Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރިޔަކީމޭ 37

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
January 31, 2025 3 Mins Read
6 Comments

“ހަމަ ގައިމުވެސް ރޭގަ އެއްކަމެއް ޔަގީންވެއްޖެ.. އަހަރެން ހީކުރީ އަހަރެންނަށް ހަގީގީ ލޯބި ވެވުނީ އަދި ހަމަ އެކަނި ލޯބިވެވޭނީވެސް ނީޝަލްދެކެ ކަމަށް. އެކަމަކު.. މިހާރު ޔަގީން ވެއްޖެ.. އެލާދެކެ ކަން އެލޯބިވެވުނީ.. އެކަމަކު.. މައި އިންސެކިއުރިޓީސް ވޯސް ކިލިންގ މީ. އަހަރެން ދީނީ ކުއްޖެއް ހޯދަންވެސް ހަގީގަތުގަ ބޭނުންވީ އެހެންވެ. ބުނާތީއިވޭ. ދީނީ ކުއްޖަކު އަނިޔާއެއް ނުދޭނެއޭ… އެހެންވެ އަހަރެން އެލާއާއި ރައްޓެހިވީވެސް.. އެކަމަށް އެއްބަސްވުންވީ އަހަރެންގެ އީގޯ މަށަށް މަލާމާތް ކުރިކަމަކަށް… އެހެންވެ އަހަރެން ބުނީ އަހަރެން އެލާއަށް މެރީކުރަން މިއުޅެނީވެސް އޭގެ ކުރިން އޭނަ ސްލީޕް ނުކުރާނެތީއޭ… އެކުޑަކުޑަ ކަމުގަވެސް އަހަރެން އޭނަ ގޯސް ކޮއްލީ… އެވަރަށް އެލާއަށް އަނިޔާ ދިނީމަވެސް އެލާ މަދެކެ ހާދަ ލޯއިތްބެކޭ އެވީ.. އަހަރެން މިއީ ކިހާ ނުލަފާ މީހެއް؟ އައިމް އީވެން ވޭ ވޯރސްޓް ދެން ޑޭޑް”

ރިލްވާންގެ ފޯނުން ރެކޯޑް ކޮއްފައި އިން އެތަންކޮޅު އޭނާ އެލީޝާއަށް އިއްވާލިއެވެ. އެލީޝާ ހިތުގައި ސުވާލު ތަކެއް އުފެދުނު ނަމަވެސް ޔޫހާންގެ އަމިއްލަ ދުލުން އޭނާއަށް ޓަކައިވީ ލޯބި ބުނާ އަޑު އިވުމުން އެލީޝާ ހިތަށް ތަންކޮޅެއް ލުއިވިއެވެ.

“ހޫ އިސް ނީޝަލް؟ ދެން ކީއްވެ އެބުނީ ވޯރސްޓް ދެން މައި ޑޭޑްއޭ؟” އެލީޝާ ފުރަތަމަ ސުވާލު އަހައިލިއެވެ.

“އެއީ ޔޫހާންގެ ފުރަތަމަ ލޯބިވެރިޔާ. ނީޝަލް ޔޫހާންއަށް ޗީޓު ކުރި ފަހުން އަސްލު ޔޫހާން އެހާ ޗޭންޖްވީ.. ދެން.. ޔޫހާންގެ މަންމައާއި ބައްޕަ ވާހަކަ އަހަރެމެންނަކަށްވެސް އެހާ ރަނގަޅަކަށް ނޭނގެ. ޔޫހާން މިކޮޅަށް ޗޭންޖުވީ އެކަމެއް ވީފަހުން. އޭރު ޔޫހާން އުޅޭނީ ކޮލެޖުގަ. އޭނަ މަންމަ ހުންނަނީ މާލޭގަ މުސްކުޅިން ބަލާ ތަނެއްގަ ކަމަށް ވަނީ. ނޭނގެ މާ ބޮޑު ވާހަކައެއް. ހީ ހޭޓެޑް އިޓް އީވެން ސަމްވަން މެންޝަންސް ހިސް ޕޭރެންޓްސް ނޭމް..” ރިލްވާން ބުނެލީ އިސްޖާލަމުންނެވެ. އެދެވޭފަދަ ޖަވާބެއް އޭނާއަށް ނުދެވުމުންނެވެ.

“އެލާ. ދޭބަ ވަރަށް އަވަަހަށް އެގެއަށް. ގޮސް ޔޫހާންއަށް ވާހަކަ ދައްކަބަ. މިއަދު ބުނި ވަރަށް އަވަހަށް ރަށުން ފުރާވާހަކަވެސް” ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން މައިކަލް ބުނެލިއެވެ. އެލީޝާ ވަގުތުން ކޮޅަށް ޖެހުނެވެ. ދެފަޔަށް އެރީ ވަރުގަދަ ބާރެކެވެ. ގެއިން ނުކުމެގެން “ބްލަޑް މޫން” ގެޔާއި ދިމާލަށް ދުއްވައިގަތީ އަނާޝާ ގޮވަގޮވައޮއްވައެވެ.

