Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގާ ވާތީފަނާ… (7ވަނަ ބައި)

Eyesh Level 310 Stories100 Comments500 Comments
December 9, 2015 3 Mins Read
14 Comments

“ނައީމާ… ނައީމާ…. ޒައިން… ޒައިން ގެ މައްޗަށް ފަސްއަހަރުގެ ޖަލު ހުކުމެއް އިއްވައިފި.” ބާރަށް ދުވެފައި ގޭތެރެއަށް ވަދެގެންއައި ސަލީމަށްހުރީ މާނޭވާލެވިފައެވެ. ދެލޯފެންކަޅިވެފައި ވާއިރު އެފަކީރަށް ވާހަކަ ދެއްކެނީވެސް ހަމަކިރިޔާއެވެ. ވާނީވެސް އެހެންތާއެވެ. ކުޑަކުޑައިރު އަމިއްލަ ދަރިއެއްފަދައިން ޒައިންދެކެ އޭނާލޯބިވަމުންއައީ ޒައިންއަށް އެއީ ދޮންބައްޕަ އެއްކަން އެއްވެސް ވަރަކަށް އިހުސާސްވެސް ނުވާނެހާ ފުރިހަމައަށެވެ.

“ކީއްކުރަން ތިރޮނީ؟ އެކަހަލަ ކުށްވެރިންނަށް ލިބެންޖެހޭއަދަބު ލިބުނީމަ އެއްޗެއް ވިސްނޭނީ… ފަސްއަހަރު ކޮށްފަ އަންނައިރު ހުންނާނީ އެއްޗެއް ވިސްނިފަ. އެއީ އަހަރެންގެ އަމިއްލަ ދަރިއަކަސް އޭނާއަށް ލިބޭ ހައްގު އަދަބަށް އަހަރެންވެސް ތާއީދު ކުރަން. ” ހިތުގައިވާ މައިވަންތަ ކަމުގެ ލޯބީގެ މައްޗަށް ނައީމާގަދަވެގަތެވެ. އޭނާ ހަގީގަތާއި ކުރިމަތިލީވަރަށް ހިތްވަރާއި އެކުއެވެ. ސަލީމް ހީކުރިގޮތާއި ޚިލާފަށް ނައީމާވީ ވަރަށް ހިތްވަރުގަދަ މަޔަކަށެވެ.

ވަސީމްގެ އާއިލާއާއި ރީޝާ ތައްޔާރުވަމުން ދިޔައީ ވަސީމް ދޭކެއުމަކަށް ގޯމެޓް ރެސްޓޯރެންޓަށް ދިއުމަށެވެ. “މަންމާ! އަދިވެސް ކޮއްކޮއާ ރީޝާ ނުނިމޭ ދޯ.. ޕިސް ޕިސް.. ތަނަކަށްދާން ވެއްޖެއްޔާ މިއަންހެނުންގެ ކަންތައް ވަރަށް ބޮޑުވާނެ..” ރީޝާއާއި އަފާ ލަސްކަމުން ވަސީމް ޝަކުވާކުރިއެވެ. އޭެރު ސަމީރާއާއި މޫސަވެސް ތައްޔާރުވެގެން ސިޓިންރޫމުގައި އަފާމެން ނިކުންނަންދެން ތިއްބެވެ.
“ދަރިފުޅަކަށް ނުވިސްނޭނެ އަންހެންކުދިންގެ ކަންކަމެއް. އެމީހުންވެސް ރީތިވާންޖެހޭނެ އެއްނު..” ސަމީރާ ހިފައިލީ އަފާމެންނާއި އެއްކޮޅަށެވެ. މޫސައާއި ވަސީމް ސަމީރާއާއި ދިމާކޮށްލުމަށް އެކަކުއަނެކަކަށް ނިތްއެއްލަމުން ހީގަތެވެ. އަފާއާއި ރީޝާއައުމުން ދެންވެސް އަވަސްކުރާށޭކިޔައި ވަސީމް ޓެކްސީ ސެންޓަރަށްގުޅަމުން ނިކުތެވެ.

