Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 24

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 12, 2025 9 Mins Read
33 Comments

އަފާންއާއި މިލާންގެ އެދުމަށް އަޒަލްއާއި ޔައިލް ގެއަށް ދާން ނިންމީ އެހެން އެންމެނަށް ވުރެ ތަންކޮޅެއް ކުރިންނެވެ. ޕާޓީގައި ގިނަ ވަގުތު ކޮޅަށް ތިބުމުގެ ސަބަބުން އަޒަލްއާއި ޔައިލް ވެސް ތިބީ ވަރުބަލި ވެފައެވެ. އަޒަލްގެ ހާލު އަދި ޔައިލްއަށް ވުރެ ދެރައެވެ. އަރާފައި ހުރި ބޫޓަކުން ފައިތިލައިގައި ރިއްސަމުން ދިޔައީ އިންތިހާއަށެވެ.

ގެއާ ހަމައަށް ދެވެންދެން ވެސް ކާރުތެރޭގައިވީ ހިމޭން ކަމެވެ. އަޒަލް ހަނުއިނީ ޔައިލް އިސްވެ އެއްޗެކޭ ބުނޭތޯއެވެ. ނަމަވެސް ކާރު ދުއްވަން އިން ޔައިލް މަންޒިލަށް ވާޞިލްވެވެން ދެން ވެސް އެއްޗެކޭ ނުބުނެއެވެ. ޔައިލްގެ ހިމޭންކަމުން އަޒަލްގެ ހިތަށް އުނދަގޫ ވަމުން ދިޔައީ އިންތިހާއަށެވެ. އެ ހިތް ހާސްވެ، ބިރުގަންނަން ފެށީ، މި ފެށުނު އައު ބާބުގައި ދެން ލިޔާނެ ޖުމުލައަކީ ކޮބައިކަން ނޭނގުމުންނެވެ.

ގެއަށް ވާޞިލް ވެވުމުން ޔައިލް ކާރުން ފައިބާފައި، އަޒަލް އިން ފަރާތުގެ ދޮރު ހުޅުވައިލަދިނެވެ. އެއާއެކު އަޒަލް ޔައިލް ދިއްކޮށްލި އަތުގައި ހިފައިލަމުން، އަނެއް އަތުން ހެދުން ހިފަހައްޓާލައިގެން ހުރެ، ކާރުން ފޭބިއެވެ. ގެއަށް ވަންނަން ހިނގައިގަތް އަޒަލްއަށް ދެލޯ ބޮޑުކޮށްލެވުނީ އެއްވެސް ޢިިޝާރާތެއް ދިނުމެއް ނެތި، ކުއްލިއަކަށް ޔައިލް އޭނާ އަތްދަނޑިމައްޗަށް އުފުލައިލުމުންނެވެ.

“ވަރަށް ފަޔަށް ތަދުވެފަ އެއްނު ތިހުރީ.. މަ އޭރުވެސް ބުނިން ދޯ އުސް އެއްޗަކަށް ނާރާށޭ..” ލުއި ފަތެއްހެން އަޒަލް އަތްދަނޑިމަތީގައި ބާއްވައިލަމުން ޔައިލް ބުނެލީ، ސީދާ އަޒަލްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ. ޔައިލްގެ ދެލޮލުން އެވަގުތު ފެނުނު އަސަރަކުން، ހަތަރުކަޅި ހަމަކޮށްގެން އަޒަލްއަށް އޮވެވުނީ ކުޑަ އިރުކޮޅަކަށެވެ. ޔައިލްގެ ކަނދުރާގައި ވަށައިލެވިފައިވީ ދެއަތް ބާރުުކޮށްލަމުން، އަޒަލްއަށް ނޭވާ ހިފަހައްޓައިލެވުނެވެ.

އަޒަލް ގޮވައިގެން ގެއަށް ވަދެ، ޔައިލް މިސްރާބު ޖެހީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރިއާ ހަމައަށް ގޮސްފައި، އަޒަލް ބިންމަތީގައި ބަހައްޓައިލަމުން، ޔައިލް ގުދުވެލާފައި، އަޒަލްގެ ބޫޓު ބާލައިދިނެވެ. އެއާއެކު ފައިތިލަޔަށް ވީ ފަސޭހައަކުން އަޒަލްއަށް ނޭވާއެއް ދޫކޮށްލެވުނެވެ.

އަޒަލްގެ ބޫޓު ދޮރުގެ އެއްފަރާތުގައި ބެހެއްޓުމަށް ފަހު ޔައިލް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ކައިވެނީގެ ފުރަތަމަ ރެއަށް ކޮޓަރިތެރެ ތައްޔާރު ކުރެވިފައިވީ ގޮތުން ޔައިލް ވެސް ލަދުގަންނަ ގޮތް ވިއެވެ. ޔައިލް ކޮޓަރިއަށް ވަނުމާއެކު ޔައިލްގެ ފަހަތުން އަޒަލް ވެސް ވަނެވެ. ކޮޓަރީގެ އެތަން މިތަނުގައި ހުރި ފިނިފެންމާ ފިޔަތަކާއި، އުއްބަތިތަކުގެ ވަސް އެކުވެގެން ދުވަމުން ދިޔަ މީރު ވަހުންނާއި، އެކުވެގެން ދިޔަ ރީތި މަންޒަރުން އަޒަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

އަޒަލް ކޮޓަރީގެ އެކި ތަންތަން ބަލަން ހުރުމާއެކު ޔައިލް ފަހަތުން ގޮސް ދޮރު ލައްޕައިލިއެވެ. އެއާއެކު ސިހިފައި އަޒަލްއަށް ފަހަތަށް ބަލައިލެވުނެވެ. އޭރު ޔައިލް ލަސް ފިޔަވަޅުތަކެއްގައި އަޒަލްއާ ދިމާއަށް އަންނަން ފެށުމުން އަޒަލްއަށް ހިންދިރުވައިލެވުނެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަށް އަޅަމުން ގޮސް، އަޒަލް ހުއްޓުނީ ފާރުގައި ޖެހުމުންނެވެ. އެއާއެކު ޔައިލް އަޒަލްއާ ނުހަނު ގާތުގައި ހުއްޓުމަށް ފަހު، އަތުގެ ނުފުށުން އަޒަލްގެ މޫނުގައި ފިރުމައިލިއެވެ. އެއާއެކު ދެލޯ މަރައިލަމުން އަޒަލްއަށް މޫނު އަނބުރައިލެވުނު އިރު، އެ ދެއަތް ވަނީ މުއްކެވިފައެވެ.

އަޒަލްގެ މައުސޫމު ހަރަކާތްތަކަށް ބަލަން ހުރި ޔައިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އިރު، ދެފަރާތަށް ބޯ ހޫރުވައިލެވުނީ އަޒަލް އުޅުނު ގޮތުން މަޖާ ވުމުންނެވެ. އަޒަލްގެ ހިތުގައި އޮތް އެއްޗެއް ދެނެގަނެވުމާއެކު ޔައިލްއަށް ތުންފަތުގައި ދަތް އަޅައިލެވުނީ އިޚްތިޔާރެއް ނެތިއެވެ.

