Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 18

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
December 11, 2015 6 Mins Read
16 Comments

ޖުވޭރިޔާ އިނީ ހިމޭނުންނެވެ. ދީމް ސައި ނިންމާލާފައި ދާން ތެދުވެލުމުން އޭނަ ދީމްއަށް ގޮވާލިއެވެ. ދީމް މަންމައަށް ބަލާލިއެވެ. ފުރަތަމަ ވެސް މަންމަ އޭނަގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭނެކަން އޭނައަށް އެނގެއެވެ. އަމިއްލަ ދަރިންނަށް ވުރެ މަންމައަށް މުހިންމު ވަނީ ހިލޭ މީހުންނެވެ. ޔަޤީނެވެ. އެއުޅެނީ އޭނަގެ ނިންމުން ބަދަލުކުރުވާށެވެ. ނަމަވެސް އޭނަ އަކީ މަންމަ ހީކުރާހާ ނުވިސްނޭ ކުއްޖެއް ނޫނެވެ.

”ދަރިފުޅުގެ ބައްޕަ ވަނީ އެޕޮއިންޓްމެންޓް ހައްދާފަ، އެއީ ރާއްޖޭގަ މިވަގުތު ހުރި އެންމެ މޮޅު ސައިކޭޓްރިސްޓް…” ޖުވޭރިޔާ ބުންޏެވެ. އޭނަ އިނީ ދީމްގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. ދީމް ވަކި އެއްޗެއް ނުބުނެ ބޯޖަހާލަމުން ހިނގައިގަތީ ފެންޑާއަށް ނިކުތުމަށެވެ. ދީމް ލޮލުގެ ކޮޅަށް ގޮސް ގެއްލެން ދެން ބަލަން އިނދެފައި ޖުވޭރިޔާ ފުން ނޭވާއެއް ލިއެވެ. ދީމްގެ ވިސްނުން ބަދަލުކުރަން ކުރަންވީ ކޮންކަމެއް ހެއްޔެވެ؟ މިވީހާ ދުވަހު އޭނަ ކުރި މަސައްކަތުން އުއްމީދު ކުރި ފަދަ ނަތީޖާއެއް ނުނެރެވުނެވެ.

ދީމް ހުރީ އޭނަގެ ނިންމުމާމެދު ވަރަށް ބޮޑަށް އުފާވެފައެވެ. އޭނަ ގޭގައި ހުރިހާ ހިނދަކު އިޒްކާންއަށް މިޝްޔާއާއި ބައްދަލު ކުރުމުގެ ފުރުސަތެއް ދެން ނުލިބޭނެތާއެވެ. ވެގެން ދިޔަ ހުރިހާ ކަމަކަށް ފަހު އިޒްކާން އެގެއަށް އައުމުގެ ހިތްވަރު ލިބުނީތީ ވެސް އޭނަ ހައިރާން ވެއެވެ. އަދިވެސް އިޒްކާންގެ ހިތަށް ހަމަޖެހުމެއް ނުލިބެނީ ހެއްޔެވެ؟

ބަގީޗާގައި ހުރި ގޮނޑިބައިރެއްގައި އިށީންނަމުން އޭނަ ނަޒަރު ސީދާކޮށްލީ އޮއްސެމުން ދިޔަ އިރާއެކު ދުނިޔެމަތި ފަވާލަމުން ދިޔަ ރީތި ކުލަތަކަށެވެ. އެއާއެކު ލޯކުރިމަތިން ނިއުޅެން ފެށި މަންޒަރުތަކުން ހިތުގައި ފުން ރިހުމެއް އުފަންވެގެން ދިޔައެވެ. ލޮލަށް ކަރުނަތައް ވެސް ޖަމާވެއްޖެއެވެ. މަޑުމަޑުން ޔޫޝައުގެ ނަން ބުނެލެވުނެވެ.

