Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލިބިދޭތޯ އިންނާނަން ލޯބިން-3

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 22, 2025 3 Mins Read
12 Comments

މާޔާ 4:15 ވީރަށް ނިކުތެވެ. ދޮރާށިކައިރީ މަޑުކޮށްލައިގެން އިންނަތާ އިރުކޮޅެއް ވެއްޖެވެ. އަނެއްކާ ނާއިލް ނާންނަނީ ހެއްޔެވެ؟ މިހާރު ގަޑިޖެހި ގޮއްސިއެވެ. މާޔާ ފޯނު ނަގައި ނާއިލް އަށް ގުޅަން އިޅެނިކޮށް ނާއިލް އަންނަތަން ފެނުނެވެ. މާޔާ އަށް އަނގަ ހުޅުވުނެވެ. ނާއިލް ހާދަހާވާ ތަފާތެވެ. އިސްކޮޅުން ދިގުވެފައި ދޮނެވެ. ކުރިޔަށް ތުރެ އެކަޅު ދެލޮލުގެ ރީތިކަން އިތުރު ވެއްޖެހެން ހީވެއެވެ. ކަޅުކަން ގަދަ ބޯ ފަން އިސްތަށިގަޑެކެވެ. ކަޅުކުލައިގެ އަތްދިގު ގަމީސްވެސް އުޅަބޮށްޓާ ހަމައަށް އޮޅާލެވިފައި ވީރު ނުލާހިކު ފިރިހެންވަންތަކަން ދައްކައެވެ.

“ހާޔް މާޔާ..” ނާއިލް މާޔާ ކައިރީ ހުއްޓެމުން ގޮވާލިއެވެ. މާޔާ ސިއްސައިގެން ގޮސް މޫނުމަތީ ޝުއޫރު ބަދަލު ކޮށްލިއެވެ. “ހެލޯ.. ހާދަ ތަފާތޭ ދޯ މިހާރު..” މާޔާ އަށް އެންމެފަހުން ބުނެލެވުނެވެ. “ތަފާތުތަ..؟” ނާއިލް އެއް އަތުން އިސްތަށިގަޑުގައި އަތް ހިންގާލިއެވެ. “ޔާރް.. ޔޫ އާރް މޯރް ޓޯލް މިހާރު..” މާޔާ އޭނާގެ ކޮނޑު ނާއިލްގެ އަތުގައި ޖައްސާލިއެވެ. “ހެހެ.. އެންމެ ތަންފުކެއްވެސް ދިގެއްނުވޭ ދޯ ޝޯޓީ..” ނާއިލް މަލާމާތް ކޮށްލިއެވެ. “އޭ.. ދެންތީ ކޮންކަމެއް.. މީހުންގެ ހައިޓް އާ ބެހޭކަށް ނުވާނެދޯ..” މާޔާ އަށްވެސް ހެވުނެވެ. ނާއިލްގެ ހިނިތުންވެސް ހާދަހާވާ ލޯތްބޭ.. މާޔާ ހިތަތް އެރިއެވެ.

“ސޯ.. ކޮންތާކަށް ދާނީ..؟” މާޔާ ހިގައިގަތެވެ. “ހިގާ ޖޫގޯ ބޯން ދާން..” ނާއިލް ހިޔާލެއްދިނެވެ. މާޔާ ޖޫގޯ ބޯހިތްވިއަސް އޭނާ އެއް ލާރިއެއް ނުގެނެއެވެ. “އައި ޑޯންޓް ހޭވް މަނީ..”  “އިޓްސް އޮންމީ..” ނާއިލް މޭގައި މަޑުމަޑުން ޖަހާލިއެވެ. “އޯކޭ..” މާޔާ ވެސް ހިނިތުން ވުމަކާއި އެކު އެއްބަސް ވިއެވެ.

