ހުޅުމާލޭ ފޭސް 2 ގައި ހުރި 5 ވަނަ ބިލްޑިންގ ކުރިމަތީގައި ހުރި އެލީޝާގެ ހިތުގައި ދިޔައީ ތަފާތު އިހުސާސްތަކެއް ކުރެވެމުންނެވެ. އަތުގައި އޮތް ތަޅުދަނޑިއަށް ބާރުކޮއްލަމުން އެލީޝާ ހިނގައިގަތެވެ. ލިފްޓައް އަރާ 19 ވަނަ ފްލޯރއައް ފިއްތާލަމުން އެލީޝާ ފުންނޭވާއެއް ދޫކޮއްލިއެވެ. އަމިއްލަ ނަފްސު ތައްޔާރު ކޮއްލިއެވެ.
އެޕާރޓްމެންޓްގެ ދޮރު ހުޅުވާލުމާއި އެކު އެލީޝާއަށް މަރްހަބާކިއީ ފަޅުކަމެވެ. ދެކޮޅު ބަލައިލަމުން އެލީޝާ ގޮސް ކޮޓަރި ދޮރުގައި ހިފާލިއެވެ. ލަސްލަހުން ދޮރު ހުޅުވާލި އެލީޝާގެ ހަށިގަނޑުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. ބިންމައްޗައް ޖެހިގަނެވުނު އިރު އަޑުހަރުކޮއް ރޮއެ ގަނެވުނެވެ. “ޔޫހާން!!!!!”
***
“ޔޫހާން.. މަގޭ ޔޫހާން..” އެލީޝާ މޭގައި ހިފާ ބާރުކޮއްލަމުން ގޮވާލިއެވެ. ހިތާހިތުން ބުނެލިފަދައެވެ. އަދިއެއްފަހަރު ތިމޫނު ދައްކާލަބަލާށެވެ. އަދި އެއްފަހަރު ލޯބިން ބައްދާލަދޭށެވެ. އެލީޝާގެ ވާހަކައަހަން އިން ކިޔާރާގެ ލޮލުގައިވެސް ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. ނަމަވެސް ކުޅަދާނަކަމާއި އެކު އެކަރުނަތައް ކިޔާރާ ހިންދާލީ ޕޭޝަންޓުގެ ކުރިމަތީގައި ބަލިކަށިި ނުވުމަށެވެ.
“އެލީޝާ ތިކިޔައިދިނީ ވަރަށް ބޮޑު ވާހަކަތަކެއް. އެލީޝާ މިހާރު ކައުންސެލިންގ ނަގަން އަންނަތާ މިހާރު 2 އަހަރުމިވީ.. ވަރަށް އުފާވެއްޖެ އެލީޝާއަށް މިހުރިހާވާހަކައެއް ކިޔައިދެވުނީމަ.. މިއީ ދައްކަން ފަސޭހަ ވާހަކަތަކެއް ނޫންކަމައްވެސް ގަބޫލު ކުރަން.. ލޯބިވާމީހެއްގެ މަރެއް ހެކިވުން އެއީ ނަފްސާނީ ގޮތުން މީހާ ހަލާކުވެދާފަދަ ކަމެއް.. އެކަމަކު އެލީޝާ މަސައްކަތް ކޮއްފިނަމަ ހައްލު ނުކުރެވޭނެ ކަމެއްވެސް ނޫން..” ކިޔާރާ ބުނެލީ ހިތްހެޔޮ ރާގަކަށެވެ.
