Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހުވަފެނެއްބާ؟ (3ވަނަ ބައި)

Eyesh Level 210 Stories100 Comments
December 3, 2015 3 Mins Read
12 Comments

ހަނާއަށްލިބުނު ހައިރާންކަމާއެކު އާބިދާގެ ކޮނޑުގައި ހިފައިދުރުކޮށްލެވުނެވެ. “އިރުޝާދުއަށް ކިހިނެއްވީ؟… ” ހަނާއަށް ބާރަށް ރޮއިގަނެވުނެވެ. “މަންމާ.. އިރުޝާދުއަށް ކިހިނެއްވީތަ؟…” އާބިދާގެ ކޮނޑުގައި ހިފާތަޅުވައިގަންނަމުން ހަނާ ސުވާލު ތަކުރާރުކުރިއެވެ. “ދަރިފުޅާ.. އިރުޝާދު އުޅުނީ އެގޭދޯނި ތެރޭގައި މަސައްކަތްކުރަން…. އުޅެނިކޮށް… އޭނާވަތުތެރެއަށް ވެއްޓި ބޯޖެހުނީ ވަތުތެރޭގައިއޮތް ފުރޯގެމިޔައިގަ…. ބޮލުގެ ފުށްކިބައިން ފުންކޮށް ފަޅައިގެންގޮސްފައިހުރި ތަނުން ހޯސްލާފައި ލޭއަންނީ…. ހެލްތު ސެންޓަރަށް ގެންދިޔައިރު އެފަކީރުގެ ހެޔެއްވެސްނެތް…. ” އާބިދާ ރޮމުން ވީގޮތްކިޔާދިނެވެ.
ހަނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނައޮހެމުން ދިޔައެވެ. އޭނާ މިއަދު އެހުރީ އިރުޝާދުގެ ވާހަކަ އާބިދާއަށް ކިޔައިދޭން ނިންމައިގެންނެވެ. އެހެނަސް ތަގުދީރު ނިޔާކުރިގޮތް ނިކަންދެކިބަލާށެވެ. “މީހުން އެބަކިޔާ އަޭނަގެފުރާނަ ސަލާމަތެއްނުވާނެޔޭ….. އެހާވަރުވެފައޮތީ. …މަންމަވެސްދުށިން އޭނަ ގެންދަނިކޮށް” އާބިދާ ވާހަކަ ދައްކަމުން ދިޔައިރު އޭނައަށް ހަމަރަނގަޅަށްވެސް ގިސްލެވެނީއެވެ. ވާނީވެސް އެހެންތާއެވެ. އިރުޝާދުއަކީ އާބިދާ އަމިއްލަދަރިއެއް ފަދައިން ލޯބިވާ ކުއްޖެކެވެ.
ދެމައިން އަވަސްހިނގުމެއްގައި ގޮސް ހެލްތުސެންޓަރަށް ވަތްއިރު ސޯބިރާ އާއި ހަސަނު ފަރުވާދޭކޮޓަރީގެ ބޭރުގައި އިށީނދެ ތިއްބެވެ. އޭރު އެދެމީހުންގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދެއެވެ. ތަންކޮޅެއް ދުރުގައި އިރުޝާދުގެ ދޮއްޓަށް ތިބޭ އާސިމުއާއި މުނީރު އެމީހިންގެ އަނބިންނާއެކު ތިއްބެވެ. އެމީހުންގެ ލޯތައްވެސް ވަނީކަރުނައިން ފުރިފައެވެ.
ބައިގަޑިއެއް ހާއިރުފަހުން ޑޮކްޓަރު ލަތީފް ފަރުވާދޭކޮޓަރިން ނިކުމެއައިސް ހަސަނުގެކޮނޑުގައި މަޑުމަޑުން ޖަހާލުމަށްފަހު އިރުޝާދުގެ ފުރާނަސަލާމަތް ވީކަމުގެ އުފާވެރި ހަބަރުދިނެވެ. އެކަމަކު އަދި ވަކިއެއްޗެއް ބުނަން އެނގޭނީ އޭނާހޭއެރުމުން ކަމުގައި ބުނެފައި ހިނގައްޖެއެވެ.ޑޮކްޓަރުގެ ވާހަކަތަކުން ހާސްވެފައި ތިބި އިރުޝާދުގެ އާއިލާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުންލިބުނެވެ.