ދެމީހުން އެކުގައި އުޅުނު އުފާވެރި ދުވަސްތައް މަތިން ހަނދާންވެ އެހިތުން ލޭ އޮހޮރުވާލައިފިއެވެ. އެ ހަނދާންތައް މުޅި އުމުރަށް އޭނައަށް ގޯނާ ކުރާނެއެވެ. އެކަނިވެރިކަމުގެ ބޯ ފަރުދާތަކުން އޭނަ ވަށާލައި ހާސްކުރަން ފަށައިފިއެވެ. ދިރިހުންނަން އިންސާނާއަށް އޮކްސިޖަން ބޭނުންވާ އުސޫލުން އޭނަ ޔޫޝައުގެ ލޯތްބަށް ބޭނުން ވެއެވެ. ނަމަވެސް މިއަދު އޭނަ މިވަނީ އެލޯތްބާ ނުލާ އުޅެން މަޖުބޫރު ވެފައެވެ. އޭނަ އެވަނީ އެހުރިހާ އުފާތަކުން މަހުރޫމް ވެފައެވެ. ނޫނެކެވެ! އޭނަ އަމިއްލައަށް ޔޫޝައުގެ ފަރާތުން ލިބުނު އިންތިހާ ދަރަޖައިގެ ލޯތްބަށް ފުރަގަސް ދިނީއެވެ. ޔޫޝައުއަށް އުފާވެރި ދިރިއުޅުމެއް ލިބުމަށް އެދިއެވެ! ލޯބިވާ މީހާއަށް ޓަކައި ބައެއްފަހަރު ޤުރުބާންވާން ވެސް ޖެހޭނެއެވެ!

ޔޫޝައުގެ މޫނު ދެކިލަން އޭނަ އެވަނީ ބޭޤަރާރު ވެފައެވެ. ނަމަވެސް ދެން ދުވަހަކު ވެސް އެމޫނު ފެނުމުގެ ނަސީބު އޭނައަށް ލިބޭނެ ހެނެއް ހިޔެއް ނުވެއެވެ. ޔޫޝައު އޭނަ ދެކެ ނަފްރަތު ކުރާނެކަން ގައިމެވެ.

އެކަނި އިނދެ ވިސްނި ވަރަކަށް ހިތުގެ އުދާސްތަކަށް ނިމުމެއް ނާންނާނެކަން ދީމްއަށް އިނގެއެވެ. ހިތްފުރެންދެން ރޯލަން ވެސް އޭނަ ބޭނުންވިއެވެ. ނަމަވެސް އެކަމުގެ ސަބަބުން ހިތާމައާއި މާޔޫސްކަމުން އޭނަގެ ސިކުނޑި އިތުރަށް ހަލަބޮލިވުން ނޫންކަމެއް ނުވާނެއެވެ. ދީމް ގަސްދުކުރީ ބޭރަށް ދިއުމަށެވެ. އެކުވެރިޔަކާއެކު ބާޒާރުކޮށްލަން ދިއުމުން ފަހަރެއްގައި އޭނަގެ އެކަނިވެރިކަމަށް ނިމުމެއް އައިސްދާނެއެވެ. ފޯނު ނަގަމުން ދީމް އޭނަގެ ގާތް ރަހްމަތްތެރިޔާއަށް ގުޅާލިއެވެ.

”ދީމް؟، ކިހިނެއްތަ؟، ހާދަ ގިނަ ދުވަސް ފަހުންނޭ ތިގުޅީ، ދީމްގެ ޚަބަރެއް ނުވާތީ ތިގެއަށް ދާންކަމަށް މިއުޅެނީ….. ޔޫޝް ކިހިނެއްތަ؟، ތި ދެމީހުންނަށް ޑިނާރއަކަށް ދައުވަތު ދޭންކަމަށް ހުރީ ވެސް… ޔޫޝް ގާތު ހަޤީޤަތް ހާމަކުރިންތަ؟ ވަޓް ޑިޑް ހީ ސޭ؟…” ވިޝާ އެއްނޭވާއިން ސުވާލުތައް އަމުނާލިއެވެ. ހީވީ އެސުވާލުތައްކޮށްލަން އިންތިޒާރުގައި ހުންނަތާ ލައްކަ ގިނަ ދުވަސް ވެއްޖެ ހެންނެވެ.

”ހޫމްމްމް، ވިޝޫ ބުނި ގޮތަށް ކަންތައް ކުރުމުން ޔޫޝައުގެ ހަޤީޤީ ސޫރަ އަހަންނަށް ފެނުނީ… ހީ ގޭވް މީ އެ ޑިވޯސް…” ދީމް އޭނަގެ އެކުވެރިޔާއަށް އޮޅުވާލިއެވެ. ބޭނުމަކަށް ވީ ޔޫޝައުއަށް ހަޤީޤަތް އެނގުމުގެ ހުރިހާ ދޮރެއް ބަންދުކުރުމެވެ. އޭނައާއެކު ޔޫޝައުއަށް ދުވަހަކު ވެސް އުފާވެރިކަމެއް ނުލިބޭނެކަން ދީމްއަށް އެނގެއެވެ.