“ލައްބަ.. އެނގޭ. ޔަލީންއަށްޓަކާ ރަނގަޅުވާންވެސް ބޭނުން.. އެކަމަކު.. އަދިވެސް ހީވަނީ އެވާގަނޑުގައި ޔޫހާން އެލި އެލި އިންނަ މަންޒަރު ސިފަ ވާހެން.. އަހަރެން ޔޫހާންދެކެ ވަރަށް ލޯބިވޭ.. އެކަމަކު.. އަޅުގަނޑަކަށް އެއުފާވެރި ދެލޮލުން އެ އެކަނިވެރިކަމެއް ނުފެނުން.. ކީއްވެ؟ ޔޫހާން… ދެން ހަމަ ޔޫހާން ނުފެންނާނެތަ؟؟” އެލީޝާގެ އަޑު ނިކުތީ ތުރުތުރު ލަމުންނެވެ.
“ޔޫހާން ދެން ނާންނާނެކަން އެލީޝާ ޖެހޭނީ ގަބޫލު ކުރަން. ނޫންތަ؟ ރަނގަޅު.. އެދުވަހު އެލީޝާ ދިޔައީ ޔޫހާންގެ އަތުތެރޭގައި ވުމައް އެދި ބޭގަރާރު ވާހާލުގައި ހުރެ. ނަމަވެސް އެލީޝާގެ ލޯކުރި މައްޗައް ފެނުނީ ޔޫހާންގެ ފުރާނަ ނެތް މަސްގަނޑު. އެކަމަކު އެއީ އެލީޝާގެ ކުށެއްނޫން. އެއީ އެލީޝާއަށް ޔޫހާންދެކެ ލޯބިނުވެވުނީމައެއްވެސް ނޫން..”
“އެކަމަކު… އަޅުގަނޑަށް އަދިވެސް ޔޫހާން ފެނޭ.. އަޅުގަނޑަށް ވާހަކަ ދައްކާ..” އެލީޝާ ބުންޏެވެ. އެމަރު އަދިވެސް އެލީޝާ ގަބޫލުނުކުރާކަން އެލީޝާގެ ކޮންމެ ހަރަކާތަކުންވެސް ދިޔައީ ފެންނަމުންނެވެ.
“މިއަދު އެލީޝާއަށް އަޅުގަނޑަށް އެހުރިހާ ވާހަކައެއް ކިޔައިދެވިއްޖެ.. ހަގީގަތުގައި ދެން ތަންކޮޅެއް ފަސޭހަވާނެ ކައުންސެލިން ކުރިއަށް ގެންދަން.. ޕީ.ޓީ.އެސް.ޑީ އަދި ޑިލޫޝަންގެ ސިމްޕްޓަމްސް ވަރަށް ހައި.. ނަމަވެސް ދައްތަ ހާސްނުވައްޗޭ.. ﷲ އިރާދަ ކުރެވިއްޔާ އެލީޝާ ރަނގަޅުވާނެ..” ކިޔާރާ ވާހަކަ ދައްކަމުން ދިޔައީ އަނާޝާއަށެވެ. ބޯޖަހާލާފައި މިއަދުވެސް އަނާޝާއެނުކުތީ ހިތާމައިން ފޯވެފައިވީ ހިތަކާއި އެކުއެވެ.
އެލީޝާ ގޮވައިގެން އަނާޝާ ގެޔައްވަދެ ޖެހި ފަންކާގެ އަޑު ނޫން އެހެން އެއްވެސް އަޑެއް ގޭތެރެއަކުން ނީވެއެވެ. އިންޑޮނޭޝިއާ މީހަކާއި އިނދެގެން ލީޝާ އިިންޑޮނޭޝިއާ އަށް ބަދަލުވީ ފަހުން ލީޝާ އެނބުރި ރާއްޖެ ނައިތާ އަނާޝާއަށް ގުޅާވެސް ނުލައެވެ. އެހެންކަމުން ގޭތެރެ ބޮޑަށް ފަޅުވެފައިވާ ފާޑު ޖަހައެވެ.
