Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 17

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
December 10, 2015 6 Mins Read
12 Comments

ޔޫޝައު ބުމަ ކައިރިކޮށްލަމުން ސައިކަލުން ފޭބިއެވެ. މުށްކެވިފައިވާ އަތް ޖިސްންގެ ޖީބަށް ކޮށްޕާލަމުން އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. ފަލަކްގެ ދުލުން ބޭރުވި ކޮންމެ ލަފްޒަކުން އޭނަގެ ސިކުނޑި ރުޅިވެރިކަމުން ފިއްސާލައި ފިއެވެ. އެކަން އޭނަގެ ދެލޮލުން ސާފުކޮށް ހާމަކޮށްދެއެވެ.

”އައެމް ސޮރީ ފަލަކްއަށް ގޯސް މެސެޖެއް ދެވިފައިވާނަމަ، އެވަގުތު އެކުރެވުނު ކަންތައް އަހަރެން ރިގްރެކްޓް ކުރަން…. ފަލަކް އަހަންނާ މެދު ތިދެކޭ ނަޒަރުން ދުވަހަކު ވެސް އަހަންނަށް ފަލަކްއާ މެދު ނުދެކެވޭނެ، އެކަން ދުވަހަކު ނުވާނެ، އަހަންނަށް ކުރެވުނު ކުށަށް މާފަށް އެދެން، ދެން އެފަދަ ކަމެއް ދުވަހަކު ތަކުރާރު ނުވާނެކަމުގެ ޔަޤީންކަން ވެސް ދެން… ފަލަކްއަށް ރަގަޅަކަށް މިބުނީ، ސްޓޭއި އަވޭއި ފްރޮމް މީ އެންޑް މައި ޕާރސަނަލް ލައިފް!…”

ޔޫޝައުގެ އަޑުގައި އެކުލެވިގެންވި ނަފްރަތުން ފަލަކްގެ ހިތަށް އެއްފަހަރާ އެތައް ހާސް ދުނި ތީރުތަކެއް ހަރާލެވުނެވެ. އެ ނާޒުކު ހިތުން ލޭ އޮހޮރެން ފެއްޓިއެވެ. މޭގައި ފުން ރިހުމެއް އުފަން ވެއްޖެއެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.

ފަލަކް ޖެހި ބުދެއްހެން ހުއްޓުން އަރާފައި ހުއްޓާ ޔޫޝައު ސައިކަލަށް އަރައިގެން ނައްޓާލައިފި އެވެ. ފަލަކްގެ އިހުސާސްތަކަށް ޤަދަރުކުރުމެއް ނެތިއެވެ. ފަލަކްއަށް ގިސްލެވިދާނެތީ ތުންފަތުގައި ދަތް އަޅާލެވުނީ ބާރަކަށެވެ. އޭނައަށް އެތަދު އިހުސާސެއް ނުވިއެވެ. އެއަށްވުރެ އޭނަގެ އެތެރެހައްޓަށް އައިސްފައިވާ ޒަލްޒަލާ މާ ބޮޑެވެ. އޭނަގެ ހުވަފެނުގެ ގަނޑުވަރު ވެއްޓި ބިމާ ހަމަވެއްޖެއެވެ. އޭނަ ދެކެމުން އައި ހުވެފަންތަކުގެ ކުލަ ގެއްލި ކަޅާއި ހުދުގެ މަންޒަރުތަކަށް ބަދަލު ވެގެން ހިނގައްޖެއެވެ. ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟ މިހާ އަވަހަށް އޭނަގެ ހުވަފެންތައް ބިލާހަކަށް ވެގެން ދިޔައީ ކީއްވެ ހެއްޔެވެ؟

”އަހަރެން ބަލި ޤަބޫލު ނުކުރާނަން، ޔޫޝްގެ ހިތް އަތުލާފައި ނޫނީ އަހަރެން ދުލެއް ނުކުރާނަން…” ފަލަކްގެ ލޮލުން ކަރުނަތައް ނީރާލިއެވެ. އޭނަ އެހެން ހުންނަތާ އެތައް އިރެއް ވީ ފަހުން ސިއްސައިގެން ދިޔައީ މަންމަ ގޮވާލި އަޑަށެވެ. އެއާއެކު މަންމައަށް އިޖާބަ ދިނުމުގެ ބަދަލުގައި ފަލަކް ހިނގައިގަތީ ގޭޓާ ދިމާއަށެވެ. މަންމަގެ ސުވާލުތަކާ ކުލިމަތިލާނެ ހިތްވަރެއް އޭނަގެ ނެތެވެ. ޔޫޝައު އެހިތަށް ފުން ޒަހަމްތަކެއް ދީފިއެވެ. އެ ޒަހަމްތަކުގެ ޝިފާ އޭނަ ހޯދާނީ ޔޫޝައުގެ ފަރާތުންނެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟

”ފަލަކް!…” މާހުތާބްއަށް ފަލަކްއާ އެއްހަމަ ކުރެވޭ ގޮތެއް ނުވިއެވެ. ހަށިގަނޑުގެ ބައްޓަމާ ހުރެ ހިނގަން އޭނައަށް ނުހަނު އުނދަގުލެވެ. އޭނައަށް ގޭޓާ ހަމައަށް ދެވުނު އިރު މީހާ ވަރުބަލި ވެއްޖެއެވެ. މުޅިގައިން ދާ އޮހޮރެން ފަށައިފިއެވެ. ”ބަލަ އަޑެއް ނީވޭތަ؟…” މާހުތާބް އަޑަށް ބާރުލިއެވެ. ފަލަކް ގޮސް ގޯޅިގަނޑަށް ނިކުތުމުން އޭނަ ތަންކޮޅަކަށް ހިނގިއެވެ. ނަމަވެސް ކުރިއަކަށް ނުދެވުނެވެ. މައިނޭވާލަމުން އޭނަ ފޯނު ނެގިއެވެ.

ފަލަކްއަށް މާހުތާބް ގުޅާއިރަށް ފޯނު ކަނޑާލިއެވެ. ދެވަނަ ފަހަރަށް ގުޅުމުން ފޯނު ނިއްވާލާފައި ވާކަން ހާމަކޮށްދޭ މެސެޖް އަޑު އިވުނެވެ. މާހުތާބްގެ ހިތަށް ނުބައި ގޮތެއް ވިއެވެ. މިއަދު ފަލަކްގެ މޫޑު ގޯސްވެފައި ވާކަން އޭނައަށް އިނގެއެވެ. މީގެ އިރުކޮޅެއް ކުރިން އޭނައަށް ފެނުނު މަންޒަރުތަކުން ޔޫޝައު ދެކެ ރުޅި އާދެވުނެވެ. ލޯބިވާ ދަރިފުޅާ މެދު އެފަދައިން ކަންތައް ކުރުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް އޭނަ ފަލަކްގެ ލޯބި ފަލަކްއަށް ހޯދަ ދޭނެއެވެ. އޭނަ ކިތަންމެ ވަރަކަށް ހަރުކަށިކަން ދެއްކިޔަސް ފަލަކް ދެކެ އޭނަ އިންތިހާއަށް ލޯބި ވެއެވެ. އެދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދަދޭން ބޭނުން ވެއެވެ.

****

ފުން ނިންޖެއްގައި އޮތް ޔަޝްމްއަށް ހޭލެވުނީ ގަދަ ފިނިކަމެއް އިހުސާސް ކުރެވިގެންނެވެ. ބަނާތު ގެނެސް ހަށިގަނޑު ވަށާލަމުން ނިދަން އޭނަ މަސައްކަތް ކުރިއެވެ. އޭގެ ކުރިން ގަޑިން ވީ އިރެއް ބަލައިލަން އޭނަ ފޯނުނެގިއެވެ. އެއާއެކު ފޯނުގެ އަލި ލޮލަށް އެޅި، ލޯ ތަރަތަރަ ޖަހައިގެން ގޮސް ލޮލަށް އުނދަގޫވިއެވެ. ދެލޯ ހަނިކޮށްލަމުން ޔަޝްމް ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލިއެވެ. އެގާރަ ގަޑި ބައިވެއްޖެއެވެ. ކަންނެތްކަމާއެކު ފޯނު ބާއްވަމުން އަނެއްކާ ވެސް ނިދީގެ ތެރެއަށް ފީނައިގަންނަން އޭނަ ދަތުރު ފެށިއެވެ. އެހެނަސް އެކަމަށް ހުރަސް އެޅުނީ ހުޅުވާލެވިފައިވާ ބެލްކަނީގެ ދޮރު ފެނުމުންނެވެ. ހަމަހިމޭންކަމުގެ ތެރޭން އޭނައަށް އަޑެއް އިވުނުހެން ހީވެގެން އެއަޑަށް ސަމާލުކަން ދެވުނެވެ. އެއާއެކު އޭނަގެ ނިދި ފިލައިގެން ހިނގައްޖެއެވެ.

