Skip to content
އެސްފިޔަ

އެދަތުރު – 02

އެއް އަހަރު ފަސް

ޓެސްޓްތައް ނިމި ބޮޑުބަންދު އައިސްގެން އުޅޭ ދުވަސްވަރެވެ. ފަތިހުގެ ފިނި ވަގުތަށް ނިމުން އައިސް އިރުގެ ރަންއަލިން ދުނިޔެ އަލިކުރަމުން ދިޔައެވެ. ފިނިފެންމާގެއިން އިވެމުން ދިޔައީ ކުރީ އަހަރެކޭ އެއްފަދައިން ކުޑަކުދިންގެ ސަކަރާތުގެ އަޑާއި ބޮޑެތި މީހުން ދަތުރަށް ދާން ތައްޔާރުވަމުން އަންނަ އަޑެވެ. އެއީ ކޮންމެ އަހަރެއްގެވެސް އާދައެވެ. ކޮންމެ ބޮޑުބަންދެއްގަވެސް މި އާއިލާ، އާއިލީ ގުޅުން ވަރުގަދަކޮށް ވަގުތު ހޭދަކުރުމަށްޓަކައި އަސްދޫއަށް ދެއެވެ. އެހެންކަމުން މި ބޮޑުބަންދުގައިވެސް އެމީހުން ދިޔައީ އަސްދޫއަށް ދިޔުމަށްޓަކައި ތައްޔާރުވަމުންނެވެ.

ޝަފާ އާއި އާރާ ފަޅު ރަށަށް ދާން ތައްޔާރުވަމުން ދިޔައިރު އެކުދިންގެ ހިތްތަކުގައި މީގެ އަހަރެއް ކުރިން އެރަށުން ދިމާވި އާދަޔާ ހިލާފު ކަންތައްގަނޑު ބިންވަޅުނެގިފައިވެއެވެ. އެކުދިންނަށް އެރަށުން ހަދިޔާއަށް ލިބުނު ފަށް ކަރުގައި އަޅައިލިތަނާހެން މީހަކު ކޮޓަރީގެ ދޮރުގައި ޓަކި ޖެހިއެވެ. ޝަފާ ވަންނާށޭ ބުނުމުން އަންހެންކުއްޖެއް އެކޮޓަރިއަށް ވަދުނެވެ. އެ އަންހެންކުއްޖާ ފެނުމުން ޝަފާއާއި އާރާ ދުވަފައި ގޮސް އެކުއްޖާގެ ގައިގައި ބައްދާލިއެވެ. ” މިލީ ސިސް… ނުވެސް ބުނެ.. ” އާރާ މައިލީގެ ގައިގާ ބައްދާލައިގެން ހުރެ ބުންޏެވެ. ” ސަޕްރައިޒް ގާލްސް ” މައިލީ ހީލަމުން ބުންޏެވެ.

” ކޮންއިރަކު އައީ؟؟ ” ޝަފާ އަހައިލިއެވެ. ” ރޭގަ އައީ.. ދެމީހުން އޭރު ބަސްއަހައިގެން ނިދާފަ އޮތީމަ އުދަނގޫ ނުކުރީ.. ” މައިލީ ބުންޏެވެ. ނަވާރަ އަހަރުގެ މައިލީއަކީ މާލޭގައި ކިޔަވަންހުރި ޝަފާއާއި އާރާގެ ދެބެންގެ ދެދަރިކުއްޖެކެވެ. ” ދެންހަމަ ގޮވައިލެވުނީސް އެއްނުންތަ.. ” ތުންކޮޅު ދަމައިލަމުން އާރާ ބުންޏެވެ. ” ސޮރީ މައި ޑިއާރ އާރީ.. ދެން ފަހަރަކުން އައިސް ދެމީހުންގެ ބޮލަށް ފެންއަޅާނަން އެނިމުނީނުން.. ” މައިލީ ސަމާސާ ކުރާ ރާގަކަށް ބުންޏެވެ. އެއާއިކު އާރާއާއި ޝަފާ އެކުއެކީގައި “ދެން” އޭ ކިޔައިލިއެވެ. ” އަވަސް ކުރަންވީ ދެންވެސް.. ބައްޕަމެން އެބަ އެއްޗެހިތައް އަރުވާ.. ސިސް އެބަ އަންނަން ލައިމެން ކައިރިއަށް ގޮސްލާފަ.. ” މައިލީ އެހެން ބުނުމަށްފަހު ހިނގައިގަތެވެ.