ކޮޓަރިތެރެއަށް ވައިން އެލީޝާއަށް ހިނިތުންވެވުނީ އެނދުމަތީގައި އިން ޔޫހާން ފެނިފައެވެ. ދުވެފައި ގޮސް އެލީޝާ ޔޫހާންގެ ހަށިގަނޑުގައި ބައްދާލިއެވެ. “ކީއްވެ އަޅެ ދިޔައީ؟ ޔޫހާން ބުނީމެއްނުން ނުދާނަމޭ؟” އެލީޝާ ޝަކުވާކޮއްލިއެވެ. ޔޫހާން ހީލާފައި އެލީޝާގެ ނިތައް ބޮސް ދިނެވެ. “މިއައީނުން؟” ޔޫހާން ބުނެލީ ހީލާފައެވެ. އެވަގުތު އަނާޝާ ޖޫސްތައްޓެއް ހިފައިގެން ކޮޓަރިއަށް ވަނެވެ. “މަންމާ މީނީ ޔޫހާން..” އަނާޝާއަށް ޔޫހާން ދައްކާލަމުން އެލީޝާ ބުނެލިއެވެ. އަނާޝާގެ ލޮލުގައި ކަރުނަ ވިދާލިއެވެ. އަނާޝާ ރޯންފެށުމުން އެނބުރި ބަލާލި އިރު ޔޫހާންއެއް ނެތެވެ. އެލީޝާ ބާރަކައް ހަޅޭ ލަވައިގަނެ ރޯން ފެށިއެވެ.
“އަނެއްްކާވެސް ޔޫހާން އެދިޔައީ.. މަންމައައީމަ އޭއެއީ ހަމަ. މަންމަ ހަމަ ޔޫހާންއަށް ގޯސްކޮއް ކަން ކުރާތީވެ. ޔޫހަންދެކެ ނުރުހުންވާތީވެ. ހަމަ މިހާރު ނުކުމޭމިތަނުން ހެޔޮނުވާނެ” އަނާޝާ ނެރެފައި ކޮއްޕާލަމުން އެލީޝާ ބުނެލިއެވެ. ބިންމައްޗައް ގުޅައަކައް ޖެހުނު އިރު އަތުގައި އޮތް ޖޫސްތަށި މުޅިތަނައް ބުރައިގެން ދިޔައެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. މައުނާ އިނީ ނައިލް އަދި ޔަލީން ގޮވައިގެންގެ ކައިރީ އިން ޕާކް އަކަށް ގޮހެވެ. އެލީޝާގެ ހާލަތު ހުރި ގޮތުން މިހާރު ޔަލީން ބަލަމުން ދިޔައީ މައުނާއެވެ. މައުނާ އާއި އެކު ނަވްޔާވެސް ނަވްޔާއާއި ޖައިޝްގެ 2 އަހަރުގެ ދަރިފުޅު ޒުކާން އުޅުނެވެ. ޒުކާން އަދި ނައިލްއާއި އެކު ސަކަރާތުގައި އުޅުނު ޔަލީންގެ ލޮލުގައި ކުދިންތައް މަންމައާއި އެކު ކުޅެ މަޖާ ކުރާތަން ފެނި ދެރަވިއެވެ. ޔަލީންއަކަށް ޔަލީންގެ މަންމަ އަދި ބައްޕަ ވީތަނެއްވެސް ނޭނގެއެވެ. އިސްޖަހާލާފައި ޔަލީން ދުއްވައިގަތީ މައުނާ ގާތަށެވެ.
“އަސްތާ ކިހިނެތްވީ ދޫނީ؟” މައުނާގެ އުނގައްވަދެ ޔަލީން ރޯން ފެށުމުން މައުނާ އެއްސެވެ. “ދައްތީ.. ބަލާލަ އެއުޅެނީ ބައިވަރު ކޮއްކި މެން މަންމައާއި ބައްޕައާއި އެއްކޮއް.. ނައިލްބެ އާއި ޒޫކްކޮއްކިވެސް އެއުޅެނި މަންމި ބައްޕި އެކީގަ. ދެން ކީއްވެ ކޮއްކިގެ މަންމި ބައްޕި ނެތީ؟” ޔަލީން ޝަކުވާކޮއްލިއެވެ. މައުނާއަށް އިސްޖަހާލެވުނެވެ. މަންމައަށް ޔަލީން ބެލެން ނެތް ވާހަކައާއި ބައްޕަ ދުނިޔޭގައި ނެތްވާހަކަ މައުނާ ޔަލީން ގާތުގައި ބުނާނީ ކިހިނެތް ހެއްޔެވެ؟ ނަމަވެސް މިކަހަލަ ކިތަންމެ ދުވަހެއް އަދިވެސް އަންނާނެކަން މައުނާއަށް ޔަގީނެވެ.