“ޔޫހާން… ޔޫހާން… ޔޫހާން…. ޔޫހާން….” ދުވަމުން ދުވަމުން ދިޔަ އެލީޝާއަށް ލަސް ލަހުން ގޮވެމުން ދިޔައެވެ. ހުސްފަޔާ ދުވަމުން ދިޔަ އިރު، ހުއްޓި ނުހުރެ ކަރުނަ އޮހޮރެމުންދިޔައެވެ.

“ޔޫހާން…..” ގެޔަށް ވަނުމާއި އެކު އެލީޝާއަށް ކިއީ ފަޅުކަމުގެ މަރުހަބާއެކެވެ. ގޭތެރޭގައި ޔޫހާންގެ އެއްވެސް އެއްޗެއް ނެތުމުން ޔޫހާން ދިޔައީކަން އެލީޝާއަށް ދެނެގަނެވުނެވެ. ގެއިން ބޭރަށް ނިކުން އެލީޝާއަކަށް މިފަހަރު މާދުރަކަށް ނުދެވުނެވެ. ގެއިން ނުނިކުމެވެނިސް ހެޔަށް ގޮތްވެގެން ބިންމައްޗައް ވެއްޓުނެވެ.

ބަނދަރުގައި އިން ޔޫހާންގެ މޫނުމަތީގައި އެއްވެސް އިހުސާސެއްނެތް އިރު މަރުމައްޔިތެއް ފަދައެވެ. ކޮނޑުގައި ދަބަހެއް އޮތް އިރު އަތުގައި އޭނާގެ ފޯނު އޮތެވެ. ޔޫހާން އަރަންވާއިރަށް ލާންޗު ކައިރިކުރާތަން ފެނުމުން ޔޫހާން ތެދުވިއެވެ. ލާންޗު ނައްޓާލުމާއި އެކު ޔޫހާން އަތުގައި އޮތް ފޯނު މޫދަށް ވައްޓާލިއެވެ. ފަހު ފަހަރަށް ރަށަށް ބަލައިލިއެވެ. ފަޅި ސިކުންތެއް ތެރޭގައި ރަށުގައި ހޭދަ ކުރެވުނު އުފާވެރި ވަގުތުތަށް ހަނދާވިއެވެ. ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް ހިތުގެ އަޑިން އެފަސްގަނޑަށް ވަދާއި ސަލާމް ކޮއްލީ އެނބުރި ނައުމަށް އަމިއްލަ ނަފްސަށް ހުވާ ކުރަމުންނެވެ.

“ޔޫހާން.. ޔޫހާން…” ދެލޯ ހުޅުވާލެވުމާއި އެކު އެލީޝާގެ ދުލުން އެންމެ ފުރަތަމަވެސް ނުކުތީ ޔޫހާންގެ ނަމަވެ. ކައިރީގައި ރޮއެ ރޮއެ އިން އަނާޝާއާއި މައުނާ ފެނި އެލީޝާ ތެދުވެ އިށީނެވެ.

“ދަރިފުޅަށް މަންމަ ކިހާވަރަކަށް ގޮވީ ނުދާށޭ ކިޔާފަ؟” އަނާޝާއަށް ޝަކުވާ ކޮއްލެވުނެވެ.

“މަންމާ… ޔޫހާން ދަނީއޭ. މައޫ. ޕްލީޒް އަހަރެން ދިޔަދީ. ހެޔޮނުވާނެ. އަހަރެންނަކަށް ޔޫހާންއާއި ނުލާ ނޫޅެވޭނެ..”އެލީޝާ ރޯން ފެށިއެވެ.

“އެލާ.. އަހަރެމެން މިވިސްނަނީ އެލާއަށް އެންމެ ރަނގަޅުގޮތަށް. ޔޫހާން ކަހަލަ ބޭވަފާތެރިޔަކު އެލާ އަކައް ހައްގެއްނޫން-” މައުނާގެ ވާހަކަ ހުއްޓަން މަޖުބޫރުވީ އެލީޝާ ވާހަކަ ދައްކަން ފެށުމުންނެވެ.