ދެމީހުންވެސް ބަނދަރު މައްޗަށް އަރައިގެން އައިރު އެތައްބައެއްގެ ނަޒަރު ފަތްގަޑަކަށް ވިއެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ދެމީހުން ކުރެ އެކަކައްވެސް ނެއިންގޭ ކަހަލައެވެ. އޮލަ ވާހަކަތަކުގައި ތިބެ ދެމީހުންވެސް ގޮސް އިށީނީ ބެންޗް އެއްގައެވެ.

ދެދުވަސް ފަހެވެ. މާޔާ އާއި ނާއިލްގެ ގުޅުންވެސް ދިޔައީ ބަދަހި ވަމުންނެވެ. މާޔާގެ އިންޓަވިއު ނަތީޖާ ލިބޭނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރެއެވެ. އެ އިންތިޒާރު ތަކަށް ނިމުމެއް މިއަދު އައެވެ. މާޔާ އީމެއިލް ހުޅުވާލީރު ހޮސްޕިޓަލުން މައިލް އެއް އައިސް އިންތަން ފެނުމުން ބިރުގަތެވެ. ތެޅިތެޅި އޮތް ހިތަކާއި އެކު މާޔާ މެއިލް ހުޅުވާލިއެވެ. އޭގައިވަނީ މާޔާ އަށް ޖޮބް ލިބުނުކަމެވެ. މާޔާ އަށް އުފަލުން ރޮވުނެވެ. އޭނާ ދުވެފައި ގޮސް އިނާސާ އާއި މަޔާން ކައިރީ ބުންޔެވެ. ދެމަފިރިންވެސް ހުރީ ނުލާހިކު އުފަލުންނެވެ.

“ނާލް އަށް އިނގޭތަ އަހަރެންނަށް ޖޮބް ލިބިއްޖެ..” މިފަހަރު މާޔާ ވާހަކަ ދެއްކީ ގޯތިތެރޭ އިދެއެވެ. “އަސްލު..؟ ކޮންގްރަޖުލޭޝަންސް..” ނާއިލް މަރުހަބާ ކިޔެވެ. “ކޮންކަހަލަ ޖޮބް އެއްތަ..؟” “ޑަކްޓަރެއް ގޮތުގަ.. ނާލް އަންނައްޗޭ އަހަރެންގެ ޕެއިޝެންޓް އެއްގެ ގޮތުގަ..” މާޔާގެ މޫނުމަތީގައި ވަނީ އުފާވެރި ކަމެވެ. “އާން ދާނަން.. ޔާމް ހިގާބަ މިއަދު ހިގާލަންދާން..” ނާއިލް ބައްދަލް ވުމަށް އެދުނެވެ. “މައްސަލަ އެއް ނެތް.. އެކަމު ރޭގަޑު، ޕްލީސް..” މާޔާ އެދުނެވެ. “އެއީ..؟” މާޔާ މާވަރަކުން ރޭގަޑު ދާން މިއުޅެނީ ކީތްވެހެއްޔެވެ؟ “އެދުވަހުވެސް ހަވީރު ދިޔައީމަ މީހުން ވަރަށް ބެލި.. އެހެންނޫނަސް އަހަރެން ވަރަށް ފޫހިވޭ މީހުން ގިނަވީމަ..” މާޔާ ސަބަބު އޮޅުން ފިލުވަ ދިނެވެ. “ހޫމް.. އޯކޭ.. މަ ދާނަން އިގޭ ޔާމް ބަލާ..” ނާއިލް އެއްބަސް ވިއެވެ.

ދެމީހުންވެސް އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި ކަޑާލުމުން މާޔާ ދިޔައީ ގެޔަށް ވަންނާށެވެ. “ހާދަހާ ހެވިފަ.. ކާކާ ވާހަކަ ދެއްކީ..؟” ގަސްތައްކައިރީ އުޅެފައި މަޔާން އަހާލިއެވެ. “ފްރެންޑް އެއް..” މާޔާ އަވަހަށް ބުނެލިއެވެ.

