އާއެކޭ ލޯބިވޭ ފަސްވަނަބައި (އެ ޒުވާނާއާ ބައްދަލުވެއްޖޭ)
ފަތިސްނަމާދު ކޮށް ހަދައިގެން މަންމަމެން އުޅުނީ ނަމާދަށް ދާން ވާއިރަށް ސައި ހެދޭތޯއެވެ. އަހަރެން ވެސް އެެއްޗެއް ކާލައިގެން ތައްޔާރުވާން ދިޔައީމެވެ. ފެންވަރާ ނަލަވެގެން އަތަރު ލައިގެން އީދު ހެދުމުގައި ނިކުތީމެވެ. އޭރު ގޭތެރެ އޮތީ ހަމަ ހިމޭން ވެފައެވެ. ބައްޕަ ގުޅާފައި ތިރީގައި ހުރި ވާހަކަ ބުނުމުން ލަސްނުކޮށް ގެއިން ނިކުތީމެވެ. ސިނޑީގެ ހަރުފަތްތައް ދުވެފައި ގިރާ ކުރަމުން ދަނިކޮން މީހެއްގެ ގައިގާ ޖެހި ޚުބާބް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ނުރުހުންވެ އެ މީހާގެ މޫނަށް ބަލާލި ސިކުންތު ހީވީ ހިތް ހުއްޓުނުހެންނެވެ. ކުރިމަތީގައި އެހެރީ އެންމެ ދެކެން ބޭނުންވާ ސޫރައެވެ. ޚުބާބްގެ ގައިގަ އެޖެހުނީ މިލީހަމް ބާއެވެ. އަނެއްކާ ވާން މިއުޅެނީ ކޮން ކަމެއް ހެއްޔެވެ؟
“ނޫރީ” އަޑުގެ ނެތްތަނަށް ޚުބާބް ހަޅާތް ލަވައިގަތެވެ. ކުރިމަތީ އެހެރީ ނޫރީންއެވެ. ޚުބާބުގެ ކޮއްކޮއެވެ. ނޫރީ މޫނު ކުނިކޮށްލާފައި އަޑަށް ބާރުލާފައި ބުންޏެވެ.
” ނޫރީނާ :ދޮންބެ ގަނޑާ ޚުބާބް އަޅުގަނޑުގެ އީދު ވެސް ހަޑި ތިވީ”
އެ އަޑު އަހާފައި ޚުބާބަށް ހެވިއްޖެއެވެ. މީގެ ހަމަސް ކުރިން ނޫރީ ވަނީ ޒަވާޖީ ހަޔާތެއް ފަށައިގެން ފިރިމީހާގެ ގެޔަށް ބަދަލުވެފައެވެ. ހަތަރު އަހަރު ޚުބާބަށް ވުރެ ނޫރީނާ ހަގު ވާނެއެވެ. އާއިލާ އެންމެންވެސް ނޫރީ ދެކެ ވަރަށް ލޯބިވާނެއެވެ.
” ޚުބާބް : ސާބަހޭ މީހަކާ އިނދެވުނީމަވެސް ތި ޅަ ގޮތް ގަނޑު ނުކެނޑޭ ދޯ ކޮއްކޮގެ ދޮންބެ ހިތަށް އަރާ އަޒީން ވާ ކެތްގަދައޭ”
ނޫރީން ފާޑަކަށް ބަލަން ހުރެފަ ތީ ދޮންބެއަށް ހީވާ ގޮތޭ ބުނެފައި ގެ އާ ދިމާލަށް މިސްރާބު ޖެހިއެވެ.
