Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހުވަފެނެއްބާ؟ (5ވަނަ ބައި)

Eyesh Level 210 Stories100 Comments
December 5, 2015 2 Mins Read
18 Comments

ހަށިގަނޑުގެތެރެއަށް ފާޑެއްގެ ދިލަހޫނެއް ވާންފެށިހެން ހީވެގެން ހަނާތެދުވެ ހިނގައިގަންނަށް މަސައްކަތް ކުރިވަގުތު ބޮލަށް އަރައިގެންދިޔަ ކުއްލިތަދަކާއިއެކު ހަނާ ވެއްޓެންދިޔައެވެ. އިރުޝާދު އެއްލިއަތުން ހަނާގެގައިގައި ބާރަށްހިފެހެއްޓިއެވެ. ގަޔަށް އަރައިގަނެގެންދިޔަ ކުއްލިބާރަކާއިއެކު ހަނާތެޅިފޮޅިގަތެވެ. އިރުޝާދުގެއަތުން ހަނާދޫވެ ބިންމައްޗަށް ވެއްޓުނެވެ. ރޯމަހެއް އެއްގަމަށް އެއްލުމުން ތެޅޭފަދައިން ހަނާބިންމަތީގައިއޮވެ ތެޅެމުންދިޔައެވެ. އިރުޝާދުއާއި ހަސަނަށް ހަނާ މައިތިރި ނުވުމުން ހެކިވެރިންގެގޮތުގައި ގެނައި ބަކުރާއި ރަހުމާނުވެސް އެމީހުންނާ ބައިވެރިވެ ހަނާހިފެހެއްޓޭތޯ މަސައްކަތް ކުރަންފެށިއެވެ. ވަރުގަދައަޑެއް ކަރުތެރެއިންނެރެ ހަޅޭއްލަވަމުންދަނިކޮށް ހަނާގެއަނގައިން ހުދުފޮނުތަކެއް ފައިބަގެތެވެ. އާބިދާއަށް މިވަނީކީއްކަން ނޭނގިފައި ހަދާނެގޮތްހުސްވެފައި ހުރެވުނީއެވެ. “ބަކުރާ… ދޭބަލަ ދޮންއާދަނުބެ ގޮވައިގެންއަންނަން.. މީކީ ރަނގަޅުކަމެއް ނޫން….” ބަކުރު ބަލާކަށްނުހުރެ ދުއްވައިގަތެވެ. އޭރުވެސް ހަނާތެޅޭވަރުންހީވަނީ މީހާ އަވަދިވެދާނެހެންނެވެ. އެންމެންގެ މޫނުމަތީގައިވަނީ ހާސްކަމެވެ.
ޤުރުއާނުގެ އާޔަތްތަކެއް ބާރަށްކިޔަވަމުން ދޮންއާދަނު ވަދެގެންއައިސް ހަނާގެނިއްކުރީގައި ކަނާއަތުގެ ށަހާދަތްއިނގިލި އަޅައިގެންއިނދެ، ކިޔަވަމުންދިޔަ ކިޔެވެލި އިތުރަށް ބާރުކޮށްލިއެވެ. މާލަސްތަކެއްނުވެ ލަވަމުން ދިޔަހަޅޭކުގެއަޑުކެނޑި ހަނާމައިތިރި ވިއެވެ. “އާބިދާ ފެންތައްޓެއް ގެނެސްބަލަ” އަދިވެސް ދޮންއާދަނުއިނީ ހަނާހެ ނިތްކުރީގައި ށަހާދަތްއިގިލި އަޅައިގެންނެވެ. މަޑުމަޑުން ކިޔެވެއްޔެއް ކިޔަވާ ފެންތައްޓައް ދެފަހަރަކު ފުމެލުމަށްފަހު ހަނާގެމޫނަށް ފެންބުރުވައިލުމާއިއެކު ހަނާ ދެލޯހުޅުވައިލިއެވެ. “މިރޭ ހަތެއް ޖަހާއިރު ކިޔެވެލި ފަށަންޖެހޭނެ. ވަރަށް ބާރުގަދައެއްޗެއް މިއުޅެނީ. މިކުއްޖާޔާ އަވަލަވާފަ ހުރިއެއްޗެއްހެން ބޮޑަށްހީވަނީ. ފަރިތަކޮށް ޤުރުއާން ކިޔަވާ ދެމީހަކާ އިތުރު ދެފިރިހެނުން ބޭނުންވާނެ.” ހަސަނު ކައިރީގައި ކަންކުރަންވީގޮތް ދޮންއާދަނު ކިޔައިދިނެވެ. ގަޑިންއޭރު އިރުއޮއްސި ހަޔެއްޖަހަނީއެވެ. އިރުޝާދު އާބިދާމެންގޭގައި މަޑުކުރީ އެދެމައިން އެކަނި ކޮށްފައިނުދާންވެގެންނެވެ. އެބައަންނަމޭކިޔައި ހަސަނު މީހުން ހޯދަން ނިކުތެވެ.
