Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 24

Annora Level 610 Stories100 Login100 Comments100 Stories
March 19, 2025 10 Mins Read
19 Comments

އޭނާ ކިއައިދެމުން ދިޔައިރު ޒެވިއަލް ދިޔައި ބޯޖަހަމުންނެވެ. ނަމަވެސް އޭނާގެ ހިތުގައި ވަނީ އެހެން ޕްލޭނެކެވެ. އެކަންތައް އޭނާ ކުރާނީ އަމިއްލައަށެވެ. އަރްކާން ގާތުގަ އެހެން ބުނެފި ނަމަ ޔަގީނުން ވެސް ހުރަސް އަޅާނެއެވެ.
***
ހެނދުނު އަރައިގެން އައި އިރާއެކު ޒެވިއަލްއަށް ފުރަތަމަ ވެސް ބައްދަލްކުރަން ޖެހުނީ އަޒީޒް އާއެވެ. އާންމުކޮން އެގަޑީގައި އެއްވެސް މީހަކު އޭނާއަކަށް ނުގުޅާނެއެވެ. ނިދާފައި އޮއްވާ ގުޅާފައި އައުމަށް އެދުމުން މިއަދު އެގުޅީ ކޮންމެވެސް މުހިއްމުކަމެއްގައި ކަން އެނގި ކަންނެތް ކަމާއި އެކުވެސް ޒެވިއަލް ކުޑަގޮތެއް ހަދާލައިގެން ތިރިއަށް ދާން ނުކުތެވެ. އޭރުވެސް ނިންޖައިގެން ދެލޮލުގެ އެތެރެ ނުފެނެއެވެ. އަޒީޒްގެ އެދުމުގެ މަތިން އޭނާ ދިޔައީ އެކޮޓަރިއަށެވެ.
ޒެވިއަލް ވައިން އިރު ދިނާޔާ އާއި އަރްކާންވެސް ތިއްބެވެ. ޒެވިއަލްގެ ހިތް ތެޅިލީ އަޒީޒްގެ މޫނުފެނިފައެވެ. ކޮންމެ ވެސް ގޯސްހެން ހީވެއެވެ. އަޒީޒްގެ މޫނުމަތިން ފެންނަމުންދިޔައީ ކަންބޮނޑުވުމާއި ހާސްކަމެވެ. ހިސާބެއްގެ ނުރުހުމެއް ވެސްމެއެވެ. ކައިރީގައި ހުރި ދިނާޔާގެ މޫނުމަތީގައި ވެސް ވަނީ އެފަދަ ޝުއޫރުތެކެވެ. އަރްކާން އަނެއްކާ އެ ވާހަކަ ކީބާއޭ ޒެވިއަލްގެ ހިތައް އަރަމުންދިޔައެވެ.
“ޒެވް ނުވެސް ބުނަމެންނު އެމީހުން މިނިވަންވި ވާހަކައެއް… އަޅެ އެވަރުގެ ކަމެއް ހިނގާދިޔަ އިރު ދެމީހުން ކުރެ އެކަކުވެސް މަށާއި ހަމައަށް އެވާހަކަ އެހިފައިގެން ނުދިޔަ.. ” ޒެވިއަލްއަށް ދެލޯ މަރާލެވުނީ އޭނާގެ ކުށްހީ ޔަގީނަށް ބަދަލްވުމުންނެވެ. އަޒީޒްއަށް ވެސް އެންމެ ފަހުން އެނގުނީއެވެ. ޒެވިއަލްއަށް އަރްކާންއާއި ދިމާ ބަލައިލެވުނު ހިނދު އަރްކާން ބޯ ހޫރުވާލި ގޮތުން އޭނާ ނުކިޔާކަން އެނގުނެވެ.
“ބައްޕަ ކައިރީގަ ޝުހާދު ނުބުނިނަމަ ނޭނގޭނެ ކިތަންމެ ދުވަހެއް ވިއަސް.. އޭނާއަށް ވެސް ހަބަރުން އެމީހުންގެ ފޮޓޯ ފެނިފަ ހުރީ ދެން މަގުމަތިން އެމީހުންފެނިގެން ފޮޓޯ ނަގައިގެން އައީ އަހަންނަށް ދައްކަން… ބައްޕަ ކައިރީގަ ވެސް ބުނީމަ އެންނު ތިކަމަށް އެހީއެއް ވެވޭނީ.. ބައެއްގެ ނުފޫޒުން އެމީހުން މިނިވަން ވެފަ އެތިބީ..އެއީ ކޮންބައެއްކަން ބައްޕައަށް ވެސް ބަލާލަ ދެވޭނީ ބުނެލި ނަމަ އެންނު” އަޒީޒްގެ އަޑުގައި ހުރި ނުރުހުމުން އަރްކާންއަށް އިސްޖަހައިލެވުނެވެ.
“ބައްޕަ ގާތުގަ ނުބުނާކަށް ނޫން މިތިބީ..ޒެވިއަލް ކައިރީގަ އަހަރެން އަމިއްލައަށް ވެސް ބުނިން ބައްޕަ ކައިރީގަ އަދި އަހަރެން ބުނާނަމޭ” އަރްކާން ބުނެލި ވާޙަކަ އަކުން އަޒީޒްއާއި ދިނާޔާ ދެލޯ ބޮޑުވިއެވެ. ދިނާޔާ އަނގަ ތަންމިނަށް ހުޅުވާލި އިރު އަޒީޒްގެ ދެލޯ ކުރިއަށްވުރެން ބޮޑުވިއެވެ.
“އޭންން..ދެ..ދެ.. ދެމީ..ދެމީހުން ވާހަކަ..ދައް.ދަ..ދައްކަން..” ހައިރާންވެ އަންތަރީސްވެފައި ހުރެ އަޒީޒްއަށް ވާހަކަ ދެއްކުނީވެސް އާގަންނަމުންނެވެ. ދިނާޔާގެ ހާލު އެއަށް ވުރެން ބޮޑެވެ. ދެލޯ ބޮޑުވެ އަނގަހުޅުވިފައި ހުރިގޮތައް ސޯފާގައި އިއްތާލެވުނު އިރުވެސް ޒެވިއަލްއާއި އަރްކާން އާ ދެމީހުންގެ މޫނަށް ބަލާލަ ބަލާލަ އޭނާ އިނެވެ.
އެހާސީރިއަސް ވަގުތެއްގައި ވެސް އަޒީޒްއާއި ދިނާޔާއަށް ވެފައި ތިބިގޮތުން ޒެވިއަލްގާތައް ހިނިއެވެ. އޭރު އަރްކާން ވެސް ހެވިދދާނެތީ ފާޑަކަށް ތުންފަތުގައި ދައިގަނެގެން ހުއްޓެވެ.
“އެހެމް އެހެމް.. ބައްޕަ ދައްކަން ބުނި ވާޙަކަ ދައްކާ.. މިހާރު އޮފީހަށް ދާ ގަޑިވެސް އެބަ ކައިރިވޭ”ދިނާޔާއާއި އަޒީޒްއަށް ވެފައި ތިބި ގޮތުން އަރްކާންއަށް ހެވިދާނެތީ އޭނާ ބޭނުންވީ އެތަނުން ދާށޭވެ. އެކަކުގެ ކުރިމަތީގަވެސް ބާރަށް ހީހެދުމަކީ އޭނާގެ މިޒާޖެއް ނޫނެވެ. ކިތަންމެ ކޮންޓްރޯލްކުރަން އުނދަގޫ ވިޔަސްއޭނާއަށް ޖެހުނީ ހިފަހައްޓާލާށެވެ.