“އަޒް.. އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް..” ޔައިލްގެ އަޑު އިވުމުން އަޒަލް ލަސްލަހުން އެސްފިޔަތައް ތަޅުވައިލިއެވެ. އޭރު ހިނިތުންވެފައިވާ މޫނަކާ އެކު ކުރިމަތީގައި ހުރި ޔައިލް ފެނުމުން އަޒަލްއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

“އަހަންނަށް އެނގޭ އަޒް އަދި ރެޑީ ނޫންކަން.. އަޒް ކޮމްފޮޓެބްލް ނުވަނީސް އަހަރެން އެކަހަލަ ކަމެއް ނުކުރާނަމޭ..” އަޒަލްގެ އަތްތިލައިގައި ހިފައިލަމުން ޔައިލް އެހެން ބުނުމާއި އެކު އަޒަލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ކައިވެނީގެ ފުރަތަމަ ރޭވެސް ފިރިމީހާއަށް އަދާކޮށްދޭން ޖެހޭ ޙައްޤެއް އުނިކުރެވިދާނެ ކަމަށް އޮތް ބިރު ކޮންމެވެސް ވަރަކަށް ކެނޑުނެވެ.

“އެކަމަކު އަހަރެން ބޭނުން މި ގުޅުން އެންމެ ރީތި ގޮތުގަ ފަށަން.. އަހަންނާއެކު ނަމާދު ކުރާނަންތަ..؟” ޔައިލްގެ އަޑުގައިވީ އުއްމީދެވެ. ވަގުތުން އަޒަލް އުފަލުން ބޯޖަހައިލުމާއެކު ޔައިލްއަށް ވެސް ހިނިތުންވެވުނެވެ.

ޔައިލް ބުނުމާއި އެކު އަޒަލް ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނީ ޝޯލް ބާލާށެވެ. އެހެންނަމަވެސް ޝޯލްގައި ޖަހާފައި ހުރި ޕިންތަކުގެ ގިނަކަމުން އަޒަލްއަށް އެކަނި އެކަން ކުރަން އުނދަގޫ ވިއެވެ. ޔައިލްގެ އެހީއަކަށް އެދެން ބޭނުންވެފައި ހުރި ނަމަވެސް އަޒަލްއަށް އެ ހިތްވަރު މިރެއަކު ނުކުރެވުނެވެ.

އަޒަލް އުޅެމުން ދިޔަ ގޮތުން އުނދަގޫވަނީކަން އެނގުމުން ޔައިލް އެނދުން ތެދުވެގެން ގޮސް އަޒަލްއަށް އެހީތެރިވެދޭން ފެށިއެވެ. ޔައިލްގެ އެހީތެރިކަމާއި އެކު ޝޯލް ބާލައި ނިމުމުން، އަޒަލް އަލަމާރިން އޭނާގެ ހެދުމެއް ނަގައިގެން ގޮސް ވަނީ ފާޚާނާއަށެވެ. އަޒަލް ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ހުރެ ޔައިލް ކޯޓު ބާލާފައި، ޓައީ ދޫކޮށްލަމުން އެނދުމަތީގައި އިށީނދެފައި، ގަމީހުގެ އަތުކުރި އޮޅައިލިއެވެ.

އިރުކޮޅެއް ފަހުން އަޒަލް ފާޚާނާއިން ނުކުތުމާއި އެކު ޔައިލް އޭނާގެ ޓީޝާޓެއް ހިފައިގެން ފާޚާނާއަށް ވަނެވެ. ފެންވަރާ ތާޒާވެލައިގެން، ވުޟޫކޮށްގެން ނުކުތް އިރު، އަޒަލް ނަމާދަށް ތައްޔާރުވެގެން މުސައްލަ މަތީގައި އިނުމުން ޔައިލްއަށް ހިނިތުންވެވުނެވެ. ދެމަފިރިން އެކުގައި ކައިވެނީގެ ފުރަތަމަ ރޭ ކުރުން ސުންނަތްވެގެންވާ ނަމާދު ކުރި އިރު، ދެ ހިތުގައި ވެސް ވީ އާދަޔާޚިލާފު ހިތްހަމަޖެހުމެކެވެ. މުޅިން އައު ގުޅުމެއްގެ ބިންގާ ހެޔޮ ގޮތުގައި އެޅިގެން ދިޔުމާއި އެކު ދެ ހިތަށް ވެސް ލިބިފައިވީ ބަޔާންކުރަން ދަތި އުފަލެކެވެ.

ނަމާދު ކުރުމަށްފަހު، ޔައިލް އަޒަލްގެ ނިތުގައި އަތް ބާއްވައިލަމުން ފިރިމީހާ އަނބިމީހާގެ މައްޗަށް ކިޔުން ސުންނަތްވެގެންވާ ދުޢާ ކުރިއެވެ. އެއަށްފަހު، މި ކައިވެނީގައި ބަރަކާތް ލައްވައި، އަޒަލްގެ ލޯބި ކާމިޔާބުވޭތޯ އެތައް ފަހަރަކު މާތްﷲގެ ޙަޟްރަތުގައި ޔައިލް ދުޢާ ދެންނެވި އިރު، އަޒަލްގެ ދުޢާ އަކަށްވީ، ޔައިލްއަށް ހެޔޮލަފާ އަތންބަކަށް ވުމުގެ ފުރުޞަތު ދެއްވުމާއި، އެ ކައިވެނީގެ ގުޅުން އަބަދުގެ އަބަދަށް އޮމާންކަމާއި އެކީ ދެމިގެން ދިޔުމެވެ.

“އަޒް ނިދާލަން ވީނު.. ވަރަށް ވަރުބަލިވެފަ އެއްނު މިހާރު ހުންނާނީ..” ޔައިލް ބުނުމާއި އެކު އަޒަލް ހިނިތުންވެފައި ބޯ ޖަހައިލިއެވެ. ލަސް ފިޔަވަޅުތަކެއްގައި އަޒަލް ގޮސް އެނދުމަތީގައި އޮށޯވެލާފައި، ހަމަޖެހިލިއެވެ. އަޒަލް ހަމަޖެހުމާއި އެކު ޔައިލް ގޮސް އެނދުމަތިން ބާލީހެއް ނަގައިގެން މިސްރާބު ޖެހީ ކޮޓަރީގެއް އެއްފަރާތުގައި ހުރި ސޯފާއަށެވެ.

“ޔައިލް ކޮންތާކަށް..؟” އަޒަލް އަހައިލީ ޔައިލް ކުރަން އުޅޭ ކަމެއް ދޭހަވުމުންނެވެ.

