Skip to content
އެސްފިޔަ

އިންސާފު ލިބޭނެބާ – 28

އެރޭގެ ވަގުތެވެ. ދާރިއަންގެ މޭ ތެޅެމުން ދިޔައީ ކޮންމެސް ކަމެއް ނުބައިވާން އުޅޭ ކަމުގެ އިހްސާސް ކުރެވުމުންނެވެ. އޭނަ ގެއިން ނުކުތްއިރު ކާރެއް އެގޭ ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. ދާރިއަން އެ ކާރާ ކައިރިވުމުން ހާދިން ކުޑަދޮރު ތިރިކޮށްލުމަށްފަހު އެރުމަށް އެދުނެވެ. އޭރު ވަދީހު ހާދިންގެ ގާތުގައިން ސީޓްގައި ހުރިއިރު ޝިމާއު އިނީ ފަހަތު ސީޓުގައެވެ. ދާރިއަން އެރުމާއިއެކު ކާރު ދުއްވައިލިއެވެ. ދުއްވަމުން ދިޔަ ކާރު ރަސްފަންނު ފަހަނަ އަޅައިދިޔުމުން ދާރިއަންގެ ހިތް ތެޅިގަތެވެ. “ރަސްފަންނު ފަހަނަ އަޅާއެއްނުން ތި ދިޔައީ..” ހިންދިރުވައިލުމަށް ފަހު ދާރިއަން ބުންޏެވެ. ” ޗޭންޖް އޮފް ޕްލޭންސް.. އަހަރުންނަށް ކިނާން ކައިރީ ބުނެވުނީ ހަތް ނަންބަރު ޖެޓީ ކައިރިއަށް އަންނާށޭ.. އިނގޭނުން ދެން ރަސްފަންނުގަ މިހާރުވެސް އުޅޭނެ މިއުޅޭ ޒުވާން ކުދިންތައް މާފޮޅުވަން އެހެންވެ..” ހާދިން ބުންޏެވެ. ދާރިއަން އެއްޗެކޭ ނުބުނެ މަޑުމަޑުން ބޯޖަހައިލިއެވެ.

***ޕާޓް 28***

ކިނާން ހާސްވެފައިހުރެ އުކައިލްގެ އޮފީހަށް ވަދުނެވެ. އޭނަގެ ނިތުން ހުރީ އޮށްދާހިއްލާފައެވެ. ކިނާން ހުރި ގޮތުން އުކައިލްގެ ހިތުގައި ސުވާލު އުފެދުނެވެ. “ސާރ ހާދަ ހާސްވެފަ؟” ސުވާލުގެ ރާގަކަށް އުކައިލް އަހައިލިއެވެ. “ދާރިއަން ބުންޏެއްނުން އޭނަގެ ގޭންގުގެ މީހުން މިރޭ އަހަރެންނަށް ގުޅާނެއޭ.. އެމީހުން އަހަރެންނަކަށް އަދިވެސް ނުގުޅަ..” ކިނާން ހާސްވެފައި ބުންޏެވެ. އެއާއިއެކު އުކައިލްގެ ބޮލުގައި ނުރައްކާގެ ރަނގަބީލެއް އަޅައިލިއެވެ. އުކައިލް ފޯނު ނަގައި ދާރިއަންއަށް ގުޅައިލިއެވެ. އެއްފަހަރު ރިންގުވެލާފައި ދެން އިވުނީ ފޯނު ނިއްވާލާފައިވާ ކަމުގެ ހަބަރެވެ. “ކޮންމެސް ކަމެއް ގޯސްވެއްޖެ.. އަހަރެން ބުނިން ދާރިއަން ގާތު މިރޭ ފޯނު ނިއްވާލައިގެން ނުވާނެއޭ..”  އުކައިލް ހާސްވެފައި ބުންޏެވެ. ކޮމްޕިޔުޓަރ ކައިރީގައި އިން ދާލިޔާގެ ކަންފަތަށް އެހަބަރު ފޯރީ ހޮނު ގުގުރިއެއް ފަދައިންނެވެ. “މާވިންއަށް ގުޅަންވީނުން އޭނަގެ ހަބަރެއް ބަލަން..” ހާސްވެފައި ހުރެ ދާލިޔާ ހިޔާލެއްދިނެވެ.

