އިންސާފު ލިބޭނެބާ – 24
ދާރިއަންއަށް ފޯނުކޯލެއް އައުމުން ދުރަށް ޖެހިލިއެވެ. ” އަހަރެން ބޭނުންވޭ އެބަ ކޮޕުންކޮޅެއް އެއާރޕޯޓްއިން.. ކަލޭގެ އެކުވެރިން ކޮޅުވިޔަސް މިތަނަށް ފޮނުވަބަލަ.. ” މާވިން ދާރިއަން ފޯނު ނެގުމުން ބުންޏެވެ. އަދި ދާރިއަންގެ އަޑެއް އެހުމެއްނެތި ފޯނު ކަނޑައިލާ އޭނަ ހުރި ތަނުގެ ލޮކޭޝަން ފޮނުވިއެވެ. ” ތި މީހުން މިތަނަށް ދޭބަލަ.. އަހަރެންނަށް ހީވަނީ ކްރައިމް ސީންއެއްހެން.. ” ލޮކޭޝަން ދައްކާލަމުން ދާރިއަން ބުންޏެވެ. ރުޅިއައިސްގެން ދެވަރުން އެއްވަރުވެފައި އުކައިލް ހުރި ނަމަވެސް އެންމެންގެ ބަސް ގަބޫލު ކޮށްގެން އޭނަގެ ކާރުގައި އިޔާދު އަދި ދާލިޔާއާއިއެކު އެތަނަށް ދާން މިސްރާބު ޖެހިއެވެ.
***ޕާޓް 24***
ދާރިއަން އެކޮޓަރި ތެރޭ ބެހެއްޓުމަށްފަހު އުކައިލް އާއި ދާލިޔާގެ އިތުރުން އިޔާދު ޕޮލިސް ޖީޕްގައި މާވިން ލޮކޭޝަން ފޮނުވި ސަރަހައްދަށް ދިޔައެވެ. އޭރު އެތާގައި އެކި މީހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. މާވިންއަށް އުކައިލްމެން ފެނުމުން އެތާ ހުރި ބޭރު ފިރެހެނެއް ދައްކައިލިއެވެ. އެމީހާގެ އަތުގައި ބޮޑު ދަބަހެއް އޮތެވެ. އުކައިލްއަށް އެމީހުން ފެނުމުން ދެލޯ ކުޑަކޮށްލުމަށްފަހު ބަލައިލެވުނެވެ. އެމީހަގެ އަތުގައި އޮތް ކަޅު ބޮޑު ދަބަހުގައި އޮތީ ކޯއްޗެއްބާއޭ އޭނަގެ ހިތަށް އެރިއެވެ. އެމީހަ އެއާރޕޯޓްއިން ނިކުތުމަށްފަހު ބްލަޑް މާފިޔާ ގޭންގުގެ މީހަކާ ބައްދަލު ކުރަން ދިޔައެވެ. އޭނަ ބައްދަލު ކުރަން ދިޔަ މީހަވެސް ހުރީ ބޮޑު ހަތަރެސްކަން ބްރީފްކޭސްއެއް ހިފައިގެންނެވެ. އެމީހުން ގޯޅިގަނޑަކަށް ވަދުނެވެ. އަދި ކޮންމެވެސް ވާހަކަ ތަކެއް ދެއްކުމަށްފަހު ދެމީހުންގެ އަތުގައިވާ ދަބަސް ބަދަލުކޮށްލިއެވެ.
