Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަލާގެ ހައްގުގައި ތިންވަނަބައި(އެންމެން ސިއްސުވާލި ކައިވެނި)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
January 26, 2025 5 Mins Read
6 Comments

ވާހަކަތައް އަޑުއަހަން އިން ސަލްސާލާގެ މަންމަ ދިޔައީ ފުންމައިގެން  އެވެ.” ލޮލަން ނުފެއްނަ މީހެކޭ ކަލޭމޭން ހީކުރީ މަގޭ ސަލް ލޮލަން ނުފެއްނަ މީހަކާ އިންނަށް ރޫހޭނެކަމަށް ހައްހައް މި ޒަމާނުގައި ލޮލުގެ ނޫރު ނެއް މީހަކާ އިންނާނީ ކާކު ނުވާނެ އެކަކުވެސް ”
އަޑު ހަރުކޮން ހިތުހުރި އެއްޗެއް ސަލްސާލާގެ މަންމަ ގޮވާލިއެވެ. އޭނާ ހިތުން މި ކުރެވެނީ ވަރަށް ރަނގަޅު ކަމެކެވެ. އެހެން މީހުންގެ އިހްސާސްތަކާ ކުޅުހެދުމަކީ ސަލްގެ މަންމަ  ކުރާކަމެވެ. އެ ވާހަކަތައް އަހާފައިވާ ރަހޫލުގެ ހިތައް ކެތްނުވުމުން އަހާލެވުނެވެ. ސަލް އަހަންނާ އިންނާނު ހެއްޔެވެ؟ ސަލްސާލާގެ ޖަވާބު އައީ ވަރަށް ރުންކުރު ކޮށެވެ . މަލާމާތުގެ ރާގުގައެވެ. މަ ކަލެއާ އިންނާކަށް ނެތީމެވެ. މަ ކަލޭ ދެކެ ލޯތްބެއް ނުވަމުއެވެ. ކުޑަމިނުން ކަލޭތީ ވަންނާނެ ގެދޮރެއް ވެސް ނެތް މީހެކެވެ . އެސަރަހައްދުގައި ގަސް ނޮޅަން އުޅުނު ހާދިމު މީހާ އެއަޑު އަހާފައި ހަރު ފިޔަވަޅުގައި އަތުވެއްޖެ އެވެ. އެންމެންގެ ހުއްދަ އާއެކު ބަހެއް ބުނަށް އެދުނެވެ. ހުއްދަ ލިބުމާއެކު ހާދިމު މީހާ ވާހަކަ ފެށިއެވެ. ” ކަމަނާއަށް ހުދު އެކައްޗެއްވެސް ނޭނގެއެވެ. މި ގެއިން ލަޒާނަށް ބައެއް ވާހެން ރާހުލަށްވެސް ބައެއްވާނޭ ނުމާނު އާއި ޔަޒުލަކީ އެކަކަށް ބައްޕަ ކިޔާ ކުދިން މިއީ އެކުދިންގެ ބައްޕަގެ ގެ ބިމެއް” އިވިގެން ދިޔަ ވާހަކަ ތަކާއެކު ސަލްސާލާގެ އާއިލާ ގެ އިތުރުން ރާހޫލުވެސް ދިޔައީ ސިހިގެންނެވެ . އެވާހަކަތަކަކީ ލަޒާނަށައީ ރާހުލަށް ނޭނގިވާ އާއިލާގެ ބޮޑު ސިއްރެކެވެ. ލާޒާނުދެކެ ވާލޯބި ރާހޫލުދެވެސް ނުމާނުބެ ވާ ހަޤީޤީ ސަބަބަކީ އެއީ އެވެ. އެ މީހުންގެ ބައްޕަ ދިރިއުޅެނީ އެމެރިކާގައެވެ. އެތަނުގެ ” ވޮޝިންޓަން” ސިޓީގައެވެ.