އުކައިލް މާވިންއަށް ގުޅައިލިއެވެ. ނަމަވެސް މާވިންގެ ފޯނުވެސް އޮތީ ދާރިއަންގެ ފޯނެކޭ އެއްފަދައިން ނިއްވާލާފައެވެ. އުކައިލް އޭނަގެ ކާރާއި ދިމާލަށް ހިނގައިގަތެވެ. ދާލިޔާގެ އިތުރުން އިޔާދުވެސް އުކައިލްގެ ކާރަށް އެރިއެވެ. “ކިނާން ސާރ ތިކޮޅުން އެއްވެސް ހަބަރެއް ލިބޭ ތޯ ބަލާ… އަހަރެން މިދަނީ ހޮސްޕިޓަލަށް..” އުކައިލް އެހެން ބުނެ ކާރު ދުއްވައިލިއެވެ. ކާރުގައި ފެތުރިފައިވަނީ ހަމަ ހިމޭން ކަމެވެ. އެންމެންވެސް ހުރީ އެމީހެއްގެ ހިޔާލަށް ގެއްލިފައެވެ. ނަމަވެސް އެ އެންމެންގެ ހިޔާލާއި ގުޅިފައިވަނީ އެކަކެވެ. އެއީ ދާރިއަންއެވެ. ދާލިޔާގެ އަތް ދިޔައީ މަޑުމަޑުން ތުރުތުރު އަޅަމުންނެވެ. އޭނަ އިނީ އޭނަގެ އިހްސާސްތައް ވަންހަނާކޮށްގެންނެވެ. ނަމަވެސް ދާލިޔާގެ ހަރަކާތުން އޭނަ ހުރީ ނުހަނު ކަންބޮނޑުވެފައިކަން އެނގެއެވެ.

އުކައިލް މަޑުމަޑުން ދާލިޔާގެ އަތުގައި ހިފައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ހޮސްޕިޓަލަށް ދެވުމުން އެންމެން މިސްރާބު ޖެހީ މިޔާ އޮތް ކޮޓަރިއަށް ދިޔުމަށްށެވެ. މާވިން ހުރިއްޔާ ހުންނާނީ އެތާގައިކަން އެމީހުންނަށް ވިސްނުނެވެ. މިޔާގެ ކޮޓަރީގެ ދޮރުގައި ޓަކިޖެހުމުން ދޮރު ހުޅުވީ ހޫރީންއެވެ. އުކައިލްމެން އެމީހުންގެ ޔުނީފޯރމްގައި ހުރުމުން ކޮންމެސް ބޮޑުކަމެއްވެއްޖެކަން ހޫރީންއަށް ހަވަނަ ހިއްސަށް ދެނެގަނެވުނެވެ. “މާވިން އެބައުޅޭތަ؟” ހޫރީންއާއި ދިމާލަށް ބަލައިލަމުން އުކައިލް އަހައިލިއެވެ. ހޫރީން ބޯ ހޫރުވައިލިއެވެ. “މިރޭ އިރާކޮޅު މާވިން ދިޔައީ އަހަރެން މިތާ ބަހައްޓާފަ.. އޭނަ ބުނީ ގޭންގު ކަމެއްގައޭ ދިޔައީ..” ހޫރީން ބުންޏެވެ. އުކައިލްއަށް އޭނަގެ އިސްތަށިގަނޑުގައި ހާސްވިވަރުން އަތް ފުނާއަޅައިލެވުނެވެ. ދާލިޔާ އުކައިލް އާއި ދިމާލަށް ބަލައިލީ ދެން ކުރާނީ ކީއްހޭ އަހާފަދައަކުންނެވެ.

