Skip to content
އެސްފިޔަ

އެ އަންހެން ކުއްޖާ 03

” ޒައިން . ޒައިން ރަގަޅު ތަ ” ޒައިން ގެ މަންމަ އާބިދާ ގޮވަމުން ގެންދެއެވެ . ” އާ މަންމާ ރަގަޅު ކޮންތާކު މި އޮތީ ” ޒައިން އަހާލިއެވެ . ” ދަރިފުޅު ފާހާނާ އަށް ދިޔަ ތަނުން މޫނު ދޮންނަ ތަށި ކައިރި އަށް ވެއްޓިގެން . ސްކޫލް މަސައްކަތް ކުރާ މީހާ ހޮސްޕިޓަލަށް ގެނެއީ . އާބިދާ ބުނެލިއެވެ .  މާ ދުރު ނޫން ހިސާބެއްގައި ޒައިންނަށް ޗޮކޮލެޓް ދިން މުސްކުޅި މީހާ އިނެއެވެ . އެ މުސްކުޅި މީހާގެ  އަބިމީހާ ބާވައިގެން އުޅޭތީއެވެ . ޒައިން ފެނުމާއެކު ޒައިންނަށް ނުލަފާ ގޮތަކަށް ހީލިއެވެ . އެ ހީލުމުން ހީވަނީ އެ މުސްކުޅި މީހާ އަށް  އޭނާގެ ބޭނުން ވާ ކަމެއް ހާސިލް ކުރެވުނު ހެންނެއެވެ

ހަވީރު ގެ ވަގުތެއެވެ ، ޓިޔުޝަން އަށް ދާން ޒައިން ތައްޔާރީ ތަށް ވަމުން ދިޔައެވެ .. ” ޒައިން …….. ”  މީހަކު ޒައިން ނަމުން ގޮވާލިއެވެ

3 ވަނަ ބައި

 ޒައިން މަގުގެ 2 ފަރާތް ބަލާލިއެވެ .  ބަލާލި ވަގުތު . ފަޅު ގެއެއް ކައިރީ ސްކޫލް ފާހާނާ  މޫނު ދޮންނަ ތަށި ކައިރީ  އިން ލޯގަޑުން ފެނުނު ކުއްޖާ  މިޔަދު ފެނިގެން ދިޔައެވެ .

އެ އަންހެން ކުއްޖާ ހުރީ ޒައިން އާ ދިމާ އަށް ބަލަހައްޓައިގެންނެވެ . އެކަމަކާ ޒައިން ފަރުވާ އެއް ނުބަހައް|ޓައެވެ ޒައިން ހިގައި ގަތީ ޒައިން ޓިއުޝަން ނަގަމުން އަންނަ ގެޔާ ދިމާއަށެއެވެ.

ހަވީރުގެ ވަގުތެއެވެ . ޒައިން ޖީބުގައި އޮތް ފޯނު ނެގުމަށް ފަހު ހައިޝަމް އަށް  ގުޅާލިއެވެ . ” ކީކޭ ޒައިން ” ހައިޝަމް ފޯނު ނެގުމަށް ފަހު ބުނެލިއެވެ .

” އޭ ބްރޯ ހިގާބަލަ ހިގާލަން . މާދަމާ އެއީ ހުކުރު ދުވަހެއް ނު . ” ޒައިން ބުނެލިއެވެ . ” އާރ އޯކޭ ހިގާ ” ހައިޝަމް ބުނެފައި ފޯނު ކަޑާލިއެވެ . ޒައިން އާއި ހައިޝަމް އަކީ ކުޑައިރު ސުރެން އެކު އެކީ އުޅެމުން އައި 2 އެކުވެރިންނެއެވެ .  ނަމަވެސް 2 މީހުން އުޅޭ އުޅުމުގައި  ހީވާނީ އެއްބަނޑު އެއްބަފާ 2 މީހުން ގެ ގޮތުގައެވެ . ކޮންމެ ކަމެއް ގައި ވެސް 2 މީހުން އުޅެމުން ގެންދަނީ އެކު އެކީގައެވެ .