ޝަފާމެން ތައްޔާރުވެގެން ލާންޗަށް އަރަން ދިޔައެވެ. ޝަފާ އާއި އާރާ އިށީނީ މައިލީ ގާތުގައެވެ. ” ވާއު ހާދަ ރީތި ފަށެކޭ ދެކުދިންގެ އަތުގަ ތިއޮތީ.. ” މައިލީއަށް ޝަފާއާއި އާރާގެ ކަރުގައި އޮތް ފަށް ފެނުމުން ބުންޏެވެ. ދެކުދިން ހީލަމުން “ތެންކްސް” އޭ ބުނެލިއެވެ. ޝަފާ ހުރީ ސައިލެސް ބަލައިލަން ކެތްމަދުވެފައެވެ. އާރާވެސް ހުރީ ޒޭވިއާރ ފެންނާނެ އިރަކަށް ކެތްމަދުވެފައެވެ. ލާންޗުގައި ލަވަޖެހުމުން ބޮޑެތި މީހުނާއި ކުޑަކުދިން އެއްވެގެން ލަވަ ކިޔާ ނަށަމުން ދިޔައެވެ. ޒާކިން ދިޔައީ ކުރިއެކޭވެސް އެއްގޮތަށް އޭނާގެ ބައްޕައާއިއެކު މަސްބާނަމުންނެވެ. ރަށަށް ލެފުމުން އާރާ އާއި ޝަފާއަށް އެރަށުގައި ވަޅުލާފައިވާ ހަނދާންތައް ލޮލަށް ސިފަވިހެން ހީވެއެވެ. އެންމެފަހުން ލާންޗުން ފޭބީ މައިލީ އާއި ޝަފާ އަދި އާރާއެވެ.

މައިލީ ސްނެޕްޗެޓުން ރަށަށް ހިނގަމުން ވަންނަތަށް ސްނެޕްކޮށްލަން އުޅުނު ވަގުތު އޭނާގެ ފައިން އެއްޗަކަށް އެރުނުކަމުގެ އިހްސާސްވިއެވެ. މަޑުމަޑުން މައިލީ ތިރިވެ އެއީ ކޯއްޗެއްތޯ ބަލައިލިއެވެ. އެއީ ވަރަށް ރީތި މަޑު ދަނބުކުލައިގައިވާ ކުޑަކުޑަ ރިނދައްޔެކެވެ. އޭތި ރަނގަޅަށް ބަލައިލަމުން މައިލީ އޭތި އޭނަގެ އަތުތެރެއަށްލިއެވެ. އެ ރިދަލި ވަނީ ފަށެއްހެން ހަދައިލެވުފައެވެ. މައިލީއަށް އޭތި ދަނބުކުލައިން ދިއްލޭހެން ހީވިއެވެ. މަޑުމަޑުން އެ ފަށް ކަރުގައި މައިލީން އަޅައިލިއެވެ. މައިލީއަށް ސިހުމެއް ގެނުވީ ޝަފާ މައިލީއަށް ގޮވާ އަޑުއިވުމުންނެވެ. ކުޑަކޮށް ދުވެލާފައި ގޮސް މައިލީ ރަށުތެރެއަށް ވަދުނެވެ.

