ނަމާދު ކޮއްގެން ލުބައިނާ ގެއިން ނުކުތެވެ. އޭރު ލުބައިނާގެ އެންމެ ގާތް އެކުވެރިން ކަމުގައިވާ ނިމްރާއާއި ކަޔާން ހުއްޓެވެ. “ސޮރީ އިނގޭ ތަންކޮޅެއް ލަސްވީމަ” ލުބައިނާ އިޝާރާތް ކޮއްލިއެވެ. “އެ އޯކޭ ވާނެ. ހަމަ ގަޑިއަށް ތިއާދެވުނީ. މި ނިމްރާ ގަނޑު މަހެނދުނު ސަޔައް ކައިނުލަނީސް ހަމަ ތިއާދެވުނީ” ކަޔާން ނިމްރާ ނިތުގައި ފުއްޓަކި ޖަހާލަމުން ބުނެލިއެވެ. “އައްޗީޑީ. ރީއްޗެއްނުން ބުނެލި ވާހަކަ. ހީވަނީ މިއީދެން މާ މާތް މީހެއްހެން. އަދިވެސް ގައިމު ހީވަނީ ދަތްނޫނގުޅާ ހުރިހެން. ޖަހާ ވައްތަރު ހަހަ” ނިމްރާވެސް ކަޔާންއަށް ދަށް ނުވާން ވެގެން ބުނެލިއެވެ. “ހޫމް އެއްކަލަ ދެމީހުން ފެށީދޯ؟ ޔޫ ގާއިޒް އާރ މޭޑް ފޯރ އީޒް އަދާރ ހަމަ އަސްލުވެސް ހަހަ” ލުބައިނާ އިޝާރާތް ކޮއްލިއެވެ. “މީ އެންޑް ދިސް ހަންޑި؟ ޔަކް!! އައި ވުޑް ރެދާރ ބީ ސިންގަލް ފޯރ ދި ރެސްޓް އޮފް މައި ލައިފް” ދެމީހުނަށް ބުނެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. ލުބައިނާ ދެފަރާތައް ބޯހޫރުވާލާފައި ހިނގައިގަތީ މިމީހުންގެ ޒުވާބު މާ ހޫނުވެދާނެތީއެވެެ.
“ލުބާ.. ކޮބާތަ ލުބާގެ ފިއާންސޭ؟ އިންޓްރޯޑިއުސް ނުކޮއްދޭނަންތަ؟” ލުބައިނާގެ އަތުގައި އެލިގަންނަމުން ނިމްރާ އެއްސެވެ. “މިރޭ ވެޑިންގ އަށް އައީމަ ފެންނާނެެއްނުން؟ ހެހެ” ލުބައިނާ އިޝާރާތް ކޮއްލިއެވެ. ލުބައިނާގެ މޫނު މައްޗައް އެރި ކުލަވަރުން ދެން އެވާޙަކަ ދައްކާކަށް ނިމްރާ އަދި ކަޔާން އަކަށްވެސް ނުކެރުނެވެ.
ތިން އެކުވެރިންގެ މަންޒިލަކަށްވީ އަތިރިމައްޗެވެ. ތަފާތު ވައްތަރުގެ ކާއެއްޗެހި ހިފައިގެން ގޮސް ތިން އެކުވެރިންތިބީ އިރުއަރާ މަންޒަރު ބަލަންށެވެ. އިރު އެރި ވަގުތު މޫދުގެ ލޮނުގަނޑަށް އެރި އޮރެންޖާއި ރީންދުލުގެ ކުލައިން ލުބައިނާއަށް އިނދެވުނީ އާޝޯޙުވެފައި ބަލަންށެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟ ﷲ ގެ ކުޅަދުންވަންތަކަން މިއިންކޮންމެ ކަމަކުންވެސް އެނގެމުން ދިޔައެވެ.
އަތިރިމަތީގައި ސަކަރާތުގައި ތިބެފައި ތިން އެކުވެރިން ގެޔައް އައީ 8 ޖަހަން އުޅެނިކޮށެވެ. ގެޔައް އައި ލުބައިނާއަށް ހުއްޓެވުނީ ސީދާ ޒެވިއާރް ކުރިމައްޗަށެވެ. ޒެވިއާރް ބުމަ ހިއްލައިލިއެވެ. “އަމް.. މިއީ ލުބާގެ ބެސްޓީޒް.. ކަޔާން އެންޑް ނިމްރާ” ލުބައިނާ އިޝާރާތް ކޮއްލިއެވެ. “އަމް.. އައިމް ނިމްރާ.. މިއި ކަޔާން.. ވިއާރ ލުބާްގެ ބެސްޓީޒް” ލުބައިނާ ބުނި އެއްޗެއް ނޭނގިގެން ނިއް އަރުވާލުމުން ނިމްރާ ތަޢާރަފް ވެލިއެވެ. “ޒެވިއާރް” ޒެވިއާރްވެސް ތަޢާރަފްވެލިއެވެ. ލުބައިނާއަށް ހިނިތުންވުމެއް ހަދިޔާކޮއްލާފައި ނުކުމެގެން ދިޔައެވެ.