ދީމްގެ ލޯ ކަރުނުން ފުރިބާރުވެއްޖެއެވެ. ޔޫޝައުއާ ނުލާ ދިރިއުޅުން ވެފައިވަނީ ދަތި ކަމަކަށެވެ. އޭނައަށް ކެތްކުރެވޭނެ ހެއްޔެވެ؟

ވިޝާ ހުރީ ކުޑަ ޝޮކެއްގައެވެ. ޤަބޫލުކުރަން އުނދަގޫވެފައެވެ. ޔޫޝައު ކަންތައް ކުރި ގޮތާ މެދު އޭނަ ރުޅިއައެވެ. އެއާ އެއްވަރަށް ދީމްގެ ހާލާ މެދު ހަމްދަރުދީ ވިއެވެ. ޔޫޝައުގެ އެހީއަށް ދީމް އެންމެ ބޮޑަށް ބޭނުންވި ދުވަހު ޔޫޝައު ދީމް ދޫކޮށްލީއެވެ. ހިތެއް ވެސް ނެތް ފިރިހެނެކެވެ. އޭނަގެ ނަޒަރުގައި ޔޫޝައު އަކީ ދެއްކުންތެރި އެކެވެ.

މިފަދަ ވަގުތެއްގައި އެކުވެރިޔެއްގެ އެހީ ދީމް ބޭނުންވާނެކަން އެނގުމުން އެންމެ މިނެޓެއް ވެސް ނަގާނުލައި ދީމްއާ ބައްދަލުކުރަން ވިޝާ ނިންމިއެވެ. އޭނަ ހިތާހިތުން ޔޫޝައުއާ ދިމާއަށް އެއްޗެހި ކިޔާލިއެވެ.

****

އިރުއޮއްސެން ދިޔަ މަންޒަރު ބަލާލަން ހާމަފެންޑާއަށް އަރަން ދިޔަ ޔަޝްމްގެ ސަމާލުކަން އަތުލައިގަތީ ބަންދުކުރެވިފައިވާ ކޮޓަރިއެވެ. އެކޮޓަރި ފިޔަވައި ގޭގެ އެހެން ހުރިހާ ކޮޓަރިއަކަށް ވެސް ވަދެވެއެވެ. ޔަޝްމް އެކޮޓަރީގެ ތަޅުގައި ހިފާލިއެވެ. މިފަހަރު ވެސް ކޮޓަރި ވަނީ ތަޅުލައިފައެވެ.

”މި ރޫމް ތަޅުލާފައި ހުންނަނީ ކީއްވެގެންތަ؟…” ޔަޝްމް އޭނަގެ ޒަމީރާ ސުވާލުކޮށްލި އެވެ. އިރުކޮޅަކު ވިސްނަން ހުރެފައި އޭނަ މިސްރާބު ޖެހީ ތިރިއަށް ފޭބުމަށެވެ. އަވަސް ފިޔަވަޅުތަކެއްގައި އޭނަ ގޮސް ކޮޓަރިއަށް ވަނެވެ. އެއަށް ފަހު އޭނައަށް ފެނުނު ތަޅުދަނޑިފަތި އަލަމާރި މަތިން ނެގިއެވެ.

ސިއްރު ސިއްރުން ޔަޝްމް ތިންވަނަ ފަންގިފިލާއަށް ދިޔައެވެ. ތެޅިތެޅި އޮތް ހިތަކާއެކު ތަޅުދަނޑިވަޅަށް ތަޅުދަނޑި ކޮށްފާލިއެވެ. ހިތާހިތުން ދުޢާކުރަމުން ތަޅުދަނޑި އަނބުރާލުމާއެކު ތަޅު ހުޅުވިގެން ދިޔަ އަޑުން ކޮރިޑޯގެ ހިމޭންކަން ނަގާލައިފިއެވެ. އެއާއެކު ޔަޝްމްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އުފަލުން ގޮސް ކުޑަކޮށް ނަށާލެވުނެވެ. މީހަކަށް ފެނުމުގެ ކުރިން އޭނަ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލަމުން އެތެރެއަށް ދެމިގެންފިއެވެ.

ދޮރަށް ލެނގިލައިގެން ހުރި ޔަޝްމް ކޮޓަރީގެ ތެރެއަށް ފުން ނަޒަރެއް ދިނެވެ. އެތާނގައި ރަސްކަން ކުރަމުން ދިޔަ އަނދިރިކަމަށް ނިމުމެއް ގެންނަން އޭނަ އަވަސް ވެގަތެވެ. ފޯނުން އަލި އަޅުވާލުމުން ކަނާތް ފަރާތާއި ވީ ފަޅީގައި ސްވިޗް ބޯޑެއް ހުރިތަން ފެނުނެވެ. އެތަނުން ސްވިޗަކަށް ފިތާލާއިރަށް ލޯތަރަތަރަ ޖަހައިގެން ދާ ފަދަ އައްޔަކުން ކޮޓަރި މުޅިން އުޖާލާ ވެއްޖެއެވެ.