އެމީހުންނަށް އެތަނުން ދިޔުމުގެ ފުރުސަތު ލިބުމުގެ ކުރިން އުކައިލް ބެކަޕްއަށް ގުޅައި އެމީހުން ހައްޔަރު ކުރިއެވެ. ޕޮލިސް ޖީޕްތައް އެމީހުން ވަށައިލާ އެ ހަނިހަނި ގޯޅިން ފިލުމުގެ ފުރުސަތު ބަންދުކޮށްލިއެވެ. އެ ބޭރު ފިރެހެން މީހާގެ އަތުގައި އޮތް ގޭންގު މީހާ ދިން ހަތަރެސްކަން ބްރީފް ކޭސްގައި އޮތީ ހުސް ފައިސާއެވެ. އެ ގޭންގުގެ މީހާގެ އަތުގައި އޮތީ މަސްތުވާ ތަކެއްޗާއި ޑްރަގްގެ އެތައް ބާވަތްތަކެވެ. އުކައިލްމެން އެދެމީހުން ހައްޔަރުކޮށްގެން ފުލުސް ސްޓޭޝަންއަށް ގެންދިޔައެވެ. ދާލިޔާ އެމީހުންގެ މައުލޫމާތު ހޯދިއެވެ. ފައިސާ ހިފައިގެން އައި މީހައަކީ އަލީ ޒާހިދުއެވެ. އެއީ އެ ގޭންގުގައި އުޅޭ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އުޅޭ މީހެކެވެ. ދެން ހުރި ބޭރު މީހަކީ ލޫކަސް ވިޓްމޯރއެވެ. އެއީ އެމެރިކާއިން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައި ކަމަށް ބުނާ މީހެކެވެ.
އުކައިލް ގޮސް ލޫކަސް ލާފައި އިން ހޯލްޑިން ސެލްއަށް ވަދުނުއިރު، ދާލިޔާ ގޮސް ޒާހިދުގެ ހޯލްޑިން ސެލްއަށް ވަދުނެވެ. އުކައިލްއަށް ލޫކަސްއާ ވާހަކަ ދައްކަން ޖެހުނީ އިނގިރޭސިންނެވެ. ” އަހަރެންނަކަށް ނޭނގެ އޭގަ އޮތީ މަސްތުވާތަކެތި ކަމެއް.. މުސްކުޅިވަރެއްގެ މީހަކު އައިސްފަ ބުނީ ކޮތަޅު ދީފަ އޭނަގެ ދަރިފުޅަށް އޭތި ހަވާލުކޮށްދޭށޭ… އަހަރެން އޭގަ ހިފީ މީހަކަށް ހެޔޮކަމެއް ކޮށްދިނުމުގެ ނިޔަތުގަ.. އެކަމަކު އެނގިއްޖެ މިޒަމާން މީ މީހަކަށް ހެޔޮކަމެއް ކޮށްދޭންވާވަރުގެ ޒަމާނެއް ނޫންކަން… އާދޭސް ކުރަން އަހަރެން ދޫކޮށްލާ.. އަހަރެން އެއްވެސް ކުށެއް ނުކުރަން.. ” ލޫކަސް އާދޭހާއިއެކު އިނގިރޭސިން ބުންޏެވެ. ” އަހަރެންނަށް ލޫކަސް ދޫކޮށްލެވޭނީ ލޫކަސް ރާއްޖެއާ ބޭނުމާއި ލޫކަސް ތިބުނަނީ ތެދުކަން ޔަގީންވީމަ.. ” އުކައިލް ބުންޏެވެ. ” އަހަރެންނަށް ވިސްނޭ.. ” މަޑުމަޑުން ބޯޖަހައިލަމުން ލޫކަސް ބުންޏެވެ. ” އަހަރެން ރާއްޖެ އައީ ޗުއްޓީ ހޭދަކުރަން.. އަހަރެން މި ބުނަނީ ތެދުކަން އަހަރެންގެ މައިންބަފައިން ހެކިވާނެ..” ލޫކަސް ބުންޏެވެ. އުކައިލް ބޯޖަހައިލަމުން އެތަނުން ނިކުތެވެ.