“ބޭބެ ބަލާލަންވީނު އެމީހުން މިނިވަން ކުރީ ކޮންބައެއްތޯ..” ޒެވިއަލްގެ މޫނު މައްޗަށް ސީރިއަސްކުލަވަރު ގެންނަމުން އަހައިލިއެވެ. އޭނާ ވިސްނަމުން ދިޔައީ ލިއާނާ ގާތުގައި ވެސް އެ ވާހަކަ ބުނެލުމަށެވެ. ހަމަގައިމުވެސް އެ ކަންތައް އެނގުމަކީ ލިއާނާގެ ވެސް ހައްގެކެވެ. އެއީ ލިއާނާގެ ވެސް މައިންބަފައިންނެވެ. ނަމަވެސް ލިއާނާގެ މިޒާޖުގެ ގޮތުން ޒެވިއަލްއަށް އިތުރަށް ވިސްނަން މަޖުބޫރުވިއެވެ.
“އެންމެ ރަނގަޅު އޮފީހަށް ގޮސް ބަލާލާނަން .. އިތުރު އެއްވެސް ކަމެއް އެނގުނުތަ އެމީހުންގެ..” އަޒީޒް އަހައިލިއެވެ.
“ނު..ނޫން.. އަނެއްހެން އިތުރު ކަމެއް ނޭނގެ.. އެމީހުން މިނިވަންވި ކަން އެނގުނީ..” އިތުރަށް އެނގުނު އެއްވެސް ކަމެއް އަދި ބުނާކަށް ޒެވިއަލް ބޭނުމެއް ނޫނެވެ.
“ކިހިނެތް މިނިވަން ވިކަން އެނގުނީ..އި”
“އަހަންނަށް ފެނުނީ ބޭރަށްނުކުމެ އުޅެނިކޮން.. ފެނިގެން ޒެވިއަލްއަށް ގުޅީ… ބައްޕާ މިހާރު އޮފީހަށް ދާ ގަޑި ވަރަށް ކައިރި ވެއްޖެ..ތައްޔާރު ވާން ވެސް ދާން ވެއްޖެ.” އަޒީޒްގެ ސުވާލްތައް އަހަން ފަށާއިފިއްޔާ ހުއްޓުމެއް ނާންނާނެކަން އެނގޭތީ އަވަހަށް ސަލާމަތް ވުމަށް އަތުކުރީގައި އަޅާފައި އޮތް ގަޑި ދައްކާލަމުން އަރްކާން ނުކުންނަން ދިޔައެވެ.
އަޒީޒް ބޯޖަހައިލިތަން ފެނިގެން ޒެވިއަލް ވެސް ނުކުތެވެ. އޭނާ ނުކުން އިރު ބޭރުގައި އަރްކާން މަޑުކޮށްގެން ހުރުމުން ހުއްޓިލެވުނެވެ.
“މީ..މްމް..ލިއާނާ ކައިރީގަ ނުބުނާނަން ތަ” އަރްކާން އަހަން ނާހަން ހުރެފައި އަހާލިއެވެ. ޒެވިއަލްގެ ކުރިމަތީގައި ހުރެ ލިއާނާގެ ނަން ކިޔުން ވެސް އޭނާއަށް ވީ ބޮޑުވޭނަކަށެވެ.
“ތިކަމާ މި ވިސްނާލީ… ކިހިނެތްބާއޭ ހަދާނީ މިހިތައް އަރަނީ..ލިއާގެ މިޒާޖު ތަފާތު ވާނެ.. ހުންނާނެ ފާޑެއްގެ ރުޅިއެއް… މަ މިހުންނަ ހެން އޭނައަކަށް ނުހުރެވޭނެ.. ރޯން ވެސް ރޮއެފާނެ… އެހެންވެ ހަދާނެ ގޮތެއް ނޭނގިފަ މިހުންނަނީ” ޒެވިއަލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަރްކާން ގެ ކުރިމަތީގައި އެހާ ހަމަޖެހިލާގެން ވާހަކަ ދައްކާލެވުނީމަ ޒެވިއަލް ހުރީ ހައިރާން ވެފައެވެ. މާޒީގެ ހަނދާންތައް ވެސް ތަދުކުރަންފެށިއެވެ. އޭރު ދެމީހުން ހީ ސަކަރާތް ޖަހާ މަޖާކޮން އުޅުނު ދުވަސްތަކެވެ. ނަމަވެސް ދެމީހުންގެ ދެމެދުގައި އެދުވަހުގެ އެއޮތް ގުޅުމަކީ މިއަދު ބީރައްޓެހި އެއްޗެކެވެ. އެހިސާބަށް އަދިވެސް ދާނެބާއެ ޒެވިއަލްގެ ހިތައް އަރަމުން ދިޔައެވެ.
”މަށައް ހީވަނީ ބައްޕަ ކައިރީގަ ތިބުނި ގޮތައް ހަމަ ލިއާނާގެ ކައިރީގަ ވެސް ބުނުން ގޯހެއް ނުޥާނެ ހެން.. މިބުނީ އިތުރު ތަފްސީލަށް ނުގޮސް..” އަރްކާންއަށް ފެންނަގޮތް ހާމަކުރުމުން ޒެވިއަލްއަށް ވެސް އެގޮތާއި ރުހެވުނެވެ. އޭނާ ބޯޖަހާލީ އެވާހަކަ ދައްކާނަމޭ ބުނާފަދައަކުންނެވެ. އަރްކާންވެސް ބޯޖަހާލިތަން ފެނި ޒެވިއަލް ހިނގައިގަތީ ކޮޓަރިއަށް ދިޔުމަށެވެ. ނަމަވެސް އަރްކާން އަނެއްކާ ވެސް ގޮވާލިއަޑަށް ޒެވިއަލް ފަހަތައް އެނބުރި ބުމަ ހިއްލާލީ ކިހިނެތްވީހޭ އަހާ ފަދަ އަކުންނެވެ.
“މްމްމް..ތިކަމުގަ އަހަރެން އެހީވާނަން.. ޝެއާރ ވިތް މީ..އެއްވެސް ޑީޓެއިލް އެއް ލިބުނަސް.. ޒާފިރްބެ އާއި ޝާލީދައްތައަކީ އަހަރެންގެ ދެވަނަ ބައްޕައާއި މަންމަ… އެކަނިން ތިކަމާއި ނޫޅޭތި.. ބައްޕަ ބަލާފަ ބުނާނެ މިނިވަން ކުރިމީހެއް.. އެންޑް އާފްޓާ ދެޓް އައި ވިލް ހެލްޕް ޔޫ އިން އެވްރީތިންގ” އިސްޖަހައިގެން ހުރި ނަމަވެސް އަރްކާންގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ.
އަރްކާންގެ ޖުމްލަތައް އިވި އުފާވެރިކަމެއް އިޙްސާސްކުރެވުނު ނަމަވެސް އެކަން ޒެވިއަލް ނުދެއްކިއެވެ. ހަމަ އެކަނި ބޯޖަހައިލުމަކުން ފުއްދާލިއެވެ. ނަމަވެސް އަރްކާންގެ ޖުމްލަތަކުން އެކަމުގައި އޭނާގެ ހިތްވަރު އިތުރަށް އާވިއެވެ.