”އިޒްކާން؟…”

ޔަޝްމްއަށް މަޑުމަޑުން ބުނެވުނެވެ. އޭނަ އެނދުން ފައިބަމުން ސިއްރު ފިޔަވަޅުތަކާއެކު ގޮސް ބްލެކަނީގެ ދޮރާ އަރާހަމަކޮށްލިއެވެ. ނިދާ ބޮކީގެ ފަނޑުއަލިކަން ފުރޭނިގެން އައިސް އެތަނަށް އެޅިފައި އޮތެވެ. އިޒްކާން ހުރީ ރެއިލިންގް ކައިރީގައި ހުއްޓިލައިގެން ފުރަގަސް ދީގެންނެވެ. އޭނަގެ އޮތުގައި ފޮތެއް ކަހަލަ އެއްޗެއް އޮތެވެ. ޔަޝްމްގެ ސަމާލުކަން އެއަށް ހުއްޓުނެވެ. އެއީ ކޯޗެއް ހެއްޔެވެ؟ އެހެން ހުއްޓާ އިޒްކާން ކަރުނަ ފޮހެލިހެން ހީވިއެވެ. ޔަޝްމްއަށް ލިބުނު ޚައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ޚަޔާތުގައި ވެސް ފުރަތަމަ ފަހަރަށް ފިރިހެނަކު ރޯތަން ފެނުނު މީ ފުރަތަމަ ފަހަރެވެ. ނޭގޭ ސަބަބަކާ ހުރެ ހިތުގައި ރިއްސާލިއެވެ. އެކަމާ މެދު ވެސް އޭނަ ކަންބޮޑު ވިއެވެ. އިޒްކާންއަށް ކޮންމެކަމެއް ވިޔަސް އޭނައަށް ކޮން ކަމެއް ހެއްޔެވެ؟ އިޒްކާން އޭނަގެ ހަޔާތަށް އައިސްފައިވަނީ ވަގުތީ މެހުމާނެއްގެ ގޮތުގައެވެ.

އެވަގުތު ސިކުނޑީގައި ޓަކި ދިނީ މަންމަ ދެއްކި ވާހަކަ ތަކެކެވެ. އެފޮތަކީ އެއަންހެންކުއްޖާއާއި ގުޅުމެއް ވާ އެއްޗެއް ހެއްޔެވެ؟ އިޒްކާން ކަރުނައަޅާ ރޮނީ އެއަންހެންކުއްޖާ މަތިން ހަނދާން ކޮށްފައި ހެއްޔެވެ؟

ސުވާލު މާކުތަކުން ޔަޝްމްގެ ސިކުނޑި އަނެއްކާ ވެސް ފުރިގެން ދިޔައެވެ. އެހެން ހުއްޓާ އިޒްކާން އެފޮތް ގެނެސް ތުންފަތުގައި ޖައްސާލިތަން ފެނުނެވެ. ފޮތުގެ ގަނޑުތަކަށް ފަނޑުއަލިކަން އެޅި ހިސާބަކަށް އޭގައިވާ އެއްޗެއް ފެންނަވަރު ވިއެވެ. އެއީ ފޮޓޯ އަލްބަމެކެވެ! އޭގައިވަނީ އަންހެންކުއްޖެއްގެ ތަސްވީރެކެވެ. ސާފުވީ އެހާ ވަރަށެވެ.

”ވަރަށް ބޮޑަށް ހަނދާންވޭ، އަހަރެން މިޝޫއަށް ބޭނުންވެފައިވާ މިންވަރު ނޭގެނީތަ؟ އަހަންނަށް އިތުރަށް ކެތްނުކުރެވޭނެ، ޕްލީޒް ކަމް ބެކް، އައި ލަވް ޔޫ މިޝޫ…” އިޒްކާން އަސަރާއެކު ބުނި އެލަފްޒުތަކުން ޔަޝްމްގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. އެއަޑުން އެކަނިވެސް އިޒްކާން އެފޮޓޯގައި އިން ކުއްޖާ ދެކެ ލޯބިވާވަރު ހާމަކޮށްދެއެވެ. ޔަޝްމް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ބޭވަފާތެރިއަކަށް ޓަކައި އިޒްކާން އެވަރު ވުމުންނެވެ. ނޫނީ އަނެއްކާ ވެސް އޭނަ އޮޅުމެއްގެ ތެރޭގައި ބެހައްޓިފައި ވަނީ ހެއްޔެވެ؟ މަންމަ އޭނަ ގާތު ދޮގު ހަދާފާނެ ހެއްޔެވެ؟ މިހިރަ ސުވާލުތަކާ ހުރެ ޔަޝްމްގެ ބޮލުގެ ނާރުތަކަށް އަނެއްކާ ވާން ކުރުވައިފިއެވެ.

