“މަގޭ ދަރިފުޅު… އަޅެ އެދުވަހު އެމީޓިންގ ގަނޑު ކެންސަލް ކޮއްލާފައި ލުބާ ގާތަށް ދެވުނު ނަމަ.. މަގޭ ދަރިފުޅު ނުކުޅެދޭ މީހަކަށްވީ އަހަރެންގެ ސަބަބުން…” ލައިނާ ރޮމުން ބުނެލިއެވެ. “ދެރަނުވޭ ލައިނާ.. ﷲ އިރާދަ ކުރެއްވިއްޔާ ޒެވިއާރް އާއި ކައިވެނި ކުރެވުނީމަ ދެން އަހަރެމެންގެ ލުބައިނާ ހުންނާނީ ރައްކާތެރި ކަމާއި އެކު.. އިންޝާ ﷲ” އާދިލް ބުނެލިއެވެ. ލުބައިނާ އަވަހަށް ކައިވެނި ކުރުވަން އެދެމަފިރިން ނިންމި ސަބަބަކީވެސް އެއީއެވެ. ލުބައިނާއަށް އެހެން ހެދި މީހަކު އަދިއަދަށް ދާންދެންވެސް ފުލުހުންނަށް ވަނީ ނުހޯދިފައެވެ. ދެވަނަ ހަމަލާއެއް އަހިސްދާނެތީ އެދެމަފިރިން އަދިވެސް ހުންނަނީ ބިރުންނެވެ. ނަމަވެސް އެކަން ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް ކުރެވުނު ހުރިހާ ކަމެއް އެދެމަފިރިން ކުރާނެ ކަން ގައިމެވެ.
ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް ދުވަހަކީ ޒެވިއާރް ގެ އާއިލާ ރާއްޖެ އަންނަ ދުވަހެވެ. ލައިނާއާއި އާދިލްގެ އިތުރުން އާދިލްގެ އެކުވެރިއެއް ކަމަށްވާ ހުސެންވެސް އެގެ ތައްޔާރު ކުރަމުން ދިޔައީ އެއާއިލާ އަންނަން ވާއިރަށެވެ.
ކޮޓަރިތެރޭގައި ރެޑީވާން އިން ލުބައިނާގެ އަތުގައި މަޑު ތުރުތުރުލުމެއް ހުއްޓެވެ. މިކައިވެނި ކުރާކަށް އެއްގޮތަކަށްވެސް ލުބައިނާ ބޭނުމެއްނޫނެވެ. ކުޑައިރުން ސުރެ ލުބައިނާގެ އެންމެ ބޮޑު އުންމީދަކީ ފުލުހަކަށް ވުމެވެ. ނަމަވެސް އެއުންމީދުވެސް އޮޔާލާ ދިޔައީ އެހާދިސާއަށް ފަހުއެވެ. ލުބައިނާ ބޭނުންވަނީ އޭނާގެ އަމިއްލަ މަސައްކަތުން އޭނާގެ ދިރިއުޅުން ނަރަކައަކަށް ހަދައިލި ޖާހިލު މީހާ ހޯދާށެވެ. ނަމަވެސް އޭނާގެ މައިންބަފައިން ދިޔައީ ފާޅުގައި އެކަމަށް ދެކޮޅު ހަދަމުންނެވެ. ކުރާނީ ކީއްހެއްޔެވެ؟ ތަގުދީރު އޭނާގެ ހަޔާތާ މިކުޅެނީ ނުލަފާ ސަމާސާއެކެވެ.
