Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުރާނައިގެ ދިރުމޭތިއީ 7

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
February 28, 2025 3 Mins Read
23 Comments

އަވީގެ ހޫނުން ދޮން ކޮއްލާފައި އޮތް މަގުމަތީގައި ހިނގާލާފައި ދިޔަ އަލަކާ އާއި ލުބާންގެ އަތް ވަނީ ގުޅުވާލެވިފައެވެ. ދެމީހުންވެސް ތެމިފައި ތިބުމުން ބެލެވޭގޮތުން ނަމަ އެއައީ މުދަށް އެރިގެންނެވެ. “ބާން ވަންނަން ވީނުން އެތެރެއަށް؟” “މިސްޓްރީ” ގޭ ދޮރާށި މަތީ ހުއްޓިފައި އަލަކާއެއްސެވެ. “ނޫން ނުކެރޭނެ.. އަލޫ މަންމަމެން ރުޅި އަތުވެދާނެ..” ލުބާން ފަސްޖެހުނެވެ. ނަމަވެސް އަލަކާ ޖަހާލީ ހިނިގަނޑެކެވެ.

“އަޅެ ދޯ.. އަލޫ މަންމަ މެން އޯކޭ ވާނޭ. އަލޫ ރޫމްގަ ތިބޭނީ.. އޭރުން އޯކޭ ވާނޭނުން ހެހެ” އަލަކާ ހަމަ ޖެހިލަމުން ބުނެލިއެވެ. އަލަކާ ކުރު ނުކުރާނެ ކަން އެނގުމުން އެންމެ ފަހުން ލުބާން އެއްބަސްވިއެވެ. އަލަކާ އާއި އެކު އެގައަށް ވަނީ މިވަދެވެނީ އަނދަވަޅަކަށް ކަން ނޭނގޭ ހާލުއެވެ.

“ޔޫ ކޭން ގޯ ފަސްޓް ފެންވަރާލަން.. ތެތް އެއްޗެހި ބާލާފަ ގެނޭ ދޮވެލަދޭނަން” އަލަކާ ބުންޏެވެ. “އަޅެ ބާން މިތާ ހުރެގެން އަލޫ މަންމަމެން ރުޅި އެއް ނާންނާނެތަ؟” ލުބާން ހުރީ ފާޑަކަށް ހިތް އަވަސްވެފައެވެ. “ޔޭސް ބޭބީ. ހަމަ އަސްލުވެސް އޯކޭ ވާނެ. ދެން ދޭބަ ފެންވަރާލަން.. ނޫނީ އަލޫ ދާންވީތަ ފެންވަރުވަދޭން؟ ހެހެ” ލުބާންގެ މޭމަތީގައި ފިރުމާލަމުން އަލަކާ ބުންޏެވެ.

ލުބާން ހިނިތުންވެލިއެވެ. “އަލޫއަށް ކެރޭނެތަ؟” އެއްލޯ މަރާލަމުން ލުބާން ބުނެލީ އަލަކާއަށް ވުރެ ވަކި ދައް ނުވާން ވެގެންނެވެ. “އާނ ކީއްވެ ނުކެރެންވީ އަޅެ؟” އަލަކާ ހަރަމްބަނދެލިއެވެ. ލުބާން ހިނިތުންވެލާފައި ލައިގެން ހުރި ޓީޝާޓު ބޭލިއެވެ. “ދެން މިވެސް ބާލަންވީ؟” ލައިގެން ހުރި ސޯޓުގެ ގޮށުގައި ހިފަމުން ލުބާން އެއްސެވެ. “ނޭނގެ އަލޫ އަކަށް” އަލަކާ އިސްޖަހާލިއެވެ. ހިނިތުންވެފައި ހުރި ނަމަވެސް އެހިތުގައިވީ ނުތަނަވަސް ކަމުން އެހިތުގެ ހިތްހަމަ ޖެހުން ވަނީ ގެއްލިފައެވެ.