ކޮޓަރިއަށް ވަދެ ކިތަންމެ އިރަކު ރޮއެފައި އެލީޝާ ގޮސް ފޯނު ނެގިއެވެ. މަޑުމަޑުން ފޯނުގައި ފިރުމާލާފައި ކަވަރު ހުޅުވާ އެލީޝާ ނެގީ ކަރުދާސްކޮޅެކެވެ. އެކަރުދާސްކޮޅުގައި ހިކިފައި ހުރި ކަރުނަ ހުރުމުން އެއީ އެލީޝާ ކިޔާފައި ކަރުނައިން ތެމިފައިވީ ގަނޑެއްކަން ދޭހަވިއެވެ. އެލީޝާ ބޭނުންވީ އެހަނދާން އަލުން ކޮއްލަންށެވެ.
***
އެޕާރޓްމެންޓްގެ ދޮރު ހުޅުވާލުމާއި އެކު އެލީޝާއަށް މަރްހަބާކިއީ ފަޅުކަމެވެ. ދެކޮޅު ބަލައިލަމުން އެލީޝާ ގޮސް ކޮޓަރި ދޮރުގައި ހިފާލިއެވެ. ލަސްލަހުން ދޮރު ހުޅުވާލި އެލީޝާގެ ހަށިގަނޑުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. ބިންމައްޗައް ޖެހިގަނެވުނު އިރު އަޑުހަރުކޮއް ރޮއެ ގަނެވުނެވެ. “ޔޫހާން!!!!!”
ފަންކާގައި އެލުވާފައި އިން ވާގަނޑުގައި ދަންޖެހި މަރުވެފައި ޔޫހާން އިން އިރު، މުޅި ހަށިގަނޑުވަނީ ނޫވެފައެވެ. ދެލޯބޮޑުކޮއް ހުޅުވިފައިވީ އިރު ދޫވެސް ވަނީ ނުކުމެފައެވެ. ދެއަތުގެ ހުޅުންވެސް ލިޔައަޅާފައި ހުރި ތަންތަނުން ލޭއޮހޮރެމުން ދިޔައެވެ. މޫނު މަތީގައި ހިކިފައި ހުރި ކަރުނަތިކިވެސް ފެންނަން ހުއްޓެވެ.
ބިންމައްޗައް ޖެހިގަނެގެން އިން އެލީޝާ ރޮއެ ހޭރޭ އަޑައް ޖެހިގެން ހުރި އެޕާރްޓްމެންޓް ތަކުންވެސް މީހުން އަންނަން ފެށިއެވެ. ބައެއް މީހުން ޔޫހާން ފެނި އަނބުރައި ގަނެގެން ނިކުން އިރު އަނެއްބައި މީހުން އެލީޝާ ގާތުގައި އިށީނެވެ. ފުލުހަކަށް ގުޅީ އެތަނަށް އައި ޒުވާން ފިރިހެނެކެވެ. ފުލުހުން އަހިސް ޔޫހާންގެ ހަށިގަނޑު ތިރިކުރިއެވެ. އޭރުވެސް އެލީޝާ ދިޔައީ ހުއްޓި ނުހުރެ ރޮމުންނެވެ. މަގޭ ޔޫހާން މަރު ނުވާނޭ ކަމައް ބުނަމުންނެވެ.
“ތިއީތޯ އެލީޝާއަކީ؟” ފުލުހަކު އަހިސް އެލީޝާ ގާތުގައި އެއްސެވެ. އެލީޝާ ގޮސް އެމީހާ ވައިބުޑައް ވެއްޓުނެވެ. “ލައްބަ.. އަޅުގަނޑު މިއީ ޔޫހާންގެ އަނބިމީހާ.. ޔޫހާންގެ ހަށިގަނޑު ނުގެންދައްޗޭ ހެޔޮނުވާނެ.. ޔޫހާން މަރެއް ނުވޭ.. ޔޫހާން އަހަރެން ދޫކޮއްލާފައެއް ނުދާނެ…” އެލީޝާ ރޯ މަންޒަރު ފެނި ފުލުސްކުއްޖާގެ ލޮލުގައިވެސް ކަރުނަ ވިދާލިއެވެ. އުޑަފައިން އިށީންދެފައި އެލީޝާއަތައް އެނގަނޑުކޮޅު ލައިފައި އެކުއްޖާ ދުރައް ޖެހިލީ އެ މަންޒަރު ބަލާނެހާ ހިތްވަރު ނުލިބިގެންނެވެ. ގަނޑުގައި “ލޯބިވާ އެލީޝާ” ޖަހާފައި އިނުމުން އެލީޝާ އަވަހައް އެގަނޑުކޮޅު ހުޅުވާ ކިޔަން ފެށިއެވެ.
“ލޯބިވާ އެލީޝާ…
އެލާ.. އަހަރެން އެލާ ދެކެ ވަރަށް ލޯބިވޭ.. ހެހެ ފަނީ ދޯ؟ އަސްލު އަހަރެންގެ ނެތެެއްނުން އެއްވެސް ރައިޓްއެއް އެލާދެކެ ލޯބިވާކަށް؟ އެލާ ތިއީ ޔޫހާންގެ މި އަނދިރި ހަޔާތައް ލިބުނު އަލިކަން.. ލިބުނު އުފާވެރިކަން.. މިގުޅުން ހީނަރު ކޮއްލި މީހަކީ މީ.. އެލާ ތިއީ މީހަކައް ލިބޭނެ އެންމެ ހިތްހެޔޮ، ލޮބުވެތި އަނބިމީހާ.. ނަމަވެސް.. ތިލޯބީގައި އަަހަރެން ޖެހީ ކޮޅުފައިން… އެލާދެކެ ލޯބިވާކަށް ޔޫހާންއަކަށް ހައްގެއްނޫން.. ނަމަވެސް.. ހެޔޮ ހިތުން ޔޫހާންއަށް މާފު ކޮއްދިނުން އެދެން.. އެލާ.. ޔޫހާންގެ ލޯއިތްބަކީ އެލީޝާގެ ހަޔާތައް އެޅޭވިހައެއް… މިލޯއިތްބަކީ އެލާއަށް ޒަހަރެއް.. އެލާ.. މަގޭ ޔަލީން ރަނގަޅުގޮތުގައި ބަލައްޗޭ.. އަހަރެން ކަހަލަ ކުއްޖަކައް ޔަލީން ވިޔަ ނުދެއްޗޭ… ޔަލީންއަށް އުފާވެރި ހަޔާތެއް ދެއްޗޭ.. އެލާ.. އަހަރެންމިއީ އެލާގެ ފިރިޔަކައްވެހުރެ 2 ފަހަރު ބޭވަފާތެރިވި މީހެެއް. ޔޫހާން މިއީ ބޭވަފާތެރިޔެއް.. ޔޫހާން ދުވަހަކުވެސް ވަފާތެރިއެއްނުވާނެ… ޔޫހާން ކަހަލަ މީހަކައް އެންމެ ހައްގު އަދަބަކީ މަރު.. އުމުރައް ސަލާމް….”