“އޯ އެމް ޖީ އެއީތަ ސޫން ޓު ބީ؟ ހީ އިޒް ސޯ ހޮޓް” ނިމްރާ ބުނެލިއެވެ. “ސާބަސް. ނިމްރާއަށް ރީތިވާނެ މިތަނުން ހޯނެއް ފެނުނަސް” ކަޔާން ބުނެލިއެވެ. “ހޫމް. އެޓް ލީސްޓް އައި ހޭވް ބެޓާރ ޓޭސްޓް ދޭން ޔޫ!” ދޫނެރެލާފައި ނިމްރާ ބުނެލިއެވެ. ލުބައިނާ ހެމުން ހެމުން އެތެރެއަށް ވަނެވެ.
ދުވަހުގެ ބާކީއޮތް ހުރިހާ ވަގުތެއް އެންމެންވެސް ހޭދަ ކުރީ އެރޭ އޮތް ކައިވެންޏައް ތައްޔާރުވުމަށެވެ. ލުބައިނާއަދި ޒެވިއާރްގެ އާއިލާއާއި އެކު ކަޔާން އަދި ނިމްރާވެސް އެ ކައިވެންޏައް ތައްޔާރު ވުމުގައި އެހީތެރިވެދިނެވެ. ފިރިހެންވެރިން ކައިވެނީގެ މާހައުލު ރެޑީ ކުރަމުން ދިޔައިރު އަންހެންވެރިން ދިޔައީ ކެއްކުމުގެ ކަންކަމާއި އުޅެމުންނެވެ. ހުރިހާ ކަމެއް ނިމި ތައްޔާރުވީ އިރު ރޭގަނޑު 6 ޖަހައިފިއެވެ. ދެން އޮތީ ލުބައިނާއާއި ޒެވިއާރް ކައިވެންޏައް ތައްޔާރު ކުރުމެވެ. ތަފާތު މޭކަޕް އާރްޓިސްޓުން ލުބައިނާ ތައްޔާރު ކުރަން އައި އިރު ޒެވިއާރް ވެސް ދިޔައީ ތައްޔާރުވަމުންނެވެ.
ހުދުކުލައިގެ ގަމީހަކާއި އެކު ކަޅުކުލައިގެ ކޯޓު ފަޓުލޫނު ލައިފައި ހުރި އިރު ކަރުގައި ހިމަ ދިގު ކަޅު ޓައީއެއް އަޅާފައިވިއެވެ. ބޮޑައް ވައްތަރީ ކޮރެއަން ފިލްމު ކުޅޭ މީހަކަށެވެ. ލޯގަނޑު ކުރިމަތީގައި ޒެވިއާރް ހުރި އިރު މޫނުމަތީގައިވީ ބުނަން އުނދަގޫ ޙިޔާލުތަކެކެވެ. “ދަރިފުޅާ އާދޭ އަވަހައް” ޒަވްޔާ ދޮރު ހުޅޫވާލާފައި ބުނެލިއެވެ. ފަހު ފަހަރަށް ލޯގަނޑުން މޫނު ބަލައިލާފައި ޒެވިއާރް ނުކުމެގެން ދިޔައެވެ.
ކައިވެނީގެ މަޖިލީހައް ފަހަރަކު މީހަކު އަހިސް ހަދާތަން ބަލަން ޒެވިއާރް ހުއްޓެވެ. ކައިވެނި ކުރެވެން އުޅޭ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. މޫނުމަތީ ގައި އޮއްދާ ހިތްލަން ފެށިއެވެ. އެވަގުތު ލައިނާއާއި ޒަވްޔާގެ އެހީގައި ބޮޑު ވެޑިންގ ޑްރެސްގައި ހިނގާލާފައި އައި ލުބައިނާ ޒެވިއާރްގެ ލޮލުގައި އަޅައިގަތެވެ.
