Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރިޔަކީމޭ 39

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
February 2, 2025 3 Mins Read
24 Comments

“ދަރިފުޅާ.. ޔޫހާންގެ ބައްޕައަކީ ވަރަށް ވިޔާނުދާމީހެއް.. މަންމައާއި ޔޫހާންގެ ބައްޕައާއި ކައިވެނި ކުރިއިރުވެސް ބައްޕައަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް. ނަމަވެސް މަންމަ ބޭނުންވެގެން އެކައިވެނި ކުރީ މަންމަ މެންނާއި ދެކޮޅަށް. ޔޫހާންގެ ބައްޕަ ޔައީޝް ގަބޫލު ކުރާ ގޮތުގަ ދިރިއުޅުމެއް ލިބޭނީ އަންހެން ކުއްޖެއް ލިބުމުން. އޭނާ ގަބޫލު ކުރީ އަންހެން ކުއްޖަކު މުއްސަނދި މީހަކާ ކައިވެނި ކުރެވުމުން ހަޔާތުގެ ހުރިހާ ބޭނުމެއް ފުދުނީކަމަށް. ނަމަވެސް އަހަރެމެންނަށް ﷲ ދެއްވީ ފިރިހެން ކުއްޖެއް.. މަންމަ ސީ ސެކްޝަން ހަދަން ޖެހުނީމަ އެހާ އަވަހަށް އަލުން ބަނޑުބޮޑު ވާކަށް ނުކެރުނު. ދެން މަންމަ ބަލިވެ އިނީ ޔޫހާންއަށް 11 އަހަރުގަ.. ނަމަވެސް ދިމާވި އެކްސިޑެންޓްއެއްގެ ސަބަބުން އެތުއްތު ފުރާނަ ބައިގެން ދިޔައީ. އެފަހަރު ލިބެން އުޅުނީ ވެސް އަންހެން ކުއްޖެއް. ނަމަވެސް.. ދުނިޔޭގެ އަލިކަން އެފުރާނައަށް ފެނުމުގެ ނަސީބެއް ނުލިބުނު. ޔައީޝް ދެން ފެށީ އަނިޔާކުރަން. ޔޫހާންގެ ޅަސިކުނޑިއަށް އަސަރުކޮއް ނަފްސާނީ ބަލީގެ ޝިކާރައަށްވެ މަގޭ ދަރިފުޅު މުޅިން ހަލާކުވީ.. ޔޫހާން އާއި ނީޝަލް ގުޅުނީ އެދުވަސްތެރޭގަ. ނީޝަލްގެ ބޭވަފާތެރިކަމުން ޔޫހާންއަށް ވިސްނުނީ ޔައީޝް މަންމައަށް އެހެން އެހަދަނީ އަންހެނުންނަކީ މިކަހަލަ ބަޔަކަށްވީމައޭ.. ޔޫހާންއަށް ދަސްވެފައި އެހުރީ ޔައީޝްގެ އުޅުން.. މިއީ މަންމަގެ ކުއް.. ޔޫހާން ހަލާކު ކުރިމީހަކީ މިއީ… މި މަންމަ.. ނަސީބެއް ކަންނޭނގެ އެދަރިފުޅު ބައިގެން ދިޔަކަން.. އެހެން ނޫނަމަ ހަމަ އެހާލުގައި ކަންނޭނގެ އެކުއްޖާވެސް އުޅޭނީ..  މިހާރު އިރާދަކުރެއްވިއްޔާ ޔައީޝްގެ ވަކިތަކުން ވަނީ ސަލާމަތްވެފަ.. ޔޫހާން ދަރިފުޅާ ކައިވެނީގެ ކަންކަން ހަމަ ޖައްސަން ފެށުނު ހިސާބަކީ އެއީ.. ޔައީޝް މިހާރުވަނީ އެނބުރި ހެއްދެވި ފަރާތަށް އެނބުރި ގޮސްފަ.. ދަރިފުޅާ.. ޔޫހާން ދަރިފުޅު ދެކެ ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ.. މަންމަ ކައިރިއަށް އަހިސް އަބަދު ރޮއޭ.. ދަރިފުޅުވެސް އެހެން ހަދާފާނެތީވެ ބިރުގަންނަވާހަކަ… ނަފްސާނީ ގޮތުން އޭނާ އެހުރީ ހަލާކުވެފަ. ދަރިފުޅު ތިއީ ނަފްސާނީ ޑަކްޓަރެއްނުން؟ ހެޔޮނުވާނެ ދަރިފުޅާ މަގޭ ޔޫހާން އެބަލިން ސަލާމަތްކޮއްދީ…”

