ގެއްލުނު އަންހެންކުއްޖާ
ފެށުން
ފިހާރައިގެ ޑިއުޓީ ނިންމާލުމަށްފަހު ގެއަށް ދިއުމަށްޓަކައި އަގުލީމާ ސައިކަލަށް އަރައި ސްޓާޓް ކޮށްލިއެވެ. އަދި އޭނާ އާންމުކޮށް ގެއަށްދާ މަގުން ގެއާއިދިމާއަށް މިސްރާބުޖެހިއެވެ.
ވަގުތަކީ ރޭގަނޑުގެއެގާރަޖަހާކަންހާއިރު ކަމަށްވާތީމަގުތަކުން މީހުން ވަރަށްމަދެވެ. ބައެއްމަގުތަކުން މީހަކުނުވެސްފެނެއެވެ.ޚިޔާލީދުނިޔެއެއްގައި އިނދެ އާދައިގެދުވެއްޔެއްގައި ސައިކަލް ދުއްވަމުންދިޔައަގުލީމާސިއްސައިގެންދިޔައީ ކުއްލިއަކަށް ކަހަލަގޮތަކަށް ސައިކަލްގެ ކުރިމަތިން އަންހެންކުއްޖަކު ފެނުމުންނެވެ.
ގަދަރަތްކުލައިގެ ޓީސާޓަކާއި ކަޅުކުލައިގެޖިންސެއްލައިގެންހުރި އެއަންހެންކުއްޖާއަކީނުހަނުރީތި އެހާމެ ފުރިހަމަ އަންހެން ކުއްޖެކެވެ.ހިނގަމުންއައި ހިނގުމުންނާއި ހަރަކާތްތަކުން ފެންނަމުންދަނީ ފަރުވާކުޑަކަމާއި ކަންނެތްކަމެވެ.
ކުއްލިއަކަށް ކަހަލަގޮތަކަށް ސައިކަލްގެކުރިމަތިން ފެނުނު އެ އަންހެންކުއްޖާގެގައިން ސައިކަލްނައްޓާލުމަށް އަގުލީމާ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ހަމައެހެންމެ ސައިކަލްގެ ދުވެލި މަޑުކޮށްލާން އުޅެނިކޮށް ދުވެލި ބާރުކޮށް ލެވުނެވެ.
އެދިޔަބާރުމިނުގައި ސައިކަލްގޮސް އެއަންހެންކުއްޖާގެގައިގަ ޖެހުމާއެކުހެން އަންހެންކުއްޖާ ވިއްސައިގެންހިނގައްޖެއެވެ.އެއާއެކުހެންސައިކަލާއެކު އަގުލީމާ ވެއްޓިއްޖެއެވެ. ސައިކަލާއިއެކު މަގުމައްޗަށްވެއްޓި ނިތްކުރިން ފަޅައިގެން ގޮސް ހޭނެތެމުންދިޔަ އަގުލީމާއަށް އެއަންހެންކުއްޖާ މަގުމައްޗަށް ވެއްޓިފައިއޮތްތަނާ އޭނާގެހަށިގަނޑުން ކޮންމެވެސްތަނެއް ޒަޚަމުވެ ލޭފައިބަމުންދިޔަމަންޒަރު ފެނުނެވެ. އެހެނަސް އަގުލީމާއަށް އިތުރު ހަރަކާތެއް ނުކުރެވިގެން އުޅެނިކޮށް އޭނާގެ ޚަބަރު ހުސްވެއްޖެއެވެ.
ވަގުތުތައްފާއިތުވަމުންއައިސް މެންދަމުންއަލިވެތިނެއްޖަހާކަން ހާއިރެވެ. އަގުލީމާއަށް ހޭވެރިކަންވީރު އޭނާއޮތީ ހޮސްޕިޓަލް ގައެވެ. އެކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ހައިރާންވި ނަމަވެސް، ދެއަތުގެ އުޅަންބައްޓާއި ނިތްކުރީގައި ބޭސް
އަޅާފައި ހުރުމުންނާއި، އޭނާއަށް ފަރުވާދިނުމުގައި ހަރަކާތްތެރި ވަމުންދިޔަ ޑޮކްޓަރުންނާއި ނަރުހުންތައް ފެނުމުން ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ. އޭނާއަށްފަރުވާދިނުމުގައި ހަރަކާތްތެރިވަމުންދިޔަ ނަރުހުންނާއި ޑޮކްޓަރުން ގެ އިތުރުން އޭނާގެ މަންމަ ހަސްނާ އާއި ދޮންބެ ނޫރައްދީނު ވެސް އެތަނުގައި ތިއްބެވެ.