ޔަޝްމް މުޅިތަނަށް އަވަސް ނަޒަރެއް ދިނެވެ. އެއީ ބޮޑު ކޮޓަރިއެކެވެ. ޒަމާނީ ފަރުނީޗަރުތަކުން އެތަނަށް ދިރުން ގެނެސްދީފައި ވިޔަސް ހިރަފުހުގެ އަސަރު ބަލާލާ ކޮންމެ ދިމާއަކުން ފެނެއެވެ. ދުވަހަކު ވެސް ސާފުނުކުރާތަނެއް ފަދައެވެ. ހަތަރުފާރުތެރޭގައި ހަރުލާފައި އޮތީ ތަންމުޑު ވަހެވެ.

ޔަޝްމް ކޮޓަރީގެ ހުރިހާ ތަނެއް ފާސްކުރަން ފެއްޓިއެވެ. އަރަމާރި ހުޅުވާލުމާއެކު ފެނިގެން ދިޔައީ މަކުޑުވާތަކުގެ ހާއްޔެކެވެ. ގަތް ފަކުރެއްގެ ސަބަބުން ޔަޝްމްއަށް ދޮރު ލައްޕާލެވުނެވެ. އަލަމާރި ދެވަނަ ފަހަރަށް ހުޅުވަން ވެސް އޭނަގެ ހިތް ދެކޮޅު ހެދިއެވެ.

ޔަޝްމް ދެން މިސްރާބު ޖެހީ އެނދު ކައިރީ ހުރި ކަބަޑުތަކާ ދިމާއަށެވެ. އެއިން ވަތްގަނޑެއް ހުޅުވާލާއިރަށް ކުރަތްޕެއް ނުކުތުމުން ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. އޭނަ އަނގަޔަށް ގޮތެއް ހަދާލަމުން ދުއްވައިގަތީ ފާޚަނާއާ ދިމާއަށެވެ. އިސްކުރަކަށް ދޫކޮށްލަމުން ހިތް ފުރެންދެން އޭނަ އަތް ދޮވެލިއެވެ. ކުރަފި ފެނި އޭނަ ހުރީ ހޮޑުލަވާ ގޮތް ވެފައެވެ.

ފާޚަނާއިން ނިކުތުމުގެ ކުރިން އޭނަ އެތަން ފާސްކޮށްލިއެވެ. އެތާ ހުރި ”މެޑިސިން ކެބިނެޓް” ތެރެއިން ތަފާތު ބޭސްތަކެއް ފެނުނެވެ. އޭނަ އެބޭސްތަކުގެ ނަން ރަގަޅަށް ކިޔާލިއެވެ. އަދި އެނަންތައް ފޯނުގައި ނޯޓް ވެސް ކުރިއެވެ. ފަހުން އިންޓަރނެޓުން މައުލޫމާތު ހޯދުމުގެ ނިޔަތުގައެވެ.

ކޮޓަރި އިތުރަށް ހޯދާލުމުން އެނދުގެ އަރިމައްޗާ ވީ ފަޅީގައި ހުރި ކުޑަ ވަތްގަނޑެއްގެ ތެރޭގައި އޮތް ފޮޓޯ ފްރޭމް ޔަޝްމްގެ ސަމާލުކަން އަތުލިއެވެ. ފޮޓޯ ފްރޭމް ނަގަމުން އެއަށް ނަޒަރު ހިންގާލެވުނެވެ. ހިރަފުހުން އޭގައިވާ މަންޒަރުތައް ވަނީ ފުސްވެފައވެ. ޔަޝްމް ފްރޭމްގައި އަތް ހިންގާލުމާއެކު އޭގައި ވި ފޮޓޯ ފެންވަރު ވިއެވެ.