އިސްޖަހާލައިގެން ހުރި އަލަކާ އަތުގައި ހިފައިގެން ލުބާން ވަނީ ފާހާނާއަށެވެ. ހުރި ގޮތައް ހުރެ އަލަކާ ގޮސް ފެންމާގަނޑު ދޫކޮއް ފިނި ފެނުން ހަށިގަނޑު ތެންމާލިއެވެ. މަންޒަރު ބަލަން ހުރި ލުބާން ހުރީ އާޝޯޙުވެފައެވެ. އަލަކާގެ ކޮނޑާއި ހަމައަށް އަރާ އިސްތަށިގަނޑު ކޮނޑާއި ކަނދުރާގާއި ތަތްލާފައި އޮތް އިރު، ލައިގެން ހުރި ޓީޝާޓު ގައިގައި ތަތްލައިފައި ހުރުމުން ހަށިގަނޑުގެ ވަނާތައް ދިޔައީ ފައުޅުވަމުންނެވެ. މާގަނޑުން ފައިބަމުން ދިޔަ ފެންތިކިތައް ހަށިގަނޑުގައި ފިރުކިލާފައި ދަމުން ދިޔަ މަންޒަރު ބަލަން ހުރި ލުބާންގެ ސިކުނޑިއަށް ދިޔައީ ޝައިތާނާ ސަވާރު ވަމުންނެވެ.

ދެން ފެނުނީ ގަބުވެފައި ހުރި ލުބާން ކުރިއަށް ފިޔަވަޅު އަޅައިލިތަނެވެ. “އަލޫ..” ވައި އަޑުން ގޮވައިލަމުން ލުބާން އޭނާގެ ހަށިގަނޑާއި އަލަކާ ތަތް ކޮއްލިއެވެ. ތެމިފައި ހުރެ އޭސީގެ ފިނިޖެހި އެހާ ފިނިވެފައި ހުއްޓާ އަނެއްކާ ފިނިފެނުގައި ޖެހުމުން ލުބާން ހީގަތެވެ. އަލަކާގެ ދެލޮލައް ބަލަން ހުރެފައި ދެލޯ ތިރިކޮއްލެވުނީ އަލަކާގެ ފިޔާތޮށިކުލައިގެ ތުންފަތަށެވެ. އެވަގުތު ހިތް ގޮވާލީ ހީފިލުވާލުމަށެވެ. ހަށިގަނޑުގައި ހިފާފައިވީ ފިނި އަލަކާގެ ހަށިގަނޑުން އަނދާ ހުލިކޮއްލާށެވެ. “އައި ލަވް ޔޫ ބާން” ލުބާންގެ ކޮނޑުގައި އަތް އަޅުވާލަމުން ލުބާންގެ ކަންފަތްދޮށުގައި އަލަކާ ބުނެލިއެވެ. ލުބާންއަށް ކެއްވީ އެހިސާބަށެވެ. އަލަކާގެ މޫނާއި މޫނު ގާއިތް ކޮއްލަމުން އަލަކާގެ ތުންފަތުގައި ބޮސް ދިނެވެ.

“ކޮބާ ލުބާން އަދިވެސް ސުކޫލުން ނާންނަނީތަ؟” ގެއަށް ވަދެގެން އައި އާދިލް އެއްސެވެ. “ނޫނޭ. އައި އެކަމަކު މިހާރުވީ ކޮންމެސް ތާކައް ގޮސްފަ” ފަހާފޮށި ކައިރީގައި އިން ލައިނާ ބުނެލިއެވެ. “އެހެންތަ؟ މަބުނީ.. އޭނަ މިހާރު އޯ ލެވެލް ހަދާ ދުވަސްކޮޅުވެސް އެކައިރިވަނީ. ލައިނާ ދެން އަބަދު އޭނަ ބޭރަށް ނުފޮނުވަބަލަ” އާދިލް ޓައީ ދޫކޮއްލަމުން ބުނެލިއެވެ. “އޭނަ ބޭރަށް ދިޔަޔަސް ފޮތް ކިޔާ ހަދައޭ.. އެހެންވެސް އަސްލުދޯ؟” ލައިނާ ބުނެލިއެވެ.

އެވަގުތު ކޮޓަރި ތެރެއިން ޒެވިއާރްއާއި އެކު ލުބައިނާ ނުކުތެވެ. “އަނހާ ދަރިފުޅުމެން. ކީއްކޮއްލަނީ؟” އާދިލްއެއްސެވެ. “ޒެވިއާރްއަށް ކާން ހަދަން މިދަނީ..” ލުބައިނާ އިޝާރާތް ކޮއްލިއެވެ. “އެހެންތަ؟ ހިނގާ ބައްޕަވެސް ވަރަށް ހައިވެފަ މީނީ” އާދިލް ތެދުވަމުން ބުނެލިއެވެ.