އެލީޝާގެ އަތުގައި ހިފައިގެން އިނދެ ޝިފާގެ ދުލުން އެއިވުނީ ޔޫހާންގެ ހިތި މާޒީއެވެ. ވާހަކަ އަހަންއިން އެލީޝާގެ މޫނު ވަނީ އޭރު ރޮއެ ރޮއެ ރަތްވެފައެވެ. އަބަދުހެވިފައި ހުރި ޔޫހާންގެ ހިނިތުންވުމުގެ ފަހަތުގައިމިވަނީ ކޮންފަދަ ހިތާމައެއް ހެއްޔެވެ؟ ޔޫހާންގެ އަނބިމީހާއަށްވެ ހުރެ އެކަން ނޭނގުމުން އެލީޝާއަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ.

“އިންޝާ ﷲ އަޅުގަނޑު ޔޫހާން ރަނގަޅުކުރާނަން.. ﷲ އިރާދަ ކުރެއްވިއްޔާ ޔޫހާން ރަނގަޅުވާނެ.. މަންމަ އަމިއްލަ ނަފްސު ކުއްވެރި ނުކުރޭ.. އަޅުގަނޑުގެ ހިތް އަބަދުމެ ޔޫހާންއައްޓަކާ ސާފު.. އެލޯއިތްބައްޓަކާ ޖާނާމާލުން ގުރުބާންވާން އުމުރައްވެސް ތައްޔާރު..” އެލީޝާ ބުންޏެވެ.

“އެކަމަކު ދަރިފުޅާ… ޔޫހާންއަށް އެޔައްވުރެ ރަނގަޅު ބައްޕަ އެއް މަންމައަށް ހޯދާދެވުނު ނަމަ……” ޝިފާގެ ލޮލުންކަރުނަ އޮހޮރެމުން ދިޔައެވެ. މަންމައެއްގެ ގޮތުގައި ހުރެ “ފެއިލް” ވެވުނު ކަމުގެ އިހުސާސް އޭގެ އިންތިހާއަށް ކުރެވޭތީއެވެ.

“ނޫން މަންމާ… ދެރަނުވޭ.. އަޅުގަނޑު މިހުރީ އަބަދުގެ އަބަދައް ޔޫހާންއަށް ޓަކައި ލޯބިދޭން..” އެލީޝާގެ ޖަވާބުން ޝިފާގެ މޫނު މައްޗައް ހިނިތުންވުމެއްވެރިވި އިރު ހިތާ ހިތުން “އަލްހަމްދުލިއްލާހް” އޭބުނެވުނެވެ. އެކަހަލަ ޅީދަރިއަކު ލިބުމުންނެވެ.

“ދަރިފުޅާ.. ޔޫހާން ކައިރިއަށް ޖައްސާލައްޗޭ..” ޔޫހާން އުޅޭ ފްލެޓްގެ ނަމާއި އެޕާރޓްމެންޓް ތަޅުދަނޑިއެއް ދެމުން ޝިފާބުނެލިއެވެ. ޝުކުރު އަދާކޮއްފައި އެލީޝާ ނުކުތީ ހަލުވި ފިޔަވަޅުތަކެއްގައެވެ. ޔޫހާން ދެކުމައްޓަކާއި އެހިތްދިޔައީ ބޭގަރާރު ވަމުންނެވެ.

އެލީޝާ ގޭގައި ނެތްކަން އެނގުމުން ފަހަރަކު މީހަކައް ގުޅާފައި އަނާޝާ ހިނގަމުން ދިޔައީ ބިރުން ރޫރޫ އަޅާ ހާލުގައެވެ. ކުޑަކުޑަ ޔަލީންވެސް މަންމަ ނެތުމުން ދިޔައީ ރޮމުންނެވެ. މަންޒަރު ބަލަން އިން ލީޝާ އިނީ މި މަންޒަރު ބަލަން ރުޅިއަހިސްފައެވެ.