“އަޒް ހަމަޖެހިލައިގެން ނިދައިލާ.. އަހަރެން އޮންނާނަން ސޯފާގަ.. ކަމެއް ބޭނުންވެއްޖެއްޔާ ގޮވައިލާ އިނގޭ..” އަޒަލްއަށް ހިނިތުންވުމެއް ރައްދުކޮށްލަމުން ޔައިލް ބުނެލިއެވެ.

“ޔައިލް.. ޔައިލް އެނދުގަ އޮތަސް އަހަންނަށް އޯކޭއޭ..” އަަޒަލް ބުނުނުމާއި އެކު، ޔައިލްއަށް ބޯ އަރިކޮށްލެވުނީ ޔަގީން ހެއްޔޭ އަހާ ފަދައަކުންނެވެ.

“އަހަރެން އަންކޮމްފޮޓެބްލް ވާންވީ ކީއްވެތަ..؟ ތީ ޔައިލްއޭ.. އަހަރެންގެ ފިރިމީހާއަށް ވުމުގެ ކުރިން ޔައިލް ތީ އަހަންނާ އެއްކޮށް އުޅެބޮޑުވި އަހަރެންގެ ބެސްޓްފްރެންޑް.. އަހަރެން އެހެން އެއްވެސް މީހަކާ އެކީ ނުވާ ވަރަށް ޔައިލްއާ އެކީ ކޮމްފޮޓެބްލް ވާނެ.. އެހެންނޫނަސް މީ ޔައިލްގެ ކޮޓަރި، ޔައިލްގެ އެނދު.. އާދޭ..” އެނދުގައި ހުސްކޮށް އޮތް ޖާގައިގައި އަތް ބާއްވައިލަމުން އަޒަލް ބުނެލިއެވެ. އަޒަލްގެ ވާހަކަތަކުން ނުތަނަވަސް ވެފައިވީ ޔައިލްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މަޑުމަޑުން އައިސް އަޒަލްގެ ގާތުގައި އޮށޯވެލާފައި، އަޒަލްގެ ގައިމަތީގައި ޔައިލް ކުއިލްޓް އަޅައިލަދިނެވެ.

“ގުޑް ނައިޓް ޕްރިންސެސް..” އަޒަލްގެ ނިތުގައި ބޮސްދެމުން ޔައިލް ރޭގަނޑުގެ ތަހުނިޔާ ކިޔައިލުމާއެކު އަޒަލްއަށް ދެލޯ މަރައިލެވުނެވެ. އެގޮތުގައި މާ ގިނަ އިރުތަކެއް ހޭދަނުވެ، އަޒަލްއަށް ނިދީގެ ފުން ކަނޑަށް ދަތުރުކުރެވުނީ ވެފައިވާ ވަރުބައްޔެއްގެ ސަބަބުންނެވެ.

“އައި ލަވް ޔޫ އަޒް..” ނިދިފައި އޮތް އަޒަލްގެ މޫނުގައި ފިރުމައިލަމުން ޔައިލް ބުނެލީ ވައި އަޑުންނެވެ. އޭނާއަށް ނިދުނީ އެތައް އިރަކު އެ ރީތި މޫނަށް ނަޒަރު ހުއްޓާލައިގެން އޮއްވައެވެ. ޔައިލް އޭނާގެ ދެލޯ މަރައިލީ، މާދަމާ ދެލޯ ހުޅުވައިލާ އިރު ދެންމެ ދެލޯ މަރައިލި އިރު ފެނުނު ސޫރަ ފެންނާނެ ކަމުގެ ފޮނި އުއްމީދުގައެވެ.

*** ** ***

ޕާޓީ ނިމިގެން ޔަލީންއާއި އާރާއާއި ޒައުލް ނުކުތީ އެކުއެކީގައެވެ. ތިން ކުދިން އެކުގައި އާރާގެ ގެއަށް ދާން ހިނގައިގަތީ، ޒާރާމެން އަދިވެސް ޕާޓީ އޮތް ތަން ހަމައަކަށް އެޅުވުމުގައި އުޅުނީތީއެވެ. ތިން ކުދިން އެކުގައި މަޖީދީ މަގުން ލާފައި ގެއަށް ދިޔުމަށް ހިނގައިގަތެވެ.

“ގުޑް ނައިޓް އާރޫ..” އާރާމެން ގެއާ ހަމައަށް އާދެވުމުން ޒައުލް އާރާގެ ނިތުގައި ބޮސްދީފައި، ރޭގަނޑުގެ ތަހުނިޔާ ކިޔައިލިއެވެ. ޒައުލް އެ ޢަމަލުން އާރާއަށް ވުރެ ބޮޑަށް ފޯރި އެރީ ޔަލީނަށެވެ.

“ހޫމް މިސްޓަރ ލަވަރ ބޯއި.. ދެން އަހަރެން ގެއަށް ލައިދޭން އަންނަންވީނު.. އެހެންނޫނަސް ތިކަހަލަ ކަންތައް މަގުމަތީ ތިބެގެން ކުރާ އެއްޗެއް ނޫނޭ..” އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ޔަލީން ބުނެލީ ލާނެތް ރާގަކަށެވެ.

“ހޫނ މި ޔަލީނާ ދައިތަގަނޑަކާ ހަދާ ނޯންނާނެ މަށަށް އާރޫގެ ގައިގަ އިނގިލި ކުރި ޖައްސައިލެވޭކަށް ވެސް..” ދެލޯ ހަނިކޮށްލަމުން ޒައުލް ބުނެލިއެވެ. އޭރު ޒައުލްއާއި ޔަލީންގެ ކޯޅުންގަނޑު ބަލަން ހުރި އާރާ ހުރީ ހިނިއައިސްފައެވެ.

“ހޫމް ދެން ދެމީހުން ހުއްޓާލަބަލަ.. ޒައުލް ޔަލް ގެއަށް ލާފަ ދައްޗޭ.. ގުޑްނައިޓް..” ހިނިތުންވެލާފައި އާރާ ގެއަށް ވަނުމުން ޒައުލްއާއި ޔަލީން ދެން ހިނގައިގަތީ ޔަލީންމެން ގެއާ ދިމާއަށެވެ. ޒައުލްގެ ގެއާއި ޔަލީންގެ ގެ ހުންނަނީ ދާދި ކައިރީގައި ކަމުން ދެކުދިން ދިޔައީ އެކީގައެވެ. އެހެންނޫނަސް، ރޭގަނޑު މިހައި ލަސްވެފައި ހުއްޓައި ޔަލީން އެކަނި ގެއަށް ފޮނުވައިލަން ޒައުލް ވެސް ބޭނުން ނުވީއެވެ. ތަފާތު އެކިއެކި ވާހަކަތަކުގައި ތިބެ ހިނގަމުން ދިޔަ އިރު ދޭތެރެއަކުން ދެމީހުން އެކަކު އަނެކަކަށް ކޮންމެވެސް ގޯނާއެއް ކޮށްލައެވެ. ދެން މި ތިބެވުނީ މަގުމަތީގައި ކަން ހަނދާންވެފައި، ދެމީހުން ކައިރިއަށް ވެސް ހިނި އަންނަނީ އަމިއްލައަށް އުޅެވޭ ގޮތުންނެވެ. މިވަގުތު އާރާ އެތަނުގައި ހުރި ހުންނާނީ ލަދުން ބޯހަލާކުވާ ވަރު ވެފައޭ ދެމީހުން ވެސް ކިޔަމުން ދިޔައެވެ.