ބައްޕަ އަހަރެން ލަސްވެގެން ގަޑިއަށް ބަލަމުން ދެ ކޮޅަށް ހިނގަމުންދިޔައެވެ. އަހަރެން ވެސް އަވަސްކޮން ސައިކަލާ ދިމާލަށް މިސްރާބު ޖެހީމެވެ. ދެ މީހުންނަށް ސައިކަލުގައި ދަނޑާ ހަމައަށް ދެވުނު އިރު ގަޑިން ހަތެއް ޖަހައިފިއެވެ. ދެ ޖިންސުގެ މީހުން އަންނަ ވަރުން އޭރުވެސް އާދެއެވެ. މާތް ﷲ ގެ ތަނަވަސް ރަޚުމަތާއެކު ތިންވަނަ ބަރިން އަހަރުމެން ދެބައިންނަށް ޖާގަ ލިބުނެވެ.
މުސްލިމުންގެ ފިތުރު އީދު ނަމާދު ނިމުމުން އަހަރުމެން ހަދިޔާ ބަހަން ފެށީމެވެ. ދަނޑު ދެ އަރިމަތީ ސައިގެ ކަންތައް އޮތީ ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްފައެވެ. އަންހެނުން ނާއި ކުޑަކުދިން ވެސް އެހާ ގިނައެވެ. މުޅި އެ މާހައުލު ސިފަވެގެން ދަނީ ހިތްހަމަޖެހޭ އުފާވެރި މަންޒިލެއް ހެންނެވެ. ތުއްތުކުދިންތައް ދުވެ އުޅޭއިރު ބަލާ ފޫހި ނުވެއެވެ.
ދަނޑުން ނިކުންނަނިކޮން ބާސިލް އާއި ދިމާވިއެވެ. ކޮންމެ ހެން ވެސް އެގެއަށް ދާން ޖެހޭނޭ ބުނުމުން ބައްޕަ އާއެކޭ ބުނެފިއެވެ. ދެވޭނީ ހަވީރުއޭ ބުނުމުން ބާސީލުވެސް މި އެދުނީ ހަވީރުގެ ސަޔަކަށް ކަމަށް ބުންޏެވެ.
ކާ ކޮޓަރިއަށް ދިޔައިރު އެކަކުވެސް ފެންނާކަށް ނެތެވެ. މޭޒު މަތި ހުރީ ފުރިފައެވެ. ކުޅި ކާޖާ އާއި ފޮނި ކާޖާއެވެ. މާ ގުޅައެވެ. ފާނާގާއެވެ. ކުދި ގުޅަޔައާ ބަޖިޔަލެވެ. ތަފާތު ވައްތަރުގެ ބަނަހުގެ ކާނާ ވެސް ހުއްޓެވެ. ސަބުމެރީނާ ބާރަގއެވެ. ކަޅު ސަޔާއި ކިރުސައިގެ އިތުރުން ސަރުބަތު ގެ ކޫލަރެއް ހުއްޓެވެ.
އަންހެންވެރިންނަށް ގެއަށް އާދެވުނީ އަހަރުމެން ސައިބޯން ފަށަނި ކޮށެވެ. މަންމަ ނިވީ އުރާލައިގެން ހުރި އިރު އަތުގައި ކުޑަ ޕާރުސަލެއް އޮތެވެ. އޭތި ކެނޑޭތޯ ހީލާފައި އަނގައަށް ލާންވެސް އުޅެއެވެ. މުލްކުގެ ދެއެއް ވެސް ހުރީ ހަދިޔާއިން ފުރިފައެވެ.
” ޚުބާބް : މަންމާ ނޫރީ ނާދޭތަ
ނޫރީނާ ފެންނަން ނެތުމުން ޚުބާބަށް ސުވާލު ކޮށްލެވުނެވެ.
މަންމަ : ދަރިފުޅު ދޭބަލަ ކޮއްކޮމެން ގެއަށް ގޮސް ގެންނަން
ޚުބާބު : ހެނދުނު ކޮއްކޮ އައެއްނު ދޮންތާ ”
ކޮއްކޮ އައި ވާހަކަ ބުނުމުން ދޮންތަ އާއި މަންމަ ހީލާފައި ބުނެފިއެވެ. އެ އައީ އީދު ނަމާދަށް ދާށެވެ. ނަމާދު ކޮށް ނިމިގެން ނިކުއިން އިރު އަޒީން ހުއްޓެވެ. ދެ މީހުން ދިޔައީ ގެއަށެވެ.