ރޭގަޑުގެ ވަގުތެވެ. 8:30 ގަޑި ކިޔައިފައި އޮތުމުން ނާއިލް އަވަހަށް ތަށްޔާރުވެލިއެވެ. ގަދަ ނޫކުލައިގެ އަތްދިގު ޓީށާޓެއް ގައި އޭނާ ނުލާހިކު ހިތްގައިމެވެ. ނާއިލް ކޮޓަރިން ނިކުމެ ފައިވާނަށް އަރަން އުޅެނިކޮށް ޒަހާ ގޮވާލިއަޑު އިވުނެވެ. “ހާދަހާވާ ރީތި ވެލައިގެން ކާކާބައްދަލް ކުރަން..؟” ޒަހާ ހުރީ އުކުޅުގައި އަތް ވިއްދާލައިގެންނެވެ. “މާޔާ އާ..” ނާއިލް ކުޑަކޮށް ރަކިވިއެވެ. ނާއިލް މާޔާ އާއި ގަޔާ ވާކަން އިނގޭ ދެވަނަ މީހަކީ ޒަހާއެވެ.

ނާއިލް މަޑު ހިގުމެއްގައި އައިސް “އޯޝަން” ގޭގެ ކުރިމަތީ ހުއްޓިލިއެވެ. އޭނާ އަތުގައި އަޅާފައި އޮތް ރިހި ގަޑިޔަސް ބަލާލުމަށްފަހު ފާރަށް ލެގިލިއެވެ. އިރުކޮޅެއްނުވެ މާޔާ ނިކުތެވެ. ނާއިލް އާއި މާޔާ އަށް ބަލާލެވުނީ އެއްކޮށެވެ. އެވަގުތު ހަތަރުކަޅި ހަމަވިއެވެ. މާޔާ އަވަހަށް ނަޒަރު ވަކިކޮށްލިއެވެ. އޭނާ ލައިގެން ހުރީ ގަދަފެހި ކުލައިގެ އަރިންފެޅިއަކާއި ހަމަ އެކުލައިގެ ބުރުގަލެކެވެ. “މިރޭ ދާނީ ކޮންތާކަށް..؟” ނާއިލް ހިގައިގަންނަމުން ބުނެލިއެވެ. “ހިގާބަ ބީޗް އަށް..” މާޔާ ބުނެލިއެވެ. ނާއިލް މިސްރާބުޖެހީ މާޔާ ގޮވައިގެން ބީޗް އަށް ދިއުމަށެވެ.

ސާދާވިލޭރޭގެ ހަދުން ވަނީ މުޅިތަން އަލިކޮށްލާފައެވެ. އެތަށްހާސް ތަރިތަކެއް ވިދާ ބަބުޅަމުން ދިޔައިރު ކިތަށްމެހާވެސް ޗާލެވެ. ގޮޑުދޮށަށް ރާޅު ބީއްސަ އެވެ. މަޑުމަޑުން ވައިޖެހެމުން ދިޔައިރު މާހައުލުގައި ހީވަނީ މިއުޒިކެށް އަޅުވާލާފައިވާހެންނެވެ. ނާއިލް އާއި މާޔާ ގޮޑުދޮށަށް ފައިބައިގެން އައިރު އަގަނުހުއްޓެ އެވެ. “ނާލް އަށް އިނގޭތަ.. އަހަރެން ކިޔަވަންގޮސް އުޅުނީރު ތިން މީހުން އަހަރެންް ކައިރީ ރައްޓެހިވާން އެހި.. އަހަރެން ހުރިހާ އެންމެން ރިޖެކްޓް ކޮށްލީ..” މާޔާ ކިޔައިދެމުން ދިޔައެވެ. ނާއިލް ހެވިލައިގެން އޭނާ ކިޔާއެއްޗިހި އަޑުއަހަން ހުއްޓެވެ.