ފޮޓޯގައި އިނީ ޒުވާން އަންހެންކުއްޖެކެވެ. އެކުއްޖާ ހުރީ ފިނިމޫސުމުގައި ލައިއުޅޭ ފަދަ ހެދުމެއްގައެވެ. ފެންނަފެނުމަށް ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން އެނގެއެވެ. އެކުއްޖާއާއެކު ދެން ހުރީ އިޒްކާން ނޫން ދެވަނަ މީހެއް ނޫނެވެ. އެކަކު އަނެކަކަށް ބަލަހައްޓައިގެން ހިނިތުންވެލައިގެން ތިބި މަންޒަރުން މާޔޫސްވެފައިވާ ހިތްތަކަށް ފިނިކަން ގެނެސްދޭނެކަން ގައިމެވެ. އެދެމެދުގައިވާ ލޯބި ހަމަ އެކަނި އެފޮޓޯގަނޑުން ވެސް ރަމްޒުކޮށްދެއެވެ. ޔަޝްމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ކީއްވެގެން ކަން ވިސްނައިގަންނަން އޭނަގެ ސިކުނޑިއަށް ނުކުޅަދާނަ ވިއެވެ. އަދިވެސް އޭނައަށް ބަލަން ހުރެވުނީ އެފޮޓޯއަށެވެ. އެހެން ހުރެފައި އޭނަ ފޮޓޯ ފްރޭމާ ވަކިކޮށްލިއެވެ. އޭނައަށް ހީވީ ހަމަ ރަގަޅަށެވެ. އޭގެ ފުރަގަހުގައި އިނގިރޭސި އަކުރުން އިބާރާތްކޮޅެއް ލިޔެފައި ވެއެވެ.

”އައި ފީލް ލަކީ އެވްރީޑޭ ވެން އައިމް ވިތް ޔޫ…

ލަވް ޔޫ ޒޭން…”

އެހާ ލޯބިން އުޅެފައި މިޝްޔާ އިޒްކާން ދޫކޮށްފައި ގޮސްދާނެ ކަމަކަށް ޔަޝްމްއަށް ޤަބޫލެއް ނުކުރެވުނެވެ. އަދި އެވެސް އެހެން ފިރިހެނަކަށްޓަކައެވެ. މަންމަ އޭނަ ގާތު ދޮގު ހެދީ ހެއްޔެވެ؟ މިޝްޔާގެ މަޖުބޫރީ އެއް އޮތީ ހެއްޔެވެ؟ ނޫނީ މިޝްޔާ އާއި އިޒްކާންގެ ލޯތްބަށް މީހެއްގެ އެސްފީނާ ޖެހުނީ ހެއްޔެވެ؟

އެފޮޓޯ ފިޔަވައި އިތުރު ފޮޓޯއެއް ނެތެވެ. އެކަށީގެންވާ ފަދަ ނަތީޖާއެއް މިފަހަރު ނުނެރެވުނު ކަމުގައި ވިޔަސް، ކޮޓަރިން ފެނުނު ފޮޓޯ ގަނޑުގެ ސަބަބުން މިޝްޔާއާއި އިޒްކާންގެ ގުޅުމަށް ވެގެން ދިޔަ ގޮތް އޮޅުން ފިލުވަން އޭނަ ކުރިއަށް ވުރެ ބޮޑަށް ބޭނުން ވިއެވެ. މިޝްޔާ އާއި ބައްދަލުކުރަން ވެސް މެއެވެ.

ޔަޝްމް ކޮޓަރީގެ ދޮރު ތަޅުލަމުން ފިޔަވަޅުތަކަށް ބާރުކޮށްލިއެވެ. ދެވަނަ ފަންގިފިލާއަށް ފޭބުނު ތަނާ ގޮސް މާހުތާބްގެ ގައިގައި އަޅައިގެންފިއެވެ. އަތުގައި އޮތް ތަޅުދަނޑި އެވަގުތު ނުވެއްޓުނީ ޔަޝްމްގެ އަތުގައި ނަސީބު ހިފާލުމުންނެވެ. ވަގުތުން ތަޅުދަނޑި ޖިންސްގެ ފުރަގަހުގައި ހުރި ޖީބަށް ކޮށްޕާލެވުނެވެ.

އަވަސްވެފައިވާ ހިތަކާއެކު ބެލެންސް ކަޓާލައިގެން ބިންމައްޗަށް ވެއްޓުނު މާހުތާބްއަށް އެހީވެދޭން ޔަޝްމް އުޅުނެވެ. މާހުތާބްއަށް އޭނަގެ ފައިމައްޗަށް ތެދުވެވޭވަރުވީ ނިކަން އުނދަގުލުންނެވެ. އޭރު ޔަޝްމް ހުރީ ލޮޑުވެފައެވެ.

”ސޮރީ ދައްތާ…” ޔަޝްމް މާފަށް އެދުނެވެ.

ހިތުގައި އުފެދުނު ރުޅިގަނޑު ފިނިކުރަމުން މާހުތާބް ގަދަކަމުން ހިނިތުންވެލިއެވެ. ޔަޝްމްއަށް ނުފެންނަނީ ހެއްޔެވެ؟ ނުނީ ގަސްދުގައި އޭނައަށް ޖެއްސުމެއް ކޮށްލީ ހެއްޔެވެ؟

”އެއްވެސް ތަނަކަށް ތަދުވިތަ؟…” ޔަޝްމް ކަންބޮޑުވެފައި ހުރެ އަހާލިއެވެ.