“ކިހިނެތްވެގެން މިއުޅެނީ؟ މާވިންއަށް ކަމެއްވީތަ؟” ހޫރީން ސުވާލުކޮށްލިއެވެ. “މިރޭ އެގޭންގުގައި ވަނީ ކިނާން ސަރ މަރައިލަން ރާވާފަ.. އެކަމަކު ދޮންބެ ބުނިގޮތާ ހިލާފަށް ކިނާންސާރއަށް އެއްވެސް މީހަކު ގުޅާފައެއް ނުވޭ އެކަނި ތަނަކަށް އައިސްފަ ބައްދަލު ކުރާކަށް.. ދޮންބެއަށް ގުޅާގުޅާ ފޯނެއް ނުނަގާ.. މާވިންވެސް ފޯނެއް ނުނަގާ..” ދާލިޔާ ކިޔައިދިނެވެ. ދާލިޔާގެ ވާހަކަތަކުން ހޫރީންގެ ދެލޯ ބޮޑުވިއެވެ. ހޫރީން ވަގުތުން ފޯނު ނަގައި މީހަކަށް ގުޅާފައި އެތަނަށް އައުމަށް އެދުނެވެ. “މާވިން ދަމުން އަހަރެން ކައިރީގަ ބުނީ މިޔާ ދޫކޮށްލާފަ އެއްވެސް ތަނަކަށް ނުދައްޗޭ.. މާވިން އަންނަން ދެން މިޔާއަށް ބަލައިދޭށޭ.. އަހަރެން އެހީވާން ކިތަންމެ ބޭނުންވިޔަކަސް ނެތް މިޔާ ދޫކޮށްފަ ދެވޭކަށް.. އެކަމަކު އަހަރެން މިގުޅީ އެމް.ވީ.އެސް.އޭ ގެ އޭޖެންޓުންކޮޅަކަށް.. އެމީހުން ދާލިޔާމެންނަށް އެހީވެދޭނެ… އަހަރެންނަށް ހީވަނީ ގޭންގުގެ މީހުންނަށް ކޮންމެވެސް ގޮތަކުން ފަޅާ އެޅީހެން ދާރިއަން އާއި މާވިންގެ އަސްލު..” ހޫރީން ވާހަކަ ދެއްކިއެވެ.

ދާލިޔާމެންނަށް ހޫރީންގެ ވާހަކަތަކަށް އެއްބަސްވެވުނެވެ. ދާރިއަންއަކީ މި މިޝަންގައި އުޅުން އިރު އެހައި އިރުވަންދެން ފޯނު ނިއްވާލާފައި ހުންނަ މީހެއް ނޫންކަން އޭނައަށް އެނގެއެވެ. ހަމައެހެންމެ މިހާ މުހިންމު ރެއެއްގައި ފޯނު ނުނިއްވާލާށޭ ބުނެފައި އޮއްވާ ފޯނު ނުނިއްވާލާނެކަން ދާލިޔާއަށް ޔަގީނެވެ. ހޫރީން ގުޅުމުން އިރުކޮޅަކަށްފަހު އެތަނަށް ތިން މީހުން އައިސްވަނެވެ. ހޫރީން އެމީހުންނަށް ވެގެން އުޅޭ ގޮތް ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ. ” މިއީ ލޫކް، އެއީ އަޔާޝް ދެން މިހުރީ ޒޯޔާ.. ލޫކް އާއި އަޔާޝް މާލޭގެ ހުރިހާ ސެކިޔުރިޓީ ފުޓޭޖްތަކެއް ބަލާ.. ޒޯ، ދާލިޔާއާ އެކީ މާވިން އަދި ދާރިއަންގެ ފޯނު ޓްރެކް ކުރެވޭތޯ ބަލާ..” ހޫރީން އެންމެންނަށް ވަކިވަކިން ކުރަން ޖެހޭ ކަންތައްތައް ބަހާލިއެވެ. “އަހަރެންނާ އިޔާދު ރަސްފަންނު ކައިރި ޗެކް ކުރާނަން އެމީހުންގެ ތެރެއިން މީހަކު ފެނޭތޯ.. ދާޔާމެން ތިކަންތައް ކުރަންދޭ ސްޓޭޝަންއަށް..” އުކައިލް ބުންޏެވެ. އެންމެން އެގޮތަށް އެއްބަސްވަމުން އެމީހަކާ ހަވާލު ކުރެވުނު މަސައްކަތް ކުރަން ދިޔައެވެ. އުކައިލް އާއި އިޔާދު ރަސްފަންނު ކައިރިން ދާރިއަންގެ އެއްވެސް ހިލަމެއްވޭތޯ ބަލަމުން ދިޔައެވެ.