އިޒްކާންއަށް ފެނުމުގެ ކުރިން ޔަޝްމް އައިސް އެނދަން އަރައި އޮށޯތެވެ. ދެލޯމަރާ ތަގުޅިކޮށްލަމުން އޭނަ ހަމަ ޖެހިލަން އުޅުނެވެ.

”މިޝޫ؟…” ޔަޝްމްއަށް ހިތާހިތުން ކިޔާލެވުނެވެ. އޭނަ ވިސްނަން އޮތްވާ ހަނދާނަށް އައީ އިޒްކާން ނިދީގެ ތެރޭން ”މިޝްޔާ”ގެ ނަން ކިޔާލި ރެއެވެ. ވަގުތުން އެއީ މިޝޫކަން އޭނައަށް ނަގައިގަނެވުނެވެ.

ޔަޝްމް އެހެން އޮންނަތާ އެތައް އިރެއް ވީ ފަހުން ޚިޔާލުތަކާ ދުރުވެ ނިދީގެ ތެރެއަށް ފީނައި ގަނެވުނެވެ.

****

މުޅިން އާ ދުވަހަކަށް މަރުޚަބާ ކިޔަމުން އިރުގެ ދޯދިތަކުން ދުނިޔެ މަތި ޖަރީކޮށްލައިފިއެވެ. ވަގުތުތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް މެންދުރަށް އެޅިގެން އައިއިރު ދިލަ ހޫނުކަމެއް ފަޒާގައި ހަރުލާފައި ވެއެވެ. އިރުގެ ގަދަ އަވިން ހަންތައް ފިއްސަމުން ދިޔައެވެ.

މާހުތާބް ލުނބޯ ޖޫސް ތަށްޓެއް ތައްޔާރުކޮށްގެން ގޮސް ބަގީޗާއަށް ނިކުތެވެ. ހޫނު ގަދަކަމުން އޭނަ އެކަމާ މެދު ޝަކުވާ ކުރަމުން ގޮސް ބޯގަންވިލާ ގަސްތަކުގެ ކައިރީގައި ބަހައްޓާފައި ހުރި ޒަމާނީ ކުލަތަކުން ޖަރީވެފައިވާ އުނދޯލީގައި އިށީނެވެ. ޖަނބުރޯލްގަހުގެ ގޮފިތަކުން އެހިސާބުގަނޑަށް ހިޔާ ދީފައި އޮތްއިރު މަލުގެ މީރުވަސް ތާޒާ ވައިރޯޅިތަކާއެކު ފެތުރިގަނެއެވެ.

އެއްނޭވާއިން ޖޫސްތަށި ހުސްކޮށްލަމުން ގަނޑުފެން ކޮޅެއް އަނގަޔަށް ލިއެވެ. މަޑުމަޑުން އުނދޯލި ހެއްލަމުން ދިޔައިރު މާހުތާބް އިންތިޒާރު ކުރަމުން ދިޔައީ ފަލަކް ގެއަށް އަންނާނެ އިރަކަށެވެ. ރޭ ބާރަ ޖެހިތަނާ ފަލަކް ގެއަށް އައިސް އޭނަ ގޮވަގޮވާ ހުއްޓާ ވެސް ކޮޓަރިއަށް ވަދެ ތަޅުލީ އެވެ. އޭނަ ހުރީ ފަލަކްއާ ވާހަކަ ދައްކަން ބޭނުންވެފަ އެވެ. ދަރިފުޅު ހިތާމަ ކުރާކަން އޭނައަށް އެނގެއެވެ. ހެނދުނު ވެސް އޭނައާ ވާހަކަ ނުދެއްކިއެވެ.

****

ޔަޝްމް މުޅި ކޮޓަރި ހޯދާލިއިރު ވެސް ރޭ އިޒްކާން ހިފައިގެން ހުރި އަލްބަމް ފެންނަ ގޮތެއް ނުވިއެވެ. އަލަމާރި ހުޅުވާލަމުން އޭނަ އެތަން ދެވަނަ ފަހަރަށް ވަރަށް ރަގަޅަށް ފާސްކުރިއެވެ. ނަމަވެސް އުއްމީދުކުރިފަދަ ނަތީޖާއެއް ނުނެރެވުނެވެ.

