Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (8)

kamana Level 310 Stories500 Comments100 Comments
December 6, 2015 4 Mins Read
9 Comments

ގްރޭޑް 7 ގެ އެންމެ މޮޅު ދަރިވަރުންގެ ތެރެއިން ލީނާ ހޮވުމާގުޅިގެން ޒާހިރު ނިންމީ އޭނާގެ ކުޑަ އާއިލާ ގޮވައިގެން ލަންކާއަށް ދިޔުމަށެވެ. ދަތުރުގެ މައިގަނޑު މަގުސަދަކަށްވީ ލީނާއާއި އިސްހާގް ޢާއިއެކު ގިނަ ވަގިތު ހޭދަކުރުމަށާއި ބޮޑުދައިތަގެ ހާލުބެލުމެވެ.

“މަންމާ ބަލާބަލަ މިހަރަ ވީޑު އެއް.. އަޅުގަނޑުގެ އިސްތަށި ގަނޑު ހަލާކުކޮއްލަނީ މިއޮތް” ލީނާގެ އަޑު މާގަދަ ވެގެނެ ދިޔާނާ ކޮޓަރިން ނިކުމެވޭ ގޮތަށް ހަދާފައިވާ ބެލްކަންޔަށް ނިކުމެލިއެވެ. “ދައްތާ އަޅުގަނޑު ނުކުރަން އެއްވެސް ކަމެއް… ލީނާ ފޮނިވާންވެގެން އިސްތަށިގަނޑު ދެފަރާތަށް ހަލުވާލި ގަޑީގައި އަޅުގަނޑުގެ ގަމީހުގެ ގޮށުގައި އަޅައިގަތީ.. މި ނައްޓާނީ ކިހިނެއް ކަމެއް އަޅުގަނޑަކަށް ނޭގެ” ލީނާއާއި ޖާވިދު ތިބި ގޮތުން ދިޔާނާއަށް ހެވުނެވެ. ލީނާއާއި ޖާވިދުގެ 3 އަހަރުގެ ތަފާތެއް ހުއްޓެއް ކަމަކު ދެމީހުން އެހާ ސަކަރާތް ޖަހައެވެ. ދެމީހުން ތޮޅޭއިރު ކުޑަކުދިންނެކޭ ތަފާތެއް ނެތެވެ. “ޖާވިދު ތިހެން ނަހަދާ.. ދައްކަ ދައްތަ އަތަށް ތި ނައްޓަދޭނަން..” ޖާވިދު ލީނާގެ އިސްތަށިގަނޑަށް ދަމަން ގަތީމަ ދިޔާނާއަށް ނުހުރެވިގެން ބުނެލިއެވެ.

“ޕިސް ޕިސް ތިހާ ބޭބީ ނުވެބަލަ.. ލީނާ ހުންނާނި ކަމެއް ނުވެގެން .. މަންމާ މަންމާ.. އަބަދު މަންމަ އަށް ގޮވާލަ ގޮވާލަ..” ދެން އަހަރެން މަންމަ އަށް ނުގޮވަންޔާ ވީޑް ގަނޑަށްތަ ގޮވަންވީ ހުއް” ކީއްވެ ނުގޮވޭންވީ.. އަދި ލީނާ މި ޖާވިދުއަށް ގޮވާވަރު ކޮއްލާނަން އިނގޭ” ޖާވިދު އެހެން ބުނުމުން ތި ދުވަހަކަށް އިންތިޒާރު ކުރާނަމޭ ލީނާ ބުނެލީ ދޫވެސް ނެރެލާފައެވެ.

