Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (9)

kamana Level 310 Stories500 Comments100 Comments
December 8, 2015 4 Mins Read
11 Comments

ފަތިސް ނަމާދަށް ބަންގިގޮވުމާއެކު މުޅިގެ ވަނީ ހަލަބޮލި ކޮއްލާފައެވެ. ދުވަހަކީ ހަފްތާ ބަންދު ދުވަހެއްކަމުން އިސްހާގްއާއި ޖާވިދު ނިންމީ ދަތުރެއް ދިޔުމެވެ. ލީނާއާއެކު މަޖާ ވަގުތުކޮޅެއް ހޭދަ ކޮއްނުލާތާ އެތަށް ދުވަހެއް ވެދާނެއެވެ. ދަތުރުދާން ނިންމީ ކުޑަ ބަނޑޮހަށެވެ. ފުރަތަމަ ކޮޅު ލީނާ ދަތުރުދާން ވަރަށް ދެކޮޅު ހެދިއެވެ. ލީނާ ގޮވައިގެން ދިޔުމުން އެއްވެސް ފަސޭހައެއް ނުވާނެ ކަމަށް ބުނެ ދެކޮޅު ހެދިއެވެ. އެހެން ނަމަވެސް އިސްހާގްއާއި ލަމްހާގެ ކުރުނުކުރުމުން އާއެކޭ ބުނީ އެތަށް ޒަމާނެއްވަންދެން ގެއްލިފައިވާ އުފާވެރިކަން އޭނާގެ ސަބަބުން ގެއްލުނަނުދިނުމަށެވެ.

“ކޮބާ އަވަސް.. ކޮބާ ލީނާ” ލަމްހާ ގޭމައިދޮރާށިން ނިކުތް ތަނުން ޖާވިދު އަހާލީ ލީނާ ނުފެނުމުންނެވެ. “އެބަ އާދޭ އިސްހާގްއާއެކު.. “ލަމްހާ ޖާވިދުގެ ސުވާލަށް ޖަވާބު ދިނުމަށް ފަހު ކާރަށް އެރިއެވެ. އިސްހާގް ލީނާ ގޮވައިގެން ބޭރަށް ނިކުތުމުން ޖާވިދު ދުވެލާފަ އައިސް ކާރަށް އަރަން ހިނގާބަލާށޭ ބުނެލިއެވެ.

ދަތުރުގައި ބައިވެރިވީ އިސްހާގްގެ އޮފީސް ކުދިންނާ ލަމްހާގެ ކޮލެޖް ގެ ދެތިން ރައްޓެހިންނެވެ. ޒަމާންތަކަކަށްފަހު މަޖާ ވަގުތު ކޮލެއް ހޭދަ ކޮއްލުމަށް ލިބުމުން އިސްހާގް އާއި ޖާވިދު ހުރީ ނިކަން އުފަލުންނެވެ. ޖާވިދުގެ އުފާވެރިކަން ދެގުނައަށް ގޮސްފައިވަނީ މި ދަތުރުގައި ލީނާ ބައިވެރި ވުމުންނެވެ.

އުޑުމަތި ހީވަނީ ނޫކުލައިގެ ސާލެއް އަޅާލައިފައި އޮންނަ ހެންނެވެ. ފަޒާގައި ތެއްފިނި ކަމެއް އެކުލެވިގެންވާއިރު އެ ފިނިކަމުން ހޫނުކަން އިހްސާސް ކޮއްދިނުމަށް އިރުއޭގެ ވާޖިބު އަދާކުރުމަށް އަރައިގެންއައެވެ.

ބަނޑޮހަށް ލެފުމާއެކު އެންމެން ހަމަޖެހިލާ ހެނދުނުގެ ނާސްތާކުރަން ރެޑީ ވެލިއެވެ. ޒުވާން ގުރުޕް ބިންމަތީ އިށީދެގެން ތިބި އިރު ލީނާ ވީލް ޗެއާރގައި އިނެވެ. އެކި ވާހަކައިގައި ތިބެ ހެނދުނުގެ ސައި ނިމުނު ގޮތްވެސް ނޭނގެއެވެ.