ހަނާ ވީނުވީއެއް ހަނދާނެއްނެތެވެ. އޭނާ ކިރިޔާވެސް ހަނދާންހުރީ ލޯމެރެމުން ދިޔަވަގުތު ޒިލާލްގެ މޫނުފެނުންކަމެވެ. އާބިދާ ވީގޮތް ކިޔާދިނުމުންވެސް ހަނާއަށްއެއިން އެއްވެސް ވާހަކައެއް ގަބޫލު ނުކުރެވުނީ ޒިލާލްއަކީ ހުވަފެނެއްކަމުގައިވާތީއެވެ.
އާބިދާ ނިދާކޮޓަރި،ކިޔެވެލިކިޔެވުމަށް ތައްޔާރު ކުރެވުނެވެ. އާބިދާއާއި ސޯބިރާ ކޮޓަރިން ބޭރުގައި މަޑުކޮއްގެންތިބީ ހަނާފިޔަވައި އިތުރު އަންހެނެއް ކޮޓަރީގެތެރޭގައި މަޑުނުކުރުމަށް ދޮންއާދަނު ބުނުމުންނެވެ. ހަސަނުގެނައި ދެމީހުން ޙަތިމްހިފައިގެން ކިޔަވަން ތައްޔާރުވެގެން ތިއްބެވެ. ތަޅުންގަނޑުމަތީގައި ގޮދަޑިއެއްބާއްވައި ހަނާ އޭގެމަތީގައި ބާއްވާފައި އޮތްއިރު ހުދުފޮތިގަނޑެއް އޭނާގައިމަތީގައި އަޅާފައިވެއެވެ. ދޮންއާދަނުއިނީ ހަނާގެބޮލާދިމާލަށް ވާހެން ތަޅުންގަނޑުމަތީގައެވެ. އިރުޝާދުއާއި ހަސަނު ހަނާގެދެފަރާތުގައި އިށީނދެ ތިއްބެވެ.
ދޮންއާދަނު ކިޔެވެލި ފަށައިފިއެވެ. އޭނާގެއަތުން އިޝާރާތް ކޮށްލުމުން ކިޔަވަންގެނައި މީހުން އޭނާބުނެފައިވާ އާޔަތްތައް ބާރަށް ކިޔަވަން ފެށިއެވެ. ދޮންއާދަނު އިނީހަނާގެ ނިތްކުރީގައި ކަނާއަތުން ހިފަހައްޓައިގެން ދެލޯމަރައިގެންނެވެ. ފަސްވަރަކަށްމިނެޓު ކިޔެވިތަނާ ހަނާގެދެލޯމެރި އަތްފައި ތެޅެން ފެށިއެވެ. ދޮންއާދަނުގެ އިޝާރާތަށް އިރުޝާދުއާއި ހަސަނު ހަނާގެއަތުގައި ހިފެހެއްޓިއެވެ. “މައިތިރިވޭ!…. ކަލޭ މައިތިރިވޭ!… ” ހަނާގެމޫނާއި ދިމާލަށް ވައަތުގެ ށަހާދަތް އިނގިލި ދިއްކޮށްގެން އިނދެ ރުޅިއައިސްފައި ދޮންއާދަނު އަމުރުކުރިއެވެ. އޭރުވެސް ހުއްޓުމެއްނެތި ހަނާގަދަހަދަމުން ދިޔައެވެ. ހަސަނާއި އިރުޝާދު ވަރަށް ހުށިޔާރުކަމާއިއެކު ހަނާގެދެއަތުގައި ބާރަށްހިފައިގެންތިއްބެވެ. އޭރުވެސް ކިޔަވާމީހުން ކިޔަވަމުންދެއެވެ. ދެލޯމަރައިގެންއޮވެ ކަރުތެރެއިން ނެރުނު ބާރުއަޑަކުން ހަނާ ހަޅޭއްލަވައިގަތެވެ.
“މަ ބިރުގަންނަވަންތަ ތި ފެލެނީ؟.. ކަލޭކައިރީގައި ބުނެފީމެއްނު މައިތިރިވާށޭ… މާގަދަ ދައްކަން އުޅެންޔާ ހޭއަރުވާލާނަން… ” ދޮންއާދަނު ށަހާދަތް އިނގިލި ހަނާގެ މޫނާއި ކައިރިކޮށްލިއެވެ. ހަނާމައިތިރިވެ ހިމޭންވިއެވެ. “ބުނޭ… ކަލޭތީ ކާކު؟.. ”