މިރޭ ނާއިލް ހާދަހާ ރީއްޗެވެ. އޭނާ ހީލާރު ހާދަހާވާ ލޯތްބެވެ. ވާހަކަދެއްކުމުގެ ތެރެއިން އިސްތަށިގަޑު ތެރެއަށް އަތް ހިންގާލާރު ހާދަ ފުރިހަމަ އެވެ. މާޔާ އަށް ނާއިލް އާއި ދިމާއަށް ބަލަން އިދެވެއެވެ. ދެމީހުންވެސް ގެޔަށް އައިރު ދިހައެއް ޖަހާބޮޑު ވެއްޖެވެ. ނާއިލް މާޔާ ގެޔަށް ވަންނަންދެން މަޑުކޮށްލައިގެން ހުއްޓެވެ. “ގުޑް ނައިޓް..” މާޔާ ދޮރުން ބޯ ދިއްކޮށްލަމުން ބުނެލިއެވެ. “ގުޑް ނައިޓް..” ނާއިލް ވެސް ރައްދުގައި ބުނެލިއެވެ. މާޔާ ދޮރުލައްޕާލުމުން ނާއިލް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ކުއްލިއަކަށް މާޔާ ދޮރު ހުޅުވާލިއެވެ. ނާއިލް ސިއްސައިގެން ފަހަތަށް ދެތިން ފިޔަވަޅު އަޅާލެވުނެވެ. “ހާދަ ބިރެއްތިގަތީ..” މާޔާ ފެށީ ހޭށެވެ. ނާއިލް އަށް ވެސް ހެވުނެވެ. “ކީތްވެ ތި ނިކުތީ..؟” ނާއިލް ހުނުން ކޮންޓްރޯލް ކުރަމުން އަހާލިއެވެ. “އެއްޗެއް އަހާލަން..” މާޔާ އިސްޖަހާލިއެވެ. “ކޯއްޗެއް..؟” ނާއިލް ގެ ހިތް އަވަސް ވިއެވެ. “ތިދަނީ ގެޔަށްތަ..؟” މާޔާ އަހާލިއެވެ. “އާން.. ދެން އެނޫން ކޮންތާކަށްތަ..؟” ނާއިލް ޖީބަށް އަށްޖަހާލިއެވެ. އެދެއަތް ގަޑު ފެންކޮޅެއްހާ ފިންޔެވެ. “އާން އޯކޭ.. ބަލައިގެން ދައްޗޭ..” މާޔާ ގެޔަށްވަނުމުން ނާއިލް އިރުކޮޅަކު މަޑު ކޮށްލިއެވެ.

ނާއިލް އަށް މިރޭ އުފާވެރިކަމެއް އިހްސާސް ވިއެވެ. މާޔާގެ އެ ލޯބި ހިނިތުންވުންތަކާއި ބަލާލާ ގޮތެވެ. ނާއިލް ހިޔާލުތަކުގައިހުރެ ގެޔަށް ވަދެގެން އައިރު ސިޓިންގް ރޫމް ތެރޭ އޮށް އޭނާގެ މަންމަ އެއްވެސް ނުފެނުނެވެ. އިރުކޮޅެއް ފަހެވެ. ޒަހާ ނާއިލްގެ ކޮޓަރިއަށް ވަނީ އޭނާ ކުރެ އެއްޗެއް އަހާލާށެވެ. އެދުމަތީ އޮށޯވެލައިގެން ހުވަފެނީ ގޮތަކަށް ހިނިތުންވެލައިގެން އޮށް ނާއިލް ފެނި ޒަހާ ގާތަށް ހިނި އައެވެ. “ކިހިނެކޯވީ..؟” ޒަހާ އެދުގައި އިށީންދެލިއެވެ. “ދޮންތިއަށް އިނގޭތަ.. ޝީ އިޒް ސޯ، ސޯ،ސޯ ކިއުޓް.. ވަރަށް ލޯބި.. އޭނަ ބަލާ ގޮތް، އާހްހް..” ނާއިލް އެދުގައި ދެފައިވަށްކޮށްލައިގެން އިދެ ކިޔައިދިނެެވެ. “ތިވަރު ވަންޔާ ކޮންއިރަކުންތަ ރައްޓެހިވާން އަހަނީ..؟” ޒަހާ ހީލައިފައި އެހިއެވެ. “އަދި ތިކަމަކާ ނުވިސްނަން.. ވަޓް އިފް އޭނަ ލައިކް ނުވަންޔާ، ފްރެންޑް ޝިޕްވެސް ނިންމާލަފާނެ..” ނާއިލް އެންމެ ފަސް ޖެހެނީ އެހެންވެގެންނެވެ. “ހޫން ދެން ތިފޮނި ހިޔާލުތަށް ނުކޮށް ނިދަން އުޅޭ..” ޒަހާ ބާލީހުން ނާއިލް ގައިގައި ޖަހާލިއެވެ. މާޔާގެ ވާހަކަ ނާއިލް ހަމައެކަނި ކިޔައިދޭ މީހަކީ ޒަހާއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