ފިހާރައަކުން ނުކުމެގެން ގެއަށް ދިޔުމުގެ ދަތުރު މަތީގައި އުޅުނު ޝަޔާމްއަށް ކުއްލިއަކަށް ސައިކަލު ހުއްޓައިލެވުނީ ފެނުނު މަންޒަރަކުންނެވެ. ވަގުތުން ސައިކަލު ހުއްޓައިލާފައި ދެލޯ ހަނިކޮށްލީ، ފެނުނީ ހަމަ ރަނގަޅަށް ކަން ޔަގީން ކުރުމަށެވެ. ކުރިމަތިން ފެންނަމުން އެ ދިޔައީ އެ ހިތުގެ ހަމަޖެހުން ކަން އެނގުމުން ޝަޔާމްގެ ތުންފަތަށް ހިތްގައިމު ހިނިތުންވުމެއް ވެރިވިއެވެ. ބުރުގާ އަޅާފައި ހުރި އިރު، ޔަލީން މިހާރު މާ ރީއްޗޭ ޝަޔާމްގެ ހިތަށް އެރިއެވެ. ހިތާހިތުން އެތައް ފަހަރަކު ޔަލީންގެ އެ ބަދަލަށް ތަޢުރީފު ކުރެވުނު އިރު، އެ ރީތި ކަމަށް ފިދާވެވުނެވެ.

ނަމަވެސް، ދެވަނަ ސިކުންތުގައި ޝަޔާމްގެ ތުންފަތުގައި ވީ ހިނިތުންވުން ފޭދިގެން ދިޔައީ ޔަލީންގެ ކައިރީގައި ހުރި ފިރިހެން ކުއްޖާ ފެނިފައެވެ. ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔަ އިރު، ދެ މޫނުމަތީގައި ވެސް ވީ ހިނިތުންވުމާއި އުފާވެރިކަން، ޝަޔާމްގެ ހިތުގައި ގޮތްނޭނގޭ ތޫފާނެއް އުފައްދައިފިއެވެ. މިދޭތެރެއިން ޔަލީން ޝަޔާމްއާ ހަތަރުކަޅި ހަމަކޮށްލަން ބޭނުން ނުވެ ހުރެފައި ވެސް، މިހާރު ގާތުގައި ހުރި ފިރިހެން ކުއްޖާއާ ވާހަކަ ދައްކަމުން ދިޔަލެއް ގާތް ކަމުން އެ ހިތަށް ތަދުވީ އިންތިހާއަށެވެ. ވާހަކަ ދައްކަމުން، ދޭތެރެއަކުން ދެމީހުން އެކަކު އަނެކަކުގެ ގައިގައި ނުވަތަ ކޮނޑުގައި އަތް ޖައްސައިލާ މަންޒަރު ވެގެން ދިޔައީ ޝަޔާމްގެ ލޮލަށް ނިހާޔަތަށް އުނދަގޫވީ މަންޒަރަކަށެެވެ. އެހެންނަމަވެސް މަޖުބޫރުވެފައިވާ މީހެއް ފަދައިން، ޒަޚަމްވެފައިވީ ހިތަކާއެކު އެ މަންޒަރު ބަލަން އިނުން ފިޔަވައި އިތުރު ކަމެއް ޝަޔާމަކަށް ނުކުރެވުނެވެ. ޔަލީންމެން ގޮސް ޖެހިގެން އޮތް ގޯޅިއަށް ލަނބައިލަން ދެން ވެސް، ޝަޔާމްއަށް ހަރަކާތެއް ގެންނަން ނޭނގިފައި އިނދެވުނެވެ.

ގެއަށް ދިޔަ ގޮތަށް ގޮސް ޝަޔާމް އޭނާގެ ފޯނު ނަގައި ޔަލީންގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ތިން ފަހަރު ގުޅުމުން ވެސް ޔަލީން ފޯނު ނުނެގުމުން ޝަޔާމްއަށް ދަތްކުނޑި ވިކައިލެވުނެވެ. ޔަލީންއަށް އޭނާގެ ފޯނަށް ޖަވާބު ނުދެވިގެން އެ އުޅެނީ، އެ ފިރިހެނާއާ އެކީގައި އުޅޭތީ ބާވައޭ ޝަޔާމްގެ ހިތަށް އެރިއެވެ. މީހާ ރުޅިގަދަވާހެން ހީވުމުން، އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމަށް ޓަކައި ޝަޔާމަށް ފުންކޮށް ދެތިން ނޭވާ ވެސް ދޫކޮށްލަން ޖެހުނެވެ. ތަކުރާރުކޮށް ޔަލީންގެ ނަމްބަރަށް ޝަޔާމް ޑައިލް ކުރަމުން ގެންދިޔައީ ޔަލީން ފޯނު ނުނަގަނީސް ހުއްޓައިނުލަން ނިންމައިގެން އިން ކަހަލަ ގޮތަކަށެވެ.

ކޮޓަރިއަށް ވަން ގޮތަށް ޔަލީން ފުރަތަމަ ވެސް ބޭނުންވީ ފެންވަރާ ތަޒާވެލާށެވެ. އެހެންކަމުން ފާޚާނާއަށް ވަދެ، ފެންވަރައިގެން ނުކުމެ، ޔަލީން ޢިޝާ ނަމާދު ކޮށްލި ގޮތަށް އެނދަށް އެރީ ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުންނެވެ. އެނދުމައްޗަށް އަރާފައި، ހަމަޖެހިލަމުން ޔަލީން ފޯނު ހުޅުވައިލިތަނާ ފެނުނު ޝަޔާމްގެ ވިއްްސަކަށް މިސްކޯލު ފެނުމުން ޔަލީންގެ ދެލޯ ބޮޑުވިއެވެ. މީގެ ކުރިން ދުވަހަކުވެސް ޝަޔާމް އޭނާއަށް ގުޅާފައި ނުވާ އިރު، މިރޭ އެވަރަށް ގުޅާފައި އޮންނާނީ ކޮންމެވެސް ބޮޑު ކަމެއް ވީމަތާއޭ ޔަލީންގެ ހިތަށް އެރިއެވެ. އެހެންކަމުން ޔަލީން ޝަޔާމްގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ފުރަތަމަ ރިންގާއެކު ޝަޔާމް ފޯނު ނެގި ގޮތުން، އޭނާ އިނީ ޔަލީން ގުޅާނެ އިރެއްގެ އިންތިޒާރުގައިހެން ހީވެއެވެ.