“އޯކޭ..ދެން ލިއާނާއާއި ވާޙަކަ ދައްކާލެވިއްޖެތަ އެރެއާއި ބެހޭގޮތުން” އަނެއްކާވެސް އަރްކާންގެ ސުވާލެއް އައެވެ.
” ނޫން..ލިއާ އަދި އެހާ ފިޓް ނޫންވީމަ މިހުންނަނީ…އެކަމަކު އަހާލާނަން ރަނގަޅު ވަގުތެއް ބަލާފަ”ޒެވިއަލް ޖަވާބު ދިނުމުން އަރްކާން ބޯޖަހާލާފައި ދިޔުމުން އޭނާ ވެސް ކޮޓަރިއަށް ދިޔުމަށް ހިނގައިގަތް ވަގުތުން ކަޔާން ގުޅުމުން ވާހަކަ ދައްކަންފެށިއެވެ.
***
“ބްރޯ ނުކުންނަން ވީނު ދެން ” ސައިކަލް މަތީގައި އިން ކަޔާން އިނީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. “އިރުކޮޅެއް ވާނެ އޭ.. ކުރިން ވެސް ތިހެން ބުނި ނަމަ..ހޫމް ހޫމް މި ވަންނަނީ” ސައިކަލް މަތިން ތެދުވެގެން ކަޔާން އެގެޔަށް ވަންނަން ހިނގައިގަތެވެ. ދޮރުވާނުންނަށް އޭނަ ފެނުމުން ކާކުކަން އެނގުމުން ގޭޓް ހުޅުވާލަ ދިނެވެ.
“މިއަދު މިގޭގަ މީހަކު ވެސް ނެތީތަ… ހާދަ މީހެއްގެ ހިލަމެއް ވެސް ނުވެއޭ” އެއްވެސް މީހަކު ބޭރުންވެސް ފެންނަން ނެތުމުން ކަޔާން އަމިއްލަ ނަފްސަށް އިވޭވަރަށް ކިޔައިލެވުނެވެ. ކަޔާން ގޮސް ގޭގެ ދޮރު ހުޅުވާލި ހިނދު ފެނުނު ސޫރައަކުން ހައިރާންވިއެވެ. ގޭތެރެއިން ނުކުން މީހާ ވެސް އޭނާ ފެނިގެން ހުރީ ދެލޯ ބޮޑުވެފައިއެވެ.
“ޔޫ..”
”ޔޫ”ދެމީހުންނަށް ގޮވައިލެވުނީ އެކުއެކިގައެވެ.
“ތީ މީގެ ދުވަސްކޮޅެއް ކުރިން މަގޭ އަތުން މާތައް ފޭރިގަތް މީހާ ދޯ…” ކަޔާންގެ މޫނާއި ދިމާލަށް އިނގިލި ދިއްކޮށްގެން ހުރި އީވާ ހުރީ ދެލޯ އަޅާލައިގެންނެވެ. އޭރު ކަޔާން ފާޑަކަށް ހޭންފަށައިފިއެވެ.
“މަ އަތް ލީ ފުރަތަމަ.. އޯކޭ ނު.. ކޮބާ ޒެވިއަލް ..މިގޭގަ ކީއް ތިކުރަނީ.. މުޅި އޮޑީގަ ހަސަނު ދެފައޭ ކިއާހެން މީނަ” އީވާ ވާހަކަ ދެއްކި ގޮތް ކަމު ނުގޮސްގެން ކަޔާން ވެސް އޭނާ ރުޅި އަރުވާލެވޭތޯއެވެ. ފޮނި އަންހެން ކުއްޖެކޭ ކަޔާންގެ ހިތައް އެރިއެވެ. އެގެއަށް އާދެވޭ ފަހަރު ތަކުގައި ވެސް މީގެ ކުރިން އޭނާއާއި ބައްދަލްވެފައި ނެތެވެ.
ދެމީހުން އެފަދަ ޒުވާބެއްގައި ތިއްބާ ޒެވިއަލްއަށް އާދެވުނެވެ.
“ޔާން..އަދި އަންނާށޭ ބުނީމަ މިތާގަ ކީއްތަ ތިކުރަނީ” ޒެވިއަލް އަށް އެތަނުގައި މޫނު ހަދައިގެން ހުރި އީވާ ފެނި ނިތް އަރުވާލެވުނެވެ.
“ޒެވް ކީއްތަ ތިކުރަނީ ފްލާވާރ ތީފް ގޮވައިގެން” ޒެވިއަލްގެ ކޮނޑަށް އަތްވައްޓާލައިގެން ދަމުން ކަޔާން އީވާއަށް އިއްވާލިއެވެ.
ކަޔާންގެ ފަހު ޖުމްލައިގެ އަޑު އިވުމުން ރުޅިއައި ވަރުން އެއްޗެއް ބުނަން އުޅެފައި ވެސް ޒެވިއަލް ހުރުމުން އެހިތްވަރު ކުރާކަށް އީވާއަކަށް ނުކެރުނެވެ. “ފޮނިވެގެންވާ ފިރިހެނެއް… ބަޓް ހީ އިޒް ކައިންޑަ ހޭންޑްސަމް” ކަޔާންއާއި ޒެވިއަލް ދިޔަ ދިމާލަށް ބަލަހައްޓާއިގެން ހުރި އީވާ އެއް އަރިއަކަށް ހީލައިގެން ހުރެ އެތަނުން ދާން ހިނގައިގަން ވަގުތު ކާކޮޓަރީގެ ދޮރުމަތީގައި ހުރި ރައިހާ ފެނި އޭނާގެ މޫޑް މުޅިން ހަރާބުވިއެވެ. ވަގުތުން ދިޔައީ ރައިހާއާއި ދިމާލަށެވެ.
ރައިހާގެ އަތުގައި އެވަގުތު ހުރި ފެން ތަށި އޭނާ ނުވިސްނާ ހުއްޓާ އަތުލުމަށްފަހު ޖަހާލީ މޫނަށޭވެ. އެފަދަ ވަގުތެއްގައި ރައިހާ ފެނުމުން މާ ބޮޑަށް ވެސް އީވާ ރުޅިގަދަވީއެވެ.
“ރައިހާ..ކަލޭ..މީހުންނަށް ސްޓާކް ކުރަންޏާ މިކަހަލަ ކަންތައް ވާނީ.. ކަލޭ ކީއްތަ ތިކުރަނީ މިތާގަ.. މަ އުޅޭ ގޮތާއި ކުރާ ކަންތައް ބަލަން ދޯ ސައުވީސް ގަޑި އިރު ތިހުންނަނީ ވިއްދާލާފަ.. ބުނީމެންނު މަށައް ފެނިގެން ނުވާނެ އޭ.. އަޑެއް ވެސް ނީވޭތަ..” އީވާ މޫނުރަތްވެފައި ވާގޮތުން ރައިހާ ފެނުމުން އައިސްފައި ހުރި ރުޅި ހާމަވެއެވެ. ރުޅިގަދަވެފައި ހުރި ނަމަވެސް މީހަކަށް އަޑު އިވިދާނެތީ އޭނާ ވާހަކަ ދެއްކީ ފުދޭވަރަކަށް މަޑުންނެވެ.
