އިންސާފު ލިބޭނެބާ – 13
ދާރިއަންގެ ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. މިއީ އޭނާގެ ނިމުން އަންނަ ގޮތް ހެއްޔެވެ؟ އޭނައަށް ދެން އޭނަގެ އާއިލާ ނުފެންނާނެބާއެވެ؟ އޭނަ ނިމުން މިއަންނަނީ މި މީހުންގެ އަތްދަށުން ހެއްޔެވެ؟ ދާރިއަންގެ ހަށިގަނޑުން ވަރުދޫވެގެން ވެއްޓުނެވެ. އޭނާގެ ސިކުނޑީގައިވަނީ ހުސް ސުވާލެވެ. މަޑުމަޑުން އޭނަގެ ލޯމެރެން ފެށުނެވެ. އެ ސިރިންޖްގެ ސަބަބުން ދާރިއަންގެ ހޭވެރިކަން އޭނަ ދޫކޮށްފައި ދިޔައެވެ.
***ޕާޓް 13***
ފަތިހުގެ ހިތްގައިމު ވަގުތެވެ. އިރުގެ އަލިކަން އުދަރެހަށް މަޑުމަޑުން ދިޔައީ ފާޅުވަމުންނެވެ. ދޫނިސޫފާސޫފީގެ ނަލަ އަޑުތަކުން ޖައްވު އެއްއަޑުކުރެއެވެ. ދާލިޔާއަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ މޫރިތި އާޔަތްތަކުގެ އަޑަށްށެވެ. ބޮލަށް ނިދި ސަވާރުވެފައި ހުރި ނަމަވެސް ހިތްވަރުކޮށްފައި އޭނަ ފާހަނައަށްވަނެވެ. ފިނިފެނުން ފެންވަރައިލައިގެން ވުލޫކޮށްގެން ނަމާދުކޮށްލިއެވެ. އެއާއިއެކު އޭނަގެ ނިދި އެކީހެން ފިލައިގެންގޮސް ސިކުނޑިއަށާއި ހިތަށް ފިނިކަމެއް ވެރިވެގެން ދިޔައެވެ. އެހެންނަމަވެސް ޑިޔުޓީއަށްދާން ވަގުތުކޮޅެއް އޮތުމުން އޭނަ ކުޑަކޮށް ނިދާލުމަށްޓަކައި އޮށޯތެވެ. ފޯނު ބަލައިލި ތަނާހެން އޭނައަށް ދާރިއަންގެ މެސެޖެއްފެނުނެވެ. މެސެޖުކޮށްފައިއިން ގަޑި ފެނި ދާލިޔާ ކުޑަކޮށް ހާސްވިއެވެ. ދާލިޔާ އަވަސް އަވަހަށް މެސެޖް ބަލައިލިއެވެ. އެއީ ފޮޓޮއެކެވެ. އެ ފޮޓޯގައި ވަނީ ދާރިޔަންގެ ލޮކޭޝަންއެވެ. ނަމަވެސް ދާލިޔާއަށް ހާސްކަމެއް ލިބުނީ ދާރިއަން ފޮނުވާފައިވާ ގޮތުންނަމަ އޭނަ ހުރީ އަތޮޅުން ބޭރުވެ ކަނޑުމަތީގައި ކަމަށް ވީތީއެވެ.