“ޔަލީން ކީއްވެތަ ފޯނު ނުނެގިގެން ތި އުޅެނީ..؟ އަހަރެން ކިހާ ވަރަކަށް ގުޅައިފިން..” އެންމެ ފުރަތަމަ ޝަޔާމް އޮއްސައިލި ޝަކުވާތަކުގައިވީ ރާގުން ވެސް، ޔަލީން ބަސް ހުއްޓުނެވެ.

“މިއަދު ހަވީރުއްސުރެ ދޮންބެގެ ކައިވެނީގެ ކަންތަކުގަ އުޅުނީމަ ފޯނު ބަލައިނުލެވުނީ.. ދެން ސައިލެންޓަށް ލެވިފަ އޮތީމަ ނޭނގޭ ޝަޔާމް ގުޅި ކަމެއް.. ހަމަ ދެންމެ ގެއަށް އައިސް މި ފޯނު ބަލައިލީ..” ޔަލީންގެ އަޑުގައިވީ މަޑުމައިތިރި ކަމެވެ.

“ހަމަ ދެންމެ ތި ގެއަށް އާދެވުނީ..؟ އާނ އަހަރެން ދެކެފީމޭ ދެންމެ ގެއަށް އަންނަ ތަން.. ކާކު އެއީ..؟” ޝަޔާމްގެ އަޑުގައިވީ ހަރުކަށިކަމުން ޔަލީންގެ ނަފްސަށް ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ވެރިވިއެވެ.

“ކާކުތަ..؟ ކާކުގެ ވާހަކައެއްތަ ޝަޔާމް ތި ދައްކަނީ..؟” ޔަލީން ސުވާލު ކޮށްލި އިރު އެ ދެލޯ ވަނީ ހަނިވެފައެވެ.

“ދެންމެ ޔަލީން މަޖީދީމަގުން ލާފަ ދިޔައީމެއްނު ފިރިހެނަކާ އެކީ.. އެއީ ކާކު ހެއްޔޭ..؟” ޝަޔާމްގެ އަޑު ދިޔައީ ހިނދަކަށް ވުރެ ހިނދެއް ބާރުވަމުންނެވެ.

“އޯހ.. ޒައުލްތަ..؟ ޒައުލްގެ ވާހަކަ ތަ ތި ދައްކަނީ..؟” ޔަލީންއަށް ހިސާބަކަށް ވީ ގޮތް އޮޅުންފިލައިފިއެވެ.

“އަހަންކަށް ނޭނގެ އޭނައަށް ކިޔާ ނަމެއް ވެސް.. އޭނަގެ ހުރިހާ ކަމެއް އެނގޭނީ ޔަލީންއަކަށްނު..” ޝަޔާމްގެ އަޑުގައިވީ އަސަރަކުން ޔަލީންގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

“ޝަޔާމް.. އާރ ޔޫ.. ޖެލަސް..؟” ޔަލީން ކޮށްލި ސުވާލާއެކީ، ޝަޔާމް މުޅިން ހިމޭން ވެގެން ދިޔަ އިރު، އެ ސުވާލުގެ ޖަވާބު ޔަލީން ހޯދީ ޝަޔާމްގެ އެ ހިމޭންކަމުންނެވެ.

“ސޯ ޔޫ އާރ ޖެލަސް..؟” ޔަލީން އެ ސުވާލު ތަކުރާރު ކޮށްލުމާއި އެކު ޝަޔާމްއަށް ރުޅި އާދެވުނީ އަމިއްލަ ނަފްސު ދެކެއެވެ.

“ޔަލީން މިހާރު އެހާ އަވަހަށް އެހެން މީހަކު ހޯދީތަ..؟” މިފަހަރު ޝަޔާމްގެ އަޑު އައީ ތަންކޮޅެއް މަޑުންނެވެ. އެ އަޑުގައިވީ މަޑުމޮޅި ކަމެއްގެ ސަބަބުން ޔަލީންގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކުރުވައިފިއެވެ.

“ދެން ޝަޔާމް އަހަރެން ރިޖެކްޓް ކޮށްލީއޭ ކިޔާފަ އަހަރެންވީ އުމުރު ދުވަހު މީހަކު ނުހޯދަ ހުންނަންތަ..؟” ޔަލީން ބޭނުންވީ އިތުރަށް ޝަޔާމް ރުޅިއަރުވަން ހެން ހީވެއެވެ.

“އަހަރެން މިހާރު ޔަލީން ބޭނުމޭ ބުނެފިއްޔާ..؟” ދެން ޝަޔާމް ކޮށްލި ސުވާލުން ޔަލީންގެ މުޅި ގައިގައި ވާހާ ލޯލިތަކެއް ކޮޅަށް ޖެހުނު އިރު، އެ ހިތް މޭ ފަޅާފައި ނުކުންނަން އުޅޭހެން ހީވެއެވެ. ޖަވާބެއް ވެސް ދޭން ނޭނގިފައި އިން ޔަލީން އިނީ ދުލުގެ ވާގި ގޮސްފައިވާ މީހެއް ފަދައިން ހުއްޓުން އަރާފައެވެ.

“ޖަވާބު ދީބަލަ.. އަހަރެން މިހާރު ޔަލީން ބޭނުމޭ ބުނެފިއްޔާ..؟ ވުޑް ޔޫ ސްޓިލް ލެޓް ގޯ އޮފް މީ..؟” ޝަޔާމްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި އިނދެ، ޔަލީން ފޯނު ކަނޑައިލިއެވެ. އެއަށްފަހު ފޯނު ނިވައިލަމުން އެނދުމައްޗަށް ފޯނު އެއްލައިލިއެވެ. ކުއިލްޓުން މުޅި ހަށިގަނޑު ނިވާކޮށްލި އިރު، އެ ހިތުގެ ތެޅުން އަވަސްވެފައިވީ ނަމަވެސް، އެ ތުންފަތަށް ވެރިވި ހިނިތުންވުން ޔަލީނަކަށް ސިއްރެއް ނުކުރެވުނެވެ.