ވަސީމްމެން ދޮރުމަތީގައި ތިބޭތާ މާގިނައިރެއްނުވެ ޓެކްސީއައުމުން ސަމީރާއާއި މޫސަ އަދި އަފާ ޓެކްސީއަށް އެރިއެވެ.
“ކޮއްކޮދޭ މަންމަމެން އެކީގަ.. ދޮންބެ ދާނަން ރީޝާ ގޮވައިގެން ސައިކުގަ… ” ވަސީމް ބޭނުންވީ ރީޝާއާއިއެކު ވަކިންދާށެވެ. އަފާ އޯކޭއޭބުނުމަށްފަހު ޓެކްސީގެ ދޮރުލެއްޕިއެވެ.

ރީޝާ ވަރަށްލަދުންހުރެ ވަސީމުގެ ފަހަތުގައި އިށީނެވެ. “ކީއްވެ ތިހާލަދުން ތިއިނީ؟ ތިހެން ލަދުންއިނީމަ ހާދަރީއްޗޭ.”
ގަތްލަދުން ރީޝާގެ ދޮންމޫނު ރަތްވެގެންދިޔައެވެ. އެކިވާހަކައިގައި ތިބެ ދުއްވަމުން ދިޔައިރު އިރުއިރުކޮޅާ ކޮންމެވެސް އެއްޗެކޭ ކިޔައި ވަސީމް ރީޝާ ލަދުގަންނަވާލައެވެ. ރީޝާގެ ކިބައިގައިވާ ވަސީމުއަށް އެންމެ ކަމުދާސިފައަކަށްވީ ރީޝާ ލަދުގަތުމުން މޫނަށް އެޖައްސާލާ ވައްތަރުތަކެވެ.

