ވާނަން އުމުރަށް
ކޮންމެ ހިތުންވުމެއްގެ ފަހަތުގައި އެތަކެއް ސިއްރު ތަކެއް ވެއެވެ . އެތަކެއް ވޭނެއް އެތަކެއް ރުޔުމެއް ހުންނާނެއެވެ . ކޮންމެ މީހަކު ވެސް އެ މީހެއްގެ އިހުސާސްތަކެއް ވެގެން ވެއެވެ . އެ އިހުސާސް ތައް ހިއްސާ ކުރާނޭ މީހަކު ނެތުމުން ނުވަތަ ބުނަން ނުކެރިފައި ހުންނަ ތައް އާދެއެވެ .
މީހެއް ދެކެ ލޯބި ވުން ނުވަތަ ހިތް ކިޔުން އެއީ ކުށަކަށް ވާނަމަ މިޔަދު އެ ކުށް ނުކުރާ މީހަކު މިޔަދަކު ނުހުންނާނެއެވެ . މީހަކަށް އިތުބާރު ވެސް ކުރަން ޖެހޭނީ ވަކި ވަރަކަށް ކަން ވެސް ގަބޫލް ކުރަން ޖެހޭނެއެވެ . މިއިން ކޮންމެ ކަމެއް ނުވަތަ މިއިން ކޮންމެ ފިލާވަޅެއް ގައި އެތަކެއް އިބުރައްތަކެއް އެކުލެވިގެން ވެއެވެ .
މި ވާހަކަ އަކީ ހިޔާލީ ވާހަކައެކެވެ . މި ވާހަކައިގައި އުޅޭ މީހުންގެ ނަން ތަކަކީ ހިޔާލީ ނަން ތަކެކެވެ . މި ވާޙަކައިގައި ހިގާ ނުވަތަ ހިގި ހާދިސާ އަކީ ހިޔާލީ ހާދިސާއެކެވެ . މި ހާދިސާ މީހަކަށް ނިސްބަތް ވެއްޖެ ނަމަ އެއީ އިއްތިފާގެކެވެ . އެއީ އަޅުގަނޑުގެ ކަމެއް ވެސް ނުމެ ނޫނެއެވެ . ވާހަކައިގެން ކުރިޔަށް ދާނަމެއެވެ .
ދުވަސް ވަރަކީ ސްކޫލް ތައް ބަންދު ވި ދުވަސް ވަރެއެވެ . ކިޔަވާ ކުދިންނަށް އެކުދިންގެ އާއިލާ މީހުންނާ އެކު އުޅެވޭނެ ދުވަސް ވަރެއެވެ . ސަކަރާތާއި މަޖަލުގައި އުފާވެރި ކަމުގައި ވަގުތު ހޭދަ ކޮއްލަން ލިބޭނޭ ދުވަސް ކޮޅެއެވެ . މާލޭގައި ދިރިއުޅޭ އާއިލާ ތައް އެ މީހުންގެ އާއިލާ މީޙުންނާ ބައްދަލު ކޮށް އެ އާއިލާ މީހުން ކައިރިއަށް ދެވޭނޭ ދުވަސް ވަރެއެވެ . އޮފިސް ތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތް ތަކުން ވެސް ޗުއްޓީ ހަދާލުމަށެއެވެ .
ރާނިޔާ ވެސް ގޭތެރޭގައި އުޅެމުން ގެންދިޔައީ ވަރަށް ވެސް ބުރަ ކޮށެއެވެ . އެއީ ރާނިޔާ ގެ އެއްބަނޑު އެއްބަފާ ދައްތަ ރަށު ކޮޅަށް އަންނާތީ އެކަމުގައެވެ . ފައި އެއްތަނެއްގައި ނުޖެހި ގޭތެރޭގައި އުޅެމުންދެއެވެ . ރާނިޔާ އަކީ އާއިލާގައި 2 ވަނަ އަށް ހުރި ކުއްޖާއެވެ . ކުޑަ އަށް 2 ކޮއްކޮ ވާއިރު ބޮޑު 1 ދައްތަ ހުރެއެވެ . ރާނިޔާ ދައްތަ މީހަކާ އިދެގެން މާލޭގައި އުޅެމުން ދާއިރު ރާނިޔާ އާއި 2 ކޮއްކޮ އުޅެމުން އަންނަނީ ރާނިޔާ މެން ރަށުގައެވެ . ރާނިޔާ މަންމަ ކައިރީގައެވެ .
ހިތިފަތު ބުޔަކާ ކުރަގި 2 ލޯ ލިބިފައި ވައިރު ޒުވާން ފިރިހެން ކުދިން ރާނިޔާ ގެ ޖާދޫގައި ނުޖެހޭ އެތަކެއް ފިރިހެން ކުދިން ޖެހިގެން ދެއެވެ . ރާނިޔާ ގެ ހިތުންވުމުން އެތަކެއް ޒުވާން ފިރިހެން ކުދިން ހިތްތަށް ކަތިލަމުން ގެންދެއެވެ . މިއީ ރާނިޔާ އަށް ލިބިފައިވާ ހުނަރެކެވެ . ކުލާގެ ގޮތުން އަލި ރާނިޔާ އަކީ ހީވާގި ފިސާރި އަންހެން ކުއްޖެކެވެ . އަދި ރާނިޔާ މެން ރަށުގައި ނަމޫނާ ދައްކުވައިދޭ އަންހެން ކުއްޖެކެވެ .