*****

“ސާބަސް ރެޕަންޒިލް އަށް.. މިހާރު ހޭލާ ހުރެގެންވެސް ހުވަފެން ބަލަނީތަ.. ކިހާ އިރެއް ގޮވާތާ.. އަން މިއައީ ކޮފީއެއް ހަދައިގެން ގެނެސްދީފަ.. ކޮންމެ ކޮންމެ މީހަކަށް މި ނަސީބެއް ނުލިބޭނެ އިނގޭ” ލީނާ ސިހިގެން ދިޔައީ ޖާވިދު އައިސް ވާހަކަ ދެއްކުމުންނެވެ. މި ޖާވިދުގަނޑަށް އަންނަން އެނގުނީވެސް މިގަޑިގައި ހެއްޔެވެ. ބަލަން ހުންނާށެވެ. އެނގޭ ކަމަށް ނުވެސް ހަނދާނަމެވެ. ފޮނިވެސް ފިރިހެނެކެވެ. ލީނާ ހިތާހިތުން އެތަކެއް އެއްޗެއް ޖާވިދު އާ ދިމާލަށް ކިއެވެ. ލީނާ އިނީ ފެންޑާގައެވެ. ލީނާ އެކަނި އިނުމުން ޖާވިދު ލީނާއަށް އުދަގޫ ކޮއްލާހިތްވީއެވެ. އެއި އަބަދުވެސް ޖާވިދުގެ އާދައެވެ. ލީނާ ރުޅިއައުމުން ބުނެދޭން ނޭގޭ ހިތްހަމަ ޖެހުމެއް ލިބެއެވެ. ” ސާބަސް.. ތި ޖާވިދުއެއް މިގޭގަ އުޅެންޔާ މަޖެހޭނީ ބޯ ބާލައިގެން އުޅޭން ތޯއްޗެއް.” ލީނާ މޫނު ހަދާލައިފައި އެހެން ބުނީ ޖާވިދު އަންނަ ކޮންމެ ފަހަރަކު އިސްތަށިގަނޑު ހަޑިކޮއްލާތީއެވެ. “އޯކޭ އޯކޭ.. ސިނގުރުޅި ދޯ މިހާރު އަންނަނީ.. ތިބޮނީ މަހަދާފަ ހުރި ކޮފީއެއް އިނގޭ.. ތި ހުސްކުރައްޗޭ އަނެއްކާ.. ދެން އިދޭ ބަސްއަހައިގެން ހުވަފެން ބަލަން.” “ޖާވިދޫދޫދޫ” ލީނާ ބާރަކަށް ހަޅޭލަވައިގަތީ ޖާވިދު އޭނަ ބޮލުގައިން ވޫލްކޮޅު ނައްޓާލުމުންނެވެ. ވަރެއްގެ ފިރިހެނެކެވެ. އަދިވެސް ބޮޑުނުވަނީ ކަންނޭގެއެވެ. ޖާވިދު ދިޔުމުން ލީނާގެ ތުންފަތުގައި މަޑު ހިނިތުން ވުމެއް ވިއެވެ.

