ދަންވަރުގެ ވަގުތެވެ. ނަމަވެސް އެހެން ރޭރޭ އޮންނަ ފަދަ އަމާން އޮމާން ކަމެއް މިރެއަކު ނެތެވެ. ބޯކޮއްވިއްސާރަވެހި ގުގުރަމުން ދިޔައިރު ބިރުން ރޫރޫ އަޅާހާވެއެވެ. އެންމެން އަރާމު ނިދިން ނިދާފައިވީއިރު، މަގުމަތިން އެލީޝާ ފެންނަން ހުއްޓެވެ. ރޭގަނޑުގެ އެ އަނދިރިން އެލީޝާ ފެންނަމުން ދިޔައީ ހިޔަންޏެއް ފަދައިންނެވެ. އެލީޝާގެ ކޮނޑުމަތީގައި ޔަލީންއޮތެވެ. ވަމުން ދިޔަ ފިނިން ތުރުތުރު އަޅަމުން ދިޔައިރު އެބޮޑު ދެލޮލުން ދިޔައީ ކަރުނަ އޮހޮރެމުންނެވެ.
ޔަލީން އުރައިގެން ހުރި އެލީޝާގެ ދެލޮލުން ކަރުނައިގެ އެއްވެސް އަސަރެއްފެންނާކަށް ނެތެވެ. ނަމަވެސް އެލީޝާގެ ދެލޮލުގައި ވިދަމުން ދިޔައީ ވޭނާ އުދާހެވެ. އެހެންނަމަވެސް މިރޭ އެލީޝާގެ ދެލޮލުން ބުނާފަދައެވެ. އަހަރެންނަކަށް ދެން ނުރޮވޭނެއެވެ. ކިހާ ކަރުނައެއް ބޭކާރު ކުރެވިއްޖެ ހެއްޔެވެ؟
ސްޓަޑީ ރޫމް ތެރޭގައި އެއްވެސް އަލިކަމެއް ފެންނަން ނެތް އިރު، އެކޮޓަރީގައި ހަރުލާފައިވީ ޔޫހާންގެ ވޭނީ ރުއިމުގެ އަޑެވެ. ކޮޓަރީގެ ކަނެއްގައި އިށީންދެ އިނދެ ރޮމުން ދިޔަގޮތުން އެންމެ ހިލަ ހިތުގެ ވެރިޔާގެ ހިތްވެސް ރޮއްވާލާނެކަން ގައިމެވެ. ޔޫހާންގެ ނޭފަތް ރަތްވެފައިވީ އިރުއެޒުވާނާގެ ތުންފަތްވެސް ދިޔައީ ތުރުތުރުލަމުންނެވެ. ޔޫހާންގެ ހުރިހާ ހަރަކާތަކުންވެސް ފެންނަނީ އެހިތަށް އަސަރުކޮއްފައިވާވަރެވެ.
އައު ދުވަހަަކަށް ދުނިޔެއަށް އަލިކަން ދައްކާލީ، ޔޫހާންއަދި އެލީޝާގެ ހަޔާތަށްވެސް އެކަނިވެރިކަމުގެ ސާލެއް އޮޅާލަމުންނެވެ. ހިތް ފުރޭ ވަރަށް ރޯލެވުމުން ޔޫހާން ނިކުން އިރު ސޯފާގައި ރިލްވާން އަދި މައިކަލް އިންދައިފެނުނެވެ. ޔޫހާން ފެނުމާއި އެކު އެއްފަހަރާ ކަހަލަ ގޮތަކަށް ދެމީހުންވެސް ތެދުވިއެވެ.
“ޔޫހާން ހަމަ އެލީޝާ ވަރި ކުރީތަ؟” ރިލްވާން އެއްސެވެ. ޔޫހާން ހައިރާން ވިއެވެ. އެކަން މިމީހުނަށް މިހާރު މި އެނގުނީ ކިހިނެތް ހެއްޔެވެ؟ “ލީޝާ ހޮސްޕިޓަލު ދެކޮލުގަ ހިނގާ އެބަ އެހެން ކިޔަމުން…” ޔޫހާންގެ ބޮލުގައި އެނބުރުނު ސުވާލު މައިކަލްއަށް އިވުނު ފަދައެވެ. ފުން ނޭވާއެއް ދޫކޮއްލަމުން ރިލްވާން ހުރިހާވާހަކައެއް ދެމީހުނަށް ކިޔައިދިނެވެ.
