Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އަނިޔާ.. 03 ވަނަ ބައި..

Fantasy Level 310 Stories500 Comments100 Comments
December 9, 2015 5 Mins Read
18 Comments

ސައިކަލަށް އަރާ ސްޓާކް ކޮއްލީމެވެ. އަހަރެން ދިޔައީ އަމީނީމަގުން ކުޑަކުދިންގެ ޕާކްއާއި ދިމާލަށެވެ. ކޮޓަރިއަށް ދިއުމުގެ ކުރިން ސިކުނޑި ހަމަޖައްސާލުމަށެވެ. ނަމަވެސް އަހަރެން ދުއްވަމުން ދިޔަ ސައިކަލްގެ ބުރެކި އަހަރެންނަށް ކުއްލިއަކަށް ޖައްސާލެވުނެވެ. މަގުހުރަސް ކުރަމުންދިޔަ ކުއްޖާ ފެނުމުންނެވެ. އަންހެން ކުއްޖެކެވެ. އެއީ މިދުނިޔޭގައި ހުރި އަހަރެންނަށް އެންމެ ރީތި އަންހެން ކުއްޖާއެވެ. އޭނަގެ އަތުގައި ހިފައްހާޓައިގެން ކުޑަ ކުއްޖަކު ހުއްޓެވެ.

އޭނަ އަހަރެންނާއި ދިމާލަށް ބަލާލުމާއި އެކު އެމޫނު މަތިން ފެނިގެންދިޔައީ ހިތްހަމަނުޖެހުމެވެ. އަހަރެންގެ ގަޔަށް ހީވީ މީހަކު ކަރަންޓު ޖެއްސިހެންނެވެ. މުޅިމީހާ ތުރުތުރު އަޅަންފެށިއެވެ. އެއީ މަލިކާއެވެ. އެންއިރެއްގައި އަހަރެންގެ ލޯބިވެރިއެކެވެ. އަހަރެންނާއި ކައިވެނި ކުރަން ހަމަޖެހިފަ ހުރި ކުއްޖާއެވެ. “މަލް އަހަރެން ދެކެ ކިހާ ވަރަކަށް ލޯބި ވަންތަ” އަހަރެންނާއި މަލީކާ ތިބީ އަހަރެންގެ ގޭގައެވެ. އަހަރެންގެ ކޮޓަރީގައެވެ. “ކިހިނެއްވީ. މިއަދު ހާދަ ފާޑަކަށް އުޅޭ ދުވަހެއް. މިހާރު ތިސުވާލުވެސް ތިކުރީ ކިތައްވަނަ ފަހަރަށް” މަލިކާ އަހަރެންގެ މޭމަތީގައި ބޯއަޅާލަމުން ބުނެލިއެވެ. މަލީކާއަށް ފާހަގަ ކުރެވުނީ ރަނގަޅަށެވެ. “އަހަރެން އަބަދުވެސް މަލް ދެކެ ލޯބިވާނަން. ކޮންމެ ގޮތަކަށް ކަންތަށް ވިޔަސް” މަލިކާ ގައިގައި ބައްދާލަމުން އަހަރެން ބުނީމެވެ. އެއީ އަހަރެންގެ އަތުތެރޭގައި މަލިކާ އޮތް އެންމެ ފަހު ދުވަހެވެ. އޭގެ އަނެއްދުވަހަކީ އަހަރެންގެ ދިރިއުޅުމުގެ އެންމެ ބޮޑު ހަގުރާމައިގެ ތެރެއަށް ފުއްމާލަން ޖެހުނު ދުވަހެވެ. ޖެހުނު މައްސަލައެއްގައި އަހަރެންގެ ވަޒީފާ ގެއްލުނެވެ. އަހަރެން ޕޮލިހުގެ ބެލުމުގެ ދަށުގައި ހަފްތާއެއް ވަންދެން ބެހެއްޓުނެވެ. އެބަންދުން ސަލާމަތް ވެގެން އައިއިރުގައި އަހަރެންގެ ލޯބިވާ މަލިކާ އަހަރެންނަށް ގެއްލިއްޖެއެވެ.