އެންމެ ހިނދުފުކަކުވެސް ސަލްސަލާގެ މައިންބަފައިން ގެ މޫނު ދެކޭކަށް ޔަޒުލް ނޭދުނެވެ. ހަށުކަށިކަމާއެކު ދިއުމަށް އެދުނެވެ. ގޮނޑި  ތެދުވެ ހިނގައި ގަންނަމުން ސަލްސާލާ ޒުނާނައަށް ބުންޏެވެ. އެ ހާލު ރާހޫލަށް ޖެއްސީ ކަލޭއެވެ. ރާހޫލާއި އިނުން އެންމެ އެކަށޭނަ މީހަކީ ކަލެއެވެ. އަހަރެން ކަހަލަ ޒުވާން ޖިންސުން ލަތީފަކަށް އިއްނާނެ މީހުން ނުވެނުދާނެއެވެ.

ރާހޫލުގެ އާއިލާ ކުރިމަތީ ބޭޒާރުވެ ބަދުނާމުވެ އަނގުވެެއްޓުމުންވެސް ބަލި ޤަބޫލުކުރާކަށް ސަލްސާލާގެ ހިތެއް ނޭދެއެވެ. އޭނާގެ ޒަމީރު ޤަބޫލުކުރާ ގޮތުގައި ބައްޔަކީ ޤަބޫލުކުރެވޭނެ އެއްޗެއްނޫނެވެ.

އެންމެ ކުޑައިރުން ފެށިގެން ސަލްސާލާ ދެކޭ ހުވަފެނެއް ވެއެވެ. މުއްސަނދި ސައުދާގަރަކާ އިނުމެވެ. ފައިސާގެ ދާނުގައި ފިޔަޖަހާ އުދުހުމެވެ. އެއީ އޭނާގެ ހުރިހާ ވެސް އުންމީދެވެ. ސަލްސާލާ ފަހަރުގައި ވެސް ރާހޫލާއި ލޯބީގެ ގޮތުން ގުޅުނީ ލޯބިންނެއްނޫނެވެ. ރާހޫލުގެ ފައިސާ އާއި ތަނަވަސް ދިރިއުޅުމުގެ ސަބަބުންނެވެ. މި އޮތް ހުރިހާ ދުވަހު އެކީގައި އުޅުނީ ސަލްސާލާ ދިރިއުޅޭ ގެ 14 ބަޔަށް ނެނގުމަށް ނިންމައިގެންނެވެ.

އެންމެންގެ ހަމަހިމޭން ކަން ފޫއަޅުވާލައި ޒުނާނާގެ އަޑެވެ.” ބޭބެމެން ދެރަނުވޭ އަޅުގަނޑު ރަހޫލާއި އިންނަށް ތައްޔާރު މިކަމުގެ ޒިންމާނަގަން އަޅުގަނޑު މި ހުރީ ތައްޔާރަށް” އެ އަޑު އަހާފައި ކުއްލި ސިހުމެއް ލިބުނީ ލަޒާނުގެ ބައްޕަ ނޫމާނަށެވެ.  ޒުނާނާއި ލަޒާނުގެ ލޯބީގެ ވާހަކަ ވަނީ ނުމާނަށް ލިބިފައެވެ. ގޭގެ ގަސްތައް ބަލަހައްޓާ ހާދިމު މީހާގެ ފަރާތުންނެވެ. އެއީ  ނުމާނު އިތުބާރު ކުރަށްވާ ހާދިމެކެވެ. އަޅާލުމާ ލޯބިދޭ ހާދިމެކެވެ . ބަލިވެއްޖެ ހާލުގައި މަސައްކަތުގެ ލުއިދީ އެހީތެރިވެދޭނެވެ.