މުލްކު ގޮވައިގެން އަހަރެން ކޮއްކޮމެން ގެއަށް ދިޔައީމެވެ. އެގޭގެ ދޮރުން އެތެރެއަށް ވަދެ ނޫރީނާއަށް ގޮވަން ފެށީމެވެ.
“ނޫރީ ނޫރީ”
މުލްކު : “ނުކިޔާ ތިހެން ދޮންތަ ކިޔާނީ ހަޑި ކުދިން ނަން ކިޔާނީ”
ފަހަތުގައި ހުރި މުލްކު އެހެން ބުނުމުން އަހަންނަށް ހެވިއްޖެއެވެ. އެވަގުތު ވީ ނޫރީން ވެސް ނިކުއިން އިރަށެވެ. ވަގުތުން މުލްކު އުރާލިއެވެ.
” ނޫރީނާ : ދޮންތިގެ ލޯބި ދަރިފުޅޫ އާދޭ އީދު ހަދިޔާ ބަލާ ”
މުލްކު ގޮވައިގެން ނޫރީ ދިޔައީ ކޮޓަރިއަށެވެ. ނިކުއިން އިރު ކަރުދާހުގައި ބަންދު ކޮށްފައި އޮތް ފޮށިގަޑެއް އަތުގައި އޮތެވެ. ދެން މިސްރާބު ޖަހާފައި ހުރީ ކާމޭޒު ކައިރިއަށެވެ. ދެތިން ވައްތަރެއްގެ އެއްޗެހި ހަދާފައި ކޮއްކޮވެސް ހުއްޓެވެ. ބަނޑު ފުރިފައި ހުއްޓަސް ކުޑަ ގޮތެއް ހަނދާލީމެވެ. ކޮއްކޮ ދެރަވެ ދާނެތީއެވެ. އަބަދުވެސް ކޮއްކޮ ކުރާ ސަކުވާއެއް އޮއްނާނެއެވެ. ގޭގެ އެހެން ކުދިންގެ ނަމާ ތަފާތު ނަމެއް އޭނާއަށް ކިޔުމެވެ. ދޮންބެ ނަމާ ދޮންތަ ނަށް އެހާ ގުޅެއެވެ. ހާއިން ނަށްޓާލީ ނޫރީ ގެ ނަމެވެ. އެގޭގައި ތިބީ ހުސް ހާއިން ނަށް ފެށޭ މީހުންނެވެ. ބައްޕަ އަށް ކިޔާނީ ޚަބީބް އެވެ. މަންމައަށް ކިޔަނީ ސިހުމާއެވެ. ލޯބިން ކިޔާނީ ހުސީއެވެ. ދޮންތައަށް ހުއްބާއެވެ. ދޮންބެއަށް ބައްޕަ އާއި ގުޅުވާ ޚުބާބެވެ. ދެން ފަހެ އަހަންނަށް ނޫރީނާ ކިޔަން ޖެހޭ ހެއްޔެވެ؟
ހަ ރޯދަ ނިމުން އިރު ކޮލެޖުގެ ކިޔެވުން ފެށިއްޖެއެވެ. ދުވަސްތައް ބުރަވެއްޖެއެވެ. ހުސްވަގުތު މަދުވެއްޖެއެވެ. ދިރިއުޅުމުގެ ހުރިހާ ސިކުންތެއް ކިޔެވުމަށް ހުސްކުރަން ޚުބާބް ހުރީ ނިންމައިގެންނެވެ. މުޅި ކޮލެޖުން އެއްވަނަ ހޯދުމަކީ އޭނާ ދެކޭ ފޮނި ހުވަފެނެކެވެ. ސުކޫލުންވެސް އޭނަށް ލިބުނީ ދެވަނައެވެ.