“ދެން އަބަދު ވޮލީތަ ކުޅެނީ.. ނެއްތަ ތަންކޮޅެއް މަޖާ ގޭމްއެއް.. ލީނާ ވެސް އޭނީ ފޫހިވެފަ” ވޮލީ ކޯޓުގައި އިން ލަމްހާ ވޮލީ ކުޅެން ފޫހިވުމުން އެންމެންނަށް އިއްވާލިއެވެ. “ނޫނޭ.. އެބައޮތް ސަޅި ގޭމްއެއް.. ރެޕަންޒިލްއަށްވެސް ކުޅެވޭނެ…. ހިނގާ ޕިގީ ބެގް ރޭސްއެއް ޖަހަން.. ވަރަށް މަޖާވާނެ..” އިސްހާގް އެހެން ބުނުމުން ލަމްހާ ދެލޯ ބޮޑު ކޮއްލިއެވެ. އަދި ނުކުޅޭނަމޭ އިސްހާގް ކައިރީގައި ބުންޔެވެ. ނޫނޭ ކޮއްކޯ.. ލެޓްސް ޕްލޭ.. ވަރަށް މަޖާ ވާނެ.. ކޮއްކޮ އަރާނީ ދޮންބެ ކޮނޑަށް” އިސްހާގް އެހެން ބުނުމުން ލަމްހާއާއި ޖާވިދުގެ މޫޑު ގޯސްވިއެވެ. މިހެން ވިޔަ ނުދޭނަމެވެ. ޖާވިދު ހިތާ ހިތާ އެހެން ކިޔާލިއެވެ. “ނޯ ނޯ ނޯ.. ލީނާ ޔޫއާރ މައިން. އިއްޓު ގެންގުޅޭ ލަމް” ޖާވިދު އެހެން ބުނުމުން ލީނާ އާއި އިސްހާގް ޖާވިދުގެ މޫނަށް ބަލާލިއެވެ. “ސާބަސް.. ދެން އޭރުން ދޯ މަޖާވާނީ. އެހެން ނޫނަސް އައި ވިލްބީ ހިޔާރ ލީނާއަށް ދެރަގޮތެއް ނުވާނެ އިރާދަ ކުރެއްވިއްޔާ” ޖާވިދު އެހެން ބުނުމުން އިސްހާގް ކޫލް އޭ ބުނެލިއެވެ. ޖާވިދު އެހެން ބުނީއްސުރެން ލީނާގެ ހިތް ނެގި ނެގިފަ ޖެހޭ އަޑު ލީނާއަށް އިވެއެވެ. އަތްފައި ފިނިވާހެންވެސް ހީވިއެވެ. އަނެއްކާ މީ ކިހިނެއް ވާ ކަމެއް ހެއްޔެވެ. ޕްލީސް ކޮންސަންޓްރޭޓް. ލީނާގެ ވިސްނުން އެކި ދިމާލަށް ދާން ފެށުމުން މީހާ ހަމައަކަށް އަޅުވާލިއެވެ. އިސްހާގް ލީނާ ޖާވިދު ކޮނޑަށް އަރުވަދޭން އެހީތެރިވެދިނެވެ. 5 ޖޯޑުގެ ބައިވެރިން ތައްޔާރު ވުމުން ރެފްރީއަށް އިން ކުއްޖާ ތުމުން ފުމެލިއެވެ.