ވަސީމްމެންނަށް ރެސްޓޯރެންޓާއި ހިސާބަށް ދެވުނުއިރު އަފާމެން ރެސްޓޯރެންޓުކުރިމަތީގައި މަޑުކޮށްލައިގެން ތިއްބެވެ. ފަސްމީހުން އެކުގައިގޮސް މޭޒުކައިރީގައި އިށީނެވެ.
“މި ޑިނަރ އަކީވަރަށް ސްޕެޝަލް ޑިނަރ އެއް.. ތިމީހުންނަށް ވަރަށް ހެޕީ ނިއުސްއެއް ދޭންވެގެން ދޭ ޑިނަރ އެއްމީ.” ކާއެއްޗެއްސަށް އޯޑަރު ދިނުމަށްފަހު ވަސީމް ވާހަކަދެއްކީ ހެވިފައި އިނދެއެވެ.
“އަނެއްކާ ކޮންކަހަލަ ހަބަރެއްތަ.. އަވަހަށްބުނެބަލަ…” ސަމީރާއިނީ ވަސީމްދޭން އުޅޭހަބަރު އެނގުމަށް ކެތްމަދުވެފައެވެ.
” މަންމާ… އަޅުގަނޑު ކުއްޖަކާ ރައްޓެހިވެއްޖައިން. ” ވަސީމް ރީޝާގެ މޫނަށް ބަލައިލުމަށްފަހު އެއްލޯމަރައިލިއެވެ.
“ކާކާ؟. ކީއްވެ އެކުއްޖާ ނުގެނައީ ޑިނަރ އަށް؟” އަފާވެސް އިނީ އެއީކާކުތޯބެލުމަށް ކެތްމަދުވެފައެވެ.
“އެކުއްޖާ މިތާ އެބައިން.. އެކުއްޖަކީ ރީޝާ…” ވަސީމް ވާހަކަދެއްކީ ރީޝާގެ މޫނަށް ބަލަންއިނދެއެވެ.
“އަސްލުތަ؟. އޯ މައި ގޯޑް… ރީޝް…. އިޒްއިޓް ޔޫ؟” އަފާ ރީޝާގެ ގައިގައި ބައްދާލީ ވީއުފަލެއްގެ ބޮޑުކަމުންނެވެ.
“ބައްޕައަށް އަބަދުވެސް ވަރަށްކަމުދާ ކުއްޖެއް ރީޝާމީ… ދަރިފުޅުގެ ޗޮއިސް ވަރަށް ރަނގަޅު.. ދެކުދިން ބަސްއަހައިގެން އުޅެންޏާ ބައްޕަމެންގެ އެއްވެސް މައްސަލައެއްނެތް.” ވަސީމް ރީޝާކަހަލަ މުރާލި، އަޚުލާގުރަނގަޅު ކުއްޖަކާއި ރަށްޓެހިވުމުން މޫސައާއި ސަމީރާ ވަރަށް އުފާވިއެވެ.
“ބައްޕަވެސް އެބައޮތް ހަބަރެއް ދޭންވެފަ.. އެކަމަކު ދޭން މިއުޅޭ ހަބަރަކީ ހިތާމަވެރިހަބަރެއް..މިއަދު ޒައިންގެ މައްޗަށް ފަސްއަހަރުގެ ޖަލުހުކުމެއް ކޮށްފި.” މޫސައަށް މިހެން ބުނީރިވެސް އަފާގެހިތުގައި ޖެހޭނެކަން އެނގެއެވެ. އެކަމަކު އަފާއަށް އެއްވެސްކަމެއް އޮޅުވާލާފައި ބޭއްވުމުގެ ބޭނުމެއްނެތްކަމުގައި އޭނާދެކެނީ ޒައިންއާއި އަފާގެ ގުޅުންއިތުރަށް ކުރިއަށް ގެންދިއުމަށް އެއާއިލާއިން ފުރުސަތުނުދޭނެތީއެވެ.
އިރުކޮޅަކު ގަނޑުވެފައި އިނުމަށްފަހު އެއްވެސް ހިފެހެއްޓުމެއްނެތި އަފާގެ ލޮލުން ކަރުނައޮހިގަތެވެ.އަފާއަށް ޒައިންއާއިނުލައި ނޫޅެވޭނެއެވެ. ޒައިން ނޫން އިތުރުމީހަކަށް އޭނާގެހިތެއް ނުދެވޭނެއެވެ. “ކޮއްކޯ… ނުރޮއިބަަލަ ދެން… ޒައިންއެއީ ރަނގަޅުމީހެއް ނޫނެންނު… އެކަހަލަ މީހަކަށްޓަކައި ކަރުނަ އެޅުމުގެ ބޭނުމެއްނެތް. އޭނާމަތިން ހަނދާން ނައްތާލަބަލަ.” ވަސީމް އަފާގެ ބޮލުގައި ފިރުމާލަމުން ޒައިންގެ ހިޔާލުތަކާއި ދުރުވުމަށް ނަސޭހަތަތެރިވިއެވެ. އެހެނަސް އެއީ އަފާއަށް ކުރަންމާފަސޭހަވާނޭ ކަމެއްނޫންކަން ހުދު ވަސީމްއަށްވެސް އެނގެއެވެ.
އާއިލާއަށްއައި މިކަހަލަ އުފާވެރި ރެއެއްގައި އޭނާގެސަބަބުން އެންމެންގެ މޫޑު ހަރާބުކޮށްލާކަށް އަފާ ބޭނުމެއްނުވެއެވެ. ކޯތާފަތްމައްޗަށް އޮހެމުންދިޔަ ކަރުނަތައް ފޮހެލުމަށްފަހު ގަދަކަމުން ހީލީ ޒައިންގެހަނދާނުގައި މަރުވަމުންދާ އޭނާގެ ހިތަށްވިސްނައިދެމުންނެވެ.

