ވާނަން އުމުރަށް 03
ރާނިޔާ އަށް އެންމެ ރީތި އެއް ލަވަ އޭނަ އަށް އިގުނީ ކިހިނަކުން ބާވާއެވެ . ނުވަތަ ގަސްތުގައި އޭނަ އެ ލަވަ ކީ ބާވައެވެ، އޭނަގެ އަޑުގައި އަސަރުކަން ގަދަ ކަމެއް ލިބިފައި އެބަ ހުއްޓެއެވެ . ރާނިޔާ އަށް އެ ފިރިހެން ކުއްޖާ އަށް ހިތް މި ކީ ކީއްވެބާ ވައެވެ .
######################################################################################################
” ރާނިޔާ ……. އޭ ބަލަ ރާނިޔާ ތެދުވެބަލަ ….. ” ޔާނާ ގޮވަން ފެށިއެވެ . ރާނިޔާ ކުކުރާލާފައި . އަނެއްކާ ވެސް ފުރޮޅިއެވެ .” ދެން މަށެއް ނުގޮވާނަން . އަބަދު ވެސް މި ރާނިޔާ ގެ ކަމަކަށް ވަނީ ނިދުން . މި ނޫން ކަމެއް މީނާ އަށް ނޯވޭތަ ” އެހެން ބުނުމަށްފަހު ރީނާ ކޮޓަރިން ނިކުމެއްޖެއެވެ .
ރާނިޔާ ގެ އެއްވެސް ހިލަމެއް ނުވެއެވެ . ގަދަ ނިދީގައި ރާނިޔާ އެދުގައި އޮތެއެވެ . ” ދަރިފުޅޫ . މަމްމީ ބުނީ ދޮންތީ އަށް ގޮވަން ދޭބާ . ބުނެބާ އެބައިނޭ ދަތުރެއް ” ރީނާ ޒައިދާން ކައިރީގައި ސިއްރު ސިއްރުން ބުނެލިއެވެ . ޒިދާން ކުދި ފިޔަވަޅުގައި ދުވެލާފައި ރާނިޔާ މެން ކޮޓަރި އަށް ވަދެ ގޮވަން ފެށިއެވެ .
” ދޮންތީ އޭ . ތެދުވެބާ … ޕްލީޒް .. މި ޒިދާން އޭ …. ޕްލީޒް ތެދުވެބާ ….. ” ޒިދާން ގެ މައުސޫމް އެ އަޑުން ރާނިޔާ އަށް ގޮވާލިއެވެ . ” އޯކޭ . ދޮންތީގެ ފުންގަނޑު މި ތެދުވަނީ …. ހެޕީ ” ރާނިޔާ އަށް މަޖުބޫރު ވީ ތެދުވާށެއެވެ . ސަބަބަކަށް ވަނީ އެ މައުސޫމް ޒިދާން ގޮވުމުންނެއެވެ .
” އޯކޭ . ހެޕީ . މަމްމީ ބުނީ … އަވަހަށް ރެޑީ ވާށޯ . ” ޒިދާން ބުނެލިއެވެ . ” ކޮންތާ ކަށް ދާ ށޯ ” ވާނުވާ ގައި އިދެފައި ރާނިޔާ އަހާލިއެވެ . ” އައި. ޑޯން. ނޯ ” އެހެން ބުނެލާފައި ޒިދާން ދުއްވައި ގަތީ ގޭ ސިޓިން ރޫމް އަށެއެވެ .
ހޭވިފައި ހުރި އިސްތަށިގަނޑު އަތުން ރަގަޅު ކޮށްލުމަށް ފަހު ރާނިޔާ ހިގައި ގަތީ ފާހާނާ އާ ދިމާ އަށެއެވެ .
” މިގޭގައި ނިދާ ދައިތަ ތެދުވީތަ . މިހާ ވަރު ކޮށްގެން މި ޖެހެނީ . މީނާ ތެދު ކުރަން ” ގޭގެ ސިޓިންރޫމް އިން ރީނާ ގޮވާލިއެވެ . ރާނިޔާ ކުދި ކިޔަމުން ފާޙާނާ އާ ދިމާ އަށް ހިގައިގަތެއެވެ .
