އައިސީޔޫ ބޭރުގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ރަޔަން ހުރީ ޑޮކްޓަރު އަންނާނެ އިރަކަށް އިންތިޒާރުގައެވެ. ޒައިޝާން ހޮސްޕިޓަލަށް ގެނައިފަހުން ފެންފޮދެއްހާ މިންވަރުވެސް އަރުތެރެއިން އެތެރެވެފައިނުވާއިރު ހޮސްޕިޓަލުން ބޭރަށްވެސް ރަޔަން ގޮސްފަކާނުވެެއެވެ. ޒިވިޔަން ކިޔައިގަނެގެންވެސް ރަޔަން ދާން އެއްބަސްވީ ކެންޓީނު އޭރިޔާއަށެވެ. ނަމާދުވެސްކުރީ ހޮސްޕިޓަލުގައި ހުންނަ ނަމާދުކުރަން ޚާއްސަ ކޮޓަރީގައެވެ. ރަޔަންއަށް ވެފައިވާ ވަރުފެނި އެންމެންވެސް ތިބީ ކަންބޮޑުވެފައެވެ. ތަނެއްގައި އިށީންނަންވެސް ބޭނުންވެފައިނުވާއިރު ރަޔަންގެ ކެތްތެރިކަންވަނީ ކޮޅުންލައިފައެވެ.
މިހެން ދެކޮޅަށް ދެކޮޅަށް ހިނގަހިނގާ ހުއްޓާ ޑޮކްޓަރު އަންނަތަން ފެނިގެން ދުވެފައި އެތަނަށް ދިޔައެވެ. ” ޑޮކްޓަރ…. ހައު އިޒް ހީ ނައު، ވައި ޑިޑް ދިސް ހެޕެން…އިޒް ހީ ގޮއިންގް ޓު ބީ އޯކޭ؟.” ކުރަކިވެފައިވާ އަޑަކުން ރަޔަން ޑޮކްޓަރު ކައިރި ސުވާލު ގޯނި އޮއްސާލިއެވެ. “ޕޭޝަންޓްގެ ހާލު ބުނަން އެނގޭނީ އިތުރު ޓެސްޓްތަކެއް ހަދައިގެން. މިހާރު އެ ޕްރޮސެސް ދަނީ ކުރިއަށް… ޓޫ ވަރަކަށް އަވާރސްތެރޭގަ ރިސަލްޓްސް ލިބޭނެ، އެ ބަލާފަ އެނގޭނީ އެއްޗެއް ބުނަން، އަނެއްހެން މިހާރު ކުރިއާ ބަލާފަ ރަނގަޅު ދެން އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” ކިތަންމެ ހަމަޖެހިލައިގެން ހުއްޓަސް ރަޔަންއަށް ޑޮކްޓަރުގެ ވާހަކައިން އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. ކޮންމެވެސްކަމެއް ގޯސްވާންއުޅޭކަމަށް އޭނާގެ ހިތާއި ސިކުނޑި ކެނޑިނޭޅި ބުނެމުންދެއެވެ.