އަހަރެން ސިހިގެން ދިޔައީ ފަހަތުން އިވެމުންދިޔަ ބަރުގަނޑުތަކުންނެވެ. ފަހަތަށް ބަލާލިއިރުގައި ކަމަކު ދާކަންނެތެވެ. މުޅި މަގު އޮތީ އަހަރެންނާއި ހެދި ބުލޮކް ވެފައެވެ. އަހަރެންނަށް އިދެވުނީ އޭރު ސައިކަލްގެ ބްރެކި ޖެއްސިގޮތަށް އެތަނުގައެވެ. އަވަހަށް ސޮރީއޭ ބުނެލަމުން އަހަރެން ސައިކަލު ދުއްވާލީމެވެ. އަހަރެންނާއި މަލިކާގެ ވާހަކަ އެއީ މީގެ ތިން އަހަރު ކުރީގެ ކަމެކެވެ. މަލިކާ މިހާރު އަހަރެންނަށް ނަފްރަތު ކުރެއެވެ. އަހަރެން ހުންނަ ގޮތުންނެވެ. އަހަރެން ކުރާ ކަންތަކުންނެވެ. އެކަމަކު އަދިވެސް އަހަރެން މަލިކާދެކެ ވަރަށް ލޯބިވެއެވެ. އަބަދުވެސް ވާނެމެވެ. ނަމަވެސް އެދުވަހު އަހަރެން އެގޮތަށް ކަންތަށް ކުރަންޖެހުނީއެވެ. އެންމެންގެ ހައްގުގައެވެ. މަލިކާ ފެނުމުން އަހަރެންގެ ބޮލަށް ބަރުވެފައިވާ ވަރަށް ވުރެއް ބޮޑަށް އެތައްގުނައެއް ބަރުވިކަހަލައެވެ. އަހަރެން ބޭނުންވީ ވީހާވެސް އަވަހަށް ކޮޓަރިއަށް ދާށެވެ. ނަމަވެސް އެތަނަށް ދިޔަޔަސް އަހަރެންގެ ބޮލަކަށް އަރާމެއް ނެތްކަން އަހަރެންނަށް އެގެއެވެ.