ޝަޔާމް ހަމަ ޙަޤީގަތުގައިވެސް އޭނާ ބޭނުން ވަނީ ބާވައެވެ؟ އެ ހިތުން ޔަލީނަށް ޖާގައެއް ދިނީ ބާވައެވެ؟ ޝަޔާމަށް ޔަލީން ދެކެ ލޯބި ވެވުނީ ބާވައެވެ؟ އެކަމަކު އެހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ ޝަޔާމް އޭނާއަށް ކިހައި ނަފްރަތެއް ކުރި ހެއްޔެވެ؟ ދެން މިހާރު ކުއްލިއަކަށް ޝަޔާމްގެ އުޅުމާއި މިޒާޖަށް އެ އައި ބަދަލު ޔަލީން މާނަކުރާނީ ކޮން ގޮތަކަށް ހެއްޔެވެ؟ ޝަޔާމްގެ ފަހަތުން އުޅެއުޅެފައި، އެންމެ ފަހުން އަމިއްލައަށް ވިސްނިގެން އޭނާ ޝަޔާމްއާއި ދުރުވުމުން، ދެން ޝަޔާމް އޭނާއާއި ގާތް ވުމަށް މަސައްކަތް ކުރަނީ ކީއްވެގެން ހެއްޔެވެ؟

ސުވާލުތަކުން ފުރި ބާރުވަމުން ދިޔަ ސިކުނޑި ހަމައަކަށް އަޅުވައިލުމަށް ޓަކައި ޔަލީން ބެލްކަންޏަށް ނުކުމެލިއެވެ. ހަމަ ނުކުތުމާއި އެކު ޖެހެމުން ދިޔަ ލުއިލުއި ވައިރޯޅިތައް އެ އިސްތަށިގަނޑާ ސަމާސާ ކުރަން ފަށައިފިއެވެ. ރެއިލިންގައި އަތް އަޅުވައިލަމުން ޔަލީން ދެލޯ މަރައިލާފައި ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލީ، އެ ވަގުތާއި މާހައުގެ ހިތްހަމަޖެހުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދަމުންނެވެ.

*** ** ***

މުޅިން އައު ދުވަހަކަށް ދުނިޔެ މަރުޙަބާ ކީ އިރު، އެކަން ފެންނަމުން ދިޔައެވެ. ފެނުން ތޮޅެލި އިރާ އެކުވެގެން އުޑުމަތީގައި އެތުރެލި ވިލާތަކަށް ނަޒަރު ހުއްޓައިލެވޭހައި ފުރިހަމައެވެ. ކާޅާއި ކޮވެލީގެ މިޔުޒިކީ ރާގުތަކަށް، ޖެހެމުން ދިޔަ ވައިރޯޅިތަކަށް ނަށަމުން ދިޔަ ގަސްގަހުގެ ނަލަކަން ވަކިން ފުރިހަމައެވެ. ދުނިޔެއަށް އިރުގެ ހުޅުކޮޅު ފެތުރުމާއި އެކު، ކޮންމެ މީހަކު ވެސް އެމީހެއްގެ ދުވަހީ ދިރިއުޅުމުގެ ތާވަލަށް ރުޖޫޢަ ވެއްޖެއެވެ.

އުނދަގޫ ގޮތަކަށް އެސްފިޔަތައް ތަޅުވައިލަމުން ޔައިލް ދެލޯ ހުޅުވައިލީ، ކުޑަ ދޮރުން އެޅުނު އިރުގެ އަލިން އުނދަގޫ ވެގެންނެވެ. ހޭލެވުމާއި އެކު، ފާރުގައި ހުރި ގަޑިން އަށެއް ޖަހާފައި ހުރި ތަން ފެނުމާއި އެކު، ޔައިލްއަށް ފުންމައިގެން ތެދުވެވުނެވެ. އެންމެ ފުރަތަމަ ވެސް އެނދަށް ބަލައިލެވުނީ ރޭގައި ކައިރީގައި އޮތް އަޒަލްގެ ހިލަމެއް ވެސް ވާން ނެތީތީއެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގައިލި އިރު އަޒަލް ނުފެނުމުން، ޔައިލްއަށް ދެލޯ ހަނިކޮށްލެވުނެވެ.

“ގުޑް މޯނިން..” އެވަގުތު ކޮޓަރީގެ ދޮރު ހުޅުވައިލާފައި ވަން އަޒަލްގެ އަޑު އިވުމުން ޔައިލްގެ ނިދި އެކީ ފިލައިގެން ދިޔަ ކަހަލައެވެ. އަޒަލްގެ އަތުގައި ހުރި ކޮފީތަށިން އަރަމުން ދިޔަ މީރު ވަހުން އެކަނި ވެސް ޔައިލްގެ ޖިސްމަށް ތާޒާކަމާއި އާރޯކަން ލިއްބައިދީފިއެވެ.

“ޔަގީންތަ މިއަށް މިހުރީ ލޮނު އަޅާފަ ނޫންކަން..؟” އަޒަލް ދިއްކޮށްލި ކޮފީތަށީގައި ހިފަމުން ޔައިލް އަހައިލީ ލާނެތް ރާގެއްގައެވެ.

“މިފަހަރު އެޅީ ހަމަ ޔަގީން ކޮށްފަ.. ރަހަ ބަލާބަ.. ވަރަށް މީރު ވާނެ..” ހަށަން ބަނދެލަމުން އަޒަލް ބުނެލީ އަމިއްލަ ނަފްސާއި މެދުގައި ފަޚުރުވެރިވެލާފައި ހުރެއެވެ. އެއާއެކު ޔައިލް ކޮފީތަށިން އެތިފޮދެއް ބޯލިއެވެ. ފުރަތަމަ ކޯވަރާ އެކުވެސް ފޮނި ރަހަ ގަދަކަމުން އަރުތެރެއިން ދިރުވަން އުނދަގޫ ވިއެވެ. އެހެންނަމަވެސް އަޒަލް އެހައި އުފާވެފައި ހުއްޓައި،އެ ހިނިތުންވުން މޫނުމަތިން ފޭދިގެން ދާން ނޭދޭތީ، ޔައިލް މޫނުމަތިން އެއްވެސް އަސަރެއް ނުދައްކައެވެ. އަމުދުން އަޒަލް އެހާ ހެނދުނާ ތެދުވެގެން އޭނާއަށް އެހައި ލޯބިން ކޮށްދިން ކަމެއްގެ ބަދަލު ހިތިކޮށް ދޭކަށް ޔައިލްގެ ހިތެއް ނޭދެއެވެ.

“އަސްލުވެސް ވަރަށް މީރު..” ގަދަކަމުން ހިނިތުންވެލަމުން ޔައިލް ބުނެލުމާއި އެކު، އަޒަލްގެ ހިނިތުންވުން ފުޅާވިއެވެ. އެ މަންޒަރު ބަލަން އިން ޔައިލްގެ ހިތްވެސް އުފަލުން ފުރިގެން އައީ، އެ ހިނިތުންވުން ފެނިފައެވެ. އަޒަލް އެފަދައިން އުފާވެފައި ހުންނާނޭ ނަމަ، އެގޮތަށް ހަދާ ކިތަންމެ ކޮފީތައްޓެއް އުމުރު ދުވަހު ބޯކަށް ވެސް ފަހެއް ނުޖެހޭނަމޭ ޔައިލްގެ ހިތަށް އެރިއެވެ.