މާގިނައިރެއްނުވެ އިރުޝާދުހޭއަރައިފިއެވެ. ފަރުވާދޭކޮޓަރިން ނެރެ ބަލިމީހުންބައިތިއްބާ ވޯޑަށް ބަދަލުކުރުމަށްފަހު ނަރުސްކުއްޖާ އައިސް އިރުޝާދުއަށް ކާންދިނުމަށް ބުންޏެވެ. ސޯބިރާ ގެއަށްގޮސް ކާއެއްޗެހި ހިފައިގެންއައިސް އިރުޝާދު ކައިރީގައި އިށީނެވެ. އޭރު އެނދު ކައިރީގައި އޭނާގެ އާއިލާ ގެމީހުންނާއި އާބިދާގެ ދެމައިން ތިއްބެވެ. ލޯހުޅުވައިލުމަށް ފަހު އެތަނުގައިތިބި އެންމެންގެމޫނަށް އިރުޝާދު ބަލަމުން ދިޔައީ ހައިރާންކަމާއިއެކުގައެވެ. ސޯބިރާ އިރުޝާދުގެ އަނގައަށް މޮޑެފައި ހުރިބަތްތަށިން ސުވަލެއް ލެވިއެވެ. އިރުޝާދު ކަމުންދިޔަލެއް އަވަސްކަމުން އޭނާއޮތީ ވަރަށްބަނޑުހައިވެފައިކަން އެނގެއެވެ.
އިރުޝާދުކައި ނިމުމުން ޑޮކްޓަރު ލަފާދިނީ އޭނާއަރާމުކުރަން ބޭއްވުމަށެވެ. ނިދާއިންޖެކްޝަނެއް ޖެހުމަށްފަހު ޑޮކްޓަރު ނިކުމެގެން ދިއުމުން ސޯބިރާއާއި ހަސަނު،އަދިހަނާ ފިޔަވާއެހެން އެންމެންވެސް ފަހުން އަންނާނަމޭބުނެ ހިނގައްޖެއެވެ. އާބިދާވެސް ގޭދޮށަށް ދިޔައީ ކުރަންހުރި މަސައްކަތްތައް ނިންމާށެވެ. “މަންމާ.. ޓިއުޝަނަށް އަންނަ ކުދިން ކައިރީގައި ބުނޭ މިއަދު ކުލާސް ކެންސަލްއޭ.” ހަނާ ބޭނުންވީ އިރުޝާދުހޭއަރަންދެން އޭނާކައިރީގައި މަޑުކޮށްލާށެވެ.
އިރުޝާދު ހޭއެރިއިރު ހަވީރު ހަތަރެއް ޖަހާބޮޑުވެއްޖެއެވެ. އޭނާލޯހުޅުވައިގެން އޮތެއްކަމަކު އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. ބޮލުގައި ރިއްސާލެއްބޮޑުކަމުން ވާހަކަދައްކާނެހާ ހިތްވަރުނެތީހެންވެސް ހީވެއެވެ. “ދަރިފުޅާ… ބަނޑުހައި ވޭތަ؟ އެއްވެސް އެއްޗެއް ކާންބޭނުންތަ؟” ސޯބިރާ އިނީ އިރުޝާދުގެ އަތުގައި ހިފައިގެންނެވެ. ” ތީ ކާކު؟.. ކީއްވެ އަހަރެން މިތާމިއޮތީ؟.. ތީ ކޮންބައެއް؟.. މީ ކޮންތަނެއް؟…” އިރުޝާދުގެ ސުވާލުތައް އަޑުއަހާފައި ސޯބިރާއަށް ގިސްލަގިސްލާފައި ބާރަށްރޮއިގަނެވުނެވެ. ހަސަނާއި ހަނާއަށްވެސް ރޮވިއްޖެއެވެ. ނަރުސް ކުއްޖާބާރަށްއައިސް ވެގެން އުޅޭގޮތް އެހުމަށްފަހު ޑޮކްޓަރުގޮވައިގެންއައެވެ. “މީނާގެ ބޮލަށް ލިބިފައިހުރި އަނިޔާވަރަށް ބޮޑު. ރަނގަޅުވާނީވަރަށް ދުވަހުން. މިގޮތަށް ކުއްލިއަކަށް ބޮލަށް އަނިޔާވުމުން ހަނދާންނެތިދާނެ. ސައުވީސް ގަޑިއިރު ފަހުން މީނާގެހަނދާންތައް ނައިސްފިނަމަ ދެންޖެހޭނީ ރާއްޖެއިން ބޭރަށް ގޮސް ފަރުވާކުރަން. މާދަމާ ވާގޮތެއް ބަލާފަ މާލެގޮސް ބޮލުގެ ސީޓީ ސްކޭން އެއް ހަދާލަން އަޅުގަނޑަށް ފެންނަނީ.” ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހު ހަސަނު ނިންމީ މާލެއިން ޑޮކްޓަރަށް ނުދައްކާ ވަގުތުން އިންޑިއާއަށް ފުރާށެވެ.
މަޤްރިބް ނަމާދަށް ބަންގި ވެސް ގޮވީއެވެ. ހަނާގެއަށް ދިއުމަށް ނިކުތީ ހަސަނާއި ސޯބިރާ ކިޔާވަރުންނެވެ. ހަނާ މަޑުހިނގުމެއްގައި ގެއާއިދިމާލަށް ދިޔައީ އަތިރިމަގުންނެވެ. އޭރު އޮއްސުނުއިރުގެ ރަންދަޅަތައް އުޑުމަތިން ފިލައިގޮސް އަނދިރިވާންފަށްއިފިއެވެ. ހަނާގެއަތުގައި މީހަކުބާރަށްހިފައި ދަމައިގަތުމުން ސިއްސައިގެންގޮސް ފަސްއެނބުރި ބަލާލެވުނެވެ. އޭރުއެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެމީހަކު ހަނާގެ އަތަށްދަމައިގަތްލެއް ބާރުކަމުން ކުޑަކޮށް ތަދުވެސް ވިއެވެ. މީހަކު ފެންނަން ނެތުމުން ވަރަށްރުޅިއައިސްފައިހުރެ ހާދަ ގޯސްމީހެކޭ ބުނެލީ އެމީހަކު އަޑުއަހަން ފިލާހުންނާނެ ކަމަށެވެ. ތުންގަނޑުއަނބުރައި ލުމަށްފަހު އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ.
“ކޮބާ އިރުޝާދު؟ އެސޮރުގެ ހާލު ރަނގަޅުތ މިހާރު؟” ހަނާގެއަށް ވަނުމާއިއެކު އާބިދާ ސުވާލުކުރިއެވެ. “އޭނަ އެއްވެސް އެއްޗެއް ހަނދާނެއް ނެތް. ޑޮކްޓަރު ބުނީ މާދަމާޔޯ އެނގޭނީ ވާގޮތެއް. ހަސަންބެ އުޅެނީ މާދަމާ އިރުޝާދު ގޮވައިގެން އިންޑިއާޔަށް ފުރަން.” އާބިދާ އަށް ބުނެވުނީ އެންމެބަހެކެވެ. ﷲސުބުހާނަ އޭ އެވެ. ހަނާ ގޮސް ބަދިގެއަށްވަދެ ކައިގެން ފެންވަރަންވަނެގެ.
މިރޭ ވެސް ރެއެކޭއެއްފަދައިން ތަފާތު އިހުސާސްތަކެއްވާން ފެށިއެވެ. ގައިގާވާ ފޭރާން ބޭލުމާއެކު މުޅިގައިގާ މީހަކު ބީހޭކަމުގެ އިހުސާސްތަށް ވާންފެށީ . އެއީ ހުވަފެނުގައި ޒިލާލް ބީހުމުން ރޭގައި ލިބުނު އަރާމެވެ. ހަނާއަށް ދެލޯމަރާލެވުނެވެ. މީހަކުފެންނަން ނެތެއްކަމަކު ލިބެމުން ދިޔަމަސްތީ އުފާތައް އިހުސާސް ކުރަން އޭނާބޭނުންވިއެވެ. އެފިރުމުން ތަކަކީ އޭނާއަށް ހުވަފެނުގައި ލިބުނުފިރުމުން ތަކެވެ. ގައިގެ އެތަންމިތަނުގައި މީހެއްގެ ހޫނު ތުންފަތުން ބޮސްދެމުން ދާހެން ހީވިއެވެ. ކޮންމެވެސްވަރަކަށް ބިރުގަތްނަމަވެސް އެއުފާތައް ލިބިގަތުމަށް ހަނާ އޭނާގެ ނަފްސް ދޫކޮށްލިއެވެ. އަނގައިން ނިކުމެގެންދާ މަޑުމަޑު “އާހް” ގެ އަޑާއެކު ކޮންމެފަހަރަކު ދަތްކުނޑި ވިކާލެވެއެވެ.
ލިބުނުއަރާމެއްގެ ބޮޑުކަމުން އިރުކޮޅަކު ލޯމަރާލައިގެން ހުރުމަށްފަހު ހަނާ ފެންވަރަން ފެށިއެވެ. ކުއްލިއަކަށް ބަނޑަށް އެރިތަދާއިއެކު ބަނޑުތެރޭގައި އެއްޗެއް ތޮޅިގަތްހެން ހީވިއެވެ. ބަނޑު ފުއްފިގެންގޮސް ހީވީ ދެންމެ ދެންމެ ފަޅާއިގެން ގޮސްދާނެހެންނެވެ. ވީތަދަށް ކެތްނުކުރެވިގެން ހަނާފަަޚާނާ ތެރޭގައި އިށީނެވެ. އޭރު ބަނޑުގެ ތެރެއިން ތެޅެމުންދިޔަ އެތި ބަނޑުފަޅާފައި ނިކުންނަން އުޅޭހެން ހީވެއެވެ. ގަނެފައިވާ ބިރެއްގެ ބޮޑުކަމުން ހަނާގެ އިސްށިތައް ވަނީ ކޮޅަށް ޖެހިފައެވެ. ވަމުންދިޔަ ތަދުން ދެލޯމަރައި ބާރުކޮށްގެން އޮތް ހަނާއަށް ތިރިއަށްބަލައިލެވުނީ ހޯސްލާފައި ލޭތައް ފައިބައިގަތުމުންނެވެ. ކުއްލިއަކަށް ފައިބައިގެން ދިޔަ ލޭތަކުގެ ތެރޭގައި އެއޮތީ ލޯބި ލޯބި ފިރިހެން ކުއްޖެކެ. ގައިގެ ކުލަ ކަޅުކަމުން ދެލިކޮޅެއް ހެންހީވިޔަސް އެކުއްޖާގެ ސިފަވަރަށްވެސް ރީއްޗެވެ. ކަޅުކުލަ ގަދަ ބުޅިއިސްތަށި ގަނޑާއި ރީތި ތުންފަތް ވަރަށްވެސް ފުރިހަމައެވެ. އެ ރީތިބޮޑު ހުދުދެލޮލުން ހަނާގެމޫނަށް ބަލަހައްޓައިގެން އޮތީ ހިނިތުންވެފައެވެ. ބޮލަށްއެނބުރުން އަރާފައިހުރިވަރުން ހެޔަށްގޮތްވާން ފެށިއެވެ. މަޑުމަޑުން ދެލޯމެރެމުން ދިޔަވަގުތު އެކުއްޖާ ފުރޮޅިލީހެން ހީވިއެވެ.
“ހަނާ… ހަނާ…” ޒިލާލްގެ އަޑަށް ހަނާއަށް ހޭލެވުނެވެ. އެހެނަސް ޒިލާލް ފެންނާކަށް ނެތެވެ. ހަނާގަބޫލުކުރަނީ ޒިލާލްއަކީ ހުވަފެނީ ސޫރައެއްކަމުގައެވެ. އޭރު ހަނާއަށް އޮވެވުނީފާޚާނާ ތެރޭގައި އުއްޑުންއޮށޯވެއެވެ. ބަނޑަށާއި ކުރިމަތިފަރާތަށް ވެފައި ހުރި ތަދުން ތެދުވަންޖެހުނީ ފާރުގައި ހިފަހައްޓަމުންނެވެ. އޭރު ފާޚާނާތެރޭގައި ލޭގެއެއްވެސް ނިޝާނެއް ނެތްއިރު އެކުޑަކުއްޖާއެއްވެސް ނެތެވެ.ހަނާ ވަރަށްރަނގަޅަށް އެމަންޒަރުތައް ހަނދާން އެބަހުއްޓެވެ. “އެއީ ހަގީގަތެއްނަމަ އެކުއްޖާކޮބައިބާއެވެ؟. އެހުރިހާ ލޭތައް ކޮބާހެއްޔެވެ؟. ” ހަނާގެ ސިކުނޑީގައި ސުވާލުތައް އެނބުރެންފެށިއެވެ.