“ޒިލާލް.. އަހަރެންމީ ޒިލާލް… ހަނާގެ ލޯބިވެރިޔާ… ހަނާއެއީ އަހަރެންގެ ހައްގެއް.. ” ޒިލާލް ވާހަކަދެއްކީ ހަނާގެހަށިގަނޑުގެ ތެރޭގައިއޮވެ ބަރުއަޑަކުންނެވެ.
އިރުޝާދު އަކީ ކިތަންމެ ޖެހިލުން ކުޑަމީހެއް ނަމަވެސް އޭނާއިނީ ވަރަށް ބިރުންނެވެ. ހަނާގެ އަތުގައި ބާރަށް ހިފައިގެން އިންއިރު ދުވަހަކުވެސް ހަނާދޫނުކުރާނަމޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. ކޮންމެފަދަ ނުރައްކަލަކާކުރިމަތި ލައިގެންވިޔަސް ހަނާހޯދަން އޭނާ މަސައްކަތް ކުރާނެއެވެ.
“ކަލޭ ކީއްވެތަ ހަނާޔާ އަޅައިގަނެގެން ތިއުޅެނީ؟”
“ހަނާ ވެސް އަހަރެން ދެކެ ލޯބިވޭ. . އަހަރެންވެސް ހަނާދެކެ ލޯބިވަން. ކަލޭތީކާކު މިދޭތެރެއަށް ވަންނަށް؟” ޒިލާލްގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.
“މާތް ﷲ އަންގަވާފައެއް ނުވޭ،ޖިންނީންނަށް އަހަރުމެން އިންސާނުންނާ ކައިވެނި ކުރެވޭނެކަމަކަށް. އެހެންވީމާ ކަލޭއެންމެ ރަނގަޅުވާނީ ހަނާއާ ދުރަށް ދިޔައްޔާ..” ދޮންއާދަނު ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުގައެވެ. “ކަލެއަށްތަ އެނގެނީ އަހަރެން ކަންތައްކުރަންޖެހޭ ގޮތް؟. އަހަރެން ހަނާދުލެއްނުކުރާނަން.” ޒިލާލް ގޮތްދޫކުރަަކަށް ބޭނުމެއްނުވިއެވެ. “ކަލޭ ބޭނުން ނުވިޔަސް ޖެހޭނީ ހަނާޔާ ދުރުވާން!” ދޮންއާދަނު އަނެއްކާވެސް ކިޔެވެލިކިޔަވަން ފެށިއެވެ.
އިރުގަނޑަކު ކިޔެވެލިކިޔެވުމަށް ފަހު ފެންތައްޓަކަށް އާޔަތްތަކެއް ކިޔަވާ ހަނާގެމޫނަށްޖެހިއެވެ. ހަނާގެގައިގައި ތެދުވާނެ ހިތްވަރެއް ނެތުމުން އިރުޝާދުގެ އެހީއާއިއެކު ތެދުވެގެންގޮސް ހަނާ ކޮޓަރިއަށްވަދެ އޮށޯތެވެ. އާބިދާއައިސް ހަނާއަށްކާންދީ ހެދިއިރުވެސް އިރުޝާދު ހަނާގެމަގަތުގައިއިނެވެ. “އަހަރެން ހަނދާނެއް ނެތްވީގޮތެއް.. އެކަމަކު ޒިލާލްގެ މޫނު ފެނުންހެން ހީވި. އޭނާހުރީ ވަރަށް ރުޅިއައިސްފަ…. ”
“ހަނާއަށް ޒިލާލް އެނގޭތަ؟ ” އިރުޝާދު މަޑުމަޑުންހަނާގެ އަތުގައި ހިފާލިއެވެ. ހަނާއަށް ބުނާނެއެއްޗެއް ނޭނގުނެވެ. އިރުޝާދު ހަނާގެވާހަކަތައް ގަބޫލުކުރާނެބާއެވެ. އެއީހަނާގެ ސިކުނޑީގައިވާ ހަގީގަތެއް ނުވާހިޔާލް ތަކެކެވެ. ހަނާއައް ފެންނަހުވަފެނެކެވެ. ހަނާއަށް ހުވަފެނުގައި ނޫނީ ޒިލާލް ފެނިފައި ނުވާތީ އެއީ ހަގީގަތެއް ކަމަކަށް ހަނާއަކަށް ގަބޫލެއް ނުކުރެވެއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

