ލޯބީގާ ވާތީފަނާ… (5ވަނަ ބައި)
މަންޒަރު ބަލަންބިތި ސަމީރާއާއި ރީޝާ ބާރަށްއައިސް އަފާއާއި ސުވާލުކުރަން ފެށިއެވެ. އަފާއިނީ ގަބުވެ ބަސްހުއްޓިފައެވެ. ލިބުނު ޝޮކުގެބޮޑުކަމުން ހުއްޓުންއަރާފައި އިރުކޮޅަކު އިނުމަށްފަހު ރޯންފަށައިފިއެވެ. އަފާ އެއްވެސްމީހަކާއި ވާހަކަދައްކާކަށް ބޭނުމެއް ނުވިއެވެ. އެއްވެސްމީހެއްގެއަޑު އޭނާގެކަންފަތަށް ނީވޭހެންވެސް ހީވާކަހަލައެވެ.
ސަމީރާގެހިތަށް ކެތްނުވެގެން ވީގޮތެއްއެހުމަށް ޒައިންގެފޯނަށް ގުޅޭތޯމަސައްކަތް ކުރިއެވެ. ފޯނު ނިއްވާލައިފައި އޮތުމުން ނައީމާގެ ފޯނަށްގުޅީ ޒައިން ގޭގައިއުޅޭތޯބެލުމަށެވެ. ދެފަހަރަކު ރިންގުވީތަނާހެން ފޯނަށް ޖަވާބުދިނީ ސަލީމުއެވެ. އޭރުސަލީމުގެއަޑު ތުރުތުރުއަޅައެވެ. “ޒައިން … ޕޮލިހަށް ގެންގޮސްފި….. ވަގުފައިސާގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވިގެންނޯ ކިޔާފަ ގެންދިޔައީ….. ނައީމާގެ ހާލު ވަރަށްދެރަ…… ރޮވޭވަރުން ހެޔަށްވެސް ގޮތްވޭ އެބަ…. އަހަރެންގެ ހިތެއް ގަބޫލެއް ނުކުރޭ….. ޒައިން އެވަރުގެ ކަމެއް ކުރާނެކަމަކަށް… ސަމީރާ…. އަފާއަށް ހިތްވަރުދީ… އަހަންނަށް ޔަގީން …..ޒައިންގެ މައްޗަށްކުރެވުނީ ދޮގުތުހުމަތެއްކަން..” ސަމީރާއަށް އިވުނުއަޑުތަކުން ގައިން ހީބިހިނަގައިގެންދިޔައެވެ. އަފާ ޒައިންދެކެ ލޯބިވާވަރު ސަމީރާއަށްވުރެ ބޮޑަށް އެނގޭނެ ދެވަނަމީހަކު ނުވެއެވެ. އަފާގެހިތަށް ކުރާނެއަސަރު ސަމީރާއަށް އިހުސާސް ކުރެވެއެވެ.
އަފާގެ އާއިލާއާއި ރީޝާ ހުއްޓުމެއްނެތި އަފާއަށްދެމުންދާ ހިތްވަރު ވީބޭކާރެވެ. ދެދުވަސް ވެގެންދިޔައިރު އަފާގެއަރުން ކާއްއެއްޗެއް ނުދިރެއެވެ. ރޭގަނޑުގައި އެނިދާލާ އެންމެ ދެތިންގަޑިއިރު ފިޔަވައި ހުރިހާވަގުތެއް ހޭދަކުރަނީ ޒައިންގެހިޔާލުގައިއޮވެ ރޮމުންނެވެ. އަފާގެދެލޯވަނީ ރޮއިރޮއި ލޭއަރާފައެވެ. މިލާމޯޅިވެފައިވާ މަލެއްފަދައިންވާ މޫނުމަތީގައި އެއްވެސް ތާޒާކަމެއްނެތެވެ. އެދޮންކޯތާފަތްމަތިން އެންމެ ސިކުންތަކަށްވެސް ކަރުނަ ހިކިގެންނުދެއެވެ.