އަޅާ ކޮންމެ ފިޔަވަޅަކުން މޫދުގެ ލޮނުގަނޑު ބުރުއްސަމުން ދެއެވެ. ލަމްހާގެ ހިތް ހީވަނީ ދެންމެ ދެންމެ ނިކުމެދާނެ ހެންނެވެ. އިސްހާގްގެ ކޮނޑުމަތީގައި ދެއަތުން ހިފާލައިގެން ހުރިއިރު މިވަގުތު ކޮޅު ނިމުމަކަށް ނާދޭތޯ ދުއާ ކޮއްލެވުނު އަދަދުވެސް ނޭގެއެވެ. ޖާވިދުގެ ހާލުވެސް ހަމަ އެފަދައެވެ. ލިނާ ޖާވިދު ބުރަކަށި މަތީ އޮތް އިރު ލީނާގެ ހިތުގެ ތެޅުންވެސް ޖާވިދުއަށް އިހްސާސް ކުރެވުނެވެ. ލީނާގެ ލޫޅާފަތި ހަށިގަނޑު ޖާވިދު ގައިގައި ބީހިލާ ކޮންމެ ފަހަރަކު ހަށިގަނޑަށް ކަރަންޓު ޖެހޭކަހަލަ އިހްސާސެއް ކުރުވައެވެ. ރޭސް ނިމުނު އިރުވެސް ލީނާ އޮތީ ޖާވިދުގެ ކޮނޑުމަތީގައެވެ. ރޭހުން މޮޅުވީ އިސްހާގްގެ އޮފިސް ޖޯޑެކެވެ. “ދެން .. އަހަރެން ގޮނޑިއަށް ލާދީ” ރޭސް ޖަހާ ނިމުނު އިރަށް ލީނާ ޖާވިދު ކައިރީގައި ކިޔަން ފެއްޓިއެވެ. ޖާވިދުއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ. ޖާވިދުގެ ކޮޑުމަތީގައި މިހާއިރު އޮތީ ނޭވާ ނުލައެވެ. މީހާ ދާހިތްލާ ފޯވެއްޖެއެވެ. ޖާވިދުގެ ކޮންމެ އާދައެއް ކަމުދާން ފައްޓައިފިއެވެ. އެހެން ވިޔަސް އަހަންނާ އޭނަ އެކަށީގެން ނުވެއެވެ. މިއީ ނުކުޅެދޭ މީހެކެވެ. ލީނާގެ ހިތަށް އެތަކެއް އެއްޗެހި އަރަމުން ދިޔައެވެ.

“ނޫން ނުބޭލޭނެ… ހިނގާ ރަށުތެރެ ބަލާލަން.. މިރަށު ބީޗް ވަރަށް ސަޅިވާނެ” ޖާވިދު އެހެން ބުނުމުން ލީނާގެ ހިތް އުފަލުން ފޮޅުނެވެ.

ރަށަށް ދަތުރު އައިސް އުޅޭ މީހުން އެހުނަށް ވުރެށް މަދެވެ. ލީނާއާއި ޖާވިދު ދިޔައީ ދޮންވެލި ގަނޑުން ފައިގެ ނިޝާން ދޫކުރަމުންނެވެ. “ލީނާ ނުވިސްނަންތަ ތިފައި އަދި މީހަކަށް ދައްކާލާކަށް.. މިބުނީ އެހާ އަވަހަށް ގިވްއަޕް ކޮއްލާކަށް ނުވާނޭ.. ދިވެހި ބޭސް ކުރާމީހަކަށް ދައްކާލަން ހިޔާލެއް ނުކުރަންތަ” ޖާވިދު އެހެން އެހުމުން ލީނާ ވިސްނަމޭ ބުނެލިއެވެ. ޖާވިދުވެސް ލީނާ ފަޔާޒް ހެން ދުރުކޮއްލަނީ ހެއްޔެވެ. ނޫނެކެވެ. ފަޔާޒްއަށްވުރެއް ޖާވިދު ރަނގަޅުވާނެއެވެ. “އެބަ ވިސްނަން ތިކަހަލަ ކަމަކާ.. އަސްލު” ލީނާގެ ނަޒަރު ގޮސް ހުއްޓިފައިހުރީ ކުރިމަތިން އަންނަ ދެ މީހުންނަށެވެ. އަތާ އަތް ގުޅުވާލަމުން ހިނގާލައިފަ އަންނަ އިރު ދެ ލޯބިވެރިންނޭ މީހުން ބުނާނެކަން ކަށަވަރެވެ. ލީނާ އަގައިން ނުބުނުމުން ޖާވިދު ލީނާގެ ނަޒަރު ގޮސް ހުއްޓިފަވާ ދިމާލަށް ބަލާލިއެވެ. “ރެޕަންޒިލް ދަންނަންތަ އޭނަ” ޖާވިދު އެހެން ބުނުމުން ލީނާގެ އަގައިން ފަޔާ އޭ ބުނެލި އަޑުއިވުނެވެ.