ތިޔަލޯބިވާގެ ލޯތްބަށް އެދިގެން މިހިތް ރޮނީއޭ..

Next

މިއީ ތަޤްދީރު ހޭ؟ (ތިންވަނަ ބައި)

Next
December 5, 2015

މިއީ ތަޤްދީރު ހޭ؟ (ތިންވަނަ ބައި)

Previews
December 5, 2015

ތިޔަލޯބިވާގެ ލޯތްބަށް އެދިގެން މިހިތް ރޮނީއޭ..

18 Comments!

  1. Aish says:
    December 5, 2015 at 10:28 pm

    Yeyyyy I am first. .. V reethi stry . . thankxxx

  2. Aish says:
    December 5, 2015 at 10:30 pm

    Haadha kuru kohfa thi genex dhiny next part dhigu kohlahchey

    1. Eyesh says:
      December 5, 2015 at 10:37 pm

      Yeah i will try my best dhigu kuran.. dhevahaka liye upload kuraathi aslu ehaa dhigu nukurevenee. Thanx for reading ingey ?

  3. dark princess says:
    December 5, 2015 at 10:31 pm

    Eyesh ge story thah v reethi… ekm adhi kiriya comment eh kohlevey varu mi v… keep it up… u r the best…:-)

    1. Eyesh says:
      December 5, 2015 at 10:36 pm

      Thank u dark princess ? m v v v happy to know that u like my stories. Thanx for reading my stories ingey

    2. you says:
      December 6, 2015 at 1:19 pm

      😐

  4. Ahmed Ammu says:
    December 5, 2015 at 11:17 pm

    Nice ?

    1. Eyesh says:
      December 6, 2015 at 12:45 am

      Thnx ??

  5. saadhu says:
    December 6, 2015 at 9:24 am

    Great

    1. Eyesh says:
      December 6, 2015 at 4:51 pm

      Thnx ?

  6. happu says:
    December 6, 2015 at 2:44 pm

    yh..Eyesh hama superb…keep it up…

    1. Eyesh says:
      December 6, 2015 at 4:51 pm

      Thanx happu ?

  7. haz says:
    December 6, 2015 at 5:27 pm

    Varah Reethi mi part ves❤

    1. Eyesh says:
      December 6, 2015 at 9:25 pm

      Thanx haz ? thanx for reading all the parts dear

  8. nuhnu says:
    December 6, 2015 at 6:26 pm

    Vrh vrh vrh reethi..

    1. Eyesh says:
      December 6, 2015 at 9:24 pm

      Thnx nuhnu ?

  9. nuhnu says:
    December 6, 2015 at 6:27 pm

    Keep it up eyesh

  10. Mini says:
    December 19, 2015 at 5:21 pm

    Dhn oi bai avaha update kolaa

Comments are closed.

Next Episodeހުވަފެނެއްބާ؟ (6ވަނަ ބައި)←


All Right Reserved!