2-ލިބިދޭތޯ އިންނާނަން ލޯބިން
“ހެލޯ..” އެކޮޅުން ވާހަކަ ދެއްކީ ބަރު ފިރިހެންވަންތަ އަޑެއްގެ ވެރި އެކެވެ. މާޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
“ހެލޯ.. ނާއިލް ތަ؟” މާޔާ އަހާލިއެވެ. އޭރުވެސް އޭނާގެ ހިތްނެގިނެގިފައި ޖެހެމުން ދިޔައެވެ.
“އާން ތީ ކާކު..؟” އެކޮޅުންވެސް އަހާލިއެވެ.
“މީ މާޔާ.. ނާއިލް ހަދާން އެބަހުރިތަ..؟” މާޔާ އުފާވިއެވެ.
“މާޔާ..” ނާއިލް ކިޔާލިއެވެ. ދެވަނަ ސިކުންތުގައި އޭނާ އުފަލުން ޔެސް އޭ ބުނެލި އަޑު އިވުނެވެ.
“ނާއިލް ކިހިނެއް ހާލު؟ ވަރަށް ގިނަދުވަސް ވެއްޖެއްނު ދޯ.. ނަސީބެއްނު އަހަރެން މަތިން ހަދާން ހުރިކަންވެސް..” މާޔާ އެއްފައްޗަކަށް އަމުނާލިއެވެ.
“ހާލު ހަމަ ރަގަނޅު.. އެހެން ނޫނަސް މަ ކީއްވެ މާޔާ މަތިން ހަދާން ނައްތާލަންވީ..؟” ނާއިލް އަހާލިއެވެ.
“ދެން އެހެންވީރު ކީތްވެތަ އަހަރެން ގޯސްޓް ކޮށްލާފަ ދިޔައީ..؟” މާޔާ ޝަކުވާކޮށްލިއެވެ. ނާއިލް ގެ ބަސް ހުއްޓުނެވެ. އޭނާ ވަކި ބުނާނީވެސް ކީކޭހެއްޔެވެ. ތެދުތެދައް ބުނެވޭކައްވެސް ނެތެވެ.
“ދެން ތިވާހަކަ އިހައްބާއްވާފައި ބުނެބަލަ މާޔާގެ ކޯސް ނިމިއްޖެތަ؟ ކޮބާ ދާނިޝް..” ނާއިލް މައުލޫ ބަދަލު ކޮށްލިއެވެ.
“ދާނިޝްގެ ވާހަކަ ރަގަނޅުވާނީ ނުދެއްކިއްޔާ.. އޭނާ ހާދަ ގޯހޭ.. އޭނާ ހަމަ މަށަށް ޗީޓް ކުރިއްޔޭ..” މާޔާ އޭނާގެ ކުރީގެ ލޯބިވެރިޔާގެ ވާހަކަ ބުނެލިއެވެ. ނާއިލް އަށް ހީވީ ބޮލުގެ ބުރައެއްލުއިވި ހެންނެވެ. މާޔާ އާއި ދާނިޝްގެ ގުޅުމެއްނެތް ކަންއިގުމުން ނާއިލް އުފާވިއެވެ.
“ނަސީބެއްނު.. އޭރުވެސް ބުނީމެއްނު ރަގަނޅު ސޮރެށް ނޫނޭ..” ނާއިލް ބުނެލިއެވެ.
“އާން ދޯ..” މާޔާ ވެސް އެއްބަސް ވިއެވެ. “ނާއިލް.. ކޮންއިރަކުންތަ މީޓް ވެލާނީ..؟” މާޔާގެ ރާގު ހުރިގޮތުން ވަރަށް ބޭނުން ވާކަން އެނގެ އެވެ.
“ޔާމް ބޭނުން އިރަކުން..” ނާއިލް ބުންޔެވެ.
“ޔާމް.. އަދިވެސް ހަދާން އެބަހުރި ދޯ..” މާޔާ ހީލިއެވެ. ނާއިލް ގާތަށްވެސް ހިނިއައެވެ.
“މިރޭ އަސްލު ކަޒިން ގެޓްޓުގެތާރް އެއް އޮތީމަ ހިގޭ.. ނޫނިއްޔާ މިރޭވެސް ބައްދަލް ވެވުނީހޭ..” މާޔާ ކިޔާދިނެވެ.