ހާސްވުމުގެ ސަބަބުން އޭނާގެ ނިދި އެއްކޮށް ފިލައިގެން ދިޔައެވެ. އެއްވެސް ވިސްނުމެއް ނެތި އޭނަ އުކައިލްއަށް ގުޅައިލިއެވެ. އެއްފަހަރު ފޯނު ނުނެގުމުން، ނަގަންދެން ގުޅިއެވެ. ފަސްވަނަފަހަރު ގުޅުމުން އުކައިލް ފޯނު ނެގިއެވެ. ދާލިޔާ ހުރީ ރުޅިގަދަވެގެން ރޮވޭގޮތްވެފައެވެ. ފުލުހަކަސް އާއިލާ މީހަކު ގެއްލުމުން އިންސާނެއް ވިއްޔާ ދެރަވާނެއެއްނުން ހެއްޔެވެ؟ އުކައިލް ނިދިއަޑަކުން ހަލޯއޭ ބުންޏެވެ. ” އުކައިލް އަރާމުގައި ނިދަން އޮންނަ އިރު އެހެންމީހުން އުކައިލްއަށްޓަކައި އަމިއްލަ ނަފްސު ގުރުބާން ކުރާއިރުވެސް އެއްޗެކޭ ހީނުވޭތަ- ” ދާލިޔާގެ އަޑުގައިވައި ރުޅިވެރިކަން އަޑުއިވުމުން އުކައިލްގެ ނިދިކޮޅު ފިލައިގެން ދިޔައެވެ. އޭނަ ހުރީ ވާނުވާގައެވެ. ” ކިހިނެތްވީ؟؟ ދާރިއަންއަށް ކަމެއްވީތަ؟ ދާލިޔާ ހަމަޖެހިބަލަ ފުރަތަމަ.. އަހަރެންނަށް ރީތިކޮށް ވީގޮތް ކިޔާދީބަލަ.. ” އުކައިލް ދާލިޔާ މަސަލަސްކުރަން މަސައްކަތްކުރަމުން ބުންޏެވެ. ދާލިޔާ ފޯނުގައި ހުރެ ދިޔައީ ގިސްލަގިސްލާފައި ރޮމުންނެވެ. ” ދާލިޔާ ހަމަޖެހިބަލަ.. ގޭގަތަ ތިހުރީ؟ އަހަރެން މިދަނީ.. ” އުކައިލް ބުންޏެވެ. ދާލިޔާއަކަށް ވާހަކައެއް ނުދެއްކުނެވެ.
އުކައިލް އަވަސް އަރުވާލައިގައި އެނދުންފޭބިއެވެ. ލައިގެން ހުރި ސޯޓާއިއެކު ޓީޝާޓްއެއްލުމަށްފަހު ދަތް އުނގުޅައިގެން މޫނު ދޮވެލިއެވެ. ދެން އެހެން އެއްވެސް ކަމަކަށް އިސްކަމެއްދިނުމެއްނެތި އޭނަ ސައިކަލު ތަޅުދަނޑި ހިފައިގެން ދުއްވައިގަތެވެ. ޖާވިދު، ދާރިއަން ފަތިސް ނަމާދުން އައިސް ނިދަން އޮވެފައި ކުއްލިއަކަށް ދުއްވައިގަނެގެން ބޭރަށް ނުކުތުމުން ހާސްވިއެވެ. ” ދަރިފުޅާ! ދަރިފުޅާ އުކައިލް ކޮންތާކަށް މާ ބާރަށް ދަނީ؟ ” ޖާވިދު ހާސްވެފައި ބޭރަށް ނިކުންނަމުން އެހިއެވެ. ނަމަވެސް އަވަސް އަރުވާލައިފައި ހުރިވަރުން އުކައިލްއަށް ޖާވިދުގެ އަޑު އިވުންހެން ހިއެއްނުވެއެވެ. ޖާވިދު ހައިރާންވީ އުކައިލް ހުރި ގޮތުންނެވެ. ނިދަންލާ ސޯޓާއި ޓީޝާޓްއެއްލައިގެން ހުރިއިރު ބޮލުގެ އިސްތަށިގަނޑު ހުރީ އެގޮތް މިގޮތަށްށެވެ.