” ކަލެމެނަށް އެއްކަމެއްވެސް ނުވާނެ ހަމަ ޖެހޭނީ އަހަރެމެން ދޫކޮށްލަން.. ތީ އަހަރެމެންގެ ރާޒުވާ ކުޅިއެއް ކަހަލަ ބައެއް.. އަހަރެންގެ ފަރާތުން އެއްވެސް އެއްޗެއް އެނގޭތޯ އުޅެބަލަ އަޅެ.. ނޭންގޭނެ.. ހަހަހަ.. ” ޒާހިދުގެ ވާހަކަ ތަކުން ދާލިޔާގެ ގާތަށް ދިޔައީ ސިނގު ރުޅި އަންނަމުންނެވެ. ” ތީ ޒާހިދަށް ހީވާ ގޮތް.. ޒާހިދު ތިޔަ ހުރީ ހިފާފަ ރެޑް ހޭންޑެޑްކޮށް… ޒާހިދުއަކަށް މިތަނަކުން ނުނިކުމެވޭނެ އަވަހަކަށް. ” ދާލިޔާ ދަތްކުނޑިވިކާލަމުން ބުންޏެވެ. ކުއްލިއަކަށް އެ ސެލްގެ ދޮރު ހުޅުވައިލާފައި ވަދެގެން އައީ އިންސްޕެކްޓާރ ފަޒީންއެވެ. ” އޭނަ ގޭބަންދަށް ދޫކޮށްލާ.. ” ފަޒީން ބުންޏެވެ. ދާލިޔާގެ މޫނަށް ހައިރާންކަން ވެރިވިއެވެ. އެއާއެކު ޒާހިދު އެއްމިޔަކަނުން ހީލިއެވެ.
” ކޮބާ ހީވެއްޖެ ކަމެއްހެން.. އަދި މި އަންހެންގޮލާ މާ ފުއްޕަން އުޅެފިއެއްނުން.. މިހާރު ފުއްޕިއްޖެތަ؟ މަ ބުނީމެއްނުން މަށެއް މިތާކު ބަންދެއް ނުކުރެވޭނެއޭ.. ހަހަހަ.. ” ޒާހިދު ނުލަފާ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. ” ސާރ އެކަމަކު މީނަ ހިފައިފަ މިހުރީ ރެޑް ހޭން- ” ދާލިޔާގެ ޖުމުލަ ފުރިހަމަ ކުރަން ދިނުމެއް ނެތި ފަޒީން ވާހަކަ ދައްކަން ފެށިއެވެ. ” ދާލިޔާގެ މަސައްކަތަކީ ބޮޑުން ބުނީމަ އެމީހުންގެ ބަހަށް ކިޔަމަށްވުން.. އެނގިއްޖެތަ؟ ހަމަ މިހާރު އޭނަގެ އަތުގައި އަޅުވާފަ އޮތް ބިޑި ނައްޓާލާ.. ” ފަޒީން އަމުރު ކުރިއެވެ. ދާލިޔާގެ މޫނު އައި ރުޅިން ރަތްވިއެވެ. މިހާތަނަށް އެކަކުވެސް އޭނަޔާއި އެފަދަ ގޮތަކަށް ވާހަކަ ދައްކާފައެއްނުވެއެވެ. ނަމަވެސް ކަންތައްތައް އިތުރަށް ގޯސްވެދާނެނެތީ ދާލިޔާ އޭނަގެ ރުޅި ހިންދާލުމަށްފަހު ފަޒީން ބުނި ގޮތަށް ކަންތައް ކުރިއެވެ. އެއާއިއެކު ޒާހިދު ނުލަފާ ގޮތަކަށް ހީލާފައި ދާލިޔާއާއި ދިމާލަށް އެއްލޯ މަރައިލިއެވެ. ދާލިޔާ އައި ރުޅިން އޭނާގެ އަތް މުއްކަވާލިއެވެ.
