާގެ ހިތަށް އެރިއެވެ. ހެމުން ހެމުން ބެލްކަނީގެ ރެއިލިންގައި އަހުޝަމް ލެނގިލިއެވެ. އޭރު ނަޔާއާއި ރަނާވެސް ވާރެއަށް އަތް ދިއްކުރަމުން ހެމުން ދިޔައެވެ. ގަމާރެއްހެން އެތެރޭގައި ދެކޮޅަށް ހިނގަ ހިނގާ ހުރީ ރިއާޝްއެވެ. “އޭ މަންޖޭ ސަޅި ބިޓެއް ނުލިބޭތަ އެކޮޅަކުން.” ކޮންމެސް ވާހަކައެއް އަޅުވާލުމުގެ ނިޔަތުގައި އަހުޝަމް ރަނާއާ ސުވާލު ކޮއްލިއެވެ. “ކަލޭމެންނަށް ކަމުދާ މީހުންނެއް ނޫޅޭ. އެކަމަކު މަށަށް ހޯދިން” ނިކަން ފޮނިވެލާފައި ރަނާ ބުނި ގޮތުން އަހުޝަމަށް ފޯރި އެރި އެވެ. އެހެންވެ ރިއާޝްއަށް އަޑު އިވޭހާ ބާރަށް އަނެއްކާވެސް އަހާލިއެވެ. “ހުވާ? މަންޖެއަށް ބިޓެއް ލިބުންން?? ކޮން ނަމެއްތަ ކިޔަނީ” ރިއާޝް ވަގުތުން ބެލްކަނި ދޮރު ކައިރިއަށް އައެވެ. އަހުޝަމް ހުރީ ނޭނގޭ ކަމަށް ހަދައިގެންނެވެ. “ގެސް ކޮއްބަލަ. ހަމަ ދިވެއްސެއް” ރަނާގެ އެ ޖުމްލައިން ރިއާޝްއަށް ފަހަތައް ޖެހިލެވުނެވެ. ރަނާގެ ލޯބިވެރިއެއް ހުރޭ ހެއްޔެވެ. ވީއިރު މި ވީހާ ދުވަހު އެމީހާގެ ވާހަކަ ނުބުނަނީ ކީއްވެގެން ހެއްޔެވެ. އޭނާއާއި ރަނާއާ ދެމެދު ބޭއްވެން އޮތީ ހަނައެކަނި އެކުވެރި ކަމުގެ ގުޅުމެއް ހެއްޔެވެ.

 

ރަނާ ސީރިއަސް ނޫން ކަމަށް ހީކޮށް ވަރަށް ވެލާފާއި އަހުޝަމް އެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ. އަދި ނަޔާވެސް އެކި އެކި ފިރެހެނުންގެ ނަންތައް ކިޔަން ފެށިއެވެ. “ޕިސް ތިކަހަލަ ނަމެއް ނޫނޭ. ވަރަށް އާދައިގެ ނަމެއް!” ނަޔާ ކިޔަންފެށި މޮޅެތި ނަންތައް އިވި ހިނިއައިސަފައި ހުރެ ރަނާ ބުންޏެވެ. “އެހެންވިއްޔާ…. ހުސޭނު” ވަރަށް ވިސްނަން ހުރެފައި އަހުޝަމް ބުންޏެވެ. “ވަޓް. ކިހިނެއް އިނގުނީ” ސިހޭ ކަމަށްހެދި ރަނާ އަހާލިއެވެ. ހަގީގަތުގައި މަ ގިނަ ނަން ތައް ކިޔަންފެށުމުން ފަސޭހަ ނަމަކަށް އޭނާ އާނއެކޭ ބުނީއެވެ.

 

ހުސޭނުގެ ނަން އިވުނު ރިއާޝް ހުރީ ދެލޯ މަރާ ތަގުޅި ކޮއްގެންނެވެ. އޭނާއަށް ނުލިބުނު ޕަރީ ލިބޭނީ ވަކި ކޮން ހުސޭނަކަށް ހެއްހެވެ. އިވެމުން މިދާ ވާހަކަތައަ އެއްގޮތަކަށްވެސް އޭނާއަށް ހަޖަމެއް ނުވިއެވެ. ހިތުގައި ރިއްސަމުން ދިޔަ އިރު ސިކުނޑިއަށް ވެސް ދިޔައީ ބާރު ކުރަމުންނެވެ. އެތާ ހުންނަން ކެތް ނުވުމުން އޭނާ ސްޓޫޑިއޯ އިން ނުކުމެގެން ދިޔައެވެ.