“އޯކޭސޯ.. މާދަން ހަވީރު.. މަ ދާނަން ޔާމް ބަލާ..” ނާއިލް ގޮތްނިންމިއެވެ.
“އާން އޯކޭ..” މާޔާ އެއްބަސް ވިއެވެ. ނާވީ ހުރެފައި ދަނީއޭ ބުނުމުން މާޔާ ބޯޖހާލިއެވެ. ނާއިލް އާއި މާޔާ ވަރަށް ގިނައިރު ވަންދެން ވާހަކަ ދައްކަންތިއްބެވެ.
“ދެން ބާއްވަނީ..” “އެއީ..؟” ނާއިލް ފޯނު ބާއްވާހިތެއްނުވިއެވެ.
“މިދަނީ ރެޑީވާންދާން.. މިހާރު އެއޮތްގެން އަށެއްޖެހީ.. ފަހުން އައިސް ގުޅާނަން އިނގޭ..” މާޔާ ފޯނުބާއްވައިފައި ހެދުން ހިފައިގެން ދިޔައީ އިސްތިރިކޮށްލާށެވެ.
ނާއިލް އުއްޑުން އެނދުމައްޗަށް ވެއްޓިގަތެވެ. ހަގީގަތުގައިވެސް ނާއިލް ވަރަށް އުފާވެއްޖެވެ. އެތަށްދިގު އިންތިޒާރުތަކަކަށް ފަހު މާޔާ އާއި ވާހަކަ ދައްކާލެވުނީމައެވެ. އެންމެބޮޑަށް އުފާވީ މާޔާ އާއި ދާނިޝްގެ ގުޅުމެއްނެތްކަން އެނގުނީމައެވެ. ދެން އޭނާވީ މާޔާގެ ހިތްއަތުލާށެވެ. ނާއިލް އެހެން އޮތްވައި އޭނާގެ މަންމަ ގޮވާލި އަޑު އިވުނެވެ. “އާން މަންމާ، މިދަނީ..” ނާއިލްގެ މޫނު ހީވަނީ ފޮޅިފައިވާ މަލެއްހެންނެވެ. އަބަދު އިންނަނީ ހިނިތުންވެލައިގެންނެވެ.
“ދަރިފުލާ، ނާވީމެން އެބަތިބި.. ނިކުންނާށޯ…” ކޮޓަރީގެ ދޮރުގައި ޖަހާލަމުން އިނާސާ ގޮވާލިއެވެ.
“އާން މިނިކުނަނީ..” މާޔާ އަވަހަށް ގަޔަށް ސެންޓް ކޮޅެއްޖަހާލައިފައި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. ވަރަށް ފުރިހަމައެވެ. ހުރިހާ ކުދިންވެސް ހީ ސަކަރާތްޖަހަމުން ދިޔައީ ބަނދަރު މައްޗަށެވެ. ބުރުހަަމަ ހަނދު ދިޔައީ އޭގެ ހައިބަތު ދައްކަމުންނެވެ. މުޅިތަން ވަނީ ހަނދުގެ ރިހި އަލިން ދިއްލާލައިފައެވެ.
މާޔާ ގެޔަށް އައިރު ބާރަޖަަހަނީ އެވެ. އެކަކުވެސް ހޭލަ ނޫޅޭތީ މާޔާ ވެސް އަވަހަށް ކޮޓަރިއަށް ވަނެވެ.
އާދުވަހަކަށް އިރު އަރާފިއެވެ. އިނާސާ އާއި މަޔާން ހެދުނުގެ ކޮފީ ބޯން ތިބީރު ދެކެވެމުން ދިޔައީ މާޔާގެ އިންޓަވިއުއާ ބެހޭގޮތުންނެވެ.
“އެމީހުން ބުނީ މިއަދު ދިހައެއް ޖަހާރަށް އަންނާށޯ ހޮސްޕިޓަލަށް..” މަޔާން ބުނެލިއެވެ.
“އެހެން ވީ.. މާޔާ ވަރަށް އުފާވާނެ ދޯ..” އިނާސާ އިނީ ނިކަން ބޮޑަށް ހިނިތުންވެލައިގެންނެވެ.