އަހަރެން ގޮސް ކޮޓަރީގެ ދޮރުހުޅުވާލީމެވެ. އޭރުވެސް މާޒިން އަދި ނާފިލް ކޮޓަރިތެރޭގައި ދެމިފައި ތިއްބެވެ. އަހަރެން ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަވަހަށް ގޮސް އަހަރެން އެނދަށް ވެއްޓިގަތީމެވެ. ހަމަޖެހުމުގެ ދެތިން ނޭވާލުމަށްފަހު ލޯމަރާލީމެވެ. އަހަރެންގެ ދިރިއުޅުމާއި ދޭތެރޭގައި ވިސްނާލުމަށް އަހަރެންނަށް ވަގުތު ކޮޅެއް ލިބުނީއެވެ. ނަމަވެސް އެވަގުތުވެސް އަހަރެންނަށް ވިސްނެންފެށީ ހުޝާމްއާއި ދޭތެރޭގައެވެ. “ޝާމްމެން ތިކުރާ ކަމަކުން އެއްވެސް ފައިދާއެއް ނެތް. އެމީހުން ޖެހޭނީ ހަމަ މަރަން. އެމީހުން މެރި މީހުންގޮތަށް. އެއަށްވުރެއްވެސް އަނިޔާވެރިކޮށް މަރަށް ޖެހޭނީ” އަހަރެންނާއި ހުޝާމް ތިބީ ކޮފީއެއް ބޯށެވެ. އެއީ އަހަރެންނާއި ހުޝާމް ދެބަސްވާ ކަންތަކެވެ. ހުޝާމް ގަބޫލު ކުރާގޮތުގައި މިހިގާ އަނިޔާވެރި މާރާމާރި ހުއްޓުވޭނީ އެމީހުންވެސް އެގޮތަށް މަރައިގެންނެވެ. ނަމަވެސް އެއީ އަހަރެން ވިސްނާގޮތެއް ނޫނެވެ. އަހަރެންގެ ވަޒީފާގެވެސް ގޮތުންނެވެ. “އެއްކަހަލަ ހުޝާމް މީހަކު މެރިއޭ ކިޔާފަ އެކަންތަކެއް ނުހުއްޓުވޭނެ. އެމީހުންނަށް ޖެހޭނީ ވަރުގަދަ އަދަބުދޭން” އަހަރެން ކޮފީ ތަށިން ކޯވަރެއް ބޯލަމުން ހުޝާމްއަށް ޖަވާބު ދިނީމެވެ. “ބަލަ އަހަރެންވެސް މިބުނަނީ ތި ވާހަކައޭ. ވަރުގަދަ އަދަބު ދޭން ޖެހޭނެއޭ. އެކަމަކު އެމީހުން ތަނެއްގައި ބަންދުކޮށްގެނެއް ނޫން. އަދި ކީއް އެމީހުން ބޭނުންކުރާ ވަޅި އާއި ކަތިވަޅިން އެމީހުންނަށް އަދަބު ދޭން ޖެހޭނީ” ހުޝާމް ފޯރިއާއި އެކު ބުނެލިއެވެ. “ހެޔޮނުވާނެ އަނެއްކާ ތިގޮތަށް ވާހަކަ ދައްކާފަ އެކަހަލަ ކަމެއް ހުޝާމް ނުކުރައްޗޭ” އެއީ އަބަދުވެސް އަހަރެން އެމައުލޫއަށް ވާހަކަ ދައްކަމުން މައުލޫ ނިންމާލަމުން ބުނާ ވާހަކައެވެ. އަބަދުވެސް އަހަރެން އެހެންބުނުމާއި އެކު ހުޝާމްގެ ޖަވާބަކަށްވާނީ ހިނިތުންވުމެވެ. އޭރުގައި އަހަރެންނަށް އޭގެ މާނަ ނޭގުނީއެވެ. ނަމަވެސް މިހާރު އޭގެ މާނައެގުނު އިރުގައި މާބޮޑަށް ލަސްވީއެވެ. ހުޝާމް ބޭނުންވި ގޮތަށް ކަންތަށް ކުރީއެވެ. އެކަމަކު އަހަރެން ބޭނުންވަނީ ހުޝާމް އެކަން ކުރި ސަބަބު ހޯދާށެވެ. އަހަރެންގެ ކަންފަތަށް ކުއްލިއަކަށް އިވެންފެށީ މިއަދު ޓީވީއިން ކީ ހަބަރެވެ. ” މުހައްމަދު ހަމީދު މަރާލިކަމަށް އަހްމަދު ހުޝާމް އެއްބަސްވެއްޖެއެވެ. އަދި މީގެ އިތުރަށް އަހްމަދު ޝާފިއު، އިބްރާހިމް ނަވާރު، މުހައްމަދު ފައިޒަންވެސް މަރާލީ މުހައްމަދު ހުޝާމްކަމަށްވަނީ އެއްބަސްވެފައެވެ”. އަހަރެންނަށް ތެޅިގަނެފައި ހޭލެވުނެވެ. މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. އޭރު މާޒިން އިނީ އަހަރެންނާއި ދިމާލަށް ބަލާށެވެ. “ކިހިނެއްވީ” އޭނަ ބަލަން އިންގޮތުން އަހަރެން އަހާލީމެވެ. “ކަމެއްނުވޭ” މާޒިން ބުނެލިއެވެ. އަހަރެން އަނެއްކާވެސް އެނދުގައި ހަމަޖެހިލީމެވެ.

އަހަރެންނަށް ދެން ހޭލެވުނީ މީހަކު އަހަރެންނަށް ގޮވާހެން ހީވެގެންނެވެ. އޭރު ނާފިލް އަހަރެންގެ ކައިރީގައި ހުއްޓެވެ. އަހަރެން ތެދުވެ އޭނައާއި ދިމާލަށް ބަލާލީމެވެ. “މާއްޓެ ބުނީ މިރޭ އަހަރުމެން ބައްދަލު ކުރާތަނުން ބައްދަލު ކުރާށޯ. ގްރޫޕް އެންމެންވެސް ދާނެ ބައްދަލުވުމަށް. ގަޑިއަށް އަންނާތި. އެއިޓް ތާޓީ.” އަހަރެން އެއްވެސް އެއްޗެއް ނުބުނެ ކައިރީގައި އޮތް ބާލީހުގައި ބައްދާލީމެވެ. “ކޮބާ މާޒިން” އަހަރެން އަހާލީމެވެ. “އޭނަ ވީ ސްޓަފް ނަގަން ގޮސް. މިރޭ ރަގަނޅު ސްޓަފް އަންނާނެ ކަމަށް މާއްޓެ ބުނީ.” އަހަރެން ރަނގަޅަށް ނާފިލްއާއި ދިމާލަށް ބަލާލީމެވެ. އޭރުވެސް އޭނަ އިނީ ބިޑިއެއް ހިފައިގެންނެވެ. “ހޫމް ދާނަން” އެހެންބުނުމަށްފަހު އަހަރެން ދެލޯމަރާ ބާރު ކޮއްލީމެވެ. މާގިނައިރެއް ނުވެ ނާފިލްވެސް ކޮޓަރިން ބޭރަށް ނިކުތެވެ. އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.