މި ވޭތުވެދިޔަ އަހަރު ކަންތައް ކުރެވެނު ގޮތާ މެދު މިވަނީ ނުމާނުބެ ހިތާމަކުރަން ޖެހިފައިވެ. ލަޒާނުގެ ސިޓީ ތަކާއި ހަދިޔާތައް  ޒުނާނަށް ނުދެވުމުންނެވެ. އަސްލު އެގޮތައް ކަންތައް ކުރަންޖެހުނީ ދަރިފުޅުގެ ކިޔެވުމަށް ބުރޫ އަރާފާނެތީ އެވެ. ފަހަރުގައި ވެސް އެއީ ލަޒާނާއި ޒުނާނާގެ ގުޅުމަށް ނުރުހޭތީއެއް ނޫނެވެ. އެއީ ނުމާނުބެ ވެސް ދެކޭ ހުވަފެނެކެވެ.   ދެ އެކުވެރިންގެ ގުޅުން އެހެން ހަރުފަތައް ގެން ދާން ވިސްނަމުންދާތާ އެތައް ދުވަހެއް ވީއެވެ. އެކަމަކު ދެން މީ ނުވާނެކަމެކެވެ. މިކަމުގެ ސަބަބުން ލަޒާނާއި ނުމާނުބޭގެ ގުޅުމަށްވެސް ބުރޫއަރާފާނެވެ. އަބަދަށްވެސް މިކަމުގައި  ކުށްވެރި ކުރެވޭނީ ނުމާނުބެއެވެ. މިއަދު އެ ސިޓީތައް ދައްކައިގެން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. ޒުނާނާ އެހުރީ ރާހޫލާއި އިނުމަށް ބޭބެއަށް އާބަސްދީފައެވެ. ބޭބެ އާއި ދެކޮޅަށް ނިކުއްނާނެ ހިތްވަރެއް ނެތެވެ. ދަރިފުޅުގެ އުފާތައް ހޯދައިދޭނީ ކިހިނެއް ހެއްޔެވެ؟ ދަރިފުޅާ އެވެ. މި ބައްޕައަށް މާފުކުރާށެވެ. ހިތާ ހިތާ ނުމާނުބެ ކިޔަމުންދިޔައެވެ.  އެ ހިތުގައި  މިއަދު ވަނީ އިންތިހާ  ޖެހިފައެވެ.  މަންމަ އަކާ ނުލާ އެދަރިބަލާ ބޮޑުކުރީ ނުހަނު ލޯބިންނެވެ. އެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް އަޔަނުދީއެވެ. އެހެނަސް މިއަދު ކަންތައް ވީ ގޮތުން ދަރިފުޅު ހިތާމަކުރާނެވެ.

ހަފްތާއެއްގެ ތެރޭގައި ކައިވެނިކުރެވޭނެއެވެ.  މާލޭގެ މަޝްހޫރު ފެހުންތެރިއެއްގެ އަތުން ޒުނާނާގެ ހެދުން ފަހަން ހަވާލުކުރެވުނެވެ. ރަށުގައި ތިބި އެކުވެރިން މާލެ ގެނެވުނެވެ. ބޮޑު ހަފްލާއެއް ބާއްވަން ރާހޫލުމެން ނޭދެއެވެ. އެހެނަސް ދެ ފަރާތުގެ އާއިލާ އިން އެދެނީ ކުލަގަދަ ހަފްލާއެއް ބާއްވާށެވެ. ރާހޫލުމެންނަކީ ރާއްޖެގައި ތިބި މަހުޖަނުންގެ ދަރިންނެވެ. އެމީހުންގެ ތިބި ހަމައެކަނި ދަރީންގެ އަލަތު ކައިވެނި ބޮޑުކޮން ބާއްވަން ބޭނުންނުވެ ދާނެ ހެއްޔެވެ؟

ލޯތްބަކީ ވަރަށް އަސަރުގަދަ އާދަޔާ ޚިލާފު އެެއްޗެކެވެ. ޒުނާނާ ކިހާ ނަސީބު ދެރަ ހެއްޔެވެ؟ ހަޔާތުގައި ވެވުނު އަލަތު ލޯބި ލިބުމުގެ ނަސީބެއް ވެސް ނެތެވެ. ހަޤީޤަތުގައި ލޯތްބަކީ ވާ އެއްޗެއް ނޫނެވެ. ވެވޭ އެއްޗެކެވެ. އިންސާނާގެ އިހްތިޔާރުން އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލުމުގެ ޤާބިލުކަން ހޯދާފައިވާ އެއްޗެކެވެ. ލޯބިވެވިއްޖެއްނަމަ ވިސްނުމާއި ފިކުރުގައި ވާނީ އެމީހެއްގެ ތަސްވީރާއި ހިޔާލުތަކެވެ. ސައްކެއްވެސްނެތް ގޮތުގައި  ލޮތްބަކީ ނިއުމަތެކެވެ.  ލޯބީގައި ގިސްލުން ވާއިރު ޒުނާނާއަށް މިވަނީ އެކަން ތަޖުރިބާކުރަން ޖެހިފައެވެ. ލޯބީގައި ތެޅި ފޮޅުމާ އެކަކު އަނެކަކަށް ޓަކައި ޤުރުބާންވުންވެސް ހިމެނެއެވެ.