”އިރާދަކުރެއްވިއްޔާ ތިފަދަ ކަމެއް ނުވޭ، ޔަޝްމް ތިހާ ވަރުން އަވަސް އަރުވާލާފަ ތިދަނީ ކޮންތާކަށް؟…” މާހުތާބް ޔަޝްމްއަށް ބަލާލިއެވެ. ޔަޝްމްގެ މޫނުގައިވި ސިއްރުވެރި ގޮތުން އޭނަގެ ހިތުގައި ޝައްކު އުފެދުނެވެ. ޔަޝްމް ސިއްރު ކަންތައްގަނޑެއް ހިންގަނީ ހެއްޔެވެ؟

”މަންމައާ ވާހަކަ ދައްކަން ހުއްޓާ ފޯނުގެ ޗާޖް ހުސްވާން އުޅުނީމަ ފޯނު ޗާޖަށް ޖަހަން ކަމަށް ދާން އުޅުނީ، އެހެންވެ ދައްތަ ނުފެނުނީ ވެސް، ސޮރީ…” ޔަޝްމް އަދިވެސް އެއްފަހަރު މާފަށް އެދުނެވެ. މާހުތާބް މާފަށް ނޭދުމަށް ބުނެލަމުން ދިޔައީއެވެ. ޔަޝްމް ވެސް މަޑުކުރުމެއް ނެތި ދިޔައެވެ.

****

އިރުއޮއްސި އަނދިރިކަން ދުނިޔެ މައްޗަށް ވެރިވާން ފަށައިފިއެވެ. މަދުން ނަމަވެސް ތަރިތައް ރޭގަނޑުގެ ފޭރާން މަތީގައި ފިޔަ ޖަހާލަމުން ދިޔައެވެ. އިރުއޮއްސުނު މަންޒަރު ބަލަން އާޓިފިޝަލްބީޗަށް ދިޔަ ގިނަ އަދަދެއްގެ މީހުންތައް މެހެފިލް ދޫކޮށް ދާން ފަށައިފިއެވެ. ވިޝާ އާއި ދީމް މީހުންގެ ތެރެއިން ރެކިގަންނަމުން ގޮސް ހިލަ ގޮނޑިއެއްގައި އިށީނެވެ. އަތުގައި ހުރި ކޮތަޅުތައް ގޮނޑި ކައިރީ ބަހައްޓަމުން އައިސްކޯނު ބުއިމާއިގެން މަޝްއޫލު ވިއެވެ.

”ކުރިއަށް އޮތް ހަފްތާގަ އޮފީސް ކުދިންނާއެކު ލަންކާ ޓްރިފަކު ދާން މިއުޅެނީ، ދީމް ވެސް ހިނގާބަލަ، އިޓްސް ގޮއިންގް ޓު ބީ ފަން…” ދީމް ދެރަވެފައި ހުރިކަން އެނގުމުން ވިޝާ ބުންޏެވެ. ދީމްގެ ހިތާމަތަކަށް ނިމުން އަންނަން އޭނަ ވަރަށް ބޭނުމެވެ. ދީމް ނަފްސާނީ ބަލީގެ މާހިރަކަށް ދައްކަން އުޅޭކަން އެނގުމުން ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އެގޮތުން ވެސް އެކުވެރިޔާގެ ހިތާމަތަކަށް ލުޔެއް ލިބިއްޖެ ނަމަ ހާދަ ރަގަޅެވެ.

”ސޮރީ ވިޝޫ، މާދަމާއިން ފެށިގެން ސެޝަން ތަކަށް ދާން ޖެހޭނެ…” ދީމް އުޒުރުވެރި ވިއެވެ.

ވިޝާގެ ސަމާސާ މިޖާޒާ ހުރެ ފާއިތުވެގެން ދިޔަ ވަގުތުކޮޅުގެ ތެރޭގައި ދީމްގެ ސިކުނޑިން ބޮޑު ބަރުދަނެއް ލުވިގެން ހިނގައްޖެއެވެ. ނަމަވެސް ފެންނަމުން ދިޔަ ލޯބީގެ ޖޯޑުތަކުން ހިތުގެ ޒަހަމްތައް ތާޒާކޮށްދޭން އުޅޭ ކަހަލައެވެ.

”ވަރަށް މީރު ފްލޭވާރއެއްދޯ؟…” ވިޝާ އަތުގައި އޮތް އައިސްކޯން ގަޔާވެފައި އިނދެ ބޮމުން ދިޔައެވެ. ދީމް ވެސް މެއެވެ. ”ދީމްގެ ފީލިންގްސްތަކަށް ރެސްޕެކްޓް ނުކުރާ މީހަކާ މެދު ވިސްނުމުގެ ބޭނުމެއް ނެތޭ، ޔޫޝައު ދީމް ދެކެ ހަޤީޤީ ލޯބިވިނަމަ ދީމްގެ އިމްޕާރފެކްޝަންސް ތަކާ އެކުވެސް ބަލައިގަންނާނެ… ގާރލް، ޔޫ ނީޑް ޓު މޫވް އޮން، ޔޫ ޑިޒާރވް މަޗް ބެޓާރ…” ވިޝާ ވާހަކަ ދެއްކިއެވެ. ދީމް ހިޔާރުކޮށްގެން އިނީ ހިމޭންކަމެވެ.

”އަހަރެން ޔޫޝްގެ ފީލިންގްސްތަކަށް ރެސްޕެކްޓް ނުކުރީ، ޔޫޝް އަހަންނަށް ބޭނުންވެފައި ހުރިވަރު ފެންނައިރު ވެސް ނުފެންނަކަމަށް ހެދީ، ޔޫޝްގެ ހިތުގައި ޖެއްސީ، އެކަމަކު ޔޫޝް އަހަރެން ދެކެ ހާދަ ވަރަކަށް ލޯބިވިޔޭ، ފަހު ވަގުތާ ޖެހެން ދެން ވެސް އަހަރެންގެ ހިތް ހާސިލުކުރަން ހާދަ މަސައްކަތެއް ކުރިޔޭ، އައިމް ދަ ވަން ހޫ ޑަޒަންޓް ޑިޒާވް ހިޒް ލަވް، ޔޫޝް އަހަންނަށް މާފްކޮށް ދޭތި…..” ހިތާހިތުން ދީމްއަށް ބުނެވުނެވެ. އޭނަގެ ހިތުގައި އަނެއްކާ ވެސް ރިއްސާލައިފިއެވެ.

”ހިނގާ އަވަހަށް ގެއަށް ދަމާ… ވިޝޫ މަންމަ މިހާރު ހުންނާނެ ލަސްވެގެން…” މައުޟޫއު ބަދަލުކޮށްލަން ދީމް ބުންޏެވެ. އެޖުމްލަ އަޑު އިވުމާއެކު ވިޝާއަށް ގަޑި ބަލާލެވުނެވެ. އެއާއެކު އޭނައަށް ކޮޅަށް ތެދުވެވުނެވެ.

”އޯހް ގޯޑް، މަންމަ ހުންނާނީ ރުޅިއައިސްފަ…” ވިޝާއަށް ބުނެވުނެވެ. ”ދީމް އަހަންނަށް ބޭނުންވެއްޖެ ކޮންމެ ވަގުތަކު އަހަރެން ހުންނާނަން، ޑޫ ކޯލް މީ…”

”އިނގެޔޭ ތިކަން…” ދީމް ހިނިތުންވެލިއެވެ.

”ފުރަތަމަ ތިގެއަށް ގޮސްފަ ގެއަށް ދާނީ، މިޝޫ ގާތަށް ނުދެވޭތާ ވެސް ދުވަސްކޮޅެއް ވެއްޖެ…” ވިޝާ ބުންޏެވެ. އަދި އޭނަގެ ފޯނު ނަގަމުން މަންމައަށް ގުޅާލިއެވެ.

****

ދެއެކުވެރިން ޓެކްސީއެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ކުރެވޭ ގޮތް ނުވުމުން ފައި މަގުގައި ގެއަށް ދާން މިސްރާބު ޖެހިއެވެ. މަގު ހުރަސްކުރަން އުޅުމުގެ ތެރޭގައި ބާރު ދުވެއްޔެއްގައި އައި ކާރެއްގައި ދެއެކުވެރިން ނުޖެހި ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ވިޝާއާއި ދީމްއަށް ވެސް ހަޅޭއްލަވައިގަނެވުނީ އެކުއެކީގައެވެ. އޭރު ކާރުގެ ޓައިރުތައް މަގުގައި އަޅާފައިވާ ގާތަކުގައި ބާރަށް ގޭނިގެން ދިޔަ އަޑުން މާހައުލު ގުގުމާލި އެވެ. މަގުގެ ޕޭވްމެންޓާއި ވީ ފަޅިއަށް ވިޝާއާއި ދީމް ޖެހިލާއިރަށް ކާރުގައި އިން މީހާ ކާރު ދުއްވާލައިފި އެވެ. އޭރު ވިޝާ ބާރަށް އެއްޗެހި ކިޔަމުން ދިޔައެވެ. ދެމީހުންގެ ކުށް އެތާނގައި އޮތް ކަމުގައި ވިޔަސް އެވެ.