ނުނިމޭ…

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

ލޯބީގާ ވާތީފަނާ… (3ވަނަ ބައި)

Next

މިއީ ތަޤްދީރު ހޭ؟ )ފުރަތަމަ ބައި(

Next
December 4, 2015

މިއީ ތަޤްދީރު ހޭ؟ )ފުރަތަމަ ބައި(

Previews
December 3, 2015

ލޯބީގާ ވާތީފަނާ… (3ވަނަ ބައި)

12 Comments!

  1. Hana says:
    December 3, 2015 at 11:03 pm

    Alhey. Haadha kurey. Ekam vaahaka varah reethi.

    1. Eyesh says:
      December 3, 2015 at 11:14 pm

      Thanx hana.. ?

  2. Lillygirl says:
    December 3, 2015 at 11:06 pm

    Yes me first v nice ? ? ? ? ? ? ? hehe keep up your good work eyesh?!! @m @|| €@Y§ T#£R£ 4 u ??

    1. Eyesh says:
      December 3, 2015 at 11:14 pm

      Thank yuh so much my dear ?

  3. Ahmed Ammu says:
    December 4, 2015 at 2:17 am

    Wow. Eagerly waiting for the next part

    1. Eyesh says:
      December 4, 2015 at 2:42 am

      Awwn. Next part maadhama upload kuraanan ?

  4. Een says:
    December 4, 2015 at 1:37 pm

    Hey eyesh. I beynun vaahaka liye up kuran. Pls comment akun kuraane goi kiyaadheebala … Please please. Ummeedhu kuran kiyaadheyne kamah ???

    1. Eyesh says:
      December 4, 2015 at 2:10 pm

      Site ga register vefa, site open kurulima ihnaane new story.. ethanah dhiyaima vaane. Its v simple my dear … try ingey ?

  5. Shabee says:
    December 4, 2015 at 1:51 pm

    alhey dhn kihinehbaa vaany…? 😮 😮 😮 mi prt vx vrh interesting 😀 nxt prt miahvure dhigu khllahchey 😉 all da bst 🙂

    1. Eyesh says:
      December 4, 2015 at 2:12 pm

      Thnx shabeee … ? miahvure dhigu kohleveytho masahkai kuraanan ingey

  6. Een says:
    December 5, 2015 at 10:35 pm

    Kihineh tha register vany eyesh

  7. you says:
    December 6, 2015 at 10:21 am

    mi page ge mathyga eba inehnu “Log In” jahaafa. eah fithyma annaane register vaan box eh

Comments are closed.


All Right Reserved!