Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަބަދަށްޓަކައި ހިތުގެ ލޯބި 8

Aishath Limsha
Aishath Limsha Level 4100 Login10 Stories500 Login100 Comments
March 4, 2025 4 Mins Read
2 Comments

” ދޮންބެ އަކަށް ވެސް ނޭނގެ އެކަމު ހީވާ އެއްޗެއް ބުނެފާނަން ޔާސިރުބެއާއި ބައްޕައާއި މައްސަލައެއް ޖެހިފަ އޮތީމަ ކަންނެ! ހީވާ އެއްޗެއް އިނގޭ މިބުނީ….. މިހާރު މިއޮތް ގުޅަނީ މަންމަ ލަސްވީމަ ކަންނެ ހިނގާދާން ދޯ” އީވާން އަރީކާގެ ފޯނު ނަގަމުން އިވްލީންއަށް ޖަވާބުދިނެވެ.” ކީކޭ މަންމާ؟ އޭނ؟ އަސްލުތަ؟ އާނ މިދަނީ” އީވާންގެ ހިތް ހީވީ ނެގިނެގިފައި ޖެހިހެންނެވެ.
* * * * * * * * * * * * * * *

” ދޮންބޭ ކިހިނެއްތަ ވީ؟” ތެޅިތެޅި އޮތް ހިތަކާއެކު އިވްލީން ސުވާލުކުރިއެވެ.” ބައްޕަ ވެއްޓިގެން…އިވް މަޑުކޮށްލާނީ ގޭގަ އިނގޭ މިހާރު އެހެންނޫނަސް  ވަރަށް ލަސްވެއްޖެއެއްނު!” ސައިކަލު ދުއްވަމުން އީވާން އިވްލީން އާއި ވާހަކަދައްކަމުން ދިޔައެވެ.ގެއާއި ހިސާބަށް ދެވެންދެން ވެސް އިވްލީން އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. ސައިކަލު މަޑުކުރެވުމާއެކު ފަހަތް ބަލައިލި އީވާންއަށް ފެނުނީ އިވްލީންގެ ކަރުނުން ފުރިފައިވި ދެލޮލެވެ.”އިވްގެ ކަންތައް މީ… ހުރިހާކަމެއް ވެސް….. ހުރިހާ ކަމެއްވެސް މިވަނީ ހަމަ….ހަމަ އިވް އާއި ހެދީ…”އެވަގުތު ވެސް އިވްލީންގެ ލޮލުން ހޯސްލާފައި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގެންދިޔައެވެ. އަޅަ އަޅައިގަންނަމުން އިވްލީންއަށް ވާހަކަ ދެއްކުނީ ވެސް ވަރަށް އުނދަގުލުންނެވެ.ހުރި ހަމައެކަނި ކޮއްކޮ ރޯތަން ބަލަން ހުރުމަކީ ވަކި އީވާންއަށްވެސް  ކެތްވާވަރުގެ ކަމެއް ނޫނެވެ. އީވާން އިވްލީންގެ ލޮލުގައިވި ކަރުނަތައް ފޮހެލަދިނެވެ.” ނޫނޭ ނޫންން… އިވް ތިހެން ނުބުނޭ.. އިވް އާއި ހެދީއެއްނޫނޭ އެހެންވީކީ..މިހާރު ދޮންބެއަށް ހީވަނީ އިވް މާބޮޑަށްހެން ތި ވިސްނަނީ.. ޑޯންޓް ތިންކް އެހާވަރަށް…ދެން ދޭ އެތެރެއަށް ގޮސް ރެސްޓް ކޮށްލާ އިނގޭ….. ގުޑް ނައިޓް ދޮންބެގެ ކިއުޓީ” ގުޑްނައިޓް އޭ ބުނުމަށްފަހު އިވްލީން ގޮސް އެތެރެއަށް ވަނެވެ.  “ދޮންބެގެ ކިއުޓީ” މިއީ އީވާން އިވްލީންއަށް ލޯބިން ގޮވުމަށް ދޭތެރެ ދޭތެރެއަކުން އަކުން ބޭނުންކުރާ ބަހެކެވެ.އީވާން އިވްލީން ގެއަށް ލާފައި އައި އިރު ވަހީދު އެމެޖެންސީ ރޫމްއަށް ވައްދައިފިއެވެ. ޖަޒްލީ އަރީކާ ހަމައަކަށް އެޅުވޭތޯ ކުރަމުން ދިޔަ މަސައްކަތްވީ މުޅިން ބޭކާރެވެ.އީވާން އަރީކާ ގާތުގައި ގެއަށް ދާން ބުނުމުން އެކަމާއި ވެސް އަރީކާ ހެދީ ދެކޮޅެވެ. ވަނީ ވެސް އެހެންނޫންހެއްޔެވެ؟އަރީކާ އަކީ ދުވަހެއްގެ ކޮޅުންވެސް ވަހީދު އާއި ދުރަށް ދިއުމަށް ބޭނުންވާނޭ މީހެއްނޫނެވެ. އިވްލީން ދެކެ ވެސް އަރީކާ ވަނީ އާދަޔާ ޚިލާފު ލޮތްބެކެވެ. އަރީކާ އިވްލީން ކުޑައިރުން ފެށިގެން މިއަދާ ހަމައާ ޖެހެން ދެން ވެސް ގެންގުޅެފައިވަނީ ހިތްހަމަޖައްސައި ދީގެންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.ނަމަވެސް ބައެއް ކަންކަމަކީ އަރީކާ ކިތަންމެ އިވްލީން އަށް ކޮށްދޭން ބޭނުންވިއަސް ނުވާނެކަންކަމެވެ. މެންދަމުން އަލިވެ ދޭއް ޖެހިއިރު ވެސް އިވްލީންގެ ރުއިމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ރޮއެރޮއެ ގޮސް ދެލޯ ވެސް ވަނީ ރަތްވެފައެވެ. އެހެން އޮއްވާ ވަރުބަލިވެގެން ގޮސް އިވްލީންއަށް ނިދުނީ މާގިނައިން ރުއިމުގެ ސަބަބުންނާއި ނުކައި ހުރުމުންނެވެ. ނިދިފައި އޮތް އިވްލީންގެ ލޯ ކައިރީގައި ނުހިކި ހުރި ކަރުނަތައް ހުއްޓެވެ. އިވްލީންގެ ހާލަތު ހަމަލޮލަށް ފެންނަ ކޮންމެ މީހަކު ހަމްދަރުދީން ފުރޭނެކަންގައިމެވެ. ރާއިލް ހިތަށް ވިސްނައިދެމުން ދިޔައީ އިވްލީންގެ ގޭމީހުން ނުގަބޫލު ވެއްޖެ ނަމަ ދެން ކަންތައް ކުރާނީ ކިހިނެއް ކަމާމެދު އެވެ. ނަމަވެސް އެ ހިޔާލުތައް ދޫކޮށްލީ ގަބޫލު ވާނެކަމުގެ އުންމީދު ކުރެވުނުލެއް ބޮޑުކަމުންނެވެ.އަރާމު ނިންޖަކުން ނިދާލާފައި އޮތް ޒިލާލްގެ ނިދިގަނޑު ފިލައިގެން ދިޔައީ ނޯރާގެ ފޯނުކޯލަކުންނެވެ.ޒިލާލްއަކީ ނިދައިފިނަމަ ހޭލަން އެހާ އުނދަގޫ މީހެކެވެ.