މާރެސް – 1

Next

ތިޔަ ލޯތްބަށް އެދެވޭތީ… 31

Next
March 22, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 31

Previews
March 22, 2025

މާރެސް – 1

12 Comments!

  1. dhaantte says:
    March 22, 2025 at 1:39 pm

    devil bro!
    mi part vx vrh reethi ingey…
    hama vrh habeys

    1. _MuXo_ _devil_ says:
      March 22, 2025 at 2:38 pm

      Thank you, dhaantte!

  2. baby girl 🙈 says:
    March 22, 2025 at 2:05 pm

    Mi part vx vrh reethi Masha Allah ❤️
    ey devil alhunnah naail dheyn v nu 💀
    btw when next part??
    roadha mas nimumuge kurin i want hurihaa part thakeh kiyan… otherwise dhen nuvaane vagutheh 😭
    lysssm 💗

    1. _MuXo_ _devil_ says:
      March 22, 2025 at 2:40 pm

      You ge test annaneetha? varah avahah next part ves nikunnaane!
      naail ei hama baby girl ge! Hehe

  3. Aalerrr says:
    March 22, 2025 at 2:08 pm

    Masha Allah mi part vx vrh reethi ❤️💯
    When’s next part???
    Curiously waiting for the next part 🙂✨

    1. _MuXo_ _devil_ says:
      March 22, 2025 at 2:41 pm

      Thank you!
      Inshaaallah monday ga!

  4. baby girl 🙈 says:
    March 22, 2025 at 3:08 pm

    yh i have o’level next month ehnve…

  5. dhaantte says:
    March 22, 2025 at 3:15 pm

    o level annan vaairah stunteh jahssaigen dhw thi ulhenee…
    ma adu ahaifeemey…
    tha mamma aissa ma mamma kairi kiyey tha skate board ah araigen molhu kameh kuran ulhenikoh vehttigen aii bidhun vaahaka…
    miadhu haveeru vaane dhimaavaan inhey manjey..
    haha saabas dhn thikuraa bura masahkathah 😝

    1. baby girl 🙈 says:
      March 22, 2025 at 3:25 pm

      ehm ehm…
      mammage anga gadha kamun vx nuvaane huvaa mi bunee…
      aslu rangalhu aii bidhun kan konmes aa kameh experience kureveythaa eba..
      miadhu haveeru azaanu govaigen dhaan jehey bodudhaitha men ge ah..
      ahaha thankx

  6. Cutie girl says:
    March 22, 2025 at 4:14 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Naail and Maaya gulhuvachey
    They both are made for each other
    Haadha curious kohlaafa thi nimaaly

    1. _MuXo_ _devil_ says:
      March 22, 2025 at 4:26 pm

      Thank you!

  7. Ghost girl 👻 says:
    March 22, 2025 at 5:35 pm

    Masha Allah 😍 vrh reethi when’s next curiously waiting for the next part part keep it up ❤️ LYSM DEVIL 😍

Comments are closed.

Next Episodeލިބިދޭތޯ އިންނާނަން ލޯބިން-4←


All Right Reserved!