“ދެން ދޭ އަވަހަށް ފެންވަރައިގެން އަންނަން.. އަހަރެން ހުންނާނެ ޔައިލް އޮފީހަށް ދާން ލާ އެއްޗެހި ނަގާފަ އިސްތިރި ވެސް ކޮށްފަ.. ރެޑީވެގެން ސައިބޯން އާދޭ.. އަހަރެން މި ދަނީ ސައި ހަދަން ޔައިއްތަ.. މި ބުނީ.. މަންމައަށް ހެލްޕް ވާން..” ކުޑައިރުއްސުރެ ޔައިނާއަށާއި މިލާންއަށް މުޚާތަބު ކުރި ގޮތް ކުއްލިއަކަށް ބަދަލު ކުރަން ޖެހުމުން އަޒަލްއަށް އުނދަގޫވިއެވެ. ހަމަ އެފަދައިން ޔައިލްއަށް ވެސް އަފާންއާއި ޒާރާއަށް މަންމައާއި ބައްޕަގެ ނަމުން މުޚާތަބު ކުރަން އުނދަގޫ ވެއެވެ. އެހެންނަމަވެސް ދެމީހުން އެގޮތަށް އެކަން ކުރަން މަސައްކަތް ކުރަމުން ދިޔައެވެ.

“ޔަގީންތަ އަހަރެންގެ ގަމީސް ވިރުވައިނުލެވޭ ކަން..؟” ޔައިލް އަހައިލީ ހަގީގަތުގައިވެސް އަޒަލްގެ ޢަމަލުތައް ބަދަލުވެފައި ހުރި ގޮތުން، ހިތުގައި ސުވާލު އުފެދުނީތީއެވެ. އެހައި ހެނދުނާ ހޭލައިގެން ބަދިގެއަށް ވަނުމަކީ ވެސް އަޒަލް ދުވަހަކުވެސް ކޮށް އުޅުނު ކަމެއް ނޫނެވެ. އޭނާއަށް ޓަކައި ގެވެހި އަތންބަކަށް ވާން އަޒަލް މަސައްކަތް ކުރާ ތަން ފެނުމުން ޔައިލްގެ ހިތްހަމަޖެހުނެވެ. އަތންބެއްގެ ގޮތުގައި ޚިޔާރު ކުރެވުނީ ހަމަ އެންމެ ރަނގަޅު ބައިވެރިޔާއޭ ޔައިލްގެ ހިތަށް އެރިއެވެ.

“ސާބަހޭ ދެން.. ތިވަރަށް އަހަންނާ ދިމާ ނުކުރިޔަސް ހެވޭ.. ދޭ ދެންވެސް.. ހޭލި ގޮތަށް ހަޑިގިއްލާ ވެފަ އެބަ އޮތެއްނު.. ފެންވަރަން ދޭ..” ބާލީހަކުން ޔައިލްގެ ގައިގައި ޖަހަމުން އަޒަލް އަމުރު ކޮށްލިއެވެ.

“އިހަށް ފުރަތަމަ ބޭނުމީ އަހަރެންގެ އަންހެނުންނަށް ހަގްއެއް ދޭން.. އާދެބަލަ..” ޔައިލް އަތްފުޅާކޮސްލައިގެން ހުރެ އަޒަލްއާ ގާތަށް ފިޔަވަޅެއް އަޅައިލީ ލާނެތް ހިނިތުންވުމަކާ އެކީއެވެ. ހޭލި ގޮތަށް ފެންނުވަރާ ހުރެގެން އަޒަލްއާ ގާތް ވެއްޖެ ނަމަ އަޒަލް ރުޅިއަންނާނެ ކަން އޭނާއަށް އެނގެއެވެ.

“ޗީޑި ބޮޑު ހަޑިގިއްލާ ގަނޑު.. ފެންނުވަރާ ދަތް ނޫނގުޅާ ހުރެގެން އަހަރެން ކައިރިޔަށް ނާންނާތި.. އައްޗީޑި..” ޔައިލްގެ އަތުގައި ނުޖެހެން ވެގެން މުޅި ކޮޓަރިތެރޭގައި ދުވަމުން ދިޔަ އަޒަލް އުޅުނު ގޮތުން ޔައިލްއަށް މަޖާވިއެވެ. އެންމެފަހުން އަޒަލް ކޮތަރިން ނުކުތުމުން ޔައިލް ހިނިތުންވަމުން ދެފަރާތަށް ބޯހޫރުވައިލިއެވެ. އަޒަލްގެ މައުސޫމު، ލޯބިވެތި ޙަރަކާތްތަކަށް އެ ހިތް އެދެން ފެށިއެވެ. އަޒަލްގެ ޚިޔާލުތަކުގައި ހުރެގެން ޔައިލް ތުވާލި ހިފައިގެން ފާހަނާއަށް ވަނީ، އޮފީހަށް ދާން ތައްޔާރު ވާށެވެ. ފާޚާނާއަށް ވަނުމުގެ ކުރިން އެއް ނޭވާއިން އަޒަލް ގިރައިދިން ކޮފީތަށި ބޯލާފައި، ފެންފޮދެއް ބޯލިއެވެ. އަނެއްކާވެސް އަޒަލް އުޅުނު ގޮތް ހަނދާން ވުމުން ޔައިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އިރު، ލޯބިވާ އަނބިމީހާއާއި މެދުގައި އެ ހިތް ލޯބިން ފުރިފައިވާ ކަން ދޭހަވާހައި ވެއެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ޝަކުވާ-1

Next

އެ ހަނދާންތައް ނުދާނޭ ފިލާ

Next
March 12, 2025

އެ ހަނދާންތައް ނުދާނޭ ފިލާ

Previews
March 12, 2025

ޝަކުވާ-1

33 Comments!

  1. pumpkin says:
    March 12, 2025 at 5:59 pm

    masha allah vrh reethi
    alhey azz r yail loabikan
    vrh cute
    when next?
    I appreciate ur hard work
    tc ly nayoo
    ❤️

    1. Nayaa Nayaa says:
      March 13, 2025 at 4:55 am

      Thank youu dear ❤️
      Next part submit kohlaifin iyye
      Lym ❤️

  2. Ishu says:
    March 12, 2025 at 7:06 pm

    Maasha allah mi part ves varah reethi
    Yail n azz haadha cute eyy
    When next???
    I appreciate ur hard work
    Can’t wait to read the next part
    Ly tc ❤️

    1. Nayaa Nayaa says:
      March 13, 2025 at 4:56 am

      Thank youu ishuu ❤️
      Hehehe dhwww
      Lym ❤️

  3. baby girl 🙈 says:
    March 12, 2025 at 7:08 pm

    next part up kohdheeba thankolheh avahah plx.. 😭
    lyssm nayaa sissy 💋

    1. Nayaa Nayaa says:
      March 13, 2025 at 4:57 am

      Next part iyye submit kohlaifin darl
      Lym ❤️

  4. Mar yam says:
    March 12, 2025 at 7:15 pm

    Alheyy az and yail is soo Cutee ❤️❤️
    When’s next? Cant wait
    Lysm nayuu❤️

    1. Nayaa Nayaa says:
      March 13, 2025 at 4:57 am

      Hehehe ikrr!! 🥹
      Next part iyye submit kohlaifin
      Lym ❤️

  5. Anonymous says:
    March 12, 2025 at 7:19 pm

    Yail&azz very cut cuppel…
    When next part??I can’t wait read next part💯💯💯

    1. Nayaa Nayaa says:
      March 13, 2025 at 4:58 am

      Aww hehehe ❤️
      Next part iyye submit kohlan

  6. Vampire girl says:
    March 12, 2025 at 7:42 pm

    Aaarrrrrrrr ….. I wanna yail.. I feel jealous azal, I am sorry 🤣🤣🤣🤣…. hithah araa fantasy world ah dheveyne nama ey…. ekm ingey eii nuvaane kameiikan….. mi haaru moya vanee kanneyge mi ….🤣🤣🤣… ehn noonas moya nuvaa varehtha…. vaahaka varah reethi maashaa Allah… whn next???