ވާހަކައިގެ ވަރަށް ބޮޑު ބައެއް ލިއެއް ވިއްޖެއެވެ. އިހަން ދެން އެހެން ކަމަކާ އުޅެމާހެވެ. ޅެމެން ލިޔާ ހިތް ވަރަށް ވެއެވެ. ގެނެސްދޭން މި އުޅެނީ އަޅުގަނޑުގެ ގަލަމުން ލިޔެފައިވާ ރީތި ޅެމެކެވެ. “ބާކީ މިހިތް ވެއްޖޭ ” މިއީ ޅެމުގެ ނަމެވެ. އަޑު އަހާލާށެވެ.
” ލޯބިވީ އެތަކެއް ހަނދާންތައް ބިންމަތިން ސިފަވެއްޖެއޭ
ބޭރުވީ ދެ ހިތުގެ ހަޒާނާ ވެލިތަކާ އެކުވެއްޖެއޭ
ޗާލު ފަރި ހިނގުމާއި ހީލުން މިތަނުގައިކަން ބުނެދެމުން
ލޮލުގެ ތެރެއިން ސަބުނަމުގެ ތިއްކެއް މަޑުމަޑުން ބީހިއްޖެއޭ
ހެލިލި އިރު ރުއްތަކުގެ ފަރި ހަރަކާތް ތަކެއް ފެނިލި ހިނދު
ދިރިއުޅުން މާޒީގެ ތެރެއިން އާބާދުވީހެން ހީވެއްޖެއޭ
ރޮއެ ރޮއެފަ ކުރިހާ އެ ސަކުވާ އެކުއެކީގައި ވިީ ހަނދާން
ސާފު ނަލަ އެ އުޑާއި ތަރިތަކުގެ ތެރެއިން ގެއްލިއްޖެއޭ
ލިބުނު ފުރުސަތުތައް އޭކީ ގޮސް ގެއްލިގެން ދުނިޔެއިން
މަންޒަރު ބަލަން ހިނިތުންވެގެން ހުންނަށް މިހާރު ދަތިވެއްޖެއޭ
ބޭނުމެއް ނުވިއޭ ހިތެއް ތިޔަ ހަނދާން ފުހެލާކަށެއް
މި ދުނިޔޭގައި ލޯބިވާ ނެތްކަމުން ބާކީ މިހިތް ވެއްޖެއޭ”
މި ލަވަ އަކީ އަހަރެންގެ އެކަނިވެރިކަން ފަޅުފިލުވައިދިން ބައިވެރިޔެކެއެވެ. މި ކުރެވޭ އިންތިޒާރުގެ ބައިވެރިޔާ ހަނދުމަ ކޮށްދޭ ލަވައެކެވެ. އޭނާ އާއި ނުލާ މިހިތް ބާކީ ވެފާ ވާވަރު ބުނެދޭން ޅެމެކެއެވެ.
މި ހަފްތާގެ އަންގާރަ ދުވަހު ކޮއްކޮ މާލެ އެބަ އާދެއެވެ. ކޮއްކޮގެ ހަޔާތުގެ ވާހަކަ އެނގެން ބޭނުންވާ މީހުންނަށް މި ފަހަރު އެނގޭނެއެވެ. ޓީވީ ޕޮރުގުރާމަކުން އޮތީ އެވާހަކަތައް ކިޔައިދެން ފުރުސަތު ލިބިފައެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތަށް އަހަރެން އުޅުނީ އަވަދި ނެތިއެވެ. އަނެއް ކޮޅުން ކޮއްކޮމެންނަށް ކޮޓަރިވެސް ތައްޔާރުކުރަން ޖެހޭނެއެވެ. ލާނެ ރީތި ހެދުމެއް ވެސް ފަހާނީ ތޯ ގައްނާނީ ތޯ ވެސް ސުވާލުއުފެދެއެވެ. އަހަންނަކީ މާ ގޮތް ބޮޑު ހެދުންތަކަށް ލޯބިކުރާ މީހެއް ނޫނެވެ.