ޒައިން ގެންދިޔަތާ ތިންދުވަސް ވީއެވެ. ނައީމާގެ ހާލުވެސް ވަނީވަރަށް ދެރަވެފަ އެވެ. ސަލީމުއިނީ ނައީމާގެ ބޮލުގައި ފިރުމަމުން ޖޫސްފޮދެއް ދޭށެވެ. “އައްސަލާމުއަލައިކުމް” ނުދަންނަ ނަންބަރަކުން އައި ކޯލަށް ސަލީމު ޖަވާބުދިނީ އަދަބުވެރިކަމާއި އެކުއެވެ. “ބައްޕާ….. މީ އަޅުގަނޑު.. ވާހަކަ ދައްކަން ލިބެނީ ވަރަށްކުޑަ ވަގުތުކޮޅެއް… އަޅުގަނޑަށް ވަކީލެއް ހަމަޖައްސައި ދީފާނަންތަ؟ .. މިހާރު މިހުރީ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ފަނަރަ ދުވަހުގެ ޖަލުހުކުމެއްގަ… ދެން ކޯޓަށް ގެންދާނީ ފަނަރަދުވަސް ފަހުން. އޭރަށް ވާއިރަށް ވަކީލެއް ހަމަޖެހޭތޯބަލާދެއްޗޭ…. ކޮބާ މަންމައާ ކޮއްކޮ؟. ކޮބާ އަފާ؟. އެންމެންގެ ހާލު ރަނގަޅުތަ؟ އެންމެންނަށް ސަލާމް ބުނާތި…” ޒައިން އަވަސް އަވަހަށް ދައްކަން ހުރިވާހަކަތައް ފައްޗަކަށް އަމުނައިލިއެވެ.
“ދަރިފުޅާ…. މަންމައާ އަފާގެހާލު ވަރަށްދެރަ… ކޮއްކޮއެބައުޅޭ ކުޅެން. ދަރިފުޅުތިޔަބުނި ކަންތައް ބައްޕަ ހަމަ…..” ސަލީމްގެ ޖުމުލަ ފުރިހަމަނުވަނީސް ނައީމާ ފޯނުއަތުލީ ސަލީމް ވާހަކަދައްކަމުންދިޔައީ ޒައިންއާއިކަން ޔަގިންވީމައެވެ. “ދަރިފުޅާ ކިހިނެއްތަ؟ ދަރިފުޅަށް ކާންލިބޭތަ؟. ” ޒައިންގެ ޖަވާބެއް ނައިސްގެން އުޅެނިކޮށް ފޯނުކެނޑުނީއެވެ. “ކީކޭތަ ޒައިން ބުނީ؟؟ އެސޮރު ހުރީކައިގެންތަ؟. އެސޮރު އަންނަނީ ކޮންއިރަކުން؟.” ޒައިންގެ ހާލުއެނގުމަށް ކެތްމަދުވެފައިވާ ނައީމާ ހުރިހާސުވަލެއްކުރީ އެއްފަހަރާއެވެ. ސަލީމު ޒައިންގެ ހަލުރަނގަޅުކަމަށާއި އޭނާ ވަރަށްއަވަހަށް އަންނާނެކަމުގައި ބުނެ ނައީމާގެ ހިތްހަމަޖައްސައިދިނެވެ. އެފަކީރަށް އެއްޗެއްކެވޭވަރުވީ އަދިކިރިޔާއެވެ.
ސަލީމު މޫސަގެ ގެއަށްގޮސް އަފާއަށްވަރަށް ނަސޭހަތްދިނެވެ. ކެތްތެރިވުމަށާއި ޒައިން ވަރަށްއަވަހަށް އަންނާނެ ކަމުގައިބުންޏެވެ. އަފާ އަދިވެސް މީހަކާއަނގައިން ބުނާކަށް ބޭނިމެއް ނުވެއެވެ. ކިތަންމެ ދުވަހެއް ވިޔަސް ޒައިން އަންނާނެ އިރަކަށް އަފާ އިންތިޒާރުކުރާނެއެވެ. އެހިތުގައި ޒައިން އަށްޓަކައިވާ ލޯބީގެ ޒައްރެއްގެ މިންވަރުވެސް ކުޑަވެގެން ނުދާނެއެވެ.