އުކައިލް ސައިކަލު ބާރު ސްޕީޑްއެއްގައި ދުއްވާފައި ދާލިޔާމެންގެ ހުންނަ ގޯޅިއަށްއެޅިއެވެ. ޕާކް ކުރުމަށްފަހު ދޮރުމައްޗަށް އަރައި ބެލްއަޅަންފެށިއެވެ. ދާލިޔާގެ މަންމަ ޒީވާ ހާސްވެ ހުރެ ދޮރު ހުޅުވިއެވެ. އުކައިލް ހުރިގޮތް ފެނުމުން ޒީވާގެ ބޮލުގައި ސުވާލުމާކެއް ޖެހުނެވެ. ” އުކައިލް ދަރިފުޅާ މިގަޑީ؟ ” ހައިރާންކަމުގައި ހުރެ ޒީވާ ސުވާލުކޮށްލިއެވެ. ” ދާޔާ ކޮބާ؟ ” އުކައިލް މައިނޭވާލެވިފައިހުރެ އަހައިލިއެވެ. ” ދާޔާ އޭ؟ ” ޒީވާ އަހައިލިއެވެ. އުކައިލް އަވަސް އަވަހަށް ދާލިޔާއޭ ބުނެލިއެވެ. ” ކޮޓަރީގަ ވެއްޖެ.. އުކައިލް އަނެއްކައި ކިހިނެތްވީ؟ ” ޒީވާ އަހައިލިއެވެ. އުކައިލް ދާލިޔާއަށް އެހެން ނަމަކުން ގޮވުމުން ޒީވާއަށް ނެގުނީ އެހެން މާނައެކެވެ. ” އަހަރެން ދާލިޔާ ކޮޓަރިއަށް ވަދުނަސް ހެޔޮތަ؟ ވަރަށް ބޮޑު ކަމަކު.. ” ހާސްވެ ހުރެ އޭނަ ޒީވާގެ ގާތުން ހުއްދަ ހޯދިއެވެ. ޒީވާ ފާޑަކަށް އުކައިލްއަށް ބަލައިލުމަށްފަހު ބޯޖަހައިލިއެވެ.
އުކައިލް އަވަހަށް ގޮސް ދާލިޔާގެ ކޮޓަރީގައި ޓަކި ޖެހުމަށްފަހު ކޮޓަރިއަށްވަނެވެ. އޭރު ދާލިޔާ ދިޔައީ އޭނާގެ ލެޕްޓޮޕުން އަވަސް އަރުވައިލަގެން ހުރެ ކަމެއް ކުރަމުންނެވެ. ދާލިޔާ ހުރިގޮތް ފެނި އުކައިލްގެ ހިތުގެ ތެޅުން ކުޑަކޮށް ބާރުވެލިއެވެ. ނިދަންލާ އަތްކުރު ފިޔާތޮށި ކުލައިގެ ޓީޝާޓްއަކާއި ކަކުލާއި ހަމައަށް އަރާވަރުގެ ފިޔާތޮށިކުލައިގެ ސޯޓެއްލައިގެން ހުރިއިރު ދާލިޔާ އޭއީ ނަވާރަ އަހަރުގެ އަންހެންކުއްޖެކޭ ނުބުނާނެއެވެ. ދިގު އިސްތަށިގަނޑު ހާވާލާފައިވާއިރު އޭނާގެ މޫނަށް ވަނީ ރުއިމުގެ ސަބަބުން މަޑު ފިޔާތޮށިކުލައެއް ވެރިވެފައެވެ. ލެޕްޓޮޕްގައި ޓައިޕް ކުރަމުން ދިޔައިރު އޭނައަށް ދިޔައީ މަޑުމަޑުން ގިސްލެވެމުންނެވެ. އުކައިލް މަޑުމަޑުން އައިސް އެނދުގައި އިށީނެވެ.
ދާލިޔާއަށް އުކައިލް ފެނުމުން ކުޑަ ސިހުމެއް އެމޫނަށް ވެރިވިއެވެ. ނަމަވެސް އެ ސިހުން ފިލައި އޭނާގެ މޫނަށް ރުޅިވެރިކަން ވެރިވާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އަތުގައި އޮތް ލެޕްޓޮޕް އެނދުމައްޗަށް ހޫރާލުމަށްފަހު އެނދުގައި ހުރި ބާލީސްތަށް އުކައިލް އާއި ދިމާލަށް އުކަން ފެށިއެވެ. ” މީ ހުސްވެސް ކަލޭގެ ކަންތައް.. ކަލެޔާއި ހެދި ދޮންބެ ގެއްލުނީ.. ” ދާލިޔާ އައިސްފައި ހުރި ރުޅިން ބާލީސްތައް އުކަމުން ކިޔަން ފެށިއެވެ. ” މަށަށް ޔަގީން ތީ އެގޭންގް މީހެއްކަން.. ކަލޭ ތިއުޅެނީ އަހަރެންގެ ދޮންބެ ރަނގަޅަށް ހުރީތީވެ އޭނަ މަރާލަންތަ އޭ؟؟ ” ދާލިޔާ ހަޅޭލަވައިގަތެވެ.