ހެނދުނުގެ ވަގުތެއްކަމަކު މާލޭގައި މީހުން އުޅޭލެއް މަދެއްނޫނެވެ. ދުއްވާއެއްޗެހިވެސް އެހާމެ ގިނައެވެ. ލަމްހާ ފިޔަވަޅުތަށް އަވަސް ކޮއްލާފައިވަނީ ކޮލެޖްއަށްދާ ގަނޑި ޖެހެން ގާތްވުމުންނެވެ. ދަބަހަށް ފޮތްތަށް އަޅަމުން ގޭ ދޮރާށި ހުޅުވާލި ގަނޑިގައި ލަމްހާ ޖެހުނީ އިސްހާގް ގައިގެވެ. ލަމްހާ ޗުސް ޖަހާލަމުން ގަނޑިޖެހެނީހޭ އިސްހާގް އަހާލިއެވެ. ލަމްހާ ބޯޖަހާލަމުން މަޑުކުރުމަށް ބުނެ އިސްހާގް ވަނީ ގެއަށެވެ. “ލަސްވަނީތަ.. އަދި އިބޭނޭ 10 މިނެޓް.. ތަޅުގަނޑި ނުލާ ނިކުމެވުނީމަ އެބަލާ ވަނީ.. ހިނގާ ދާ އަހަރެން ލާދީފާނަން ލަމް ކޮލެޖްއަށް..” ގަނޑިއަށް ބަލަން އިން ލަމްހާ ފެނި އިސްހާގް އަވަސް އަވަހަށް އަހާލިއެވެ. ލަމްހާ ލައިއުޅެނީ ގަޔަތްދޫ ދިގުހެދުން ކަމުން ސައިކަލުގައި އިންނަން ޖެހުނީ އެއްއަރިއަކަށެވެ. ދެންމެ ދެންމެ ވެއްޓިދާނެހެން ހީވާތީ ލަމަހާ އިސްހާގްގެ ބެލްޓް ކައިރިން އުނަގަނޑުގައި އެއްއަތުން ހިފާލިއެވެ. ލަމްހާގެ ހިތް ހީވަނީ ދެންމެ ދެންމެ ނިކުމެދާނެހެންނެވެ. އިސްހާގް ގައިން ދުވި މީރުވަހުން ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ލަމްހާ ހަމަބިމަށް ފޭބީ އިސްހާގް ވާހަކަ ދެއްކުމުންނެވެ. “ލަމްހާ ނުފައިބާނަންތަ.. ނުފައިބަންޔާ އަހަންނާ އެކު އޮފީހަށް ގެންގޮސްދީފާނަން” ކޮލެޖް ދޮރުމަށްޗަށް ސައިކަލު މަޑުކޮއްފަ އިސްހާގް އަހާލިއެވެ. ލަމްހާ ލަދުން އިސްޖަހާލިއެވެ. ކޮލެޖްއަށް ވަތް އިރުވެސް ލަމްހާ އިސްނޫފުލުމުން އިސްހާގް އަށް ހެވުނެވެ. ލަމްހާ ހަމަ އެހާ ލަދުގަތީ ހެއްޔެވެ. އިސްހާގް ހިތާ ހިތުން ސުވާލު ކޮއްލިއެވެ.

މުޅިގެ އެއްވަސް ކޮއްލާފައިވަނީ ދުވާ މީރުވަހުންނެވެ. ރޯޒްގޭ އެންމެން ކެއުމަށް އިންސާފު ކުރަމުން ދިޔައިރު އެހެންޔާ ނުހުންނަ ފޯރި ސުފުރާމަތީގައި ހުއްޓެވެ. ލީނާގެ ތުންފަތްމަތިން ހިނިތުންވުން ފާޅުވާން ހުރުމުން ވޭތުވެދިޔަ 6 މަސްދުވަސް ތެރޭގައި ގެއަށް ނުލިބޭކަހަލަ އުޖާލާކަމެއް ލިބިފައި ހުއްޓެވެ.

“ދައްތާ.. މިގޭ ބޭރުގަ އިން މަސްޓޭންކް ކާކު ޑިޒައިން ކުރީ” އޭގެ ޖަވާބު ޖާވިދުއަށް އެގި ހުރެ ދިޔާނާ ކުރެން އަހާލިއެވެ. ” އެއީ ލީނާގެ.. ލީނާ ކޮޓަރިވެސް އެއީ އަމިއްލައަށް ޑިޒައިން ކޮއްފަ” މަންމާ” ދިޔާނާ ވާހަކަ މެދުކަނޑާލަން ޖެހުނީ ލީނާ ގޮވާލުމުންނެވެ. “އެހެންތަ… އެހެންވެ ދޯ އެހާ ހަޑީ” “ދެން ހަޑިއާ އެހާ ފާހަގަވީ ކީއްވެ.. އެހެން ނޫނަސް އަހަންނަށް އެނގޭ ތިއުޅެނީ މަސްޓޭންކް ރީތިވެގެން ކަން” ލީނާ އެހެން ބުނުމުން އެންމެން ހޭންފެއްޓިއެވެ.