” ބަލާ ސިސް ހޮވި އެއްޗެއް ބިންމަތިން.. ” މައިލީ އޭނަގެ ކަރުގައި އަޅާފައިވާ ފަށް ދައްކާލިއެވެ. ” ދެޓްސް ޕްރިޓީ..” އާރާ އެ ފަށަށް ބަލައިލަމުން ބުންޏެވެ. ޝަފާވެސް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. ” މި ވެދާނެ މީހެއްގެ އެއްޗަކަށްވެސް.. އައި ޝުޑުންޓް ވެއާ ދިސް.. ” ފަށުފުލުގައިލާފައި އިން ރިނދައްޔަށް ބަލައިލަމުން މައިލީ ބުންޏެވެ. ” ތި ހޯދާ މީހަކު އައީމަ ދެވޭނެއެއްނުން.. ސިސް ތި އަޅައިގެން އުޅުނަކަސް ހަލާކެއް ނުވާނޭ.. ” ޝަފާ ބުންޏެވެ. މައިލީ ބޯޖަހައިލިއެވެ. އެކުދިންގެ މައިންބަފައިންނަށް ސައިހަދަން އެހީތެރިވުމަށްފަހު، ސައިހަދާ ނިމުމުން ސައިބޯން ފެށިއެވެ.

ސަކަރާތާއި މަޖަލުގައި އެދުވަސް ހޭދަވެގެން ދިޔައެވެ. ރޭގަނޑުގެ ކަޅު އަނދިރިކަން މުޅި ރަށް ވަށައިލިއެވެ. ބޭރުން އިވެމުން ދަނީ ކާޅާއި އެހެން ދޫނި ސޫފާސޫފި ގޮވާ އަޑެވެ. ސާދަވިލޭރޭގެ ހަނދު އުޑުގައި ރަސްކަން ކުރަމުން ދިޔައެވެ. އެ ހަނދު ކައިރީ އެކިތަންތަނަށް އުކާލެވިފައިވާ ކުދިކުދި ތަރިތައް ދިޔައީ އުޑުގައި ފިޔަޖަހަމުންނެވެ. ޖެހެމުން ދިޔަ ފިނިފިނި ރޯޅިތަކުން ހީކަރުވާހާވެއެވެ. އެންމެން ޓެންޓުތަކުގައި ނިދާފައިވީ އިރު އާރާއާއި ޝަފާގެ ލޮލުން ނިދި ވަނީ މަހުރޫމްވެފައެވެ. އެކުދިންގެ ފަށުފުލުގައި ފިރުމާލަމުން ސައިލެސްއަށާއި ޒޭވިއާރއަށް މަޑުމަޑުން ގޮވައިލުމުންވެސް އެމީހުންގެ ހިލަމެއް ނުވެއެވެ. މިކަމުގެ ސަބަބުން އެކުދިންގެ ހާސްކަން ބޮޑުވަމުން ދިޔައެވެ.

ކުއްލިއަކަށް ޝަފާއާއި އާރާ ސިއްސައިގެން ދިޔައީ އެކުދިންގެ ދައްތަ ކަމުގައިވާ މައިލީގެ ކަރުގައި އޮތް ފަށް ދަނބުކުލައިން ދިއްލެން ފެށުމުންނެވެ. ޝަފާ މައިލީގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ. އެވަގުތު މައިލީ ކުއްލިއަކަށް ކޮޅަށް ޖެހުނެވެ. އޭނަގެ ދެލޮލުގެ ކަޅި ދިޔައީ ކަރުގައި އޮތް ފަށެކޭ އެތް ފަދައިން ދަނބުކުލައިން ދިއްލެމުންނެވެ. މައިލީއަށްވީ ގޮތުން އާރާއާއި ޝަފާ ދިޔައީ ސިއްސައިގެންނެވެ. އެކުދިން ހިތްތަކުގައި ކުޑަ ބިރުވެރިކަމެއް އުފެދުނެވެ. މައިލީއަށް ޝަފާ ގޮވައިލުމުންވެސް އަޑުއިވުނުހެން ހިޔެއްނުވެއެވެ. އިރުކޮޅަކު މަޑުން ހުރުމަށްފަހު މައިލީ ހިނގައިގަތީ ޓެންޓުން ބޭރަށް ނިކުންނާށެވެ.