ބޭހުގެކަންތައް ނިންމާލާފައި ޑޮކްޓަރުންނާއިނަރުހުން އަގުލީމާ ގާތުން ދުރައްޖެހިލުމުން ހަސްނާއާއި ނޫރައްދީނު އަގުލީމާއާ ގާތަށް ޖެހެލިއެވެ.
” އެވަރަށް މަންމަ ބުނީމަ ވެސް މާ ބާރަށް ސައިކަލް ދުއްވީދޯ ؟ ..”އަގުލީމާގެ މަގަތުން އިށީންދެ އޭނާގެ ބޮލުގައި ފިރުމާލަދެމުން ހަސްނާ ވާހަކަދެއްކިއެވެ. އޭރު ހަސްނާގެ އަޑާއިހަރަކާތުން ފާޅުވަމުންދަނީ ކަންބޮޑު ވުމުގެ އަސަރުތަކެވެ.
” ނޫން! މަންމާ … އޭނާ މަގަށް ނުކުތީ ކުއްލިއަކަށް …. އެހެންވެ އޭނާގެގައިން ސައިކަލް ނައްޓާން އުޅެނިކޮށް އޭނާގެގައިގަ ޖެހިފަ ސައިކަލް ވެއްޓުނީ. މިހާރު އޭނާ ކޮބާ ؟ ! “ކަންބޮޑުވުމާއިނުތަނަވަސްކަމާއެކު ވަށައިގެން ހޯދާލަމުން އަގުލީމާ ވާހަކަދެއްކިއެވެ.
” ކާކު ؟ ! “ހައިރާންކަމާއެކު ވަށައިގެން ބަލާލަމުން ނޫރައްދީނު އަހާލިއެވެ.
“އެއަންހެންކުއްޖާ. އަހަރެންއަތުން ސައިކަލުން ޖެހިފައި އޭނާ ވިއްސައިގެންދިޔައީ … އޭނާވެއްޓި ކޮންމެވެސްތަނެއް ޒަޚަމުވެ ލޭއަންނަނި ކޮށް ވެސް އަހަރެންނަށް ފެނުނު … އެކަމަކު އޭނާއަށްއެހީވާކަށް އަހަރެންނަކަށް ފުރުސަތެއްނުލިބުނު .. އޭނާ ސަލާމަތްވިކަން އެނގޭތަ ؟ .. އަހަރެން މިތަނަށް ގެނައީކާކު ؟ ….އެމީހުން އެއަންހެންކުއްޖާ ގެނައިތަ؟ ….”ވާހަކަދައްކަމުން ދައްކަމުން ވެސް އަގުލީމާ މަސައްކަތްކުރީ އެތަނުގެ އެތެރެއިން އެ އަންހެންކުއްޖާ ފެނޭތޯއެވެ.
އަގުލީމާގެ ވާހަކަތަކުގެސަބަބުން ހަސްނާ އާއިނޫރައްދީނު ވަރަށް ހައިރާންވިއެވެ. ހަމައެހެންމެ ކޮންމެވެސް ވަރަކަށް ކަންބޮޑުވެސް ވިއެވެ.
އަގުލީމާ ހޮސްޕިޓަލަށްގެނައީ ޕޮލިހުންކަމަށާއި ޕޮލިހުންނަށް އަގުލީމާފެނުނީ މަގުމަތިބަލަހައްޓާން ނުކުމެއުޅެނިކޮށްކަމަށް ނޫރައްދީނު ބުންޏެވެ. އަދި އަގުލީމާގެވާހަކަތައް ކޮންމެގޮތަކަށް ހުރިނަމަވެސް އެތަނުން ފެނުނީ އަގުލީމާ އެކަނިކަމަށާއި، އަގުލީމާއަތުންސައިކަލް ވެއްޓުންކަހަލަކަމެއް ދިމާވެވެފައިވާޒަޚަމުގެ ސަބަބުން ހެޔަށް އަސަރުކޮށްފައިވާކަމަށް ގަބޫލުކުރެވޭކަމަށް ޕޮލިހުން ބުނެފައިވާ ކަމަށް ވެސް ނޫރައްދީނު ބުންޏެވެ. ހަމައެހެންމެ އެތަނުގެ އެއްވެސް ހިސާބަކުން އެހެންމީހަކު ނުވަތަ މިކަމާގުޅުންހުރި އެހެންއިސާރާތެއް ވެސް ފެނިފައި ނުވާކަމަށް ޕޮލިހުން ބުނެފައިވާކަމަށް ވެސް ނޫރައްދީނު ބުންޏެވެ.