އުކައިލްއަށް އާދެވުނު އިރު ދާލިޔާ ހުރިގޮތުން އެއްބުމަ އަރުވައިލެވުނެވެ. މީގެ އިރުކޮޅެއްކުރިން ރުޅިގަދަވެގެން ދެވަރުން އެއްވަރު ވެފައިހުރީ އުކައިލްއަށްށެވެ. ނަމަވެސް މިހާރު ދާލިޔާ ހީވަނީ ރުޅި އައިސްގެންގޮސް ބޮމެއްހެން ގޮވާފާނެހެންނެވެ. އުކައިލް އެ ސެލްގެ އެތެރެއަށް ވަންނަމުން ކަރުކެހިލިއެވެ. އެވަގުތު ދާލިޔާއަށް ހަމަ ދުނިޔެއަށް އާދެވުން ފަދައެވެ. އޭނަ އުކައިލްއަށް ބަލައިލިއެވެ. ” ދާޔާ ހާދަ ރުޅިއައިސްފަ؟ ” އުކައިލް ސުވާލެއްގެ ރާގަކަށް އަހައިލިއެވެ. ” އަހަރެން ރުޅިއަންނަވަރު ކުޑައީ.. އެ އުޅޭ ފަޒީންގަނޑު އަހަރެންނަށް ޒާހިދުގެ ކުރިމަތީ އަމުރުކޮށްލާފަ އޭނަ ގޮވައިގެން ގޮސްފި.. ” ދާލިޔާ ދަތްކުނޑިވިކައިލަމުން ބުންޏެވެ.
އުކައިލް ހައިރާންވެފައި ދާލިޔާއަށް ބަލައިލިއެވެ. ” ފަޒީން އޭ؟ ” ދާލިޔާ ބޯޖަހައިލިއެވެ. ” އެކަމަކު އެހެން އަދަބެއް ނުދީ ނުގެންދެވޭނެއެއްނުން.. ޒާހިދު ހިފީވެސް ރެޑް ހޭންޑެޑްކޮށް… ” އުކައިލް ބުންޏެވެ. ” ގޭބަންދޯ ކުރަނީ.. ބޮޑުން ކަނޑައެޅީ އެހެން ހަދާށޯ… ” ދާލިޔާ ހިތްހަމަނުޖެހި ހުރެ ބުންޏެވެ. އުކައިލް ފުންނޭވާއެއް ދޫކޮށްލިއެވެ. މިހާރު ފުލުހުންވެސް ވަނީ ކޮރަޕްޓްޝަންގެ ބަލިމަނޑު ކަމުގައި ޖެހިފައިކަން އޭނައަށް އެނގެއެވެ. ނަމަވެސް އޭނައަށްވުރެ މަގާމްގެ ގޮތުން ބޮޑު މީހަކަށްވުމުން އޭނައަށްވެސް ކުރެވޭނެ ކަމެއް ނޯންނާނެކަންވެސްް އޭނައަށް އެނގެއެވެ.
***
މިޔާ ނިދިފައި އޮއްވާ ކޮންމެވެސް މީހަކު އޭނަގެ ކޮޓަރިއަށް ވަދުނެވެ. ރޭގަނޑުގެ ވަގުތު ކަމުން މުޅި ކޮޓަރި އޮތީ އަނދިރިކޮށެވެ. މިޔާ އޮތީ ފިޔާތޮށި ކުލައިގެ ނިދަންލައި އަތް ދިގު ޓީޝާޓްއަކާއި އެކުލައިގެ ދިގު ހަރުވާޅެއްލައިގެންނެވެ. އެތަނަށް ވަދުނު މީހާ މިޔާއާއި ދިމާޅަށް ދަހިގޮތަކަށް ބަލައިލިއެވެ. އޭނަ މަޑުމަޑުން މިޔާގެ ކައިރިއަށް އަންނަން ފެށިއެވެ. އަދި އެނދު ކައިރިއަށް އައިސް މަޑުމަޑުން މިޔާ އާއި ދިމާލަށް ގުދުވެލިއެވެ. އޭނަ މަޑުމަޑުން މިޔާގެ އިސްތަށިގަނޑުން ވަސްބަލައިލިއެވެ. ނިދިފައި އޮތް މިޔާއަށް މިއިން އެއްވެސް ކަމެއް އިހްސާސް ކުރެވޭހެން ހިއެއް ނުވއެވެ. ނަމަވެސް މީހެއްގެ ނޭވާ އޭނާގެ މޫނަށް އެޅޭ އިހްސާސްވާން ފެށުމުން އޭނައަށް ހޭލެވެން ފެށިއެވެ.
