އިންސާފު ލިބޭނެބާ؟
ޒާލިކްގެ ނޯޓް ކިޔާ ނިމުނުއިރު ދާލިޔާގެ ދެލޮލުން ދިޔައީ ހޯސްލާފައި ކަރުނަ އަންނަމުންނެވެ. އޭނައަށް މޫނުގައި އަތް އަޅައި ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ. ” އަހަރެންމީ ކޮންކަހަލަ އެކުވެރިއެއް؟ އެންމެ ގާތް އެކުވެރިޔާ އެހައި ވޭނުގައި އުޅުން އިރުވެސް އަހަރެންނަކަށް އޭގެ ހިލަމެއް ނުވި.. ” ރަމުން ދާލިޔާ ބުންޏެވެ. އުކައިލް ދާލިޔާގެ އަތުގައި އަތްބާއްވާލިއެވެ. ނަމަވެސް ދާލިޔާ އޭނާގެ އަތް ދުރުކޮށްލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ.
***ޕާޓް 23***
އެއް ހަފްތާ ފަސް
އުކައިލް އާއި އިޔާދު ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. ދާލިޔާ އެދުވަހުގެ ފަހުން އުޅުނީ އުކައިލްއާ ދުރުދުރުންނެވެ. ސަބަބަކީ އޭނައަށް ޒާލިކް ނުބައި މަގަކުން ދިޔުމުގެ ފަހަތުގައި އޭނަގެ އަތެއްވާކަމަށް ހީވާތީއެވެ. އުކައިލް ދާލިޔާއަށް ވަގުތު ދިނުމަށްޓަކައި ގާތުގައިވާން ކިތަންމެ ބޭނުންވި ނަމަވެސް ދާލިޔާއާއި އުޅުނީ ދުރުދުރުންނެވެ. މިޔާ އަދިވެސް އެ ނުލަފާ މީހުންގެ އަތްދަށުގައި ވަނީ ހައްޔަރުވެފައެވެ. މާވިން ދިޔައީ ކޮއްކޮ ސަލާމަތް ކުރުމަށްޓަކައި ކުރެވޭނެ ހުރިހާ ކަމެއް ކުރަމުންނެވެ. މާވިން ދިޔައީ އޭނަގެ އަމިއްލަ ބޭނުމަށް ހޫރީން ބޭނުން ކުރަމުންނެވެ. މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ދާރިއަން މި ވަނީ ބްލަޑް މާފިޔާ ގޭންގުގެ އެއްވަނަ ބަޔަށް އަރާފައެވެ. އޭނައާ އެކިއެކި މީހުން ވަނީ ބައްދަލުވެފައެވެ. މި ގޭންގުގެ މީހުން ޖަލުގެ ތޭރިތަކުގެ އެތެރެއަށްލުމަށްޓަކައި ކުރެވޭނެ ހުރިހާ ކަމެއް މާވިން އާއި ދާރިއަން ކުރަމުން ދިޔައެވެ.
އޮފީހުގައި ހިޔާލަކަށް ގެއްލިފައިއިން ދާލިޔާއަށް ސިހުމެއް ގެނުވީ މީހަކު އައިސް އޭނަ ކައިރީގައި އިން ގޮޑިއެއްގައި އިށީނުމުންނެވެ. ދާލިޔާ މަޑުމަޑުން އެނބުރިލިއިރު އެތާގައި އަތުގައި ޕްލާސްޓާރއެއް އަޅައިގެން އިނީ އުކައިލްއެވެ. ” އަހަރެންނަށް ދާޔާއަށް ވަގުތު ދެވިއްޖެހެން ހީވަނީ.. ދާޔާ.. އަހަރެންގެވެސް އޮންނަނީ ހިތެއް.. އަހަރެންގެ ހިތަށްވެސް ތިހެން ކަންތައް ކުރީމަ ތަދުވެޔޭ.. ދާޔާގެ ދުރުކަމުން އަހަރެންގެ މޭތެރޭގައި މިވާ ހިތަށް ހާދަ ތަދުވެޔޭ.. ދާޔާ ތިހާ އަނިޔާވެރިވީ ކޮން އިރަކު.. ” އުކައިލް ދާލިޔާގެ އަތުގައި ހިފާ ގެނެސް އޭނާގެ މޭގައި ޖައްސާލަމުން އަސަރާއިއެކު ބުންޏެވެ. އުކައިލްގެ މި ހަރަކާތުން ދާލިޔާގެ ހިތުގެ ހިނގުން އަސްވެލިއެވެ. އުކައިލް ދާލިޔާގެ ދަތްދޮޅީގައި ހިފައި އޭނާގެ ލޮލާއި ހަތަރުކަޅި ހަމަކުރުވިއެވެ. ” ދާޔާ ޕްލީޒް.. އަހަރެން ދާޔާދެކެ ވަރަށް ލޯބިވޭ.. އަހަރެންގެ ހިތަށް ތިހެން ނުހަދާ.. ” އުކައިލް އަނެއްކައިވެސް ބުނެލިއެވެ. އުކައިލްގެ އާދޭސްތަކުން ދާލިޔާގެ ހިތަށް ދިޔައީ ތަދުވަމުންނެވެ.