އުކައިލް ދިޔައީ ބާލިސްތަކުން ރެކެމުންނެވެ. އުކައިލް ބާލީސްތަކުން ރެކޭތަން ފެނުމުން އައި ރުޅީގައި އޭނަ އުކައިލްގެ ގައިގައި ތަޅަން ފެށިއެވެ. އޭނަ ދިޔައީ ލިބިފައި ހުރި ޕޮލިސް ޓްރޭނިން ބޭނުން ކުރަމުންނެވެ. އުކައިލް ދާލިޔާގެ ހަށިގަނޑުގައި ހިފައްޓައި އިތުރު ހަރަކާތެއް ނުގެނެވޭނެހެން ލޮކެއް އެޅުވިއެވެ. ދާލިޔާ ހަދާލި ގޮތަކުން ދެމީހުން އެކީ އެނދަށް ވެއްޓުނެވެ. ނަމަވެސް އުކައިލް އޭނާގެ ހަށިގަނޑުން ދުލެއް ނުކުރިއެވެ.
” ދާޔާ.. ދާލިޔާ ޕްލީޒް ހަމަޖެހިބަލަ.. ދާރިއަންއަށް ކިހިނެތްވީ.. އަހަރެން ކައިރީ ބުނެބަލަ.. އަހަރެން މީ ގޭންގް މީހެއް ނޫނޭ.. އަހަރެން ކީއްކުރަން ދާރިއަން މަރާލަން އުޅެންވީ؟ ދާރިއަން އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ.. ދާރިއަން އަހަރެންގެ މަންމައަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރާއިރު އަހަރެން ކީއްކުރަން ދާރިއަންއަށް ގެއްލުމެއް ދޭންވީ.. ދާލިޔާ ތި ކިޔާ އެއްޗަކާއި މެދު ރަނގަޅަށް ވިސްނާލަބަލަ.. ” އުކައިލް ދާލިޔާގެ ހަށިގަނޑުގައި ހިފައްޓާގެން ހުރެ ވާހަކަ ދެއްކިއެވެ. އުކައިލްގެ ވާހަކައިން ދާލިޔާ ކުޑަކޮށް ހަމައަކަށް އެޅުނެވެ. އޭނައަށް އުކައިލްގެ ވާހަކަ ގަބޫލު ކުރެވުނެވެ.
ދާލިޔާގެ ހަށިގަނޑަށް ކުރިންވެރިވި ރުޅިގަނޑު ދިޔަ ތަނެއްވެސް ނޭނގެއެވެ. އުކައިލްގެ މޭގައި ބޯއަޅައިގެން އޮވެ އޭނައަށް ރޮވެން ފެށުނެވެ. އުކައިލް މަޑުމަޑުން ދާލިޔާ ހަމައަކަށް އެޅެންދެން އިސްތަށިގަނޑުގައި ފިރުމަން އޮތެވެ. އިރުކޮޅެއް ފަހުން ދާލިޔާ ހަމައަކަށް އެޅުނެވެ. އޭނާގެ މޫނަށް ފިޔާތޮށިކުލައެއް ވެރިވެގަތީ އޭނަ އޮތް ހާލަތު އޭނައަށް އިހްސާސްވުމުންނެވެ. އުކައިލްގެ މޭމައްޗަށް ދިޔައީ ދާލިޔާގެ ހޫނު ނޭވާ އެޅެމުންނެވެ. އުކައިލްގެ ހިތުގެ ތެޅުން ބާރުވި އިހްސާސް ކުރެވުނެވެ. ދާލިޔާ އަވަސް އަވަހަށް އުކައިލްއާއި ދުރުވެލިއެވެ. އުކައިލް އެދެމެދުގައި އޮތް ނުތަނަވަސްކަން ކަނޑުވާލަމުން ދާލިޔާއަށް ސުވާލިކޮށްލިއެވެ. ” ދާރިއަންއަށް ކިހިނެތްވީ؟ ” މަޑުމައިތިރިކަމާއިއެކު އުކައިލް ސުވާލުކޮށްލިއެވެ.