އެންމެން ހޭތީ ލީނާ ވަރަށް ފޫހިވެއޭ ބުނެލިއެވެ. ” ނޫނޭ ހަމަ އަސްލުވެސް ރީތި އިނގޭ. ރެޕަންޒިލް ޖޭޑްގެ ވަރަށް ގާތް ފްރެންޑްއެއް އޭނަގެ ގެ ކުރަހާލަދީބަލާޝޯ.. ޖޭޑްއަށް އެކަންޔެއް ނުވާނެ.. ވިލް ޔު ހެލްޕް” ޖާވިދު އެހެން ބުނުމުން ލީނާ ހުރީ ގަބޫލް ކުރަން ދަތި ވެފައެވެ. ލީނާ އެކަހަލަ ކަމަކާ ނޫޅޭތާ ހާދަ ދުވަހެއް ވެއްޖެއެވެ. ވަޒީފާއަށް ދިޔުން ހުއްޓާލަން މަޖުބޫރު ވިފަހުން އެކަހަކަ ކަމަކާއެއް ނޫޅެވެއެވެ. ލިނާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. “ޔެސް ލީނާ ވާނެ.. ދޯ ދަރިފުޅާ.. އެހެން ނޫނަށް މީ މިގޭ އާކިޓެކްޓާރ އެއްނުދޯ” ދިޔާނާ ދިނީ ލީނާގެ ހިތުގައި އޮތް ޖަވާބެވެ. ލީނާ ހުރީ އުފަލުންކަން ލީނާ މޫނަށް ބަލާލި ކޮންމެ މީހަކަށްވެސް އެގޭނެއެވެ. ޖާވިދުގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ގެނުވީ ލީނާގެ އެ އުފާވެރިކަން ފެނިފައެވެ.

*****

“ފަޔާ އަހަންނަށް އެނގޭ ފަޔާ ލީނާ ދޫކޮއްލީ އަހަންނަށްޓަކާ ކަން.. އޭރުވެސް ހީވިއޭ ފަޔާ ނޫޅޭނެއޭ އެ ލީނާއާ ހެދިއެއް” އައިންތޫ ހުއްޓާލާ..ލީނާ އޭ ކިޔާފަ އެއްވެސް އެއްޗެކޭ ނުކިޔާތި” ފަޔާޒް އަދިވެސް ތި ހުންނަނީ އެ ލީނާ އާ ހެދި ހުސްވެފަތަ. ބަލަ އެއީ ނުކުޅެދޭ މީހެކޭ.. އޭނަ ކިހިނެއް ފަޔާޒް އަހަރެން  އުފާކޮއްދޭހެން އުފާކޮއްދޭނީ.. ބަލަ ހޭލަބަލަ.. އޭނަ އަށް ފަޔާޒް ހިތްހަމަ ޖައްސައެއް ނުދެވޭނެ.” ފަޔާޒްއާއި އައިންތު އިނީ ބީޗްގައެވެ. ފަޔާޒްގެ އެދުމުގެ މަތިން އައިންތު މާލެ އައީއެވެ. އެހެން ނަމަވެސް ލީނާއާ ދުރަށް ދިޔަފަހުން ހިތުގަ ހުސްކަމެއް ހުންނަނީ ކީއްވެހެއްޔެވެ. ތާއަބަދުމެ ނުފިލާ ރިހުމެއް ހުންނަނީ ކީއްވެހެއްޔެވެ. ނޫނެކެވެ. ނޫނެކެވެ. މިއީ ލޯތްބެއް ނޫނެވެ. ލޯބި ވިޔަސް ލީނާއާއެކު އުޅުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ ނުކުޅެދޭ މީހެކެވެ. ފަޔާޒްގެ ބޯ ހީވަނީ ދެންމެ ދެންމެ ފަޅައިގެންދާން އުޅޭހެންނެވެ. “ހިނގާ ދާން.. ބޮލުގަ އެބަ ރިއްސާ” ފަޔާޒް އެހެން ބުނެ ހިނގައިގަތީ އައިންތު ވީ ދިމާލެއްވެސް ބަލާނުލައެވެ.