” އައިމް ސޮރީ.. ” މަޑުމަޑުން ދާލިޔާ ބުންޏެވެ. އުކައިލް ބޯހޫރުވައިލިއެވެ. ” ދާޔާ ސޮރީ ބުނާ ވަރުކަމެއް ނުކުރޭ.. އެކަމަކު އަހަރެންނަށް ދާޔާގެ ދުރުކަމެއް ކެތެއްނުވާނެ.. ދާޔާއަށް އައި ތިބަދަލެއްގެ އަސްލަކީ ޒާލިކްކަން އަހަރެންނަށް އެނގޭ.. ދާޔާ ދައްކާ ވާހަކަ އަހަރެން މިހުރީ އަޑުއަހަން.. ” އުކައިލް ދާލިޔާއަށް ލޯބިން ފުރިގެންވީ ނަޒަތަކުން ބަލައިލަމުން ބުންޏެވެ. ދާލިޔާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި އޭނަ ފޮހެލިއެވެ. ” އަހަރެންނަށް ރަނގަޅު އެކުވެރިއަކަށް ވެވުންނަމަ ޒެކް މިއަދު ދުނިޔޭގަ ހުންނާނެ.. ” ނޭފަތް ދަމާލަމުން ދާލިޔާ ބުންޏެވެ. ” އެއީ ދާޔާގެ ފޯލްޓެއްނޫން.. ޒެކްއަށް އެހެންވީ ހަސަދައިގަ ޖެހުނީމަ.. ” އުކައިލް ދާލިޔާއަށް ވިސްނައިދިނުމުގެ ގޮތުން ބުންޏެވެ.
***
ޝިމާއު ދާރިއަން ގާތު ގޭންގުގެ މީޓިން އޮންނަ ތަނަށް އަންނަން ބުނުމުން ދާރިއަން ހުރީ އެތާނގައެވެ. އޭރު އެތާގައި އޭނައަށް ނުފެންނަ އެތައް ގޭންގު މެމްބަރުންނެއް ތިއްބެވެ. އޭނަ އައުމުން އެ އެންމެންގެ ލޯތަށް އޭނައާއި ދިމާލަށް ހުއްޓުނެވެ. ޝިމާއު ދާރިއަންގެ ގާތަށް އައިސް ހުއްޓުނެވެ. ” މަރުހަބާ ދަޔާން މިއީ ގޭންގުގެ އެންމެ މައްޗަށް އޮންނަ ބައި.. ބައިގަ މި އުޅެނީ ރިލޭ، ނަޒޭ އަދި ޒަހޭ.. ދެން އުޅޭ މީހަ އަދި ހައިޑިންގަ.. ” އެތާ ހުރި ތިން މީހުންގެ ތަޢާރަފެއް ދެމުން ޝިމާއު ބުންޏެވެ. ” އޭނައަށް ކިހިނެތްވީ؟ ” ދާރިއަން އަހައިލިއެވެ. ” ވަރަށް ފަހުން ފެންމަތިވިއެއްނުން އަންހެނެއްގެ ގައިގަ އަލިފާންޖަހައިގެން މަރައިލި މައްސަލައެއް.. އޭނަ އެކަންތައް ކުރީ.. އަދި މޮޔަކަމުން ފާޑެއް އަންހެނަކަށް އޭނަގެ ސިފަވެސް ދައްކާފަ ފިލީ.. އޭނަ އަންނާނެ ދުވަސްކޮޅަކުން ސިފަ ބަދަލުކޮށްލާގެން.. މިހާރުވީ އިންޑިއާގަ.. ” ޝިމާއު ބުންޏެވެ.