ދާލިޔާ އޭނާގެ ފޯނު ހުޅުވައި ދާރިއަން އޭނައަށް އެންމެ ފަހުން ކޮށްފައިވާ މެސެޖް ދައްކައިލިއެވެ. އުކައިލްގެ ދެލޯ ބޮޑުވިއެވެ. ” ދާރިއަންގެ ފޯނު ޓްރޭސް ކުރެވޭތޯ ބަލާބަ.. ” އުކައިލް އެހެން ބުނެ ދާރިއަންއަށް ގުޅައިލިއެވެ. ނަމަވެސް ފޯނު ނިއްވައިލާފައިވާކަމަށް ބުނަމުން ދިޔައެވެ. ” ނަންބަރ ޓްރޭސްއެއް ނުކުރެވެ.. ދައްކަނީ ޓްރޭސް ނުކުރެވޭ ނަންބަރެއްގެ ގޮތުގަ.. ” ނޭފަތް ދަމާލަމުން ދާލިޔާ ބުންޏެވެ. ” ޓީމް އެހެން މީހުނަށް އަންގަމާ ހިނގާ.. ޑިޔުޓީއަށްވެސް ދާގަޑި ޖެހެނީ އެއޮތް.. ” އުކައިލް ބުންޏެވެ. ދާލިޔާ ބޯޖަހައިލިއެވެ. ” ސޮރީ އަހަރެންނަށް ނޭނގެ އެގަޑީ ވީ ގޮތެއް.. ” ދާލިޔާ އިސްޖަހައިލަމުން ބުންޏެވެ. އުކައިލްއަށް ދެންމެ ދިމާވި ކުޑަކުޑަ ހާދިސާ ހަނދާންވުމުން ހެވެން ފެށުނެވެ. ” އެ މައްސަލައެއްނޫން.. އަހަރެންނަށް އަދި ދުވަހަކުވެސް ނުފެނޭ ދާލިޔާ އެހާ ރުޅިއައިސްފަ ހުއްޓައެއް.. ހީވީ އަހަރެން ކާލަން އުޅުނުހެން ވިއްޔާ.. ” އުކައިލް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. ދާލިޔާ ރަކިވިއެވެ. އޭނަ އަވަހަށް އެކަން ފަރުދާކޮށްލަން ލޯ އަޅައިލިއެވެ.
ދާލިޔާއަށް އުކައިލް ހުރިގޮތް ބަލައިލެވުނީ އަދިކިރިޔާއެވެ. އިސްތަށިގަނޑު ހޭވިފައި އޮތްގޮތުން އޭނަވެސް ހަމަ ނިދާ ހޭލައިގެން އައީކަން ޔަގީންވިއެވެ. ދެމީހުންވެސް ތިބީ ނިދާ އެއްޗެހީގައެވެ. އުކައިލް އަމިއްލަ މީހައަށް ބަލައިލަމުން އަނގަޔަށް ގޮތެއް ހަދައިލިއެވެ. ” އަހަރެން ހީވަނީ އަރާކައި ފުރޭތައެއްހެން.. މިހެން ހުއްޓައި ޒީވައްތައަށްވެސް ފެނުނީ.. ” ބޯހޫރައިލަމުން އުކައިލް ބުންޏެވެ. ދާލިޔާ ހޭންފެށިއެވެ. އުކައިލް ދާލިޔާ ހެއްވައިލެވުމުން ހިނިތުންވެލިއެވެ. އޭނަ ދާން އުޅެނިކޮށް ދާލިޔާ ހިފެއްޓިއެވެ. ” ސައި ބޮއެގެން ދާންވާނީދެން.. މަންމަ ރުޅިއަންނާނެ އުކައިލް މިހާ ހެދުނާ އައިސްފަ ސައި ނުބޮއެ ގޮސްފިއްޔާ.. ” ދާލިޔާ ބުންޏެވެ. އުކައިލް ބޯޖަހައިލިއެވެ. އުކައިލް ބޭރަށް ނުކުތުމުން ޒީވާ ސައިބޯން އުކައިލްއަށް ގޮވިއެވެ. ދާލިޔާ ނިދަންލާ އެއްޗެހި ބަދަލު ކޮށްލައިގެން އުކައިލް އާއިއެކީ ސައިބޯންފެށިއެވެ.