އަފާއަށް ނިދުމުން ވަސީމްދިޔައީ ރީޝާ ގެއަށް ލާށެވެ. ދިޔަމަގުމަތީގައި ވަސީމްގެ އެދުމުގެ މަތިން ފިނިއެއްޗެއް ބޯލުމަށް ދެމީހުން ގޯމެޓް ރެސްޓޯރެންޓަށް ވަނެވެ. ދެމީހުން އެކުގައި ގޮސް ކަނެއްގައި ހުރި ކުޑަމޭޒެއްގެ ކައިރީގައި އިށީނެވެ. ތަނުގައިވާ ފަނޑު އަލިކަމުގެ ތެރެއިން ރީޝާގެ ހަނދެއްފަދަ މޫނަށް ވަސީމް ބަލަމުން ދިޔައެވެ. ރީޝާލަދުގަންނަގޮތް ވުމުން އިސްޖަހާލަމުން ކިހިނެއްވީތޯ ސުވާލު ކުރިއެވެ. “ކަމެއް ނުވޭ.. ހަމަ ބަލާލީ.. ރީޝާ އަހަރެން ވަރަށްބޮޑުވާހަކަ އެއް ބުނަން ބޭނުން. މިވާހަކަ ބުނަން ބޭނުންވާތާ ކިތަންމެ ދުވަހެއް. އައި ލަވް ޔޫ ރީޝާ..” ވަސީމް މަޑުމަޑުން ރީޝާގެ އަތުގައި ހިފާލިއެވެ. ނުބުނެ ހުއްޓައި ތެޔޮނާށި ކާޅުޖަހައި ގަންނާކަށް ވަސީމް ނޭދެއެވެ. ރީޝާ ވަސީމްގެ އަތުތެރެއިން އަތް ދަމައިގަތްގޮތުން ވަސީމްއަށް ހީވީ ރީޝާ ހިތްހަމަ ނުޖެހުނީހެންނެވެ. ” ވަސީމް އަށް އެނގެއެއްނު މަށާ ހޫދުގެ ރިލޭޝަން ބްރޭކްވީތާ އަދިމިވީ ކުޑަދުވަސްކޮޅެއްކަން.. އަހަރެން ހޫދުދެކެ ވަރަށް ފޫހިވޭ.. އޭނައަށް ދުވަހަކުވެސް މާފެއް ނުކުރާނަން… އޭނަކައިރިއަކަށް ނުވެސް ދާނަން.. އެކަމަކު އެހެން ރިލޭޝަން އަކަށް ދާކަށް އަދި ބޭނުމެއް ނޫން.” ރީޝާ ދިން ޖަވާބުން ވަސީމްކުރި އުންމީދު އަނެއްކާވެސް ފުޑުފުނޑުވަނީބާއެވެ. “ޓޭކް ޔުއަރ ޓައިމް…. ރީޝާ ބޭނުން ނެތަސް ވިސްނާލާފައި ބުނެލާތި.. ރީޝާގެ ޖަވާބެއް ލިބެންދެން އަހަރެން މަޑުކުރާނަން.”.. ވަސީމް އަދިވެސް އުންމީދުގެއްލުވާލާކަށް ބޭނުމެއް ނުވެއެވެ.
“އޯކޭ” ލަދުން އިނދެ ރީޝާ ދިނީވަރަށް ކުރު ޖަވާބެކެވެ. މާހައުލުގައިވާ ހަމަހިމޭން ކަމުގެތެރެއިން އިވެމުން ދިޔަމަޑުމިޔުޒިކީ އަޑު ކިތަންމެހިތްގަމަސް ވަސީމްގެހިތް ހިފެހެއްޓުމެއްނެތި ތެޅެމުންދިޔައެވެ. ރީޝާ ޖަވާބެއްދޭނީ ކޮންދުވަހަކުން ބާއެވެ؟ އޭނާބުނާނީ ކީކޭބާއެވެ.؟
ކޮންމެ ދުވަހެއްގެ އިރުއަރައިއޮއްސިގެންދަނީ ޒައިންގެ ހަނދާނުގައެވެ. އެންމެ ދުވަހެއްވެސް އަފާއަށް ވެފައިވަނީ އެއްއަހަރު ކަމުގައެވެ. ދުވަސްތައް އެހާވެސް ދިގުހެން ހީވެއެވެ.