ދާރިއަންއަށް އެ ކިޔަނީ އުކައިލްގެ މަންމަގެ ހަށިގަނޑުގައި އަލިފާންޖެހި މީހާކަން ޔަގީންވިއެވެ. އޭނަ ދިޔައީ އޭނަގެ އަތުގައި އޮތް ރޮކޯޑްރ ޕެންގެ އެހީގައި އެމީހުންގެ ވާހަކަތައް ހެކީގެ ގޮތުގައި ރިކޯޑް ކުރަމުންނެވެ. ” އަހަރެން މިތަނަށް ގެނައީ ކީއްކުރަން ” ދާރިއަން އޭނަ އެތަނަށް ގެނައުމުގެ ބޭނުން ނޭނގޭތީ އަހައިލިއެވެ. ޝިމާއު ދާރިއަންއަށް ބަލައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ” އަހަރެން ދަޔާން މިތަނަށް މިގެނައީ މިހާރު ދަޔާންއަކީ މި ގޭންގުގެ ފުރަތަމަ ބައިގެ މީހަކަށް ވާތި.. އަދި ކަލެޔަށް މަސައްކަތެއް ޖައްސަން. ” ޝިމާއު ދާރިއަންއަށް ބަލައިލަމުން ނުރައްކާތެރިކަމާއެކު ބުންޏެވެ. ދާރިއަން ކޮން މަސައްކަތެއްތޯ އަހާ ފަދައަކުން އެއްބުމަ އަރުވައިލިއެވެ.
ޝިމާއު އެތާކައިރީގައި ހުރި މޭޒާއި ދިމާލަށް ގޮސް ހުއްޓުނެވެ. އަދި ކަރުދާސްތަކެއް ހޫރުވައިލިއެވެ. އެއީ ކޮންމެވެސް މީހެއްގެ ފޮޓޯތަކެކެވެ. ދާރިއަން އޭގެން ފޮޓޮއެއްނަގައި ބަލައިލިއިރު އޭނަގެ ހިތް އަނގައަށް އައި ފަދަ އިހުސާސެއް ކުރެވުނެވެ. އެއީ އުކައިލްއާ އުކައިލްގެ މަންމަގެ ކޭސް ހަވާލު ކުރި އިންސްޕެކްޓާރ ކިނާންއެވެ. މި މީހުން ކިނާން މަރައިލަން އުޅެންޖެހޭ ސަބަބެއް ދާރިއަންއަކަށް ނޭންގުނެވެ. ނަމަވެސް އެމީހުންނަށް ޝއްކެއް ވާން ބޭނުން ނުވާތީ ދާރިއަން އޭނައަށް ފޮޓޯގައިވަނީ ކާކުކަން ނޭނގޭ ކަމަށް ހަދައިލިއެވެ.
” މީ ކޮޕެއްނުން.. މީނަ ކީއްކުރީ؟ ” ދާރިއަން ނޭނގޭ ކަމަށް ހަދައިލަމުން އަހައިލިއެވެ. ޒާލިކް މަރުވިތާ ހަފްތާއެއް ނުވެ އަނެއްކައި މިކަހަލަ ކަމެއް ޖެހުމުން އޭނަ ހުރީ ބޮލަށް އުނދަގޫވެފައެވެ. ” މިއީ އަހްމަދު ކިނާން.. މީނަ މަރައިލައިގެން ނޫނީ އަހަރުންނަށް ހާދިންއެއް ނުގެނެވޭނެ.. ” ޝިމާއު ބުންޏެވެ. ” ހާދިންއަކީ އެ އަންހެންމީހާގެ ގައިގައި އަލިފާންޖެހި މީހަ ދޯ؟ ” ދާރިއަން އަހައިލިއެވެ. ޝިމާއު ބޯޖަހައިލިއެވެ. ” ކީއްވެ ތިބުނީ އޭނަ މަރައިލައިގެންނޫނީ ހާދިންއެއް ނުގެނެވޭނެއޭ؟ ” ދާރިއަން އަހައިލިއެވެ. ” އެ އަންހެންމީހަގެ ދަރި އުޅޭނެ ފުލުހުގަ.. ކިނާންއާ ދެމީހުންވެގެން އެކޭސް ބަލާތީ.. އެ އަންހެނާގެ ދަރިއަކީ ކުރިން މި ގޭންގަށް ވަދެފަ ދޯކާދީފަ ހުރި މީހެއް.. އެކަމާ ހުރެ އަހަރުން އޭނަގެ މަންމަގެ ގައިގަ އަލިފާންޖެހީ.. ” ޝިމާއު ކިޔާދިނެވެ.