އޭނަ މަޑުމަޑުން މުޅި ކޮޓަރިއަށް ނަޒަރު ހިންގައިލިއެވެ. މުޅި ކޮޓަރި އޮތީ ކަނު އަނދިރި ކަމަށް ގޮސް ގެއްލިފައެވެ. މީހަކު ލޮލަށް އިނގިލި ކޮށްޕައިލިޔަސް ނުފެންނަ ފަދަ އަނދިރި ކަމުގައި އޮތް ކޮޓަރީން އެހެން މީހެއް ނޭވާލައި އަޑު އޭނައަށް އިވެމުން ދިޔައެވެ. މިޔާގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އޭނާގެ ހިތުގެ ތެޅުމުގެ ބާރުމިން އޭނައަށް އިހްސާސް ކުރެވެން ފެށިއެވެ. މިޔާގެ ނޭވާގެ އަޑު އަވަސްވުމާއިއެކު އެތަނުން ފިރެހެނެއްގެ ބަރު ހިނިގަނޑުގެ އަޑުއިވިގެންދިޔައެވެ. މިޔާއަށްކަމެއް ކުރެވުމުގެ ކުރިން ކުއްލިއަކަށް ވަރުގަދަ އަތަކުން އޭނާގެ ދެއަތުގައި ހިފެއްޓުމަށްފަހު މައްޗަށް ނަގައި ހައްޔަރުކޮށްލިއެވެ. އޭރު އެ ފިރެހެން މީހާ އޮތީ މިޔާގެ ގައިމަތީގައެވެ.
” ޝޫޝް.. ހާދަ ދުވަހެއް ވެއްޖެޔޭ މިޔާ ނުފެންނަތާ.. އަހަރެން މަތިން ހަނދާނެއްވެސް ނުވޭތަ؟ ” ބަރު އަޑަކުން އެމީހަ ބުންޏެވެ. މިޔާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައީ އެއީ ކާކުގެ އަޑެއްކަން ޔަގީންވުމުންނެވެ. އޭނަގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ” އަހަރެންގެ މަތިން ހަނދާންވެއްޖެ ދޯ.. އެހެންވެގެންތަ މިޔާގެ ހިތުގެ ހިނގުން މިހާ އަވަސްވީމި؟ އަނެއްކާ މިޔާއަށް ސްޓޮކްހޮމް ސިންޑްރަމް ޖެހުނީތަ ހްމްމް؟ ” އެމީހަ މިޔާގެ ކަނދުރާއިން ވަސް ގަންނަމުން އަހައިލިއެވެ. އޭނަ ދިޔައީ މިޔާގެ ހަށިގަނޑުގައި އަތް ކާތްތަމުންނެވެ. މިޔާއަށް ގިސްލެވެން ފެށުނެވެ. ” އަހަރެންނަށް މާރަނގަޅެއްނުން އެގޮތްހެހެ.. މިޔާ ހީ ނުކުރައްޗޭ އެހެން މީހުންގެ ކައިރިން ސަލާމަތް ވިޔަކަސް އަހަރެންގެ ކައިރިން މިޔާއެއް ސަލާމަތް ވާނެ ކަމަށް.. ވަދީހުގެ ފަރާތުން އަހަރެންނަށް ވަރަށް މިޔާގެ ވާހަކަ އަޑު އިވެޔޭ.. މިހާރު އަށާރަ އަހަރު ވަނީ ތި.. ދެން އަހަރެން ކޮންމެ ކަމެއް ކުރިޔަސް އެ ނުވާނެ ކުޑަކުއްޖަކަށް ކަމެއް ކުރަނީ ކަމަކަށް.. އަހަރެން ތި ލޯބި މާ ބޮޑުކޮށްފަ ބެހެއްޓީ ހަމަ އަހަރެންގެ ފައިދާއަށް ހެހެ.. ” ނުލަފާ ގޮތަކަށް ހެމުން އޭނަ ބުންޏެވެ.