އަހަރެންގެ ކޮޓަރި އާއި އިންވެގެން ހުރި ކޮޓަރި ބޮޑު ދައިތަމެންނަށް ތައްޔާރުކުރީމެވެ. އަދި ކޮއްކޮއަށް އަހަރެންގެ ކޮޓަރީގައި ނިދޭގޮތް ހެދީމެވެ.
އެތައް ޒަމާނަކަށްފަހު ކޮއްކޮ ފެންނާތީ އަހަރެން މިހުރީ ވަރަށް އުފަލުންނެވެ. އަބަދުގެވެސް ކޮއްކޮ އަށް އެންމެ މީރު ޓޮމާޓޯ ބަތް ތައްޔާރު ކޮށް ފައި ތެލުލީމެވެ. ކޭކެއްގައި ވިޕުކުރީމު އުނގުޅާ ދޮންތަގެއަށް މަރުހަބާ ޖެހޭމިވެ.
ފެންވަރާ ހަދައިގެން އެއަރޕޯޓަށް ދިޔައީމެވެ. ބޮޑުދައިތަ އަށް ހުރިހާ ތަކުލީފެއް ނުޖައްސަން ވެގެންނެވެ.
އަބަދުވެސް އަހަރެންގެ ހިތް ކުރާ ސަކުވާއެއް ވެއެވެ. ” އަހަރެންގެ އެކަނިވެރިކަން ކަލާ ހޯދައެވެ. އޭ އަހަރެންގެ ދިރިއުޅުމާއެވެ. ކަލާ ގެއްލުނީ ކޮންތާކައް ހެއްޔެވެ؟ ކަލާ އާއިނުލާއި ބިމާއި އުޑު ވެސް އަހަންނަށް ވަނީ ބީރެއްޓެހިވެފައެވެ. އޭ އަހަރެންގެ ދިރިއުޅުމާއެވެ. ކަލާ ގެއްލުނީ ކޮންތާކައް ހެއްޔެވެ؟” އަހަންނަށް ކަލާ ގެއްލުނު ތަނެއް ނޭނގޭ ވާތީ ހިތް ކުރާ އާދޭޭސްތަކުގައި ކިޔުންތެރިން ބައިވެރިވުމަކީ އަހަރެން އުފާވާނެ ކަމެކެވެ. މި ވީ ހާތަނަށް އަހަރެންގެ ހިތާމަތަކުގައި ބައިވެރިވީ ޑައިރީއެވެ. އަހަރެންގެ ހަޔާތުގެ ދަތުރު ލިޔަމުން އަންނަށް ފޮތެވެ. ކަޅު ދުވަސްތަކާ ހިނިތުންވި ރޭތަށް ވެސް ވަނީ ހަމަ އެ ފޮތުގެ ތެރޭގައި ރައްކާކުރެވިފައެވެ. މި ދުނިޔޭގައި އަހަރެން ނެތް ދުވަހަކުން މި އެކަނިވެރި ދިރިއުޅުމުން ވަރަށް ގިނަ މައުލޫމާތު އެނގިގެންދާނެއެވެ. މި ޑައިރީގެ ތަޅަކީ އެ ޒުވާނާ އުފަންވި ތާރީޚެވެ. 7 އޮގަސްޓު 1998 އެކެވެ.
ކިޔުންތެރިންނޭވެ. ސުވާލެއް ކޮށްލަން ހެއްޔެވެ؟ ތި މީހުންގެ ހިތް މީހަކަށް ދެއްވިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ހަނދާންކުރަން ވީ ވާނީ މާތް ރަސްކަލާނގެ އިރާދަކުރެއްވި ގޮތެއްކަމެވެ.
ފެރީ ޓާމިނަލުގައި މީހުން ގިނަ ދުވަހެކެވެ. ޓިކެޓު ހިފައިގެން ނިކުނަން ދަނިކޮށް އަރިއަޅާލިއެވެ. ބާރު ގަދަ ފިރިހެނެއް އެތަނަށް އައީ ކޮން އިރަކު ކަމެއް ނޭނގެއެވެ. އެ މޫނަށް އަހަރެން ބަލާލީމެވެ. ލިބުނީ ކުއްލި ޚައިރާން ކަމެކެވެ. ކުރިމަތީ އެހެރީ ޒުކާން އެވެ. އަޝްބާގެ އިންތިޒާރުގެ ނިމުމެވެ.