ލޫކް އާއި އަޔާޝް ފުލުހުންގެ ބިލްޑިންގެ އައިޓީ ސެކްޝަނަށް ވަދެ ސީސީޓީވީ ކެމެރާތައް ބަލަން ފެށިއެވެ. “ލޫކް ބަލާބަލަ މާވިންމެންގެ ގެއިން ދާރިއަން ނިކުންނަތަން.. އަހަރެން މި ބަލަނީ މާވިން ހޮސްޕިޓަލުން ނިކުތުމަށްފަހު ދިޔަތަން..” އަޔާޝް އެހެން ބުނުމުން ލޫކް ބޯޖަހައިލިއެވެ. މާވިން އުޅޭ ގެއަށް އައި ކާރަށް ދާރިއަން އެރުމާއިއެކު އެކާރު ދުއްވާފައި ދިޔަ ގޯޅިތަކަށް ލޫކް ބަލަމުން ދިޔައެވެ. އޭނަ އެންމެ ހައިރާންވި ތަންކޮޅަކީ އެކާރުގެ ނަންބަރުބޯޑު އެއްވެސް ސީސީޓީ ކެމެރާއަކަށް އަރާފައި ނުވާ ފަދައިން ދުއްވާފައި ވުމުންނެވެ. ދެން އެކާރު ރަސްފަންނު ފަހަނަ އަޅާ ދިޔުމާއިއެކުހެން ސީސީޓީވީއަށް އަޅި ކުލައިގެ ސްކްރީން އަރައިގެން ދިޔައެވެ. އެއާއިއެކު އެކާރު ދިޔައީ ބިންފަޅާފަ އަޑިއަށް ކަމެއް ނުވަތަ އެރީ މައްޗަށް ކަމެއް ނޭނގުނެވެ.

އަޔާޝްއަށްވެސް ފެނުނީ މާވިން ގޭންގުގެ ރޭވުންތަށް ރާވާ ތަނަށް ދިޔަ ހިސާބާ ހަމައަށްށެވެ. އެއަށްފަހު އޭނަގެ ސްކްރީންއަށްވެސް އަޅިކުލަ އަރައިގެން ދިޔައެވެ. “ކޮންމެސް މީހަކު މީތި މިއޮތީ ހެކް ކޮށްފަކަން ޔަގީން.. މިއީ މިތާގެ ތެރެއިން މީހަކު ކޮށްފަ ހުރި ކަމެއް..” އަޔާޝް ޔަގީން ކަމާއިއެކު ބުންޏެވެ. ލޫކްއަށްވެސް އަޔާޝްގެ ވާހަކައަށް އެއްބަސްވެވުނެވެ. ލޫކް އުކައިލްއަށް ގުޅާފައި އެވާހަކަ ބުނުމުން އުކައިލް އެކަން ކިނާންގެ ގާތު ބަލައި ދިނުމަށް އެދުނެވެ. ލޫކް ދިން މައުލޫމާތާއިއެކު އުކައިލް މިސްރާބު ޖެހީ ރަސްފަންނު ފަހަނައަޅާ ދާށެވެ. ދާރިއަން ކޮންމެވެސް ހެއްކެއް ކޮންމެސް ގޮތަކުން ބަހައްޓާފައިވާނެހެން ހީވާތީއެވެ.

