Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހުވަފެނެއްބާ؟ (4ވަނަ ބައި)

Eyesh Level 210 Stories100 Comments
December 4, 2015 3 Mins Read
21 Comments

ފާޚާނާއިން ނިކުތްގޮތަށް ހަނާއަށް އެނދުމައްޗަށް ވެއްޓިގަނެވުނެ. ވެފައިވާވަރުބައްޔާ، އަޅަމުންދާވޭނަށް ކެތްނުވެގެން ދެލޯމަރާލެވުނެވެ.
ރަނގަޅަށް ނުނިދެނީސް ހަނާގެ ފޭރާމެއްނެތް ރީތިހަށިގަނޑުގައި ޒިލާލްގެ މަޑުއަތްތިލައިގެ ބީހުމުގެ އިހުސާސް ވާންފެށިއެވެ. ބަނޑާއި މުޅިގައިގައި ފިރުމަންފެށުމުން އަޅަމުންދާ ވޭނަށް ލުއިކަން ލިބެންފެށިއެވެ. އެހެންއޮއްވާހަނާއަށް ނިދުނީ ހުރިހާތަދެއް ފިލައިގެން ދިއުމުންނެވެ.
ހަނާއޮތީ ޒިލާލްގެ މޭގައި ބޯއަޅާލައިގެން ޒިލާލްގެ ބޮލުގެ އިސްތަށިގަނޑާ ކުޅޭށެވެ. “ވަރަށް ތަދުވޭދޯ؟. ހަނާ ހާދަ ހިތްވަރުގަދައޭ.” ޒިލާލްމަޑުމަޑުން ހަނާގެ ބަނޑުގައި ފިރުމާލިއެވެ. “ބަލާބަލަ މިއޮށްކުޑަކުޑަ ފުއްކޮޅު ނިދާލާފައި އޮތްލެއް ލޯބިކަން. މިދަރިފުޅަށް ކިޔާނެ ރީތިނަމެއް ބުނެބަލަ.”
“ލޫޝިޔާން… މިދަރިފުޅުގެ ނަމަކީލޫޝިޔާން.” ހަނާ އެތުއްތު ދަރިފުޅުގެ ކޮލުގައި ބޮސްދިނެވެ. “ޒިލާލްކީއްވެތަ އަހަރެން ނަށް ނުފެންނަނީ؟ ކީއްވެ ހުވަފެނުގައި ފެންނަނީ؟ ” ހަނާ ތުންއަނބުރާލާފައި ޝަކުވާކުރިއެވެ. “އަހަރެން ހީކުރީ މިހުރިހާކަމެއް ވެގެން ދިޔައިރު ހަނާއަށް އެނގޭނެކަމަށް. ހަނާ.. އަހަރެންނަށް ހަނާގެ ލޮލަށްފެނުމުގެ ބާރެއް ނުވޭ.. އަހަރެންމީ ހަނާކަހަލަ އިންސާނެއް ނޫން.. އަހަރެން މީ ޖިންނިއެއް.. ހަނާއާއި އަހަރެންގެރާހި އެއްވެސްވަރަކަށް ދިމަލެއްނުވޭ.. އަހަރެން ހަނާކައިރީގައި އުޅޭއިރު ހަނާއަށް ތިޔަވާ އިހުސާސްތަކަކީ ހުވަފެނެއް ނޫން .. މީހަގީގަތެއް.. ” ޒިލާލްގެ ދެލޯވަނީ ފެންކަޅިވެފައްވެ. އަމިއްލަ ފުރާނަ އަށްވުރެ ބޮޑަށް ލޯބިވާ ހަނާއަށް ފެނުމުގެ ބާރެއް ނުވާތީއެވެ. ކިތަންމެ ބޭނުން ވިޔަސް އެއީނުވާނެ ކަމެއްކަން ޒިލާލައަށް އެނގެއެވެ. “އަހަންނަށްހެޔޮ ތީއިންސާނެއް ނޫނަސް. އަހަރެން ޒިލާލްދެކެ އިންތިހާއަށް ލޯބިވޭ. ޒިލާލްއާއި އަހަރެންގެ މިދެލޮލުގެ ނޫރުފަދަ ލޫޝިޔާން ދުވަހަކުވެސް ދުލެއްނުކުރާނަން.” ހަނާއަށްވެސް ރޮވިއްޖެއެވެ. ލޫޝިޔާންއަށް ހޭލެވުމުން ހަނާއޭނައަށް ބުއްދިނުމުން ހިނިއައިސްފައި އޮވެ ފިރުކިފައި ޒިލާލްގެ ގައިމައްޗަށް އަރައި ހީއުޅެންފެށިއެވެ. “ބަލާބަލަ ލޫޝިޔާން ބޮޑުވާލެއް އަވަސްކަން. މިދަރިފުޅުގެ ގައިގައި އަހަރުމެން ޖިންނީންގެ ބާރުވަރަށް ބޮޑަށްެ އެބަހުރި. ތިންދުވަސް ތެރޭގައި ލޫޝިޔާން ހިނގާ،ވާހަކަ ދައްކާއުޅެން ފަށާނެ. ” ލޫޝިޔާން ބޮޑުވަމުން އަންނަލެއް އަވަސްކަމުން ޒިލާލްއޮތީ ވަރަށް އުފަލުންނެވެ. އަދިވިހޭތާމާ ގިނައިރެއް ނުވެއެވެ. އެކަމަކު މިހާރު އޭނާ ހީވަނީ ނުވަމަހުގެ ކުއްޖެއްހެންނެވެ. “ހަނާ އަހަރެންމިދަނީ ލޫޝިޔާން ގޮވައިގެން. އަހަރެންގެ އާއިލާ ލޫޝިޔާންދެކެން ވަރަށް ބޭނުން. ލޫޝިޔާން އަށް ހިނގޭވަރު ވުމުން ގެންނާނަން” ހަނާ އެންމެރަނގަޅޭ ބުނުމުން ޒިލާލް ލޫޝިޔާންގެއަތުގައި ހިފިތަނާ އެދެބަފައިން އެއްފަހަރާ ހަނާގެ ލޯމައްޗަށް ގެއްލުނެވެ.
ހަނާގެ އުޅުން މުޅިން ބަދަލުވެއްޖެއެވެ. މިވީ ތިންދުވަސް ތެރޭގައި ހަނާ އަބަދު ހުންނަނީތަންތަން ހޯދާލަ ހޯދާލައެވެ. އާބިދާއަށް ހަނާއަށް އަންނަމުން ދިޔަބަދަލުތައް ފާހަގަވިއެވެ. “ދަރިފުޅާ.. މިއަދު އިރުޝާދުގެބޭބެ އާސިމް އައި މިގެއަށް. އިރުޝާދުގެ ހާލުމިހާރު ރަނގަޅޯބުނީ. މާތް ﷲ ގެ ހެޔޮރަހުމަތުން އޭނާގެ ހަނދާއްތައް އަނބުރާއްތުވެއްޖެ. ފުރަތަމަވެސް އެހިޔޯ ހަނާކޮބާހޭ؟ ހަނާދެކެ ތިމަންނަ ވަރަށް ލޯބިވެޔޯ. ހަނާއާކައިވެނި ކުރަން ބޭނުމޯ.. އެއީތެދެއްތަ ދަރިފުޅާ؟ ދަރިފުޅު މިހާރު މާފާޑަކަށް ހުންނަނީ ކީއްވެކަން މަންމައަށް މިއަދުމިއެނގުނީ.. ދަރިފުޅު ނުވެސް ބުނަމެއްނު މަންމަ ކައިރީގަ ދަރިފުޅު އިރުޝާދު ބޭނުންވާ ވާހަކައެއް. މަންމަ ވަރަށް ގަބޫލު، އިރުޝާދު އައިހާއަވަހައް ކައިވެނީގެ ކަންތަކާ އުޅެންވާނެ. އާސިމުކައިރީގަވެސް މަންމަ ބުނިން މަންމަ ގަބޫލޭ..” އާބިދާ ހަނާގެބޮލުގައި ފިރުމާލިއެވެ. އިރުޝާދުކަހަލަ ރަނގަޅު ކުއްޖެއް ހަނާގެދިރިއުޅުމަަށް އައުންވީ އާބިދާއަށް މިދުނިޔެމަތިންލިބުނު އެންމެބޮޑު އެންއުފާ ކަމުގައެވެ. ހަނާ ބަހެއްނުބުނެ ހީލިއެވެ.
ހަނާ ލޯބިވަނީ ޒިލާލް ދެކެއެވެ. އެހެނަސް އެއީހުވަފެނެކެ. ހަގީގަތެއްނުވާ ވަސްވާސް ތަކެކެވެ. މިއަދުމީ ޒިލާލް އަންނަން ބުނިދުވަހެވެ. ހަނާ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން އައި ދުވަސް ޖެހުނީއެވެ.