” ވިންދުގައި ހިތުގެ މިވަނީ ކަލާ
އަސްލު ލޯބިން އެހާ ބޭނުމޭ
ގާތުގައި އަބަދު ހުންނަން އެކީ
އަދި ވަކިން ހާދަހާ ބޭނުމޭ
ވިންދުގައި ހިތުގެ މިވަނީ ކަލާ
އަސްލު ލޯބިން އެހާ ބޭނުމޭ
ވިންދުގައި ހިތުގެ މިވަނީ ކަލާ ”
ސުކޫލު ދައުރުގައި އެކުގައި އުޅުނު އެންމެ ގާތް ކުދިން ތެރޭ ޒުކާން އަކީ އަހަންނަށް އެންމެ ޚާއްސަ މިތުރެވެ. ކޮންމެ ވާހަކަ އެއްވެސް ޒުކާން އާއި ހިއްސާކުރަމެވެ. އަހަރުމެން އުޅުނީ އެންމެ ގާތް ރަހުމެތްތެރިން ހެންނެވެ. ކުލާގައި ތިބޭނީ ކައިރި ކައިރީއެވެ. އެކި ސަބަބުތަކާއެކު ވަރަށް ގިނައިން ކުދިން ދިމާކޮށް ހަނދާނެއެވެ. ތީ ހަމަ ދެ ލޯބިވެރިންނެވެ. އިންނަށް ލަސްވެއްޖެ އެވެ. މިފަދަ ޖުމްލަތަކުން އަހަރެންގެ ހިތް ނަށަމުންދިޔައެވެ. ބުނެދޭން ދަތި އުފާވެރި އިހުސާސްތަކެއް ވާންފެށިއެވެ. ގުރޭޑު އެގާރަ އަށް އަލަށް ގުޅުނު ކުއްޖަކާ ޒުކާން ލޯބީގެ ގޮތުން ގުޅުމުން އިންތިހާއަށް އަހަރެން ދެރަވެ ލަދުގަތެވެ. ކުރިން އުޅުންހެން ގާތް ކޮން އުޅުން އެއްްކޮން ހުއްޓާލީމެވެ. ވީހާވެސް ދުރުދުރުން އުޅުނީމެވެ. މުއްދައްރިސް ކައިރީ ބުނެގެން ތަން ވެސް ބައްދަލުކުރީމެވެ. މަހެއްވެސް ފާއިތުނުވެ އެކުއްޖާ އާއި ޒުކާން ރުޅިވެއްޖެއެވެ. ވީ ގޮތެއް ނޭނގެއެވެ. އެއީ ގުރޭޑު ބާރައިގެ ފަހު އިމްތިޙާނު ކުރިއަށް ދިޔަ ދުވަސްވަރެވެ. ހުރިހާ ޓެސްޓެއްވެސް އުނދަގުލަކާ ނުލާ ނިމާލެވުމުން ރަނގަޅު ނަތިޖާއެއް ލިބޭނެކަން އިނގުނެވެ. ފަހު އިމްތިޙާނާއެކު ޒުކާން ގެއްލުނީއެވެ. އޭނާގެ ނަންބަރަކަށް ނުގުޅެއެވެ. ވީ ތަނެއް ވެސް އެނގޭނީ ހެއްދެވި ފަރާތަށެވެ. ކޮއްކޮ އިޝްބާ އުޅުނީ އޭރު ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެންނެވެ. އަށާރަ އަހަރު ފުރުނު ތަނާ ކައިވެނިވެސް ކޮށްފިއެވެ. ދިރިއުޅުން ބަދަލުކުރީ ފިރީމީހާގެ ރަށަށެވެ. މާލޭގައި އެކަނި އުޅެން ހިތްނުތަނަވަސް ވެސް ވިއެވެ. ދެރަވެސްވިއެވެ. ވަރަށް ކެތްކުރީމެވެ. ރޮވޭ ކޮންމެ ފަހަރަކު ޒުކާން ހުރިނަމައޭ ހިތަށް އަރައެވެ. މައިންބަފައިން ވެސް ވަނީ މި ކެހިވެރި ދުނިޔާ އަލްވަދާއު ކިޔާފައެވެ. މުދައްރިސް ކަން ކިޔަވަން ކޮލެޖަކަށް ފޯމު ލީމެވެ. ކޯސްލިބި ކިޔެވުންވެސް ފެށުނެވެ. ކިޔެވުމުގައި މާގިނަ ދުވަހެއް ނުވެ ކޮއްކޮގެ ދިރިއުޅުން ބަނަވެއްޖެއެވެ. މީހެއްގެ އެހީއަށް ބޭނުންވެއްޖެއެވެ. އަހަރުމެން އަކީ މާ ފުދުންތެރި ބައެއް ނޫނެވެ. ހޮޓަލެއްގެ ވޭޓަރުކަން ކުރަމުން ދިޔައީމެވެ. އެ ފައިސާ ފަހަށް ރައްކާ ކުރެވުނު ކަން ނަސީބެވެ. ނަފްސާނީވެ ދުނިޔެ މަތިން ފޫހިވެފައިވާ އަހަރެންގެ ފުރާނަ ފަދަ ކޮއްކޮ އާއެކު ގަދަ ކަނޑުގައި ހަނގުރާމަ ކުރީމެވެ. ރާއްޖޭގެ މަޝްހޫރު މުއްސަނދިން ކައިރިއަށް ސަލާންޖަހަން ސިޓީ ހިފައިގެން ހިނގީމެވެ. ކޮއްކޮގެ ފަރުވާއަށް ބޭރަށް ދެވޭތޯއެވެ. ކުރި މަސައްކަތުން ލިބުނީ ހަމަ އެންމެ ނުވަހާސް ރުފިޔާއެވެ. އާސަންދައެއް ނުލިބުނެވެ. އިޝްބާގެ ލޮލަކުން ކުރެ ލޮލަކަށް ނުފެއެވެ. ހަދާނުންވެސް ބައެއް ކަން ކަން ހުރީ ފުހެވިފައެވެ. ކޯހުން ކެނޑޭން މަޖޫބޫރުވި ސަބަބަކީ އެއީއެވެ. ބައްޕަ ފަރާތު ބޮޑުދައިތަ ވަރަށް ރަނގަޅެވެ. ވަގުތުގައި މާލެ އައިސް ހުރިހާ ކަމެއްގައި ހިތްވަރުދީ ހެދިއެވެ. އެއީ އަހަރުމެންގެ ބޮޑު ދޮންތައެވެ. ބޮޑު ދޮންތައަކީ ބައްޕަގެ އެންބަނޑުގައި ހުރި ހަމައެކަނި އަންހެން މީހާއެވެ. ހުރިހާ ދަރިންތަށް ފިރިމީހާގެ ކޮއްކޮއަކާ ހަވާލުކޮށްފައި އައީ އަހަރުމެން ދެމައިންނަށްޓަކައެވެ. މަންމަމެން ދުނިޔޭގައި ތިބިނަމަ މި ހާލުގައި ނުޖެހުނީހޭ އަހަރެން ލައްކަ ފަހަރު ހިތަށް އެރިއެވެ. އިންޑިޔާއަށް ދެވޭ ގޮތްވީ ހަފްތާއެއް ފާއިތުވެ ދިޔަ ފަހުންނެވެ. ޑޮކްޓަރުންނަށް ވެސް ކޮއްކޮ މުޅިން ރަނގަޅު ކުރެވޭ ގޮތެއް ނުވިއެވެ. އަޑު އިވުމުގައި މައްސަލެއް ހުރިކަން އެނގުނީ އިންޑިޔާއިންނެވެ. އެތަނުގެ ހަސްފަތުލައި ހެދުނު “ބޮޑީ ޗެކަޕަކުން” ނެވެ. އެއްވެސް ކަހަލަ ކުރި އެރުމެއް ނުލިބުމުން މާލެ އައީމެވެ. ކޮއްކޮގެ ހުރިހާ ކަމެއްގެ ޒިންމާ ނެގީ ބޮޑު ދޮންތަގެ ދެމަފިރިންނެވެ. ހއ ދިއްދޫއަށް ކޮއްކޮ ގެންދިޔައީ މާލޭގައި އަހަންނަށް އެކަނި އިޝްބާ ނުބެލޭނެތީއެވެ. އަދި ކިޔެވުމަށް ނަސާހަތްތރިވަމުންނެވެ. ދިވެހި މުދައްރިސަކަށް ވުމުގެ ހުވަފެން ފަސްއަޅާ ވަޅުލީމެވެ. ނަރުހަކަށްވާން އަޒުމު ކަނޑައެޅީމެވެ. ގަދަ ހިތްވަރާއެކު މަސައްކަތްކޮށް މިއަދު އެކަން ކާމިޔާބު ވެއްޖެއެވެ.
” ޒުކާން : އޭ އަޝްބާ ނިދަނީތަ” އަހަންނަށް ހޭވެރިކަމެއް ވީ ޒުކާން ގޮވާލުމުންނެވެ. އޭރު އެއަރޕޯޓަށް ވަނީ އާދެވިފައެވެ. ފެރީން ފައިބައިގެން އެތެރެއަށް މިސްރާބު ޖެހީމެވެ. ތަފާތެއް ފާހަގަވިއެވެ. ޒުކާންގެ އަތުގައި މާ ބޮޑިއެއް އޮތެވެ. ނުހުރެވިގެން އަހަރެން އަހާލީމެވެ.
” އަޝްބާ : ޒުކާންގެ ކާކު އަންނަނީ” އޭނާ ޖަވާބު ދިނީ އަހަރެންގެ ހިތުގައި ސުވާލު އުފެދޭ ކަހަަލަ ގޮތަކަށެވެ.
” ޒުކާން : ދެ މީހުން އެކަކު ބަލައެއްނު މިއައީ ދޯ ” އެކަކު ބަލައި ދެ މީހުން އަންނަން ވީ ކީއްވެ ހެއްޔެވެ؟ އަހަރެން މިއައީ ލޯބިވާ ކޮއްކޮ އިޝްބާ ބަލައެވެ. ދެން އަނެއްކާ ޒުކާން މިއައީ ކާކު ބަލައި ބާއެވެ. ޒުކާން ވެސް މިއައީ އަހަރެންގެ ކޮއްކޮ އިޝްބާ ބަލާ ހެއްޔެވެ؟
ނުނިމޭ
ލޯބިވާ ކިޔުންތެރިންނަށް
އަޅުގަނޑުގެ ވާހަކަ “އާއެކޭ ލޯބިވޭ”ގެ ފަސްވަނަބައި ނުގެނެސްދެވި ލަސްވިކަމަށްޓަކައި ނިޚާޔަތަށް މާފަށްއެދެމެވެ. އެހެން ބައިތަކަށް ވުރެ ފަސްވަނަ ބައި ދިގުވާނެއެވެ. މި ވާހަކައަކީ އަޅުގަނޑުގެ ފަރާތުން ހުރިހާ ކިޔުންތެރިންނަށް ދޭ “ރޯދަ ހަދިޔާ” އެކެވެ. މި ހަދިޔާ ކަމުދާނެ ކަމަށް އުންމީދުކުރަމެވެ. 🤗
5 Comments!
Comments are closed.






Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Thanks you 💗🥀 cutie girl
Thanks you 💗🥀
mi part ves salhi i want to see what happens with them when next part
Thanks you rosie 💗💐