ރޭގަނޑުގެ ވަގުތެވެ. އަހަރެން ރެޑީ ވަމުންދިޔައީ ނާފިލް ބުނިތަނަށް ދިއުމަށެވެ. ކުއްލިއަކަށް ދޮރުގައި ޓަކި ޖެހި އަޑު އިވުނެވެ. އެއްމެ ފަހަރަކު ޓަކި ޖެހުމަށްފަހު ދެން އަޑެއް ނީވުނެވެ. އަހަރެން ގޮސް ދޮރުހުޅުވާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ދޮރުކައިރީގައި ކުޑަ ފޮއްޓެއް ހުއްޓެވެ. އަހަރެން އެފޮށި ހިފައިގެން އެތެރެއަށް ވަނީމެވެ. އަދި މަތިހުޅުވާލީމެވެ. އެއީ އަހަރެން ބުނި ބޭސްތަކެވެ. ފާރިޝް އަހަރެން ބުނި ބޭސްތަށް އަހަރެންނަށް ގެނެސްދިނީއެވެ. އަހަރެންނަށް ހިނިތުންވެލެވުނެވެ. ރެޑީ ވެގެން އަވަހަށް ނާފިލް ބުނި ގަޑިއަށް އެތަނަށް ދިއުމަށް ކޮޓަރިން ނިކުތީމެވެ.

ސައިކަލު ދުއްވަމުން ގޮސް އަހަރެން މަޑުކޮއްލީ ބުރުޒުމަގުގައި ހުންނަ ގެއެއް ކައިރިއަށެވެ. އެތަނުގައި ހުރި ގެއެއްގެ ތެރެއަށް އަހަރެންވަނީމެވެ. އޭރު އެތަނުގައި މާޒިން ގޮޑިއެއްގައި އިށީދެލައިގެން އިނެވެ. އަހަރެން ފެނުމާއި އެކު އަހަރެންނަށް އަތުން ހަނާ އަޅާލިއެވެ. އޭރު އެތަނުގައި ގާތްގަޑަކަށް 15 މީހުން ތިބޭނެއެވެ. ނާފިލްވެސް އެތަނުގައި ގޮޑިއެއްގައި އިށީދެގެން އިނެވެ. “ހުރިހާ އެކުވެރިން މިއަދު މިގޮތަށް ގްރޫޕް އެންމެންނާއި މިބައްދަލު ކޮއްލީ މިގްރޫޕް މެންބަރު ޝާމް ތައާރަފް ކޮށްދެންވެގެން” މާޒިން އެންމެންނާއި މުހާތަބް ކުރަމުން ވާހަކަދެއްކިއެވެ. “މިހާރު މާޒިންގެ ހުރިހާ ޓެސްޓަކުން އަހަރެން ފާސްވީތަ. މި ގްރޫޕްގެ މީހަކަށް ތި ހެދީ” އަހަރެންވެސް އެތަނުގައި ހުރި ގޮޑިއެއް ދަމާލަމުން އިށީދެލީމެވެ. މާޒިން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ހޫމް އަހަރެން ކުރި ހުރިހާ ޓެސްޓަކުން ޝާމް ފާސްވެއްޖެ. ދެން އޮތީ ބޮސްއާއި ބައްދަލު ކުރުން. އޭރުން ޝާމް އަހަރުމެން ގޭންގްގެ މެންބަރަކަށް ދާއިމީ ގޮތަށް ވާނެ” މާޒިން ބުނެލިއެވެ. “އޯކޭ ކޮންއިރަކުން ބޮސްއާއި ބައްދަލު ކުރަނީ” އެންމެ ފަހުން އަހަރެން މަޑުކޮށްގެން ހުރި ދުވަސް ޖެހުނީއެވެ. “ބޮސްވީ ރާއްޖެއިން ބޭރުގައި. އަހަރެންގެ މަސައްކަތަކީ ޝާމް ބޮސްއާއި ހަވާލު ކުރުން. ވީމާ ވީހާވެސް އަވަހަށް ބޭރަށް ފުރަން ޖެހޭނެ. މާދަން ނޫން އަނެއް ދުވަހުން ފުރަން ރެޑީވޭ. އަހަރެން ޓިކެޓް ކަންތަށް ހަމަޖައްސާނަން” މާޒިން ބުނެލިއެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި ހީލެވުނެވެ. އެއީ އަލަށް އަހަރެންނަށް އެގުރޫޕްގެ ގިނަ އަދަދެއްގެ މީހުން ފެނުނު ފުރަތަމަ ފަހަރެވެ. އަހަރެން ކޮންމެ މީހެއްގެ މޫނަށް ވަކި ވަކީން ބަލާލީމެވެ. އެންމެންވެސް އަހަރެންނަށް މަރުހަބާ ކިޔެވެ. އަހަރެން ފަހަރަކު މީހަކާ ސަލާމް ކުރަމުން ދިޔައީމެވެ. ކޮންމެ މީހެއް ކައިރިއަށް ހުއްޓިފައި ސަލާމް ކޮއްލުމަށްފަހު އަހަރެންގެ މޭގައި އަތްޖައްސާލަމެވެ.