މިއީ ޒުނާނާގެ އަލަތު ކައިވެންޏެވެ. އިންނަށް މި ޖެހުނީ ލޯބިވާ މިހާއާއެއް ނޫނެވެ. ލޯބިވާ މީހާގެ ކޮއްކޮއާއެވެ. އަނެއް ކޮޅުން ފިރިމަނިކުފާނުގެ ލޮލަކުން ކުރެ ލޮލަކަށް ނުފެއްނާއެވެ. ކުރާނީ  ކީއްހެއްޔެވެ؟  މިއީ މިއަދު ޒުނާނާއަށް ހުރިގޮތެވެ. ﷲ އަށް  ވާކީލުކޮށްލުން ނޫން އިތުރުގޮތެއްނެތެވެ. ފަހަރުގައި މާދަން ވެސް ރާހޫލުގެ ލޯ ފަސޭހަވެދާނެވެ. އޭނާގެ ލޮލުގެ ފެނުން އެނބުރި ލިބިދާނެއެވެ. ދައްނާށޭ! އެކަލާނގެއަށް އެއްވެސް ކަމެއް ބުރައެއް ނުވާނެވެ. ކޮންމެ ހާލަތަކަށްވެސް ކެތްތެރިވާށެވެ. ނަމާދުން ވާގިހޯދާށެވެ. ގިނައިން ދުއާ ކުރާށެވެ. އިރާދަކުރެއްވިޔާ ދެެރަގޮތެއްނުވާނެއެވެ.

ކައިވެނީގެ ތައްޔާރީތައް ގޭގައި ދިޔައީ ކުރެވެމުންނެވެ. ޕާޓީގެ ކާޑުތައް ބާހާނިމިއްޖެއެވެ. ތައްޔާރުކުރާނެ ކާތަކެތީގެ ލިސްޓުތައް ހޮޓާތަކަށް ހަވާލުކުރެެއްވިއްޖެވެ.  ގޭތެރެ އޮންނަނީ މީހުން އައިސް އަބަދުވެސް ތޮއްޖެހިފަ އެވެ. އެއީ ހުސް ޕާޓީގެ ކަންކަން ކުރަން ބައްޕަ މެން ގެނައްވާ މީހުންނެވެ.

ސަލްސާލާގެ ބަހަށް ހެޔޮ ވަރުގެ ރައްދެއް ދެވޭވަރުގެ  ހަފްލާއެއް ބާއްވަން ޔަޒުލް ހުރީ ހިތުލައިގެންނެވެ. ރާއްޖޭގައި ނަށް ހިނގާ މަޝްހޫރު މީހުންނަށް ވާނީ  ދައުވަތު ފޮނުވާފައެވެ. ނުވިތާކަށް ރާއްޖޭގެ ރާއިސް އަށް ވަނީ މި ހަފްލާއަަށް ވަޑައިގަތުމަށް އެދި ސިޓީއެއް ފޮނުވާފަ އެވެ. ރާއްޖޭގެ ތާރީޚުގައި ލިޔެވިގެންދާނެ ކައިވެނި ހަފްލާއަކަށް ވާނެއެވެ. މިއީ ޔަޤީންނުވާވަރުގެ ކަމެއް ނޫނެވެ. ރާއްޖޭގެ ރައީސަކަށް ކައިވެނި ހަފްލާއަަކަަށް ވަޑައިގަތުމަށް ދައުވަތުގެ ސިޓީއެއް ރާއްޖޭގައި ފޮނުވުނު މިއީ ފުރަތަަމަ ފަހަރެވެ. އެހެން ކަމުންވެސް މި ހަފްލާ ހާއްސަވާނެތާއެވެ.