ރައިހާ އެވަރުންވެސް ބަހެއް ނުބުންޏެވެ. ބަދިގެއިން ޓިޝޫއެއް ހިފައިގެން އައިސްއެތަން ފުހެމުން ދިޔައެވެ. ރައިހާ އެއްޗެއް ނުބުނުމުންވެސް އީވާއަކަށް ކަމަކު ނުދިޔައެވެ. ފެންތަން ސާފްކޮށްފައި ތެދުވައިން ތަނުން އަނެއްކާ ވައްޓައިލީ ފެން ހުސްކޮށްފައި އިން ބިއްލޫރި ތައްޓެވެ.
މުޅިތަނަށް ބިއްލޫރިތައް ބުރައިގެން ދިޔަ އަޑު އިވިގެން ދިޔައިރު އެތަނަށް މީހަކު ނާދޭތޯ ރައިހާއަށް ހިތާހިތުން ދުއާކޮށްލެވުނެވެ. ކިތަންމެ ހިތްވަރު ކުރިނަމަވެސް ރައިހާގެ ލޮލުން ކަރުނު ހިލުނެވެ. ނަމަވެސް ދެލޮލުން ފެންތައް ފޭބުމުގެ ކުރިން ތުންފަތުގައި ބާރަށް ދައިގަތެވެ.
“މާ މަޑުމަޑުން އިންނާނެ ކަމެއް ނެތް…އިނޮސެންޓް މާކަނާ..އަވަސް ވީ ގޮތަކުން ފެއްސިބަލަ..” ރައިހާ ބިއްލޫރިތައް ސާފްކުރަމުން ދަނިކޮން، އީވާ ދަމުން ދިޔައީ ޖެހިގަނެފައި އެވެ. އަރި އަޅައިލިގޮތަކުން އޭނާގެ އަތް ބޭއްވިގެން ދިޔައީ ތިރީގައި ހުރި ބިއްލޫރިތަކުގެ މައްޗަށެވެ.
“މަންމާ..”ވޭނީ އާޙްއެއްގެ އަޑުއަނގައިން ނުކުމައިން އިރު ރައިހާގެ ދެލޮލުންވެސް ފެންތައް ފައިބާގަތެވެ. މަލާމާތުގެ ރާގެއްގައި ހީލައިގެން ހުރެ އީވާ އެތަނުން ދިޔައެވެ. އަމިއްލަ އަތައް ބަލައިލި އިރު އަތުން ތަންގަނޑެއް ކަފައިގެން ގޮސް ލޭއަންނަނީއެވެ. ރައިހާ އެތަނުން ތެދުވައިން ހިނދު އެތަނަށް އައި ގޭގައި ގެންގުޅޭ މީހަކަށް ރައިހާގެ އަތްފެނިގެން ތެޅިގަނެފައި ބޭސް އެޅުމަށް އޭނާ ގޮވައިގެން ލިވިންގްރޫމާއި ދިމާލަށް ގެންދިޔައެވެ.
**
އީވާ އާއި ރައިހާއަށް ނުފެނުނު ނަމަވެސް އެހުރިހާ މަންޒަރެއް ޒެވިއަލްއާއި ކަޔާންއަށް ފެނުނެވެ. ދެމީހުން ތިބީ ކާކޮޓަރިއާއި ފުރަގަހަށް ވާހެން އިން ކޮރިޑޯގައެވެ. އެތާގައި ކަހާލާ ކުޑަދޮރު ހުޅުވާފައި ހުރި ވަގުތެއްކަމުން ވަރަށް ރީއްޗަށް އެ މަންޒަރު ފެނުނެވެ. އެހިސާބަށް އީވާގެ ވާހަކަތައް ނުހަނު ސާފްކޮން ދިޔައީ އިވެމުންނެވެ. އެތެރެއަށް ގޮސް ގޮސް ހުއްޓާއި ރައިހާއޭ ކިޔާ އީވާ ގޮވާލި އަޑުއަހާފައި އަލުން އެތަނަށް އައުމަށް ބުނީ ކަޔާންއެވެ. ރައިހާ އެގޭގައި އުޅޭ ވަގުތެއްކަން އެނގުމުން އޭނާ ބޭނުންވީ ރައިހާ ބަލާލާށެވެ. ދިމާކޮށްކޮށް ފައިވެސް ޒެވިއަލްވެސް އޭނާގެ ފަހަތުން އައީއެވެ. އީވާ އެނބުރި އަތުވެދާނެ ކަމުގެ ބިރަށް ދެމީހުން ލިފްޓަށް އަރައިގެން ގޮސް ވަނީ ޒެވިއަލް އާއި ލިއާނާގެ ބަޔަށެވެ.
“ބްރޯ..މަ ވަރަށް ގިލްޓީ ފީލް ވެއްޖެ މިއަދު..ރައި މިގެޔަށް ގެނައީ މަ.. އެކަމަކު ފަރުވާ ކުޑަކޮށްލެވުނީ މާބޮޑަށް” ޒެވިއަލް އިނީ ރައިހާ އާއި މެދު އިންތިހާއަށް ކަންބޮޑުވެފައެވެ. އޭނާ ހީކޮށްގެން ހުރީ ގޭގެ އެންމެން ވެސް ރައިހާއާއި ދޭތެރޭގައި ކަންތައް ކުރަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
“ކޮން ނަމެއް ކިޔަނީ އެ މަންޖެއަށް..” ކަޔާންގެ އަތް މުށްކެވިފައިވާ އިރު އޭނާއަށް އަދިވެސް ސިފަވެގެންދަނީ ރައިހާގެ ފެންކަޅިވެފައި ވާ ދެލޮލެވެ. ކަޔާންގެ ހިތައް ހީވަނީ ތޫނު އެއްޗަކުން ހަރާހެންނެވެ. މީހެއްގެ ނުބައި ރޭވުމެއްގައި ޖެހި ދެ ލޯބިވެރިން ވަކިވި ނަމަވެސް އޭނާގެ ހިތުގައި އަދިވެސް ރައިހާ ދެކެ ވީ ލޯބި ދިރިދިރި ވެއެވެ. އެ ލޯބި ސާފެވެ. އިތުރު އެހެން އަންހެނަކު އޭނާގެ ހަޔާތައް ގެނައުމަކީ ނާދިރްކަމެކެވެ. ހާލަތު ބަދަލްވެފައި ވީނަމަވެސް ރައިހާއަށް ޓަކައި ހިތުގައި އުފެދިފައިޥާ ޖަޒުބާތުތައް ފުނެވެ.
”އީވާ އެއީ..ވަރަށް ސަޕްރައިޒްޑް..އީވް އެއީ އެއްވެސް މީހަކަށް ދުވަހަކު ވެސް އެހެން ޓްރީޓް ކުރި ކުއްޖެއް ނޫން.. އެންމެންނާ ވެސް ވަރަށް ސަކަރާތް ޖަހާ އެހެން މަޖާކޮށްކޮށްފަ ގޭތެރޭގަ ވެސް އީވް އުޅެނީ…އެކަމަކު ރައީ އަކީ ވަރަށް ރަނގަޅުކުއްޖެއް…ދުވަހަކު މީހަކަށް ޑިސްރެސްޕެކްޓް ކުރިތަނެއް ނުދެކެން.. ބަލާ މިއަދުވެސް..ކިއަން ބޭނުން ވި އެއްޗެއް ކިޔާފަ އީވާ ދިޔައިރުވެސް އަނގައިން އެންމެ ބަހެއް ވެސް ނުބުނޭ.. މަ ވެސް ދެރަވި މިއަދު އީވް އެ ގޮވަލި އެއްޗިހިނުން ..އެހާ އިނޮސެންޓް ކޮން އުޅޭތީ ކާކު ގަބޫލް ކުރާނީވެސް އެހެން އީވް އުޅެފާނެއެކޭ” ޒެވިއަލް ބުނެވުނެވެ. ކަޔާން ވަގުތުން ކަޅިއަޅައިގަތެވެ.