“ހަމަ ގައިމުވެސް ރޭގަ އެއްކަމެއް ޔަގީންވެއްޖެ.. އަހަރެން ހީކުރީ އަހަރެންނަށް ހަގީގީ ލޯބި ވެވުނީ އަދި ހަމަ އެކަނި ލޯބިވެވޭނީވެސް ނީޝަލްދެކެ ކަމަށް. އެކަމަކު.. މިހާރު ޔަގީން ވެއްޖެ.. އެލާދެކެ ކަން އެލޯބިވެވުނީ.. އެކަމަކު.. މައި އިންސެކިއުރިޓީސް ވޯސް ކިލިންގ މީ. އަހަރެން ދީނީ ކުއްޖެއް ހޯދަންވެސް ހަގީގަތުގަ ބޭނުންވީ އެހެންވެ. ބުނާތީއިވޭ. ދީނީ ކުއްޖަކު އަނިޔާއެއް ނުދޭނެއޭ… އެހެންވެ އަހަރެން އެލާއާއި ރައްޓެހިވީވެސް.. އެކަމަށް އެއްބަސްވުންވީ އަހަރެންގެ އީގޯ މަށަށް މަލާމާތް ކުރިކަމަކަށް… އެހެންވެ އަހަރެން ބުނީ އަހަރެން އެލާއަށް މެރީކުރަން މިއުޅެނީވެސް އޭގެ ކުރިން އޭނަ ސްލީޕް ނުކުރާނެތީއޭ… އެކުޑަކުޑަ ކަމުގަވެސް އަހަރެން އޭނަ ގޯސް ކޮއްލީ… އެވަރަށް އެލާއަށް އަނިޔާ ދިނީމަވެސް އެލާ މަދެކެ ހާދަ ލޯއިތްބެކޭ އެވީ.. އަހަރެން މިއީ ކިހާ ނުލަފާ މީހެއް؟ އައިމް އީވެން ވޭ ވޯރސްޓް ދެން ޑޭޑް” ޔޫހާން ވާޙަކަ ދައްކަމުން ދިޔަ އިރު ރޮމުން ދިޔައީ ކުޑަކުއްޖެއް ފަދައިންނެވެ. ޔޫހާންގެ ހިތައް އަސަރު ކޮއްފައިވީ މިންވަރު ރިލްވާންއަދި މައިކަލްއަށްވެސް އަންދާޒާ ކޮއްލެވުނެވެ. ސަބަބަކީ ޔޫހާންއަކީ ދުވަހަކުވެސް މީހެއްގެ ކުރިމަތީގައި ރުއި މީހަކަށް ނުވާތީއެވެ.
“ތިހުރިހާ ވާހަކައެއް އެލާއަށް ކިޔައިދިންނަމަ؟ އެލާ އެއީ ސައިކޭޓްރިސްޓްއެއް. އެލާއަށް އަންޑާރސްޓޭންޑް ވާނެ ޔޫހާންއަށް އެހެންއެވީ ކީއްވެގެން ކަން. ޔަލީންއަށްވެސް ކިހާ ބޮޑު ދެރައެއް އަޅެ” ރިލްވާން އިސްޖަހާލިއެވެ. މައިކަލްވެސް ރިލްވާންގެ ބަހަށް ތާއިދު ކުރިއެވެ.
“އަހަރެންނަކަށް ޑިޒާރވްއެއް ނުވޭ ފިރިޔަކަށް، ބަފަޔަކަށްވެސް ވާކަށް… އަހަރެން އިރާދު ކުރެއްވިއްޔާ ވަރަށް އަވަހަށް މިރަށުން ދާނަން. ދެން ދުވަހަކުވެސް މިރަށަކަށް ނާރާނަން…” ޔޫހާން ބުނެލިއެވެ.