ދާރިއަންއަށް ހުރެވުނީ އަތް މުއްކަވައިލައިގެންނެވެ. މި މީހުން މީހަކު މަރައިލި ވާހަކަ ދައްކާއިރު ހީވަނީ ކޮއްގެން މިއުޅެނީ ފެންފޮދެއް ބޯލުންހައި ފަސޭހަ ކަމެއް ހެންނެވެ. އެމިހުންގެ ހިތުގައި ރަހުމެއް ކުލުނެއް ވާހެނެއް ހިޔެއްނުވެއެވެ. ” އަހަރެން ބޭނުންވަނީ ދަޔާން މިކަމުގައި އިސްނަގައިގެން ކުރިއަށް ގެންދަން.. ” ޝިމާއުގެ އަޑުއިވި ދާރިއަންގެ ކަރުގައި އޭނާގެ ނޭވާ ތާށިވި ފަދަ އިހްސާސެއް ކުރެވުނެވެ. އޭނައަށް މަޑުމަޑުން ހިންދިރުވައިލެވުނެވެ. ” މަ؟ ” ދާރިއަން މަޑުމަޑުން އަހައިލިއެވެ. ޝިމާއު ބޯޖަހައިލިއެވެ. އޭރު އެތާގައި ތިބި މީހުން ދާރިއަންއާއި ދިމާލަށް ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ.
” މަ ކީއްކުރަންވީ؟ ” ބިރު ކަނޑުވައިލުމަށްފަހު ދާރިއަން އަހައިލިއެވެ. ” ކަލޭ މިކަމުގެ ލީޑަރަކަށްވެ ހުރެ މިކަންތައް ކުރަންވީ.. އަހަރުމެންނަށް އޭނަ ދިނީ ދެދުވަސް.. ” ޝިމާއު ބުންޏެވެ. ” ކޮން އޭނައެއް؟ އަދި އެންމެ ދެ ދުވަހޭ؟؟ ތީ ހާދަ މަދު ވަގުތުކޮޅެކޭ.. ” ދާރިއަންއަށް ބުނެވުނެވެ. ” އޭނައަކީ އަހަރެމެންގެ ބޮސް.. އެންމެ މައްޗަށް ހުންނަ މީހަ.. އޭނަ ބުނީމަ ބުނާ ގޮތް ހަދަންޖެހޭނީ.. ކަލެޔަށް އަހަރެންވެސް އަދި މި ތިބަ މީހުންވެސް އެހީވާނަން.. ” ޝިމާއު އެތާ ތިބި ތިން މީހުން ދައްކާލަމުން ބުންޏެވެ. ދާރިއަން އިތުރަށް އެމީހުންގެ އެންމެ މައްޗަށް ހުންނަނީ ކާކުކަން އެހުމުންވެސް ޖަވާބެއް ނުލިބުނެވެ. އެންމެ ފަހުން ދާރިއަން ސުވާލު ކުރުން ހުއްޓައިލިއެވެ.
އެތާ ތިބި ހަތަރު މީހުންނަށް މަސަތްކަތް ޖައްސާފައި އޭނަ ދިޔައީ ޓީމް މީޓިން ބާއްވާ ތަނަށްށެވެ. އޭނަ ދާލިޔާއަށް ގުޅާލުމަށްފަހު އެންމެން ގޮވައިގެން އަންނަން އެދުމުން ދާލިޔާ އާއި ދެން ތިބި މީހުން އަވަހަށް އެތަނަށް އައެވެ. ދާރިއަން ހުރީ އެމީހުން އެ ކޮޓަރިގަނޑަށް ވަންއިރު ބޮލުގައި އަތް އަޅައިގެން އިސްޖަހައިގެންނެވެ. ” އުފާވެރި ހަބަރެއް ދޭކަށްނޫން ދޯ އަހަރުމެން މިތަނަށް ތިގެނައީ.. ” އިޔާދު ބޯހޫރައިލަމުން ބުންޏެވެ. ދާރިއަން އިރުކޮޅަކު އެހެން ހުރުމަށްފަހު ބޯހިއްލައިލައި އެންމެންނަށް ބަލައިލިއެވެ. ” ގޭންގް މީހުން އަނެއްކައި އެބަ ރާވާ މީހަކު މަރައިލުމަށް… ” ދާރިއަން ފުންނޭވާއެއް ދޫކޮށްލަމުން ބުންޏެވެ. ދާލިޔާގެ ދެލޯ ބޮޑުވިއެވެ. ” ކާކު؟ ” އުކައިލް އަހައިލިއެވެ. ” ކިނާން ސާރ.. ” ދާރިއަން މަޑުމަޑުން ބުންޏެވެ. ” ވަޓް ކީއްވެ؟ ” ދާލިޔާއަށް ބުނެވުނެވެ. ” އަހަރުމެން އުކައިލް މަންމަގެ ކޭސް ބަލަމުން ދާކަށް އެނގުނީމަ.. އަހަރެންނަށް އެނގިއްޖެ އުކައިލް މަންމަގެ ގާތިލްގެ ނަން.. އޭނައަށް ކިޔަނީ ހާދިން.. އަހަރެންނަކަށް ނޭނގެ ފުރިހަމަ ނަމެއް މިހާރު ހުރީ އިންޑިއާގަ ކަމަށް ވަނީ.. އަހަރުންނާ ފިލަން… ” ދާރިއަން ބުންޏެވެ. އުކައިލްގެ މޫނުމަތި އަނދިރިވިއެވެ. އޭނަގެ މަންމަގެ ގާތިލްއަކީ ކާކުކަން އެނގުމުން އެ މަންމައަށް އިންސާފު ހޯދާ ދިނުމަށްވެފައިވާ ބޭނުން އިތުރުވިއެވެ.
” ތިވީނުން.. ދެން ހިނގާ އޭނަ ހައްޔަރު ކުރަމާ.. ދާލިޔާ އެ ހާދިންއެއްގެ މައުލޫމާތު ހޯދާ.. އަހަރެން ބޭނުން އެހާދިނެއް މިހާރުން މިހާރަށް ހައްޔަރުކުރަން.. ” އުކައިލް އަވަސް އަވަހަށް ބުނެލިއެވެ. ” އުކައިލް މޮޔަވީތަ؟ އޭރުން ދާރިއަންއޯ؟ އެ ގޭންގު މީހުންނަށް ދާރިއަންއަކީ ކޮޕެއްކަން ފަޅާ އަރާފިއްޔާ ދާރިއަން މަރައިލާކަށްވެސް ފަހެއް ނުޖެހޭނެ.. އެއަށްފަހު އެމީހުން ދިމާ ކުރާނީ ދާރިއަންގެ އާއިލާއާ.. އެހެން ނޫނަސް މިހާރު ރިކޯޑިން ޕްރޫފްއަކީ އެއްވެސް އެއްޗެއްް ނޫން.. ހީވޭތަ ކޯޓުގަ މީހަކު މަރާލިކަމަށް ތިޔަ ކިޔާ ހާދިނެއް އެއްބަސް ވާނެހެން؟ އަހަރެމެން ޖެހޭނީ އޭނައަށް ޖަލުން ނުނިކުމެވޭ ވަރަށް ހެކި ހޯދަން ފުރަތަމަ.. އަދި ތި ގޭންގު އެއްކޮށް ހިފެއްޓީމަ ނޫނީ ދާރިއަންވެސް ސަލާމަތެއް ނުވާނެ.. ” އިޔާދު އުކައިލްއަށް ބަލައިލަމުން އޭނަ އަވަސް އަރުވާލައިފައި ހުރުމުން ބުންޏެވެ.
ދާރިއަންވެސް އިޔާދުގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. ދާރިއަންއަށް ފޯނުކޯލެއް އައުމުން ދުރަށް ޖެހިލިއެވެ. ” އަހަރެން ބޭނުންވޭ އެބަ ކޮޕުންކޮޅެއް އެއާރޕޯޓްއިން.. ކަލޭގެ އެކުވެރިން ކޮޅުވިޔަސް މިތަނަށް ފޮނުވަބަލަ.. ” މާވިން ދާރިއަން ފޯނު ނެގުމުން ބުންޏެވެ. އަދި ދާރިއަންގެ ޖަވާބެއް އެހުމެއްނެތި ފޯނު ކަނޑައިލާ އޭނަ ހުރި ތަނުގެ ލޮކޭޝަން ފޮނުވިއެވެ. ” ތި މީހުން މިތަނަށް ދޭބަލަ.. އަހަރެންނަށް ހީވަނީ ކްރައިމް ސީންއެއްހެން.. ” ލޮކޭޝަން ދައްކާލަމުން ދާރިއަން ބުންޏެވެ. ރުޅިއައިސްގެން ދެވަރުން އެއްވަރުވެފައި އުކައިލް ހުރި ނަމަވެސް އެންމެންގެ ބަސް ގަބޫލު ކޮށްގެން އޭނަގެ ކާރުގައި އިޔާދު އަދި ދާލިޔާއާއިއެކު އެތަނަށް ދާން މިސްރާބު ޖެހިއެވެ.