“ވަރަށް އިނޮސެންޓް އޭނުން.. އެމީހުންގެ ކަމެއްގަ ރައީ އެހުންނަނީ މިގޭގަ..އެހެންވިއްޔާ އެމީހުން ޖެހޭނެ ރަނގަޅަށް ކަންތައް ކުރަން.. ޒެވް..ލިއާ ފޮނުވައިގެން ބަލާލަބަ ރައި އޯކޭ ތޯ” ކަޔާން މޫނުމަތިން ރައިހާއާއި މެދު ކަންތައް ބޮޑުވެފައިވީ ވަރު ހާމަވެއެވެ.
“ތިހާ ލޯބިވާ އިރު ދެމީހުން ބްރޭކްއަޕް ވީ ކޮންމޮޔައެއް ވެގެން” ޒެވިއަލް ކައިރިއަށް އައީ ހިންޏެވެ. ފޯނު ނަގާފައި ލިއާނާއަށް ގުޅާލީ އޭނާ ވީ އެބައިގާ ކަން އެނގޭތީއެވެ.
“ސޯފިއާ އެކޭ ކިޔުނު މުސީބާތް..ޔޫ ނޯ.. އަދި ފަހުން ކިއާނަމޭ.. އިހަށް ރައި ބަލާލަ ބަ” ކަޔާން އޮތީ ރުޅިގަދަވެފައެވެ. އެގެއަށް އައިތަނުން މި ލައްވާލި ކަމަކުން ޒެވިއަލް ގާތު ކަޔާން ދައްކަން އައި ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ.
***
“އެހެންވީމަ އެމީހުންނަށް މިހާރު އެނގޭނެ، އެމީހުން މަށާ ދިމާ ކުރާކަން ލިއާއަށް އެނގިއްޖެކަން” އެރޭގެ ހާދިސާ ލިއާނާ ކިއަދިނުމުން އަލާރާއަށް ބުނެވުނެވެ. އޭނާގެ މޫނުމަތިން އެކަމާއި ހާސްވިވަރު ފެނެއެވެ. ދެމީހުން ތިބީ ފަތާފެންގަނޑުގެ ކައިރީގައި ހިޔާކޮށްފައި ހުރި ބައިގެ އެތެރޭގައިވާ ސޯފާތަކުގައެވެ. ކޮންމެ މީހެއްގެ އަތުގައި އާވި އަރައަރާ ހުރި ކޮފީ ތައްޓެއް ހުރިއިރު ލަސްލަހުން ދިޔައީ ހުސްވަމުންނެވެ.
” އިންޝާﷲ ރަނގަޅުވާނެ ހުރިހާ ކަމެއް ވެސް.. އެކަލާނގެ އެއްވެސް އިންސާނަކަށް ދެރަ ގޮތެއް މިންވަރެއް ނުކުރައްވާނެ.. ސިސް ހާސް ނުވެބާ..އަހަރެން ވެސް މިހުރީ އެންނު.. އެހެން ބިރު ދައްކާހާ ކޮންމެ ފަހަރަކު އެމީހުންނަކަށް ނުކުރެވޭނެ ކަމެއް… ދެން އެކަނި ނުނިދައްޗޭ” އަލާރާގެ އަތުގައި ހިފާލަމުން ލިއާނާ ބުނެލިއެވެ. އެ ހަމަލާއަށް ފަހު އެކަމުގައި ވަނީ އޭނާގެ އަޒުމް ކުރިއަށް ވުރެން ވަރުގަދަވެފައެވެ. އެއީ ކޮންބައެއް ކަން ނޭނގޭހާ ހިނދަކު ދެން އޭނާއަށް ހަމަނޭވާ ވެސް ނުލެވޭނެވެއެވެ.
“އަސްލު އައި ފެލްޓް ސަމްތިންގ.. ތިބުނީނު އެރޭ އީވް ކަމަކާ ރުޅި އައިސްގެން ދިޔަ ޥާހަކަ.. އަމްސޮރީ.. ޑޯންޓް ޔޫ ފީލް ދެޓް ޝީ އިލް ލިލް ޗައިލްޑިޝް” ލިއާނާ ހަގީގަތުގައި ވެސް އިނީ އީވާ ދެކެ ހިތްހަމަ ނުޖެހިފައެވެ. އީވާ ބޮޑާ ނުހާކާ އެ ކޮޓަރީގައި މަޑުކުރިނަމަ ފަހަރެއްގައި އެމީހަކަށް އެ ކޮޓަރިއަށް ނުވަދެވިވެސް ދާނެއެވެ. އެމީހާ އައީ ސީދާ އަލާރާއަށް ގެއްލުމެއް ދޭށެވެ. ވަރަށް ވެސް ފާރަވެރި ވެގެން ހުރެފައި އެކޮޓަރިއަށް އޭނާ ވަނީ، އީވާ ހަމަ އެތަނުން ނުކުން ވަގުތާއި ދިމާކޮށްފައެވެ.
“ޑޯންޓް ބީ ސޮރީ.. އައި ނޯ ދެޓް ޝީ އިޒް ޗައިލްޑިޝް… ބައެއްފަހަރު އީވްއަށް ފޯރިގަނޑެއް އަރަނީ އޭނާއަށް ކުރެވޭ ގޯސްކަންތައް ރަނގަޅުކުރަން ބުނީމަ.. ލިއާ އަޅެ އީވްއަށް ވިސްނާ ދީބަލަ..ސޭމް އޭޖް އަށް ވިޔަސް ލިއާ މާ ބޮޑަށް ވެސް މެޗްއާރ.. ލޯމަރާލާފަ ވެސް ޒެވް އަށް ކެރޭނެ ލިއާ މެރީ ކުރަން ހުއްދަ ދޭން މިހާރު ވެސް..އެކަމަކު އީވް..އުޅުން ހުންނަނީ ދިހަ އަހަރުގެ ކުއްޖެއްގެ އުޅުން ހުންނަހެން.. އެހާ މަޖާ ކޮށް ސަކަރާތް ޖަހާފަ އުޅުނަސް ވަރަށް ބޭބީ ހަމަ.. އެރޭ ދަމުން ދިޔައީ ވެސް ބުނެލާފަ ދޮންތި ދެން މިރޭ އެކަނި ނިދާލާށޯ..އާހް.. އީވް ޝުޑް ނޯ ދެޓް އައިމް ބްލައިންޑް.. އެންޑް އައި ނީޑް ހާރ…ބަޓް ނައު ޝީ އިޒް ލައިކް އަ ސްޓްރޭންޖާރ ” އެންމެފަހުން ތިން ޖުމްލަ ބުނެލެވުނު ހިނދު އަލާރާގެ އަޑުކުރެހުނެވެ. އަމިއްލަ ނުކުޅެދުންތެރިކަން އިޙްސާސްވަނީއެވެ. އަމިއްލަ އަންހެންކޮއްކޮގެ އެހީ އެންމެ ބޭނުންވި ހިނދު މިއަދު މިފެންނަނީ ކޮއްކޮގެ ދުރުކަމެވެ.