ދުވަސްތައް މާޒީއާއި އެކުވަމުންގޮސް މިއަދަކީ ޒައިން ކޯޓަށް ގެންދިއުމަށް ހަމަޖެހިފައިވާ ދުވަހެވެ. ޒައިންގެ ވަކީލެއްގެ ގޮތުގައި ސަލީމް ހަމަޖެއްސީ މިވަގުތު މާލޭގައިހުރި އެންމެ ނަންމަޝްހޫރު އެއްވަކީލެވެ. ގިނައަދަދެއްގެ ފައިސާދީގެން ލޯޔަރު ޝާން ހަމަޖެއްސީ އޭނާއަކީ ގިނަތަޖުރުބާތަކެއް ލިބިފައިވާ މޮޅުމީހެއްކަމުގައި ވާތީއެވެ.
ސަލީމްއާއި ނައީމާ ޖަސްޓިސް ބިލްޑިންގު ކުރިމަތީގައި ތިބީ ޒައިން ނެރެގެން ގެންދާވަގުތު އޭނާގެ މޫނު ދެކިލުމަށެވެ. ޒައިން ފެނުމާއިއެކު ނައީމާއަށް ދަރިފުޅާއޭކިޔައި ހަޅޭއްލަވައިގަނެވުނެ. ނައީމާފެނުމުން ޒައިންގެ މިލާފައިވާ މޫނުމައްޗަށް ހިނިތުންވުން ވެރިކުރުވިއެވެ.އަެނާގެ އެބަލައިލުމުން މަންމާއޭ ކެތްކުރާށޭ ބުނާކަހަލަ އެވެ. އަވަސް އަވަހަށް ޕޮލިސްމީހާ ޒައިންގެ އަތުގައި ހިފާ ޕޮލިސްކާރަށް އެރުވިއެވެ. ޒައިންގެ ފަހަތުން އަދިއިތުރު ތިންކުއްޖަކުވެސް ބިޑިއަޅުވައިގެން ހަމައެކާރަށް އަރުވައި ވަރަށްބާރަށް ކާރު ދުއްވައިލިއެވެ.. ޒައިންގެމިލާފައިވާ މޫނާއި، އަނަރޫފަވެފައިވާ ހަށިގަނޑުފެނި ނައީމާގެ ހިތުގައިވާ ޒަހަމްތައް އިތުރަށް ބޮޑުވެގެންގޮސް ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހިގަތެވެ.
ސަލީމުގެ ދައުވަތަކަށް އެރޭ ލޯޔަރު ޝާން އެގެއަށްއައީ ޒައިންގެ މައްސަލަ ގޮސްފައިވާހިސާބެއް ކިޔައިދިނުމަށެވެ. “އަދި ވަރަށް އުނދަގޫ ވަކިއެއްޗެއް ބުނަން. ހުރިހާހެކިތަކެއް ހުރީ ޒައިންއާއި ދެކޮޅަށް. ޒައިން މިކަމެއް ކޮއްފައިވަނީ އަދިއިތުރު މީހަކާއި ގުޅިގެން. ދައުލަތުން ދައުވާކުރާ މައްސަލައެއް ވީމަ ވަރަށް ވިސްނައިގެން އަޅުގަނޑު މިކަމާކުރިއަށް ދާން ޖެހޭނީ. ޒައިން އާއި އެއްކޮޅަށް އެވެސް ހެއްކެއް ފެނިފައެއްނެތް. އެކަމަކު އަޅުގަނޑު ވަރަށް މަސައްކަތް ކުރާނަން.” ޝާން ކިޔައިދިނީ ކަންއޮތް ގޮތެވެ. ޒައިން އަކީ ކުށްވެރިއެކެވެ. ގިނަފައިސާ ހޯދުމަށް ކުރި އަމިއްލަ ވިޔަފާރިއަކީ މިއީއެވެ. ސަލީމުއާއި ނައީމާ ތިބީ އަނގައިން ބަސް ހުއްޓިބުނާނެއެއްޗެއް ނޭނގިފައެވެ. ޒައިންއަށް ފައިސާ ހޯދަން މިނޫންގޮތެއް ނުފެނުނީބާއެވެ. ނައީމާވެފައި ހުރިދެރައާއި އެއްވަރަށް ރުޅިވެސް އައެވެ. ޒައިންއަށް އެދެމަފިރިން ކުރިއިތުބާރު ގެއްލުނީއެވެ. ދަރިއެއްކުރިޔަސް ކުށެއްވާނީ ކުށަކަށްކަން އެދެމަފިރިން ގަބޫލުކުރެއެވެ. ޒައިންއަށް ދީފައިވާ ރަނގަޅު ތަރުބިއްޔަތުގެއަގު މިއަދު އެދެމަފިރިންނަށް މިލުބުނީވަރަށް ހިތިކޮށެވެ.