”ވިޝޫ، އަހަރުމެންގެ ފޯލްޓްއޭ އެތާނގަ އޮތީ، ސީންއެއް ނުހަދާ ހިނގާބަ ދާން…”

މީހުންގެ ނަޒަރު އަމާޒުވެފައި ވުމުން ދީމްއަށް އުނދަގޫ ވިއެވެ. އަދި ހަމައެއާއެކު ކާރުގެ ނަންބަރު ބޯޑު ފެނި އޭނަގެ ހިތުގެ ހިނގުން ވެސް އަވަސްކުރުވައިފި އެވެ.

”ޔޫޝް…” ދީމްގެ ހިތް ރޯލިއެވެ. ޔޫޝައު ކާރުން ފައިބާނެކަމަށް އޭނަ ހާދަ ވަރަކަށް އުއްމީދުކުރިއެވެ. އެހެނަސް ކަންތައް ވެގެން ދިޔައީ ދިމާ އޭގެ އިދިކޮޅަށެވެ. އެއަމަލުން އޭނައަށް އެއްކަމެއް ސާފުވެގެން ހިނގައްޖެ އެވެ. ޔޫޝައު އޭނަ ދެކެ ފޫހިވާކަމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ލޯބީގާ ވާތީފަނާ… (8ވަނަ ބައި)

Next

ހުވަފެނެއްބާ؟ (8ވަނަ ބައި)

Next
December 11, 2015

ހުވަފެނެއްބާ؟ (8ވަނަ ބައި)

Previews
December 11, 2015

ލޯބީގާ ވާތީފަނާ… (8ވަނަ ބައި)

16 Comments!

  1. Kiyuntheriyaa says:
    December 11, 2015 at 7:37 pm

    Really good. Luv it.

  2. Luvna❤ says:
    December 11, 2015 at 7:49 pm

    Aaawwnnn… Alheyy…???.. Dhym and yushau… ???… Muthaa please gulhuvah chey dhemyhun… They both lurv each other alot dww..???… Aahaa miss detective yasham haaa???.. Story is simply awwwsome… And thanks for uploading ehaa avahah…???

  3. Shar says:
    December 11, 2015 at 7:50 pm

    Salhi

  4. naxoo says:
    December 11, 2015 at 7:54 pm

    I lve it…v interesting… Keepit up..

  5. naff says:
    December 11, 2015 at 8:15 pm

    woww…story is awesome….thank you so much that you didn’t mentioned that falak in this part..I just hate that idiot…n please yashm n zen ge luv story avahah fashaaba..

  6. aroo says:
    December 11, 2015 at 8:53 pm

    dheem ah kids nulibenytha??

  7. Ushaa says:
    December 11, 2015 at 9:31 pm

    Wow?v v salhi mi story.. Keep it up…

  8. Maa says:
    December 11, 2015 at 11:30 pm

    Kyvve tha evves kameh nuhigany meega. Hus sirru tha. Hus haasaru. Kiyaa hitheh ves nei. 18 vana part aa hama ah ai iru adhi mivaahakaige rangalhu haadhisaa eh nuhingaa

  9. Smile says:
    December 12, 2015 at 12:30 am

    Story is good, bt mistakes vara vara gina.. naff mee too hate falak. Idiot ekey bunevey varu vey. I like the way u said it though. Made me laugh..

  10. shaz says:
    December 12, 2015 at 1:23 am

    waiting for the next part….

  11. mice says:
    December 12, 2015 at 10:43 pm

    nice

  12. sheynn says:
    December 12, 2015 at 11:26 pm

    Muthaa ge storyx v nyc ingey…dhn knme dhuvahaku vex up kohdheythy v ufaavey…? bt mi adhu ge part adhi vex up eh nuvey…? e kyhvethr muthaa..?? plx miadhu ge part up koh dhybr…v kiyaa hithun mi hury

  13. nuhnu says:
    December 13, 2015 at 8:00 am

    Dheem aaai ushau gulhuvaaba…heyonuvaane:(:(:(

  14. waiting girl says:
    December 13, 2015 at 2:15 pm

    whn is next part..

  15. dark princess says:
    December 13, 2015 at 2:17 pm

    this story is awesome.. love it.. eagerly waiting for next part.. 🙂

  16. butterfly says:
    July 9, 2016 at 6:18 pm

    What is happening in this story ..

Comments are closed.

Next Episodeފޮހެވޭނޭ ބާއޭ… 19←


All Right Reserved!