މިޔާ ކުއްލިއަކަށް އެމީހާގެ ގުނަވަނުގައި ފައި ކުރުކޮށްލުމަށްފަހު ބާރަށް ޖެހިއެވެ. އެއާއިއެކު އެމީހަ ހަޅޭއްލަވައިގަތުމަށްފަހު މިޔާ ގައިން ދޫކޮށްލައި އޭނާގެ ކުޑަކަކޫ މައްޗަށް ތިރިވިއެވެ. މިޔާ އަވަސް އަވަހަށް ދާރިއަން އޭނައަށް ދިން ކުޑަ ޕެޕާ ސްޕްރޭ ފުޅި ބާލީސް ދަށުން ނެގުމަށްފަހު އޭނަގެ މޫނަށް ޖެހިއެވެ. އެއާއެކު އޭނަ މޫނުގައި އަތް އެޅިއެވެ. މިޔާގެ އެހެން ހަމަލާއެއް އައުމުގެ ކުރިން އޭނަ މިޔާގެ ކަރުގައި ހިފެއްޓިއެވެ. ނޭވާ ބަންދުވަމުން ދިޔަވަރަކަށް މިޔާގެ ދެލޯ ދިޔައީ ބޮޑުވަމުންނެވެ. އޭނަގެ ދެލޮލުން ދިޔައީ ހޯސްލާފައި ކަރުނަ ފައިބަމުންނެވެ. އެ ފިރެހެންމީހާ ބަލާކަށް ނުހުރެ މިޔާގެ ކަރުގައި ހިފާ، ލުއި ފަތްކޮޅެއް ފަދައިން މިޔާ ނަގައި ފާރުގައި ޖެއްސިއެވެ. އަދި އެ އަމަލު ދެތިން ފަހަރު ތަކުރާރުކޮށްލިއެވެ. އެއާއެކު މިޔާގެ ބޯފަޅައިގެންގޮސް ލޭތައް އޮހޮރެން ފެށިއެވެ. މިޔާގެ ހޭވެރިކަން އޭނަ ދޫކޮށްލައިފައި ދިޔުމުން އެމީހަ ރުޅިއައިސްފައި ހުރެ މިޔާ އެތަނަށް އެއްލައިލުމަށްފަހު އެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
މެންދުރުގެ ހޫނުގަދަ ވަގުތެވެ. މަގުމަތިން ހިނގާފައި ދިޔަ ދާރިއަންގެ މުޅި ހަށިގަނޑު ވަނީ ދަލުން ތަތްތެޅިފައެވެ. އޭނަގެ ބަނޑުގައިވާ ‘ހަގޮޅި’ އޮތީ ހާމައަށްށެވެ. ކިތަންމެ ޕާޓޭ ފަދައިން އިސްތަށިގަނޑު ދިގުކޮށްފައި ހުރި ނަމަވެސް އަންހެންކުދިންގެ ބެލުންތައް އޭނައަށް އަމާޒުވަމުން ދިޔައެވެ. އޭނަގެ ބަނޑުގައިވާ ‘ހަގޮޅިއަށް’ އާޝޯހުވެފައި ބަލަމުން ދިޔަ އަންހެންކުދިން އެހައި ގިނައެވެ. ދާރިއަންއަށް އެއްމިޔަކަނުން ހީލެވުނެވެ. މިހާރުގެ ގިނަ އަންހެންކުދިންގެ ‘ޓައިޕަކީ ބޭޑް ބޯއީސްކަން’ އޭނައަށް ދެނެގަނެވުނެވެ. ދާރިއަން ގޮސް ގޭންގުގެ މީޓިން ބާއްވާ ކޮޓަރިއަށް ވަދުނެވެ. އޭނަ އެތަނަށް އައީ މިއަދު މީ ބޮޑު ދުވަހަކަށްވާތީއެވެ. އޭނައަށް އެގޭންގުން ދެވުނު ފުރަތަމަ މަސައްކަތް އެމީހުނަށް އޭނައަކީ ކާކުކަން ނޭނގޭ ފަދައިން އޭނަ ނިންމަން ބޭނުންވިއެވެ.