” މަންމާ ޔާނާ ބުނީ ޔާނާ މިރަށުގައި ނެތް ދުވަސް ކޮޅުގައި ވެސް މި މީހުން އަބަދު ކޯޅުމުގައި ދޯ އުޅެނީ . މިހެން މި ބުނީ ޔާނާ ރަށަށް އައިމާ މި އަޑު އިވިގެން މި ދަނީ މި 3 މީހުން ގެ ކޯޅުން . އަބަދު ވެސް ކޮންމެވެސް ކޯޅުމެއްގެ ތެރޭގައި .. ރީނާ ހެމުން ބުނެލިއެވެ . ” ކީއްކުރާނީ . މަށަށް ލިބިފައި މިތިބީ އެއްވަރެއްގެ 3 މީހުން ރާނިޔާ އެކޭ ރީނާ އެކޭ ރިޝްމީ އެކޭ އެއްވަރު . އަބަދު ވެސް ޝަކުވާ ކުރުމުގާ . ކޮންމެ ވެސް ކަމެއް ގާ . ރާނިޔާ ލައްވާ މަންމަ މަސައްކަތް ނުކުރުވަނީ އޭ . ނޫނީ އަބަދު ނިދަން އޮންނަނީ އޭ ކިޔާގެން އަބަދު ޝަކުވާ ކުރުމުގާ ” މަންމަ ( ޒުބައިދާ ) ބުނެލިއެވެ .
” ހޫމް ހޫމް . މިޔޮށް ނިކުތީ މިގޭ ފަރި ކަމަނާ … ގަޑިން ވީ ވަރު ބަލާބަލަ … މެންދުރު 1 ޖަހަނީ .. ނުނިދާ އިދެ ކީއް ތި ކުރަނީ ” ރިޝްމީ މޫނު ހަދާލާފާ އިދެ ބުނެލިއެވެ . ރާނިޔާ އަތުގައި އޮތް ފޯނުން ގަޑި ބަލާލިއެވެ . ތެދެކެ މެންދުރު 1 ޖަހަނީ އެވެ . އެކަމަށް އަޅައި ނުލާ ރާނިޔާ މަޑުން ހިގުމެއްގައި ބަދިގެ އާ ދިމާ އަށް ހިގައިގަތެއެވެ . ފަހަތުން ޔާނާ ހިގައިގަތެއެވެ .
” ރާނިޔާ އަނެއްކާ ރޭގާ އެ ފިރިހެން ކުއްޖާ މަތިން ހަނދާން ކުރީތަ . ކުޑާ ކައިރީގައި ބުނެބަލަ . ކުޑާ ވެސް މިހުރީ ތި ތަޖުރިބާ ކޮށްފައޭ . އޭރު ކުޑާ ކައިރިއަކު އެކަކު ވެސް ނެތް ވާހަކަ ހިތްސާ ކުރާކަށެއެވެ . ރާނިޔާ ކުޑަ ވީމާ ކުޑާ އަށް ނުކެރުނީ ބުނަން ” ޔާނާ މަޑު މަޑުން ބުނެލިއެވެ . ” ދެން ކުޑާ ވެސް ދޯ . ” ރަކި ހިނިތުން ވުމެއް މޫނު މައްޗަށް އަރުވާލުމަށް ފަހު ބުނެލިއެވެ . ” ޒިދާން ބުނި ދަތުރެއް އޮތް ވާހަކަ . ކޮންތާކަށް ދާން ވެގެން ނޯ ” ރާނިޔާ ބުނެލިއެވެ .
” އާ ! އެއީ ރާނިޔާ އަވަހަށް ތެދުވޭ ތޯ ބަލަން ޒިދާން ކައިރީ ބުނެލީ . މިޔަދު ހަވީރު ވެސް އެބައިން ރަށް ވަށާ ބުރެއް ޖަހާލަން . ދާނަން ދޯ ކުޑާ އާއެކު . މާދަމާ އެބައިން އެހެން ރަށަކަށް ދިޔުން ވެސް . ކުޑާ ގެ ހަޒްބެންޑް މެން ރަށަށް ދާން ކަމަށް މި އުޅެނީ . ދާނަން ދޯ މާދަމާ ވެސް ” ޔާނާ ބުނެލިއެވެ .
” ކުޑާ ވެސް ނުވާނެ ދޯ ތިހެން ހަދާކަށެއެވެ . ރޭވެސް ރާނިޔާ އަށް ނިދުނީ ނުލާހިކު ލަހުން . ރޭ އެއްކޮށް އެ ފިރިހެން ކުއްޖާ އަޑު . އެ ފިރިހެން ކުއްޖާ ކީ ލަވަ . ދެން އަހަންނަކަށް ނޭންގެ . މީ ދުވަހަކު ވެސް ވީ ކަމެއް ނޫން …… އާން ދެން ދާނީ ދޯ ….” ރާނިޔާ ރޮށިތަށީގެ ފަހު އެތި ކޮޅު ކާލަމުން ބުނެލިއެވެ .