”އަޅެ ކޮންތަނަކަށްތަ އަލްބަމް ލާފަ އިޒްކާން އެދިޔައީ، އަނެއްކާ ސޭފްއަކަށް ނޫންތަ؟ ޕިސް ޕިސް، މިތަން ހަލާކުކުރަން ވީ…” ތުންއަނބުރާލަމުން އޭނަ ބިންމައްޗަށް އަޅާފައި ހުރި ހެދުންތައް އަލަމާރިއަށް ލާން ފެއްޓިއެވެ. އިޒްކާން އަލްބަމް ތިޖޫރީއަށް ލާން ޖެހުނު ސަބަބަކާ މެދު ސުވާލު އުފެދުނެވެ. އެވެސް އޭނައަށް ފެންނަން ބޭނުން ނުވަނީ ހެއްޔެވެ؟ އަލްބަމާ އެކު އޭގައި މުހިންމު އެއްޗެހިތަކެއް ވަނީ ހެއްޔެވެ؟ ކުއްލިޔަކަށް އިޒްކާންއަށް ދެވުނު ސަމާލުކަމާ މެދު އޭނަ ޚައިރާން ވިއެވެ. އޭނަ މިހާ ވަރަށް އިޒްކާންގެ މާޒީ އެނގެން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ އޭގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތައް އެނގެން ބޭނުން ވާތީ ހެއްޔެވެ؟ ނޫނީ އެހެން ސަބަބެއް ހެއްޔެވެ؟ ޔަޝްމް ދެފަރާތަށް ބޯހޫރާލިއެވެ.

”އަހަންނަށް އޮޅުވާލެވިފައިވާހެން ހީވާތީ މިވަރުން މިކަމާ މިއުޅެނީ…” ޔަޝްމް އޭނަގެ ޒަމީރަށް ވިސްނައިދިނެވެ. ”އައި ހޭޓް ހިމް…”

ހެދުންތައް އަލަމާރިއަށް ލާން ހުއްޓާ އިޒްކާން ކޮޓަރިއަށް ވަން އަޑު އިވުނެވެ. ޔަޝްމް އަތްމަތި އަވަސް ކޮށްލިއެވެ. ހެނދުންތައް އަލަމާރިއަށް ލައި ނިންމާލަމުން އޭނަ ހިންދެމިލިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން އޭނަ ސިއްރުސިއްރުން އިޒްކާން ހުރި ތަނެއް ހޯދާލިއެވެ. މޭގަނޑަށް ފިނިވެގެން ދިޔައީ އިޒްކާން ހުރި ފިޔަވަޅުމަތީ ފަޓްލޫނުގެ ޖީބަށް އަތްޖަހާލައިގެން ހުރެ އޭނައަށް ބަލަން ހުރިތަން ފެނިފައެވެ.

”އަމްމްމް، އައިޑީ ކާޑު ގެއްލިގެން މިހޯދަނީ….” ޔަޝްމް ނިތްކުރިން ހިލިގެން ދިޔަ ދާތިކިތައް ފޮހެލަމުން ބުންޏެވެ. އިޒްކާން ޖަވާބެއް ނުދީ ހުރި ގޮތުން ޔަޝްމް ބިރުގަތެވެ. އިޒްކާންއަށް އޭނަގެ މަޤްސަދު އެނދުނީ ހެއްޔެވެ؟ އޭނަގެ ހިތް އަވަސްވެ ނޭވާ ކުރުވެއްޖެއެވެ. ހިނދުކޮޅަކަށް ނަމަވެސް ދެޒުވާނުންގެ ހަތަރުކަޅި ބައްދަލު ވެގެން ދިޔައެވެ. އެފުންކަނޑެއްފަދަ ދެލޮލުގައި މަޑު ރިހުމެއް އަބަދުވެސް ވާކަން ޔަޝްމްއަށް ފާހަގަ ކުރެވެއެވެ. އެކަމާއި ގުޅިފައިވަނީ މިޝްޔާގެ ހަނދާންތައް ހެއްޔެވެ؟

އިޒްކާން އިޝާރާތްކޮށްލީ ރީތިވާ މޭޒަށެވެ. ޔަޝްމް ބަލާލިއެވެ. އޭރު ސެންޓްފުޅިތަކާ ޖެހިގެން ބަހައްޓާފައި ހުރި ދަތިއަޅާ ބޮޑު ފޮށީގެ މަތީގައި އައިޑީކާޑު އޮތްތަން ފެނުނެވެ. ޔަޝްމްއަށް ހިންދިރުވާލެވުނެވެ. އެއަށްވުރެ ރަނގަޅު ބަހަނާއެއް ހަނދާނަށް ނައީ ކީއްވެގެން ހެއްޔެވެ؟ ޔަޤީނެވެ. އިޒްކާން ހުންނާނީ ޝައްކެއްގެ މަތީގައެވެ.