އިރުއޮއްސުނީއްސުރެ ހަނާ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދިޔައީ ލޫޝިޔާން އަންނާނެ އިރަކަށެވެ. އެއީހަނާގެ ބަނޑުންވިހޭ އޭނަގެދަރިއެކެވެ. ޒިލާލްއަށް ހަނާއަށް ފެނުމުގެ ބާރުނެތަސް ލޫޝިޔާންއަށް ހަނާކުރިމައްޗަށް އާދެވެން ވާނެތާއެވެ. ގަޑިން ރޭގަނޑު ބާރަޖަހައި ބޮޑުވެއްޖެއެވެ. ހަނާއަށްއޮތީ ނުނިދިފައެވެ. އޭނާގެހިތުގައި އުފެދެމުންދާ ސުވާލުތަކުން ސިކުނޑިއަށް އުނދަގޫވަމުން ދިޔައެވެ. މީހަގީގަތެއް ހެއްޔެވެ؟ އަސްލެއްނެއް ވަސްވާހެއް ހެއްޔެވެ؟ އެހެންވީއިރު ލޫޝިޔާން ވިހޭވަގުތު ތަދު އިހުސާސް ވީކީއްވެހެއްޔެވެ؟ ހޭލާހުއްޓާ ޒިލާލްގެ ފިރުމުން ތައް އިހުސާސް ވަނީ ކީއްވެ ހެއްޔެވެ؟ މިއީހީވާ ކުންހީއެއް ހެއްޔެވެ؟.. ހަނާ ނިދޭތޯމަސައްކަތް ފެށީ ކިތަންމެ ވަރަކަށް ވިސްނިޔަސް މިއިން އެއްވެސް ސުވާލެއްގެ ޖަވާބު ނުލިބޭނެކަން އެނގޭތީއެވެ.
މޫނުބަލާލޯގަނޑު ކުރިމަތީގައި ފުނާއަޅަންހުރި ހަނާ ސިއްސައިގެން ދިޔައީ ލޫޝިޔާން ދުވެފައި އައިސް މަންމާއޭ ކިޔާފައި ހަނާގެގައިގައި ފަހަތުން ބާރަށް ބައްދާލުމުންނެވެ. ހަނާއަށް ހައިރާންވެފައި ލޫޝިޔާން އަށްބަލަންހުރެވުނެވެ. ލޫޝިޔާން މިހާރުހީވަނީ ހަތަރުއަހަރުގެ ކުއްޖެއްހެންނެވެ. އެ ކަޅުކަންގަދަ މޫނު މަތިންފެންނަމުން ދަނީ އުފާވެރިކަމެވެ. އޭނާއަށް ލިބިފައިއެވަނީ ޒިލާލްގެ ހަމުގެކުލައެވެ. ހަނާގެ ބޮޑުދެލޮލެވެ. ޒިލާލްގެ ބުޅިއިސްތަށިގަނޑެވެ. ހަނާގެ ކުދިކުދި ހުދުކަންގަދަ ދަތްތަކެވެ. ލޫޝިޔާންގެ ސިފަ ވަރަށްވެސް ފުރިހަމަވެއެވެ. ހަނާ ލޫޝިޔާން އުރާލައި ކޮލުގައި ބޮސްދިނެވެ. އޭރު ޒިލާލް ހެވިފައި އެނދުމަތީގައި އެމަންޒަރު ބަލަންއިނެވެ.
“ކީއްވެތަ ލޫޝިޔާން އަހަރެންކައިރިއަށް ނުފޮނުވީ؟ ތިންދުވަސް މިވީ ތިދެމީހުންގެ ހަބަރެއް ނުވާތާ .. ލޫޝިޔާން ދެކޭހިތުން އަހަންނަށް ނުވެސް ނިދޭ. ” ހަނާ ޒިލާލް އާއި ދިމާލަން ބަލަންހުރެ ޝަކުވާ ކުރިއެވެ. “މަންމާ އަޅުގަނޑަކަށްވެސް މަންމަގެލޮލަށް ފެނުމުގެ ބާރެއްނުވޭދޯ ބައްޕާ ” ލޫޝިޔާން ތުންބަޅުކޮށްގެން އިނދެ ވާހަކަ ދެއްކިއެވެ.