ސައިބޮއެ ނިމުމުން އުކައިލް ޑިޔުޓީއަށް ދިޔުމަށް ތައްޔާރުވާން ގެޔަށް ދިޔައެވެ. ދާލިޔާވެސް އަވަހަށް ތައްޔާރުވެގެން ސްޓޭޝަންއަށް ދިޔައެވެ. ޓީމްއެއްކޮށް ހަމަވުމުން ދާލިޔާ ދާރިއަން ގެއްލުނު ވާހަކަ ޓީމްއަށް އެންގިއެވެ. އެންމެންއެއްކޮށް ދާރިއަން ސަލާމަތް ހޯދުމަށްޓަކައި މަސައްކަތް ފެށިއެވެ.
ދާރިއަންއަށް ހޭލެވުނީ ހަށިގަނޑަށް ފިނިކަންވެރިވާން ފެށުމުންނެވެ. އޭނަ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. އޭނަ އޮތީ ހޮސްޕިޓަލުގައި ބޭނުން ކުރާ ފަދަ އެނދެއްގައެވެ. ފަނޑު ނޫ ކުލައެއް އެ ކޮޓަރީގައިވީއިރު އެތަން ވަރަށްވެސް ހަމަހިމޭނެވެ. ދާރިއަން ކުރިން ރޭގައި ކަންތައްވީގޮތް ހަނދާން ވުމުން ހާސްވިއެވެ. އޭނަ މިއޮތީ ކޮންތާކު ކަމާއިމެދު ވިސްނާލެވުނެވެ. އޭނަ މަޑުމަޑުން ކަނދުރާގައި އަތް ޖައްސައިލީ މާވިން ސިރިންޖްއެއް ހެރިކަން ހަނދާންވުމުންނެވެ. އޭނަ ތެދުވެގެން ހިނގާލާފައި ދޮރާއި ދިމާލަށް ދިޔައެވެ. ދޮރު ހުޅުވަން މަސައްކަތް ކުރި އިރު ދޮރުވަނީ ތަޅުލެވިފައެވެ.
އިރުކޮޅެއްފަހުން ފިޔަވަޅުތަކެއް އޭނަ ހުރި ދިމާލަށް އަންނަ ކަމުގެ އިހްސާސެއް ކުރެވުނެވެ. ދޮރުހުޅުވައިލުމަށްފަހު ތިން މީހުން އޭނަ ހުރި ކޮޓަރިއަށް ވަދުނެވެ. އެމީހުން ތިބީ ކަޅުކުލައަކަށްދާ ވައްތަރެއްގެ ނުލުން ހުރި ޔުނީފޯރމް އެއް ފާޑުގެ އެއްޗެއް ލައިގެންނެވެ. އެމީހުންގެ މޫނުގައިވަނީ މާސްކެއް އަޅާފައެވެ. އެމީހުންގެ ނިޔަތް އެނގިފައި ނުވާތީ އަމިއްލަ ނަފްސް ދިފާއު ކުރުމަށްޓަކައި އޭނަ ތައްޔާރުވެލިއެވެ. ކުއްލިއަކަށް މީހަކު ކުރިއަށް ޖެހިލާ މާސްކް ނެގިއެވެ.
” މާވިން؟ ” ދާރިއަން ހާސްވެ ހުރެ ކުރިމަތީގައި ހުރި މާވިންއަށް ގޮވައިލިއެވެ. ” ދާރިއަން ” މާވިން، ދާރިއަންގެ އަސްލު ނަމުން ގޮވައިލިއެވެ. ދާރިއަންގެ ދެލޯ ބޮޑުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.







Dude
Maavin ah ekan falhaa eree tha!????
Save dhaarian!!!!!!!
Very curious
Dhayaa and ukail gulhuvachey!!!!
So do Mia and dhaarian!!!
They all are !are for each other
When next???
Maavin ah falhaa erey ehnun dhen e hehe..