**************
“ކަލޭތީ ކީއްވެ މިތަނަށް ގަޅާލާފައިން މީހެއް؟ ” ޒައިންގެ އިތުރުން އޭނާއާއި އެއްގޮޅިއެއްގައިއުޅޭ ދެމީހުންގެ ތެރެއިން ނަދީމް އައިސް ޒައިންގެ ބޮލުގެފުށްކިބައިގައި ބާރަށް ޖަހާލަމުން ސުވާލުކުރިއެވެ. އަފާގެހިޔާލަށް ގެއްލިފައި އިން ޒައިން ސިއްސައިގެންގޮސް އައްދޯތްްއޭކިޔައި ހަޅޭއްލަވައިގަތެވެ.
“މާމޮޅަށް ވަގުފައިސާ ވިއްކީދޯ..” ޒައިންއަށް ޖަވާބުނުދެވިގެން އުޅެނިކޮށް އާސިމް ހީގަނެފައި ނަދީމްގެސުވާލަށް ޖަވާބުދިނެވެ.
“ކައެ ކީއްވެތަ އަހަރުންނާ ވާހަކަ ނުދައްކަނީ.. ބުރޯ އަހަރުމެންމީ ފެމެލީއެއްނު މިހާރު. މީއަހަރުމެންގެ ގެއަކީ..އެހެންވީމަ ކައެ އަހަރުންނާ ވާހަކަ ނުދައްކަންޏާ ވަރަށް ފަނިވާނެ.”
އާސިމް ބޭނުންވީ ޒައިންއެމީހުންނާއި ގުޅިގެންއުޅޭށެވެ. އެކަމަކު ޒައިން އެކަކާވެސް ވާހަކަ ދައްކާކަށް ބޭނުމެއްނޫނޭވެ.
“ބުރޯ އަހަރުން އަތުގައެބައޮތް ފޯނެއް. ކައެގެ މަންޖެއަށް ގުޅާލަން ބޭނުންތަ؟” ނަދީމް އަތުގައި ފޯނެއްއޮތްކަންއެނގުމުން ޒައިން ތެޅިގަނެފައި އަވަހަށްދޭށޭބުންޏެވެ.
“ހަލޯ… ” ދެފަހަރަކު ރިންގުވީތަނާ އަފާ ފޯނުނެގިއެވެ. ކެތްތެރިކަމެއްނެތި އެއަޑެއް އިވުމަށް އެދިއެދިހުރި އެރީތިއަޑު ޖެހުމުން ޒައިންގެގައިން ހީބިހި ނަގައިގަނެގެން ދިޔައެވެ.
“އަފާ… ” ޒައިންއަށް އަފާއަށް ގޮވައިލެވުމާއިއެކު ރޮވުނެވެ. ” ދޫނި….އަހަންނަށް މާފް ކުރޭ… އަހަރެން ދޫނިދެކެ ވަރަށް ލޯބިވޭ.. އަހަންނަށް އިންތިޒާރު ކުރައްޗޭ…” ޒައިން ވާހަކަދެއްކީ ވަރަށްމަޑުންނެވެ.
“ބޭބީ.. ބޭބީ ކީއްވެ؟.. ” މިހިސާބަށް ބުނެވުނުތަނާ އަފާއަށް ރޮވިއްޖެއެވެ.
“އަފާ… ބޭބީ… ބުނެބަ އިންތިޒާރު ކުރާނަމޭ…” ޒައިން ވާހަކަ ދެއްކީ އާދޭހުގެ ރާގަކަށެވެ.
” ހްމްމްމް….އަހަންނަށް ޒައިން ނޫންމީހަކުދެކެ ދުވަހަކުވެސް ލޯތްބެއް ނުވެވޭނެ…. ވަރަށް މިސްވޭ…” އަފާ އަށް ގިސްލެވެންފެށިއެވެ.
“ބޭބީ.. ދެންބާއްވަނީ.. މީ މިތާކުއްޖެއްގެ ފޯނު.. ވަރަށް ވަގަށް މިގުޅީ… ބަސްޓުވެއްޖެއްޔާ ވަރަށް ކަޑަވާނެ… އައިލަވްޔޫ ސޯ މަޗް.” އަފާ މީޓޫ އޭބުނުމުން ޒައިން ފޯނުބޭއްވިއެވެ.
” ތޭންކްސް ބުރޯ… ” ޒައިން ނަދީމްގެ ކޮނޑުގައި ޖަހާލަމުން ހީލިއެވެ. ނަދީމްއާއި އާސިމްއަށް ޒައިން ޖަލަށްލީ ކީއްވެކަން ކިޔާދިނެވެ.އަދި ނަދީމްއާއި އާސިމްވެސް އެމީހުންގެމާޒީ ޒައިންއާއި ހިއްސާކުރިއެވެ.