“ޑޫ ޔޫ ތިން ވީ ޝުޑް ޓެލް އެލާ؟” ޔޫހާންމެން ގެއިން ނުކުންނަމުން މައިކަލް ރިލްވާން ގާތުގައި އެއްސެވެ. “ތިހެން މަވެސް މިހިތައް އަރަނީ. އެކަމް ނޭނގެ އޭނަ ނަންބަރެއްވެސް…” ރިލްވާން ބުނެލިއެވެ. “ޑޯންޑް ވޮރީ. ހިނގާ ހޮސްޕިޓަލަށް. އެތަނުުން އޭނަ ނަންބަރ ލިބޭނެ” މައިކްލް ބުންޏެވެ.
އިރުގެ އަލިން ހޫނުކަން ފެތުރުނު އިރުވެސް އެލީޝާ އިނީ މުސައްލަ މަތީގައެވެ. ގެޔައް އައި ގޮތައް ނަމާދަށް އެރި އެލީޝާ މިހާރު އޮތީ ރޮއެ ރޮއެ ވަރުބަލި ވެގެން މުސައްލަ މަތީގައި އޮށޯލައިގެންނެވެ. ހިކިފައި ހުރި ކަރުނަތިކިތައް އެލީޝާގެ ކޯތާފަތް މަތީގައި ފެންނަން ހުރި އިރު މޫނު މަތިން ފެންނަނީ ވަރުބަލި ކަމެވެ. ދުވަހަކު އުފަލެއް ލިބުނުހެން ހީވެސް ނުވެއެވެ. ބޮލުގައި ރިއްސާވަރުން ކެއްނުވެގެން އެލީޝާ ތެދުވެ މުސައްލަ ބާއްވާފައި އެނދުގައި އޮށޯވެލިއެވެ. އެވަގުތު ރިންގުވި ފޯނާއި އެކު އެލީޝާ ކޮޅަށް ޖެހުނެވެ. ނަމަވެސް ގުޅަމުން ދިޔައީ ޔޫހާން ނޫން ކަމުން އެލީޝާ ނަގާހިތެއް ނުވިއެވެ. ނަމަވެސް ގުޅަމުން ދިޔައީ ހޮސްޕިޓަލުން ކަމުން ފޯނު ނެގިއެވެ.
“އެލީޝާ؟” މައިކަލް ގޮވާލީ ޔަގީން ކޮއްލަންށެވެ. “ލައްބަ. ތިއީ..؟؟” އެލީޝާއަކަށް އެއީ ކާކުކަމެއް ދެނެނުގަނެވުނެވެ.
“މީ މައިކަލް.. އައިމް ވިތް ރިލްވާން..” މައިކަލް ބުނެލިއެވެ. އެލީޝާ ހޫމް ލައްވާލިއެވެ.