ހުދު ކުލައިގެ ބޮޑު ވެޑިންގް ޑްރެސްގައި ހުރި އިރު ލުބައިނާ ވަރަށްވެސް ފުރިހަމައެވެ. ހުދުކުލައިގެ އެބޮޑު ހެދުމުގެ މޭމަތީގައި އެސްތަކެއް ހަރުކުރެވިފައިވީ އިރު، ފަސް ބައިގައި ފިނިފެންމާތަކެއް ހަރުކުރެވިފައިވެއެވެ. އަތުގައި އާދައިގެ ގޮތަކައް ހެނާ އަޅާފައި ވުމުން އިތުރައް ފުރިހަމަ ކަމައް ދައްކައެވެ. ލުބައިނާގެ ފަންދިގު އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލެވިފައިވީ އިރު ނިއްމައްޗައް ކުރު އިސްތަށިކޮޅު ވަޔާ ނަށަން ދޫކޮއްލާފައިވީ އިރު އުޑުމަތީގައި އިން ހަނދައްވެސް މީހަކު މަލާމާތް ކުރާހާވެއެވެ. ލުއި މޭކަޕެއް ކުރެވިފައިވީ އިރު ހާމައަށް އޮތް ދޮން ކަރުގައި ރީތި ފަށެއް އަޅާލެވިފައިވިއެވެ.
ޒެވިއާރްގެ ތޫނު ނަޒަރު އެގޮތުގައި އޭނާއަށް ހުއްޓިފައި ހުރުމުން ލުބައިނާ ލަދުގަތެވެ. އިސްޖަހާލާފައި ތިރީ ތުންފަތުގައި ދަތް އަޅާލެވުނު އިރު، ކޯތާފަތްމަތީގައި ޖަންބު ކުލައަރާފައިވިއެވެ.
ލުބައިނާ އަހިސް އިށީނުމާއި އެކު ކައިވެނީގެ މަޖިލީސް ފެށުނެވެ. ލުބައިނާ އަދި ޒެވިއާރްވެސް ގާޒީގެ ވާހަކައަށް ފަރުވާތެރި ކަމާއި އެކު އަޑު އަހަމުން ދިޔައެވެ. “އަނބި ގަބޫލު ކޮއްފިންތަ؟” ގާޒީގެ ސުވާލާއި އެކު ފިނިވީ ލުބައިނާ އެކަންޏެއް ނޫނެވެ. ޒެވިއާރްވެސްމެއެވެ. “އަނބި ގަބޫލު ކޮއްފިން..” ޒެވިއާރްގެ ޖުމްލައާއި އެކު އެންމެންގެ އަތްތިލަ ބަޑިން މުޅިތަން އެއްއަޑުވިއެވެ.
ކައިވެނީގައި ބަރަކާތް ލައްވާތޯ ދުޢާ ކޮއްފައި ދެން ދެމަފިރިން އަޅުވަން އަނގޮއްޓި ގެނައެވެ. ލުބައިނާގެ މޫނަށް ބަލައިލަމުން ޒެވިއާރް ފިނިވެފައިވީ ލުބައިނާގެ އަތުގައި ހިފާ އަނގޮއްޓި އަޅުވައިދިނެވެ. ޒެވިއާރް އަނގޮއްޓި އަޅުވައިދިނުމުން ލުބައިނާ ދެން އިން އަނގޮއްޓި ނެގިއެވެ. ތުރުތުރު ލަމުން ދިޔަ އަތް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ލުބައިނާ ޒެވިއާރްގެ އަތުގައި އަނގޮއްޓިއަޅުވައިދިނެވެ.
ދެން އޮތީ ކައިވެނީގެ ހަފްލާގެ ފެށުމެވެ. ލުބައިނާއާއި އެކު ޒެވިއާރް ދެމަފިރިންނައް ހަމަ ޖެހިފައިވީ ސްޓޭޖް މައްޗައް ދިޔައެވެ. ފަހަރަކު މީހަކު އަހިސް އަލަތު ދެމަފިރީންނައް މުބާރަކް ކިޔަމުން ދިޔައެވެ.
އަތިރިމަތީގައި ރާޅު ޖަހާ ހިސާބުގައި ހުރި ޒުވާނާ އަނދިރިގަނޑުން ފެންނަމުން ދިޔައީ ހިޔަންޏެއް ފަދައިންނެވެ. ގޮނޑުދޮށައް ބީއްސާލާ ރާޅުތައް އަހިސް އޭނާގެ ފައިގައި ބީހިލާފައި އެނބުރި ދަމުން ދިޔައެވެ. އަތުގައި އޮތް ފޯނުގެ އަލިން އެޒުވާނާގެ މޫނު މައްޗައް އެރި ނުލަފާ ހިނިތުންވުން ފެނިލިއެވެ. ފޯނުގައި އިނީ ލުބައިނާއާއި ޒެވިއާރްގެ ކައިވެނީގެ ފޮޓޯއެކެވެ. އަތުގެ އިނގިލިތައް ހަރަކާތް ކޮއްލާފައި އެފޮޓޯ ޒޫމް ކޮއްލީ ލުބައިނާގެ މޫނަށެވެ.
(ނުނިމޭ)
“ކިޔުންތެރިންގެ ސަމާލު ކަމަށް….