” ސިސް ކޮންތާކަށް ތިދަނީ.. މިލީ ސިސް.. ” އާރާ މައިލީއަށް ގޮވައިލިއެވެ. ނަމަވެސް މައިލީއަކަށް އަޑު އިވުނުހެންނެއް ހިޔެއްނުވެއެވެ. ޝަފާ މައިލީގެ އަތުގައި ހިފުމުންވެސް މައިލީ އަތް ފޮޅުވައިލިއެވެ. ބިރުން ހުރި ނަމަވެސް ޝަފާއާއި އާރާ މައިލީގެ ފަހަތުން ހިނގައިގަތެވެ. މައިލީގެ މިސްރާބު ހުރީ މޫދާއި ދިމާލަށް ދިޔުމަށްށެވެ. އޭރު ގޮނޑުދޮށް އޮތީ އާދަޔާ ހިލާފަށް ދަނބު ކުލައިގެ ރެނދަނުން ދިއްލާލައިފައެވެ. ޝަފާމެންނަށް މި އާދަޔާ ހިލާފު މަންޒަރު ފެނުމުން ހައިރާވެފައި ބަލަން ހުރެވުނެވެ. މައިލީ ހިނގަމުން ގޮސް ރާޅުޖަހާފަށުގައި މަޑުކޮށްލިއެވެ. ރާޅުޖަހައި އަޑާއި އެއްވެގެން ފިރެހެންކުއްޖެއްގެ އަޑު، މަޑު މިޔުޒިކެއް ފަދައިން އެތަނަށް އިވެމުންދިޔައެވެ.

މައިލީ މަޑުކޮށްލައިގެން ހުރި ދިމާ މޫދުން މަޑު ދަނބުކުލައިގެ އައްޔެއް މައިލީގެ ފަޔާއި ދިމާލަށް މިސްރާބު ޖަހަން ފެށިއެވެ. ޝަފާމެން މައިލީގެ އަތުގައި ހިފައިގެން ދުރަށް ހިނގައިގަންނަން އުޅުނު އިރުވެސް މައިލީ ހުރީ އޭނަ ހުރިތާ ހުއްޓިގެންނެވެ. އާރާއާއި ޝަފާ އެންމެފަހުން މައިލީއާއި ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. އެ ދަނބު އަލީގެ ތެރެއިން މޫދުން ފިރެހެން ކުއްޖެއް ފެނިގެންދިޔައެވެ. އެ ކުއްޖާގެ ދިޔައީ މަޑުއަޑަކުން ލަވަ ކިޔަމުންނެވެ.

އެ ފިރެހެންކުއްޖާގެ އިސްތަށިގަނޑު އޮތީ ގަދަ ދަނބުކުލައިގައެވެ. އޭނާގެ ތޫނު ލޯ ހުރީ ނޫކުލަޔާއި ފިޔާތޮށިކުލަ އެއްވުމުން ހުންނަ ކަހަލަ ކުލައެއްގައެވެ. އެކުއްޖާ އައިސް މައިލީ ގާތު ހުއްޓި ލަވަ ކިޔުން ހުއްޓައިލިއެވެ. އެއާއިއެކު މައިލީއަށް ހޭވެރިކަންވިފަދައެވެ. މައިލީ ސިހިފައި ދުރަށް ޖެހިލިއެވެ. މިހާރު މައިލީގެ ދެލޯ ހުރީ ހުރިންވެސް އޭނަގެ ދެލޯ ހުންނަ ކުލައިގައެވެ. މައިލީ ދެލޯ އުނގުޅައިލަމުން މުޅިތަނަށް ނަޒަރު ހިންގައިލިއެވެ. އެއަށްފަހު ކުރިމަތީގައި ހުރި ފިރެހެންކުއްޖާއަށް ނަޒަރު ހިންގައިލިއެވެ. ” ތީ ކާކު؟ މީ ކޮންތަނެއް؟ އަހަރެން ކިހިނެތް މިތަނަށް އައީ؟؟ މީ ހުވަފެނެއްތަ؟؟ ” ހާސްވެފައިހުރެ މައިލީ އެ ފިރެހެންކުއްޖާއަށް ސުވާލުކޮށްލިއެވެ.