    1. Nayaa Nayaa says:
      March 13, 2025 at 4:59 am

      that’s all of us girlll, that’s literally all of us! we all have a huge crush on yail 🥹
      hehe thank you ❤️
      next part iyye submit kohlaifin

  7. Ghost girl 👻 says:
    March 12, 2025 at 8:54 pm

    Masha Allah vrh reethi mi part ves when’s next curiously waiting for the next part keep it up vampire girl bunihen my vx moya vaan fashaifi 😂😆 mhr heevanee hama vhk thereyga ulhevey hn 😭 anyways vhk hama habeys 🥰 nayaa lysm 🫶🏻

    1. Nayaa Nayaa says:
      March 13, 2025 at 5:01 am

      thank youu ❤️
      hehehe ❤️
      lym ❤️

  8. Aalerrr says:
    March 12, 2025 at 9:15 pm

    Masha Allah mi part vx vrh reethi..
    When’s next part???
    Curiously waiting for the next part..

    1. Nayaa Nayaa says:
      March 13, 2025 at 5:02 am

      Thank you aalaa ❤️
      Next part iyye submit kohlaifin

  9. Anonymous says:
    March 12, 2025 at 10:13 pm

    Mi part vx haadha reehchey 😍yail and az haadha cute eyh 🥲 Shayaam ahaali suvaalun i too got goosebumps… E dhemeehun avahah gulhuvahchey😭😭 u r soo talented sissy Ma Sha Allah 😍♥️ when next.. kiyaa hithun hurevenee eh noon mihaaru 🤭♥️

    1. Nayaa Nayaa says:
      March 13, 2025 at 5:03 am

      Thank youuu ❤️
      ehehe e kudhin loabi kamun dhoo 🥹
      next part iyye submit kohlaifin

  10. Gurll says:
    March 12, 2025 at 11:29 pm

    maasha allah aleys haadha loabiehh dho emyhun so i want yail kahla kuhjjeh.the part was hama enmme best next part when? avahah up kohdhehchey kiyaa hithun nuhurevey hama. proude of you because your wellbehaved ideas. kee going on your hard work

    1. Nayaa Nayaa says:
      March 13, 2025 at 5:04 am

      thank youusss ❤️
      ehehe we all wait a yail dho hama 😅
      next part iyye submit kohlaifin

  11. Nadha says:
    March 13, 2025 at 4:01 am

    Naayu can you please give me yailge address i just wanna kidnap him 😜 He is so loabi. Varah inthizaaru kuran next part ah

    1. Nayaa Nayaa says:
      March 13, 2025 at 5:07 am

      lmaoooo this comments cracked me up!! 😭😂
      hey let’s not forget that azz is a lawyer..yail kidnapped kuraa irah azz hama annaane fahathun.. aissa jalah kanneynge hama laany..😂😂
      next part iyye submit kohlaifin ❤️

  12. Aysherr says:
    March 13, 2025 at 5:05 am

    Hey naayoo.. mi part ves Varah reethi Maasha’Allah.. previous part ga kohllin thankolheh dhigu comment eh..😅 log in vefa kureema thankolheh lahun fennan iny

  13. gurrrrl says:
    March 13, 2025 at 5:21 am

    vrh reethi mi part ves
    when next

    1. Nayaa Nayaa says:
      March 13, 2025 at 5:54 am

      Thank you ❤️
      Next part iyye submit kohlaifin

  14. RIFSHA says:
    March 13, 2025 at 5:43 am

    Mi part haadha reehchey. Hithah araa yail kahala kujjeh libeyne nama ey.ekam keehkuraany e kahala kudhin madhu vaane viyya. Ekam ehen kudhin beynun vaa hen yail eh beynumeh noon. Az dhera kohlan heyo nuvaane dho. Eii ekam imaginary soreh veema ey massala aky. Real sorakah v nama dho 🤣..
    Adhi shayaam jealous vegen ulhunu goi dho.hama hini annany.
    Varah Reethi ingey mi part.hithah araa avahah next part kiyaalan libeyne nama ey. Ingey nayaa genesdheyne kan.
    Love you Darla ❣️
    Thee hama best

    1. RIFSHA says:
      March 13, 2025 at 5:46 am

      And you know Rifoo beynun nayaa aa bahdhalu kohlan real life ga. Your my favourite ey. Thee first favourite list ge.

    2. Nayaa Nayaa says:
      March 13, 2025 at 5:53 am

      Alheyyy thank youusss rifooo ❤️
      Hehe asluves dho yail fictional veema haadha dhera ey..hehe..hurihaa kudhin ves mi ulheny yail beynun vegen.. mihaaru baeh kudhnn eba buney address dheyshey ves kidnap kuran..😅
      Next part iyye submit kohlaifin ekam adhives upload nuvey dho
      Lym nd more rifoo ❤️
      Awww In Sha Allah adhi konmes dhuvahakun dhimaa vaane 🥹❤️

    3. RIFSHA says:
      March 13, 2025 at 7:38 am

      Thee Rifoo ge vx dua hama

  15. Aysherr says:
    March 13, 2025 at 5:55 am

    Hey naya alhugandu ge stories ey e innany aysher ge namuga

  16. UNKNOWN GURLL says:
    March 13, 2025 at 9:16 am

    Maasha Allah mi part be vrh reethi
    Waiting for the next part

  17. na.ell says:
    March 13, 2025 at 6:53 pm

    Alheyyy mi part ves haadha reehchey … Hama vhk thereyga ulhevey hn heevany .. vhk kiyamun dhiya iru amihlla ah ves indhegn hama heveny .. dhn shaayam AA yaleen avahah gulhuvaa .. ekm vaa yail eh dhw haadha lwbi ey …. I love thissss… Can’t wait for the next part 😭… Keep up the gud work nayaa sisss ♥️😍

  18. Cutie girl says:
    March 14, 2025 at 12:20 pm

    Mi part ves v reethi masha Allah
    Keep it up

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 25←


All Right Reserved!