( ނުނިމޭ )
މި ބައި ލަސްވިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މާފަށް އެދެން
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







I just love this
It’s full of mystery
Vara exited next part
I want to say ur one of the most creative story writer ever…
I love ur stories 💖
Keep up the good work
When is next part
Thank you Alana..
I’m glad u like it
Next part insha allah Thursdayga genesdheveythw balaanan.. but mihaaru roadha mahah ready vaathy kudakoh lasvedhaane.. i hope you’ll understand..
I’m glad u like my stories..💜🦋
Maashaa Allah mi part vx varah varah reethi…
e haadhin bust vaan kanneyge e ulheny…
Haadha curious kohlaafa ey thi ninmaalee….
Dhn maavin ah hooryn dheke enme fahun loabi veveyny kanneyge…..
When next????
It’s ok
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Dhaaya and ukail gulhuvachey
Miyaa and dhaarian ves
They both are made for each other
I appreciate your hard work
You’re my fav author
Tc 💖
Ly maash ❤️
Thank you Vampire girl… I’m glad u like it
Hehe vedhaane haadhin bust vany kamahvx..
Lets see dhww vaagoii..
Next part insha allah Thursdayga genesdheveythw balaanan.. but mihaaru roadha mahah ready vaathy kudakoh lasvedhaane.. i hope you’ll understand..💜🦋
Thank you Cutie girl… I’m glad u like it
Next part insha allah Thursdayga genesdheveythw balaanan.. but mihaaru roadha mahah ready vaathy kudakoh lasvedhaane.. i hope you’ll understand..
Lets see dhw vaagoii..
Aww thank youu..
Tc darling..
Love u moree💜🦋
Sorry 2 kudhinge comment olhuvailaagen reply kurevunymi😅
V reethi mi part ves!
Waiting for your next part!
Keep it up!
Haadha curious vehje ey!
Thank you Zozo.. I’m glad u like it
Next part insha allah Thursdayga genesdheveythw balaanan.. but mihaaru roadha mahah ready vaathy kudakoh lasvedhaane.. i hope you’ll understand..
Thank you for ur support💜🦋
varah dhigu inthizaarakafahu finally…. my fav storyge new episode eh aissi…. Allahumma Barik.. Maash varah molhu vaahaka liyan…
Aww thank you darlingg.. thats so sweet.. I’m honored that this is ur favourite story..
Next part insha allah Thursdayga genesdheveythw balaanan.. but mihaaru roadha mahah ready vaathy kudakoh lasvedhaane.. i hope you’ll understand..💜🦋
V reethi mi part ves
Ramadan Mubarak maash
Thank you UNKNOWN GURLL.. I’m glad u like it..
Ramadan Mubarak to u too darling💜🦋
Awwn haadha dhuvas kohlaafa ey maash ge mi story kiyaalan mi libunee..
And its ok. Roadha ah thayyaaru vaa iru emmen vx ulheynee bxy koh..
But varah varah curious kohlaafa thi nimmaalee..
Please please thankolheh avahah next episode genes dhehchey maash 💙
Hehe sorry for the delay Oreo gurll.. I’m glad u understand darling.. yes roadha ah thahyyaaru vaan vrh busy koh miulheney.. Next ep up vefa iny mihaar🦋💜
Hey marsh
mi part vess vrh reethi sifa kurun and everything.. and sorry ingey ehaa lahun comment kollevuniima busy kamun adhi kiriyaa mi kiyaalevuny.. and it’s okay lass viyass vess were always waiting for ur story authors also have a life outside writing dhw understandable shiher ah vrh understand vey.. can’t wait for next
Lysssssmmmm
Hey shiherr..
Aww thank you vrh happy vejje shiherrr ah mi part reethi v ma.. It’s ok roadha mas v ma emmen vx buxy vaane ehnun dhww.. I completely understand.. I’m glad u understand.. Yess author’s ge vx life eh onnaane writing noonas.. Next part up vefa mihaaru iny..
Love u more darling 💜🦋