އެ އަންހެން ކުއްޖާ 02
ކޮއްކޯ މިޔޮތީ ކޮއްކޮ އަށް ދިން ހަދިޔާ އެއް ، ކޮއްކޮ ރަގަޅަށް ބަސް އަހައިގެން ކިޔަވާތި . ” މުސްކުޅި ފުރާގެ މީހަކު ޗޮކޮލެޓް އެއް ދިނުމަށް ފަހު ބުނެލިއެވެ .. ޒިއާން ހިތާ ހިތުން ކިޔާލިއެވެ . މިހެން ދޭ މީހުން ގެ އަތުން ޗޮކްލެޓް ކެއުން އެހާ ވެސް ރަގަޅެއް ނުމެ ވާނެއެވެ . އަތް ލާކަށް ވެސް ނުމެ ވާނެއެވެ . އެކަމަކު ވެސް މި ފަހަރު މި ބޭބެ ދިނީމާ އަށްލާނީއެވެ . ޒިއާން 2 ވިސްނުމެއްގައި ހުރުމަށް ފަހު ޒިއާން އެ މުސްކުޅި ފުރާގެ މީހާ ދިއްކޮއްލި ޗޮކޮލެޓްގައި ހިފާލިއެވެ . އަދި ޝުކުރު އަދާ ކުރިއެވެ . މިއީ ޒިއާން ދުވަހަކު ވެސް ކުރި ކަމެއް ނުމެ ނޫނެއެވެ . އަދި މިވާޙަކަ މަންމަ މެން ކައިރީގައި ބުނަށް ހަދާން ނެތިގެން ދިޔައެވެ .
ޒިއާން އަކީ އަބަދު ވެސް ޗޮކޮލެޓް ކާ ހިތްވާ ކުއްޖެ ކަމުން ޒައިން އެ ޗޮކްލެޓް ހިފިއެވެ . އަދި އެ މުސްކުޅި މީހާ އަށް ޝުކުރު އަދާ ކުރިއެވެ . މަގުގެ 2 ކޮޅު ބަލާލުމަށް ފަހު ޒިއާން އެ ޗޮކްލެޓް ކާން ފެށިއެވެ .
ކިލާހަށް ވަންނަށް ރަގަބީލް ޖަހާލާފިއެވެ . ޒައިން އާއި ހައިޝަމް ވަދެވުނީ އެއް ކޮށް ކަހަލަ ގޮތަކަށެއެވެ . ހައިޝަމް އަދި ޒައިން އަކީ 2 ބެސްޓް ފްރެއިން ކަމުން އަބަދު ވެސް އުޅެމުން އަންނަނީ އެކު އެކީގައެވެ . ޒައިން އަށް ވާ ކޮންމެ ކަމެއް ހައިޝަމް އަށް އެގެއެވެ . އުޅޭ އިރު ހީވަނީ އެއްބަނޑު އެއްބަފާ 2 ބެއިން ގޮތުގައެވެ .
” ޒައިން . ބުރޯ އޯކޭ ތަ ؟ ” ހައިޝަމް އަހާލިއެވެ . ” ރަގަޅު . ” ކުރު ގޮތަކަށް ޒައިން ބުނެލިއެވެ . ނަމަވެސް ޒައިން ގެ މޫނު މަތިން ފެންނަ ކުލަވަރު ތަކާ އުޅޭ ގޮތުން ރަގަޅު ނޫން ކަން ހައިޝަމް އަށް އެގިގެން ދިޔައެވެ . މިޔަދު ސްކޫލް ގައި އުޅެމުން އަންނަނީ ކުރިން ޒައިން ދުވަހަކު ވެސް ނޫޅޭ ގޮތަކަށެވެ .
ސަކަ މިޒާޖެއްގެ ޒައިން މިޔަދު އިނީ މަޑުމައިތިރި ކަމާއެކު ގައެވެ . މޫނު މަތިން ފެނިގެން ދަނީ ހާސްކަމާ ހިތް ނުތަނަވަސް ކަމެވެ . 2 ނޭވާ ދޭތެރެއިން ފުން ކޮށް ނޭވާ ލުމާއި އިރު ކޮޅަކާ ޒައިން މޫނު ދެފަރާތަށް ބަލާލަ ބަލާ އިނެއެވެ . ކިޔެވުމަށް އެއްވެސް ޝައުޤުވެރި ކަމެއް ނުބަހައްޓައެވެ .