ސިކުނޑީގައި އުފެދެމުންދިޔަ ހައިޖާނަށް ކޮންމެވެސް މިންވަރެއްގެ ލުޔެއް ލިބޭތޯބަލަން ރަޔަން ނުކުތީ ހޮސްޕިޓަލް ބިއްދޮށުގައި އޮންނަ ކުޑަވަރެއްގެ ޕާކަކަށެވެ. ދަންވަރުގެ އެވަގުތުގައި ވެހެމުންދިޔަ ބޯވާރެއާއި، ޖެހެމުންދިޔަ ނާރުތައް ތޮރުފާލާވަރުގެ ފިނި ވައިގެތެރެއަށް ރަޔަން ހިނގަމުންދިޔައީ އެއްވެސް މިސްރާބެއްނެތި، މަގުގެއްލިފައިވާ މިހެއްފަދައިންނެވެ. ވާރޭގެތެރޭ ހިނގަމުންދިޔައިރު އޭނާގެ ހަނދާނަށް އަންނަމުންދިޔައީ، ކުޑައިރު ޒައިޝާންއާއި އެކު ވާރޭގެތެރޭގައި ޖަހާފައިވާ ސަކަރާތްތަކެވެ. ޒައިޝާންއަކީ ކުޑައިރު ވާރެއަށް ނުހަނު ޖެހިލުންވާ ކުއްޖެކެވެ. މިކަން ރަޔަންއަށް އެނގުމުން ކުޑަދުވަސްކޮޅެއްތެރޭގައި ބަދަލުކޮށްލިއެވެ. އެފަހުން ބޯވާރޭގަނޑެއް ވެހެންޏާ ދެމީހުންވެސް ނިކުމެއެވެ. މިފަދަ ޚިޔާލުތައް ސިކުނޑި ވަށާލިއިރު، ރަޔަންގެ ހިތަށް މީހަކު ފިއްތާލާ، ދެފައިކުރިން ވާގިދާފަދަ އިޙުސާސެއްވެސް ވަމުންދިޔައެވެ. ވަކި ހިސާބަކަށްގޮސް ރަޔަން ބަޑިފަޅައިގެންދިޔައެވެ. މަޑުމަޑުން ހުރިތަނަށް، ދެކަކޫމައްޗައް ވެއްޓިގަނެ އަޑުންއަޑުނަގައި ރޯންފެށިއެވެ. އެވަގުތު، ވާރޭގެ ބަރުހެލި ތިކިތައް ބިމުގައި ޖެހޭ އަޑާއިއެކު ރަޔަންގެ ފިރިހެންވަންތަ އަޑު މުޅިފަޒާގައި ގުގުމާލިއެވެ. ވަގުތަކީ ދަންވަރު ބާރަޖެހި ވަގުތުކަމުން، ނަސީބަކުން ރަޔަންހުރި ދިމާލުގައި އެއްވެސް މީހެކު ފެންނާކަށް ނެތެެވެ. ވީ އެންމެ ބާރަކަށް ރޮމުންދިޔައިރު ޒައިޝާންއަށް ދެރަގޮތެއްނުވުމަށް ދުޢާކުރަމުންދިޔައެވެ. މި މަންޒަރު ފެންނަ މީހެއްގެ ހިތްކުދިކުދިވާނެކަން ގައިމެވެ.
އެހެންހުރެ ހިތްފުރޭވަރަށް ރޮވުމުން ރަޔަން އިންތަނުން ތެދުވެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. އޭރު، ވެހެމުންދިޔަ ބޯވާރޭގަނޑުވެސް ތުނިކޮށްލައިފިއެވެ. ދެން ރަޔަން ނިންމީ ތެމިގެން ހުރުމުން، ޒައިޝާންގެ ޓެސްޓު ނަތީޖާ ލިބެންދެން ގެއަށްގޮސް ފެންވަރައިގެން ހޮސްޕިޓަލަށް އަންނާށެވެ. ސައިކަލުވެސް ގޭގައި ހުރުމުން ރަޔަން ޖެހުނީ ޓެކްސީއަކަށް ގުޅައި ގެނެސްގެން ގެއަށްދާށެވެ.