”އޯހް ތެންކިއު، ކިރިޔާ ހާޓްއެޓޭކެއް ނުޖެހުނީ ކާޑު ގެއްލުނީ ކަމަށް ހީކޮށް، ޔޫ ނޯ ދެޓް ދިސް އިޒް ވެރީ އިމްޕޯޓެންޓް، މިގެއްލުނުނަމަ ނޭގޭ ވާނެ ގޮތެއް ވެސް….” ހާސްކަން ފޮރުވަފެއި ޔަޝްމް އަވަސް އަވަހަށް ގޮސް އައިޑީ ކާޑު ނެގިއެވެ. އޭނައަށް ބުނެވުނު ޖުމްލަ ހަމަނުޖެހޭ ކަމާމެދު ވިސްނާލެވުނީ ދެނެވެ. އޭނަ އިޒްކާންއާ ކުރިމަތިލީ ފުޅާ ހިނިތުންވުމަކާއެކުގައެވެ. އިޒްކާން ބަލަން ހުރެފައި ސޯފާ ކުރިމަތީ ހުރި މޭޒުމަތީ ހުރި ފައިލްތައް ނަގައިގެން ދިޔައީއެވެ.

”ކިރިޔާ ސަލާމަތް އެވީ…” ޔަޝްމް އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އިޒްކާން ދިޔަކަން ޔަޤީންކޮށްލަން އޭނަ ބޭރަށް ނިކުތެވެ. އެއަށްފަހު އޭނަ އައިސް ކޮޓަރިއަށް ވަނެވެ. އަދި އަލަމާރި ހުޅުވާލިއެވެ. ޔަޝްމް ތިޖޫރީއަށް ވަރަށް ރަގަޅަށް ބަލާލިއެވެ. އެހަލާކުކޮށްގެން ވިޔަސް އޭގައިވާ އެއްޗެއް އޭނަ ބޭނުމެވެ. އޭނަގެ ސުވާލުތަކަށް ޖަވާބު ލިބޭނީ އޭގައި އިޒްކާން ރައްކާކޮށްފައި ހުރި ”ސިއްރު” ތަކުންނެވެ.

”އަޅެ ދެން މިހެން ހުރެފަ މީތި ހުޅިވިދާނެ ނަމަ ކިހާ ރަގަޅު…” ޔަޝްމް ބުންޏެވެ. ގޮނޑިއެއް ގެނެސްގެން އެއަށް އަރައި އޭނަ އަލަމާރި މަތި ވެސް ހޯދާލިއެވެ. އެތާ މަތީގައި އޮތް ތަޅުދަނޑި ފަތްޗެއް ފެނި ހިތް އުފަލުން އުދުއްސައިގަތެވެ.

”ފައިނަލީ!…” ޔަޝްމްގެ ތުންފަތަށް ފުން ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނަ ތަޅުދަނޑިވަޅަށް އޭގައިވާހާ ތަޅުދަނޑިއެއް ކޮށްޕިއެވެ. އެކަމަކު ވީކަމެއް ހަރާމެވެ. ޔަޝްމް ގާތަށް ކޫސަނި ރުޅިގަނޑެއް އައެވެ. އަތުގެ ކޮޅަށް ތަޅުދަނޑި ހޫރާލެވުނެވެ.

”ދެން މީ ކޮންތަނެއްގެ ތަޅުދަނޑިއެއްތަ؟ ހީވަނީ އެޕާރޓްމެންޓެއްގެ ތަޅުދަނޑި ފަތްޗެއް ހެން….” ޔަޝްމް އަނެއްކާ ވެސް ތަޅުދަނޑި ފަތި ނެގިއެވެ. އަދި އެއަށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު ކުރިން ވެސް އޭތި އޮތް ތަނުގައި ބޭއްވިއެވެ. އުއްމީދު ކުރިފަދަ ނަތީޖާއެއް ހާސިލު ނުވުމުން އޭނަ މާޔޫސް ވިއެވެ.

****

ފަލަކް ގޭޓުން ވަދެގެން އައި މަންޒަރު މާހުތާބްއަށް ފެނުނެވެ. އެއާއެކު އޭނައަށް އުނދޯލިން ތެދުވެވުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ފަލަކްއާ އަރާހަމަކޮށްލިއެވެ. ފަލަކްގެ މޫނު މަތި މިލައިގެން ގޮސްފައިވާތަން ފެނި މާހުތާބް ކަންބޮޑުވިއެވެ. ދެރަވިއެވެ. ފަލަކް ހިތްހަމަ ނުޖެހުނުކަމުގައި ވިޔަސް ކަންތައް ވީ ގޮތް އޮޅުން ފިލުވަން އޭނަ ނިންމިއެވެ. އޭނައަށް ފަލަކްއަށް އެހީގެ އަތެއް ފޯރުކޮށްދެވޭނީ އޭރުންތާއެވެ.