“ކޮބާ މަންމާ މަބުނީމެއްނުން؟ އެލީޝާ ކިޔަވާ.. އެލީޝާ މާ ދީނީ.. އެލީޝާ މާނިވާވޭ.. އެލީޝާ މާހެޔޮ.. ބަލަ ލޯބީގެ އަވައިގަ ޖެހުނީމަ އޭނަ މިހާރުވީތަންވެސް މަންމައަކައް ނޭނގެ. ތިވީ ހަމަ ރަނގަޅައް. މަންމަ އަބަދުވެސް އަހަރުމެން ކޮންޕެއާރ ކުރީ.. ރަނގަޅު އެސްފީނާއެއް މިޖެހުނީ އެލީޝާއަށް” ލީޝާ އެއްވެސް ފޮރުވުމެއްނެތި އެލީޝާއަށް ޓަކައި ލީޝާގެ ހިތުގައިވީ ހަސަދަވެރިކަން ފައުޅުކޮއްލިއެވެ. އަނާޝާ ހުރީ އިވުނު ވާހަކައިވި ބުނަންވީ އެއްޗެއް ނޭނގިފައެވެ. ނަމަވެސް ހަގީގަތުގައި ލީޝާއާއި ޒުވާބު ކުރާނެހާވަރެއް އަނާޝާ ގައިގައި ނެތީއެވެ.

“ދައްތާ… އެލާ ފެނިއްޖެ..” އަނާޝާއަށް އެއްޗެއް ނުބުނެވެނީސް މައުނާއާއި ނާއިލް އަހިސް ބުނެލިއެވެ. ލީޝާއާއި ދިމާލައް ކަޅި އަޅާލާފައި އަނާޝާ ގޮސް އެދެމީހުން ގާތުގައި ހުއްޓުނެވެ. ހުއްޓާ ނުލާ ރޮމުން ދިޔަ ޔަލީން އުރައިގެން މައުނާ އެކުއްޖާ މަސަލަސް ކުރެވޭތޯ މަސައްކަތް ފެށިއެވެ.

“މަގޭދަރިފުޅު ކޮބާތަ؟” މައުނާ ޔަލީން އުރުމުން ނާއިލް ގާތުގައި އަނާޝާއެއްސެވެ.

“އެލީޝާވީ މާލޭގަ.. ދަންވަރު ފްލެޓްއިން އޭނަ ދިޔައީ..” ނާއިލް ބުނެލިއެވެ. “އަހަރެން މާލެ ގެންގޮސްދީ.. އެކަނި އެހެން އުޅެވޭހާލަކު ނޫން އޭނަ އެހުރީ.. ނޭނގެ ޔޫހާން މަގޭ ދަރިފުޅައް ހަދާނީ ކިހިނެތް ކަމެއްވެސް..” އަނާޝާގެ ހިތުގައި ދިޔައީ ބިރުވެރިކަން އޭގެ އެންމެ ފުންމިނުގައި ދުވަމުންނެވެ.

“އަޅުގަނޑު މެންދުރު ފްލައިޓް އިން ދަތުރު ހަމަ ޖައްސައިފިން..” ނާއިލް ބުންޏެވެ.

ހުޅުމާލޭ ފޭސް 2 ގައި ހުރި 5 ވަނަ ބިލްޑިންގ ކުރިމަތީގައި ހުރި އެލީޝާގެ ހިތުގައި ދިޔައީ ތަފާތު އިހުސާސްތަކެއް ކުރެވެމުންނެވެ. އަތުގައި އޮތް ތަޅުދަނޑިއަށް ބާރުކޮއްލަމުން އެލީޝާ ހިނގައިގަތެވެ. ލިފްޓައް އަރާ 19 ވަނަ ފްލޯރއައް ފިއްތާލަމުން އެލީޝާ ފުންނޭވާއެއް ދޫކޮއްލިއެވެ. އަމިއްލަ ނަފްސު ތައްޔާރު ކޮއްލިއެވެ.

އެޕާރޓްމެންޓްގެ ދޮރު ހުޅުވާލުމާއި އެކު އެލީޝާއަށް މަރްހަބާކިއީ ފަޅުކަމެވެ. ދެކޮޅު ބަލައިލަމުން އެލީޝާ ގޮސް ކޮޓަރި ދޮރުގައި ހިފާލިއެވެ. ލަސްލަހުން ދޮރު ހުޅުވާލި އެލީޝާގެ ހަށިގަނޑުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. ބިންމައްޗައް ޖެހިގަނެވުނު އިރު އަޑުހަރުކޮއް ރޮއެ ގަނެވުނެވެ. “ޔޫހާން!!!!!”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޕިޔަދަ (ޢިއުލާން)

Next

ދުނިޔެއީ ދައުރުވާ އެއްޗެއްމެ…1

Next
February 2, 2025

ދުނިޔެއީ ދައުރުވާ އެއްޗެއްމެ…1

Previews
February 1, 2025

ޕިޔަދަ (ޢިއުލާން)

24 Comments!

  1. Naikko says:
    February 2, 2025 at 8:11 am

    Mi part ves v v reethi
    Curiously waiting for the next
    When next??