މައިލީގެ ލޮލުގައި ޝަފާމެން އަޅައިގަތުމުން އެކުދިންނާއި ދިމާލަށްދާން ދުއްވައިގަތެވެ. އެއާއެކު އެ ފިރެހެންކުއްޖާގެ ވަރުގަދަ އަތުން މައިލީގެ އަތުގައި ހިފައިލިއެވެ. ” ނޮޓް ސޯ ފާސްޓް.. އަހަރެން މައިލީ މިތަނަށް ގެނައީ ބޭނުމަކު.. މައިލީއާ މައިލީގެ ކޮއްކޮމެން އަހަރެން ބުނާ ކަމެއްކޮށްފަ ނޫނީ ނުދެވޭނެ… ” އެ ފިރެހެންކުއްޖާ ހީލަމުން ބުންޏެވެ. ” ތީ ކާކުހޭ؟؟ އަހަރެން ކައިރިން ކޮންކަމެއް ބޭނުން ވަނީ؟ ” މައިލީ ލޯއަޅައިލަމުން އޭނައާ ސުވާލުކޮށްލިއެވެ. ” އަހަރެންގެ ނަމަކީ ރަފަޔެލް.. އަހަރެން މައިލީއާ މައިލީގެ ކޮއްކޮމެންގެ އެހީ ބޭނުންވޭ އަހަރެންގެ އާއިލާ ސަލާމަތް ކުރަން.. ” ރަފަޔެލް ބުންޏެވެ.

” ކީއްވެ އަހަރެން ތިމީހަކަށް އެހީވާންވީ؟ ” މައިލީ އަހައިލިއެވެ. ” އަހަރެންނަށް އެހީވުން ނޫން ގޮތެއް ނެތީމަ.. ” ރަފަޔެލް ހަމަޖެހިލަމުން ބުންޏެވެ. ޝަފާ އާއި އާރާ އެދިމާލަށްއައެވެ. ” މިލީ ސިސް.. އޯކޭތަ؟ ” އާރާ މައިލީއަށް ބަލައިލަމުން ބިރުން ހުރެ އަހައިލިއެވެ. މައިލީ ބޯޖަހައިލިއެވެ. ” ތީ ކާކު؟ ” ޝަފާ އަހައިލިއެވެ. ” އަހަރެން މީ ރަފަޔެލް، ސައިލެސްއާ ޒޭވިއާރގެ ކަޒިން.. ސައިލެސްއާ ޒޭވިއާރ ވަނީ ނުލަފާ ޖިންނިންތަކެއްގެ އަތް ދޮށުގަ.. އެމީހުން ސަލާމަތް ކުރުމަށް އަހަރެން ތި ތިންމީހުންގެ އެހީތެރިކަން ބޭނުންވޭ.. ” ރަފަޔެލް ބުންޏެވެ.