ރާނިޔާ ގެ ސިކުޑި ތެރޭގައި އެބުރެމުން ދަނީ އެ ފިރިހެން ކުއްޖާ މަތިންނެއެވެ . އެ އިޝްޤީ އަޑު ޖެހުމުން ރާނިޔާގެ ހިތަށް އެތަކެއް ކަމެއް ފައިބައިގެން ދެއެވެ . އެތަކެއް ވަސްވާސް ތަކެއް ފައިބަމުން ދެއެވެ .
ހަވީރުގެ ވަގުތެއެވެ . އާއިލާ އެންމެން ކަހަލަ ގޮތަކަށް ރަށު ތެރެ ބަލާލުމަށް ގެއިން ނިކުތެއެވެ . ރިޝްމީ އަދި ރީނާ ގެއިން ނިކުމެވުނީ ލަހުން ކަމުން މިޔަދު ހިގާލަން ނިކުމެވުނީ ވަރަށް ވެސް ލަހުންނެއެވެ .
ރަށުގެ ފުއްޓަރު ފަރާތަށް ދިމާއަށް އެ ކުޑަ އާއިލާ ހިގައިގަތެއެވެ . ވަކި ހިސާބަކަށް ދެވުނު ތަނާ ރާނިޔާ އަށް އިއްޔެ އިވުނު އަޑު އަނެއްކާ ވެސް ކަންފަތުގައި އަޑު ޖެހުނެއެވެ . ” ވާތީ މަކައިރީގާ ، ހުވަފެނުގައި ، ފެންނާތީ ، ރީތި ރީތި މޫނާ ލޯ . މިތުރާ އޭ ދެކޭނޭ ހޭ . ” އެ ޒުވާން ފިރިހެން ކުއްޖާ ކިޔަމުން ދަނީ އެ ލަވައެވެ .
” އޭ ކުޑާ އެއްކަލަ ކުއްޖާ އެއިނީ …. އެ ކުއްޖާ އާ ވާހަކަ ދައްކަން ދާން ވީތަ ؟ ” ރާނިޔާ . ޔާނާ ކައިރީގައި މަޑު މަޑުން ބުނެލިއެވެ . ޔާނާ އާއެކޭ ބުނާ ގޮތަކަށް ބޮލުގެ އިޝާރާތުން ބުނެލިއެވެ .
” ހައި … މި ……. މި…. އީ ރާނިޔާ ” ލަދުގަނެފައި ގޮތަކަށް ރާނިޔާ ބުނެލިއެވެ . ” ހައި މިއީ ޒައިން …… ރާނިޔާ ތީ މިރަށު ކުއްޖެ ތަ ” ޒައިން އަހާލިއެވެ . ލަދުގަނެފައި ހުރި ގޮތަކަށް ބޯ ޖަހާލިއެވެ . ” ދުވަހަކު ވެސް ނުފެނޭ މިރަށު ތެރެއިން . ” ޒައިދާން ސުވާލު ފާޑަކަށް ބުނެލިއެވެ . ” އާން ! ވަރަށް ނުނިކުންނަން . ކުޑާ މި ދުވަސް ކޮޅު އުޅޭތީ މި ގޮތަށް ވެސް މި އުޅެވެނީ ބޭރުގާ ” ރާނިޔާ ބުނެލިއެވެ .
” އަސްލު ! ޔޫ ލަވަ ކިޔުން ވަރަށް ސަޅި …” ރާނިޔާ ބުނެލިއެވެ . ” ތޭކްސް . ކޮންބަޔަކާ އެކު ތި އުޅެނީ ނިކުމެ ” ޒައިން ބުނެލިއެވެ
މަންމަ މެންނާއެކު ފަހުން ދިމާވާނެ އެއް ނު ” ރާނިޔާ ހިގައި ގަތީ މަންމަ މެން ކައިރި އަށެއެވެ .
ޒައިން އަކީ ރީތި ޒުވާނެކެވެ . އަހުލާޤް ވެސް ރަގަޅު ޒުވާނެކެވެ . ދީނަށް ލޯބި ކުރާ ޒުވާނެކެވެ . އުމުރުން 19 20 އަހަރު ވެދާނެއެވެ . ޒުވާން އަންހެން ކުދިން ހިތް ކިޔާ ކަހަލައިގެ ހަށިގަނޑެކެވެ . ބަލާ ބެލުމުން ހީވަނީ ޖިމް އަށް ދާ ކުއްޖެ ހެންނެއެވެ .
4 ވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Yeyyy me the first one 🙂