ހދ ނޭކުރެންދޫއަށް ޒެވިއާރް ގެ އާއިލާއަށް އާދެވުމާއި އެކު ރަށު އެންމެންގެ ލޯތަށް އެއާއިލާއަށް ހުއްޓުނެވެ. ޒުވާން އަންހެން ކުދިންތައް ޒެވިއާރް ފެނި އަތްފައި އޮޅެމުން ދިޔައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ޒަވްޔާގެ މަންމައަކީ ދެކުނު ކޮރެއާއަށް ނިސްބަތް ވާމީހެކެވެ. ޒަވްޔާވެސް ބޮޑަށް ވައްތަރީ ސްޕެއިން މީހަކަށްވުރެ ކޮރެއާ މީހަކަށެވެ. ޒެވިއާރް ހީވަނީ ޒަވްޔާގެ ކޮޕީއެއް ހެންނެވެ. އެހެން ކަމުން ވާނީވެސް އެހެން ނޫންންހެއްޔެވެ؟ މިޒަމާނުގައި ޒުވާން އަންހެން ކުދިންގެ ތެރޭގައި އެންމެ މަގުބޫލު “ކޭޑްރާމާ” އަދި “ކޭ ޕޮޕް” ސްޓާރ އެއް ކުރިމައްޗަށް އެރުނު ފަދަ އިހުސާސްއެއް ދިޔައީ ހުރިހާ ކުދިންނަށް ކުރެވެމުންނެވެ.
ޒެވިއާރް ލައިގެން ހުރި ކަޅުކުލައިގެ ގަމީސް ބެގީ ކޮއްލެވިފައިވީ އިރު ވަރަށް “ސްމާޓް” ކަމަށް ދައްކައެވެ. ޒެވިއާރް ގެ މޫނުމަތީގައި “ރޫޑް” ގޮތްގަނޑެއް ހުރި ނަމަވެސް، ކުޑަ ކުޑަ ދެލޮލާއި ކުރު އެސްފިޔަ ތަކުން އެދެލޮލުން ދޭހަކޮއްދެނީ މައުސޫމް ކަމެވެ. ހަށިގަނޑުގައި ވަރުހުރި އިރު ގަވައިދުން ޖިމް ޖައްސާކަން ވެސް ދިޔައީ އެނގެމުންނެވެ. އަންހެން ކުދިންތައް އޭނާ ފެނި އުޅޭގޮތުން ޒެވިއާރް ވީ ވަރުގަދަ ފޫއްސެކެވެ. އަތުގައި އޮތް ރޭބަން އައިނުން ދެލޯ ފޮރުވާލީ އެހެންވެއެވެ.
“އައްސަލާމު އަލައިކުމް” އާދިލް ގޮސް ޔޫސުފްއަށް ސަލާމް ކޮއްލިއެވެ. އާދިލް، ޔޫސުފް އަދި ހުސެންއަކީ އެކުގައި އުޅެބޮޑުވީ 3 އެކުވެރިންނެވެ. ލުބައިނާގެ ކައިވެނި ޒެވިއާރް އަށް ހަމަ ޖެހުނު މައިގަނޑު އެއްސަބަބަކީވެސް އެއީއެވެ.
“ޒަވް، ޒެވް. މިއީ ބައްޕަގެ އެންމެ ގާތް އެކުވެރިން. ހުސެން އަދި އާދިލް.. ދަރިފުޅާ.. މިއީ ދަރިފުޅުގެ ވާން އުޅޭ ބައިފައިބެ” ޔޫސުފް އެންމެން އެންމެނަށް ތަޢާރަފް ކޮއްލަދިނެވެ. ފޫހި ވެފައި ހުރި ނަމަވެސް ޒެވިއާރް އާދިލްއަށް ސަލާމްއަށް އަތްދިއްކޮލިއެވެ. އިސްވެ ޒެވިއާރް ސަލާމްއަށް އަތް ދިއްކޮއްލުމުން އާދިލް އުފާވެލިއެވެ.
“ކޮބާ އަވަހަށް ދެން ގެޔަށް ދާންވީނުން؟ މިހާރު ލުބާ އިންނާނެ އިންތިޒާރުގަ ހެހެ” އާދިލް ބުނެލިއެވެ. “ލުބާ؟ ވެލް ދެޓްސް އަ ކްރޭޒީ ނޭމް ހެހެ” ޒެވިއާރް އަމިއްލަ ނަފްސައް އިވޭވަރަށް ސްޕެއިން އިން ބުނެލިއެވެ. މި އަންހެން ކުއްޖާ ހުންނާނީ ދެން އަނެއްކާ ކޮންފަދަ ސިފައެއްގަ ބާއޭ ޒެވިއާރް ހިތައް އެރިއެވެ.