“ދެރަ ނުވޭ.. އަހަންނަށް އެނގޭ މިހެން ބުންޏަސް ދެރަވާނެކަން.. އަހަންނަށް ވުރެން ދައްތަ ބޭނުންވާނީ އަމިއްލަކޮއްކޮ ކާރީގަ ހުރެދޭން.. ބަޓް އީވް ނެތަސް އަހަރެން އަބަދުވެސް ހުންނާނީ ދައްތަ އާއެއްކޮން.. މަންމަ ނެތިފަ ހުއްޓަ ދެވަނަ މަންމައެއްގެ ގޮތުގައި ލޯބި ދިނީ ރަމް ދައްތަ އާއި ދިނާ ދައްތަ.. އަމިއްލަ ދައްތަ އެއް ނެތިފަ ހުއްޓަ އެ ފަޅުކަން ފިލުވާލަނީ ދިނީ ސިސް.. އަހަންނަށް ވަރަށް ފަސޭހަ މިހެން ވާހަކަ ދައްކާލަން … ރައި ނޫނަސް ސިސް އާއިވެސް ކޮންމެ ކަހަލަ ވާހަކަ އެއް ވެސް ދައްކާލަން ވަރަށް އީޒީ.. ވަރަށް ހެޕިނަސް ފެލްޓް ވޭ.. ޑޯންޓް ބީ ސޭޑް.. އަހަންނަކީ ރައްޓެއްސެއް ކަމަށް އަދި ކޮއްކޮއެއް ކަމަށް ދެކި”އަލާރާގެ ވާހަކަތައް އަހަން އިން ލިއާނާ ވަރަށް ދެރަވިއެވެ. އަލާރާގެ ފެންކަޅިވެގެން ދިޔަ ދެލޮލުން ކަރުނަތިއްކެއް ކޯތާފަތައް ޖަހާލި ތަން ފެނި ހިތައް އިތުރަށް ތަދުވިއެވެ. އަލާރާގެ ދެލޮލުން ފެންތައް ފައިބަމުން ދިޔުމުން އިތުރަށް ވާހަކަ ނުދެއްކިގެން ހަމަ އެކަނި ބޯޖަހައިލިއެވެ.
“ކެން އައި އާސްކް ސަމްތިންގް” ލިއާނާ އަހައިލުމާއެކު އަލާރާ ވަގުތުން ބޯޖަހާލިއެވެ.
“މްމް..ދެރަ ނުވައްޗޭ މިހެން އަހާލިއަސް.. ޑޮކް ބުނީ ދެން ދައްތަ އަށް ނުފެންނާނެ އޭތަ ނޫނީ މިއީ ވަގުތީ ކަމެކޭތަ..” ލިއާނާ އަހައިލިއެވެ.އެ ސުވާލުން އަލާރާގެ މުޅި މޫނުގެ ކުލަވަރު ބަދަލްވިއެވެ.
” ލޮލާއި ބޮލުގެ ބޮޑު ދެ އޮޕަރޭޝާން އެއްފަހަރާ ކޮށްފަ ހުރުމުން ދެއަހަރު ނުވަނީސް އިތުރު އޮޕަރޭޝަން އަކަށް ރިކޮމެންޑް ނުކުރެވޭނެއޭ ޑޮކްޓަރުންބުނަނީ.. އަދި ކިރިޔާ އަހަރެއް މިވަނީ.. އެހެންނޫނަސް އޮޕަރޭޝާން ކުރުމަށް ވުރެން ނުކުރުން ބުއްދިވެރިކަމަށް އަންގަނީ ހުރިހާ ޑޮކްޓަރުންވެސް..އެއީ ފުރާނައަށް އެކަމުން ގެއްލުމެއް ލިބިދާނެތީ..ވަރަށް ރިސްކީ… ފިފްޓީ ފިފްޓީގެ ކަމެއް” އަލާރާގެ އަޑުގައިވި ރިހުން ކޮންމެ ޖުމްލައަކުންވެސް ލިއާނާއަށް އިހްސާސްވިއެވެ. ހާދަ ދެރައެވެ. އޭނާއަށް އެހީވެވޭނެ ނަމައެވެ. އެކަމުގައި އޭނާއަށް ކޮށްދެވޭނެ ކަމެއް އެބަ އޮތްބާއެވެ. ލިއާނާގެ ދެލޮލުން ފެންތައް ފައިބަމުން ދިޔައިރު އަޑު ނީއްވުމަށް އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. އަލާރާގެ ކުރިމަތިގައި ބަލިކަށި މީހަކަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ.
“އިންޝާﷲ އަދި ރަނގަޅުވާނެ.. ޑޮކްޓަރުން އެހެން ބުނި ކަމުގަ ވިއަސް ސޮލިއުޝަން އެއް އިންނާނެ.. އުއްމީދު ކަނޑާލާކަށް ނުވާނެ އެހާ އަވަހަކަށް..ހިނގާ ބަލަން އެކި ޑޮކްޓަރުންގެ ކައިރިއަށް ގޮސްގެން ވެސް..”
“ނޫނޭ ލިއާ..ހަގީގަތުގަ އަހަންނަށް ވެސް އުއްމީދު ކަނޑާލެވިއްޖެ މިހާރު..އެންމެ ރަނގަޅު ގޮތަކީ މިހެން ހުރުން ކަންނޭގެ” އަލާރާގެ ވާހަކަ ހުރިގޮތުން އޭނާގެ ބަލިހާލަތުން އަރައިގަނެވިދާނެކަމުގެ އެއްވެސް އުންމީދެއް ނުގެންގުޅޭކަން އެނގުނެވެ.
“ނޫނޭ.. ޓްރަސްޓް ﷲ.. އެކަލާނގެ ބަލިތަކަށް ޝިފާ ދެއްވާނީ..އަހަރެމެންނަށް އޮތީ މަސައްކަތް ކުރުން.. އެނގޭތަ ދުޢާ އަކީ އެންމެ ބާރުގަދަ ހަތިޔާރު… އަދި ނުވޭ އުއްމީދު ކަނޑާލަކަށް.. އެބަހުރި ފަސް ހަ އަހަރު އަނދިރި ހާލަތުގަ ތިބެފަ ދެލޮލަށް ފެނި ނޯމަލް ލައިފް އެއްގަ އުޅެފަ ތިބި މީހުން…ސިސް އަދި މިވަނީ އެންމެ އަހަރެއް”ލިއާނާގެ ވާހަކަ ތައް އިވުނު ހިނދު އަލާރާ ފާޑަކަށް ލަދުގަތެވެ. އަޅުކަމުގައި އުޅެވޭ ވަގުތު މަދުކަން އެވަގުތު އިހްސާސްވިއެވެ. ރާއްޖެއިން ބޭރުގައި ގިނަދުވަހު އުޅުމުގެ ސަބަބުން އޭނާގެ ކިބައިގައި ހަރުލާފައި ހުރީ ބޭރުގެ ގޮތްގަނޑެވެ. މަންމަ އާއި ދުރުގައި އުޅުނު އިރު އެތަނުން ދަސްވާނީ އެތަނުގައި އުޅުނު ބައެއްގެ އާދަނޫން ހެއްޔެވެ. ކިޔާދޭނެ މީހަކު ވެސް ނެތެވެ. ރާއްޖެ އައިފަހުން މަންމަ ނަމާދު ކޮށްފިންހޭ އެހުމުން ނަމާދަށް އަރައެވެ. އެކަމަކު އޭނާއަށް ފަރުވާކުޑަކުރެވެއެވެ.