މީޓިން ނިމުމާއި އެކު ފެށުނީ ޕާޓީގަޑިއެވެ. އެތަނުގައި ތިބި ދެތިން މީހަކު ބޮޑު ފޮށިގަނޑެއް ހިފައިގެން އެތެރެއަށް ވަނެވެ. އެފޮށިގަނޑުން އެމީހުން ނެގީ ބޮޑު ތިން ވައިން ފުޅިއެވެ. އަދި އެހެން ދެކުއްޖަކު ހުދު ކުލައިގެ ޕެކެޓް ތަކެއް ގެންނައެވެ. އަހަރެން ކުޑަކޮށް ދުރަށް ޖެހިލީމެވެ. އެވަގުތު އެތަނުން ކުއްޖަކު އަހަރެން އަތަށް ވައިން ތައްޓެއް ދިއްކޮށްލިއެވެ. އަހަރެން ހިނިތުން ވެލަމުން އޭގައި ހިފީމެވެ. އެވަގުތު އަޑުގަދަކޮށް ލަވަޖަހަންފެށިއެވެ. ލަވަޖަހަށް ފެށުމާއި އެކު ކުދިން ނަޝަން ފެށިއެވެ. އަހަރެން ގާތަށް ހިނިވެސް އައެވެ. މިހާރު އެތަނުގައި ހަމައިގައި ހުރި އެކަކުވެސް ނެތެވެ. އެއްބަޔަކު ވައިން ބޮމުން ދިޔައިރު އަނެއްބަޔަކު ދިޔައީ ހުދު ކުލައިގެ ހުރި ޕެކެޓް (ހަކުރު) ބޭނުން ކުރަމުންނެވެ. އަހަރެން ހަމަހުރި ތަނުގައި ހުރީއެވެ.