“ފޮތުގެ ބަނޑޭރިގަނޑު ބަލާފަ ފާޑު ނުކިޔާށޭ ބުނާއަޑެއް ނާހަންތަ؟ ޔޫހާން ޗީޓު ކުރީއޯ.. އޯކޭ. އެކަމަކު ޔުހާންގެ މާޒީ ތިމީހުނަށް އެނގޭތަ؟؟؟ ޔޫހާން ބޮޑުވީ ކޮންކަހަލަ އެންވާރަމެންޓްއެއްގަ ކަން އެނގޭތަ؟؟ ޔޫހާން އަހަރެންދެކެ ލޯބިވި.. އެކަމަކު.. އެކަމަކު.. އަހަރެން ދޫކޮއްލާ އަހަރެން މިދަނީ ޔޫހާން ކައިރިއަށް ދާން..” އެލީޝާއަތުގައި އިން އައިވީ ކަށިގަނޑަށް ދަމައިގަންނަމުން އެލީޝާ ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވުނީ ދުރުގައި ހުރި ނާއިލް އަހިސް އެލީޝާ ގައިގައި ހިފެހެއްޓުމުންނެވެ. އިތުރު ނަރުހުންވެސް އަހިސްގެން އެލީޝާ ނުހިފެހެއްޓުމުން އެލީޝާ މައިތިރި ކުރަން ޖެހުނީ ނިދާ އިންޖެކްޝަނެއްގެ އެހީގައެވެ.

“ދައްތާ.. ދެން ނުރޮއޭ. އިންޝާ ﷲ އެލާ ވަރަށް އަވަހަށް ރަނގަޅުވާނެ..” ނިދިފައި އޮތް އެލީޝާގެ އަތުގައި ފިރުމާލަ ފިރުމާލަ އިން އަނާޝާގާތަށް ޖެހިލަމުން މައުނާ ބުންޏެވެ.

“އެކޮއެ.. ދައްތަ ކިހިނެތް ނުރޮއެ އިންނާނީ؟؟ އެންމެ ހަގު ދަރިފުޅު.. އެލާ މިހާތަނަށް އުޅުނީ ހާދަ އުފަލުގައޭ.. އެކަމަކު.. ދުވަހަކުވެސް ހިޔެއް ނުކުރަން އެލާއަށް މިކަހަލަ ކަމެއްވެދާނެކަމަކަށް… މާޔަންގެ ދުނިޔޭގަ ޔޫހާން އޭނައަށް ދެއްކީ ހާދަ ނަލަ ދަޅައެކޭ. ހަމަ ރަނގަޅަށް އަހަރެމެންގެ ލޮލުގަ އަނދުން އަޅުވާފަ އެޔޫހާން އެދިޔައީ.. ފުރަތަމަ އެކަންވީ ފަހަރުވެސް ދައްތަ ބުނިން ވަރިވާން.. އެކަމަކުވެސް މިކުއްޖާ ހަމަ ބޯހަރު ކަމުން… ދައްތައަށް މާވަރަށް އެހެން ކިޔަން ނުކެރުނީވެސް އެލާ ބަނޑުބޮޑު ކަން އެނގުނީމަ. ޔަލީން ވިހާ އެކުއްޖާއަށްވެސް އަދި އަހަރު ކިރިޔާ އެވަނީ.. ހެޔޮވާނީ ކިހިނެއް؟…” އަނާޝާގެ ހިތުގެ ޝަކުވާތަށް މައުނާގެ ކުރިމައްޗައް އޮއްސާލިއެވެ. މައުނާގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. މިމައިމީހާގެ ހިތުގައި މިއަދު ހާދަހާވޭނެއް އަޅާނެތާއެވެ…

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ވާނަން އުމުރަށް ސީޒަން 2 އެޕިސޯޑް 01

Next

އަބަދުވެސް ލޯބިވާނަން 2

Next
February 1, 2025

އަބަދުވެސް ލޯބިވާނަން 2

Previews
January 31, 2025

ވާނަން އުމުރަށް ސީޒަން 2 އެޕިސޯޑް 01

6 Comments!

  1. The GHOST says:
    January 31, 2025 at 10:25 pm

    Anekkaa???

    1. shihaamaa ali shihaamaa ali says:
      February 1, 2025 at 10:16 am

      ya there was an issue it was accidently deleted

  2. Mar Yam says:
    January 31, 2025 at 11:05 pm

    Thankolheh dhigu kolladheeba next parts 😭
    Love this part… Keep up the good work 💞
    Whens next??

    1. shihaamaa ali shihaamaa ali says:
      February 1, 2025 at 10:16 am

      jazaakallah khairan
      in sha allah maadhamaa next ep

  3. Cutie girl says:
    February 1, 2025 at 10:19 am

    Mi part ves v reethi masha Allah
    Keep it up

    1. shihaamaa ali shihaamaa ali says:
      February 1, 2025 at 2:15 pm

      Jazaakallah khairan

Comments are closed.

Next Episodeބޭވަފާތެރިޔަކީމޭ 38←


All Right Reserved!