 

ރިވާ ނުފެންނަތާ ދުވަސްކޮޅެއް ވުމުން އެދުވަހުގެ ހަވީރު އަހުޝަމް އެ ގެ އަށް ދިޔައެވެ. އޭރު ވަސީމާ އުޅެނީ ގަސް ހެއްދުމުގައި އަވަދި ނެތިއެވެ. ރިވާ ވެސް ކޮންމެވެސް ގަހެއްގެ ކުރި ވަކި ކުރުމުގައި މަޝްއޫލުވެ އުޅެއެވެ. “އަހޫ މި ޕޮޓުތައް ރީޝް ކޮޓަރި ބެލްކަންޏަށް ގެންގޮސް ދީބަލަ” ކުދި ކުދި މާގަސްތަކެއް އިންދާފައި ހުރި ހައެއްކަ ޕޮޓަށް އިޝާރާތް ކުރަމުން ވިސާމާ ބުނެލިއެވެ. ހަމަ ވަގުތުން ދެ ޕޮޓު ދެ އަތަށް ލައިގެން އަހުޝަމް ރީޝާގެ ކޮޓަރިއަށް ދިޔައެވެ. ހަވަނަ ޕޮޓު ގެންގޮސް ބެލްކަނީގައި އަތުރާ ނިންމާލާފައި ސީދާކޮއްލި އޭނާގެ ބުރަކަށި ގޮސް ޖެހުނީ އެލުވާފައިހުރި އުނދޯލީގައެވެ. ރީޝާގެ ހަނދާނެކެވެ. އެ އުނދޯލީގެ މަތީގައި އެލުވާފައި ހުރި ބޮލި ރަވަޔާ އޭނާ ކުޅެލީ އެންމެ ގާތް އެކުވެރިޔާގެ މަތިން ވީ ހަނދާނެއްގެ ބޮޑު ކަމުންނެވެ. ރީޝާއާ ވާހަކަ ނުދައްކާތާ މަހެއް ވަނީ އެވެ. އެ އުނދޯލީގައި އިށީނދެލަން އޭނާގެ ހިތް އެވަގުތު ބޭނުންވެލިއެވެ. އުނދޯލީގައި ބާއްވާފައި އޮތް ފޮތް ވެސް އޭނާގެ ލޮލުގައި އަޅައިގަތީ ދެނެވެ. ފޮތް ނަގައި އިށީނދެލުމަށްފަހު ހަމަޖެހިލިއެވެ. އެއަށްފަހު އެ ފޮތް ހުޅުވާލީ އެއީ ރީޝާގެ ކޮންމެވެސް ކޫސަނި ނޯޓު ފޮތެއް ކަމަށް ހިތައެވެ. ނަމަވެސް އެންމެ ފުރަތަމަ ޞަފްޙާ ހުޅުވާލުމާއިއެކު ވެސް އޭނާގެ ދެލޯ ބޮޑުވިއެވެ. ލޮލަށް ޤަބޫލު ކުރަން ދަތި ވުމުން އިތުރު ދެތިން ޞަފްޙާ ބަލައިލިއެވެ. އާނ އެކެވެ. އެއީ ހަމަ އެ ގަނޑެވެ. އެ ލިޔުމަކާމެދު އޭނާ ބޭގަރާރު ވަމުން ދިޔަ ލިޔުންކޮޅު ލިޔެފައިވާ ކަރުދާސްގަނޑުގެ ބާކީ ހުރި ކަރުދާސްތަކެވެ. އެންމެ ސިކުންތެއް ވެސް ބޭކާރު ނުކޮއް އޭނާ ފޮތުގެ ގަނޑުތައް ފެށިގެން ނިމެންދެން ފޮޓޯ ނަގަން ފެށިއެވެ.