***
“ޔޫހާން އައި ހޭޓް ޔޫ.. އައި ހޭޓް ޔޫ ސޯ މަޗް” އެގަނޑުކޮޅު ކިޔާ ނިންމާފައި އެލީޝާ ރޮއެ ގަތެވެ. އެކަނިވެރިކަން އިންތިހާއައް ކުރެވުނެވެ. އެލީޝާ ޔޫހާންއާއި ނުލާ އުޅޭނީ ކިހިނަކުން ހެއްޔެވެ؟ އެލޯއިތްބާނުލާ އުޅޭކައް އެލީޝާ ބޭނުމެއްނޫނެވެ. ޔޫހާންގެ މަރުގެ ޙަބަރާއި އެކު ޝިފާ ހާޓްއެޓޭކްއެއްގައި މިދުނިޔެއައް އަލްވަދާއު ކިއީ އިރު، ޔޫހާން އެދިޔައީ އެލީޝާގެވެސް އެއްބައި ހިފައިގެންނެވެ.
“އެލާ…” ޔޫހާންގެ އަޑު އިވި އެލީޝާ ބަލައިލިއެވެ. ކުރިމަތީ ހިނިތުންވެލައިގެން ޔޫހާން ހުއްޓެވެ. އެލީޝާ ހީލާފައި ޔޫހާންގެ ހަށިގަނޑުގައި ބައްދާލިއެވެ. އާއެކެވެ. އެލީޝާއަށް ޔޫހާންފެނެއެވެ. އެވަރުވެސް އެލީޝާއަށް ފުދެއެވެ. އެލޯއިތްބައްޓަކާ އަބަދުވެސް އެލީޝާ އިންތިޒާރު ކުރާނެއެވެ.
(ނިމުނީ)
އައްސަލާމު އަލައިކުމް،
އަލްހަމްދުލިއްލާހް، “ބޭވަފާތެރިޔަކީމޭ” ވާހަކައިގެ ނިމުން މިއައީ.. ޝިހާއަށް ސަޕޯޓު ދެއްވި ހުރިހާކުދިންނަށް ފައްފަށުން ޝުކުރު އަދާކުރަން.. އުންމީދުކުރަން ޝިހާގެ 5 ވަނަ ވާހަކަ “ފުރާނައިގެ ދިރުމޭތިއީ” އަށްވެސް ތިފަދައިން ސަޕޯޓު ލިބޭނެ ކަމަށް. ވާހަކައިގެ ޓްރެއިލާރ މިހާރު ކިޔާލެވޭނެ.
🫶🏻
29 Comments!
Comments are closed.







Alhey hama rovijje 😭😭
I loved this storyy
Keep up the Ur Gud work shiherr
Mikahala Gina vhk kiyan libeyne kamah ummeedhu kuran
Ly
awwww jazaakallah khairan
yess in sha allah new story coming soon hope to see you there too
lyt
🫶🏻
Noooooooooo
Mi vaahaka ves nimuneeeee 😭😭😭😭
Haadha avahey nimunuleh
Mi vaahaka V v reethi
I appreciate your hard work
jazaakallah khairan 🫶🏻
mi part ves v reethi masha allah
curiously waiting for next part
keep it up
elaa and yoohaan v gulhey
they both are made for each other
alhey yoohaan maruveetha
mi part kiyaafa rovijje
i appreciate your hard work
love you shihaa
hehe yeaa yoohaan killed himself out of guilt
jazaakallah khairan
lyt
🫶🏻
Heii.. I’ve something to discuss.. but insta in innani dm nukurevey gothah unless you follow back
request kobba text kuran i’ll accept
Rovihjje whyyy ella haadha ekani verivaane eyy
Ekm ves vrh reethi mi part vhk ves nimunee vrh reethi vrh furihama mi part ves alhigandhuge faraathun shiherr yah varah bodah support libeyne uhmeedhu kuran next vhk vrh avahah kiyaalan libeyne kamah ❤️❤️
So heart touching 🥺
Keep it up
Ly 🥰😍
Dhenme ga replied to your story… Can you chk
Naadhe
Maasha allah varah furihama👏…..