އެއީ އަގުލީމާއަށް ހީވިގޮތެއް ކަމަށާއި ރޭގަނޑުގެ އެގަޑީގައި އެކަނިމާއެކަނި އަނދިރިމަގަކުން އައީމާ ވީގޮތެއްކަމަށްވެސް ނޫރައްދީނު ބުންޏެވެ. އަދި އަގުލީމާ ހަމަކަށް އެޅުވުމުގެ ގޮތުން އިތުރަށް އެތައްވާހަކައެއް ދެއްކިއެވެ.
ނޫރައްދީނުގެއިތުރުން ހަސްނާ ވެސް ބުނަމުންދިޔައީއެހެންނެވެ. ހަސްނާ އިތުރަށް ބުނީ އެވާހަކަތައްއިތުރަށްނުދެއްކުމަށާއި އެހެންމީހެއްގާތުއެކަމާބެހޭގޮތުން އެއްވެސް ދިޔައީ އެހެންނެވެ. ހަސްނާ އިތުރަށްބުނީ އެވާހަކަތައް އިތުރަށް ނުދެއްކުމަށާއި އެހެންމީހެއްގާތު އެކަމާބެހޭގޮތުން އެއްވެސްއެއްޗެކޭ ނުބުނުމަށެވެ.
ހަސްނާ އާއި ނޫރައްދީނުގެ ވާހަކަތައް އެފަދައިން ހުރިނަމަ ވެސް އަގުލީމާ ބުނަމުންދިޔައީ އޭނާގެއަތުން އެއަންހެންކުއްޖާގެ ގައިގަ ސައިކަލުން ޖެހުނުކަމަށާއި އޭނާ ޒަޚަމުވި ކަމަށެވެ.
ނޫރައްދީނާއި ހަސްނާއައިސްއަގުލީމާއާ މާގިނަވާހަކަދައްކާން ފެށުމުން ނަރުހުން ހިތްހަމައެއްނުޖެހުނެވެ.އެހެންވެއަގުލީމާއަރާމުކުރާން ބޭއްވުމަށް ހަސްނާ އާއި ނޫރައްދީނުގާތު ބުންޏެވެ.
އަގުލީމާގާތުގައި ހަސްނާ މަޑުކުރުވުމަށްފަހުނޫރައްދީނު ނުކުތީ ބޭރަށެވެ.
އަގުލީމާ އަރާމުކުރާން ފުރުސަތުދީގެން ހަސްނާ އަނގައިން ވެސް ނުބުނެއިނެވެ.
ކެފޭއަށްގޮސް ކޮފީއެއްބޯލައިގެން ކުޑައިރުކޮޅަކު މަޑުކުރުމަށްފަހު ނޫރައްދީނު ހޮސްޕިޓަލަށް އައިއިރު އަގުލީމާއަށް އޮތީ ނިދިފައެވެ.
ވަގުތުތައް ފާއިތުވަމުން އައިސް ފަތިސްނަމާދު ވަގުތުވުމުން އަގުލީމާއަށް ބަލާލާން ނަރުހުންގާތުގައި ބުނެފައި ، ނޫރައްދީނާއި ހަސްނާ ދިޔައީ ފަތިސްނަމާދަށެވެ.
އާދުވަހަކަށްއިރުއެރުމާއެކުހެން އަގުލީމާގާތަށް އާބަޔަކުއައެވެ. ރޭގައި ޑިއުޓީގައިތިބި ނޫރައްދީނާއި ހަސްނާގެ ބަދަލުގައި މިހާރުތިބީ އޭނާގެ ދެ ކޮއްކޮއެކެވެ. ސައިކަލްދުއްވާން އޭނާވަރުގެމޮޅުމީހެއް ނެތްކަމަށް ދަޢުވާކުރަމުންދާ އަގުލީމާ ސައިކަލުންވެއްޓުމުން އޭނާގެ ދެކޮއްކޮ އޭނާއަށް މަލާމާތްކޮށް ދިމާކުރަމުން ދިޔައެވެ.
ބޭހުގެހުރިހާކަމެއްނިމިއަގުލީމާހަމައަކަށްއެޅުމުން ހޮސްޕިޓަލުންދޫކޮށްލީ މެންދުރުފަހު ތިނެއްޖަހާކަންހާއިރުއެވެ. އަގުލީމާހޮސްޕިޓަލުން ދޫކޮށްލުމުން އޭނާ ގޮވައިގެން ގެއަށްދިއުމަށް ނޫރައްދީނާއި ހަސްނާ ހޮސްޕިޓަލަށްއައެވެ. އޭރު އަގުލީމާގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. އަގުލީމާ ހަމައަކަށް އެޅުމުން ހަސްނާމެން ވެސް ވަރަށް ހިތްހަމަޖެހުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



ނައިސް ސްޓާޓް 🙂 🙂
Rythi
Varah reethi ????