އެރެއަށްޓަކައި  ލާންޖެހޭ ހެދުމައި ގަހާނަތައް ޒުނާނާގެ އަތައް ލިބިއްޖެވެ. ކޮންފަދަ ރީތި ހެއްޔެވެ؟ ކޮންމެ އެއްޗަކުން ވެސް މުއްސަނދިކަން ރަމްޒުކޮށްދެމުން ދިޔައެވެ. ހެދުމާ އެއް ކުލައިގެ ބޫޓުގައި އިން ފެހިކުލައިގެ ޓަވި ވިދަމުންދިޔައެވެ. ބޫޓުގެ އަގު އެކަނިވެސް 5000  ހާހަށް އަރާނެވެ.

ކައިވެނި ކުރާ ވަގުތު ކުޑަތަން ވަމުން ދިޔަވަރަކަށް  ޒުނާނާގެ ހިތް ދިޔައީ އުދާސް ވަމުންނެވެ. ކޮންމެ މީހެއްގެ ހަޔާތުގައި ވެސް  އަންނާނެ އެންމެ އުފާވެރި އެއް ދުވަހަކީ ޒަވާޖީ ޙަޔާތެއް ފަށާ ދުވަހަށްވާނެއެވެ. އެކަމަކު ރާހޫލާއި ޒުނާނާގެ މޫނުމަތިން އެއް ވެސް އުފާވެރިކަމުގެ އަސަރުތަކެއް ނުފެނެއެވެ. ދެ މީހުންގެ މޫނުމަތީ ވެސް ވަނީ މާޔޫސީ ހިނިތުންވުމުކެވެ. އެ ހިނިތުންވުންތަކުގެ  ފަހަތުގައި އެތައް ހާސް ވޭނެއްވިއެވެ.  އެންމެ ލޯބިވާ މީހުންނާއި ކައިވެނި ކުރުމުގެ ނަސީބު ގެއްލިފައިވާ ބަޔެކެވެ. ހާޔާތުން ދެން އެކަން ދުވަހަކުވެސް ވާން ނެތީއެވެ.

ވަލީމާ ހަފުލާ އޮތީ ދަރުބާރުގޭގެ މާލަމުގައެވެ.  އެތަން ޖަރީކޮށްފައި އޮތީ ފެހިކުލައިގައެވެ. މުޅި މާހައުލު ކޮލަބިކަތަކުން ވިދާ ބަބުޅަމުން ދިޔައެވެ. ފެހިކުލައިގެ ފިނިފެންމަލުން މުޅިތަނަށް ދިރުން ގެނެސްދެމުންދިޔައެވެ.

އަލަތު ކައިވެނީގެ ޖޯޑު ތިބީ އެމީހުންނަށް ހާއްސަ ކޮށްފައި ހުރި އުނދޯލީގައެވެ. މުޅި އުނދޯލި ޒީނެތްތެރި ކޮށްފައިވަނީ ފެހިކުލައިގެ ފިނިމެންމަލާއި ކޮކާލުންނެވެ.

ކާތަކެތީގެ މީރުވަހުން މޭ ފުރި އުތުރި އަރަމުންދިޔައެވެ . ހުރިހާ ބާވަތެއްގެ ކާތަކެތިވެސް ހުސްނުކޮށް ލިބެއް ހުއްޓެވެ. މަރުހަބާގެ ފަށުއި ބަސްތަކުން ހަފުލާއަަށް އާރޯކަމާއި ދިރުން ގެނެސްދެމުންދިޔައެވެ .