ޒައިން އަށް މިޔަދު ސްކޫލް ވީ ބިރުވެރި ނާމާން ތަނަކަށެއެވެ . އެއްވެސް ކުއްޖެއް ޒައިން އަށް ނުފެންނަ ކަހަލައެވެ . ” މިސް އަޅުގަނޑު ފާހާނާ އަށް ގޮސްލަން ” ޒައިން ކުލާސް މުދައްރިސް ކައިރީ ހުއްދަ އަކަށް އެދުނެއެވެ . ކިލާހުގައި ހުރި މަދައްރިސް އާބަސް ބުނުމުން ޒައިން އަވަހަށް ދިޔައީ ފާހާނާ ދިމާއަށެއެވެ . އަދި މޫނާއި އައްތިލަ ދޮވުލުމަށް ފަހު މޫނު ރަގަޅު ތޯ ބަލާލުމަށް ޒައިން ލޯގަނޑަށް ބަލާލިއެވެ . ނަމަވެސް ޒައިން އަށް ފެނުނީ ޒައިންނަށް ދުވަހަކު ވެސް ނުފެންނަ ކަހަލައިގެ މަންޒަރެކެވެ . ލޯ ހުދު ކުލައިގައި އަދި ލައިގެން ހުރި ހެނދުން ހުދު ކުލައިގައި ހުތި އަންހެން ކުއްޖެކެވެ .
ޒައިން އަށް ހޭވެރިކަން ވި އިރު ޒައިން އޮތީ އެ ރަށު ހޮސްޕިޓަލް އަށް ގެން ގޮސް ފަރުވާ ދެމުން ދަނީ އެވެ . ވަށައިގެން ކިލާސް ހުރިހާ ކުދިންނާއި މަންމަ އާއި އަދި އާއިލާ މެމްބަރުން ތިއްބެއެވެ .
” ޒައިން . ޒައިން ރަގަޅު ތަ ” ޒައިން ގެ މަންމަ އާބިދާ ގޮވަމުން ގެންދެއެވެ . ” އާ މަންމާ ރަގަޅު ކޮންތާކު މި އޮތީ ” ޒައިން އަހާލިއެވެ . ” ދަރިފުޅު ފާހާނާ އަށް ދިޔަ ތަނުން މޫނު ދޮންނަ ތަށި ކައިރި އަށް ވެއްޓިގެން . ސްކޫލް މަސައްކަތް ކުރާ މީހާ ހޮސްޕިޓަލަށް ގެނެއީ . އާބިދާ ބުނެލިއެވެ . މާ ދުރު ނޫން ހިސާބެއްގައި ޒައިންނަށް ޗޮކޮލެޓް ދިން މުސްކުޅި މީހާ އިނެއެވެ . އެ މުސްކުޅި މީހާގެ އަބިމީހާ ބާވައިގެން އުޅޭތީއެވެ . ޒައިން ފެނުމާއެކު ޒައިންނަށް ނުލަފާ ގޮތަކަށް ހީލިއެވެ . އެ ހީލުމުން ހީވަނީ އެ މުސްކުޅި މީހާ އަށް އޭނާގެ ބޭނުން ވާ ކަމެއް ހާސިލް ކުރެވުނު ހެންނެއެވެ
ހަވީރު ގެ ވަގުތެއެވެ ، ޓިޔުޝަން އަށް ދާން ޒައިން ތައްޔާރީ ތަށް ވަމުން ދިޔައެވެ .. ” ޒައިން …….. ” މީހަކު ޒައިން ނަމުން ގޮވާލިއެވެ .
03 ވަނަ ބަޔަށް އިންތިޒާރު ކޮއްލަވާ .
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Yageen eii sihuru ge James
Story nice ingey!!
Not James but kameh!!
You know autocorrect heheh..