ނިދަން މިޔަރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް ނިދީގައި އޮވެ ފުރޮޅިލި ވަގުތު ފޯނުގައި އަތް ޖެހުމުން ސްކްރީން ދިޔައީ ހުޅުވިގެންނެވެ. ކުއްލިއަކަށް ޒިލާލް ކޮޅަށް ޖެހިގެން ދިޔައީ ނޯރާގެ 9 މިސްޑްކޯލް އޮތްތަން ފެނުމުންނެވެ. މާތްކަލާކޯ އޭ.. ނޯރާ މިވަރު ކުރިއިރު ވެސް ރޭކާނުލިތާއެވެ. އަވަހަށް ނޯރާގެ ނަންބަރަށް ގުޅައިލަން އުޅެނިކޮށް އަނެއްކާ ވެސް ނޯރާ ގުޅަން ފެށިއެވެ. އަވަހަށް ފޯނު ނެގިއެވެ.”ކީއްވެ މާލެ އައި ވާހަކަ ނުބުނީ! ގުޅާ ގުޅާ ބަލި ވިޔަސް ފޯނެއް ނެގޭ ކަމަކަށް ނުވޭ  ނަމެއްގަތަ އައިމް ޔުއާ ގާރލް ފްރެންޑް…….. މިހުރީ މަގުމަތީގަ ވިތިން ޓޫ މިނެޓްސް ތިރިއަށް ނައިއްސިއްޔާ އައި ކާންޓް ފޮގިވް ޔޫ!” ބިރެއް ފެނިގެން އުޅޭމީހެއް ފަދައިން ކޮޓަރިތެރެ ހާވަމުން ގޮސް އަތުޖެހުނު ޓީޝާޓު ގަޔަށް މަހާލައިގެން ނިކުތް ޒިލާލް މަޑު ފިޔަވަޅުތަކެއްގައި ގޮސް ގޭގެ ދޮރު ލައްޕާލުމަށްފަހު ލިފްޓަށް އެރިއެވެ. އެވަގުތުވީ ޒިލާލްގެ ބައްޕަ ޒުބޭރު ފެންބޮވައިގަނެގެން ކޮޓަރިން ނުކުތް ވަގުތަށެވެ. ފެންބޮވެގެން ކޮޓަރިއަށް ޒުބޭރުވަނީ ގޭގެ ދޮރު ތަޅުނުލައި ހުރުމުން ތަޅުލާފައެވެ. އަސްމާ އަަބަދުވެސް ތަޅުލާނެއެވެ. ނަމަވެސް މިރޭ ހަނދާން ނެތުނީ ކަންނޭނގޭ ހިތަށް އެރި ނަމަވެސް ޒެއިން,ޒިލާލް,ޒީޝާލް އުޅޭތޯ ޔަގީންކުރިއެވެ. އެންމެފަހުން ޒިލާލްގެ ކޮޓަރި ބެލިއިރު ކުއިލްޓް ބޮނޑި ކޮށްލާފައި އޮތުމުން އެއީ ޒިލާލް ކަމުގައި ނިންމާ ގޭގެ ދޮރުތަޅުލިއެވެ. “ރިއަލީ ސޮރީ……އައި ވާހަކަ ނުބުނެވުނީމަ އެންޑް ފޯނު ނުނެގުނީމަ…..” ޒިލާލް ވާހަކަ ދައްކަމުން ދިޔައީ ވަރަށްވެސް ބިރުން ހުރެގެންކަން ދެންމެ ޒިލާލްގެ އަޑުއިވުނު ކޮންމެ މީހަކު ވެސް ގަބޫލުކުރާނެކަން ގައިމެވެ.” ސާބަހޭ އައިމް ނޮޓް މޭޑް އެޓް ޔޫ… ޒިއްލު އަވަހަށް އާދޭތޯ ބަލާލަން ވެގެން އެހާ ރުޅި އަންނަ ކަމަށް ހެދުނީ … ހަމައެހެންނު މިވީވެސް ހެހެ ތިއެއް ނޫނޭ އުޅިބަ ރިސޯޓް އަކަށް ދާން””ޔެއާ ދާންވީ ހަމަ އެކަމު އޮފީސް ބިޒީވީމަ ނުދެވޭނެ..