މިއަންނަ ހަފްތާ އަޅުގަނޑުގެ ޓެސްޓުތައް ފެށޭތީވެ “ފުރާނައިގެ ދިރުމޭތިއީ” ގެ 5 ވަނަބައި ގެނެސްދޭނީ ޝިހާގެ ޓެސްޓު ނިންމާފައި ކަމަށް ހިތާމަޔާއި އެކު ބުނެލަން. އިންޝާ ﷲ 5 ވަނަ ބައި، މިމަހު 24 ވަނަ ދުވަހު ކިޔާލަން ލިބޭނެ ވާހަކަ ވެސް ބުނެލަން. އެހެންނަމަވެސް، މިމަހު 18 ވަނަ ދުވަހަކީ އަޅުގަނޑު މި ސައިޓްއަށް ވާހަކަ ލިޔަންފެށިތާ އެއް އަހަރުވާ ދުވަސްކަމުން، ކިޔުންތެރިންނަށް ހާއްސަކޮއް ކުރުވާޙަކައެއް ގެނެސްދެވޭނެ ވާހަކަ ބުނެލަން. އެކުރުވާޙަކައަށް، އަދި މިވާހަކައިގެ 5 ވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.







It’s okay 👌
I know buravaane kan kiyavamun…
Shiher ah vaguthu vaa varakun upload kohliyas ok vaane…
Anyways mi part vx varah varah reethi….
curiously wait for your short story and next ep…..
GOOD LUCK FOR YOUR EXAMS
BEST OF LUCK 😊💜
jazaakallah khairan for understanding ❤️🥰
Its oki shiherr i understand we will wait hama
Mi part ves vrh reethi cant wait for next part
Love youu
jazaakallah khairan for understanding ❤️🥰
lyt
Keep it up
Mi part ves v cute, varah kiyaahithun kiyanee ves
I appriciate your hard work
Test ga ragalhu natheejaa eh hoadhahchey
hehe jazaakallah khairan ❤️🥰
in sha allah i will pray for me❤️
Congrats for the new couples 👏👏
I feel like the stranger is the one who kidnapped luba… SUS
Varah furihama mi part ves!!
It’s okay shierr!!
I understand and btw good luck on your exams 💗💗💗
Lyssssssssssm!!!
Tc
hehe let’s see dhw? jazaakallah khairan for understanding ❤️🥰
lyt and tc 2
Mi part bes v v reethi….
Good luck on your exam👍👍
Tc
jazaakallah khairan ❤️🥰
TC 2
Gudluk shiha 🎀
Mi part vx Vrh reethi
Shiu ge test thah feshihjje 9 ga test ninmaafa ais Hama Mi balailii Stry up kohffa in thoa change vx nukoh 😘
Again best of luk, luv u shihaa♡
jazaakallah khairann ❤️🥰
Good luck on your exams as well Shiunii ❤️
lyt
Vrh reethi, waiting for next part and your kuruaahaka
Good luck for your exams
ohh, its okii. Shihaa ge test next week ga feshey gothah, alhuganduge test vx feshey next week ga. ehnvyma nuves libeyne maa gina vagutheh kiyaakah. but e kuru vaahaka up kuraane date kan’da alhaafa inyma konmme hen vx kiyeythw balaanan.
awww! xavier and lubainaa ge wedding vx kurevunee. dhn inthizaaru kuran v e dhemeehun ge first night ga vaane gothakah dhw!! alhey.. cant wait..
gud luk on ur exam shihaa! <3
Best of luck on your exams as well Oreo gurll
hehe lets see dhw Xavier and Lubaa ge first night ga vany kihineh thw kiki
stay tuned ❤️🥰
its okii shiherr! my exam starts next week too! and (if u dont mind, i wanna ask u a question: how old are you? aslu test feshey vaahaka bunyma hama curious v)
btw, gud luk to u shihaa, and all the others who are taking tests this week and the next,
curiously waiting to knw what happens on xavier and lubaa’s first night!
i’m a collage student 🥰 ( if you have questions about me feel free to text me on my instagram or facebook, i’ll reply ❤️🥰 )
Good luck shiherr
Vaahaka vrh reethi
Will be waiting for the next part
Lysm tc☺️
jazaakallah khairan Ishu
stay tuned, lyt and take care 2 ❤️🥰
i need a part5 . love this story<3
jazaakallah khairan, in sha allah test nimuniima geenssdheynan
It’s ok shihaa
Mi part ves v reethi masha Allah
Keep it up
Good luck ❤️
Dhen khineh baa vaani
I appreciate your hard work
You’re my fav author
Love you shihaa ❤️😍
jazaakallah khairan
jazaakallah khairan Panda
Shiherrrrr vrh reethi mi part ves when’s next curiously waiting for the next part keep it up 💪🏻🥳 👏🏻 your doin great 💯 LYSM
jazaakallah khairan
ily 🙂