މާޔާ ހޭލައިގެން ނިކުތީ ބަދިގެއަށް ދިއުމަށެވެ. އޭރު އިނާސާ ހެދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި އުޅުނެވެ. “މާޔާ.. ހޮސްޕިޓަލް އުން ގުޅާފަބުނެފި މިއަދު ދިހައެއްޖަހާރު އަންނާށޭ އިންޓަވިއުއަށް.. ރެޑީ ވައްޗޭ..” އިނާސާ އެހެން ބުނުމުން މާޔާ ސިހުނެވެ. އޭނާ އަދި އިންޓަވިއު އަކަށް ދުވަހަކުވެސް ނުދެއެވެ.އެތަނަށް ގޮސް ކަމެށް ގޯސް ވެއްޖިއްޔާ ދުވަސްދިޔައީ އެވެ.
“މަންމާ އަޅުގަނޑަކަށް ނެއިންގެ އިންޓަވިއުގަ ކުރާސުވާލު ތަކަށްޖަވާބުދޭކަށް..” މާޔާ ހާސް ވެފައިހުރެ ބުނެލިއެވެ. “އަވަހަށްދޭ ބައްޕަ ކައިރީ އަހާލަން..” މާޔާ އަވަހަށް މަޔާން ކައިރިއަށް ދިޔައެވެ. މަޔާން، މާޔާ އަށް ތަމްރީން ކޮށްދިނެވެ. ސުވާލުތަކަށް ޖަވާބު ދޭރު ބޭނުން ކުރާ އުކުޅުތަށްވެސް ދަސްކޮށްދިނެވެ. މާޔާ ރީތިވެލައިގެން އައިސް ސައިބޯން އިށީނެވެ. އެހެން އިންދައި ނާއިލްގެ ކޯލްއެއް އައެވެ. މާޔާ ވަގުތުން ފޯނު ސައިލެންޓަށް ލިޔެވެ. ދެވަނަފަހަރަށް ގުޅުމުންވެސް ހަމަ އެހެން ހެދިއެވެ. މަޔާން ފާޑަކަށް ބަލާލިއެވެ.
“ކާކުތަ ދަރިފުޅާ..؟ ބުނެބަލަ ސައިބޯށޭ މީނީ..” އިނާސާ ބުނެލިއެވެ. އެންމެފަހުން މާޔާ ފޯނު ނެގިއެވެ. “ހެލޯ..” “ކީއްވެ ފޯނު ނުނެގީ..؟” ނާއިލް ޝަކުވާކޮށްލިއެވެ. ” މީނީ ސައިބޯން.. ފަހުން ގުޅާނަން އިނގޭ.. ބާޔް..” މާޔާ އަވަހަށް ފޯންބޭތްވިއެވެ.
ނާއިލް ފޯނު ދުރުކޮށްލިއިރު މޫނުމަތީވީ ނުތަނަވަސް ކަމެވެ. އޭނާ މާޔާގެ ހިޔާލުތަކުގައި ހުރެފައި ދިޔައީ މާއިޝް ކައިރިއަށެވެ. “ކަލޯ ރޭގަ އޭނަ މަށަށް ގުޅި..” ނާއިލް މާއިޝްގެ ކޮޑުގައި ޖަހާލިއެވެ. “އާން އިނގޭ މަށޭ އޭނާއަށް ނަންބަރު ދިނީ..” މާއިޝް ފޮނިވެލިއެވެ. “އެއީ..؟” ނާއިލްހައިރާން ވިއެވެ. “ޝާހާ ގުޅާފަ ބުނީ މާޔާ ބުންޔޭ ކަލޭގެ ނަންބަރު ދީބަލާށޭ..” މާއިޝް ވީގޮތް ކިޔައިދިނެވެ.
މާޔާ ގެއިން ނިކުމެ ގަޑިބަލާލިއެވެ. އޭނާ ފަސްމިނެޓު ކުރިން ދާންބޭނުމެވެ. މާޔާ ރީހަމް ކައިރީ އަންނަން ބުނެފައި އޮތްވައި ލަސްވެއްޖެއްޔާ ރުޅިއަންނާނެވެ. މާޔާ ސިއްސައިގެން ދިޔައީ ކުރިމައްޗަށް ސައިކަލެއް ހުއްޓާލުމުންނެވެ. “ހާދަ ލަހޭ މިހާރު އެއޮށް ފިފްޓީ ފައިވް ވީ..” މާޔާ އެރުމުން ރީހަމް ދުއްވާލިއެވެ. “ދެންމެ އަދި މިހޭލީ..” ރީހަމް ރައްދުގައި ބުނެލިއެވެ.