“އެއީތެދެއް. ލޫޝިޔާން ގެ ގައިގައި އެވަނީ އަހަރެންގެ ބާރު. އޭނައަށްވެސް ހަނާއާއި ބައްދަލު ކުރެވޭނީ ހަނާ ނިދާފައި ވާވަގުތުތަކުގައި. އެކަމަކު ހަނާކައިރީގައި ލޫޝިޔާންއަށް އުޅުވޭނެ.” ހަނާ ކިތަންމެ ދެރަވިޔަސް އޭނާއަށް ޖެހުނީ ހަގީގަތާއި ކުރިމަތިލާށެވެ. “ދަރިފުޅާ.. މަންމަ ކައިރިއަށް އަންނާތި.. މަންމަ އަށް ދަރިފުޅާއި ނުލައި ނޫޅެވެނެ. ލޫޝިޔާން އަށްޓަކައި ހަނާގެހިތުގައިވާ މައިވަންތަކަމުގެ ލޯބި އުތުރިއަރައިގެންދިޔައެވެ. ލޫޝިޔާންގެ ގައިގައި ބާރަށް ބައްދާލިއެވެ. ލޫޝިޔާންގެ ގައިގެއެތަން މިތަނުގައި ހަނާ ބޮސް ދެމުންދިޔައީ ރޮމުންނެވެ.
ކޮންމެ ރެއަކުހަނާ ހުވަފެނުގައި ޒިލާލް އާއި ލޫޝިޔާންއާއިއެކު އުފާވެރި ވަގުތުތައް ހޭދަކުރެއެވެ. އޭނާގެ ހިތުގައި އެދެމީހުންނަށްޓަކައި އުފެދިފައިވާލޯބި ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ދުވާލުގެގިނަވަގުތު ހަނާހޭދަކުރަނީ އެކަންޏެވެ. ވިސްނުމެއްގެތެރެއަށް ގެއްލިފައި އިނުންއެއީ ހަނާގެ އާދައަކަށް ވެއްޖެއެވެ. އާބިދާއަށް ވިސްނިފައިއޮތީ ހަނާއަށް އަންނަމުންދާބަދަލަކުގެ އަސްލަކީ އިރުޝާދު ބަލިވުން ކަމުގައެވެ. އިރުޝާދު އިންޑިޔާއަށް ދިޔަތާ ހަފްތާއެއް ވެއްޖެއެވެ. މިއަދަކީ އިރުޝާދުއާއި ހަސަނު ރަށަށްއަންނަ ދުވަހެވެ. އާބިދާ އުޅުނީ ސޯބިރާއާއި އެކު އެގޭދޮށުގައި ހަސަނުމެން އަންނަންވާއިރަށް ކައްކާށެވެ. ސޯބިރާމެންގެ ގެއަށްހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ކުކުޅާއި ބޮނޑިބަތް ކައްކައި އެކިވައްތަރުގެ ފޮނިކާތަކެތި ތައްޔާރު ކުރުމުގައި އެދެއަންހެނުން އަވަދިނެތިއުޅެމުންދިޔައެވެ. މިއަދަކީ ހަނާ އިރުޝާދުއާއި އިންނަން ރަންކިޔުމަށްހަމަޖެހިފައިވާ ދުވަސްވެސްމެއެވެ. އާބިދާގެ އެދުމަށް ފުރަގަސް ދޭންބޭނުން ނުވާތީ ހަނާ އިރުޝާދު ދެކެ ލޯބިނުވިޔަސް އެކައިވެންޔާއި ދެކޮޅެއްނުހަދައެވެ.
ހަސަނުމެންނަށް ރަށަށް އާދެވުންއިރު މެންދުރު ދޭއްޖަހައިފިއެވެ. އިރުޝާދުގެ ބޮލުގައި ފަޅައިގެންގޮސްފައިވާތަނުގައި އަދިވެސް މަލަންއަޅައިފައި ހުއްޓެވެ. ހަސަނުއާއި އިރުޝާދު ކައިއަވަދިވެގެން ފުރަތަމަވެސް ދިޔައީއާބިދާމެންގެ ގެއަށެވެ. ދެހެކިވެރިންނާއިއެކު ހަސަނުމެން ގޯތިތެތެއަށް ވަދެގެން އައިރު ހަނާބަދިގެތެރޭގައި އުޅެއެވެ. އާބިދާ ހަނާ ގޮވައިގެން ގޮސް ޖޯލިފަތީގައި ބޭންދުމުން ހެކިވެރިން ހަނާއާއި ކުރަންޖެހޭ ސުވާލުތައްކޮށް އެމީހުންގެއަތުގައިވާފޯމުތައް ފުރަންފެށިއެވެ. ހަނާ އިރުޝާދުއާއި އިންނަން ސަތޭކަރުފިޔާއަށް ރަންކިޔައިފިއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