    1. shihaamaa ali shihaamaa ali says:
      February 2, 2025 at 9:11 pm

      Jazaakallah khairan
      In sha allah tmrw

  2. Its herrr says:
    February 2, 2025 at 8:33 am

    Oh my gosh 😱😱😱
    Haadha curious koh thi nimmaaly 😭😭
    Wat happened to yoohaa????
    Yoohaan ah dhera gotheh nuhadhahchey or ella dheravaane
    Anyways vhkvrhvrh reethi
    Whn nxt??

    1. shihaamaa ali shihaamaa ali says:
      February 2, 2025 at 9:12 pm

      Jazaakallah khairan
      Hehe lets see dhw yoohaan ah v kihineh thw next ep ga ingeyne.. in sha allah you can read it tmrw

  3. cutie girl says:
    February 2, 2025 at 9:54 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    ella and yoohan dhuru nukurachey
    jaish and nav ves
    they both are made for each other
    anehkaa khineh vee yoohaan ah
    leesha haadha goahey
    i appreciate your hard work
    when next
    love you shihaa

    1. shihaamaa ali shihaamaa ali says:
      February 2, 2025 at 9:12 pm

      Hehe lets see dhww what happens
      Jazaakallah khairan
      Lyt

  4. Nabaa says:
    February 2, 2025 at 10:26 am

    Dhn noooooo curious kohlaafa thi nihmaaly plx Yoohan ah dhera gotheh nahadhache
    When is next part
    May Allah bless your hard work

    1. shihaamaa ali shihaamaa ali says:
      February 2, 2025 at 9:13 pm

      Awww jazaakallaah khairan
      Lets see dhw what happens
      In sha allah maadhamaa

  5. No one says:
    February 2, 2025 at 12:48 pm

    I am so curious 😱😱😱
    What happen to yoohan omg
    Love your work ur the best😃

    1. shihaamaa ali shihaamaa ali says:
      February 2, 2025 at 9:13 pm

      Jazaakallah khairan
      Happy to hear that😊

  6. No one says:
    February 2, 2025 at 12:48 pm

    When next part?

    1. shihaamaa ali shihaamaa ali says:
      February 2, 2025 at 9:13 pm

      Tmrw in sha allah

  7. Ishu says:
    February 2, 2025 at 1:00 pm

    Haadha curious kohlaafa eyy thi ninmaaly
    What happened to yoohaan???
    I ah heevany suicide hen…..
    Curiously waiting for next part…..

    1. shihaamaa ali shihaamaa ali says:
      February 2, 2025 at 9:14 pm

      Hehe shiher akh neynge yoohaan ah v gotheh hihihi.. dhn balamaa dhw hehe
      In sha allah tmrw stay tuned

  8. Vampire girl says:
    February 2, 2025 at 1:41 pm

    Please nooooo…
    Yoohaaan aa elyshaa aa dhuru nukurey….
    Yoohaan ah gotheii nahdhahchey…
    Next vrh avahah kiyaalan libeyne kamah ummeedhu kuran..

    1. shihaamaa ali shihaamaa ali says:
      February 2, 2025 at 9:14 pm

      In sha allah maadhamaa

  9. gurrrrl says:
    February 2, 2025 at 2:01 pm

    Yooohaan ahh gothehe nuhadhache plssssss 😭😭😭😭😭 vrh curious Alhe when next

    1. shihaamaa ali shihaamaa ali says:
      February 2, 2025 at 9:14 pm

      In sha allah tmrw
      Stay tuned

  10. Zozo! says:
    February 2, 2025 at 3:05 pm

    Yoohaan ah evee kihineh baa?
    Very curious vehje!

    1. shihaamaa ali shihaamaa ali says:
      February 2, 2025 at 9:14 pm

      Hehe balamaa dhw

  11. Mar Yam says:
    February 2, 2025 at 4:34 pm

    Alhey… Vrh kiyan beynun next part
    When’s next?
    Can’t wait 😩

    1. shihaamaa ali shihaamaa ali says:
      February 2, 2025 at 9:15 pm

      In sha allah tmrw

  12. Your fav bab says:
    February 2, 2025 at 7:43 pm

    Yoohaan ah dhera gotheh nahadhacheeyyy!!!
    Argh! I’m so busy studying for the upcoming exams can’t even comment!! but I do read hehhehhe..💗💗💗💗💗
    When next?

    1. shihaamaa ali shihaamaa ali says:
      February 2, 2025 at 9:15 pm

      Awww good luck on your exams lavv🫶🏻
      In sha allah tmrw

Comments are closed.

Next Episodeބޭވަފާތެރިޔަކީމޭ 40 ފަހުބައި←


All Right Reserved!