ފެހި ކުލައިގެ ކައިވެނި ހެދުމުގައި ޒުނާނާ  ފެނިގެން ދަނީ ގަނޑުވަރު ތެރޭގެ ގޮމައެއް ހެއްނެވެ. އެހާވެސް ރީތިވެފައި ފުރިހަމައެވެ. ފެހުކުލައިގެ ކޯޓު ފަޓުލޫނުގައި ރާހުލު ހީވަނީ ގަނޑުވަރުތެރޭގެ ރަސްދަރިކަލެއްހެއްނެވެ. އެހެރަ ރީތި ކަމެއްތާއެވެ. އެތައް އަންހެންކުދިން ނެއްގެ ހިތްތައް މިރޭ  ފުނޑުފުނޑުވެގެން ގޮސްދާނެ އެވެ. ރާހޫލުގެ ފަން އިސްތަށިގަނޑާ އެ ރީތި ކަސްރަތީ ހަށިގަނޑު ގެ ޖާދޫގައި ޖެހިގެން މެވެ.ރާހޫލަކީ މިއަދު ޒުނާނާގެ ފިރިކަލުން މެވެ.  ޒުނާނާއަކީ ރާހުލުގެ އަނބިކަނބަލުންނެވެ. ދެ ކުދިންގެ

ކައިވެނީގެ ހަދިޔާއަކަށް ރާހޫލުގެ މައިންބަފައިން ދިނީ “ތައިލެންޑު” 02 ކޮޅު ޓިކެޓެވެ. ލޯބިވެރިންގެ މެދުގައި މަޤުބޫލު “ޕުކެޓު” ގައި ހޭދަކުރާށެވެ. ޕުކެޓަކީ ފަތުރުވެރިކަމުގެ ރޮނގުން މުޅިދުނިޔެއަށް މަޝްހޫރުތަނެކެވެ. އެހެނަސް ކުޑަކުދިންނަށް ދެއްކުން އެކަށީގެން ނުވާ މަންޒަރުތައް ފެނިދާނެތަނެކެވެ.

ދުނިޔޭގެ ތަރައްޤީގެ ފުރަތަަމަ ޤަރުނުގައި އިންޑިޔާގެ މަޝްހޫރު ޖިއުގުރަފީގެ އިލްމުވެރިޔާ ޕްޓޮލަމީ ހޯދި ޕުކެޓަށް ތިންވަނަ ޤަރުނުގައި ކިޔާފައިވާ ނަށް އިނގޭ ހެއްޔެވެ؟ މިނަށް އަޑު އިވުމުން ހެވޭނެވެ. އޭރު ދިން ނަމަކީ ޖަންކް ސިލޭންގ އެވެ. އަދި އެނަށް ފަހުގެ ތާރީޚެއްގައި ޖަންކް ސިލޯނަށް ވެސް ބަދަލުވިއެވެ. މި ހާރުގެ ނަމަކީ ތިންވަނަ ހަތަރުވަނަ ޤަރުނުގައި އެތަނަށް ނުފޫޒު  ހިންގި ޕޯޗުގީޒުން ދިނަމެކެވެ.  އާދެ މަޝްހޫރު “ޕްކްޓް” ހިލް  ނުވަތަ ކުޑަ ފަރުބަދަ އެވެ.

2 ދުވަސް ފަހުން މާމުއި ހަނދުގެ ދަތުރަށް ތައިލެންޑަށް ފުރީމެވެ. އެއީ ރީތި ތަނެކެވެ. މީހުން އެހާ ގިނައެވެ. ލަޒާނާއެކު ނަމަ ކިހާ އުފާވެރި ވާނެ ނޫންހޭ އެތައް ފަހަރަކު އަހަރެންގެ ހިތައް އެރިއެވެ. ދެން މި ހާރު އަހަރެން އެކަހަލަ އެއްޗެހި ހިތަށް އެރުވިޔަސް ފާފަވެރިވާނެތާއެވެ .  ދިރިއުޅުމުން ލަޒާނުގެ ބާބު ފުހެލަން ވީއެވެ. މުސްތަގުބަލަކީ ރާހޫލުކަމަށް ދެކެންވީއެވެ. އެހެން ނޫނަސް ލަޒާނަކީ އަހަރެން މަތިން ހަނދާން ނައްތާލި ފަރާތެވެ. އެހެންކަމުން އަހަރެން ކޮންމެހެން ލަޒާނާ ހެދި އުޅުމުގެ ބޭނުނެއް ނޯއްނާނެވެ. ވިސްނައި ފިކުރުކުރަން ވީ ދެން މި ފެށުނު އާ ހަޔާތާމެދުއެވެ. ލިބިފައިވާ އަގުނުކުރެވޭ ނިއުމެތްތަކާމެދުއެވެ.

