Skip to content
އެސްފިޔަ

އެ އަންހެން ކުއްޖާ

މި ވާހަކަ އަކީ  3 ވަނަ އަށް ލިޔަން ފަށަން އުޅޭ ދިގު ވާހަކައެކެވެ . ލޯބީގެ އަދި ބިރުވެރި އެތަކެއް ކަމެއް ކުރިމަތި ކުރިމަތި ވެގެން ދާނެއެވެ . އެންމެ ހީ ވެސް ނުކުރާ ކަން ކަމާ ކުރިމަތި ކުރުވައެވެ . އަދި އެންމެ ބޭނުން ވާ ދުވަހު އެއްވެސް މީހެއްގެ ހިލަމެއް ވެސް ނުމެވެއެވެ .

އަހަރުމެން ގެ ތެރޭގައި އިންސީންނާއި ޖިންނީން ވެސް ހިމެނިގެން ވެއެވެ . އެ އިއްޗިހިން ނަށް އުދަގޫ ކޮށް ދުއްތުރާ ކޮށް ހެދުމުން އަހަރުމެން އިންސާނުންނަށް އޭގެ އުދަނގޫ ކަން ކުރިމަތި ކުރުވައެވެ .

މި ވާހަކަ އަކީ ހަޤިޤީ ހާދިސާ އެއްގެ މައްޗަށް ލިޔެ ފައިވާ ވާހަކައެކެވެ . އަސްލު ނުގެއްލޭ ގޮތަށް މި ވާޙަކަ ފަރުމާ ކުރެވިފައި ވާ ކަން ދަންނަ ވާލަން .

މި ވާހަކައިގައި އުޅެމުން އަންނަ މީޙުންގެ ނަން ތަކާއި ރަށް ތަކަކީ   މި ވާހަކަ ދިމާ ވީ މީހުންގެ ރަށް ތަކެއް ނުމެ ނޫނެއެވެ .  އަދި ސިފަ ކުރުން އަޅުގަނޑަށް ކުރެވެން އޮތް ވަރަކަށް ސިފަ ކުރުމުގައި މަސައްކަތް ކޮށްދޭނެ ވާހަކަ ދަންނަ ވާލަން

ދުވަސް ވަރަކީ ޒިއާން މެން އޯލެވެލް އަށް ތައްޔާރު ވަމުން އައި ދުވަސް ވަރެއެވެ . ޒިއާން އާއި އޭނަގެ ކިލާސް ކުދިންނާ އެކު ގްރޫޕް ސްޓަޑީ ކުރުމުގައި ދުވަސް ހޭނދަ ކުރަމުން ގެންދެއެވެ . ކިޔެވުން ނޯންނަ ދުވަހަކު ވެއްޖެ ނަމަ ޒިއާން އާއި  ހައިޝަމް އުޅެމުން ގެންދަނީ ގްރޫޕް އިސްޓަޑީ ހެދުމުގައެވެ .، އެއް ކުއްޖަކަށް ވުރެން އަނެއް ކުއްޖަކު ރަގަޅު މާކްސް އެއް ހޯދުމަށް އެތަކެއް މަސައްކަތް ތަކެއް ކުރެވިގެން ދެއެވެ .

ޒިއާން އަށް ލޯ އަޅާ އެތަކެއް ބަޔަކު ތިބެއެވެ . އެތަކެއް މައިންބަފައިން ތަކެކެވެ . އެކަމަކަށް ޒިއާން އެއް އަޅައެއް ނުމެ ލައެވެ .  އެތަކެއް ދުއްތުރާއެއް އެތަކެއް އުދަނގުލެއް ޒިއާން އަށް ކުރިމަތި ކުރުވައެވެ .

” ކޮއްކޯ މިޔޮތީ ކޮއްކޮ އަށް ދިން ހަދިޔާ އެއް ، ކޮއްކޮ ރަގަޅަށް ބަސް އަހައިގެން ކިޔަވާތި . ” މުސްކުޅި ފުރާގެ މީހަކު ޗޮކޮލެޓް އެއް ދިނުމަށް ފަހު ބުނެލިއެވެ .. ޒިއާން ހިތާ ހިތުން ކިޔާލިއެވެ .  މިހެން ދޭ މީހުން ގެ އަތުން ޗޮކްލެޓް ކެއުން އެހާ ވެސް ރަގަޅެއް ނުމެ ވާނެއެވެ . އަތް ލާކަށް ވެސް ނުމެ ވާނެއެވެ . އެކަމަކު ވެސް މި ފަހަރު މި ބޭބެ ދިނީމާ އަށްލާނީއެވެ . ޒިއާން 2 ވިސްނުމެއްގައި ހުރުމަށް ފަހު ޒިއާން އެ މުސްކުޅި ފުރާގެ މީހާ ދިއްކޮއްލި ޗޮކޮލެޓްގައި ހިފާލިއެވެ .  އަދި ޝުކުރު އަދާ ކުރިއެވެ . މިއީ ޒިއާން ދުވަހަކު ވެސް ކުރި ކަމެއް ނުމެ ނޫނެއެވެ . އަދި މިވާޙަކަ  މަންމަ މެން ކައިރީގައި ބުނަށް ހަދާން ނެތިގެން ދިޔައެވެ .

2 ވަނަ ބަޔަށް އިންތިޒާރު ކޮއްލަވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (1)

  1. L

    i noticed a lot of grammar mistakes mi part ki iru eh part fix kollachey next time

Comments are closed.