ލުބައިނާ ބަދިގެއަށް ވަނުމުން ލުބައިނާއަށް އަތް ގާތް ކޮއްލަ ދިނުމައް ލައިނާވެސް ފަހަން އިން ހެދުން ބާއްވާފައި ވަނީ ބަދިގެއަށެވެ. ކާން ހަދާފައި ގޮވަންދެން ޒެވިއާރް އިށީނީ އާދިލް ގާތުގައި ސޯފާގައެވެ. “ކޮބާ ދަރިފުޅާ ވަޒީފާ ކަންތައް ކިހިނެތް ވަނީ؟” އާދިލް އެއްސެވެ. “މިހަފްތާ ނިމޭކޮޅު ޙަބަރެއް ވެލާނަމޭ ބުނީ” ޒެވިއާރް ބުނެލިއެވެ.

އަލަކާގެ އަތްތިލަ ލުބާންގެ އިސްތަށިގަނޑުގައި ދައުރުކޮއްލި އިރު ލުބާންގެ އަތް ދިޔައީ އަލަކާގެ އަތުގެ އެތަންމިތާ ހަރަކާތް ކުރަމުންނެވެ. “ބާން..” އަލަކާ ބުނެލީ މަޑު އާހް އަކާއި އެކުއެވެ. “ޓު ޑޭ ޔޫއާރް އޯލް މައިން ބޭބީ ގާރްލް” އަލަކާގެ ދޮންކަރުގައި ބޮސްދެމުން ލުބާން ބުނެލިއެވެ. ލުއިފަތެއް ހެން އަލަކާގެ ހަށިގަނޑު އުރާލަމުން ލުބާން ފާހާނާއިން ނުކުތެވެ. އޭރު ދެމީހުންވެސް ހެއްދެވި ގޮތައް ތިބި އިރު އޭސީގެ ފިނިން ވަކިން ބޮޑައް ދެމީހުން ހީގަތެވެ.

އަލަކާގެ ހަށިގަނޑު އެނދުމަތީގައި ރީތިކޮއް ބާއްވާލަމުން ލުބާން އޭނާގެ ދެލޮލައް ބަލާލިއެވެ. އަލަކާއަށް އެދެލޮލުން ފެނުނީ އޭނާއަށް ލުބާން ބޭނުންވެފައިވީވަރެވެ. ލުބާން ކުރަން ބޭނުންކަމެއް ކުރަން އަލަކާ ދޫކޮއްލި އިރު ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅާލިއެވެ. ކުރެވިގެން މިދަނީ ކިހާ ބޮޑު ފާފައެއްކަން ލުބާންއަށް އިހުސާސްވާވަރަށް ވުރެ އޭނާ ބޮލަށް އެވަގުތު އޮތީ ޝައިތާނާ ސަވާރުވެފައެވެ. އަލަކާއާއި އެކު އެގޮތުގައި ވަގުތު ހޭދަ ކުރަމުން ގޮސް ހަވީރުވެ އިރު އޮއްސުނު އިރު ލުބާން އޮތީ ވަރުބަލި ވެގެން ނިދިފައެވެ.  މޭމަތީގައި އޮތް ލުބާންގެ އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލަ އޮތް އަލަކާ ސިހުނީ ކޮޓަރި ދޮރުގައި ޓަކިދޭއަޑަށެވެ.

ނިދިފައި އޮތް ލުބާންއަށް ހޭލެވުން އިރު އީޝާ ނަމާދަށް ބަންގި ގޮވާއަޑު އިވެއެވެ. ކަންވީގޮތް ހަނދާން ވުމުން ލުބާން ކޮޅައް ޖެހުނީ ކުއްލިއަކަށެވެ. އޭރު އަލަކާ އޭނާ ލައިގެން ހުރި އެއްޗެހި އިސްތިރިކުރަން ހުއްޓެވެ. “އަލޫ…؟” ވަރަށް ނުކެރިފައި ހުރެ ލުބާން ގޮވާލިއެވެ. އެފަރާތައް އެނބުރިފައިވެސް އަލަކާ އިސްޖަހާލީ ލުބާންއަށް ބަލާނެހާ ހިތްވަރު ނުލިބިގެންނެވެ.