“މަންމާ…..” ބަދިގެތެރޭގައި ކައްކަންހުރި ސަމީރާގެ ފަހަތުން އައިސް އަފާ ސަމިރާގެ ބުރަކަށީގައި ބައްދާލިއެވެ.
“ދަރިފުޅު ހާދަ އުފާވެފަ… މިއަދު ކިހިނެއްވެފަ ތިހުރީ؟” އަބަދު ދެރަވެފައި ހުންނައަފާ މިއަދު މާހެވިފައި އުފަލުން ހުރުމުން ސަމީރާގެ ހިތުގައި ސުވާލުއުފެދުނެވެ. ސަމީރާގެ ސުވާލަށް ޖަވާބު ދިނުމެއްނެތި އަފާގޮސް ސޯފާގައި ނިދިފައިއޮތް ވަސީމުއަށް އުނދަގުކޮށް ހޭލެއްވިއެވެ. ވަސީމް ކުސްތަޅައިގަނެފައި ބާލީހުން އަފާގެ ބުރަކަށީގައި ޖެހުމުން ބްލްްްލްލް އޭކިޔައި ވަސީމްއާއި ދިމާލަށް ވައްތަރެއް ޖައްސަމުން ދުވެފައިގޮސް ކޮޓަރިއަށް ވަނެވެ.
އަފާގެ މިޒާޖަށްއައި ކުއްލިބަދަލުގެ ސަބަބުން ސަމީރާއާއި ވަސީމް އުފާވިނަމަވެސް އެމީހުންގެ ހިތުގައި ސުވާލުއުފެދުނެވެ.
“ކޮއްކޮއަށް ކިހިނެއްވެފަ އެހުރީ؟ ” ސަމީރާހުރީ އަނގަހުޅުވިފައެވެ.
“ޒައިންމަތިން ހަނދާންނެތުނީ ކަންނޭގެ.. ” ސަމާސާ ރާގެއްގައި މިހެންބުނެ ހީގަނެފައި ވަސީމްވެސް ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eyesh

Level 310 Stories100 Comments500 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

އެމަންޖެގެ ރޫހް (2ވަނަ ބައި)

Next

އަނިޔާ.. 03 ވަނަ ބައި..

Next
December 9, 2015

އަނިޔާ.. 03 ވަނަ ބައި..

Previews
December 8, 2015

އެމަންޖެގެ ރޫހް (2ވަނަ ބައި)

14 Comments!

  1. m says:
    December 9, 2015 at 7:03 am

    Me 1st

  2. m says:
    December 9, 2015 at 7:08 am

    V salhi

    1. Eyesh says:
      December 9, 2015 at 2:11 pm

      Thnx m ?

  3. hajj says:
    December 9, 2015 at 7:38 am

    Mi part nice withing for the next part

    1. Eyesh says:
      December 9, 2015 at 2:14 pm

      Thanx hajj ?

  4. nuhnu says:
    December 9, 2015 at 7:50 am

    Vrh reethi

    1. Eyesh says:
      December 9, 2015 at 2:13 pm

      Thnx nuhnu ?

  5. yaania says:
    December 9, 2015 at 9:16 am

    Ryn mihaaru haaha slow ey up kuraale… Anyways story v. Nice…keep it up

    1. Eyesh says:
      December 9, 2015 at 2:12 pm

      Yaania mee ryn eh noon eyesh ingey ??anyway thanx for reading my stories ?

  6. Riks says:
    December 9, 2015 at 9:49 am

    Mi story kiyaahi tun indaa nimun iru ves neyngunu mi haaryti story eh adi nukiye

    1. Eyesh says:
      December 9, 2015 at 2:11 pm

      Awwwwn thanx riks ?

  7. sadhaaa says:
    December 9, 2015 at 2:42 pm

    Kon irakuntha next part…

    1. Eyesh says:
      December 9, 2015 at 2:46 pm

      Mirey up kuraanan ingey ?

  8. Ahmed Ammu says:
    December 9, 2015 at 4:15 pm

    V Reethi ?

Comments are closed.

Next Episodeލޯބީގާ ވާތީފަނާ… (8ވަނަ ބައި)←


All Right Reserved!