”މަންމައަށް އެނގޭ ދަރިފުޅަށް ކޮންމެވެސް ކަމެއް ވެއްޖެކަން، އަޅެ މަންމަ ގާތު ބުނެބަލަ، އޭރުންތާ މަންމައަށް އެހީ ވެވޭނީ، ޔޫޝައު އެއްޗެކޭ ބުނީތަ؟… ދަރިފުޅާ މަންމައާ ވާހަކަ ދައްކަބަލަ، ތިހެން ހިމޭނުން ހުރެގެން އެއްވެސް އެއްޗެއް ހާސިލު ނުކުރެވޭނެ، މަސައްކަތްކޮށްގެންނޭ ކާމިޔާބީތައް ލިބެނީ، ފަލަކް އެއްޗެކޭ ބުނެބަލަ، މަންމަ ވަރަށް ބޮޑަށް ހާސްވެފައޭ މިހިރީ…” މާހުތާބް ވިސްނައިދިނެވެ.

ފަލަކް ވަށާލެވިފައިވާ ނާއުއްމީދުގެ ބޯ ފާރުތަކުން އޭނަ ފިއްތަމުން ދަނިކޮށް މަންމަގެ ޖުމްލަ އަޑު އިވިފައި ރޮވުނެވެ.

”ދަރިފުޅާ މަންމަ ގާތު ބުނެބަލަ، ހީވަނީތަ މަންމައަށް އެއްވެސް ކަމެއް ނުކުރެވޭނެހެން؟، ބަލަ ފަލަކްއަށް މިމަންމަގެ ވިސްނުން އަދިވެސް ނޭގެނީތަ؟ ފަލަކްގެ ބޭނުންތައް ފުރިހަމަކޮށްދޭން މަންމަ މަސައްކަތްކުރާނަން، ވަރިހަމަ ކޮންމެ ފަދަ ރޭވުމެއް ރާވާން ޖެހުނަސް…” ފަލަކްގެ ކޯތާފަތުން ރޮނގުދަމާލި ކަރުނަތައް ފޮހެލަދެމުން މާހުތާބް ބުންޏެވެ. އޭނަގެ އަޑުގައި ވަނީ ޔަޤީންކަމެވެ.

ފަލަކްއަށް މަންމަގެ ގައިގައި ބައްދައިގަނެވުނެވެ. އެންމެފަހުން އޭނައަށް މިޖެހުނީ މަންމަގެ އެހީއަށް އެދޭށެވެ. އޭނަ އެންމެ ބޮޑަށް ފޫހިވާ މީހާގެ މަދަދަށް ބޭނުން ޖެހިއްޖެއެވެ. ޔޫޝައު ބީވެގެން ދިއުމުގެ ފުރުސަތެއް ނުދެވޭނެއެވެ. އެދީމްގަނޑު ދެވަނަ ފަހަރަށް ވެސް ޔޫޝައުގެ ދިރިއުޅުމަށް އައިސްދާނެއެވެ. އެހެން ކަންތައް ވެއްޖެނަމަ އޭނަގެ ހިތް ހަލާކުވެދާނެއެވެ. އޭނަ ދުނިޔޭގައި ހުރުމުގެ ބޭނުމެއް ވެސް އޭރުން ނޯންނާނެއެވެ. އޭނަގެ ހިތް ވިންދު ޖަހަނީ ހަމައެކަނި ޔޫޝައުއަށް ޓަކައެވެ.

ދީމް ރޮމުންރޮމުން މަންމައަށް ކިޔަދިނެވެ. މާހުތާބް ދަރިފުޅަށް ހިތްވަރު ލައިދިނެވެ. އޭނަ ފަލަކްގެ ހުވަފެންތައް ހަޤީޤަތަކަށް ހަދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ދިނެވެ.

މާހުތާބް ވިސްނާލިއެވެ. ފަލަކްއާއި ޔޫޝައު ގުޅުވުން އެއީ އޭނަގެ ޒިންމާއެކެވެ. އަދިހަމައެއާއެކު ޔޫޝައުގެ ފަރާތުން ފައިދާ ނެގުން ވެސް މެއެވެ.