5 ވަރަކަށް ފޫޓް ކައިރިއަށް އާދެވުމުން ފަޔާޒް ކުރިއަށް ބަލާލިއެވެ. ބަނޑޮހުން ލީނާ ފެނުމުން ފަޔާޒް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ލީނާގެ ނަޒަރު ފަޔާޒްއަށް އަމާޒް ވެފައިވާތަން ފެނި އައިންތު އަތުން ފަޔާޒްއަށް ދޫކޮއްލެވުނެވެ. ޒަމާން ތަކަކަށް ފަހު ލީނާ ފެނުމުން ފަޔާޒްގެ ހިތް އޮބި ނޯންނަ ވަރަށް ތެޅުނެވެ. ލީނާގެ އެ މައުސޫމު މޫނަށް ބަލަން އިދެވުނީ އަލަށް ފެނިގެން އުޅޭ މީހެއް ހެނެވެ. ފަޔާޒްއަށް ޔަގީން ވިއެވެ. ފަޔާޒް ލީނާ ކޮންމެ ހާލެއްގައިވެސް ބޭނުމެވެ. “ލީނާ” ފަޔާޒް ތުރުތުރުލާ އަޑަކުން ގޮވާލިއެވެ. “ހިނގާ ދާން.. އަވަސް” ލީނާ ޖާވިދު ކޮނޑުގައި ކުޑަކޮއްޖަހާލަމުން ބުނެލިއެވެ.

ލީނާ ދިޔަތަން ބަލަން ފަޔާޒް ހުރީ ފެން ކަޅިވެފައެވެ. ލީނާ ހާސިލް ނުކޮއް ހުއްޓާނުލާނަމޭ ފަޔާޒް ހިތާހިތުން ކިޔާލިއެވެ.

ދަތުރު ނިމިގެން ގެއާހަމަށް ދެވުނު އިރުވެސް ލީނާގެ މޫޑު ރަނގަޅެއް ނުވިއެވެ. އަބަދު ވިސްނުމަކަށް ގެއްލިފައި އިންނަތަން ފެނުމުން ލަމްހާވެސް ދެތިން ފަހަރު ސުވާލު ކޮއްފިއެވެ. ފަޔާޒްއާ ދިމާވިކަން ލީނާގެ އެދުމުގެ މަތިން ޖާވިދު ވަނީ ސިއްރު ކޮއްދީފައެވެ.

“ލަމް.. ލީނާ އަށް ކިހިނެއް ވެފަ.. އޭނަ އޯކޭތަ.. ” އިސްހާގް އަށް ލީނާ މާ މަޑުން އިނުމުން ކެއްނުވެގެން އަހާލިއެވެ. ” ނޭގެ ކިހިނެއް ވެފަ ކަމެއް.. ވެދާނެ މާ ތަޔާޑް ވީ ކަމަށް” ލަމްހާ އެހެން ބުނުމުން އެހެންވެދާނެއޭ ބުނެލިއެވެ.

ގޭ ފެންޑާގައި ލީނާ އިނީ ފުންވިސްނުމަކަށް ގެއްލިފައެވެ. ފަޔާޒްގެ މަތިން ހަނދާން ނައްތާލަން ކުރި މަސަތްކަތް މި ވީ ބޭކާރު ނޫންހެއްޔެވެ. އެ ހިޔާލުތަކާ ވިސްނުންތަކ ދުރައްދާން ހާދަ މަސަތްކަތެއް ކުރީމުއެވެ. އެހެން ނަމަވެސް ފަޔާޒް ފެނުމުން އެ ހިޔާލުތަކާ އެ ވިސްނުންތަށް އަލުން އިއާދަ ވެއްޖެއެވެ.

