Skip to content
އެސްފިޔަ

ވާނަން އުމުރަށް

ޔާނާ އަންނަ ގަޑި ކުޑަ ތަން ވަމުން އާދެއެވެ . ރާނިޔާ ގެ  މޫނުމަތިން ފެނިގެން ދަނީ އުފާވެރި މަންޒަރެއެވެ . ހިތް އުފަލުން ފޮޅޭ ކަހަލައެވެ. 3 އަހަރު ނާޔާ ފެންނާތީ ރާނިޔާ އަށް އިހުސާސް ކުރެވިގެން ދަނީ އެހެން ކަހަލަކަންތަކެވެ .

############################################################

ނުވާނަން ތަފާތެއް 2 ވަނަ ބައި

އެ މޫނުން އުފާވެރި ކަމުގެ ކުލަ ތައް ރާނިޔާ މަންމަ އަށް ފާހަގަ ވެގެން ދިޔައެވެ . ” ދަރިފުޅާ ހާދަހާ އުފާވެފާ ” މަންމަ ޒުބޭދާ ބުނެލިއެވެ . ” މަންމާ އުފާވާނެ ދޯ ! ކުޑާ އަންނަނީ . އަދި މަގޭ ފުއްގަޑު ވެސް އާދޭ ” ރާނިޔާ ސަކަ މިޒާޖަކަށް ބުނެލިއެވެ .

އިރުކޮޅެގެ ފަސް  ލޯންޗް ރަށު ފަޅަށް ވަދެފިއެވެ . ލޯންޗް  ބަދަރާ ކައިރި ކުރުމުން ލޯންޗް އިން މީހުން ފައިބާން ފެށުމުން ރިޝްމީ އާއި ރީނާ އަދި ޒުބޭދާ ( މަންމަ) އެ ދިމާ އަށް ހިގައިގަތެއެވެ .

” މިޔޮށް އައީ ދޮންތީގެ ފުއްގަނޑު . ” އެހެން ބުނުމަށް ފަހު ޒިދާން ގައިގައި ބާރަށް ބައްދާލިއެވެ . މަޑު މަޑު ދޮން ކޮލުގައި ރާނިޔާ ބޮސްދިނެއެވެ .  ރިޝްމީ އަދި ރީނާ ވެސް ޒިދާން ގައިގައި ބައްދާލިއެވެ . ” ފޯރިއެއް އެބަ ހުއްޓެއްނު ” ރިޝްމީ ބުނެލިއެވެ . ” އަދިވެސް މި 3 މީހުން ވަރަށް ތޮޅޭ ދޯ . އަދި ވެސް ކުޑަ ކަމެއް ނުފިލާ ދޯ ”  ޔާނާ ސަކަ މިޒާޖެއްގެ ރާގަށް ބުނެލިއެވެ .

ހަވީރުގެ ވަގުތެއެވެ . ރާނިޔާ އާއި ރިޝްމީ އާއި ރީނާ އަދި ޔާނާ ނިކުތީ  ފިނި ބުރެއް ޖަހާލުމަށެއެވެ . އަދި މި ފިނި ބުރުގައި ޔާނާ އަށް ރަށް ތަރައްޤީ ވެފައި އޮތް މިވަރު ދައްކާލުމަށާ އެކުގައެވެ .

ވަގުތަކީ ރަށު ތެރޭގައި މީހުން ފިނި ބުރު ޖަހާލުމަށް ނިކުމެ އުޅޭ ވަގުތުއެވެ . އެ މީހުންގެ އާއިލާ މީހުންނާއި އެ މީހުންގެ ރަށްޓެހިންނާ އެކު މަޖާ ކޮށްލުމަށެއެވެ .

ރާނިޔާ އެއްލި ކަޅި އަކުން  ދުރުގައިވާ ގަސް ބުނޑެއް ކައިރީގައި ގިޓައެއް ހިފާގެން ޅަ ފުރާގެ ފިރިހެން ކުއްޖެއް އިނެއެވެ .  ”  ނުވާނަމޭ ބަދަލެއް ހުވާ ޔާރާ ، ވާނަމޭ އުމުރަށް އެކީ ޖާނާ ، ނޭދެމޭ ދުރުވާ ކަށެއް އާޝިޤާ ” އެ ފިރިހެން ކުއްޖާ ކިޔަމުން ދަނީ ވާނަން އުމުރަށް އެ ލަވައެވެ .

ރާނިޔާ އަށް އެ ފިރިހެން ކުއްޖާ އަށް ޝައުޤުވެރިކަން އުފެދިގެން ދިޔައެވެ . އަދި ފުން ކަޑަކަށް ޤަރަގު ވެގެން ދިޔައެވެ . ” ރާނިޔާ … ރާނިޔާ …. ” ދެތިން ފަހަރަކު ރީނާ ގޮވާލިއެވެ .ރާނިޔާ އަށް ހަމަ ހޭވެރިކަން ވީ އެހިސާބުންނެއެވެ  ” ކޮން ކަމަކާ ގެއްލިފާ .. އެ ފިރިހެން ކުއްޖާ އަށް ގެއްލި ހުސްވީތަ އަނެއްކާ ؟ ” ޔާނާ ސުވަލު ކުރިއެވެ . ” ނޫނޭ ވަކި އެހެންނެއް ނޫން . ދަންނަ ލަވަ އެއް ވީމާ ހުރެވުނީ .. އޭނަ ލަވަ ކިޔުމާ އެއްވަރަށް ގިޓާ ކުޅެން ވެސް މޮޅު ކަމުން ހުރެވުނީ ”  ރާނިޔާ ރަކިވެފައި ފާޑަކަށް ބުނެލިއެވެ .