“ދަރިފުޅާ؟ ބައްޕަމެން އެބައާދޭ ޒެވިއާރްގެ އާއިލާ ގޮވައިގެން.. އަވަހަށް އާދޭ” ކޮޓަރީގައި އިން ލުބައިނާއަށް ގޮވާލަމުން ލައިނާ ގޮވާލިއެވެ. ލުބައިނާ ލަދުން ހުރެ ނުކުތެވެ. ގޭދޮރާއްޓާއި ހަމައަށް ލުބައިނާ އަދި ލައިނާ އާއި އެކު ލުބާންވެސް އައެވެ. އެކައިވެންޏަށް ލުބާން ދެކޮޅު ނަމަވެސް ވާން އުޅޭ ޅިޔަނަކީ ކޮންކަހަލަ މީހެއްތޯ ބަލަން ލުބާންވެސް ހުރީ ޝައުގުވެރިވެފައެވެ.
މާގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ކަޅުކުލައިގެ ކާރެއްގައި އާދިލްމެން އަހިސް މަޑުކޮއްލިއެވެ. ކާރުން ފޭބި ޒަވްޔާ އަހިސް ލުބައިނާގެ ހަށިގަނޑުގައި ބައްދާލިއެވެ. ވާން އުޅޭ ޅީދަރިފުޅުގެ ޖާދޫވީ ރީތިކަން ފެނި ޒަވްޔާއަށްވެސް ތައުރީފުނުކޮއް ނުހުރެވުނެވެ.
“ދަރިފުޅާ.. މިއީ ޒެވިއާރް” ޒަވްޔާ ލުބައިނާއަށް ޒެވިއާރް ތަޢާރަފް ކޮއްދިނެެވެ. ކަޅު ކުލައިގެ ހެދުމެއް ލާފައި ހުރި އިރު، ލުބައިނާގެ ފަން ދިގު އިސްތަށިކޮޅު ވަނީ ވަޔާ ވިހުރެން ދޫކޮއްލާފައެވެ. ނިއްމައްޗައް ކޮށާލާފައިވީ އިސްތަށިކޮޅުތައް ލުބައިނާގެ ތޫނު ދެލޮލަށް އުނދަގޫ ކުރަމުން ދިޔައިރު ވަރަށްވެސް ރީއްޗެވެ. ލުބައިނާގެ ރީތިކަން ފެނި ސާދަ ވިލޭރޭގެ ހަނދުވެސް ލަދުން ފިލާނެ ކަން ގައިމެވެ. އެހާވެސް ރީއްޗެވެ.
ޒެވިއާރްގެ މޫނަށް ބަލައިލަމުން ލުބައިނާ ހީލިއެވެ. އަނެއްކާ ލުބައިނާ އިސްޖަހާލިއެވެ. ޒެވިއާރް ލުބައިނާއަށް އިންނަން އެއްބަސްވީ ހަމަ ބޭނުންވެގެން ބާއެވެ؟ ޒެވިއާރްގެ އާއިލާއަށް ލުބައިނާއަކީ މަންމަން ކުއްޖެއްކަން އެނގޭ ބާއެވެ؟ ޒެވިއާރްވެސް މިކައިވެނި އެކުރަނީ މަޖުބޫރުވެގެންނޭ ހިތައް އަރާފައި ލުބައިނާގެ ހިތައް ތަދުވެލިއެވެ. ލުބައިނާކަހަލަ ކުއްޖަކާ އިންނަން އެކަހަލަ ރީތި ޒުވާނަކު އެއްބަސް ވާނެބާއެވެ؟
“ކޮބާ ދެން އެތެރެއަށް ވަންނަން ވީނުން؟ މިތާގަތަ ދެން ތިބެނީ؟” ޔޫސުފްބުނެލިއެވެ. އެތެރެއަށް ވަދެ ޒެވިއާރްގެ އާއިލާ ތާޒާވެލައިގެން ދެން އޮތީ ލުބައިނާއާއި ޒެވިއާރްގެ ރަން ކިޔުމުގެ ހަފްލާއެވެ. 2900 ރުފިޔާއަށް ރަންކިޔުނު އިރު 7 ދުވަސް ފަހުން ކައިވެނި ކުރެވުމަށް ހަމަ ޖެހެވުނެވެ.