“ޕޮއް” ޖާވިދު އައިސް ލީނާ ސިއްސުވާލުމުން ލީނާގެ އަގައިން ކުޑަ ހަޅޭކެއްވެސް ނިކުތެވެ.

“ޖާވިދު ގަނޑު.. ވަރަށް ފޫހިވޭ” ރެޕަންޒިލް ރޮނީތަ” ލީނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުރުމުން ޖާވިދު އަހާލިއެވެ. ” ނޫން މިތަން ވައިގަދަ ކަމުން ކުނޑިކޮޅެއް ޖެހުނީ” ލީނާ އެހެން ބުނުމުން ޖާވިދު އެހެންހޭ ބުނެލިއެވެ. “ލީނާ އަސްލުވާހަކަ އެއް ބުނަންތަ. އަހަންނަށް އެނގޭ ފަޔާޒް ފެނުނީމަކަން ލީނާ ތިހެން ތިއުޅެނީ.. ލީނާ އަދިވެސް ބޭނުންތަ ފަޔާޒް.. ވަރަށް ސީރިއަސް ކޮއްމި އަހަނީ” ޖާވިދު އެހެން އެހުމުން ލީނާ ހުރީ ޖާވިދުގެ މޫނާދިމާލަށް ބަލަހައްޓައުގެންނެވެ. ލީނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ބިންމައްޗައް ވެއްޓުނަނުދީ ޖާވިދު އަތު މުށުތެރޭ ފޮރުވާލިއެވެ. ޖަވާބަކަށް ބޭނުންވާ ފަދައިން ޖާވިދު ލީނާއާ ދިމާލަށް ބަލަން ހުރުމުން އިސްޖަހާލީ ލީނާ ބުނާ އެއްޗަކުން ޖާވިދު ހިތްހަމަ ނުޖެހިދާނެތީއެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

އަނިޔާ… 2 ވަނަ ބައި

Next

އެމަންޖެގެ ރޫހް

Next
December 8, 2015

އެމަންޖެގެ ރޫހް

Previews
December 8, 2015

އަނިޔާ… 2 ވަނަ ބައި

11 Comments!

  1. reekko says:
    December 8, 2015 at 9:14 am

    vaahaka v v reethi

  2. dark princess says:
    December 8, 2015 at 9:52 am

    V nice.. n v interestin… keep it up.. dhn kn dhuvahakun up vaany.. kiya hithun hureveny eh noon.. leena n jeyd gukhuvaany ingey…

  3. kiyaa says:
    December 8, 2015 at 9:57 am

    vaahaka varah reethi.kamana miahvure thankolheh dhigukoh genes dhevidhaane tha..?varah interest story eh…l like it..

    1. Kiyuntheriyaa says:
      December 8, 2015 at 11:00 am

      Totally agree with you kiyaa. 🙂

  4. kamana says:
    December 8, 2015 at 12:29 pm

    kurutha.. okey will try miah vureh dhigukoh genesdheyn.. thnk u all for liking :*

  5. leena says:
    December 8, 2015 at 2:26 pm

    v salhi mi part ves

  6. maalu says:
    December 8, 2015 at 4:09 pm

    Vvvv salhi

  7. Kamana says:
    December 8, 2015 at 6:47 pm

    Thnk u ?

  8. e manje says:
    December 8, 2015 at 10:53 pm

    V.nice

  9. Saran says:
    December 9, 2015 at 4:05 pm

    Khbaatha eneh part vrr kiyaa hiyythun mihury ….

  10. Kamana says:
    December 9, 2015 at 5:11 pm

    Insha allah maadhama ☺️

Comments are closed.

Next Episodeހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (10)←


All Right Reserved!