ލިއާނާގެ ނަސޭހަތުގެ އަޑު ކަންފަތުގައި ހަރުލައިގެން ދިޔަހިނދު އަލާރާއަށް ރޮވޭގޮތްވިއެވެ. އޭނާއަށް ވުރެން އުމުރުން ހަގު ކުއްޖަކު އެ ދިން ނަސޭހަތުން ހާދަ ބޮޑު ފިލާވަޅެއް ލިބިއްޖެއެވެ. އަލާރާ ބޯޖަހާލީ އާއަޒުމަކާއި ހިތްވަރެއް ލިބިފައިވިފަދައަކުންނެވެ. ލިއާނާގެ ގައިގާ ބައްދާލެވުނީ ޝުކުރުވެރިވެފައިވާ ހާލުއެވެ.
“ލިއާއަށް އެނގޭތަ އިއްޔެރޭގަ އެމީހާ ގުޅާފަ އިންޒާރު ދީފި އަނެއްކާ.. އެއްކަލަ ޕިކްސްތައް ވާހަކަ ބުނީ..އަޅެ ބުނެބަލަ އަހަރެން ހަދާނެ ގޮތެއް” އަލާރާއަށް ބުނެވުނެވެ.
“ސަމްހައު ދޮންބެ ކައިރީގަ ބުނެފިއްޔާ ގޮތެއް ވެދާނެ..އަހަރެން ކުރިންވެސް ބުނީމެންނު ދޮންބެ އަކީ ހެކާ އެކޭ.. މްމްމް ސީކްރެޓްއެއް ބުނަންތަ.. ހީ އީވެން ހެކްޑް ވަރަށް ބިގް ކޮމްޕެނީ އެއްގެ ޑޭޓާބޭސް ވެސް..ޖަސްޓް ފޯ ފަން..އެއީ އުމުރުން އަދި ފަނަރަ އަހަރުގަ.. ނޯވަން ނޯސް ދޮންބެ ހެކް ކުރާ ކަމެއް.. އޮންލީ މީ އެން އަވާރ ޕޭރެންޓްސް ނޯސް އެބައުޓް އިޓް.. ކުރީގަ އެއްކޮން އުޅުނު ފްރެންޑްސްއަށް ވެސް ނޭނގޭނެ.. އަރްކާންއަކަށް ވެސް ނޭނގޭނެ.. ބަޓް އައިކެން ހެލްޕް ޔޫ.. އަޅެ އެންމެ ފަހަރު ވެސް ޔެސް ބުނެބާ.. ” ލިއާނާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ. އަލާރާއަށް އެކަމާއި ވިސްނާލަން ޖެހުނެވެ. ކޮންމެ ފަހަރަކު އިންޒާރު ދެމުން އެއިން އެއްވެސް ކަމެއް އެއްވެސް މީހަކަށް އެނގިއްޖެނަމަ އޭނާ ނޫނީ އާއިލާއަށް އޭގެ ގެއްލުން ދޭނެ ކަމަށް ބުނެއެވެ. ލިއާނާގެ ގާތުގައި އަލާރާ އެވާހަކަ ވެސް ބުނެލިއެވެ.
”މްމްމް..ސިސް…ހެކް ކުރާ ކޮންމެ ފަހަރަކު ނޭނގޭނެ އަދި އެކުރަނީ ހެކް ކަމެއް..އެކަމަކު ޕްރޯ ބައެއް ވީމަ ނޭނގި ވެސް ނުހުންނާނެ… އެމީހުން އެހެން ބުންޏަސް މިގެޔަކަށް މިހާރު ވަނުމަކީ އީޒީ ކަމެއް ނޫން… ދައްތައަށް ބިރު ދައްކަން އެހެން އެކިޔަނީ.. އަހަރެން މިހުރީނު ޓްރަސްޓް މީ” ލިއާނާ ވަރަށް ކިޔައިގެން އެންމެ ފަހުން އަލާރާ އެކަމާއި އެއްބަސްވިއެވެ. ލިއާނާ އަވަސް ވެގަތީ ޒެވިއަލް ހުރިތަނެއް ބެލުމަށް ފަހު ދިޔުމަށެވެ. ފޯނު ނެގި ހިނދު ވީ ޒެވިއަލް ވެސް އޭނާއަށް ވަގުތަށެވެ.
“ދޮންބެއަށް ހަމަ ގުޅަން މިއުޅެނީ.ކޮން-”
“ރައި ވީ ތަނެއް ބަލާލަބަ” ލިއާނާ ވާހަކަ ދައްކަ ދައްކާ ހުއްޓައި ޒެވިއަލް އަހަލިއެވެ. ލިއާނާ ހައިރާންވެ ހުރެފައި ކިހިނެތް ވީހޭ އަހައިލުމުން ޒެވިއަލް އަނެއްކާ ވެސް އަހައިލީ ރައިޙާ ކޮބާތޯއެވެ.
” ރައި ދިޔައީ ގެއަށް ގޮސްލާފަ އަންނަން.. ކޮންމެވެސް އެއްޗެއް ބާއްވާފަ އާދެވިގެން.. އަހަރެމެން ދެމީހުން އެއްކޮން އުޅުނީ އަލާ ދައްތަ ކައިރީ އޭގެ ކުރިން..ރޫމް އިން ނުކުންނަނިކޮން ދިނާ ދައްތަ ގޮވާލައިގެން ބަދިގެއަށް ވައިން.. މިހާރު ވާނީ ގޭގަ…އަންނަން އުޅޭނެ ހެން ހީވަނީ.. ކިހިނެތް ވީ” ލިއާނާއަށް އަހައިލެވުނެވެ.
“ގުޅާފަ މިހާރު އަހާލަބަލަ ކޮންތާކުތޯ…އެންޑް ޗެކް ޝީ އިޒް އޯކޭ ތޯ..ހަމަ މިހާރު އެނގޭ.. ދޮންބެ މިހުރީ ގޭގަ”
“ވަޓްސް ރޯންގް ވިތް ޔޫ ދޮންބޭ..ހެ”ލިއާނާ ވާހަކަ ދައްކަ ދައްކާ ހުއްޓާއި ޒެވިއަލް ފޯނު ކަނޑާލިއެވެ. ލިއާނާ ގާތައް ރުޅިވެސް އައެވެ.
“…އާހް އެކަނޑާލީ މޫނުމައްޗަށް ފޯނު.. މިއީ އަހަރެން އެންމެ ރުޅި އަންނަ އެއް ކަންތައް.. ދޮންބެ މޮޔަވެފަ ކަންނޭގެ އެހުރީ..މިހާރު ރައި އަންނާނެ ކަން ޔަގީން މަށައް.. ހިގާ ގެޔަށް ވަންނަމާ”ލިއާނާހުރީ ރުޅިގަދަ ވެފައެވެ. އަލާރާ ގާތައް އައީ ހިންޏެވެ.
“އަޅެ ގުޅަލަބަ ރައި ކޮބާ ތޯ” އަލާރާ ވެސް ލިއާނާއަށް ލަފާ ދިނެވެ. ޒެވިއަލް ފޯނު ކަނޑާލުމުން އައި ރުޅީގައި ވަގުތުން ނޫނެކޭ ބުނެ އޭނާ މިސްޜާބު ޖެހީ އަލާރާ ގޮވައިގެން ގެޔަށް ދިޔުމަށެވެ.
***
(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ހަޔާތް