ނާއިލް އާއި މާއިޝް ވާހަކަ ދައްކަން ތިއްބައި ކުރިމަތިން ސައިކަލެއް ހުރަސް ކޮށްލިއެވެ. މާއިޝް ވަގުތުން އެއީ މާޔާ ކަމަށް ބުންޔެވެ. ނާއިލް އަށް މާާޔާގެ މޫނު ނުފެނުނަސް އެއި އޭނާކަން ގަބޫލު ކުރިއެވެ. އެކަމު މާޔާ އެއިނީ ކާކާއެކީ ހެއްޔެވެ. “އޭނަ އެދިޔައީ ކާކާއެކީ..؟” ނާއިލް އަދިވެސް ލޯ ހިމަކޮށްގެން އެދިމާލަށް ބަލަން ހުއްޓެވެ. “ނޭންގެ ވެދާނު ފެމިލީ ގޮލައެއް ކަމަށް..” މާއިޝް ހީވިގޮތް ބުނެލިއެވެ.
“މަޑުކުރަންވީ ތަ..؟” ރީހަމް ސައިކަލު މަޑުކޮށްލަމުން އަހާލިއެވެ. “ރީހަމް އަށް ލަސްވަންޔާ އޯކޭ ދިޔަަސް..” މާޔާ ހޮސްޕިޓަލް އަށް ވަންނަމުން ބުނެލިއެވެ.
ވިހި ވަރަކަށް މިނެޓް ފަހުން މާޔާ ނިކުތީ އިންޓަވިއު ނިންމާލައިފައެވެ. އޭރުވެސް އޭނާގެ އަތް ކުޑަކުޑަ ކޮށް ތުރުތުރު އަޅައެވެ. އޭނާ ރީހަމް އަށް ގުޅައިގެން އަވަހަށް ދިޔައީ ގެޔަށެވެ. މާޔާ ފެނުމާއެކު އިނާސާ އެހިއެވެ. “އިންޓަވިއު ކިހިނެއް ދިޔައީ..؟” “ހަމަ ރަގަނޅު.. އެމީހުން ބުނީ ޖޮބް ލިބިއްޖިއްޔާ އީމެއިލް އެއްފޮނުވާނަމޭ..” މާޔާ ހޭންޑް ބޭގް ސޯފާގައި ބާތްވައިފައި ގޮސް އައިސް އަަލަމާރިން ފެންފުޅިއެއް ނަގައި ދެތިން ކޯވަރު ބޯލިއެވެ. މާޔާ ކޮޓަރިއަށް ވަނީ އަރާމު ކޮށްލާށެވެ.
މާޔާ ފޯނު ކުޅެން އޮވެފައި ކަމެއްހަދާންވެގެން އަވަހަށް ނާއިލް އަށް ގުޅިއެވެ. ދެފަހަރު ރިންގު ވެފައި ފޯން ނަގައިފިއެވެ. “ހެލޯ..” “ހެލޯ.. ސޮރީ އެނގޭ އެގަޑީގަ ކަޑާލެވުނީމަ..” މާޔާ މަޢާފަށް އެދުނެވެ. “އިޓްސް އޯކޭ..” ނާއިލް ހީލިއެވެ.
“ސޯ.. ކިހާރެއްވާރު މީޓް ވާނީ..؟” މާޔާ އަށް ދައްކާނެ ވާހަކައެށް ނެއިންގިގެން އެހިއެެވެ. “ހަތަރުގަޑި ފަނަރަ އަށް.. ނިކުމެ އިންނައްޗޭ..” ނާއިލް ވަގުތު ހަމަޖެއްސިއެވެ. “ނާއިލް އަށް އިނގޭތަ އަހަރެން މިއުޅެނީ ޖޮބް އެއްނަގަން..” މާޔާ ބުނެލިއެވެ. “އަސްލުތަ..؟ އެރުންދެން ޔާމް އެއް ނުދާނަންދޯ..؟” ނާއިލް އަހާލިއެވެ. “އާން އަހަރެން ބޭނުންވަނީ މަންމަމެން ކައިރީ ތިބެން.. ދެން ނާލް ނަގަނީ ކޮން ޖޮބް އެއްތަ..؟” މާޔާ އަހާލާފިއެވެ. “އަދި ނެއިންގެ..” ނާއިލްގެ ޖަވާބު ކުރެވެ.