” މަޑުކޮށްބަލަ ޖިންނިންނޭ؟؟ އަދި ކޮން ބައެއްގެ ވާހަކަ ތި ދައްކަނީ.. ޝަފާ، އާރާ ޕްލީޒް ޓެލް މީ ދިސް އިސް އަ ޖޯކް.. މި މީހާ ކިޔާ އެއްޗެއް ހަމަޖެހޭތަ އެބަ؟ ” މައިލީ އަހައިލިއެވެ. ” ކުރިން މިރަށަށްއާ އިރު ޝަފާއަށާ އާރާ، ސައިލެސްމެންނާ ދިމާވި.. މިލީ ސިސް ގަބޫލު ކުރަން އުދަނގޫވިޔަސް ރަފަޔެލް އެބުނަނީ ތެދެއްހެން ހީވަނީ.. ” ޝަފާ ބުންޏެވެ. ” އަކަމަކު އާރާމެން މީ ނޯރމަލް ހިޔުމަންސްއެއްނުން؟ އާރާމެންނަށް ކިހިނެތް ޒޭވިއާރމެން ސަލާމަތް ކުރެވޭނީ؟ ” އާރާ ރަފަޔެލްއަށް ބަލައިލަމުން އަހައިލިއެވެ.

” ޒޭވް އެންޑް ސައި ދިނެއްނުން ދެމީހުނަށް ކުޑަކުޑަ ފުޅިއެއްލާފައިން ފަށެއް؟ އޭތި ހުޅުވާލާފަ ވަސްބަލާލަބަ.. ” ރަފަޔެލް ބުންޏެވެ. ” ވެއިޓް ޝަފާ.. އާރާ، ރަފަޔެލްއަށް ޓްރަސްޓްކުރަން މާ އަވަހެއްނުން؟ ވެދާނެއެއްނުން އޭނައަކީ ކަމަށް ނުބައި ޖިންނިއަކީ.. ” މައިލީ ބުންޏެވެ. ” ޝަފާއަށާ އާރާއަށް ދީފަ ހުރި ފުޅީގަ ފިރުމާލީމަ، ކުރިން ސައި އެންޑް ޒެވް އާދެއެއްނުން.. އެކަމަކު މިއަދު މިރަށަށް އައީމަ އެއްފަހަރުވެސް އެމީހުން ފެނުނުނުތަ؟ ސައި އެންޑް ޒެވް ހީވޭތަ އާރާމެން މިރަށުގަ އުޅޭނަމަ ނުފެނި އުޅޭނެހެން؟.. ” ރަފަޔެލް އަހައިލިއެވެ. އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން އާރާއަށާއި ޝަފާއަށް ބޯހޫރުވާލެވުނެވެ.

” ރަފަޔެލް އެދައްކަނީ ތެދު ވާހަކައެއް ސިސް.. ” އާރާ ބުންޏެވެ. ޝަފާވެސް އާރާއާއި އެއްބަސްވުމުގެ ގޮތުން ބޯޖަހައިލުމަށްފަހު އޭނަގެ ފަށުފުލުގައި އިން ފުޅީގެ މަތި ނެގިއެވެ. އަދި މަޑުމަޑުން އޭގެ ވަސްބަލައިލިއެވެ. އާރާވެސް އެފަދައިން ކަންތައް ކުރިއެވެ. އޭރު މައިލީ އާއި ރަފަޔެލް ބަލަން ހުއްޓެވެ. ޝަފާގެ ފަށުފުލުގައި އިން ކުޑަފުޅީގައި ހުރި ކަޅުކުލައިގެ ފިޔަ ކުޑަކޮށް ހެލިލިއެވެ. އެފުޅީގައި ހުރި ކަޅުކުލައިގެ ކުޑިތައް ފާޑުގެ އެއްޗެހި ސާފާގެ ހަށިގަނޑު ތެރެއަށް ވަނުމުން ޝަފާގެ ދެލޮލުގެ ކުލަ ރަތް ކުލައަށް ބަދަލުވެގެން ދިޔައެވެ. އަދި އިސްތަށިގަނޑު އަޅިކުލައަށް ބަދަލުވެ، ލައިގެން ހުރި ހެދުން ކަޅާއި ރަތް ކުލައަށް ބަދަލުވެގެން ދިޔައެވެ. އަދި ބޮލުގައި ރަތްކުލަ އާއި ކަޅުކުލައިގެ ތާޖެއް އެޅިގެން ދިޔައެވެ.