Next

ހާސިލްވުމަށް އެދެނީ 3

Next
March 20, 2025

ހާސިލްވުމަށް އެދެނީ 3

Previews
March 19, 2025

ހަޔާތް

19 Comments!

  1. Weeeeeeee says:
    March 19, 2025 at 11:22 pm

    Koba next…avasss

  2. Ishu says:
    March 19, 2025 at 11:49 pm

    Chaaaaa
    Vvvvvv reethi
    Cant wait next ah

  3. Nanna says:
    March 19, 2025 at 11:55 pm

    Hama inthizaaru ga hutta e up viii😭😭😭
    Vvvvvvvv salhiiiii
    Vvvvvvv furihama
    Enme best vaahaka♥️♥️♥️♥️♥️

  4. Kudoo says:
    March 20, 2025 at 12:16 am

    When next when next
    When next when next
    Kobaa kobaaaa cant waitttttt
    Asap wanted 🥰💕💕

  5. Milll says:
    March 20, 2025 at 1:30 am

    Kiyaa hithun indha nimuneema heevany maa kuru hen
    Hehehe cant wait 😘❤️❤️❤️❤️❤️❤️

  6. Cutie girl says:
    March 20, 2025 at 1:48 am

    Mi part v reethi Masha allah
    Curiously waiting for next part
    Keep it up

  7. Aalerrr says:
    March 20, 2025 at 4:54 am

    Masha Allah mi part vx vrh reethi ❤️💯
    When’s next part????
    Curiously waiting for the next part 🙂✨

  8. މަގޭ says:
    March 20, 2025 at 9:04 am

    ހާދަ ހީވެޔޭ އީވާ ނުބާރޯލެއް ކުޅޭހެން

    1. Mizoo says:
      March 20, 2025 at 11:29 am

      Mashah ves shahkku
      Ehere ulhey faadeh dhw

  9. Amaany says:
    March 20, 2025 at 12:29 pm

    Vaaahaka vvvvv furihama hama unmeedhu kuri haa reethi
    Bt im expecting adhi lia and arkan ge romantic scenes ah😳❤️
    Ala ah eeva hadhaa gothun adhi rai ah eevaa hedhi gothun vvvv foohi vey mihaaru
    Lia buni hen hama childish 😡😡
    I wasn’t expect eeva ge faraathun mikahala kankamakah ekamaku
    Ammi ah heevany eynage bad vibe eh eba ulhey hen
    I dont like mihaaru eeva
    Cant wait nect ep ah 😩😩😩❤️❤️

  10. Raiiiiiiiii-her says:
    March 20, 2025 at 12:33 pm

    I dont like this eevaaaa shit mihaaru
    Huhh 😮‍💨😮‍💨😮‍💨😮‍💨
    Mihaaru e alhaagathy kayaan ah
    Nudheynan kayaan eh .. mashah liveyny kayaan
    Varugadha anehnaa gadekey
    Balaa rai ah eyoh hadhaali goi
    My ley kekeningsss😭😭😭😭

  11. Cutie girl says:
    March 20, 2025 at 3:39 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Alaa and zev dhuru gulhuvachey
    Liaa and arkaan ves
    They all are made for each other
    Shavan and Sophia haadha goahey dhw
    Eneehunah adabu dhee
    Alaa and liaa ah dhera gotheh nuhadhachey
    I appreciate your hard work
    Haadha curious kohlaafa thi nimaaly
    Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
    Your my fav author ❤️
    Tc ❤️😘
    Ly annora 💜😙

  12. Sillll says:
    March 20, 2025 at 4:24 pm

    I cried with ala😔😔😭😭😭
    This is so heartbroken to see eeva like that
    Ireally wish kayaan and eeva to happen
    Byt look how it is bow
    I hate heree damnnnn rai is crying too
    She has to know rai is their for her own sis kan
    How could she hurt rai’s hand thohh
    Bish im gonna kick buttt … aigooo aigooo this toh😭😭😭😭
    Cant waihhhh tuhh reaaduuh ❤️❤️

    1. SomeoneYouKnow says:
      March 20, 2025 at 4:28 pm

      Anns you are making me angry eeva
      Plxxx sooon kill this shavan meeha
      I cant wait any longer🥹🥹

  13. littleangrybird996 says:
    March 20, 2025 at 4:28 pm

    ‘ekanin e iyy kuh gotheh ekani kiyaani v. Faahaga vaathy mi buniii anyway story is excellent 👌

  14. Zeek says:
    March 21, 2025 at 1:15 am

    When is next part?

    1. Lahu says:
      March 21, 2025 at 12:18 pm

      She said Saturday ey
      Insta ga update ga

  15. Lahu says:
    March 21, 2025 at 12:21 pm

    Ahchaaaaa vvvvvv salhi … mihaaru mi wait kureveny zev ge plan ah… i think eeva aky ves villan eh kanneyge
    Eheri e manje eukhey faadugadu🤨🤨 aahhh rai ah hedhi gothun i hate her now
    Bt naseebeh zev ahshaa kayaan ah fenunu kan ves
    Maadhama ah wait kurany mi heskiyaafa ahhyoooo avasssss upload ege 😭😭😭😭😭❤️❤️❤️❤️

  16. Alaara says:
    March 22, 2025 at 6:51 pm

    Hey dear koba next part? Can’t wait hama kiyaa hithun please update eh dheeba

Comments are closed.

Next Episodeނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 25←


All Right Reserved!