ދުނިޔޭގެ ހަޔާތަކީ ވަރަށް އެހެން ކަހަލަ ތަނެކެވެ. ތިމާ ހިތް އެދޭ ކަމެއް ވުމަށް ވުރެ ނުވުން ގާތް ތަނެކެވެ. އެހެން ކަންތައްތައް ވަނީ ހުދު ތިމާއަށް ރަނގަޅަށެވެ. އެއީ އަބަދުވެސް ޤަބޫލުކުރަންވީ ހަޤީޤަތެކެވެ. ކޮންމެ ކަމެއް ވެސް މެދުވެރި ވާނީ ތިމާއަށް ރަނގަޅަކަށެވެ.

އެކުގައި ވަގުތު ހޭދަކުރެވެން ފެށުމުން ރާހޫލުގެ ރަނގަޅުކަން އިހްސާސް ކުރެވެންފެށިއެވެ. އެތައް ގޮތަކުން މިއަދު އަހަންނަށް ރާހޫލު ހާއްސަވިއެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ އެއީ އަހަރެންގެ އަލަތު ފިރިމީހާ އެވެ. އެކަމަކު އޭނާގެ ލޮލަކަން ނުފެނެއެވެ . އެއީ މައްސަލައެއް ކަމަށް އަހަރެން ނުދެކޭ ނަމެވެ. ކޮންމެސް  ދުވަހަކުން ރަހޫލުގެ ލޮލަށް ފެއްނާނެއެވެ. އެއީ ޒުނާނާގެ ހުރިހާވެސް ދުއާއެވެ.   މިއަދު ޒުނާނާ  އެދަނީ ރާހޫލުގެ ހައްގުގައި ކޮންމެ ފަދަ ޤުރުބާނީއެއް ވާންވެސް ތައްޔާރުވަމުންނެވެ .  އަނެއްކާ ރާހޫލާއި ޒުނާނާ އެކަކު އަނެކަކު ދެކެ ލޯބިވާނެބާއެވެ. ލާޒާނު ގެ ކިޔެވުން ނިމިގެން އެނބުރިއައްނަށް ވެއްޖެބާއެވެ.  އެހެން ވެއްޖެނަމަ   ދެން  ކަންތައް ވެގެން ދާނީ ކިހިނެއް ހެއްޔެވެ؟

ނުނިމޭ

 

 

 

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ފަންވަރު 02

Next

ޙަޤީޤަތް ހޯދުމޭ 51

Next
January 26, 2025

ޙަޤީޤަތް ހޯދުމޭ 51

Previews
January 26, 2025

ފަންވަރު 02

6 Comments!

  1. cutie girl says:
    January 26, 2025 at 2:12 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    lazaan and junaana dhuru nukurachey
    they both are made for each other
    khinehbaa vaani lazaan ayeema

    1. Isnaa says:
      January 27, 2025 at 7:37 pm

      Thank you cutie girl 💐💗
      Lazaan ayas rangalhu vaane IA 🥰

  2. Your fav bab says:
    January 26, 2025 at 7:29 pm

    I think….well let it be
    I’m waiting till the next

    1. Isnaa says:
      January 27, 2025 at 7:38 pm

      Thank you your fave bab 💗💐
      Next kiyaalan libeyne mihaaru IA🥰

  3. m says:
    January 27, 2025 at 3:49 am

    mi part ves nice but i didnt expect lazaan ge dad to be hiding the letters anyways waiting for next part

    1. Isnaa says:
      January 27, 2025 at 7:39 pm

      Thank you “m” 💐💗
      Next part kiyaalan libeyne mihaaru 🥰

Comments are closed.



All Right Reserved!