ވަގުތު ކުޑަ ތައް ވަމުން އަންނަ ވަރަކަށް ރާނިޔާގެ މަސައްކަތަށް އަންނަނީ ހަލުވި ކަމެއެވެ . ކުޑަ އަށް ތިބި 2 ކޮއްކޮ އެކަމަށް އާށޯހް ވެ އެތަކެއް ސުވާލު ތަކެއް އުފައްދައެވެ . “ދޮންތީ ހާދަ އަވަސް އަރުވާލާގެން ، ތަނަކަށް ނުދެވިގެން ތަ ތި އުޅެނީ . ” ލާނެއް ފާޑަކަށް ރީމާ ބުނެލިއެވެ . ” ” ތިހެން އުޅެނިކޮށް ކުޑޫ އެއް ނާދެވިދާނެއެވެ ” ރިޝްމާ ބުނެލިއެވެ . ރިޝްމާ އަދި ރީމާ އަކީ ރާނިޔާ އެއްބަނޑު އެއްބަފާ ކުޑަ އަށް ތިބި 2 ކުދިންނެއެވެ . އަބަދު ރިޝްމާ އަދި ރީމާ ތިބެނީ ރާނިޔާ އަށް ތޮޅެލިލައި ތޮޅެލައެވެ .
” މަންމާ ބަލާބާ .. ރިޝްމީ އާއި ރީނާ މިޔޮށްގެން ތޮޅެނީ .. އެ މީހުން ކައިރީގައި ބުނެބާ އަޅުގަނޑާ ނުތޮޅޭށޭ … ” ރާނިޔާގެ ތުންކޮޅު އޫ ކޮއްލުމަށް ފަހު ރާނިޔާ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ . އަދި ރާނިޔާ މަސައްކަތައިގެން އުޅެމުން ގެންދިޔައެވެ .
“ކުޑާ ކޮން އިރަކު އާދެވޭނީ …. މި ކޮޅަށް ކައިރިވީމާ މެސެޖް އެއް ކޮއްލައްޗޭ .. އިންނާނެ ކުޑާ ޢައި ކުޑާގެ ބޭބީ އަށާއި ކުޑާބެ އަށް ގިފްޓް އެއް ހަނދާފާ ” ރާނިޔާ ފޯނު ނެގުމަށް ފަހު ޔާނާ އަށް މެސްޖް ކޮއްލިއެވެ . ” މިކޮޅުން ފުރުން އޮތީ މެންދުރު 1:30 އެހާ އިރު ބަލަމާ 3:00 ޖަހާ 3:30 ގައި ތިކޮޅަށް ދެވޭނެ ކަމަށް ” ޔާނާ އެޔަށް ރިޕްލައި ދިނެއެވެ .
މެންދުރުގެ ވަގުތެއެވެ . ރާނިޔާ ވެސް ނަމާދު ކޮއްލައިގެން ގޭއިން ބޭރަށް ނިކުމެލިއެވެ . ސާފް ވައި ހޯދާލުމަށެއެވެ . ރީމާ އަދި ރިޝްމީ ކޮބައިތޯ ބަލާލިއެވެ . ” މަންމާ ކޮބާ މިގޭގައި އުޅޭ އަގަ ގަދަ މިތުރު . އެ މީހުންނެއް ނުފެނޭ . ބަދަރު މައްޗަށް ދާން ވެގެން … އެޔޮށްގެން ގަޑި ކައިރި ވާތީވެގެން . ” ރާނިޔާ ފަތި ފައްޗައް ސުވާލު ތަށް މަންމަ އަށް ސުވާލު ތައް އަމުނާލިއެވެ . ” އެދެކުދިން ވީ އެ މީހުންގެ ކޮޓަރިއަށް ވަދެ ބަދަރަށް ދާން ވެގެން . މަންމަ ވެސް ދާންވީ … ” ޒުބޭދާ ބުނެލިއެވެ .
ޔާނާ އަންނަ ގަޑި ކުޑަ ތަން ވަމުން އާދެއެވެ . ރާނިޔާ ގެ މޫނު މަތިން ފެނިގެން ދަނީ އުފާވެރި މަންޒަރެއެވެ . ހިތް އުފަލުން ފޮޅޭ ކަހަލައެވެ . 3 އަހަރު ފަހުން ޔާނާ ފެންނާތީ ރާނިޔާ އަށް އިހުސާސް ކުރެވިގެން ދަނީ އެހެން ކަހަލަ ކަންތައް ތަކެއެވެ .
2 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


mi part ves v reethi masha allah
curiously waiting for next part
keep it up