ހަޔާތަށްް ދިރުން ގެނެސްދިނީ ކަލާ (7)

Next

ލޯބީގާ ވާތީފަނާ… (4ވަނަ ބައި)

Next
December 4, 2015

ލޯބީގާ ވާތީފަނާ… (4ވަނަ ބައި)

Previews
December 4, 2015

ހަޔާތަށްް ދިރުން ގެނެސްދިނީ ކަލާ (7)

21 Comments!

  1. Ina says:
    December 4, 2015 at 8:44 pm

    V salhi vaahaka

    1. Eyesh says:
      December 4, 2015 at 9:22 pm

      Thanx ?

  2. Naaz says:
    December 4, 2015 at 8:48 pm

    Haadha kuda ranekey hanaakee……hihihi
    V reethi mibai vx next part knirakun

    1. Eyesh says:
      December 4, 2015 at 9:53 pm

      Hehe kudatha evaru ? thanx naaz.. madhama next part upload kuraanan

  3. me says:
    December 4, 2015 at 9:14 pm

    mee kihinehvaa vaahaka eh… ehaa interesting eh noon…

    1. Eyesh says:
      December 4, 2015 at 9:26 pm

      Mee 4 vana bai. Kurin vaaneee 3 episode upload kohfa. Fashaigen kiyaalanikoh vaagoi engeyne hen eyesh ah heevanee. ?

  4. haz says:
    December 4, 2015 at 9:45 pm

    Varah Reethi☺ Kurin vaahakaeh nuves Kiyan Mi vaahaka kiyaalyma varah vaahaka kiyaa hihvehje

    1. Eyesh says:
      December 4, 2015 at 9:51 pm

      Awwwn..? m so glad to know that. thanx a lot haz ?

  5. suha says:
    December 4, 2015 at 10:51 pm

    Naax kihaavarakah tha rankee? ??v reethi mivaahaka vx.

    1. Eyesh says:
      December 4, 2015 at 11:51 pm

      Thanx suha ??

  6. Aimmm says:
    December 4, 2015 at 11:12 pm

    Eyesh ge anevaahaka kobaa.miadhu nufeney.mi bai vara reethi.

    1. Eyesh says:
      December 4, 2015 at 11:50 pm

      Thanx Aimmm.. upload kohfa ihnaanee ?

  7. Shabee says:
    December 5, 2015 at 10:36 am

    wow…..mi baivx varaaaaaaaaaaaaah reeethii 😀 all da bst 🙂

    1. Eyesh says:
      December 5, 2015 at 11:35 am

      Thanx shabee .. ?

  8. zella says:
    December 5, 2015 at 2:22 pm

    actually riu ehen bumima i thought so. ebahuri meega ekahala secens. dhen evara explain nukoh dhinas get vey. ma gaatha annani hini ekahal than than iru iruvkolhun kiyaafa. 4 episode up vi iru konme episode eh ga ves eba idhey ekahala ehche. dhen kurevey hurihaa ihusaas akaa bos dhey than thanaa nuliyinas vesdhaane. masaha ves fennani mi 18+ story akah hadham ??

  9. emmi says:
    December 5, 2015 at 2:24 pm

    READER DISTRECTION ADVISED!!! READ AT OWN RISK. ADULTS ONLY ???

  10. Eyesh says:
    December 5, 2015 at 2:56 pm

    Riu I am glad u read this story. ? according to ur idea here after will mention that this is a story for 18+ . And i happily accept all the positive and negative comments from all the readers. Thank yuh riu ?

  11. Eyesh says:
    December 5, 2015 at 2:59 pm

    Haz thanx dear ? mirey up kuraanan ingey. M very happy to know that u like thissl story ?

  12. lammat says:
    December 5, 2015 at 8:17 pm

    hadi hadi. vaahaka varah hadi. kamaku nudheyy. kada kada kada eysh

  13. shif says:
    December 6, 2015 at 1:18 pm

    18+ noon on me ehcheh jehiyas 18+ noon kudhin nukiyaane kameh kihineh engeny.. Mi zamaanuga kuda kudhinnahvx neyngey ehcheh Noway.. Vaahaka rythi..

    1. Eyesh says:
      December 6, 2015 at 4:54 pm

      ? thnx dear

Comments are closed.

Next Episodeހުވަފެނެއްބާ؟ (5ވަނަ ބައި)←


All Right Reserved!