އަހަރެން އެތަނުން ނިކުތީ މެންދަމުން އަލިވެ ތިނެއް ޖެހިފަހުންނެވެ. އޭރު އެތަނުގައި ތިބި ހުރިހާ އެންމެ އެތަނަށް ދެމިފައި ތިއްބެވެ. ސައިކަލަށް އަރާ ސްޓާޓް ކޮއްލުމުގެ ކުރިން އަހަރެން ފޯނުން މެސެއްޖެއް ފާރިޝްއަށް ފޮނުވާލީމެވެ. އަދި އާޓީފިޝަލް ބީޗްއާއި ދިމާލަށް މިސްރާބް ޖެހީމެވެ. ސައިކަލް ބީޗް ކައިރިއަށް މަޑުކޮއްލުމަށްފަހު އަހަރެން ހިގައިގަތީ ދުރުގައި ޖަހާފައި ހުރި ގޮޑިތަކާއި ދިމާލަށެވެ. އަހަރެން އެތަނުގައި ހުއްޓުމާއި އެކު ފޯނު ރިންގުވާން ފެށިއެވެ. އަހަރެން ފޯނު ބަލާލުމަށްފަހު ނަގައިފީމެވެ. “އަންނޯން” އަރާފަ އިނަސް އެކޮޅުން ވާހަކަ ދެއްކީ ފާރިޝްއެވެ. “އަހަރެން ރާއްޖެއިން ބޭރަށް ދާން ޖެހިއްޖެ” އަހަރެން ބުނީމެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ހުރި ބެއްޗެއްގައި ފާރިޝް އިށީދެލިތަން އަހަރެންނަށް ފެނުނެވެ. “ބޭނުމަކީ” ފާރިޝް އަހާލިއެވެ. “ބޮސްއާއި ބައްދަލު ކުރަން. މާދަން ނޫން އަނެއް ދުވަހުން. ފުރާގޮތަށް. ގްރޫޕް މީހުންމަށަށް ހަރަދު ކުރަނީ. މާދަން ބައްދަލު ނުވާނެތީ މިގަޑި ބައްދަލު ކޮއްލަން މި އެދުނީ. އަށް. މިއޮތީ މިއަދު ފެނުނު މީހުންގެ ފޮޓޯ. އެގްރޫޕްގައި އަދި މަށަށް ފެނުނު މީހުންގެ ފޮޓޯ. މީގެ އިތުރުންވެސް މީހުން އުޅެދާނެ” އަހަރެން އެހެން ބުނެލަމުން މޭމަތީގައި ގޮށެއްގެ ސިފައިގައި އިން ކުޑަ ކެމެރާ ނަގާ އަހަރެން އިން ގޮޑިމަތީގައި ބާއްވާލީމެވެ.

“އެމީހުން އެހެންވީމަ ޝާމްއަށް އިތުބާރު ކުރާވަރު ބޮޑުތާ ދޯ” ފާރިޝް ބުނެލިއެވެ. “ބޮސް އާއި ބައްދަލުވުމުން އަހަރެން ކުރިއަށް ގެންދާނީ އަހަރެންގެ އަމިއްލަ ޕްލޭންއެއް. އެކޮޅަށް ދިޔަޔަސް އަހަރެންނަށް ފާރިޝްއަށް ވަގުތުން ގުޅޭގޮތަށް ހުންނާތި. މަގޭ ހިތްބުނޭ މިފަހަރު މަގޭ ދުވަސް ދާނެއޭ” އަހަރެން ބުނެލީމެވެ. އެހެންބުނުމާއި އެކު ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ހޭ އާ ޔޫ އޯކޭ” ފާރިޝް އަހާލިއެވެ. “މިއަދު މަލިކާ ފެނުނު” އަހަރެން ބުނީމެވެ. އެހެންބުނުމާއި އެކު ފާރިޝްއަށް އަހަރެންނަށް ވެފައި އިންގޮތް އެގުނެވެ. “ޝާމް ޔޫ ކާންޓް ބްލޭމް ޔުއާ ސެލްފް” ފާރިޝް ބުނެލިއެވެ. “ޕްލީޒް ޔޫ ހޭވްޓް ޓޭކް ކެއަރ އޮފް މައި ސިސްޓަރ އެންޑް މަމް. އެން މަލް ޓޫ” އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. “ޝާމްއަށް އެއްވެސް ކަމެއް ނުވާނެ” ފާރިޝް ބެލީ ރަހްމަތްތެރިއެއްގެ ހައިސިއްޔަތުން އަހަރެންނަށް ވިސްނާދެވޭތޯއެވެ. “މަގޭ ހިތްމަށަކަށް ދޮގެއް ނަހަދާނެ ފާރިޝް. މިފަހަރު މަގޭ ހިތްބުނަނީ މަށަށް ކޮންމެވެސް ކަމެއް ވާނެއޭ. ޕްލީޒް ބުނޭ މަށަށް އެކަންތަށް ކޮންދޭނަން ދޯ.” އަހަރެން އެދުނީމެވެ. ފާރިޝް އެންމެފަހުން އާއެކޭ ބުންޏެވެ. އަދި އޭނަ ލައްވާ ޕްރޮމިސްވެސް އަހަރެން ކުރުވީމެވެ. އަހަރެން ނެއްދުވަހެއްގައި އެމީހުން ބެލުމަށެވެ. އަހަރެން ފޯނު ކަނޑާލުމަށްފަހު އެތަނުން ތެދުވެގެން ހިގައިގަތީމެވެ. އެވަގުތު ފާރިޝް އަހަރެން އިން ގޮޑިއާއި ދިމާލަށް އަންނަތަން ފެނުނެވެ. އަހަރެން ވަކި ހިސާބަށް ގޮސްފައި އެބުރި ބަލާލިއިރު ފާރިޝް ހުރީ އެގޮޑި ކައިރީގައި އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ލޯބީގާ ވާތީފަނާ… (7ވަނަ ބައި)