“ކޮބާތަ ނާލްގެ ދޮންތި..؟ އޭނަ ރަށުގަ އެބައުޅޭތަ..؟” މާޔާ އެހިއެވެ. ނާއިލްގެ އެއްބަޑު އެއްބަފާ ދައްތަވީ މާލޭގައެވެ. “ދޮންތިވީ މާލޭގަ..” ނާއިލް ގާތަށް ހިނިއައެވެ. މާޔާ އަށް ދައްކާނެ ވާހަކައެއް ނެތިގެން އެހިއެއްޗެއް ކަން ނާއިލް އަށް އެނގުނެވެ. “ޔާމް އިހަށް ބާތްވަނީ.. އެބައޮތްކަމެއް.. ހަވީރު ރެޑީވައްޗޭ.. ދާނަން ބަލާ..” ނާއިލް ކަޑާލިއެެވެ.
މާޔާ ވެސް ހަވީރު ދިއުމުގެ ކުރިޔަށް ކޮޓަރި ތެރެ ތަރުތީބު ކުރަން ފެށިއެވެ. މާޔާ ފޯނުން ލަވަޖަހައިގެން ބީޓާއެއްވަރަށް ހަރަކާތްތެރި ވަމުން ދިޔައެވެ. މެންދުރު ކެއުމަށް ފަހު މާޔާ އިނާސާ އަށް ތަށިތަށް ދޮވެދިނުމުގައި އެހީވެދިނެވެ. “މަންމާ މިއުޅެނީ ހަވީރު ބޭރަށް ދާން..” މާޔާ ބުނެލީ ހުއްދަ ދޭންވީނޫންހޭ އަހާފަދަ ގޮތަކަށެވެ. “ކޮންބަޔެއް..؟” އިނާސާ ވަރަށް އާދައިގެ ގޮތަކަށް އެހިއެވެ.” އަޅުގަނޑާ ނާއިލް އާ.. ވަރަށް ގިނަދުވަސް ވެއްޖެއްނު ދޯ..؟” މާޔާ ބުނެލިއެެވެ. “މަންމައަށް އޯކޭ.. އެކަމު ލަސްނުވެ އަންނަށްޗޭ..” އިނާސާ އެދުނެވެ.
ހަވީރުގެ ވަގުތެވެ. މާޔާ ރެޑީ ވެލައިގެން އަމިއްލަ ސޫރައަށް ބަލާލިއެވެ. އޭނާ ލައިގެން ހުރީ ކްރީމް ކުލައިގެ ސުވެޓާ އަކާއި ފޮޅާ ޖިންސްއެކެެވެ. ކަޅުކުލައިގެ ށޯލްވެސް ރީތިގޮތަކަށް އަޅާފައި އޮތެވެ. މާޔާގެ ދޮން މޫނުގައި ކުޑަ ފުއްކޮޅަކާއި ތުންފަތުގައި މަޑު ލިޕް ބާމް ކޮޅެއްހޭކުން ފިޔަވައި އިތުރު މޭކަޕްއެއް ނުކުރެއެވެ.
މާޔާ 4:15 އަށް ނިކުތެވެ. ދޮރާށިކައިރީ މަޑުކޮށްލައިގެން އިންނަތާ އިރުކޮޅެއް ވެއްޖެވެ. ނާއިލް ނާންނަނީ ހެތްޔެވެ؟ މިހާރު ގަޑި ޖެހި ގޮސްއިއެވެ. މާޔާ ފޯނު ނަގައި ނާއިލް އަށް ގުޅަން އުޅެނިކޮށް ނާއިލް އަންނަތަން ފެނުނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Masha Allah mi part vx vrh reethi ❤️
When’s next part??
Curiously waiting for the next part 🙂
Thank you!
v avahah naxt part ves nikunnaane!
gudu morning 🌞
devil bro mi part vx vrh reethi ingey…
vrh talented meeheh thee konme akas…
Thank you!
mi part ves v reethi masha allah
curiously waiting for next part
keep it up
naail and maaya gulhuvachey
they both are made for each other
haadha curious kohlaafa thi nihmaaly
i appreciate your hard work
Thank you, cutie girl!
Mi part vx vrh reethi Masha Allah ❤️
when next part??
Thank you, baby girl!
V avahah!
Masha Allah vrh furihama 💗
when next part?
thank you! V avahah next part ves nikunnaane!