 

އަހުޝަމް ނުނިކުމެ އިރުކޮޅެއް ވުމުން ރިވާ އައެވެ. އޭނާ ކުޑަކޮށް ހައިރާންވި ނަމަ ވެސް އަހުޝަމް އެވަރަށް ފޮޓޯ އެ ނަގަނީ ކޮން އެއްޗެއްތޯ ބަލައިލަން ކައިރިވެލިއެވެ. އެހިނދު އޭނާގެ ޑައިރީ އަހުޝަމްގެ އަތުގައި އޮތް ތަން ފެނި އެ އަތުލުމަށް އަތް ދަމާލިއެވެ. ރިވާ ފެނި އަހުޝަމް ސިއްސައިގެން ދިޔައީ ވެސް އެވަގުތެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

ތީ އޭ ހަނދަކީ 27

Next

މާރެސް – 1

Next
March 22, 2025

މާރެސް – 1

Previews
March 21, 2025

ތީ އޭ ހަނދަކީ 27

11 Comments!

  1. leeshaa says:
    March 21, 2025 at 8:27 pm

    reeshaaaaaaaaa….. Mi part vx vrh reethi Masha Allah 💗
    ey mashah dheyn v nu riyaash 🙄
    ma vx single kamun meehun ehchihi kiyaavarun mi ulhenee…
    mamma vx heevanee kameh hen…
    ma buneemey mamma kairi ehn meehun ge mamma men aranee meehakaa rahttehi vaa vaahaka buneema rathah shey…
    adhi emme 17 aharu viyya keeh kuran dhw freedom gehlluvaalaneekee..
    adhi bunaane konme faharaku thi korea soruthah dheke loabivaa gothah rashu soraku dheke loabi ve balaashey…
    ekam rashuga reethi soraku ulheykan vx haraan…
    btw maa dhigu vx vehjje thoacheh cmmnt…
    vrh salaamey…
    lysssm 💗💗💗

    1. ReeshA CoronA ReeshA CoronA says:
      March 22, 2025 at 12:59 am

      Lahbaaaaaaa (aslu neyngun thee seedhaa kon kujjeh kameh. But dhannanyaa let me know plx😄)
      Riyaash tha beynumee? Ahusham eherynu. Ahusham maa baraabaru vaane.
      Nooneyvaa koletee manma eh thihury libifa. Thivaruge manma eh aharumennah libeyne nama.
      Hama thedheh thibunee rasheh viyyaa noolheyne reethi soreh
      Yes yes vrh salaam
      Love u too gurll💖😊

  2. Yaa says:
    March 22, 2025 at 2:00 am

    Love this part…keep it up

    1. ReeshA CoronA ReeshA CoronA says:
      March 22, 2025 at 1:14 pm

      Thank you 😊

  3. Cutie girl says:
    March 22, 2025 at 3:50 am

    V reethi hadhuge trailer eh
    Curiosity waiting for the next trailer

    1. raula says:
      March 22, 2025 at 10:07 am

      girl u okay tha cox this is not a trailer its a story with many episodes

    2. ReeshA CoronA ReeshA CoronA says:
      March 22, 2025 at 1:15 pm

      Umm this isn’t a trailer 🤔 vhk ge aa episode ehnu mee

  4. Ryn says:
    March 22, 2025 at 7:33 am

    What took you so long to continue,I don’t remember what went in story now, 😭
    ngl I thought you stopped 😔
    It’s really good I want riyaash ahusham is way too not my type😆

    1. ReeshA CoronA ReeshA CoronA says:
      March 22, 2025 at 1:17 pm

      Kiyevun nimeythee mikamuga noolhen hury hehe😅
      Riyaash jeheynee copy hahdhan thi vee gothun

  5. Cutie girl says:
    March 22, 2025 at 4:15 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Aslu riyaash and reesha gulhuvachey
    They both are made for each other
    Haadha curious kohlaafa thi nimaaly

    1. ReeshA CoronA ReeshA CoronA says:
      March 22, 2025 at 8:20 pm

      Thank you dear🥰
      Yes yes yes riyaash and reeshaa gulhuvaanan
      Aan dhen curious ves vaan jeheynethaa dhw.hehe

Comments are closed.

Next Episodeތީ އޭ ހަނދަކީ 29←


All Right Reserved!