ގެއަށްއައިސް ރަޔަން އޭނާގެ މަންމައާއި ބައްޕަގެ އެޕާޓްމަންޓް ދޮރު ހުޅުވާލިވަގުތު ކުރިމަތީގައިތިބި ޒީނާއާއި ޒިޔާންފެނި ހުއްޓުންއެރިއެވެ. ޒައިޝާންއަށް އެހެންވުމުން އޭނާ ދެރަވާވަރު އަމިއްލައަށް އިހުސާސްކުރެއެވެ. ކާއެއްޗެއްނުކައި، ހަމަނިިދި ނުލިބި އުޅޭއިރު ޒައިޝާންގެ މަންމައާއި ބައްޕައަށް ކިހާވަރެއްވާނެހެއްޔެވެ. ރަޔަން ދުވަހަކުވެސް ނުރޯވަރަށް މިއަދު ރުއިއިރު ޒީނާއާއި ޒިޔާންއަށް ކިހާވަރެއްވާނެހެއްޔެވެ. ހުރި ހަމައެކަނި ފުރާނަ އެހާލުގައި އޮންނައިރު ހަމަޖެހިލައިގެން ހުރެވޭނީ ކޮން މަންމައަކާއި ބައްޕައަކަށް ހެެއްޔެވެ؟. ސިކުނޑިއަށް އަންނަމުންދިޔަ ޚިޔާލުތައް އެއްފަރާތްކޮށްލުމަށްފަހު ރަޔަން ދުވެފައިގޮސް، ބާރަށް ޒީނާއާއި ޒިޔާން ގައިގައި ބައްދައިގަތެވެ. “ޒީނައްތާ، ޒިޔާންބޭ…. އައިމް ސޯ ސޮރީ ފޮ އޯލް ދިސް، އެކަމް ޝާން ނުބުނޭ އެއްފަހަރުވެސް ބަލިވެ އުޅޭ ވާހަކައެއް ރަޔަން ކައިރީގަ….. އެހެންނޫންނަމަ މިހެން ވާކަށް ނުޖެހުނީސް،.” އަމިއްލަ މައިންބަފައިން ފަދައިން ޒީނާއާއި ޒިޔާން ގައިގައި އޮޅުލައިގެންހުރެ ރަޔަން ރޮމުންދިޔައެވެ. “ނޫނޭ ދަރިފުޅާ، އެއީ އެއްގޮތަކަށްވެސް ރަޔަންގެ މައްސަލައެއްނޫން… ދައްތަ ނުދެކެން ދުވަހަކުވެސް ކަމެއްވެގެން ދަރިފުޅު ކަރުނައެޅިތަނެއް، އެކަމް މިއަދު ފެންނަނީ އަބަދު ރޯތަން… ދެން ހުއްޓާލާ ރަޔަން.” ރަޔަންގެ ބުރަކަށީގައި ފިރުމަމުން ޒީނާ ބުނެލިއެވެ. “ތެދެއް ރަޔަން، ދެން ހުއްޓާލާ، ދަރިފުޅު އަބަދު ތިހެން ނުކައި، އަަބަދު ރޮންޏާ ބަލިވެދާނެ.” ޒިޔާންވެސް، ޒީނާ ފަދައިން ރަޔަންއަށް ނަސޭހަތްދިނެވެ.
ރަޔަން ގެއަށްގޮސް ފެންވަރާލައިގެން ހޮސްޕިޓަލަށް ދިޔައީ ދަންވަރު ދޭއްޖަހަން އުޅެނިކޮށެވެ. މިއަދު އެއްކޮށް ރުއިމުގެ ސަބަބުން މޫނުމަތިވަނީ މިލާވެފައެވެ. ހަމުގެ ކުލަ އަލިވުމުގެ ސަބަބުން ލޯކައިރި ކަޅުވެފައިވާއިރު، އޭނާގެ ކަނޑެއްފަދަ ދެލޯވަނީ ރަތްވެފައެވެ. ނަމަވެސް، ކަޅު ހޫޑީއަކާއި ނޫކުލައިގެ ޖިންސު ސޯޓެއްލައިގެންހުރިއިރު އޭޭނާގެ ފިރިހެންވަންތަކަން ހާމަވެއެވެ. ދެންމެ ފެންވަރައިގެން އައުމުން އޭނާގެ ތަރުތީބެއްނެތް، އާދައިގެ ވަރަކަށް ދިގު އިސްތަށިގަނޑު ތާޒާކަމަށް ދައްކައެވެ. ރަޔަން ހޮސްޕިޓަލަށް އައިސް ވަތްތަނާ ޑޮކްޓަރު ޒައިޝާންގެ ރިޕޯޓު ހިފައިގެން އައެވެ. “ރިސަލްޓްސް އާރ ހިއާރ…. މީގެން ނުދައްކާ އަނެއްހެން މާބޮޑު މައްސަލައެއް އުޅޭ ކަމަކަށް، އެކަމް އަޅުގަނޑަށް ހިޔެއްނުވޭ މީ އެކިއުރޭޓް ހެނެއް… ތިކޮޅުން ބޭނުމިއްޔާ އެހެން ތަނަކަށް ގެންގޮސްގެންވެސް ބެލިދާނެ، އެކަމަކު ދުވަސްނަގާނެ ރިސަލްޓްސް ލިބެން.” ޑޮކްޓަރު ދައްކަމުންދިޔަ ވާހަކަ ރަޔަން ހުރީ ވަރަށް ރަނގަޅަށް އަޑުއަހައިގެންނެވެ. ” އެހެންވީމަ އަޅުގަނޑު ބޭނުން އެހެންތަނަކަށް ގެންގޮސްގެން ބަލާލަން، އޯކޭވާނެ ދުވަސްވިޔަސް، ވީކޭން ވެއިޓް.” ރަޔަން ބޭނުންވީ ކިތަންމެ ދުވަހެއްވިޔަސް ޒައިޝާންގެ އެއްވެސް މައްސަލައެއްނެތްކަން ޔަގީންކުރާށެވެ. “އޯކޭ، އިޓް ވިލް ޓޭކް އެޕްރޮކްސިމޭޓްލީ ޓޫ އޯ ތްރީ ވީކްސް ފޯ ރިސަލްޓްސް…. އެންޑް އޯލްސޯ، ޕޭޝެންޓް މިކޮޅުގަ ބާއްވާނީ ރިސަލްޓްސް ލިބެންދެން، މާދަން އަޅުގަނޑުމެން ފޮނުވާލާނަން ޓެސްޓުތައް.” ރަޔަން ބޯޖަހާލާފައި ޒައިޝާން ކައިރިއަށްދާން ހިނގައިގަތެވެ. ނަމަވެސް ރަޔަންއަށް ރޭކާނުލީ، މި ދައްކަނީ އަދި ކުރިއަށް އަންނަންއޮތް ބާރުގަދަ ކޮޅިގަނޑުގެ މަލަމަތިކަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


alheyyy mi part vx vrh reethi Masha Allah ❤️❤️❤️
ekm thi friction world ah dheveyne gotheh eba hoadhan jehey…
Haadha dhaa hiyy veyey…
ekm vx mihen kiya kiyaaa innaakah nj jeheynee
btw hama vrh habeys ingey
vrh loabiveyyyy manjeyyy 💗💗💗
THANK YOUU SOOO MUCHHHHHHH
HINGAA DHAAAAANNNNN AVAHAHHHHHHHHH
FICTION WORLD AH GOSSA KEEHKURAANY EKAMMM?????
GLAD YOU LIKEDDD ITTTTTT
VARAHHH LWWWBIVEYYYYYYYYY BODUKOHHHHHHHH GURLLLLLLL
Here’s the paragraph:
Naaya, I promise I would never copy your story—I mean, have you met me? There’s no way I’d sit down and write a very, very, very long, long paragraph like that, and even if I tried, it wouldn’t come close to the way you write. Your story is in a whole other league, and no one could recreate the way you bring your ideas to life. I know how much work, time, and creativity you put into it, and I could never just take something so special and claim it as mine. If anything, I’m just sitting here being amazed by how perfect it is, wondering how you even come up with ideas that feel so unique and out of
THANK YOUUUU
ekam im not naaya
BUT GLAD YOUUU LIKED ITT
Here’s the paragraph:
Naaya, I promise I would never copy your story—I mean, have you met me? There’s no way I’d sit down and write a very, very, very long, long paragraph like that, and even if I tried, it wouldn’t come close to the way you write. Your story is in a whole other league, and no one could recreate the way you bring your ideas to life. I know how much work, time, and creativity you put into it, and I could never just take something so special and claim it as mine. If anything, I’m just sitting here being amazed by how perfect it is, wondering how you even come up with ideas that feel so unique and out of
See guys it’s nomme like seriously it’s someone else using chat GPT
anehkaa massala eh ulhenytha????