“އަލޫ… ބާންދެކެ ރުޅިއަހިސްފަތަ؟” ލުބާން އަހާލީ އަހަން ނުކެރިފައި ހުރިކަހަލަ ގޮތަކަށެވެ. ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ރެއަކާލުމުން މިހާރު ލުބާން ހުރީ ދެރަވެ ލަދުގަނެފައެވެ. “ނޫން… އަލޫއަކަށް ބާންދެކެ ރުޅިއެއް ނާދެވޭނެއްނުން.. ކުރިކަމެއް ކުރީ ދެމީހުން އެކުގަ. ދެމީހުންވެސް ބޭނުންވެގެން..” އަލަކާ ހުރިގޮތައް ހުރެ ބުނެލިއެވެ. ލުބާން އިސްޖަހާލިއެވެ. “ބާން މިވާހަކަ އެއްވެސް މީހެއް ގާތުގަ ނުބުނައްޗޭ.. މަންމަމެންނާއި ހަމައަށް މިކަން ގޮއްސިއްޔާ ވަރަށް ކަޑަވާނެ.” އަލަކާ ބުނެލިއެވެ. ލުބާން ބޯޖަހާލާފައި ގޮސް އަލަކާގެ ހަށިގަނޑުގައި ބައްދާލިއެވެ.

ލުބާން އާއިއެކު އަލަކާ ގޭދޮރާއްޓާއި ހަމައަށް ނުކުތެވެ. ބައްދާލާފައި ލުބާން ހިނގައިގަތުމުންވެސް، ލުބާން އަނެއް ގޯޅިން އަޅަންދެން އަލަކާ ބަލަން ހުއްޓެވެ. އެވަގުތު އަހުމަދު ނިކުމެ ދޮރު ކުރިމަތީގައި ހުއްޓުނެވެ. “ކޮބާ ކަލެއަށް އެކަންވީތަ؟” އަހުމަދު އެއްސެވެ.

(ނުނިމޭ)

رمضان كريم 🤍🌙

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ދުރުވާން ޖެހުނަސް 01

Next

ތިޔަ ލޯތްބަށް އެދެވޭތީ… 15

Next
February 28, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 15

Previews
February 28, 2025

ދުރުވާން ޖެހުނަސް 01

23 Comments!

  1. pineapple says:
    March 1, 2025 at 12:38 am

    masha allah mi part vs vrh reethi
    ahmed e force kury tha alaka ah
    haadha sad eyy
    crh curious koh dhww thi ninmaaly
    when next?
    ly shihaa
    ramadan mubarak

    1. shihaamaa ali shihaamaa ali says:
      March 7, 2025 at 3:21 pm

      Lyt and jazaakallah khairan🫶🏻

  2. Anonymous says:
    March 1, 2025 at 12:41 am

    Mi part ves Vara reethi
    I love the mysterious vibe in this story
    Can’t wait for the next part
    Ramadan Kareem 🌙

    1. shihaamaa ali shihaamaa ali says:
      March 7, 2025 at 3:22 pm

      Jazaakallah khairan🫶🏻

  3. elia says:
    March 1, 2025 at 2:14 am

    well that was some sneaky part to throw right before ramadan im sure that was some kind of trap well i hope they realize just because they both consented doesnt make it any less of a sin anyways ramadan mubarak to u girlie

    1. shihaamaa ali shihaamaa ali says:
      March 7, 2025 at 3:23 pm

      Jazaakallah khairan🫶🏻
      Ya, it is a great sin different type eh genessdheyn vegen ekahala baeh mi include kolly🙂

  4. Ishu says:
    March 1, 2025 at 6:27 am

    Maasha allah mi part ves varah varah reethi
    Vrh curious kohlaafa thi ninmaalee
    Alaka ge dad dhw mi nubai meehakee??
    Anyways Ramadan mubarik to u🌙
    Ly shiherr

    1. shihaamaa ali shihaamaa ali says:
      March 7, 2025 at 3:23 pm

      Jazaakallah khairan🫶🏻
      Hehe neynge shiher akh lets see dhw

  5. Vampire girl says:
    March 1, 2025 at 8:04 am

    Mi part vx varah varah reethi…
    Alakaa ehn e ulhuny eyna bahpa bunegen kanneyge…
    Curiously waiting for the next part
    RAMADAN MUBARAK