“ސަމީރާ.. އަހަރެންމީ ޒައިންގެ މަންމަ ވިޔަސް ހަގީގަތް އޮޅުވައިލާކަށް އަހަރެން ބޭނުމެއްނެތް.. ތިޔަ އާއިލާއަށް ދެރައެއް ލިބޭކަށް އަހަރެން ނޭދެން. އަފާ ކައިރީގަބުނޭ ޒައިންކަހަލަ މީހަކާ ގުޅޭނެ ކަމެއް ނެތޭ.. މިއަދު އަހަންނަށްވެސް ހަގީގަތް މިއެނގުނީ.. ޒައިންއަކީ ކުށްވެރިއެއް… އޭނަ ބަންދުކުރެވިފަ އެވަނީ އޭނަކުރި ކުށަކަށް… ” ނައީމާ ސަމީރާއާއި ފޯނުން ވާހަކަ ދެއްކީ ރޮވިފައިހުރެގެން ވިޔަސް ވަރަށް ހިތްވަރު ކޮށްފައެވެ.
ސަމީރާ އަފާގެ ކޮޓަރިއަށް ވަތްއިރު އަފާއިނީ ފޯނުން ޒައިންގެ ފޮޓޮއަކަށް ބަލަހައްޓައިގެން ރޯށެވެ. “އަފާ.. ޒައިން މަތިން ހަނދާން ނައްތާލާ.. އެއީ ކުށްވެރި އެއް.. އޭނަގެ މަންމަ ދެންމެގަ ގުޅާފަ ކިޔައިދީފި ހުރިހާއެެއްޗެއް… ޒައިން ނުކުރާ ކުށެއްގަ އެއްނޫން ބަންދުކުރީކީ.. އޭނައަކީ ހަމައަސްލަށްވެސް ފައިސާގެ ވަގުވިޔަފާރި ކުރާމީހެއް… އަހަރެން ބޭނުމެއްނޫން އަފާ އެކަހަލަމީހަކާ ކައިވެނި ކުރާކަށް..އަފާ އޭނައާގުޅިއްޖެއްޔާ މިއާއިލާއަށްވެސް ކިހާބޮޑު ހުތުރެއް… ” ކަންފަތަށް އިވިގެންދިޔަ ވާހަކަތައް ގަބޫލުނުކުރެވި އަފާއަށް އިނދެވުނީ އަނގަހުޅުވިފައެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.



varah reethi
Thanx shelly ?
me 1st v nice inge
Thanx lilllygirl ?
Nice.ekam haadha kurey
Thnx naaz ? kohme dhuvahaku dhevaahaka liye upload kuraathi kurukoh upload kurevenee. Try kuraanan adhi miahvure dhigu kohleveytho next part thah. Thnx for the comment and thanx for reading my stories ?
Nice! Next part dhigukohgenesdhehchey
Thanx maash ?
V foohi
Vrh vrh nice…waiting 4 the next part…next part up kuraanee konirakun tha..:)but keehkuran 18+ jahaafa einee..
Eyesh ge aneh vahaka yah libunu coment akaai gulhigen dhevaahakaiga ves egothah jahan eyesh ninmee.. kiyuntherin ge hiyaalu alhugandu ufalun balai gannaanan. Thanx nahnu ? madhama aneh bai upkuraanan.
v habeysss hama. hehehe
Thanx samma ?
Vrh reethi adhi…. 🙂 hope kuran kuriah oiyy bai vx vrh reethi waane kamah… Kyp it up 🙂
Thanx lamya ? insha allaah i will do my best. Hope u will like next part too ?
Fuhubagai vaagoy kamaku nudhey hoh