“ހަމަ ގައިމުވެސް ރޭގަ އެއްކަމެއް ޔަގީންވެއްޖެ.. އަހަރެން ހީކުރީ އަހަރެންނަށް ހަގީގީ ލޯބި ވެވުނީ އަދި ހަމަ އެކަނި ލޯބިވެވޭނީވެސް ނީޝަލްދެކެ ކަމަށް. އެކަމަކު.. މިހާރު ޔަގީން ވެއްޖެ.. އެލާދެކެ ކަން އެލޯބިވެވުނީ.. އެކަމަކު.. މައި އިންސެކިއުރިޓީސް ވޯސް ކިލިންގ މީ. އަހަރެން ދީނީ ކުއްޖެއް ހޯދަންވެސް ހަގީގަތުގަ ބޭނުންވީ އެހެންވެ. ބުނާތީއިވޭ. ދީނީ ކުއްޖަކު އަނިޔާއެއް ނުދޭނެއޭ… އެހެންވެ އަހަރެން އެލާއާއި ރައްޓެހިވީވެސް.. އެކަމަށް އެއްބަސްވުންވީ އަހަރެންގެ އީގޯ މަށަށް މަލާމާތް ކުރިކަމަކަށް… އެހެންވެ އަހަރެން ބުނީ އަހަރެން އެލާއަށް މެރީކުރަން މިއުޅެނީވެސް އޭގެ ކުރިން އޭނަ ސްލީޕް ނުކުރާނެތީއޭ… އެކުޑަކުޑަ ކަމުގަވެސް އަހަރެން އޭނަ ގޯސް ކޮއްލީ… އެވަރަށް އެލާއަށް އަނިޔާ ދިނީމަވެސް އެލާ މަދެކެ ހާދަ ލޯއިތްބެކޭ އެވީ.. އަހަރެން މިއީ ކިހާ ނުލަފާ މީހެއް؟ އައިމް އީވެން ވޭ ވޯރސްޓް ދެން ޑޭޑް”
ރިލްވާންގެ ފޯނުން ރެކޯޑް ކޮއްފައި އިން އެތަންކޮޅު އޭނާ އެލީޝާއަށް އިއްވާލިއެވެ. އެލީޝާ ހިތުގައި ސުވާލު ތަކެއް އުފެދުނު ނަމަވެސް ޔޫހާންގެ އަމިއްލަ ދުލުން އޭނާއަށް ޓަކައިވީ ލޯބި ބުނާ އަޑު އިވުމުން އެލީޝާ ހިތަށް ތަންކޮޅެއް ލުއިވިއެވެ.
“ހޫ އިސް ނީޝަލް؟ ދެން ކީއްވެ އެބުނީ ވޯރސްޓް ދެން މައި ޑޭޑްއޭ؟” އެލީޝާ ފުރަތަމަ ސުވާލު އަހައިލިއެވެ.
(ނުނިމޭ)”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.







Mi part ves v v reethi
Curiously waiting for the next
When next???
Jazaakallah khairan
In sha allah monday ga
mi part ves v reethi masha allah
curiously waiting for next part
keep it up
elaa and yoohan dhunukurachey
they both are made for each other
elaa ah undestand vaane
nav and jaish ge bayeh kiyaalan libeyne irakah waiting
i appreciate your hard work
love you shihaa
Jazaakallah khairan.. happy you loved it..
Stay tuned and lets see dhw what happens hehe
Lyt
Ella ah haggegaih agen dhw e ulheny??
Very interesting I love it
When next?
Lysssm💗
Yessssssss
Awww happy to hear u love it
In sha allah monday ga
Lyt
❤️
Mi part ves vrh reethi mashallah
Finally ella yah engenii kanne
Keep it up
Curiously waiting
Love youu
Yessssssss
Jazaakallah khairan
Lyt
maashaaallah v reethi
keep it up
elaa and yoohan dhuru nukurahchey
cannot wait for the next part
Jazaakallah khairan
Stay tuned in sha allah monday ga next ep
love this part too … can’t wait for the next part keep up the good work…when next???
Jazaakallah khairan
Stay tuned for next monday
Ela and yoohaan back vaane dhw Adhi….? Yh I think they will.
When’s next part?
Love the story 💞
Ily
Jazaakallah khairan
Hehe neynge dhw shiherr akh lets see hehe
In sha allah monday ga
Stay tuned
Ilyt
❤️
Heyy darling.. long time no see..
Story vrh reethi maasha allah.. busy koh ulheythi comment vx kohnuleveney.. but hurihaa part eh v eba kiyan.. i love this story.. curiously waiting for the next part💜🦋
heyyy dear
jazaakallah khairan happy to hear that
comment nukurevunass kiyaalaathy happy vey hehe
in sha allah monday ga stay tuned
Maasha allah keep going👏👏🤭☺️
jazaakallah khairan
Mi part ves varha reethi Masha Allah
Unmeedhu kuran next part kiyaalan libeene kama
Ela and yoohaan back vaane dhw
I think they will come back together
Can’t wait for next part
And sorry for late reply
Because I am very busy because of my term exam
Love you shiherr
Good luck on your exams dear🫶🏻