Lets see what happens dhw..
yeshhh they look good together dhww..
but lets see if they end up together
Next part insha allah saturdayga..
Lyssm💜🦋
Dude
Maavin ah ekan falhaa eree tha!????
Save dhaarian!!!!!!!
Very curious
Dhayaa and ukail gulhuvachey!!!!
So do Mia and dhaarian!!!
They all are made for each other
When next???
Maavin ah falhaa erey ehnun dhen e hehe..
Lets see what happens dhw..
yeshhh they look good together dhww..
but lets see if they end up together
Next part insha allah saturdayga..
Lyssm💜🦋
Very curious
Maavin ah dhaarian ge real identity e eguny!!!!
save dhaarian!!!!!
When next??
Hehe yeshhh
Lets see what happens dhw..
Next part insha allah saturdayga..
Lyssm💜🦋
Onggg soo curious 😱
Love itttt soooo muchhhh
Next part avas kohlladhehche plss 😭😭😭
Aww thank you I’m glad u like it..
Next part insha allah saturdayga..
Lyssm💜🦋
Dhaarian ge aslu identity maavin ah igunee kihinehtha!
Alhe dhen fahun emmeehun dhaarian ah gotheh hadhaanetha!
Dheravehje!
Btw varah reethi mi part ves!
When next!
Also thankolheh Ava’s kohlahchey dhen Anna part ga higey!
Next part ga ingeyne kihineh kan dhaarian ge aslu identity maavin ah engunee kihinehkan..
Lets see dhaarian ah vaa goi dhw..
Aww thank you I’m glad u like it..
Next part insha allah saturdayga.. I’ll try😊
Lyssm💜🦋
mi part ves v reethi masha allah|
curiously waiting for next part
save dhaarian
ukail and dhaaliya gulhuvachey
love you butterfly
Aww thank you I’m glad u like it..
Next part insha allah saturdayga..
Lets see dhaarian ah vaa goi dhww..
haha they are cute together dhww
Lyssm💜🦋
Maashaa Allah mi part vx varah varah reethi….
Maavin inguny kihineii??
Maavin dhaarian ah gotheh nahadhahchey!!!
Dhaaliyaa and ukail vrh gulhey 😊😊
Whn next??
Aww thank you I’m glad u like it..
maavin ah engunugoi engeyne next part ga..
lets see dhaarian ah vaa goi dhww
haha they are cute together dhww
Next part saturdayga insha allah
Lyssm💜🦋
Nooooooo…… Bust veee
How did maavin found out?
Varah curious koh laafa thi ninmaali…..
But varah reethi
U are my fav author and I love Ur stories
And I’m obsessed with this one
Mi vaahaka varah reethi… I love mystery stories
Can’t wait for the next part
Love from ella💖
Hehe yeshh Ella.. Maavin ah bust v e..
next part ga ingeyne maavin ah engunee keehvekan..
hehe vrh curious kohlaafa dhw minimmaalevuny😂
Aww I’m glade u like it..
Awww That means a lot to me..🥺💜
Thank you for your support darling.. I love mystery stories too hehe….
Next part insha allah saturdayga.
Love you moree darling💜🦋
Dude
Vedhaane tha Mia ge room ga maavin ge recorder eh othee ???
So curious
hama vedhaane.. but maavin akah neygeynun mia hury gang meehunge aidhoshuga kameh.. so how how can he put a recorder in mia’s room🤔
Next part insha allah Saturdayga😊
Butterflyyyyy you are my favourite writer i love this story and we’re is part 14 when????……
Thank you anonymous.. I’m glad u like it.. 14th part was submitted last night and it’s in pending.. Admin approve kohleema upload vaane💜🦋
Butterflyyyyy you are my favourite writer i love this story and we’re is part 14 when????……
Thank you someone… I’m glad u like it.. 14th part was submitted last night and it’s in pending.. Admin approve kohleema upload vaane💜🦋
Soooo beautiful ❤️❤️❤️❤️❤️❤️
Thank you anonymous💜🦋
Eyyy haadha hadi ey 😤😤🤮🤮🤮🤮
I’m sorry u feel that way💜🦋