**ގަޑިއިރެއް ކުރިން**

ދާރިއަން ކާރުގައި ހުރެ މަޑުމަޑުން އޭނަގެ ފޯނު ހުޅުވައިލިއެވެ. މި މަންޒަރު ބަލަންއިން ޝިމާއު އޭނަގެ ހަށިގަނޑު ތެދުކޮށްލީ އިޝާރާތެއް ދެން ތިބި މީހުންނަށް ދިނުމަށްހެން ހީވިއެވެ. ދާރިއަން މަޑުމަޑުން ފޯނު ޖީބަށްލީ އެމީހުންނަށް އެއްވެސް ޝައްކެއް ކުރުމުގެ ފުރުސަތު ނުދިނުމަށްށެވެ. “ހާދިން ކުޑަ ދޮރު ހުޅުވާލަބަ.. މަވެއްޖެ ފެގެއް ދަމާލަން..” ދާރިއަން ހަމަޖެހިލަމުން ބުންޏެވެ. ހާދިން ޝިމާއުއަށް ބަލައިލުމަށްފަހު ކުޑަދޮރު ހުޅުވައިލިއެވެ. ދާރިއަން ސިގިރޭޓުން ދުންތަށް ބޭރު ކުރަމުން ދިޔަ ވަގުތު މަޑުމަޑުން އޭނަގެ އަތުގައި އަޅާފައި ހުރި ޕެކިންތަކާއި ކަންފަތުގައި ލާފައި ހުރި އެއްޗެހިތަށް މަގުމައްޗަށް އަޅަން ފެށިއެވެ. އަދި އޭނަގެ ތަޅުދަނޑިފަތިން އެމީހުންނަށް ނުފެންނާނެ ފަދައިން އަތް ކުޑަކޮށް ހަލާކުކޮށްލުމަށް ފަހު ކާރުގެ ބޭރުގައި އުނގުޅާލިއެވެ. ދާރިއަން ސިގިރޭޓު ބޮމުން ދިޔަ ވަގުތު ސީސީޓީވީ ކެމެރާއެއް ފެނުމުން އަތުގެ ބޮޑުވައި އިނގިލި ލައްޕާލުމަށްފަހު ދެން ހުރި އިނގިލިތައްލައްޕާލިއެވެ.

ދާރިއަން ހުސްވެފައިވާ ސިގިރޭޓުބުރި މަގުމައްޗަށް ވައްޓާލުމުން ހާދިން ކުޑަދޮރު ލައްޕާލިއެވެ. ދާރިއަން ޝިމާއުއަށް ބަލައިލަން އެނބުރިލިތަނާހެން އޭނަގެ ނިއްކުރިއަށް ޝިމާއުގެ އަތުގައި އޮތް ރެންޗުން ހަމަލާއެއް އަރައިގެން ދިޔައެވެ. އެއާއިއެކު އޭނަގެ ނިތްކުރިން ލޭތަށް ކޯރެއް ފަދައިން އޮހޮރިގެން ދިޔައެވެ. ދެވަނަ ހަމަލާއާއެކު ދާރިއަން ހޭނެތިގެން ވެއްޓުނެވެ. އޭނަގެ ހޭވެރިކަން ދޫކޮށްފައި ދިޔައިރު ކާރު ހުއްޓިކަން އޭނައަށް އިހްސާސް ކުރެވުނެވެ.

***މިހާރު***

ދާރިއަންއަށް ލޯހުޅުވައިލެވުނު އިރު އޭނާގެ ބޮލުގައި ދިޔައީ ގަދަޔަށް ރިއްސަމުންނެވެ. އޭނަގެ ހަތަރެސްފައި ވަނީ ކަންވާރުން އައްސާލެވިފައެވެ. ކަންވާރުތަށް އަތަށް ވަންނަމުން ދިޔަ ގޮތުން އޭނަގެ އަތުގެ ލޭހިނގުމަށް ދިޔައީ އަސަރު ކުރަމުންނެވެ. ނިތް މަތިން އައިސްފައިވާ ލޭ މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. ނަމަވެސް އޭނަގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ބަރުވެފައެވެ. ދާރިއަންއަށް ދެން ބަލައިލެވުނީ އޭނަގެ ގާތު އޭނަ ފަދައިން ގޮޑިއެއްގައި އައްސާފައިވާ މާވިންއަށްށެވެ. މާވިންގެވެސް ހަތަރެސްފައިވަނީ އައްސާލެވިފައެވެ. މާވިންގެ އަނގައިން ވަނީ ލޭ އައިސްފައެވެ. އޭނަގެ ކަތުރުކަށިގަނޑާއި ދިމާ ވަނީ ނޫފައި ގަނެފައެވެ. ކަނާއަތުގެ އެންމެ އިނގިއްޔެއްގައިވެސް ނިޔަފަށްޗެއްނެތެވެ. އޭނަގެ ނިޔަފަތިތަށް ހުރި ދިމާލުގައި ހުރީ ހުސް ލެޔެވެ. މާވިންގެ ހޭވެރިކަމެއް އޭރަކުނެތެވެ.