******

“ސޯ ރެޕަންޒިލް އާރ ޔޫ ރެޑީ” ލީނާގެ ކޮޓަރިތެރެއަށް ބޮޑު މޭޒެއްލައި ކުރަހަން ބޭނުންވާހާ ސާމާނު އެއްކޮއްފައި ލީނާ ކުރެން ޖާވިދު އަހާލިއެވެ. ލީނާގެ ތުންފަތް މަތީވީ ހިނިތުންވުން ފެނި މަ ފިދާވެއްޖެއޭ ޖާވިދު ކިޔާލިއެވެ. “ކީކޭ” އެއްޗެކޭ ނޫން.. ތި އިސްތަށިގަނޑަށް ގޮތެއް ހަދާށޭ..” ޖާވިދު އަޅެފަހެ ތިހުންނަނީ މަގޭ އިސްތަށިގަނޑާ ހިތާވެފަތަ” ލީނާ އެހެން އެހުމުން ޖާވިދު އެއްޗެކޭ ނުބުނެ ހީލިއެވެ. ލީނާއަށް ހަމަ ނޭގެނީ ހެއްޔެވެ. އަހަރެން އެންމެ ފުރަތަމަ ފިދާވިވެސް ތި ދުގު އިސްތަޑިގަނޑު ފެނިފައެވެ. ވެގެން ވަންޔާ ލީނާއެކު އެކީ ފޮރުވާލާނަމެވެ. ތިއީ މިހިތުގެ ދިރުންކަން ލީނާއަށް ނޭގެނީ ކީއްވެ ހެއްޔެވެ. ޖާވިދުގެ އިހްސާސްތަށް ޖާވިދު ލީނާ ކުރިމަށްޗަށް ބޭރުކޮއްލިއެވެ. އެހެން ނަމަވެސް އެއީ ސިއްރުންނެވެ. ލީނާގެ ހިތަށް ލޯބިވާވާރު އިހްސާސް ކުރެވެންދެން ލޯބިވަމޭ ބުނާނީ މިހެންނެވެ. އާއެކެވެ. ވަރަށް ލޯބިވެއެވެ.

ނުނިމޭ……

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ފޮހެވޭނޭ ބާއޭ… 13

Next

ހުވަފެނެއްބާ؟ (6ވަނަ ބައި)

Next
December 6, 2015

ހުވަފެނެއްބާ؟ (6ވަނަ ބައި)

Previews
December 6, 2015

ފޮހެވޭނޭ ބާއޭ… 13

9 Comments!

  1. nym says:
    December 6, 2015 at 8:31 pm

    story nimunytha? is it the end? v v v reethi anehbai kon irakun ? waiting 🙂

  2. fareeeaaa says:
    December 6, 2015 at 8:33 pm

    Vvv reethi mi part vx

  3. Kamana says:
    December 6, 2015 at 8:35 pm

    Nxt part tuesdayga ?? thnk u ??

  4. Petite says:
    December 6, 2015 at 9:10 pm

    Wowwwww.. just awesome… 😀

  5. Kiyuntheriyaa says:
    December 6, 2015 at 9:15 pm

    Varah reethi… luv it sooo much!! 🙂 🙂 🙂

  6. neha says:
    December 6, 2015 at 11:07 pm

    Nimunytha? V mistakes ebahuri

  7. kamana says:
    December 6, 2015 at 11:49 pm

    nunimEyy… neha i will take care of it.. thnkx hurihA kudhinnah :*

  8. kiyaa says:
    December 7, 2015 at 11:08 am

    vvv shalhi…..next part ves reethi vaanekamah ummeedhu kuran..

  9. kamana says:
    December 30, 2015 at 2:22 pm

    thank u :*

Comments are closed.

Next Episodeހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (9)←


All Right Reserved!