ތަންކޮޅެއް އަވަހަށް އާދެވުމުން މިޔާގެ ހާލު ބެލުމަށް އޭނަ އެކޮޓަރިއަށް ވަންނަން މިސްރާބުޖެހިއެވެ. މިހާރު އެތަނަށް ނުވަދެވޭތާ ދުވަސްކޮޅެއްވުމުން ދާރިއަން އެކޮޓަރި ހުޅުވައިލައި ވަދުނެވެ. އެ ކޮޓަރިއަށް ވަނުމުން ފެނުނު މަންޒަރަކުން ދާރިއަންއަށް ހީވީ އޭނާގެ ދެފައި ދަށުން ބިންގަނޑު ދަމައިގަތްހެންނެވެ. ފާރުގައި ރަތް ކުލައިގެ ލޭ ހުރި އިރު ފާރު ކައިރިއަށް ވެއްޓިފައި އޮތް މިޔާގެ ބޮލުން އައިސްފައިވާ ލެއިން މުށިތައް މަތީގައި ވަނީ ކޯރު ހެދިފައެވެ. ދާރިއަން ދުވެފައި މިޔާ ކައިރިއަށް ދިޔައިރު އޭނަގެ ހިތް ދިޔައީ ބާރުބޮޑުވެފައިވާ އިންޖީނެއް ފަދައިން ތެޅެމުންނެވެ. އޭނަ މިޔާގެ ކައިރީ ކުޑަކަކޫ ޖަހަގެން އިށީނެވެ. އަދި އަވަސްއަވަހަށް އެމްބިޔުލާންސަށް ގުޅުމަށްފަހު މިޔާގެ ނޭފަތާއި އިނގިލި ކައިރި ކޮށްލީ ޝައްކެއް މަތީ ހުރެއެވެ.
( ނުނިމޭ )
މި ފެށޭ ބަރަކާތްތެރި ރަމަޟާންމަހުގެ ދަރުމައާއި ސަވާބު އަޅުގަނޑުމެން އެންމެންނަށް މިންވަރުކުރައްވާ މިއީ އުފާވެރި ފާގަތި މައްސަރެއްކަމުގައި ލައްވާށި.. ހުރިހާ ކިޔުންތެރިންނަށް އަޅުގަނޑުގެ ފަރާތުން رمضان مبارك..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







Maash darl this story is so interesting… its very nice.. masha allah ❤️
keep it up…
lysm Maash ❤️
Thank you Anonymous.. I’m glad u like it..
Will do insha allah
Love u more💜🦋
Maashaa Allah mi part vx varah varah reethi….
Alhey Miya maraa nulahcheyy…..
Huvaa e fazeen eii gang eii ge gola eii kanneyge….
Polihun vx ulhe ehnu dhefuh dhegoii…
Curiously waiting for the next part
Whn next????
RAMADAN MUBARAK
Thank you Vampire girl.. I’m glad u like it
Lets see dhw vaagoii
Hehehe vedhaane thihen vx..
yess baeh plihun ulhey ehen vx dhww
Next part insha allah sunday or monday.. roadha month v ma vrh busy vaane but ill try my best..
Ramadan Mubarak to u too💜🦋
Oh my gooooddddd! Kihineh alhe e vvv?