ރިޝްމީ އަދި ރީނާ ދިޔައީ އިރު އޮއްސޭ މަންޒަރު ފޮޓޯ ނެގުމަށެއެވެ . އެކަކަށް ވުރެން އަނެކަކު މޮޅު ކޮށް ނެގުމަށެއެވެ . ޔާނާ ފިހާރަ އަށް ވަދެ . ޒިދާން އަށް އިންޑޯ މިލްކް ޕެކެޓް އެއް ނެގުމަށް ފަހު ފިހާރައިން ނިކުމެ ހިގައިގަތީ ގެޔާ ދިމާ އަށެއެވެ .

“ރާނިޔާ  … ރާނިޔާ …. ” މަންމަ ޒުބައިދާ 2 ފަހަރު ގޮވާލިއެވެ . ” ކީ…… ކީކޭ މަންމާ … ” ސިހިފައި ރާނިޔާ އަށް ބަލާލެވުނީ ރާނިޔާ މަންމަ ގެ މޫނަށެވެ .  ” ކޮންކަމަކާ ތި ވިސްނަނީ .. ހާދަހާ ފުން ހިޔާލެއްގާ  ” މަންމަ ޒުބައިދާ ސުވާލު ކޮއްލިއެވެ . ” ވިސްނުމެއްގައި ނޫން . ކިހިނެއް ވީ ”  ރާނިޔާ ނޫން ގޮތަކަށް ސުވާލު ކޮއްލިއެވެ .  ” ރީނާ އާއި ރިޝްމީ  އަދި ކުޑާ ހޯދި ކޮބާ ހޭ އެހި .. ކޮންމެ ވެސް ތާކަށް ދާން ވެގެން ނޯ …. ” މަންމަ   އެހެން ބުނުމަށް ފަހު  ޒުބައިދާ ހިގައިގަތީ ބަދިގެޔާ ދިމާ އަށެއެވެ .

” އަހާ ރާނިޔާ  ، ހާދަހާ ފުން ހިޔާލެއްގާ . އަނެއްކާ ، މިޔަދު ފެނުނު ސޮރު މަތިން ހަނދުމަ ކުރަނީ ތަ ” ޔާނާ ސަކަ މިޒާޖެއްގާ ބުނެލިއެވެ . ” ވަކި އެހެންނެއް ނޫން    ހަމަ އޮވެލީ މީ ” ރާނިޔާ ބުނެލިއެވެ .

” މަންމާ ! ޒިދާން ހޭލީތަ ؟ ” ޔާނާ  މަންމަ އަށް ސުވާލު ކޮއްލިއެވެ .  ” ނޫން ނުހޭލާ ”

ރޭގަނޑުގެ ހަމަ ހިމޭން ކަން ރަށު ތެރެއަށް ވެރިވެގެން ފިއެވެ . ރަށް ވަނީ ހަމަ ހިމޭން ކަންމަތީގައެވެ . ދުއްވާ ސައިކަލެއް ނުވަތަ ހިގާލާނެ މީހެއް ނެތް ނެތް ކަހަލައެވެ . ރަށް ވަނީ ފަޅު ވެފައެވެ .  އެ މާހައުލުގައި އެނދުގެ ދެ 2 ފަރާތަށް ފުރޮޅިލާ ފުރޮޅިލާ އެ އޮތީ ރާނިޔާ އެވެ .  މިޔަދު ހަވީރު ފެނުނު އެ ޒުވާން ފިރިހެން ކުއްޖާ ގެ މަތިން ހަދާން  ކުރުމުގައެވެ . ހިތަށް އެތަކެއް  އަރަމުން ގެންދެއެވެ .

ރާނިޔާ އަށް އެންމެ ރީތި އެއް ލަވަ އޭނަ އަށް އިގުނީ ކިހިނަކުން ބާވާއެވެ . ނުވަތަ ގަސްތުގައި އޭނަ އެ ލަވަ ކީ ބާވައެވެ، އޭނަގެ އަޑުގައި އަސަރުކަން ގަދަ ކަމެއް ލިބިފައި އެބަ ހުއްޓެއެވެ .  ރާނިޔާ އަށް އެ ފިރިހެން ކުއްޖާ އަށް ހިތް މި ކީ ކީއްވެބާ ވައެވެ .

03 ވަނަ ބަޔަށް އިންތިޒާރު ކޮއްލަވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (3)

  1. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for the next part
    Keep it up
    Raaniya ekujja ah hiy Kiyaafi
    They both are made for each other
    I appreciate your hard work

  2. Ghost girl 👻

    Masha Allah 😍

  3. Baby girl 😶‍🌫️

    Mi part ves varah reethi

Comments are closed.