“ދަރިފުޅާ އާދެބަ މަންމައާއި އެކު ހެދުން ޓްރައި ކޮއްލަން” ލުބައިނާ ގާތައް އަހިސް ޒަވްޔާ ބުނެލިއެވެ. ލުބައިނާ ބަލައިލީ ލައިނާގެ މޫނަށެވެ. ލައިނާ ހީލާފައި ބޯޖަހާލިއެވެ. ޒަވްޔާއާއި އެކު ލުބައިނާވަނީ ލުބައިނާ ކޮޓަރިއަށެވެ. ހުދު ކުލައިގެ އެބޮޑު ވެޑިންގ ޑްރެސް ލާފައި ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ލުބައިނާ ދެލޯ ބޮޑުވިއެވެ. ޓާރްކިޝް އެބޮޑު ވެޑިންގ ޑްރެސްގައި ލުބައިނާ ވައްތަރީ ރާނީ އަކަށެވެ. މޭމައްޗާއި ދިމާލުގައި ރީތި ގޮތަކަށް އެސްތައް ހަރުކުރެވިފައި ހުރި އިރު ހެދުމުގެ ފަސްބައިގައި ލޭސްފޮތިންވަނީ ފިނިފެންމާތަކެއް ހަދާފައެވެ.
“ކަމުދޭތަ؟” ޒަވްޔާ އެއްސެވެ. ލުބައިނާ ބޯޖަހާލިއެވެ. އަދި ޑްރެސިންގ ޓޭބަލް މަތީގައި އޮތް ފޮތާ ގަލަމާއި ނަގާ އެއްޗެއް ލިޔެފައި ޒަވްޔާއަށް ދައްކާލިއެވެ.
“ހެދުން ވަރަށް ވަރަށް ކަމުދޭ. ޝުކުރިއްޔާ..” ލުބައިނާ ލިޔެފައި އިނެވެ. “ޔޫއާރ ވެލްކަމް. ދަރިފުޅަށް ހަމަ ރީތިކޮއް މަންމައަށް ވާހަކަ ދެއްކޭނެ. މަންމަ ސައިން ލެންގުއޭޖް ކޯހެއް ހެދިން 6 މަސް ކުރިން” ޒަވްޔާ މިފަހަރު ބުނެލީ އިޝާރާތުންނެެވެ. ލުބައިނާއަށް ހިނިތުންވެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







Miadhu fenuny hama up vi thanun…
Mi part vx varah varah reethi….
Xavier and lubaina gulhuvahcheyy…
Curiously waiting for the next part…
Whn next???
Jazaakallah khairan
Hehe dhn balamaa dhw lubaina ah vany kihineh thw
In sha allah sunday ga🫶🏻
Varah reethi Mashaa Allah ✨✨✨
Xavier ah lubaa kamudhaane kanne🤗🤗
I’m very curious
When next??
Jazaakallah khairan
Hihihi lets see dhww
In sha allah next sunday ga🫶🏻
mi part ves v reethi masha allah
curiously waiting for next part
keep it up
anehkaa zeviaar ah lubaa kamudhaane baa
your my fav author
i appreciate your hard work
when next
love you shihaa
Jazaakallah khairan
Next ep on sunday stay tuned🫶🏻
Xavier so handsome i ah libeynama hehe
When next part can’t wait for next ep
Curiously waiting
Keep it up LYSM shiherrr
I appreciate your hard work
Hihi🤭
In sha allah on sunday stay tuned lav
Lysssmmm🫶🏻
Varah reethi!
Xavier lubaina dheke adhi loabi vaane!keep it up!
When next!
Jazaakallah khairan lets see dhw hehe
In sha allah on sunday
Vara reethi! Maasha allah
Jazaakallah khairan🥹🫶🏻
Mi part ves varah furihama
Mashaa allah❤️
I’m so excited to read the upcoming parts
Lysm shiherr
Keep up the good work
Jazaakallah khairan🥹🫶🏻
Stay tuned🥰
Lyyysssmmm ishuu❤️