ދާރިއަން އޭނަ ހުރި ތަނަށް ބަލައިލިއެވެ. އެއީ ކުޑަ ވަރެއްގެ ލަކުނޑިން ހަދައިފައިވާ ގެގަނޑެކެވެ. އެތާގެ ދޮރުގައި ބޮޑު ތަޅެއް ހުއްޓެވެ. އެ ދޮރުގެ ފަހަތުން މީހުން ވާހަކަ ދައްކާ އަޑު ދިޔައީ އިވެމުންނެވެ. ދާރިއަން މަޑުމަޑުން މާވިންއަށް ގޮވައިލިއެވެ. ދާރިއަންއަށްވީ ގޮތް ކޮންމެވެސް ވަރަކަށް ސާފުވިއެވެ. މި މީހުންނަށް އޭނަގެ އަސްލު އެނގުނީއެވެ. ނަމަވެސް އޭނައަށް ނޭނގުނީ އެމީހުންނަށް އެކަން އެނގުނީ ކިހިނެތް ކަމެވެ. އަދި މާވިންގެ ހަގީގަތް އެނގުނުގޮތެވެ.

ކުއްލިއަކަށް ދޮރު ހުޅުވައިލާފައި ވަދުނު މީހަ ފެނުމުން ދާރިއަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދޮރު ހުޅުވައިފައި ވަނީ އޭނަގެ ސުވާލުގެ ޖަވާބެވެ. ގޭންގަށް ދާރިއަންގެ ކޮންމެ ހަރަކާތެއް ކިޔައިދެމުން އައި މީހާއެވެ. ދާރިއަންގެ ހަގީގަތް ބޭޒާރުކޮށްލި މީހައެވެ. ދާރިއަން އާއިއެކީ މަސައްކަތްކޮށް އެއްސުފުރާ މަތިން ކައި ބޮއެ އުޅުނު އޭނަ ޕޮލިހުންގެ ތެރެއިން އެންމެ އިހުތިރާމު ކުރާ އެކަކެވެ. އެމީހަގެ ނުލަފާ ހިނިތުންވުން ފެނިފަ ދާރިއަންގެ ބޮލަށް ރުޅި ސަވާރުވެގެން ދިޔައެވެ. ދާރިއަންގެ ނޭވާ ހުއްޓުނީ އެމީހަގެ އަތުގައި އޮތް ކުޑަ ކުޑަ ރިމޯޓު ފަދަ އެތި ފެނިފައެވެ. ދެން ދާރިއަންއަށް ބަލައިލެވުނީ އޭނަ އާއި މާވިން އައްސާފައި ހުރި ގޮޑިއަށްށެވެ. އޭނަގެ ލޮލުގައި އަޅާގަތީ އެ ގޮޑީގައި ހަރުކޮށްފައި ހުރި ކަރަންޓު ނަރުތަކަށްށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (18)

  1. Your fav bab

    No hell no!!
    Dhaarian and maavin ah kameh nukuraathi!!
    I knew it haadhin gadu hearing aid eh leekan!!
    But about this person I’m gonna suspect iyaadh!
    Aslu when Somebody you trust, betrays you, the feeling is so different like😭😭
    Lyssssm💗💗💗💗
    When next??
    Waiting impatiently

    1. Maash
      Your fav bab

      Hehe thank you darling..
      Next part insha Allah sunday ga I’ll try..
      Love you moree💜🦋

  2. Zozo!

    Who is that?
    I am so so curious!
    Keep it up!
    When next!