”މަންމާ ޕްލީޒް ހެލްޕް މީ…”

ފަލަކްއަށް ބުނެވުނެވެ. މާހުތާބް ފަލަކްގެ ބުރަކަށީގައި ފިރުމާލަމުން އޭނައަށް އިތުބާރު ކުރުމަށް ބުންޏެވެ. އަދި އޭނަގެ ރޭވުން ވަރަށް އަވަހަށް ފަލަކްއާ ހިއްސާކުރާނެ ކަމަށް ވެސް ބުންޏެވެ. މަންމަގެ ވާހަކަތަކުން ފަލަކްގެ ހިތަށް ފިނިކަމެއް ލިއްބައި ދިނެވެ. އުއްމީދު އާލާ ވެގެން ދިޔަ އެވެ. އޭނަ ކަރުނަތައް ކޮންޓްރޯލް ކުރަމުން އަދިވެސް އެއްފަހަރު މަންމަގެ ގައިގައި ބައްދާލިއެވެ. މަންމަ ގާތު ކުރިން ބުނެވުނު ނަމަ ހާދަ ރަގަޅޭ އޭނަގެ ހިތަށް އެރިއެވެ.

****

ދީމް އޭނަ ނިއުޒިލޭންޑް ދަތުރު ކެންސަލް ކުރިކަން ހާމަކުރީ ހަވީރުގެ ސައި ކުރިއަށް ދަނިކޮށެވެ. ޖުވޭރިޔާއަށް އިނދެވުނީ ދީމްއަށް ބަލާށެވެ. ދީމްގެ ނިންމުން ބަދަލު ވުމުން އުފާވެސް ވިއެވެ. އެހެނަސް އެއުފާވެރިކަން ދެމިގެން ދިޔައީ މަދު ސިކުންތުކޮޅަށެވެ. ދީމްގެ ދަތުރު ކެންސަލް ކުރުމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބު އޭނައަށް ނަގައިގަނެވުމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ކަނޑުފެން (އަށާރަވަނަަ ބައި)

Next

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ(11)

Next
December 10, 2015

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ(11)

Previews
December 10, 2015

ކަނޑުފެން (އަށާރަވަނަަ ބައި)

12 Comments!

  1. elly says:
    December 10, 2015 at 5:56 pm

    very nice. nxt part kon irakun

  2. neha says:
    December 10, 2015 at 6:14 pm

    Salhi

  3. Naxoo says:
    December 10, 2015 at 6:22 pm

    interesting…n waiting for the next part… 🙂 🙂

  4. kiyuntheriya says:
    December 10, 2015 at 6:41 pm

    Vaahaka vvvvvvvvvv rythi.next part ah inthixaar kuran

  5. Anonymous says:
    December 10, 2015 at 7:19 pm

    Thanks mutual….thi Haa avahah genesdheydhee☺?☺?☺?

  6. Anonymous says:
    December 10, 2015 at 7:29 pm

    *mutha

  7. Naaz says:
    December 10, 2015 at 8:53 pm

    Nice

  8. fathun says:
    December 10, 2015 at 9:55 pm

    alhe izkaan nd yashmu gulhuvabala

  9. naff says:
    December 10, 2015 at 10:18 pm

    story is nice..bt there are some spelling mistakes..n one more thing..file thah meyzu mathyga nuveh thibeyne dhwwww…please next time e kahalage mistake thah rangalhu kohlaathi..u r a good writer..kyp up the grt work…

  10. Anonymous says:
    December 10, 2015 at 10:20 pm

    Dhevana faharah kiyaaleema v baivaru mistakes fenijje.. pis pis mee meehun vahaka liyaa vahatharu tha. Mee dhen koacheh. Reehchey kurin bunyas ei dhogeh

  11. melaanee says:
    December 11, 2015 at 12:15 am

    sirruves thibeny. file thahves mazumathy thibeny.keekey dho bunaani.grade 4 aa hama ahves nukiyavantha mutha . varah dheravejje thigothah dhivehibas beynun kuraathi. pls upload kurumuge kurin proof read kohlaba. alhugandan v gina kuh feney. cos um a dhivehi teacher. dhen faharakun rangalhu kollahche. rulhiakun nun mivaahaka mi buny dheravegen. muthaa ah abadhuves kurierun edhen. ehen myhaku lahvaa prooread kollaathi pls pls. aslu haadhisaaves gud v rythi vaahaka. muthaage mi fannu ithurah kuri keruvumah mi vaahaka bunely ingey. mistakes hunnanyaa kiyaa hitheh nuvaane dho kiyun therin . anyway goodluck

  12. Luvna❤ says:
    December 11, 2015 at 8:09 am

    Aawwnnn.. Varah loabi mi part vs.. Hope to see next part soon.

Comments are closed.

Next Episodeފޮހެވޭނޭ ބާއޭ… 18←


All Right Reserved!