Miyaa ah kaaku tha ehen hedhee? Haadha goahey dhw
Alhe Dhaarian ambulance ah gulhyma gang ge meehunah bust vaane ehnuntha? I mean, emmenah engeyne ehnu Miyaa akee v gotheh neyngi gellunu kujjeh kan. But suddenly e gothah fenunyma emmemah vaanee kihineh?
Alhe Maavin ah vx neynge vaane gotheh?..
Aslu i ah heevanee Dhaairan visnaanulaa negi fiyavalheh hen eii..
E oh hurihaa dhuvahaku kuri massakai beykaaru vejjiyyaa?
Ukail men ge plan vx flop vedhaaneee!
Oh gosh, why am i freaking out? Heevanee i hen ulhenee thi story thereyga 😂
But srsly, alhe i want next episode kiyan..
Maash! Tysm for this episode.. Plus thankolheh avahah up kohdhineema..
Curiously waiting… Soo so much ty, again.!
Btw, when will u upload the next episode? 💚 (a green heart for u today)
Ohh my.. haadha bodu comment ekey dhw mii..
Lets see miyaa ah kaakutho ehen hedhey dhw.. yes vrh goas koh aslu emeeha ekanthah kuree.
Hama vedhaane thihen vx.. yes emmenah engeyne miyaa akey gehlunu kujjehkan. lets see suddenly ehen fenunema vany kihineh thw…
Maavin vrh dheravaane dhw asluga kokko ah vefa oii gothun..
Vedhaane hama.. dhaarian vx miya ehen fenuneyma hunaany vrh haas vefa ehnun..
hehe lets see dhw..
Aww I’m glad story therey ulhevey gothah feel vaakan.. that means my sifa kurunthah is improving dhww hehe..
Next part insha allah sunday or mondayga..
Thankyou for the green heart darling.. 💜 (returning a purple eart for u my dear😊)
Ohh, I forgot!
Ramadan Mubaarak Maash, and other readers.!
Ramadan Mubarak
Ramadan Mubarak to yu and others 🫶🏻🖤
Ramadan Mubarak to u too Oreo gurll💜🦋
Hey maash dhuvas kolheh vejje dho comment eh koh nulevey thaa.kihineh tha haalu? Ramadan Mubarak ingey Rifoo ge faraathun.
Alhey mia ah haadha dhera gothekey dho e vany.varah dhera vey ehen vaathy vx.mia ah dhera gotheh nahadhahchey ingey maash.
Love you
Hey Rifoo… Insha allah vrh ragalhu.. Rifoo ge haalu kihinehtha? Ramadan Mubarak maash ge faraathun vx..
Hehe sorry miyaa ah vrh dhera gotheh dhw mi hedhununnyy.. Let’s see dhw vaagoi..
Love u moree💜🦋
V reethi mi part ves
Thank you UNKNOWN GURLL.. I’m glad u like it💜🦋
Hey maash!!
This story is full of Mystries
Ramadan Mubarik💗💗
Lyssssssm☺✨
Hey Your fav bab!!
Thank you UNKNOWN GURLL.. I’m glad u like it
Ramadan Mubarak..
Love you moree💜🦋
V.reethi
Shukuriyya Mariyam Azuraa..💜🦋
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Alhey miyaa ah dhera gotheh nuhadhachey
Dhaaya and ukail gulhuvachey
Miyaa and dhaarian ves
They all are made for each other
I appreciate your hard work
Your my fav author
Tc 💘
Ramadan Mubarak ❤️
Love you maash ❤️😇
Thank you Cutie girl. I’m glad u like it..
Thankyou for ur support darling
Lets see dhw miyaa ah vaa goi
Lets see if they all become a couple in the end dhww
Thankyouuuu..
Aww thats so sweet..
Ramadan Mubarak darling
Love you moreee💜🦋
vv reethi ki part vx
next part kn dhuhukun???
Thank you ishko. I’m glad u like it..
Next part insha allah sundey noony mondayga💜🦋