އާރާގެ ކަރުގައި އޮތް ފަށުފުލުގެ ފުޅީގެ މަތި ނެގުމަށްފަހު ވަސްބަލައިލިއެވެ. އެ ފުޅީގައި ހުރި ނޫކުލައިގެ ރެނދަން ފާޑުގެ ކުޑިތައް އޭނަގެ ހަށިގަނޑަށް ވަނުމުން އާރާގެ ދެލޮލުގެ ކަޅި ކަނޑު ނޫކުލަޔަކަށް ބަދަލުވެގެން ދިޔައެވެ. އާރާގެ އިސްތަށިގަނޑަށް މަޑު ޗޮކްލެޓް ކުލައެއް އަރައިގެން ދިޔައިރު، ލައިގެން ހުރި ހެދުން ހުދު ކުލަޔާއި މަޑު ނޫ ކުލައިގެ ތަންތަންކޮޅުން ވިދާ ފަދައިން ބަދަލުވެގެން ދިޔައެވެ. އަދި އާރާގެ ބޮލުގައިވެސް ހުދާއި ނުލުގެ ތާޖެއް އެޅިގެން ދިޔައެވެ.

(ނުނިމޭ)

💜🦋މި ވާހަކައަކީ އަޅުގަނޑު ވާހަކަ ލިޔާތާ އަހަރެއްވުމުން އަޅުގަނޑުގެ ވާހަކަތައް ކިޔަމުންދާ ކުދިންނަށް ދޭ ހަދިޔާއެކެވެ.😄

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (10)

  1. Vampire girl

    Hi maash
    Mi part vx varah varah reethi…
    Mee kithah episode vaahaka eii thr???
    Maash ge vaahaka thakakee hama best….
    Kiya kiyaa foohi nuve…
    enme reethy insaaf libeynebaa…..
    Mi vaahaka ge next part ah inthizaaru kuran 😊😊

    1. Maash
      Vampire girl

      Hey vampire girl
      Thank you darling.. I’m glad u like it
      I think 3 or 4 maximum
      Aww thank you darlingg.. I’m happy to hear that
      💜💜💜
      Thank youu I’m glad u like that story
      Next part insha allah liyevunuha avahakah kiyaalan libeyne💜🦋

  2. shihaamaa ali

    vrhh reethi ma sha allah
    and congrats on your first yr as a author love <3

    1. Maash
      shihaamaa ali

      Thank yu shiherr.. I’m glad u like it..
      Thank you darlinggg💜🦋

  3. Your fav bab

    Awwnnn that’s cute thanx butterfly!!🤗🤗🤗🤗
    This kimda gifts are ma favourites💗💗💗
    I love this story
    When next??
    Lysssm❤❤

    1. Maash
      Your fav bab

      Thank you Your fav bab
      Aww I’m glad u like it
      Next part liyevunuhaa avahah kiyaalan libeyne..
      Love you more darlingg💜🦋

  4. Sylus's Wifey

    vaahaka varah reethi waiting for next
    Shiher ge story ga ulhey Xavier in another universe dhw miee hehe
    anyways love the story smm
    lysssmmm butterfly

    1. Maash
      Sylus's Wifey

      Thank you Sylus’s Wifey.. I’m glad u like it..
      hehe ehenehnoon dhw.. That was a big coincidence asluga.. shiher ah vx neyge maash mi storyga xavier eh laane kameh and I also didnt know shiher liyaa story ga xavier ge name innaane kameh.😅 Awwn Thankyou..
      Love you more darlingg💜🦋

  5. Rooya

    I need meege new epps
    Avahah up kohla dheeba

    1. Maash
      Rooya

      meege huriha ep eh up vefa hurey darling💜🦋

Comments are closed.