Hama rovey varu vehje🥹
One of the best stories I’ve read so far
Dhen liyaa vhk ves mi vhk haa furihama vaane kamah unmeeehu kuran
Lysm shiherr ❤️😊
Awwwnnnn vrh vrh vrh ufaa vejje thihen bunelyyma🥹🫶🏻
Hope you will love it
Lyt Ishu🥰🥰
_Suma.16
Yes
I texted from _Suma.16_
I’ll check
THIS STORY WASN’T JUST WRITTEN, IT WAS FELT. EVERY WORD CARRIED WARMTH, EVERY MOMENT HELD MEANING, AND THE LOVE WITHIN WAS PURE, SO BEAUTIFULLY REAL, THAT LEFT MARKS ON MY HEART. IT WASN’T JUST TOUCHING, IT WAS BREATHTAKING. A STORY THAT DOESN’T FADE WHEN THE LAST PAGE TURNS, BUT LINGERS THE SWEETEST MEMORY. THIS IS WHAT I CALL A MASTERPIECE. JUST KNOW THAT, I REALLY APPRECIATE YOUR WORK AND LOOOVEEEEE ITTT… KAAMIYAABEE AH EDHEN….<3
Awlheyyyyy vrhhhh happy vejje mi comment kiyaalaafa jazaakallah khairan UNKNOWN_07🥹🫶🏻
Wish you the best in everything too, may allah put barakah in your life❤️
Heyy Shiherr..
This story is amazing.. The ending is so unexpected.. I wish elaa ah happy ending eh libun nama ey and yaleen fakeeruvx haadha dhera vaaneyy.. Anyways this story is the best.. 2nd season eh gennanvnun emmennah happy ending eh libey gothah👀👀 just a thought engey😂😂 Love you darling.. cant wait for ur next story..💜🦋
Helloooo butterflyyyy
Hehehehehe dhn neynge dhw.. next story ah stay tuned lysm❤️
Alheyy I cried so much 😭😭😭😭😭
When I started crying my sisis were like waaaaaahh???
Very heart touching and an emotional story I loved it❤❤❤❤
Aslu I never imagined that he’ll… but he did
Actually it’s not the solution dhw!!
I’ll wait for your next story and insha Allah you’ll get my full support ✨✨
Lyssssssssm💗💗💗💗💗💗💗💗
Awlheyyyyyyy sorryyyy rovvaalevunyyyma😭😭
Jazakallah khairan veryyyyyy happy to hear that darling.. yes, suicide is not a solution but the guilt was all over him dhw ehnve🥲
Vrhh happy vejje thihn bunelyma, vrh happy vey Your fav bab ge support abadhuves libeythee.. ummeedhu kuran next story ah ves vrh support dheyne kamah
Lysmmm❤️
alheyy i am still crying… varah reethi mi vaahaka dhen komme dhuvahaku up veytho balaane vaahaka ehves neh. thee hama v kulhadhaana liyun therieh.
Hehe jazaakallah khairan❤️
New story will be coming soon hope to see you there
Hama varah bodah rovihje vaahaka hama varah reethi maashaaalah
This is one of the best stories I have read
hope dhen thi liyaa vaahaka ves rethi vaane kamah
Keep it up
Jazaakallah khairan🥰
Ummeedhu kuran kamudhaane kamah next story vess.. hope to see you in there too
Maashaa Allah mi part vx varah varah reethi….
Ingey thr hendhunu gadee kiyaa leemey…. ekm vagutheii nuvi comment kohlaakah..
Alhey haadha sad ending ekey…. nimun kiyaafa kiriyaa nurovuny…
But I like rovey kahala stories….
Waitin you’re next story…
TC☺️
Jazaakallah khairan
Hehe ya
Happy to hear u liked itt
In sha allah very soon on 05.02.2025❤️
TC 2