    1. Maash
      Zozo!

      Let’s see in next part dhww…
      Thank you darling..
      Next part insha Allah will try Sunday ah submit kohleveythw

  3. Blossom

    varah riithi vaahakaeh.. Allahumma Barik lahu… alhe ee kaakuba dhw? dhariyan aai mavyn salaamai kohdhehchey!!!!!

    1. Maash
      Blossom

      Thank you Blossom.. I’m happy u like it.. Next part ga ingeyne kaakukan.. lets see what happens dhw💜🦋

  4. Oreo gurll

    Omgggg.. i knew it
    I knew it.. gang ge meehunah engunee ey Dhaarian ge real identity
    But kaaku? Dhaarian aa ehkoh police ge faraathun e case ga massakkai kuree… Iyaadhu! I dont think ehen meeheh kameh
    Cuz Dhaaliya wont do it, since he is her bro. Dhn Ukail? no.. he luves her
    Zaalik is already dead. Iyaadhu is the only one…
    Oh my goshhhhh.
    Maash when will u upload the next episode? Im so curious

  5. Maash

    Hehe let’s see what happens.. Next part insha Allah sunday.. Keep waiting darling.. I love ur theories 💜🦋

  6. Shhhhhh

    Wait! Wait! Wait! Noo noo noo! Plz don’t do that to dhaariyan and maavin.. e gang ah kmmx ithuru ehn miiheh laifa viyas emiihun salaamai kohdhii.. u know a loophole… Gang ga vss e ganga ah betray kuraane ithuru ehn miiheh huriyya v salhi vaane hehe…
    E ulhey haadhinge kanthakey mee..
    V foohi miiheh!

    1. Maash
      Shhhhhh

      Hehe Lets see what happens dhww.. Thanks for ur comment darl💜🦋

  7. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Ukail and dhaaya gulhuvachey
    Dhaarian and miyaa ves
    They all are made for each other
    Heyonuvaane dhaarian ah dhera gotheh nuhadhachey
    Kuhverinah adabu dhee
    I appreciate your hard work
    Tc ❤️😘
    V ufaavey thihaa busy koh ulhemen ves vaahaka kiyaalan libeythee
    Ly maash ❤️ 😚

    1. Maash
      Cutie girl

      Thank you cutie girl I’m glad u like it..
      Lets see dhw what happens dhww..
      Thanks for ur support..
      Tc
      Aww thankyouu..
      Love u moreee💜🦋

  8. Cutie potootie

    Alhe dhennooooooo
    Dhaarian and maavin maraa nulahcheyy please please..
    Eyrah vaahakaige reethi kan ekkoh gelleyne
    Mihaa interesting story akah ehen hadhaakah nuvaane alhe dhenn
    I suspected iyaadh since like varah kurin
    The part where mia informed the police and also the part where iyaadh gave idea not to do bad things to gang meehun
    Alhe dhen idkk dhww I’m reallyy curious btw
    I think thatss iyaadh ingey hama
    Varau avahah next part kiyaalan libeyn kamah ummeedhu kuran
    Lysmmm Maaash

    1. Maash
      Cutie potootie

      hehe lets see what happens in the next part dhww..
      next part maadhan upkohleveythw balaanan..
      Love you moree darlingg💜🦋

  9. Cutie potootie

    Hey maash
    Maadhan up kolla dheynamey kiyaiaafa eneh part naima varah haas vegen mi comment kollanee
    Are you ok??
    When next?
    Varah curios vefa mihureee

    1. Maash
      Cutie potootie

      Hey darling
      I’m really sorry.. Kudakoh bali v ma story delete v.. Mihaaru innaane submit kohlaafa admin approve kohleema kiyaalan libeyne. 🦋💜

  10. Anonymous

    Hi mi part vs v reethi
    When next??
    Submitted??

    1. Maash
      Anonymous

      Hey darling.. I’m glad u like itt..
      Next part is submitted now🦋💜

Comments are closed.