އޮފްއެއް ވެސް ނުކެރޭނެ ނަގާކަށް ލައްކަ މަސައްކަތް ވެސް ހުންނާނެ…ވީކެންޑް ގަ ދެވޭނީ” ޒިލާލްގެ މުސާރައިން އެއްބައި ކަނޑާފާނޭ ހިތަށް އަރާފައި އެހެންް ބުންޏެވެ. ކޮންމެ ފަހަރަކު މުސާރައިން އެއްބައި ނުލިބުމުން ބައްޕަ ކައިރީގައި ކިޔަންޖެހޭތީ އަސްލު ޒިލާލް އެކަން އެހެންވާތީ ހިތްހަމައެއް ނުޖެހެއެވެ.” ތީ ޒިލާލް ޑޭޑްގެ ކޮމްޕެނީއެކޭ އަހަންނަކަށް ނޭނގޭ ބޭނުން އިރަކު އޮފް ނުލިބޭންވީ ރީޒަން އެއް…. ވީކެންޑްއަށް ވީމަ ލަސްވާތީއޭ މިބުނީ ..!”ނޯރާއަށް ކަމުނުދިޔައީ ޒިލާލްގެ ޝަކުވާތައް ގިނަކަމުން ނުދާނޭ ހީވާތީއެވެ. ” އެކަމަކު އެއީކީ މާ ރީތި ގޮތެއްވެސް ނޫނޭ ސްވިޓީ ….. ސްވިޓީގެ ޑޭޑް ކޫލްއަކަސް އަހަރެންގެ ޑޭޑް އެހާ ކޫލް ނުވެދާންނު …. އަންޑަރސްޓޭންޑް ވެބަލަ ވީކެންޑްގަ ދާނަމޭ ޔަގީން ދާނަން.. ކޮންބައެއް ދާނީ؟” ޒިލާލް ވާހަކަ ދައްކަމުން ދިޔައިރު ދޭތެރެއަކުން ނޯރާގެ ބުޅި އިސްތަށި ތަކާއި ކުޅިލައެވެ.” ޔެއާ ފައިން.. އަހަރެން ކައިރީ މާޔާ ވަރަށް ކީ އެހެންމަ މާޔާ ގެންދާނަން.. ޒިއްލުގެ ފްރެންޑެއް ނުގެންދާނަންތަ؟”” ފްރެންޑްއަކަށް ވެސް ހުންނާނީ ހަމްދާން އެކަމު އޭނަ ނުދާނެ މާޔާ ދަންޔަކާ ޔޫ ނޯއެއްނު ކީއްވެކަން .. އެހެންމަ 3 މީހުން ދާނީދޯ…” ޔެއާ އައިނޯ މާޔާ ވެސް ހާރޑު ވާނެ ހަމްދާން ގެންދަންޔާ….ރަނގަޅުވާނީ ހަމަ 3 މީހުން ދިޔައީއާ… އޯކޭނު ޕްލޭން ޑަން… ގުޑްނައިޓް ލަވް ޔޫ ބާއި…”ނޯރާ މާ ލަސްތަކެއް ނުކޮށް ކާރުގައި ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. ލޮލުކޮޅަށް ގޮސް ކާރު އޮބާލާންދެން ބަލަންހުރެފައި ޒިލާލް ގެއަށް ވަންނަން ހިނގައިގަތެވެ. ނޯރާ މިރޭ ރުޅިނައީސް ހުރީ ވެސް ޒިލާލްގެ ނަސީބޭ ހިތަށް އެރިއެވެ. ފުން ނޭވާއެއް ލަމުން ދޮރު ތަޅުގައި ހިފިއިރު  ހުރީ ތަޅުލާފައެވެ. ބައްޕަ ތަޅުލީކަން އިނގުމުން ލަސްތަކެއް ނުކޮށް އަވަހަށް ހަމްދާންއަށް ގުޅާލުމަށްފަހު އެގެއަށް ދިޔައެވެ. އެހެންޏާ މިކަހަލަ ކަމެއް ދިމާވެއްޖެނަމަ ޒިލާލްގެ ކޮއްކޮ ޒީޝާލްގެ އެހީތެރިކަން ލިބެއެވެ. ނަމަވެސް މިހާރު ޒީޝާލް ވީ ކިޔަވަން ގޮސް ރާއްޖޭން ބޭރުގައެވެ. ޒީޝާލް އަންނަ ދުވަސް ވެސް މިހާރު ވަރަށް ގާތްވެއްޖެއެވެ.