Next

ޝެރިން (24 ވަނަ ބައި)

Next
December 9, 2015

ޝެރިން (24 ވަނަ ބައި)

Previews
December 9, 2015

ލޯބީގާ ވާތީފަނާ… (7ވަނަ ބައި)

18 Comments!

  1. Fantasy says:
    December 9, 2015 at 8:03 am

    މި ބައިވެސް ކަމުދާނެކަމަށް ހީކުރަން.. ހުރިހާ ކުދިންގެ ހިޔާލުތަކަށް މަރުޙަބާ 🙂

  2. naanijaan says:
    December 9, 2015 at 8:17 am

    Nice. Keep it up

    1. Fantasy says:
      December 9, 2015 at 8:49 am

      thnks naanijan 🙂

  3. keela says:
    December 9, 2015 at 8:46 am

    v v v v nice story. keep it up.

    1. Fantasy says:
      December 9, 2015 at 8:49 am

      thnks keela v bodah 🙂

  4. fini bidi says:
    December 9, 2015 at 9:22 am

    v v nice story…best of luck

    1. Fantasy says:
      December 10, 2015 at 10:23 am

      thnks v bodah fini bidi 🙂

  5. rish says:
    December 9, 2015 at 11:14 am

    fantasy!!! Wooooaaahhh!!! i loved this story.. loved loved absolutely loved!!! still do.. i think this is THE best crime thriller written in dhivehi, ever…. i cried so hard.. thinking about shaam makes me wanna hug him and tell him he did good..and everything will be fine.. awww.. fantasy, i did asked even before, and still curious, cant you publish this as a book??? My shelf needs this!!! please fantasy!!!!
    ah, any new stories up coming?? Goodluck! <3

    1. Fantasy says:
      December 10, 2015 at 10:25 am

      thnks rish… kudinge comment hunna gothun dhoo egeny fothehge gothuga liyan dhoo rish 🙂 v ufaa vejje rish ge comment fenunyma.. 🙂
      aa vaahaka eh iraadha kureviyya v avahah up kuran fashaanan igey 🙂

  6. Adam says:
    December 9, 2015 at 11:22 am

    Midhiya roadha mahu mivaahaka aissa othe… Kuda thafaatheh huree. Meega miulhey CID soru marry nukurun

  7. ninth says:
    December 9, 2015 at 11:29 am

    varah hadivaaney hithAA nukiyan hurefa kiyan feshyvx… bt, varah nyc vaane vahtharujahaaa

    1. Fantasy says:
      December 10, 2015 at 10:27 am

      v ufaa vejje ninth vaahaka kiyan feshyma 🙂

  8. nukko says:
    December 9, 2015 at 1:57 pm

    Alheyy haadha reecheyy.. … fantasyyy!!!!! Im luvin it…… masha allah haadha molheyy vaahaka liyan..Cant wait for the nxt part…. gud lukk…… avahah up kohdhechey. ….

    1. Fantasy says:
      December 10, 2015 at 10:27 am

      thnks nukko v bodah for the lovely comment 🙂

  9. mee says:
    December 9, 2015 at 3:08 pm

    Wowwww. Love this story…

    1. Fantasy says:
      December 10, 2015 at 10:27 am

      thnks mee 🙂

  10. Faxoo says:
    December 21, 2015 at 3:55 pm

    its really nice 🙂 my favourite story in this site. thanks for bringing such a lovely story.

  11. Girl with the dragon tattoo says:
    February 17, 2016 at 7:04 am

    Hey, your stories are really nice. I hope you’ll print them. cos i want them in my library of crime novels

Comments are closed.

Next Episodeއަނިޔާ.. 04 ވަނަ ބައި←


All Right Reserved!