” ޒައިން ވާހަކަ އެއް އަހާލަން ތަ ؟ ” ހައިޝަމް ޝައްކުގެ ނަޒަރަކުން ސުވާލު ކޮއްލިއެވެ . ” މިހާރު ކިހިނެއް ވީ ” ޒައިން އަހާލިއެވެ . ” ކުރިން ދުވަހު ކިހިނެއް ވެގެން ވެއްޓުނީ ؟ އަހަރުމެން ތިބީ ވަރަށް ހާސްވެފާ . ޒައިން އަށް ވާނުވާ ނޭންގިފައި އޮތީމާ ؟ ”  ހައިޝަމް ބުނެލިއެވެ . ” އަސްލު އަހަންނަކަށް ނުމެ އިގޭ ކިހިނެއް ވެގެން ކަމެއް ވެސް . ” ޒައިން  ބުނެލިއެވެ .   ” ދޮގު ނުހަދައްޗޭ ؟ ” ހައިޝަމް ބުނެލިއެވެ .  ހައިޝަމް އަދި ޒައިން 2 އެކުވެރިން ސަކަރާތް ޖަހަމުން ގެންދިޔައެވެ . ޒައިން އަށް ކުއްލި ސިހުމެއް ގެނުވީ ޒައިން ފުރަގަހުން ޒައިން ކަންފަތް ކައިރިން ހޫނު ނޭވާ އެއް އައިހެން ހީވުމުންނެއެވެ . ޒައިން އެ ދިމާ އަށް ބަލާލެވުނެއެވެ . އެއްވެސް މީހަކު ހިމައެއް ނުމެވެއެވެ .  ” ކިހިނެއް ވީ ބުރޯ ؟ އަނެއްކާ ކަމެއް ގޯސް ވީތަ ؟ ” ހައިޝަމް ބުނެލިއެވެ .  ”  މީހަކު  އަހަންނަށް ގޮވާލި ހެން ހީވެގެން . އެހެން ވެ ، އަދި އަހަރެން ގައިގާ ފިނި  ވައި ރޯޅިއެއް ޖެހުމުން މި ބަލާލެވުނު . ހައިޝަމް އަށް އިހުސާސް ވި ތަ ދެންމެ ؟ ” ޒައިން ބުނެލިއެވެ . ” ނޫން ނުވޭ ” ހައިޝަމް ބުނެލިއެވެ .

ހައިޝަމް ގެންދިޔައީ ޒައިން އެކަމުން ދުރު ކުރެވޭތޯއެވެ .  ޒައިން އަދި ހައިޝަމް މަޖާ ކުރަމުން ގެންދިޔައެވެ . ޒައިން އަށް އެއްލި ކަޅި އަކުން  ހުދު ހެދުމެއް  ލައިގެން ހުރި އަންހެން ކުއްޖެއް ފެނިގެން ދިޔައެވެ . އެ އަންހެން ކުއްޖާ ހުރީ  އިސްތަށައް ޖަހައިގެންނެއެވެ . ނިކަ ގަހެއް ބުޑު ދޮށުގައެވެ. ޒައިން މަޑު މަޑުން މޫނު މައްޗަށް އަދިރި ކަމެއް އަންނަށް ފެށިއެވެ . ” ހައިޝަމް އަހަންނަށް މޫނު މައްޗަށް އެބަ އަދިރިވޭ ހިގާބަލަ ގެޔާ ދިމާ އަށް ” ޒައިން ބުނެލިއެވެ . ” ބުރޯ އޯކޭ ތަ؟  ” ހައިޝަމް ބުނެލިއެވެ . ” ނޫން ހިގާބަލަ ” ޒައިން އަށް  ބުނެވުނީ އެހިސާބަށެއެވެ . ޒައިން މުޅި މީހާ ހޭނެތިގެން މަގުމައްޗަށް ވެއްޓިއްޖެއެވެ .

04 ވަނަ ބަޔަށް އިންތިޒާރު ކޮއްލަވާ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. sim

    varah salhi

  2. jaeyun

    varah salhi

Comments are closed.