އެމެޖެންސީ ރޫމްއިން ޔުމްނާ ނިކުތުމާއިއެކު އީވާންގެ ކުރިން އަރީކާ ވަހީދު ކިހިނެއްތޯ އެހިއެވެ. ” ލައްބަ ޕޭޝަންޓްގެ ހާލު ރަނގަޅު! ސިކުނޑިއަށް ލިބުނު ޝޮކެއްގެ ސަބަބުން މިހެން މިވީ.. ވީހާވެސް ބޮޑަކަށް ބަލަންވީ ސްޓްރެސް އާއި ދުރުކުރުވެވޭތޯ.. މިފަހަރު ފަސޭހަ ވިޔަސް ދެން މިކަހަލަ ކަމެއްވެއްޖެ ނަމަ އުނދަގޫ ކަމެއް އަންނާނެ ޕޭޝަންޓް ސަލާމަތް ކުރަން.. ހެދި ޓެސްޓުތަކުގެ ނަތީޖާތައް ވެސް ރަނގަޅު..ދެން އެންމެ ރަނގަޅު އިނގޭތޯ ގެއަށް ދުރުވިޔަސް”  ވާހަކަ ދެއްކުމަށްފަހު ފަޑު ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޔުމްނާ ދިޔައެވެ. އީވާންމެންނަށް ގެއަށް ދެވުނު އިރު ފަތިސް ނަމާދަށް ބަންގި ވެސް ގޮވަނީއެވެ. އެދުވަހު މެންދުރު ހާއިރު އިވްލީން ކައިރީގައި ބައްޕައަށް ވީގޮތް އީވާން ކިޔާދީފައި އެތައް ފަހަރެއްގެ މަތިން އިވްލީން ގާތު ބައްޕައާއި ދޭތެރޭގައި އެއްޗެއް ކިތަންމެ ބުނަން ބޭނުންވިޔަސް ވިސްނާލާފައި ބުނުމަށް ނަސޭހަތްތެރިވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aishath Limsha
Follow Me Written By

Aishath Limsha

Level 4100 Login10 Stories500 Login100 Comments

A girl who want it, work for it🖤.. trying my best to be a good author🤍 ... I'll accept positive n negative comments and without reader's comments🤍 I might have been repeating mistakes🖤...I would love to see reader's opinion for my stories?? 🤍Author of " abadhahtakaa hithuge loabi" luv yu my dear reader's 🤍🖤

Other Articles

Previous

ވައުދޭ ވެވޭ މީ…38-39

Next

އުމުރަށް ވަކިވީ …..

Next
March 5, 2025

އުމުރަށް ވަކިވީ …..

Previews
March 4, 2025

ވައުދޭ ވެވޭ މީ…38-39

2 Comments!

  1. ❤️ says:
    March 7, 2025 at 12:24 am

    Vrh vrh reethi vhk ❤️‍🔥
    Masha allah ❤️
    When next episode?

    1. Aishath Limsha Aishath Limsha says:
      March 7, 2025 at 6:50 am

      Thank you ❤️..
      Next ep submit kohlaafa innaani….😊

Comments are closed.

Next Episodeއަބަދަށްޓަކައި ހިތުގެ ލޯބި 9←


All Right Reserved!