    1. shihaamaa ali shihaamaa ali says:
      March 7, 2025 at 3:23 pm

      Jazaakallah khairan🫶🏻
      Hehe neynge shiher akh lets see dhw

  6. Your fav bab says:
    March 1, 2025 at 12:45 pm

    Very nice!!!
    Varah mysterious koh mi dhanee!!
    So Alaka ge dad ah I’m sus🤔
    I think mi hurihaa kameh alakaa lahvaa kuran force kuranee hen!!
    When next??
    Lyssm💗💗💗💗
    Btw RAMADAN MUBRIK💖💖

    1. shihaamaa ali shihaamaa ali says:
      March 7, 2025 at 3:24 pm

      Jazaakallah khairan🫶🏻
      Hehe neynge shiher akh lets see dhw
      Lyttttt

  7. Cutie girl says:
    March 1, 2025 at 1:17 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Zeviaar and lubaa v gulhey
    Lubaan and Alakaa ves
    They all are made for each other
    I appreciate your hard work
    Your my fav author
    Tc 😘
    Ramadan Mubarak ❤️
    Love you shihaa❤️

    1. shihaamaa ali shihaamaa ali says:
      March 7, 2025 at 3:24 pm

      Jazaakallah khairan🫶🏻
      Tc 2

  8. UNKNOWN GURLL says:
    March 1, 2025 at 1:29 pm

    Mi part ves hama v v reethi
    Curiously waiting for the next part
    Ramadan Mubarak my fav author

    1. shihaamaa ali shihaamaa ali says:
      March 7, 2025 at 3:24 pm

      Jazaakallah khairan🫶🏻

  9. Zozo! says:
    March 1, 2025 at 3:12 pm

    Wow miparet ves v reethi!
    That Ahmed is a bad character eh dho!
    Pis pis!
    Keep it up!
    Ramadhan Mubarak!

    1. shihaamaa ali shihaamaa ali says:
      March 7, 2025 at 3:25 pm

      Jazaakallah khairan🫶🏻
      Yes, ahmed is a bad character in the story.. hehe but still there is a lot more to reveal stay tuned❤️

  10. Aalerrr says:
    March 1, 2025 at 10:06 pm

    Masha Allah mi part vx vrh reethi..
    Curiously waiting for the next part..
    Ramadan Mubarak ✨

    1. shihaamaa ali shihaamaa ali says:
      March 7, 2025 at 3:25 pm

      Jazaakallah khairan🫶🏻

  11. Oreo gurll says:
    March 2, 2025 at 10:56 am

    I meenee bunaane ehcheh neyngifa! Srsly! Shiherr… How could you upload a scene like this on the literal FIRST DAY of Ramadan! Gosh im shoked 🤣🤣
    Enme furathama kiyamun dhiyairu heevee ehen author eh ge story eh kiyemun dhiya hen. I was like, omg wtf am i readin…? 😳💀
    Hehe 🤣
    Nimmaalaafa rangalhah balaaleema mi engunee hama aslah vx Shiher ge story kan mi kiyunee. Furathama believe kuran vx undhagoo vi🤦
    Defintely not what i was expecting.. But, im familiar with these things, and i advice u to bring an “iburai” atleast at the end of the story. I mean, it is a big sin, and who knows what hella storm will come into ur life after that.. thing 🤐
    Mi story kiyaa ehen kudhinnah mikamah ithuru hihvarakah nuvaane hen shiha nimmaalan vaanee. Engey rangalhah kan shiha liyaanee but still bunelee. 😇
    Eitherways, sorry for the late reply.. Rlly rlly srry but ty for this episode..
    Next episode’s releasing date? I cannot hold my self still rnnn..
    Ly shiherrr! And Ramadan Mubaarak to shiherr and each one of u 💛🌙

    1. shihaamaa ali shihaamaa ali says:
      March 7, 2025 at 3:26 pm

      Jazaakallah khairan🫶🏻
      Of course

  12. baby girl 🙈 says:
    March 3, 2025 at 4:26 pm

    shiherr when next part?

Comments are closed.

Next Episodeފުރާނައިގެ ދިރުމޭތިއީ 8←


All Right Reserved!